މިޝްކާ އެ ބޭސްގުޅަ ކެއުމުން އަލީނާ ވެސް އެއިން ގުޅައެއް ދީބަލާށޭ ބުނެލިއެވެ. މިޝްކާގެ ޕްލޭން ކާމިޔާބު ވުމުން ވަރަށް އުފާވިއެވެ. އަލީނާއަށް ބޭސްގުޅަ ދިނުމަށްފަހު ރިޒާއަށް މެސެޖަކުން ބޭސް ދިން ވާހަކަ ބުނެލިއެވެ. އަލީނާއާއި ވާހަކަ ދައްކަމުން އެނދުގެ މަގަތުގައި މިޝްކާވެސް ހަމަޖެހިލައި އޮށޯވެލިއެވެ. މިހެން ދެމީހުން ވާހަކަ ދައްކަން ތިބެވުނީ ކިހާ އިރެއް ވަންދެން ކަން އެކަކަށްވެސް ނޭނގުނެވެ. ފުން ނިންޖަކުން ނިދާފައިވާ މިޝްކާއަށް ލޯހުޅުވާލެވުނީ މީހަކު އޭނާގެ ނަމުން ގޮވާތީއެވެ. މޯޅިއަކަށް ދެމެމުން […]
މިޝްކާ ސަމާސާ ކުރުމުން ކަޔާން ވެސް އެކަމުގައި ބައިވެރި ވެލިއެވެ. “ޔާ… ހަމަ ތެދެއް ތިބުނީ… އިރު އެރީވެސް މިތާ ހުއްޓާ…” ކަޔާންގެ އެ ޖުމްލައަށްފަހު އެ ދެމެދުގައި ވާހަކައެއް ނުދެކެވި ހަމަހިމޭން ކަމުގެ ވަގުތުކޮޅެއް ދިޔައެވެ. އެންމެފަހުން ކަޔާން އޭނާ އޮޅުން ފިލުވަން ބޭނުންވާ ވާހަކަ އަހާލިއެވެ. “އޯކޭ ނައު ޓެލްމީ…. އަސްލު ކީއްވެ އަލީނާ އަހަރެންނާ ދުރަށް ދިޔައީ؟… ޑިޑް ޝީ މެޓް ސަމްވަން؟…” މިޝްކާ ނޫނެކޭ ބުނާ ފަދައަކުން ދެއަތަށް ބޯ ހޫރާލަމުން […]
“ކޮން ކަމަކާ ތި ހާސްވަނީ ހިނގާ ނިދަންދާން…. އޭނަ އެބައޮތް ނިދާފަ… ރާއިފްމެން ކޮންމެ ކަހަލަ ވާހަކައެއްވެސް ދައްކަފާނެ….” މަޒީންގެ ކޮނޑަށް އަތް ވައްޓާލައިގެން ދެމީހުން އެކީގައި ޓެންޓުތަކާއި ދިމާލަށް މިސްރާބު ޖެހިއެވެ. މަޒީނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ވިޝާލް ގުޑްނައިޓް ކިޔާ ފޯނުބޭއްވުމުން ތޫބާގެ ފޯނުގެ ޑިސްޕްލޭ ޒީކް ނިއްވާލިއެވެ. ގަދަޔަށް ނިދާފައިވާ ތޫބާއާ ދިމާލަށް ޒީކް އެނބުރިލީ ނުލަފާ ހިނިތުން ވުމަކާއި އެކީގައެވެ. އޭރު ތޫބާ އޮތީ ގަދަޔަށް ނިދާފައެވެ. ތޫބާގެ އަޑުން ވިޝާލްގެ […]
ޒީކް ކޮށްލި ސުވާލާއެކު މި ޓެންޓުތެރެއަށް އައި މަޤްސަދު ހަނދާންވުމުން ޖީބުގައިވާ ޒީކްގެ ފޯނު ނަގާ ޒީކަށް ދިއްކޮށްލަމުން ހުރިހާ ލަވައެއް އަޅައިފިން ކަމަށް މަޒީން ބުންޏެވެ. ފޯނުގައި ޒީކް ހިފާލަމުން މަޒީނާ ގާތް ވެލިއެވެ. ހުރި ފިޔަވަޅުމަތީ ގުޑާލަންވެސް ނޭނގި ޒީކަށް ބަލަހައްޓައިގެން ހުރެވުނީއެވެ. މިރޭ ޒީކް ވަރަށް ތަފާތެވެ. ގަދަ މޭކަޕެއް ކޮށްފައި ހުރިއިރުވެސް ޒީކް ހީވަނީ ޕަރީއެއް ހެންނެވެ. މަޒީންގެ މޫނާ ގާތްވަމުން ޒީކް އޭނާގެ އަތުން މަޒީންގެ ކޮލުގައި ފިރުމާލިއެވެ. މަޒީނަށް […]
“އަސްލު ޑްރޮޕެއް ކޮށްދީފާނަންތޯ އަހާލަންވެގެން މިހެން މި އެހީ.. އެކަމް އޯކޭ… އަހަރެން ހިނގާލާފަ ހިނގައިދާނަން….” އަލީނާ މަޑު ފިޔަވަޅުތަކެއްގައި ބޮޑުތަކުރުފާނު މަގުން އާޓިފިޝަލް ބީޗާ ވީ ފަރާތަށް ހިނގައިގަތެވެ. އަލީނާ އެކަނި ދާތަން ބަލާކަށެއް ކަޔާނަކަށް ނުހުރެވުނެވެ. އެހެން ކަމުން އަލީނާގެ ފަހަތުން ހިނގަމުން މަޑު މަޑުން ދިޔައީ އަލީނާއާ ދައްކާނީ ދެން ކޮން ވާހަކައެއް ބާއޭ ހިތައް އަރުވަމުންނެވެ. އާޓިފިޝަލް ބީޗް ކައިރިން އައިސް މަޖީދީ މަގު ހުރަސް ކުރުމަށް އަލީނާގެ ފިޔަވަޅު ބާރުކޮށްލިއެވެ. […]
