Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިއެހެނިހެންލޯބި

ކަނޑުފެން (އަށާރަވަނަަ ބައި)

Shax Lyn Level 4100 Stories10 Stories500 Comments100 Comments
December 10, 2015 9 Mins Read
33 Comments

ގެމެންދޫ ފަޅުތެރެއަށް ވަދެގެން ލޯންޗެއް އައެވެ. އެއީ ފުލުހުންގެ ލޯންޗުކަން އެނގުމުން އެންމެން ތެދުވެ އެ ލޯންޗު ގާތްކުރި ދިމާލަށް ހިނގައިގަތެވެ. ފުލުހުންގެ ހަތަރު މީހުންގެ ޓީމެކެވެ. ރަށުތެރެއަށް ފޭބުމާއި އެކީ މަޢުލޫމާތު ސާފުކުރުމަށް ސުވާލުކުރަން ފެށިއެވެ. ދަތުރުގެ ބައިވެރިންތަކާއި ވާހަކަ ދައްކަމުން އީވާންގެ ފުރާނަ ނެތް ހަށިގަނޑު ކައިރިއަށް ދިޔައެވެ.

ރަށުތެރެއިން ދުވެފައި ކަހަލަ ގޮތަކަށް ނުކުތް މަޒީނާއި ވިޝާލާއި ރާއިފް އައީ ނިތްކުރި މައްޗަށް ދެލޯ ދީގެންހުރެއެވެ. ތެޅެމުން ފޮޅެމުން އައި މަޒީން ގާތުގައި ފުލުސްމީހާ އަހާލިއެވެ. “ކިހިނެއްވީ… ހަމަޖެހިބަލަ…”

މަޒީނަށް ވާހަކައެއް ނުދެއްކެއެވެ. މަންމަނެއްހެން ރަށުގެ އަނެއްކޮޅަށް އިޝާރާތް ކުރަމުން ދިޔައިރު ރޮނީކަމެއް ހަޅޭއް ލަވަނީ ކަމެއް ނޭނގެއެވެ. ކަކުލުގައި އަަތް ވިއްދައިގެން ގުދަށް އޮވެ ފުންނޭވާތައް ދޫކުރަމުން މަޒީން ހަމަޖެހެން މަސައްކަތް ކުރަމުން ދިޔައެވެ. ރާއިފް އައިސް ދޮންވެލިގަނޑު މައްޗަށް ކަކޫޖަހާ ތިރިވެ ރޮމުން ދިޔައެވެ. ހުރިހާ އަންހެން ކުދިންތައް ވާނުވާ ނޭނގި އެއިން މީހެއްގެ އަނގައިން ނުކުންނާނެ ބަހެއްގެ އިންތިޒާރުގައި ތިއްބެވެ. ކުޑަ ވަގުތުކޮޅަކަށް ފަހު ވިޝާލް ވާހަކަ ދައްކަން ފެއްޓިއެވެ. “މުޅިރަށް ބަލައިފިން،… އެކަމު ލީވާނެއް ނުފެނުން…. އެދިމާލުގައި ލީވާންގެ ފައިވާން ފެންނަން އެބައޮތް….” ރަށުގެ އަނެއް ފަރާތަށް އިޝާރާތް ކުރަމުން ވިޝާލް ވާހަކަ ދައްކަމުން ދިޔައެވެ.

ލަސްނުކޮށް ލޯންޗުގައި ދެ ފުލުހުންނާއި އެކު ހުރިހާ އަންހެން ކުދިންތަކާއި މަރުވެފައިވާ އީވާންގެ ހަށިގަނޑާއި އެކު ކުޑަހުވަދޫއަށް ދިޔުމަށް ލޯންޗު ފުރިއެވެ. ބާކީ ތިބި ދެ ފުލުހުންނާއި އެކީ ފިރިހެން ކުދިންތައް ރަށުގައި މަޑުކުރީ ލީވާން ފެނޭތޯއެވެ. ލޯންޗު ތެރޭގައި ޒީކާއި ތޫބާ ތިބީ އެކުއެކީގައެވެ. އެންމެންގެ ލޯތައް އަމާޒުވެފައި ވަނީ އެނދުމަތީ ގައިވާ އީވާނަށެވެ. ރަށަށް އައުމާއެކީ ފާލަން ދޮށަށް އެމްބިއުލެންސެއް އައިސް އޮތެވެ. އީވާންގެ ހަށިގަނޑު އެމްބިއުލެންސްގައި ހޮސްޕިޓަލަށް ގެންދެވުނެވެ.

