Skip to content
އެސްފިޔަ

ކަނޑުފެން (ސާދަވަނަ ބައި) KanduFen P-14

ހިކެމުން ދިޔަ ލޮނުގަނޑުގެ ދުރުދުރުން އުފެދެމުން އައި ބިޔަ ރާޅު ފެނުމުން ސީމާއަށް އިނދެވުނީ ގުޑާލަންވެސް ނޭނގިފައެވެ. އެ ރާޅުގަނޑު އުސްވަމުން އުސްވަމުން ދިހަވަރަކަށް ފޫޓަށް އުފުލުމުން ސީމާއަށް ދެންވާނެ ގޮތް ހިތަށް ނަގައި ގަނެވުނެވެ. ފަޔަށް ލެވުނުހާ ބާރެއްލާ އެއްގަމަށް ދިޔުމަށް ދުއްވައިގަތީއެވެ.

“ކޮއްކޮމެންނޭ…. އާދޭ އެއްގަމަށް ބޮޑުރާޅެކޭ….” އެ ބިޔަ ރާޅު ނެގި މަންޒަރު ބަލަން އެއްގަމުގައި ހުރި ހަރު އުމުރުގެ ފިރިހެނަކު މޫދުގައި ކުޅެން ތިބި ކުދިންތަކަށް ގޮވާލިއެވެ.

ސީމާގެ އަތުން އޭނާގެ ބަނޑުގައި ހިފަހައްޓައިގެން ހުރެ މަގުތަކުން އެތެރެއަށް ވަދެވުނު އިރު ރާޅު ގޮނޑުދޮށަށް މުގުރާލި އަޑު އިވުނެވެ. ގަދަ އަޑުފައްގަޑުން ފަސް އެނބުރި ބަލާލެވުނީ ބޭއިޚްރިޔާރުގައެވެ. އެ އަޑުގެ ތެރެއިން މީހުން ރޯ އަޑާއި ހަޅޭއްލަވާ އަޑު އިވެމުން ދިޔައެވެ. ދުންގަނޑެއްހެން ފުސްކޮށް ފެނުނަސް ގަސްތަކުގެ ތެރެއިން ހަލުވި މިނެއްގައި ރާޅުގަނޑު އަންނަތަން ފެނުނެވެ.

ސީމާއަށް ބިރުން ރޮއެ ގަނެވުނެވެ. “ސުބުހާނަﷲ….”

ދޮންވެލިގަނޑު މަތިން ފެތުރެމުން ރަށުގެ އެއްގަމަށް އެ ރާޅުގަނޑު އައީ ހަލުވިކަމާއި އެކުގައެވެ. ސީމާގެ ހިތްވަނީ އަވަސްވެފަައެވެ. ހިތްއަވަސްވެ ނޭވާތައް ކުރުވިއެވެ. ހިތުގެ ތެޅުން ބާރުވެފައިވީ އިންތިހާއަށެވެ. ދުއްވައިގަންނަން ވެސް ނޭނގި ހިނދުކޮޅަކަށް މަޑު ޖެހެވުނެވެ. ގޮނޑުދޮށުންނާއި ގޯތިތަކުތެރެއިން ނުކުތް މީހުންތައް އެކި ދިމަދިމާލަށް ދުވަން ފެށިއެވެ. ގޮނޑުދޮށުގައި ހުރި ދޯނި ފަހަރުތައް ކައިރިން ރަފަރަފަލާފައި ބާރު އަޑުތަކެއް އިވުނެވެ. ދޯނި އެހެލަން ބޭނުންކުރާ ސާމާނުތައް ފައިބައިގެން އަޑުކަން ކަށަވަރުވިއެވެ.

ފަޔަށް ލެވުނުހާ ބާރެއްލާ އެއްގަމާ ދިމާލަށް ސީމާ ދުއްވައިގަތީ ދެއަތުން ބަނޑު އުރާލައިގެންނެވެ. އެ ލޮނުގަނޑުއި ނުޖެހި ވޭތޯއެވެ. އުފެދުނު ބޮޑު ރާޅުބާނި މިސްރާބު ޖެހީ ރަށުތެރެއަށެވެ. މުޅި ސަރަހައްދަށް ލޮނުގަނޑު ފެތުރެމުން ދިޔައެވެ. އެސްފިޔަ ޖާހާލާހާ ހިނދުކޮޅެއްގެ ތެރޭގައި ލޮނުގަނޑު އައިސް ސީމާގެ ހަށިގަނޑުގައި ޖެހުނެވެ.

ރާޅުގެ ބާރު އޮޔާއި އެކީ ސީމާގެ ފައި ބިމުގައި ހަރުލާ ފަހަރު މަދެވެ. އޮއި ހުރި ދިމާލަށް ދަމަމުން ދިޔައެވެ. އޭގެތެރެއިން އިސްކޮޅު ނުޖެހޭ ފަހަރު އާދެއެވެ. ހަޅޭއް ލަވަން އަނގަ ހުޅުވާލާ ކޮންމެ ފަހަރަކު އެ ޗަކަ ލޮނުގަނޑު ސީމާގެ އަނގައަށް އެޅި ފުރިގެން ދެއެވެ. ކިސަޑުފެން ބޮވުނު އަދަދުވެސް ނޭނގެއެވެ. ބިރުން ހިތް ކުދިކުދި ވެފައިވާ ހާލުގައިވެސް ސީމާ މަސައްކަތް ކުރީ އެ ތޫފާނީ ބާރު އޮއިގަނޑުގެ ތެރެއިން ސަލާމަތްވުމަށެވެ. ސީމާގެ ހަތަރެސް ފައިން ފެން ގަނޑުތެރޭގައި ބަކަތަޅަމުން ސަލާމަތުގެ އައްސޭރިއަށް ދާން މަސައްކަތް ކުރަމުން ދިޔައެވެ. ބިރުވެރިކަމުން ފުރިގެންވާ ވަގުތުގައިިވެސް ސީމާއަށް ވިސްނެމުން ދިޔައީ ބަނޑުގައިވާ ދަރިފުޅާ މެދުގައެވެ. އެ ތުއްތު ކުއްޖާ ރައްކާރެތިކުރަން ބޭނުންވިއެވެ. ހިތްވަރު ގަދަކޮށް ސަލާމަތްވާނެ މަގެއް ހޯދަން މަސައްކަތް ކުރަން ފަލިޖަހަމުން ދެވުނެވެ.