ގަސްތަކުގެ ތެރެއަށް ވަނުމުން ގަސްތަކުގެ ހިޔަނިން ފެންނަމުން ދިޔައީ އަނދިރިކަމެވެ. ކުރިމަތިން ދެވެން ހުރި މަގުން އެތެރެއަށް ހިނގަމުން ދިޔައީ މަޑު ފިޔަވަޅުތަކެއްގައެވެ. ހަނދުވަރުގެ އަލިކަމުން ގަސްތަކުން ބިންމައްޗަށް އެޅިފައިވާ ހިޔަނީގެ ކުރެހުންތައް ވަރަށްވެސް ބިރުވެރިއެވެ. އަނދިރިކަމުގެ ތެރެއިން އިވެމުން ދިޔައީ ގޮނޑުދޮށަށް ރާޅު ބީއްސަމުން ދިޔަ އަޑެވެ. އެ އަޑުގެ އިތުރުން ގަސްތަކުގެ ތެރެއިން އިވެމުން އައި އެކިއެކި ދިރޭ ސޫފާސޫފީގެ ތޫނު އަޑުތަކުން މަޒީންގެ ހިތަށް އިތުރު ބިރުވެރިކަމެއް މެދުވެރިވަމުން އައިކަހަލައެވެ. އަޅާ ކޮންމެ […]
“މަޒް މަޒީން” ނަމުގައި ޖަހާފައި އިން މީހާގެ ޕްރޮފައިލް ހުޅުވާލުމުން އެއީ ދަތުރުއައިސް އުޅޭ މަޒީންކަން އެނގުނެވެ. އަވަހަށް އެ ފްރެންޑް ރިކުއެސްޓް އެކްސެޕްޓް ކޮށްލިއެވެ. ފޭސްބުކްއަށް މަޒީން ލާފަ ހުރި ފޮޓޯތައް ބަލާލުމަށް ޝައުގުވެރިވެ އެބައި ހުޅުވާލިއެވެ. އެވަގުތު ޒީކަށް ފޭސްބުކްއިން މެސެޖެއް އަތުވެއްޖެއެވެ. އަވަހަށް ޗެޓްލޮގް ހުޅުވާލިއެވެ. މަޒީންކަން އެނގުމުން އަވަހަށް އޭނައާ ޗެޓްކޮށް ވާހަކަ ދައްކަން ފެށިއެވެ. މަޒީން: {ތޭންކްސް ފޯ… އެކްސެޕްޓިންގް… 🙂 } ޒީކް: {ވެލްކަމް…. 🙂 } މަޒީން: {ހެއި…. 🙁 […]
ޒީކްގެ އަތް އުފުލާލީ އެ ފޮތިގަނޑުގެ ނިވަލުގައިވާ މީހާއާއި ހަމައަށް ވާސިލްވުމަށެވެ. ފޮތިގަނޑުން ކަޝްފުވެފައިވާ އެ ޒުވާނާ ދެކިލުމުގެ އުންމީދުގައެވެ. އެގެއާއި ދިމާލަށް އެޅި ދެ ތިން ފިޔަވަޅު ހުއްޓުނީ އަތަކުން އޭނާގެ ކޮނޑުގައި ހިފާލުމުންނެވެ. އިހްސާސްވީ ފިނިކަމެވެ. ބޭއިޚްތިޔާރުގައި ޒީކްގެ އަތް ކޮނޑާއި ހަމައަށް ނެގުމަށްފަހު ކޮނޑުމަތީގައި އަޅާފައިވާ އަތުގެ މަތީ ބާއްވާލީ ބިރުން ހުރެއެވެ. އަތަށް ލިބުނު ފިނިކަމުން ޒީކްގެ ކަނދުރާގައިވާ ލޯލިތައް ކޮޅަށް ޖެހި މުޅިގައިން ހީބިހި ނަގައިގެން ދިޔައެވެ. ފަސްއެނބުރެވުނީ ހަށިގަނޑަށް […]
ކިޔަމުން ދިޔަ ލަވަތަކާއި އެއްވަރަށް އަތް ޖަހަމުން ދިޔަ ޒީކްގެ ނަޒަރު ގޮސް ހުއްޓުނީ ކުރިމަތިން ފެންނަން އޮތް ފަޅު ރަށަށެވެ. ދެންމެ އެމީހުން އެ އައީ އެ ރަށުންނެވެ. އެރަށުގެ މަލަމަތި ކިތަންމެހާވެސް ބިރުވެރިއެވެ. އެބޮޑު ފަޅުގެއަށް ޒީކް ގެ ނަޒަރު ގޮސް ހުއްޓުމުން ހަނދާންވީ ކެމެރާއިން ނެގުނު ފޮޓޯގަނޑު ބަލާލާށެވެ. ކަރުގައި އަޅާފައިވާ ކެމެރާ ނެގުމަށް ފަހު އޭގައިވާ ފޮޓޯ ބަލާލުމަށް ހުޅުވާލިއެވެ. އެގޭގެ ފުރާޅެއް ނެތެވެ. ފާރުމަތިން ފެންނަން ހުރި ބިޔަ ގަސް […]