ސީމާ ފެނުމާއި އެކީ ޒީކް ދުވެފައި ގޮސް ސީމާގެ ހަށިގަނޑުގައި ބައްދާލިއެވެ. ތޫބާވެސް ސީމާއާއި ގާތްވަމުން ވާހަކަ ދައްކަން ފެއްޓިއެވެ. “ސީމައްތާ… މިއޮތީވާ ދަތުރެއް….” ތޫބާގެ އަނގައިން ނިކުތް ޖުމްލަ ހުއްޓުނީ ސީމާ ކުރި ސުވާލުންނެވެ. ” ކޮބާ ހުރިހާ ފިރިހެން ކުދިންތައް؟… އީވާނަށް ކިހިނެއްވީ؟…”

ޒީކް އިސްޖަހައިގެން ހުރެ ވާހަކަ ދައްކަން ފެށިއެވެ. “އީވާން ގެނބުނީ…. ފުލުހުން އައިސް ފުރަންވެގެން ބެލިއިރު ލީވާނެއްވެސް ނުފެނުނު… އެހެންވެ ފުލުހުންނާއި އެކީ ފިރިހެން ކުދިންތައް އެރަށުގައި މަޑުކުރީ….” މިންނާއާއި ޝައްފަ އެވަގުތު އެހިސާބަށް އައިސް ހުރިހާ ކުދިން ފުލުސް އޮފީހަށް ބަޔާން ދިނުމަށް އައުމަށް ފުލުހުން އެދުނު ވާހަކަ ބުންޏެވެ. ސީމާ އެކުދިންނާއި އެކީ ފުލުސް އޮފީހަށް ދިޔައެވެ.

ކަންތައް ހިނގައި ދިޔަ ގޮތް ކިޔައި ދިނުމަށް ފަހު ބަޔާނުގައި ސޮއި ކޮށްލިއެވެ. އެއަށްފަހު އެންމެން އަވަސްވެގަތީ ހޮސްޕިޓަލާއި ދިމާލަށެވެ. ހޮސްޕިޓަލް ކައިރިއަށް ދިޔަ އިރުު ރަށުގެ ވަރަށް ގިނަ މީހުން އެ ހިސާބަށް ޖަމާވެފައިވާތަން ފެނުނެވެ. އެންމެންގެ މޫނުމަތިން ފެންނަމުން ދިޔައީ ނުތަނަވަސް ކަމެވެ. ޒީކާއި ތޫބާއި މިންނާއި ޝައްފަ ހޮސްޕިޓަލް ތެރެއަށް ވަދެގެން ދިޔައިރު އެންމެންގެ ލޯތައްވަނީ އެމީހުންނަށް އަމާޒުވެފައެވެ. ކައުންޓަރު ދޮށުގައި ހުރި ހޮސްޕިޓަލްގެ މުވައްޒަފެއް ގާތުގައި ދަތުރުގޮސް ގެނބިގެން ގެނައި ކުއްޖާ ވީ ކޮންތާކުތޯ އަހާލުމުން އަވަސް ފަރުވާދޭ ކޮޓަރީގައި ކަމަށް ބުންޏެވެ.

އެހިސާބަށް ދިޔައިރު ރަށުގެ ގިނަ ރައްޔިތުންތަކެއް ވަނީ ޖަމާވެފައެވެ. އަންހެނެއްގެ ވޭނީ ރުއިމުން މުޅި ހިސާބުގަނޑުވަނީ ހަލަބޮލި ކޮށްލާފައެވެ. މީހުންގެ ތުންތުންމަތިން ދެކެވެމުން ދިޔަ ވާހަކަތައް ޒީކްމެންނަށް އަޑު އިވުނެވެ. ޑޮކްޓަރުން ވިދާޅުވި ގޮތުގައި އީވާން މަރުވީ ގެނބިގެންކަމާއި ވަރަށް އަވަހަށް އީވާންގެ ހަށިގަނޑު އާއިލާއަށް ހަވާލު ކުރެވޭނެ ވާހަކަ ބުންޏެވެ.