ވަށައިގެން ފެންނަމުން ދިޔައީ ބިރުވެރިކަމެވެ. މުޅި ރަށަށްވަނީ ރާޅުގަނޑުގެ އަސަރު ކޮށްފައެވެ. ދުވަހަކުވެސް މިހާ ބޮޑުކޮށް އުދަ އަރާފައެއް ނުވެއެވެ. އޮއިގަނޑު ތެރޭގައި ހަރުލާ ހުރުމަށް ކޮންމެވެސް އެއްޗެއްގައި ހިފުން އެއީ އެންމެ ބުއްދިވެރިގޮތް ކަމުގައި ސީމާއަށް ވިސްނުނެވެ. ވަށައިގެން އެކި ކަހަލަ ސާމާނުތަކާއި އެކީ އޮއިހުރި ދިމާލަށް ސީމާ ދަމަމުން ދިޔައެވެ. ލޮނުގަނޑު ވަނީ ކިލަނބު ވެފައެވެ. އެ ލޮނުގަނޑު ތެރޭގައި ސީމާ ނުގެނބި މަތީގައި އޮންނަން ވަރަށް މަސައްކަތް ކުރިއެވެ. ފަޔަށް ލެވުނުހާ ބާރެއްލަމުން ކައިރިން ފެންނަމުން ދިޔަ ގެތަކުގެ ކައިރިޔަށް ދާން ކުރި މަސައްކަތް ވެސް ވީ ބޭކާރެވެ. ފައި އަކުނިވަޔަށް ދަމަން ފެށުމުން އިތުރު ހަރަކާތެއް ފަޔަށް ގެންނަން އުނދަގޫވިއެވެ. އެވަގުތު ނަސީބު ރަނގަޅުކަމުން މަގުގެ ކައިރިން ފެނުނު ގަހެއްގެ ގޮފިގަނޑުގައި އެއްލިއަތުން ހިފުނެވެ. ލުއްކެއް ޖެހިގެންގޮސް އެގަހުގައި ބާރަކަށް ޖެހުނެވެ. ސީމާގެ ބަނޑު ޖެހުނުކަންވެސް އޭނާއަށް ރޭކާނުލިއެވެ. ގަހުގައި ޖެހުމާއި އެކީ ސީމާގެ ދެފައި ގަހުގައި ވަށާލާ ބާރުކޮށް ހިފަހައްޓައިގެން އޮތީއެވެ. އޭރުވެސް ލޮނުގަނޑު ތެރެއިން އެކިކަހަލަ ސާމާނުތައް ދާ މަންޒަރު ފެނެއެވެ. ސީމާ އެލިގަނެގެން އޮތް ގަސްވެސް ހީވީ ލުހިގެން ހިނގައިދާނެ ހެންނެވެ. އެހާވެސް އޮއި ބާރެވެ. ލޮނުގަނޑާއި އެކީ މީހުން އޮޔާ ގެންދާ މަންޒަރު ފެނި ސީމާއަށް ރޮވުނެވެ. ކުޑަކުދިން ކޮނޑަށް ލައިގެން ދާ މީހުން ކުދިންނާއި އެކީ ލޮނުގަނޑު ތެރޭ ގެނބެމުން ދިޔަ މަންޒަރު ފެނުނެވެ.

ދުލަށް އައިހާ ހެޔޮ އެއްޗެއް ހިތާހިތުން ކިޔަމުން ސީމާ އެގަހުގެ ގޮފިގަނޑުގައި އެލިގަނެގެން އޮތީއެވެ. ގޯތިތަކުން މީހުން ހަޅޭއްލަވާ އަޑާއި ކުޑަކުދިންގެ ވޭނީ ރުއިމުގެ އަޑުން ސީމާގެ ހިތަށް ފުން އަސަރުތަކެއް ކުރުވަމުން ދިޔައެވެ. ޤިޔާމަތްވަނީ ކަމަށް ކުޑަ ހިނދުކޮޅަކަށް ނަމަވެސް ސީމާއަށް ހީކުރެވުނެވެ. ތަގުޅި ކޮށްގެންވާ ދެލޯ ހުޅުވާލުމުން ލޮލުން ކަރުނަ ފައިބަމުން ދިޔައީ ހުއްޓުމެއް ނެތިއެވެ. ލޮނުގަނޑުގެ ބާރު ކެނޑި ތިލަވަމުން ދިޔަކަން އެނގުމުން ގޮފިގަނޑުން ސީމާ އަތް ދޫކޮށްލިއެވެ. ތިލަަ ވަމުންދިޔަ ލޮނުގަނޑު ތެރެއަށް ސީމާ ވެއްޓުނެވެ.

ލޮނުގަނޑު ތެރެއިން ތެދުވެ ގެއާ ދިމާލަށް މިސްރާބުޖެހީ ދެން ހަދާނެގޮތަކާއި މެދު ވިސްނާ ފިކުރު ކުރަމުންނެވެ. އެ ވަގުތު ކުއްލިއަކަށް ރަނާ މަތިން ހަނދާން ވިއެވެ. ރަނާ ވީތަނެއް ހޯދަން ބޭނުން ވިއެވެ. މި ރާޅުގަނޑުގެ ސަބަބުން ރަނާވެސް ދާނީ ގެއާއި ދިމާލަށް ސީމާ ހޯދަން ކަން ވިސްނުނެވެ. އެހެންކަމުން އަވަސް ފިޔަވަޅުތަކެއްގައި ގެއާ ދިމާލަށް މިސްރާބު ޖެހިއެވެ. ލޮނުގަނޑު ތެރޭގައި ގަނަތެޅުމުގެ ސަބަބުން ސީމާގެ ހަށިގަނޑުގެ އެތަން މިތަނުން ދިލަ ނަގަމުން ދިޔައެވެ. ހިތްވަރު އެލުވާނުލާ ރަނާ ހޯދުމުގެ މަޤްސަދުގައި ގެއާ ދިމާލަށް ފިޔަވަޅު އަވަސް ކޮށްލިއެވެ. ކަަކުލާ ހަމަޔަށް ހުރި ފެންގަނޑު ތެރެއިން ފައި ދަމަމުން ދިޔައެވެ. ނަމަވެސްް ސީމާގެ ފިޔަވަޅު ހުއްޓުމަކަށް އައީ ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑު އިވުމުންމެވެ. “މަންމާ… މަންމާ….”

ފެންގަނޑު ތެރޭގައި ހުރި ކުނިތަކުން އެއްކައިރި ވަމުން ޖެހިގެން ހުރި މަގަށް ލަނބާލި އިރު ފޭރު ގަހެއްގައި އޮތް ހަތަރު އަހަރުގެ އަންހެން ކުއްޖެއް ފެނުނެވެ. އެ ކުއްޖާއާއި ދިމާލަށް ދެ އަތް ދިއްކޮށްލަމުން އަތުތެރެއަށް ފުންމާލުމަށް ސީމާ އެދުނެވެ. ނަމަވެސް އެ ކުއްޖާ ބޯ ހޫރާލިއެވެ. ބިރުން ވިރިވިރި އެ ތުއްތު ކުއްޖާ އޮތީ ގުޑާލަންވެސް ނޭނގިފައެވެ. ވަށައިގެން ބަލާލެވުނީ މީހަކު އެހިސާބުގައި ހުރިތޯއެވެ. މީހަކު ފެންނަން ނެތުމުން ހަދާނެގޮތް ހުސްވެފައި ހުރެ ސީމާ ބުނެލިއެވެ. “އާދޭ މަންމަ ކައިރިޔަށް ދާން….ދައްތަ ހިފާނަން… ފުންމާލާ…..” މަންމައަށް ގޮވަމުން އެކުއްޖާ ގޮފިގަނޑުން އަތް ދޫކޮށްލިއެވެ. ސީމާގެ އަތު ތެރެއަށް ފުންމާލީ ކުޑަ ބުޅަލެއް ފަދައިންނެވެ.

