“މަންޝާ… ދެން ބޭބެ ގޮސްލަނީއޭ…. އަދި ފަހުން އަންނާނަން… މުނީރާ ވަރަށް ސަލާމް ބުނި…” ގެއިން ބޭރަށް ނުކުންނަމުން ހަސަންބެ މިހެން ބުނެލިއެވެ. އެޕާރޓްމެންޓްގެ ދޮރުފަތް ލައްޕަމުން މަންޝާ ހިތާ ހިތުން ބުނެލިއެވެ. “އަންނާނެކަމެއް ނެތް…. ކޮންފަދަ ސިޑިން ވެއްޓި ތަނެއް ބިނދޭނެ ނަމަ…” މަންޝާ ދޮރުފަތް ލެއްޕުމުން ހަސަނު މަޑުމަޑުން އޭނާގެ އަތުން ކުރިމަތި ފަރާތުގައި ފިރުމާލީ އަނގަޔަށް ވައްތަރެއް ޖައްސަމުންނެވެ. ދެފައި ފިއްތައިގެން ހިނދުކޮޅަކު ހުރުމަށްފަހު ސިޑިން ތިރިއަށް ފައިބަން ހިނގައިގަތެވެ. ހަމައެވަގުތު ސިޑި […]
ފެން ހޫނު ކުރަން ޖެއްސުމަށްފަހު ކޮތަޅުގައި ހުރި ހެދިކާތައް ތައްޓަކަށް އަޅަންހުއްޓާ މަންޝާގެ ފޯނު ގެނެސް މޭޒުމަތީ ބޭއްވުމަށްފަހު އަޒީމް ކޮޓަރި ތެރެއަށް ހިނގައިގަތެވެ. ފޯނު ނަގާ ކޯލް ލިސްޓު ބަލާލީ އަޒީމް ދެންމެ ވާހަކަ ދެއްކީ ކާކާތޯ ބަލާށެވެ. ކޯލް ލިސްޓުގައިވާ ނަންބަރަކީ މަންޝާވެސް ދަންނަ ނަންބަރެއް ނޫނެވެ. ނަމަވެސް އެ ކޯލަކީ އިންކަމިންގް ކޯލެއް ކަމުން މަންޝާ ކޮޓަރިއަށް ދިޔައީ އެ ގުޅި މީހަކު އަޒީމް ގާތުން އޮޅުން ފިލުވާށެވެ. “ދެންމެ އެ ގުޅީ […]
ފާޚާނާ މޫނު ބަލާ ލޯގަނޑުން އަމިއްލަ ސޫރައަށް ބަލަން ހުރި މަންޝާ ދިޔައީ މޫނު ގައި އަތުން ފެން ހާކަމުންނެވެ. ލޯގަނޑަށް ބަލަންހުރީ ދެންމެ މޭ ނުބައިކޮށްފާ ހޮޑުލެވުމުން އެވީ ގޮތުން ހިތުގައި ސުވާލުތަކެއް ފެންމަތިވެފައެވެ. ފާޚާނާ ތެރޭގައި ހުއްޓާ ކުއްލިއަކަށް މުޅިތަން އަނދިރިވެގެން ދިޔައެވެ. މަންޝާއަށް ބިރުން ހަޅޭއް ލަވައިގަނެވުނެވެ. އެވަގުތު ފާޚާނާ ތެރޭގައި މަންޝާގެ ފަހަތުގައި އެ މަޚްލޫގު ހުއްޓެވެ. މަންޝާގެ ކޮންމެ ހަރަކާތަކަށް އޭނަ ފާރަލަމުން ދެއެވެ. އެދިޔައީ ކަރަންޓްކަން އެނގުމުން އަވަސްއަވަސް […]
މާ ގިނަ އިރުތަކެއް ނުވެއެވެ. މީރާ ފާޚާނާއިން ނުކުތެވެ. އަނެއްކާވެސް ރިޔާޒް އެނާގެ އެސްފިޔަތައް ލައްޕާލީ ނިދާކަމަށް ހަދާށެވެ. މީރާ ރީތި ވެލިއެވެ. އަދި ފޯނުން ނަންބަރަކަށް ގުޅާލުމަށްފަހު ވާހަކަ ދެއްކިއެވެ. “މަންމާ… ކޮންތާކު؟… ރިޔާޒް ނިދާފަ އޮތީ… އޯކޭ އަހަރެން މިދަނީ ޓެކްސީއެއްގަ…” އެފޯނު ކޯލު ކަނޑާލުމަށްފަހު މީރާ އަނެއްކާވެސް ފޯނުން އެހެން ނަންބަރަކަށް ގުޅާލިއެވެ. އަލަމާރި ތެރެއިން އަތް ދަބަސް ނަގައިގެން އައިސް ޑްރެސިންގް ޓޭބަލް ކުރިމަތީ ހުއްޓުމަށްފަަހު ލޯގަނޑުން ފަރިބަލާލިއެވެ. “ހަލޯ، ޓެކްސީއެއް […]
“އޯހް… ކޮބާތަ ބޭބީ؟… ޒައިކަށް އިނގޭތަ… ދައްތަ މިއައީ ކޮއްކޮ ބަލައޭ… އޯކޭތަ ކޮއްކޮ ގެންދިޔަސް!!!….” ޒުހާމެންގެ ކޮޓަރިއާ ދިމާލަށް ހިނގައިގަންނަމުން މަންޝާ މިހެން ބުނުމާއި އެކީ ތުއްތު ޒައިކް ކުޅެން ހުރިތަނުން ތެދުވެ މަންޝާ ފަހަތުން ކޮޓަރިއާ ދިމާލަށް ދުއްވައިގަތެވެ. އަޒީމް ހިނގައިގަތީ މަންޝާގެ ފަހަތުންނެވެ. މަންޝާގެ ފަހަތުން ދުވެފައި ދިޔަ ޒައިކް އުރާލާ އެސޮރު ގައިގާ އަޒީމް ބައްދާލަމުން ޒައިކްގެ ކަންފަތު ބުޑުގައި މަޑުމަޑުން ދަތް އަޅާލިއެވެ. މަންޝާ އެކޮޓަރިއަށް ވަދެ ބޭބީ އެނދު […]