މީހުންގެ ތެރެއިން ރުއިމުގެ އަޑު އަންނަމުން ދިޔަ ދިމާލަށް ޒީކްމެން މިސްރާބު ޖަހަމުން ދިޔައެވެ. އަވަސް ފަރުވާ ދޭ ކޮޓަރީގެ ބޭރުގައި ހުރި ގޮނޑިބަރީގައި އިށީންދެގެން އިން މެދު އުމުރުގެ އަންހެނެކެވެ. އޭނާގެ މޭމަތީގައި ތަޅަމުން ރޮމުން ދިޔައީ ވޭނުން ފުރިގެންވާ ގޮތަކަށެވެ. އެ އަންހެން މީހާގެ ގާތުގައި ތިބި އެހެން މީހުންތައްވެސް ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެމުން ދިޔަ މަންޒަރު ބަލަންހުރި ޒީކްގެ ހިތަށްވެސް ފުން އަސަރުތަކެއް ކުރިއެވެ.

ހިނދުކޮޅަކަށް ފަހު އެ މަންޒަރު ބަލަން ކެތްނުކުރެވުމުން ޒީކް ފަސްއެނބުރި ހޮސްޕިޓަލުން ބޭރަށް ދިޔުމަށް ދުއްވައިގަތެވެ. ޒީކްގެ ފަހަތުން ދިޔުމަށް ތޫބާ އަވަސްވެގަތެވެ. ހޮސްްޕިޓަލުން ބޭރަށް ނުކުމެ އަތިރި މައްޗާވީ ދިމާލަށް ދުވަމުން ދިޔަ ޒީކް ފެނި ތޫބާ ހައިރާންވިއެވެ. ތޫބާއަށް ޒީކާއި ހަމައަށް އާދެވުނު އިރު ޒީކް ވަރުބަލިވެގެން އެހިސާބުގައި ހުރި ގެއެއްގެ ފާރުގައި ލައްވެލިއެވެ. މާނޭވާލަމުން ޒީކް ވާހަކަ ދައްމުން ދިޔައެވެ. “އީވާން މަރުވުމުން އޭނަ އެހާވަރަށް ރޮނީ ކީއްވެތަ؟…” ޒީކްގެ ދުލުން ބޭރުވަމުން ދިޔަ ބަސްތައް ތޫބާއަށް ރަނގަޅަށް ދޭހަވާ ގޮތެއް ނުވިއެވެ.

“ޒީކް ހިނގާ ގެއަށް ދާން… މިހާރު ހަވީރު ވަނީ….. އަދި މިއުޅެނީ ހެނދުނު ސައި ބުއި ގޮތަކަށްނު…. ޒީކް ތިހުރީ ވަރުބަލިވެފަ… އޭނަ ސަަލާމަތްކޮށްދޭން ޒީކް ކިހާ މަސައްކަތެެއް ކުރިން…. އެކަމާ ނުވިސްނާ… ދެން ހިނގާދާން…” ޒީކްގެ އަތުގައި ހިފަމުން ތޫބާ މިހެންބުނެ ގެއާއި ދިމާލަށް ހިނގައިގަތެވެ.

ޒީކް ފާހާނާއަށް ފެންވަރަން ވަނުމުން ތުބާވެސް އަވަސްވެގަތީ އޭނާގެ ގެއާއި ދިމާލަށެވެ. ގެއިން ނުކުންނަން ހިނގައިގަތް ވަގުތު ގޭގެ ދޮރުމައްޗަށް އައިސް ހުއްޓުނީ ސީމާއެވެ. “ކޮންތާކުން ތިއައީ… މުޅި ހިސާބުގަނޑު ތިމީހުން ނުފެނިގެން ހޯދާފަ މިއައީ… މީހަކުބުނި ގެއާ ދިމާލަށް ދަނިކޮށް ދުށީމޭ.. އެހެންވެ ގެއަށް މި އަައީ….” ހާސްވެ ކަަންބޮޑުވެފައި ހުރެ ސީމާ ވަހާކަ ދެއްކިއެވެ.