އަށް މަހަށް ދާ ބަނޑަކާއި އެކީ ސީމާ އެ އަންހެން ކުއްޖާ ކިހިލި ޖަހާލިއެވެ. ސީމާގެ ކަރުގައި އަތް އުރާލާ ބައްދާލައިގެން އެ ކުއްޖާ އޮތީ ދުވަހަކުވެސް ދޫނުކުރާނެ ފަދައަކުންނެވެ. “ކޮއްކޮއަށް ކިޔަނީ ކޮން ނަމެއް؟….” އެކުއްޖާގެ ބުރަކަށީގައި ފިރުމާލަމުން ސީމާ އަހާލި އިރު ލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ. “މިންނާ…..” އެ ތުއްތު ކުއްޖާ ޖަވާބުދިނެވެ. ބޮޑެތި މީހުން ރޮމުން ކޮޅުކޮޅަށް ދުވަމުން ދިޔައީ ދަރިން ވީ ހިސާބެއް ބެލުމުގައެވެ. ސީމާއަށް ދެވެނީ ކޮން ދިމާލަށް ކަމެއްވެސް ނޭނގެއެވެ.

“ސީމާ….. މަގޭ ދަރިފުޅު ދުށިންތަ؟…. ޝާޔާ ނުފެނިގެން މިއުޅެނީ…” ރޮމުން ރޮމުން އައިސް ސީމާ ގާތަށް ހުއްޓުނު އަންހެނަކު ވާހަކަ ދެއްކިއެވެ. ސީމާއަށް އަތިރިއާއި ދިމާލަށް އިޝާރާތް ކުރެވުނީ ޝާޔާ އަތިރިމަތީ ހުރިތަން ފެނިފައި ވުމުންނެވެ. ރާޅުއެރުމުގެ ކުރިން ގޮނޑުދޮށުގައި ކުދި ބަޔަކާއި އެކު ޝާޔާ ކުޅެން އުޅުނުތަން ފެނުނުކަން ހަނދާން ވުމުންނެވެ. އެ އަންހެން މީހާ ރޮމުން ރާޅު އެރި ދިމާލަށް މިސްރާބު ޖެހިއެވެ. އެ ނިކަމެތި މަންމައާއި ދިމާލަށް ބަަލަން ސީމާއަށް ހިނދުކޮޅަކު މަޑުކޮށްލެވުނެވެ. ސީމާގެ ބަނޑުގައިވާ ދަރިފުޅާއި އުރުގައި އިން މިންނާ ރައްކާތެރިކުރަން ބޭނުންވެ އާ ހިތްވަރާކާއި އެކު ކުރިއަށްދާން ހިނގައިގަތެވެ.

ޓިނުގަނޑެއްގެ މައްޗަށް ބޯކޮށް ވާރޭ ވެހެމުން ދާއިރު ގޮވާ ފާޑު އަޑުފައްގަނޑެއް ކުއްލިއަކަށް އިވުނެވެ. އެ އަޑާއި އެކު މީހުންތަކެއްގެ ރުއިމުގެ އަޑު ޖައްވުތެރޭގައި ގުގުމާލިއެވެ. އެ އަޑު އައި ފަރާތަށް ސީމާއަށް ބަލާލެވުނީ ކަމެއް ގޯސް ވެއްޖެކަން ކަށަވަރު ވުމުންނެވެ. ކަމަކުދާކަށް ނެތެވެ. ފެންނަމުން މިދާ މަންޒަރުން ސީމާގެ ސިކުނޑި ސުމަކަށް ދިޔައެވެ. ކިހިލީގައި އިން ތުއްތު މިންނާގެ ހަށިގަނޑުގައި ބައްދާލަމުން އެކުއްޖާ ގާތު ނަމަނަމަ ދައްތަގެ ގައިން ދޫ ނުކުރުމަށް ބުނެލެވުނެވެ. މިންނާގެ ކުޑަކުޑަ އަތް ތިލައިން ސީމާގެ ގައިގައި ބާރަށް ބައްދާލިއެވެ. އެއް އަތުން މިންނާ ހިފަހައްޓާލަމުން އަނެއް އަތުން ސީމާގެ ބަޑުގައި ފިރުމާލި އިރު ލޯ ކަރުނުން ފުރިގެން އައެވެ. ރިޒާ ހުރިނަމައޭ ހިތަށް އެރިއެވެ. ހަމަގައިމުވެސް ކޮންމެވެސް ހިތްހަމަޖެހުމެއް ލިބޭނެކަން ކަށަވަރެވެ. މުޅި ގައިން ހީބިހި ހިލުވާލިއެވެ. ބިރުގެންފައި އިންވަރުން ސީމާއަށް އަޑުން އަޑުނަގާ ރޮވެން ފެށުނެވެ.

ކުރިމަތިން ފެންނަން އޮތް މަގުގެ ކޮޅުން ރަށް ފެންނާކަށް ނެތެވެ. ގޮނޑުދޮށުގައި ހުރި ދިގު ރުށްތަކުގެ މަތިން ރަށުތެރެއަށް ބިޔަ ރާޅެއް ބިންދާލަނީއެވެ. ގަސްތަކާއި ގެތައް ފުނޑުފުނޑުވަމުން ދިޔަ މަންޒަރު ފެނި ސީމާއަށް ބިރުން ހަދާނޭގޮތް ހުސްވިއެވެ. ސީމާ ފަސް އެނބުރި ކުރިން އައިކޮޅަށް ދުއްވައިގަތީ ހަތަރު އުދަރެސް ފެނުޖެހިފައިވާ މީހަކު ފަދައިންނެވެ. ރޯ މަހެއްހެން ހިތް ތެޅެމުން ދިޔަނަމަވެސް އުރުގައި އިން މިންނާ މަތިން ހަނދާން ނައްތާނުލައެވެ. ދެން ހަދަންވީ ގޮތެއް ނުވިސް ނުނެވެ. ރަށުގެ ގެތަކުގެ މަތިން އެ ރާޅު އަންނަތަން ފެނުމުން މިއަދު ދެން ސަލާމަތެއް ނުވާނޭ ސިކުނޑިއަށް އައި އަދަދުވެސް ބުނެދޭކަށް ނޭނގެއެވެ.

ކުރިން ދިޔަ ރާޅަށް ވުރެއް މިރާޅު ބޮޑެވެ. ކޮންމެ މީހަކުވެސް ބެލީ ސަލާމަތްވާނެ ގޮތެއް ފެނޭތޯއެވެ. އެއް ބަޔަކު ގޭގޭ ފުރާޅުތައް މަތީގައި ތިބި އިރު އަނެއްބަޔަކު ތިބީ ބޮޑެތި ވެލި ފުނި ފުނި މައްޗަށް އަރައެވެ. ބައެއް މީހުން ކޮނޑުމަތީގައި ތިން ހަތަރު ކުދިން ގޮވައިގެން ގެންގޮސް މިސްކިތް ތެރެއަށް ވައްދާ މަންޒަރު ފެނުނެވެ.