“ކީކޭ…. މީހަކާ އިންނާށޭ… ކިޔަވާ ނުނިމެނީސް އިންނަނީތަ؟… އަދި މާ އަވަހެއްނުން… ދެން ދަރިފުޅު ބޭނުން ގޮތެއްދޯ އޮންނާނީ…” ނޫނެކޭ ބުނަން އުޅެފައިވެސް މަދީހާ އެކަމާ އެއްބަސްވާން ހިތަށް އެރިއެވެ. އޭނާގެ ދިރިއުޅުމުގައި ވީފަދަ ގޮތެއް މަންޝާއަށް ވެދާނެތީއެވެ. މީހަކާ އިންނަން ބޭނުންވި ދުވަހު އެކަމާ ދެކޮޅު ނުހަދާ އިންނާށޭ ބުނީ މަޑުކޮށްފިއްޔާ މަންޝާ ޅަ އެއްޗެއް އަޅާފާނެތީއެވެ. މަންޝާއަށް އިތުރު އެއްޗެކޭ ނުބުނެވެނީސް އަނެއްކާވެސް ވާހަކަ ދައްކަން ފެށީ މަދީހާއެވެ. “ކޮންރަށަކު ކާކުކަން އިނގޭތަ؟… މާލެ […]
ފޯނު ކަނޑާލުމަށްފަހު މަންޝާ ގޮނޑިން ތެދުވެ ފޮތްތައް ހިފައިގެން ކޮޓަރިއަށް ދާން ހިނގައިގަތެވެ. ކޮޓަރިއަށް ވަދެ މަންޝާގެ ފޮތްތައް ބަހައްޓާފަ ހުންނަ ކަނުގައި ފޮތްތައް ބަރިއަކަށް ބަހައްޓާލިއެވެ. ހެދުން ބަދަލުކުރަން ގައިން ހެދުން ވަކި ކޮށްލުމުން އަނެއްކާވެސް ގައިގާހުރި ވަކިތަކާއި ނޫފައިގެންފައިވާ ތަންތަން ފެނުމުން މަންޝާގެ ހިތަށް ވެރިވީ ބިރުވެރިކަމެވެ. “މީ ކޮން ކަންތައް ގަނޑެއްބާ؟… ގައިމު އަހަރެންގެ ނިޔަފަތިވެސް ކަނޑާފަ ހުންނާނީ…. ދެން މީކޮން ވަކިތަކެއް؟….” ހިތާހިތުން އެތައް ސުވާލުތަކެއް ކުރަމުން ދިޔައީ އެކަމަކީ މަންޝާއަށް […]
ފޯނަށް ހެޑްސެޓްގެ ވާގަނޑު ގުޅާލުމަށްފަހު ނަވާފްގެ ޖިންސުގެ ޖީބަށް ފޯނު ލިއެވެ. އަދި ނަވާފްގެ ކަންފަތަށް ހެޑްސެޓް ހެޔޮވަރު ކޮށްލިއެވެ. ލިފްޓުން ގްރައުންޑް ފްލޯއަށް ދާން ސްވިޗަށް ފިތާލައިގެން ހުރި އިރު އަޒީމް އެކޮޅުން ދައްކަމުން ދިޔަ ވާހަކަތައް އަޑު އަހަން ނަވާފް ހުރީ ދަތްޕިލަ ސޭލް އަޅުވައިގެންނެވެ. ބައްޕައަކަށް ވުމުގެ އުފާ ދެވަނަ ފަހަރަށް ކުރުމުންވެސް ނަވާފަށް ހީވަނީ ޢީދެއް އައިސްގެން އުޅޭހެންނެވެ. ތިރީބުރިއަށް އައިސް ލިފްޓުގެ ދޮރު ހުޅުވުމުން ނަވާފް މިސްރާބު ޖެހީ ނަރުސްކުދިން […]
އެރޭ އެތައް އިރެއް ވަންދެން އޮންލައިންގަ މަންޝާ އެހެން އޮތެވެ. އެންމެ ފަހުން މަންޝާގެ ލޮލަށް ނިދި ބަރުވެ ގަދައަށް ނިދިއްޖެއެވެ. މަންޝާއަށް ގަދައަށް ނިދުމުން އަތުގައި އޮތް ފޯނު އަތުން ދޫވެ އެނދު މައްޗަށް ވެއްޓުނެވެ. ގަދަ ރަތްކުލައިގެ ސެޓިން ފޮތީގެ ނިދާހެދުމުގައި އޮތްއިރު އޭނާގެ ހަށިގަނޑުގެ ފުރިހަމަކަން ފާހަގަވެއެވެ. މަންޝާއަކީ ހަމުގެ ކުލަ ކަޅު ކުއްޖަކަސް އޭނާގެ ހަމުގެ ކުލަޔާ ރަތްކުލަ ވަރަށްވެސް ގުޅެއެވެ. މަންޝާގެ ހަށިގަނޑަށް ފާރަލަމުން އައިސްހުރި އެ މަޚްލޫގު މަންޝާއާއި […]