“ޒީކް ފެންވަރަން ވަނީ…. މޫދަށް އެރިގެން ލޮނާ ހިކިގެން މި ތިބީ… ތޫވެސް މި އަންނަަނީ ފެންވަރައިގެން….” ސީމާއަށް އެމީހުން ގެއަށް އަވަހަށް އައި ސަބަބު ތޫބާ އޮޅުން ފިލުވައިދިނެވެ. ނަމަވެސް ޒީކްގެ ފަަރާތުން ފެންނަމުން ދިޔަ އާދަޔާ ޚިލާފް ކަންތައްތަކުގެ ވާހަކަ ހިއްސާ ނުކޮށް ގެއާ ދިމާލަށް ދިޔުމަށް އަވަސް ވެގަތެވެ.

ފެންވަރާ ތާޒާވެލައިގެން ޒީކްމެން ގެއަށް ތޫބާ ދިޔައެވެ. އޭރު ސީމާ ސޯފާގައި އިށީނދެގެން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ސީމާ ގާތުގައި ސަފިއްޔާ ވެސް އިނެވެ. ސީމާގެ މޫނުމަތިން ފާޅުވަމުންދާ ކުލަވަރުން ކަމެއް ގޯސްވެއްޖެކަން ތޫބާއަށް އެނގުނެވެ. ސީމާއާއި ޖެހިގެން ސޯފާގައި އިށީންނަމުން ތޫބާ ކިހިނެއްވީތޯ ސުވާލު ކޮށްލިއެވެ. “ތޫބާ އަހަރެންގެ އަލީނާއަށް ކިހިނެއް ވެފައިތަ އެހުރީ…” ސީމާވެސް ކޮށްލީ ސުވާލެކެވެ. އެ ސުވާލުން ތޫބާގެ ސިކުނޑިން ދިމާލެއްގައި ރިހުމެއް އުފެދުނެވެ.

ދޭނެ ޖަވާބެއް ނޭނގިފައި މަޑުޖެހިލެވުނެވެ. އަނެއްކާވެސް ސީމާ ވާހަކަ ދައްކަން ފެއްޓިއެވެ. “ނޭނގެ މަށަކަށް އޭނައަށް ވެފައި ހުރި ގޮތެއް… ކޮފީ ހެދީމަ ބުނި ނުބޯނަމޯ.. ދެން ބަދިގެއަށް ވަދެ ރޮއްޓާ ތެލުލި ރިހާކުރާ ކާން އިށީނީ އަމިއްލައަށް ކަޅުސައި ތައްޓެއް ހަދައިގެން…. ޒީކް ދުވަހަކުވެސް ރިހާކުރެއް ނުކާނެ.. ބުނާނެ ބެކްޓީރިއާ ހުންނާނޯ…. ދެން ކަޅުސައިވެސް ވަރަށް ނުބޯން އުޅޭނެ…. އަދި ދޭތެރެއަކުން މަށާދިމާލަށް ސީމައްތާއޭ ކިޔާފަ ގޮވަނީ….”

ހައިރާނުން ބައިނާޅިވެފައި އިން ސީމާގެ ވާހަކަތައް އަޑުއަހަން ތުބާއަށް އިނދެވުނީ އާގަމަ ކައިފައެވެ. ޒީކްވީ ކޮޓަރީގައޭ ސީމާ ބުނުމުން ތޫބާ ކޮޓަރިއަށް ދިޔައެވެ. ކޮޓަރީގެ ދޮރު ހުޅުވާލިއިރު ޒީކް އުޅުނީ އޭނާގެ ލެޕްޓޮޕުން މުސްކުޅި ދިވެހި ލަވަތަކެއް ޖަހައިގެންނެވެ. ޒީކްގެ ފަަރާތުން ފެންނަމުން ދިޔަ ބަދަލުތަކުން ތޫބާ ސުވާލުކުރަން ފެއްޓިއެވެ. “ޒީކް ކިހިނެއް ވެގެންތަ ތިއުޅެނީ…. ތި ލަވަ ނިއްވާލާފަ ހިނގާބަަލަ އީވާންގެ މޫނު ދެކިލަން ދާން… ވަރަށް އަވަހަށް ވަޅުލާނެ ވާހަކަ ބުނި… ”