ސީމާގެ ހާލަތު ހުރިގޮތުން އުސްތަނަކަށް އެރުން އެއީ ކުޅަދާނަވާ ވަރުގެ ކަމެއް ނޫންކަން ވިސްނުމުން ސީމާ ގަސްތުކުރީ މިސްކިތަށް އެރުމަށެވެ. ނަމަވެސް ބާރު މިނުގައި އައި ރާޅުގެ ތެރެއަށް ސީމާ ދަމައިގަތެވެ. އޮޔާއި އެކީ އައި ވަކަރުތައް ސީމާގެ ކުޑަ ކަޅުވާގައިޖެހި އިތުފުށުން ލޮނުގަނޑުގެ ތެރެއަށް ވެއްޓުނެވެ. މިންނާއާއި އެކީ ސީމާ ކިތަންމެ ފަހަރަކު ލޮނުގަނޑު ތެރޭގައި ގެނބެމުން ދިޔައެވެ. ކައިރިން ދިޔަ ވަކަރުތަކާއި ދަގަނޑު ތަކުގައި ޖެހެމުން ދިޔައިރުވެސް އަތު ތެރޭގައިވާ މިންނާގެ ގައިން ސީމާ ދުލެއް ނުކުރެއެވެ.

ސީމާމެންނަށް ތިބެވުނީ ކޮންތާކުކަން ރޭކާލީ އިރުގަނޑެއް ފަހުންނެވެ. އޭރު އޮއި މަޑު ވެއްޖެއެވެ. ވަށައިގެން ބަލާލި އިރު މި ތިބެވުނީ ރަށުން ބޭރުގައެވެ. ކަނޑުގައެވެ. ދުރުދުރުން އޭރު ރަށް ފެންނަމުން ދިޔައެވެ. ރަށްވަނީ އެކީ އެކަށް ދޮވެލާފައެވެ. ރަށުގައި ދިރިއުޅޭ ފައްސަތޭކައެއްހާ އާބާދީގެ މީހުންތައް ތިބީ މާ ކަނޑަަށް ބޭރުވެފައެވެ. ކުނިބުނިތަކާއި އެކީ ރަށުގެ ކުޑަ ބޮޑު އެތައް ބަޔަކު ތިބީ ކަނޑުމަތީގައެވެ. ރަށާއި ގުޅިފައިވާ ފަޅުރަށެއް ކަމަށްވާ ތަނބަޅައިދޫގައި މަސައްކަތް ކުރަންގޮސް އުޅުނު އަންހެންވެރިންނާއި ކުޑަކުދިންތައް ވެސް ތިބީ ކަނޑުމަތީގައެވެ. އެންމެން ކަހަލަ ގޮތަކަށް އެއްގަމަށް ދިޔުމަށް ފަތައިގަތެވެ. ނަމަވެސް ވަރުބަލި ވެފައިހުރިވަރުން ސީމާއަށް ފަތާފައި ރަށާ ހަމަޔަށް ދާނެ ހިތްވަރެއް ނުލިބުނެވެ.

ރަށާ ދިމާލަށް ފަތައިގެން މީހުންނަށް ސީމާ ގޮވާލިއެވެ. “މީހެކޭ…..” ސީމާގެ އަޑުވަނީ ހަލާކުވެ ކުރަކިވެފައެވެ. ރަނގަޅަށް އަޑު ބޭރެއް ނުވިއެވެ. އެހެންކަމުން ދެވަނަ ފަހަރަށް އަޑަށް ބާރުލަމުން ގޮވާލިއެވެ. އެއަޑަށް ރަށުގެ ޅަފުރައިގެ އަންހެން ކުއްޖެއް ސީމާގާތަށް އައެވެ. ސީމާއަށް ބަލާލުމަށްފަހު ސީމާގެ އަތުތެރޭގައިވާ މިންނާ އުރާލިއެވެ. އެއީ ވަރަށްމޮޅަށް ފަތަން ދަންނަ ކުއްޖެކެވެ. އެ އަންހެން ކުއްޖާގެ އެހީގައި ސީމާއާއި މިންނާއަށް ރަށަށް އާދެވުނެވެ.

ރަށަށް އައިސް އެރުމަށްފަހު އެ އަންހެން ކުއްޖާއަށް ޝުކުރު އަދާ ކުރިއެވެ. އޮޅުން ފިލުވި އިރު އެއީ ރިޒާ މެންނާއި ތިމާގެ ކުއްޖެކެވެ. ނަމަކީ މުރުޝިދާއެވެ. ސީމާމެން އެއްގަމަށް ގެނެސް ދިނުމަށްފަހު މުރުޝިދާ އަނެއްކާވެސް މޫދަށް އެރި ކަނޑުގައި ތިބި އެހެން މީހުންނަށް އެހީތެރިވެދެމުން ދިޔައެވެ.

މިންނާއަށް އެނާގެ މަންމަ، އާބިދާ ފެނުނީ އެއްގަމަށް އެރިފަހުންނެވެ. އޭރު އާބިދާ އޭނާގެ އަންހެން ދަރި ނުފެނިގެން ރޮއެރޮއެ ގޮސް ހަލާކުވަނީއެވެ. މިންނާ ފެނުމާއެކީ އެ ތުއްތު ކުއްޖާގެ އުރާލަމުން މޫނުގައި އާބިދާ ބޮސްދިނެވެ. އަދި ކާކާއި އެކީތޯ ހުރީ ސުވާލުކުރުމުން މިންނާގެ އިނގިލި ސީމާއަށް އިޝާރާތް ކުރިއެވެ. ވަރުބަލި ވެފައިވާ ހާލުގައި އޭރު ގޮނޑުދޮށުގެ ވެލިގަނޑު މައްޗަށް ސީމާ ތިރިވަނީއެވެ. އަވަސް ފިޔަވަޅުތަކެއްގައި އާބިދާ އައިސް ސީމާއަށް އެހީތެރިވެދެމުން މިންނާ ހިމާޔަތް ކޮށްދިނީތީ ސީމާއަށް ފަށްފަށުން ޝުކުރު އަދާކުރިއެވެ.

ރަށުތެރޭގައި އަންހެންވެރިން ރުއިމުގެ އަޑު ގުގުމަމުން ދިޔައެވެ. ބައެއް އާއިލާތަކުން ވަކިވެގެން ދިޔަ މީހުންގެ ފުރާނަނެތް މަސްގަނޑުގައި ބައްދަމުން ރޮމުން ދިޔައެވެ. އަނެއްބަޔަކު ތިބީ ގަބުއަރާފައެވެ. ފާރުބުޑުތަކަށް ލަށްވެފައި ތިބި އިރު އެމީހުންގެ ހަށިން ފުރާނަ ވަކިވެފައިވާ ބަޔަކު ފަދައެވެ. އެއީ ކޮންފަދަ ހިތްދަތި މަންޒަރެއް ހެއްޔެވެ. ސީމާއަށް މި ފެންނަމުން ދިޔަ މަންޒަރުތަކުން ހިތް ކުދިކުދި ވަމުން ދިޔައެވެ.