ޒީކް ދެއަަތަށް ބޯ ހޫރަމުން ނުދާނަމޭ ބުންޏެވެ. ޒީކްގެ އަމަލުތައް ހުރިގޮތުން ތޫބާ ހުރީ ވަރަށް ފޫހިވެފައެވެ. އަދި އެ ކޮޓަރިން ނުކުމެފައި ސީމައްތަ ގާތުގައި އީވާން މޫނުބަލަން ދާނަންތޯ އަހާލިއެވެ. ޒީކް ދާން ބޭނުން ނުވާ ވާހަކަވެސް އަަވަހަށް ބުނެލީ ސީމާ އެކޮޓަރިއަށް ވަދެފާނެތީއެވެ. ސީމާއާއި ސަފިއްޔާ ވަގުތުން ތެދުވެ ތޫބާއާއި އެކީ ދިޔުމަށް ހިނގައިގަތެވެ.

އެންމެ ހޫނު ގަދަކޮށް ނޫސްތަކުގައި ދެކެވެމުން އަންނަ އެއް ވާހަކައަކީ އެއްމާބަޑު ދެބޭންނަށް ދިމާވި ހާދިޘާގެ ވާހަކައެވެ. އިވާން މަރުވިފަހުން ދެހަފްތާ ވީއިރުވެސް ލީވާންގެ ހަށިގަނޑެއް ނުފެނުނެވެ. ފުލުހުންގެ ޓީމްތައް މި މައްސަލަ ބަލަމުން ދިޔައެވެ. ނަމަވެސް އާއިލާގެ މީހުން މިހާރުވަނީ އުއްމީދު ކަނޑާލާފައެވެ.

ސީމާމެން މާލެ ދާން ނިންމުމުން ޒީކް އެކަމާ ދެކޮޅު ހެދުމުން ސީމާއަށް ހައިރާންކަމެއް ލިބުނެވެ. ނަމަވެސް ސަފިއްޔާއަށް އެކަމުން ލިބުނު އުފަލާއި ހިތްހަމަޖެހުމުގެ ސަބަބުން ޒީކް އޭނާގެ ހަށިގަނޑާއިލާ ބޮނޑި ކޮށްލިއެވެ. އަދި ލަންކާއަށް ކިޔަވަން ދާ ދުވަސް ކައިރިވަން ދެން މަޑުކުރަން އެދުނެވެ. ޒީކް މިހާރު ރަށުތެރެއަށް ވަރަށް ފަރިތައެވެ. ރަށުތެރޭގައި އުޅޭ ކުދިންތަކާއި އެކީ ހަވީރާއި ރޭގަނޑުގެ ވަގުތުތައް ހޭދަކުރަން ނުކުންނަން ފެށިއެވެ.

މިގޮތުން އެއް ދުވަހެއްގެ ހަވީރު ފިނި ބުރުޖަހަން ޅަ ފުރައިގެ ކުދިންތަކަކާއި އެކީ ތޫބާއާއި ޒީކް ނުކުތެވެ. އެމީހުން ދިޔައީ ރަށުގެ ބަނދަރު މަތިންނެވެ. ޒީކްމެން ދިރިއުޅޭ އަވަށް ދޫކޮށް ދެން އޮންނަ އަވަށަށް އެރިއެވެ. ހިނގަމުން ހިނގަމުން ދިޔަ އިރު ޒީކްގެ ނަޒަރު ގޮސް ހުއްޓުނީ އަތިރިމަތީގައި ޖަހާފައިވާ ބެންޗުތަކަށެވެ. ބެންޗުމަތީ އިށީނދެގެން އިން މެދު އުމުރުގެ އަންހެނެއް ފެނި ޒީކްގެ ފިޔަވަޅު މަޑުކޮށްލިއެވެ. އެ އަންހެން މީހާގެ މޫނުމަތިން ފާޅުވަމުން ދިޔައީ މާޔޫސްކަމާއި ހިތްދަތިކަަމެވެ. ކައިރިން ބައެއްގެ ހިލަންވުމުން އެ އަންހެންމީހާ އިސްއުފުލާ އެ ކުދިންތަކާއިި ދިމާލަށް ބަލަލީއެވެ. ދެލޯ ބޮޑުކޮށްގެން އިނދެ އެ އަންހެން މީހާ ބެންޗު މަތިން ތެދުވީ ބިރެއް ފެނިގެންހެން ހީވިއެވެ. ތޫބާމެންނާ ދިމާލަށް އައުމަށް އެއަަންހެންްމީހާ ކުރިޔަށް ފިޔަވަޅު އަޅާލިއެވެ. ކަޅު ހައުސްކޯޓެއް ލައިގެން ހުރިއިރު އޭނާގެ ބޮލުގައިވަނީ ދަނބުކުލައިގެ މާޖެހި ޝޯލެއް އަޅާފައެވެ.

އެ އަންހެން މީހާގެ އަމަލުތައް ހުރިގޮތުން ތޫބާމެންނަށް ފަސްޖެހެވުނެވެ. ބުޅާ މަސްގަނޑާ ދިމާލަށް ބަލާ ފަދައަކުން އަައިސް އެމީހުން ކުރިމައްޗަށް ހުއްޓުނެވެ. އެ އަންހެން މީހާގެ ފުށުން އަޑުއަހަން ޖެހިދާނެ ހަރު ބަސްތަކާއި ކުރިމަތިލާން ތޫބާ ބޭނުމެއް ނުވިއެވެ. އެހެންކަމުން ޒީކްގެ އަތުގައި ހިފައި ހިނގައިގަންނަށް އަވަސްވެގަތެވެ. ނަމަވެސް ޒީކްގެ ހަށިގަނޑަށް ގުޑުމެއް ނައެވެ. “ހިނގާ އަވަހަށް ގެއަށް ދާން….” ޒީކް ގޮވައިގެން ދާން އުޒުރެއްގެ ގޮތުން ތޫބާ ބުނެލީ އެހެންނެވެ.

ޒީކާއި އެ އަންހެން މީހާގެ ލޮލާ، ލޯ ވަނީ ސީދާ ވެފައެވެ. އެ އަންހެން މީހާގެ ލޮލުގެ ތެރެއިން ފެންނަމުން ދިޔަ ވިދުމުން އޭނާ އެހެރީ ހަމައިގައި ބާވައޭ ތޫބާގެ ހިތަށް އަރަމުން ދިޔައެވެ. ޒީކްވެސް ހަމަ އެފަދައެވެ. ލޮލުފުރާ ކަރުނަތައް ޖަމާކޮށްގެން ހުރެ އެ އަންހެން މީހާއަށް ބަލަން ހުރިއިރު އެ ދެމެދުގައި ބީރައްޓެހިގޮތެއް ނެތްކަން ކަށަވަރުވިއެވެ.

” ކޮންތާކަށް ދިޔައީ؟…. މިހާ ދުވަހު ފިލައިގެން އުޅެފަ ތިއައީ…” އެމީހާ ވާހަކަ ދެއްކީ ލޯބިން ފުރިގެންވާފަދަ ރާގަކުންނެވެ. ޒީކްގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަތައް ފައިބަން ފެށިއެވެ. މި ވަމުންދާ ގޮތް ދޭހަނުވާ ހާލުގައި ހުރެ ތޫބާ ޖަވާބު ދިނެވެ. “މި ހުރިހާ ދުވަހު މީނާ އުޅުނީ ލަންކާގައި… ޗުއްޓީއަށް ރަށަށް އައިސް އެ އުޅެނީ…”

ތުބާއަށް ބަލާލަމުން އެ އަންހެން މީހާ ހިނިތުން ވެލިއެވެ. އަދި ޖަވާބުގައި ތިގެއަށް ދާނަމޭ ބުނެ އެއްގަމާ ދިމާލަށް ހިގައިގަތެވެ. ޒީކްގެ މޫނުވަނީ ރަތް ވެފައެވެ. އެ އަންހެން މީހާ ދިޔަ ދިމާލަށް ބަލަން ހުރުމަށްފަހު ޒީކް ބޭނުންވީ އަވަހަށް ގެއަށް ދާށެވެ. މިރޭ އިތުރަށް ބޭރުގައި މަޖާކުރަން އުޅޭކަހަލަ މޫޑެއް ނެތޭ ބުނެ ޒީކް ގެއާ ދިމާލަށް މިސްރާބު ޖެހިއެވެ. ތޫބާވެސް ޒީކްއާއި އެކީ ގެއަށް ދިޔައެވެ.