ރަށުގައި އެއްވެ ތިބި އެންމެންގެ ތެރެއަށް ނުކުމެ ރަނާ ހޯދަން ސީމާ ތެޅިގަތެވެ. ޅަފުރައިގެ ކުދިންތަކުގެ ތެރެއިން ލުޔޫނާ ފެނުމުން ސީމާއަށް ހިތްހަމަޖެހުމެއް ލިބުނެވެ. ލުޔޫނާ ގާތު ރަނާ ކޮބާތޯ އަހާލަން ދިޔައީ އަލިމަގެއް ފެންނާނެ ކަމުގެ އުއްމީދުގައެވެ. ސީމާއަށް ބަހެއް ނުބުނެވެނީސް ލުޔޫނާ ސުވާލު ކޮށްލިއެވެ. “ސީމައްތާ!… ކޮބާ ރަނާ؟…” ސީމާއަށް ހުރިތަނަށް ތިރިވެވުނެވެ. ރަނާ ނުފެނިގެން އުޅޭކަން ލުޔޫނާއަށް ވެސް އެނގުމުން ސީމާއަށް އެހީތެރިވުމަށް އަވަސްވެގަތެވެ. ލުޔޫނާގެ އާއިލާ މީހުންގެ އެހީގައި ރަށުތެރޭގައި ރަނާ ހޯދުމުގެ މަސައްކަތް ފަށައިގަތީ އެއެންމެންގެ ތެރޭގައި ރަނާ ނެތްކަން ކަށަވަރު ވުމުންނެވެ. ބުނެދޭން ނޭނގޭ ކަހަލަ ބިރުވެރިކަމެއް ސީމާގެ ހިތުގައި ވަނީ އަށަގެންފައެވެ. ރަނާ މަރުވީ ބަވައޭ ހިތަށް އެރިއެއްކަމަކު އެ ޚިޔާލާ ދުރަށްދާން ވަރަށް މަސައްކަތްކުރިއެވެ.

ރަށުތެރޭގައި ތިބި އެންމެންގެ މޫނުމަތިން އުދާސްކަން ފެންނަމުން ދިޔައެވެ. ރަށުގެ ގިނަ ގެތައް ވަނީ ބިމާ ހަމައަށް ކުދިކުދި ވެގެން ފައިބާފައެވެ. އެ ބާރު އޮއިވަރުގައި ޖެހި ރަށުގެ އެތައް ގެއެއް ފުނޑިގެން ދިޔައިރު ގެއްލުން ނުލިބޭ އެކަކުވެސް ނެތެވެ. ފާރުތައް ވެއްޓުނެވެ. ގޭގޭގެ އެތެރެއިންނާއި ބޭރުން ވެސް ފެންނަން ހުރީ ހަލާކުގެ ހިތްދަތި މަންޒަރުތަކެވެ. ފުރާޅުތައް އެއްލާލިއެވެ. އިމާރާތްތަކުގެ ދަށުން ބިންގަނޑު ދަމައިގަތެވެ. ހިފާ ގެންގުޅޭ ސާމާނު ހުރީ އޮޔާ ގޮސް ކުނިބުނީގެ ފުނިތަކަކަށް ވެފައެވެ. ފަޅު ތެރޭގައި ހުރި ދޯނިތައް ރާޅާ އެކު އެއްގަމަށް އެރިއެވެ.

ރަށުގެ އެއްބަޔަކު އޮޔާ ކަނޑަށް ދަމައިގަތަސް ގެމެންދޫއިން ހަމީހުން މަރުވިިއެވެ. ވެއްޓުނު ކޮންކްރީޓް ގަނޑެއްގެ ދަށުވެ މީހުން މަރުވެ އަދި ކިތަންމެ ބަޔަކު ޒަޚަމްވިއެވެ. މުޅިރަށުގައި އަތްފުނާ އެޅިއިރުވެސް ރަނާއާއި ޝާޔާއެއް ނުފެނުނެވެ.

އެ ރާޅުގަނޑަށްފަހު މުވާސަލާތީ އެއްވެސް ޚިދުމަތެއް ނުލިބެއެވެ. ކައިރީ ހުރި ރަށްރަށުން އެހީތެރިކަމެއްގެ އަތެއް ފޯރާތޯ ރަށުގެ ސެޓުން ގުޅޭތޯ މަސައްކަތް ކުރި ނަމަވެސް ރާޅުގަނޑުގެ ސަބަބުން ހުރިހާ ސާމާނެއްވަނީ ހަލާކުވެފައެވެ. ރަށުގެ ބޮޑުންގެ މީހުން އެދުނުގޮތަށް އެންމެންވެސް މަޑުކުރީ އެހެން މަގެއް ފެންނާނެ ގޮތެއް ބެލުމަށެވެ. އެންމެފަހުން ރަށުގައި ސަލާމަތުން އޮތް ދޯނިން ޒަޚަމްވެފައި ތިބި މީހުންނާއި އެކީ ކުޑަހުވަދޫއަށް ފުރިއެވެ. ގެމެންދޫއިން ކުޑަހުވަދޫއަށް ދިޔަ ދޯނީގައި ތިބި މީހުން ދިން މަޢުލޫމާތަށް ރަށުގައި މަޑުކޮށްގެން ތިބޭތާ 3 ގަޑިއިރު ތެރޭގައި ސިފައިންނާއި އާންމުންގެ ޓީމްތަކެއް ރަށަށް އައެވެ. މިވަގުތަށް ބޭނުންވާނެ މުހިއްމު ސާމާނުތަކާއިއެކީ އައިސް އަނިޔާވެފައި ތިބި މީހުންނަށް ފަރުވާ ދިނުމުގައި އެމީހުން އުޅުނެވެ.

ސީމާ ހުރީ ރިޒާއާއި ބައްދަލުކުރަން ވަރަށް ބޭނުންވެފައެވެ. މީހުން ކުރާ ސުވާލުތަކުގެ އަޑުވެސް އޭނާއަށް ނީވޭ ކަހަލައެވެ. ހީވަނީ މަންމަނެއް ހެންނެވެ. ރަށުން ފޭބުމަށް ސިފައިން ބުނުމުންވެސް އެކަމަށް އެއްބަސް ނުވާ މަދު ބަޔަކު ތިބިއިރު އޭގެތެރޭގައި ސީމާވެސް ހިމެނެއެވެ. ރަނާ ނުފެންނަނީސް ކުޑަހުވަދޫއަށް ދާން އޭނަ ބޭނުމެއް ނޫނެވެ. ކުޑަކުއްޖަކު ފަދައިން ރަނާ ހޯދުމަށް އާދޭސްކުރަމުން ދިޔައެވެ. ރަށުގެ ބައެއްމީހުން ކުޑަހުވަދޫއަށް ދާން އެއްބަސް ނުވީ މުޅި ދިރިއުޅުން ހޭދަކުރި އުފަންރަށް ދޫކޮށްފައި އެހެން ރަށަކަށް ހިޖުރަކުރަން ބޭނުން ނުވާތީއެވެ. ނަމަވެސް އެ ޚިޔާލު ބަދަލުވާން ހިނދުކޮޅެއްވެސް ނުނެގިއެވެ.