ސިޓިންގް ރޫމުގައި ޓީވީން ދައްކަމުން ދިޔަ ހިންދީ ސީރީސްގެ މަންޒަރަށް ބަލަން ސީމާ ގެއްލިފައި އިނެވެ. އެވަގުތު ގޭތެރެއަށް ވަދެގެންއައި ޒީކްގެ މޫނުމަތީގެ ކުލަވަރު ބަދަލު ވެފައިވާކަން ސީމާއަށް އެނގުނެވެ. ޒީކް ކޮޓަރިއަށް ވަދެ ބާރަށް ދޮރު ޖެހިއެވެ. އަޖައިބުވެ އިނދެ ކިހިނެއްތޯ ވީ އަހަން ސީމާ ތެދުވި ދަނޑިވަޅުގައި ގޭގެ މައި ދޮރުން އެތެރެއަށް ވަދެގެންއައި ތޫބާ ފެނުމުން މަޑުޖެހިލިއެވެ. ތޫބާގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަތައް ފަހުމުވަމުން ދިޔައިރު ކޮންމެވެސް ކަމެއް ހިނގައިފިކަން ސީމާއަށް ކަށަވަރު ވެއްޖެއެވެ. ތޫބާއާއި ދިމާލަށް ސީމާ ބަލަން ހުރިގޮތުން ޒީކްގެ ހަރަކާތްތަކުން ކަމެއް އެނގިއްޖެކަން ދެނެގަންނާކަށް ލަހެއް ފަހެއް ނުވިއެވެ.

އިސް އޮބާލައިގެން އައިސް ސީމާ ކުރިމައްޗަށް ހުއްޓުމުން މައުނަވީ ގޮތަކަށް ތޫބާއަށް ބަލަންހުރެ ސީމާ އަަހާލިއެވެ. “ޒީކަށް ކިހިނެއްވީ؟…. މޫނަށް ޖަންބު ކުލަ އަރާފަ ހުރީ…. ބަން ލާފަ ދޮރު ޖަހާފަ ކޮޓަރިއަށް އެވަނީ..”

ތޫބާ އިސް އުފުލާލަމުން ސީމާއާއި ވާހަކަ ދައްކަން ފެއްޓިއެވެ. “ނޭނގެ ހަމަ އެއްގޮތަކަށް ވެސް ކިހިނެއް ކަމެއް ވީކީ…. އީވާންގެ މަންމަ ފެނުނީ…. އަހަރެން ހީކުރީ ޒީކާ ދިމާލަށް އެތިވަރުތައް ގޮވާލާނެކަމަށް…. އެކަމަކު ވަރަށް އެހެންކަަހަލަ ސުވާލެއް ކުރީ…. ބުނި ކޮންތާކަށްހޯ މިއޮއްހާ ދުވަހު ފިލައިގެން ގޮސް އުޅުނީ….”

ސީމާ ދެބުމަ ގޮށް ޖަހާލިއެވެ. އެކަމާ ޒީކް ރުޅިގަދަވެ ދެރަ ވާންވީ ސަބަބެއް ނޭނގޭ ކަމަށް ތޫބާ ގާތު ބުންޏެވެ. ނަމަވެސް އީވާންގެ މަންމައަށް އެހެން ވެދާނެކަން ސީމާއަށް އެނގެއެވެ. އެ ވާހަކަތައް ތޫބާއަށް ހާމަނުކޮށް ސޯފާގައި އަނބުރާ އިށީނެވެ. އަނެއްކާވެސް ކަންތައްވީ ގޮތް ތޫބާ ކިޔައިދޭން ފެށިއެވެ. “ޒީކަށް ވީ ކިހިނެއް ކަމެއް ނޭނގޭ…. އެ އަންހެން މީހާ އައިސް ވާހަކަ ދައްކަން ފެށުމުން ޒީކް ރޯން ފެށީ…. ދެން ހަމަ ކުއްލިއަކަށް މޫޑެއްނެތޯ ކިޔާފަ ގެއަށް އެ އައީ….”