ރަށުގެ އެތަން މިތަނުން ބިންގަނޑު ކަނޑައިގެން ގޮސް އާރެއްހެން ފެން އަރަން ފެށިއެވެ. ރަށުގެ ބައެއް ސަރަހައްދުތަކުން ފަސްގަނޑު ގަނބަމުން ދިޔައެވެ. އެހިސާބުން ރަށުގައި ދިރިއުޅުމަކީ ނާދިރުކަމެއް ގޮތުގައި ނިންމާ ބޯހަރުކަން މަތީ ތިބި އެންމެން ކުޑަހުވަދޫއަށް ބަދަލުވާން އެއްބަސް ވިއެވެ.

ކުޑަހުވަދޫއަށް ފޭބިއިރު ސީމާގެ މަންމަ ސަފިއްޔާ ހުރީ ސީމާ ބަލައި ބަނދަރު ކައިރިޔަށް އައިހެވެ. ސީމާ ހުރި ހާލުފެނި ސަފިއްޔާގެ ހިތަށް ފުން އަސަރުތަކެއް ކުރުވިއެވެ. ރަނާ ނުފެނުމުން ސީމާ ހުރީ ރޮއިރޮއި ހަލާކުވެފައެވެ. ދ.ކުޑަހުވަދޫއަކީ ސީމާގެ އުފަންރަށް ކަމުން ސީމާ ދިޔައީ އޭނާގެ މަންމަމެން ގާތަށެވެ.

ގެމެންދޫއިން ފޭބި ހުރިހާ އެންމެންނަށް ކުޑަހުވަދޫގެ ރައްޔިތުން މަރުހަބާ ކިއެވެ. އެކި އާއިލާތައް އެކި ގޭގޭތަކަށް ދިޔައެވެ. ނަމަވެސް ގެމެންދޫ މީހުންގެ ހިތުން ބިރުވެރިކަން ފިލައިގެން ނުދެއެވެ. އެރޭ މަޢުލޫމާތު ލިބުނު ގޮތުގައި ގެމެންދޫ މީހުން ކުރިމަތިލީ ތޫފާނަކީ ބޮޑުރާޅެއް ނޫނެވެ. އެ ތޫފާނަށް ކިޔައި އުޅޭ ނަމަކީ ސުނާމީއެވެ. މިބޮޑު ރާޅު އުފެދުމުގެ ކުރިން ބިންހެލުމެއްވެސް އައިކަން އެނގުނީ ޚަބަރުތަކުން މި ވާހަކަ ކިޔައި ދިނުމުންނެވެ. ގެމެންދޫ ރައްޔިތުންނަށް ލަފާ ކުރެވުނީ މީ ހަމައެކަނި އެރަށަށް ދިމާވި ކަމެއްގެ ގޮތުގައެވެ. ނަމަވެސް މި ސުނާމީގެ އަސަރު ވަނީ މުޅި ރާއްޖެއަށް ކޮށްފައެވެ. އޭޝިޔާގެ ގިނަ ގައުމުތަކަށް ގެއްލުން ލިބުނެވެ. ނަމަވެސް ބޮޑެތި ގެއްލުންތައް ލިބިފައިވަނީ ތިރި ޤައުމު ތަކަށެވެ.

ސުނާމީ އެރިފަހުން 10 ގަޑިއިރުވީއެވެ. މާލޭން ފުރި ލޯންޗެއްގައި ރިޒާ ކުޑަހުވަދޫއަށް އައެވެ. ރިޒާ އައި އިރު ރަށުތެރެ ވަނީ ހަލަބޮލި ވެފައެވެ. ގެމެންދޫއިން ހާލުގައި ޖެހިގެން ގެނައި ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމުގައި ކުޑަހުވަދޫގެ ރައްޔިތުން އަވަދިނެތި އުޅެމުން ދިޔައެވެ. ރިޒާއަށް ސީމާ ފެނުމުން ވަރަށް އުފާވިއެވެ. އަދި އައިސް ސީމާގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. ސީމާގެ އަތުގެ އުޅަބޮށިން ހަންނޮޅިފައި ހުރި ތަންތަން ފެނުނެވެ. ސީމާއާއި ވާހަކަ ދައްކަމުން ދިޔައިރު ރިޒާއަށް ސީމާގެ ފުށުން ތަފާތުކަމެއް ފެންނަމުން ދިޔައެވެ. ސީމާގެ ހާލަތު ހުރިގޮތް ފެނުމުން ރިޒާ އޭނާގެ އަންހެނުންގެ ބަނޑުގައި ފިރުމާލަމުން ބަނޑުގައިވާ ދަރިފުޅު ރަނގަޅުތޯ ސުވާލު ކޮށްލެވުނެވެ.

ފުން ނަޒަރަކުން ރިޒާއާއި ސީމާ ހަތަރު ކަޅި ހަމަކުރިއެވެ. ވޭނުން ފުރިގެންވާ ގޮތަކަށް ސީމާއަށް ބުނެވުނީ އެންމެ ޖުމްލައެކެެވެ. “ރަނާ… އަދިވެސް ރަނާ ނުފެނޭ…” އެހިސާބުން ސީމާ މުޅިންހެން ހޭ ނެތިއްޖެއެވެ. ގައިން ވަރު ދޫވާން ފެށުމުން ރިޒާ ސީމާގެ މުލަށްދަނޑީގައި ހިފެހެއްޓިއެވެ. އެވަގުތު ސަފިއްޔާ ރިޒާއަށް އެހީތެރިވުމަށް ގާތްވެލިއެވެ. ކުޑަހުވަދޫ ހޮސްޕިޓަލަށް އަވަސް ފަރުވާ ދިނުމަށް ސީމާ ގެންދިޔައެވެ.

ރިޒާ އިިންތިޒާރު ކުރީ ޖެހިގެން އައި ދުވަހަށް އިރުއަރާނެ އިރަކަށެވެ. އިރު އެރުމާއެކީ ކުޑަހުވަދޫއިން ޒުވާނުންގެ ޓީމަކާއި އެކީ ގެމެންދޫއަށް ދިޔައެވެ. ރަށުތެރޭގައި މީހުން ހޯދުމަށް ހަރަކާތްތެރިވާން ފެއްޓިއެވެ. ރަނާ ފެންނާނެކަމުގެ އުއްމީދު ގައެވެ. މުޅި ގެމެންދޫ ވަނީ ސުންނާފަތި ވެފައެވެ. ގޭތަކުގެ ފުރާޅުތަކާއި، ވެއްޓިފައިވާ ގާތަކާއި، އޮޔާ އައިސްފައިވާ ހަންތަކާއި ތާނގިތަކާއި، ރުށްބުޑުތައް އެއްކައިރި ކުރަމުން ރަށުތެރެ ހޯދާ ބަލަމުން ދިޔައެވެ. ރަށުން ނުފެނިގެން އުޅޭ ދެ ކުދިން ހޯދުމަށް އެންމެންވެސް މަސައްކަތް ކުރިއެވެ. ރަށުތެރެއާއި ކައިރީގައިވާ ފަޅު ރަށްތައްވެސް ބެލިއެވެ. ސިފައިންގެ ޓީމުތައް ސީ-ޕްލޭން ތަކުގަޔާއި ލޯންޗު ތަކުގައި މާ ކަނޑަށް ނުކުމެ އެހިސާބުގަނޑު ބަލަމުން ދިޔައެވެ. ނަމަވެސް އެކަންވީ ފޫނެތް ފަޔަށް ފެންފުރުން ކަހަލަ ކަމަކަށެވެ. މުޅި އަތޮޅުގައި އަތްފުނާ އެޅިއިރުވެސް 18 އަހަރުގެ ރަނާއާއި 8 އަހަރުގެ ޝާޔާއެއް ނުފެނުނެވެ.

މި ހިތްދަތި ޚަބަރު ރިޒާގެ މަންމަ ހަރިއްޔާގެ ކަންފަތުގައި ޖެހުނު އިރު އޭނާ ހުރީ މާލޭގައެވެ. އެދުވަހުން ފެށިގެން ހަރިއްޔާ މުޅިންހެން ދައްކަނީ ހަމަނުޖެހޭ ވާހަކައެވެ.

ސުނާމީއަށް އެއް މަސް ވީ ދުވަހެވެ. އަދިވެސް ސީމާގެ ސިކުނޑީގައި ސުނާމީގެ ހާދިޘާ އިއްޔެވީ ކަމެއްހެން ހަނދާން ހުރެއެވެ. ބިރުން ނުނިދި ކިތަންމެ ރެޔެއް ހޭދަކުރަން ޖެހެއެވެ. 26 ޖެނުއަރީ 2005 ވީ ބުދަ ދުވަހެވެ. ސީމާ ބަނޑުގައި ރިއްސަން ފެށިއެވެ. ރިހުން ނަގަމުން ދިޔައިރު ދެ ތަދު ދޭތެރޭ ވަރަށް ގާތްގާތުން ރިހުންނަގަމުން ދާން ފެށިއެވެ. އެހެން ކަމުން ލަސްނުކޮށް ހޮސްޕިޓަލަށް ދިޔައެވެ. ވޭންވަރު ނަގަންފެށުމުން ހޮސްޕިޓަލުން ސީމާ ވިއްސުމަށް ތައްޔާރުވިއެވެ.

އެދުވަހަކީ ރިޒާއާއި ސީމާގެ ލޯބި ދަރިފުޅު އުފަންވީ ދުވަހެވެ. ތުއްތު އަންހެން ކުއްޖެކެވެ. އަލީނާ ސަލާމަތުން ދުނިޔެއަށް ނޭވާލި ކަމަށްޓަކައި ސީމާ ޝުކުރު ކުރިއެވެ. ނަމަވެސް އާއިލާ ތެރޭއިން ގެއްލިގެން ދިޔަ އަންހެންކުއްޖާ ހަނދާންވީ ރިޒާ ދައްކާލި ފޮޓޯގަނޑަކުންނެވެ. އެއީ ރަނާގެ ތުއްތުއިރުގެ ފޮޓޯއެކެވެ. އަލީނާ އާއި ރަނާ ވަރަށް ވައްތަރެވެ. ހެދި ބޮޑުވަމުން އައިވަރަކަށް ރަނާގެ ސިފަ ޖެހެމުން އައެވެ. އަލީނާގެ ސަބަބުން އެމީހުން ހިތްތަކުން ދުވަހަކުވެސް ރަނާ ފޮހެވިގެން ނުދާނެއެވެ.

ސީމާގެ ހަނދާނަށް އަބަދުވެސް އާވާ ތަންކޮޅެއް އިނދެއެވެ. ލުޔޫނާއާއި އެކީ އެރޭ ފިލްމު ބަލަން ދިޔަ އިރު ރަނާ އެންމެ ފަހު ފަހަރަށް ސީމާއާއި ސަލާމްކޮށްލަން ހަށިގަނޑުގައި ބައްދާލި ބައްދާލުމެވެ. އެވަގުތު ރަނާގެ ދުލުން ބޭރުކޮށްލި ބަސްތަކެވެ. “ތެންކިއުސޯ މަޗް.. ސީމައްތާ… އައި ލަވް ޔޫ…”

**** *** *** *** *** ***

ސީމާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެމުން ދިޔައިރު މިޝްކާ ހުރީ ސީމާއަށް ފުރަގަސްދީގެން ކުޑަދޮރުން ބޭރުބަލާށެވެ. ސީމާގެ ވާހަކަތަކުން މިޝްކާއަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ސީމާއަށް ފުރަގަސްދީގެން މިޝްކާ ހުރީ ރޯށެވެ. މީހުން ސުނާމީގެ ވާހަކަ ދައްކާތީ އަޑުއެހިއެވެ. ނަމަވެސް މިހާ އަސަރެއް އަދި ދުވަހަކުވެސް ނުކުރެއެވެ.

މިޝްކާގެ ހިތަށް އަރަމުން ދިޔައެވެ. ރަނާއަށް ވީގޮތަކީ އެއީހެއްޔެވެ. ސީމާގެ ދިރިއުޅުން ޣަރަގުވެގެން ދިޔައީ ސުނާމީގައެވެ. އަދިވެސް ވަކި ނުވެވިގެން މި އުޅެނީ އެ ޒަމާންވީ އޮއިވަރާއެވެ. އެ ޖަޒުބާތާއެވެ. އެއީ ހިތުގައި ބިންވަޅު ނެގިފައި ބޮޑު ޒަޚަމްތަކެކެވެ. އެ ޒަޚަމްތަކުގެ ލަކުނުތައް ހަނދާނުން ފޮހެލަން ދަތިވާނެކަން ކަށަވަރެވެ.

ދޮރުގައި މީހަކު ޓަކި ޖަހާލި އަޑަށް ދެމީހުންވެސް ދިޔައީ ސިއްސައިގެންނެވެ.

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (53)

  1. Inaa

    Yay me 1st. Awesome n keep up the gud work. Luv ya.

    1. Shax Lyn
      Inaa

      hey Inaaa… Yeah ur the first…. luvya.. n thanks a lot…

  2. nasha

    nice story keep it up..!

  3. Mal

    Vvvv reethi. ???love this story???avaha up kurathy…me first yuppy

    1. Shax Lyn
      Mal

      Thank u Mal…. 🙂

  4. Mal

    Oops not me??hehehe..

  5. Anu

    Nice story☺️ Keep it up love this story ?? next part avahah up kohdhechey.. Pweeeese can’t wait..?

  6. samma

    v reethi n v asarugadha hama rovijje….. vvvvvvvvvv reethi mibaai

    1. Shax Lyn
      samma

      Thanks Samma…. 🙂 sorry rovvaalevuneema….

  7. shif

    Can imagine the scenes..so touching. .keep it up gal…u mad me cry..waiting for next part

    1. Shax Lyn
      shif

      Thank u so much Shif….. sorry u had to cry…. but am happy u liked it…. 🙂

  8. Shif Marie

    This is one of the best story …

  9. lillygirl

    v reethi Shax lyn egarly to know about ranaa

    keep it up <3

    1. Shax Lyn
      lillygirl

      Thanks Lilligirl <3 yaa keep waiting… ull know what actualy happened to her later :*

  10. mary

    Alhey…. hiy falhaigen.hingajje…. u know hw to play with our emotions…. mashah hama roveneee…. maabandu meehaku tsunamigai ulheyne goiy hithah araafa nuhifeyttunu…

  11. Firu

    Awesome ?????? keep it up shaaztha.

    1. Shax Lyn
      Firu

      hey Firu happy to c ur comment here…. Thanks a lot <3

  12. Aleem

    vvvvv vvvv reethi mi part ves.. keep it up shax.. alhuganduge hithun ves Tsunami ge kantha hadhaanun filaagen nidhaane.. adhives iyye v kameh gothah adhive hadhaan ebuhuri..

    1. Shax Lyn
      Aleem

      Awwn im really sorry…. cox this story reminds abt that day…. But thank u so much for ur support…. 🙂

  13. nahu

    Vvv nice plx avahah anehbbai up kohdhybr…cant wait…

  14. anonymous

    ކިޔާހިތުން ކިޔާލި ލިޔުމެއް. ވަރަށް ރީތި ސިފަކުރުމެއް. އަސަރު ގެނެސްދެވިފައި ހުރިލެއް ވަރަށް ވެސް ފުރިހަމަ. މިފަދަ ހުނަރުވެރި ލިޔުންތެރިން ފެނުމަކީ އަބަދު ވެސް އުފާކުރާ ކަމެއް. ލިއުންތެރިޔާއަށް ފަށްފަށުން ޝުކުރިއްޔާ. ވާހަކަ ލިޔުމުގެ ރޮނގުން ރޮނގުން ކުރިއެރުމާއި
    ކާމިޔާބު އެދެން
    ކުރަށްވާށި

    1. Shax Lyn
      anonymous

      ވަރަށް ބޮޑަށް ޝުކުރިއްޔާ

  15. naax

    Yap.. dhuvahakuvx edhuvas handhaanakun nufoheveyne.. edhuvas mathin handhaanvma adhivx rovey.. n vaahaka hama v salhi.. masha allah

    1. Shax Lyn
      naax

      Awwwn… Thanks Naax…. 🙂

  16. anonymous

    So hard to write in this comments column from write to left in Dhivehi
    without botching up. Lyn, you have written an enticingly beautiful piece
    in your lyrical prose redolent with feelings. Congratulations and best wishes.

  17. anonymous

    So hard to write in this comments column, right to left in Thaana without
    botching up.Lyn, you have written an enticingly beautiful piece in your
    lyrical prose, redolent with feelings.Congratulations and best wishes.

    1. Shax Lyn
      anonymous

      Thank you so much…. happy to know that u liked it…. 🙂 <3

  18. Lynaaaaaaa

    Omg vv nice mi part ves….hama v v v reethi.I love it a lot. :-* B-)

  19. shaako

    v reethi…

  20. apoo

    So emotional… describe kohdheefa huri leh reethikamu rovijje… v v reethi… keep it up… mashah mihaa asaru kuri iru , tsunami ge biruveri kan fenifaivaa meehun nah mi bai kiyaafa haadha asareh kuraane eyyy… seriously u r an amazing writer.. :*

    1. Shax Lyn
      apoo

      Sorry…. Awwn…
      Aslu kudhin kudhin rovaakah gastheh nukuran… beynunvee emanzaru furihamayah sifa kohdheyn… varah ufaavejje kiyuntherinnah kamudhiyaima… thanks alot

  21. Reen

    Varah hithah asarukuri mi part kiyamun dhiyairu. Varah furihama.

    1. Shax Lyn
      Reen

      Thank u Reen 🙂 <3

  22. maash

    Stoty hama perfect? next part avahah upkohdhyba plx plx

  23. maash

    Sorry story hama best

  24. Nannish

    2005 ga aleena ufan vehjiyyaamu aleena ah adhi vaanee 10yrs dhw.. mistake eh kanneyge dhw a ee..

    1. Shax Lyn
      Nannish

      this story is in 2024…. as u can see the date on the first episode….. thank u for resding… 🙂

  25. nishy

    Nannish! Miulheny 2024 ga ingey

    1. Nannish
      nishy

      Asluves dhw.. handhaan nethunee ey.. btw nice n very interesting story..

  26. Aleena

    Vara reethi sifa kurumeh. Sifa kohdhen vara aammu noon bas vs beynun koffa eba huri. Buneveyni hama v salhi eyy. Mishka noonas masha vs heevany ranaa ge kanthakuga knmes nuba eh eba ulhey hen..

    1. Shax Lyn
      Aleena

      hehehe… thanks Aleena… yaa kommes nubae eba ulhe dhw 😉

  27. Siha

    Vr nice… mihaaru mi vaahaka vr asaru gadha.. next part avahah up kollahchey….. waiting wating

  28. Roxy

    Shazlyn is the best one of the best story writer currently out here in esfiya…. You put one word after the other and makes real magic with them. The words moves out and shows the seens of the story as if watching a 3D movie.. Congratulations.. N bst of luck.. Its really amazing….

    1. Shax Lyn
      Roxy

      Thanks Roxy… it means a lot…. 🙂

  29. Shax Lyn

    Thanks to all readers supporting me and for all these compliments….. Im really glad and happy to c so much support…. its really hard work to bring up a piece like this…. ingey varah keh madhuvefakan readers hunnaneee…. In-Sha Allah Next episode on Monday… Keep waiting…. <3

  30. Fira

    This is Great. Keep Going. Thakolheh Avahah Upkohlahche. ???

  31. zee

    Vara vara salhiyey… asluves… mirey tsunami fennaathy nunidhigen miulheneee…. shaax kihinehtha thihedhy… thivarah sifakohdhinyma mamiothy birun…. hehehe
    Aslu habeys ingey story…. varah molhu…. i love reading this

  32. ravoopinky

    wow

  33. shany

    Grt work…… am speachless…. this writing is superb….
    Keep goin…. r u a girl.or boy…..

  34. chopa

    hey v nice mi vhk.. kiyamun dhiya iru hee v loa mahchah sifa vamun dhiyahenn… v asaru koffi.. rangalhah vx rovvaalaifi.. keep it up dear.. next episode avahah upkolladhyba 🙂

  35. ina

    This is my first comment on ths story.story is really heart touching.v v beautiful.tsunaamyga gellun libunu rah rashuge myhun ge emotions genes dhyfa hurileh v furi hama.nw ina ah vx realize kurevey emyhun v dhera aa hithaa.feelin v bad 4 them.this stry is one of my fav. Strry in esfiya.shax Lyn u r a great writer.nw i just cant wait 4 the next part.waiting 4 Monday:-)<3

  36. Aish aleena

    U were right I cried heheh v v reethi

  37. shanak

    alhe i never knew. abadhuves adu ahan. but v gotheh neige. ingeyhaaves echakee sunaami erikan. mi story kiyaaleema ihusaas vi..

Comments are closed.