ތޫބާ ދެއްކި ވާހަކަތަކަށް ވިސްނަން އިނުމަށް ފަހު ސީމާގެ ނިންމުން ހާމަކުރިއެވެ. “ތިވާނީ އީވާން މަރުވި މައްސަލަައިގަޔާއި ލީވާން ގެއްލުނު ކަންތައް މަތިން ހަނދާންވީމާ ޒީކް މާބޮޑަށް ދެރަވީ ކަމަށް…. އެހެންވެ އެދުވަހު އޭނާ އީވާންގެ މޫނު ބަލަންވެސް ނުދިޔައީ… ކުޑައިރުއް ސުރެވެސް ޒިކަކީ އޭނާ ދެރަވާ ކަންތައްތަކާއި ވަރަށް ދުރުން އުޅޭ ކުއްޖެއް… އޭނަ އެކަނި ބޭއްވުން އެންމެ ރަނގަޅުވާނީ… މަދާމާ ވާން ވާއިރަށް ހަމަޔަކަަށް އެޅިދާނެ… ސީމާއްތަ މިދަނީ ކޮޓަރިއަށް ދާން….” ވާހަކަ ނިންމާލަމުން ސީމާ ސޯފާއިން ތެދުވިއެވެ. ސީމާ ކޮޓަރިއަށް ދާ ވާހަކަ ބުނުމުން ތޫބާވެސް ގެއަށް ދިޔުމަށް ހިނގައިގަތެވެ. “ސީމައްތާ މާދަމާ އަންނާނަން… ދެން ތޫވެސް މިދަނީ ގެއަށް ދާން….”

ޒީކްގެ ކޮޓަަރި ދޮރު ކައިރިއަށްގޮސް ދޮރު ހުޅުވާލަން މަސައްކަތް ކުރި ދަނޑިވަޅުގައި ގިސްލަ ގިސްލާފައި ޒީކް ރޮމުން ދިޔަ އަޑު ސީމާއަށް އިވުނެވެ. ދަތުރުގައި ދިމާވި ހާދިޘާއަށްފަހު ޒީކް ހިތާމަ ކުރާތަން ވަަރަށް ގިނަައިން ސިމާއަށް ފެނެއެވެ. ޒީކަށް އުނދަގޫ ނުކޮށް އެކަަނި ބެހެއްޓުން އެއީ ސީމާގެ ބުއްދިއަށް އައި އެންމެ ރަނގަޅު ގޮތް ކަމުގައި ނިންމާ ސީމާ، ސީމާގެ ކޮޓަރިއަށް ދިޔައެވެ.

ސީމާ ކޮޓަރިއަށް ވަދެ ސީމާގެ އަލަމާރި ތެރޭގައިވާ ވާހަކަ ފޮތެއް ނެގިއެވެ. އެ ވާހަކަ ފޮތް ތެރޭގައިވާ ޒަމާންވީ ފޮޓޯގަނޑަށް ބަލަން ހުރި ސީމާއަށް ރޮވުނެވެ. އީވާންގެ މަންމައަށް ޒީކަކީ ރަނާކަމަށް ހީކުރެވުނީ ކަން ސީމާއަށް ވިސްނުނެވެ. ރަނާގެ ފުރާވަރުގެ ފޮޓޯގަނޑަށް ބަލަންހުރި ސީމާއަށް ރަނާ މަތިން ހަނދާންވާ ކަހަލަ އެތައް ކަމެއް ޒީކްގެ ކިބައިން ދިޔައީ ފެންނަމުންނެވެ. އެހެންކަމުން ލުޔޫނާއަށް ވަކި އެ އިހްސާސް ނުވާންވީ ސަބަބެއް ނެތެވެ.

ގޭތެރެއިން މީހެއްގެ ސަލާމުގެ އަޑު އިވުނެވެ. އަތުގައިވާ ފޮޓޯގަނޑު އަނބުރާ އެ ވާހަކަ ފޮތް ތެރެއަށް ލާ ފޮތް ލައްޕާ ލުމަށްފަހު އަލާމަރިއަށް ލިއެވެ. އަަދި ލޮލުން ފައިބަމުންދިޔަ ކަރުނަތައް ބުރުގަލުން ފޮހެލަމުން ފުންނޭވައެއް ލުމަށްފަހު މީހާ ހަމަޖެހިލިއެވެ. ސަލާމް ބަލައިގަންނަމުން ކޮޓަރިން ނުކުތީީ ހިނިތުންވެފައިވާ މޫނެއް ދައްކަމުންނެވެ. ސިޓިންގް ރޫމަށް ނިކުތް ސީމާއަށް ގެއަށް އައި މެހެމާނު ފެނުމުން ފައިދަށުން ބިންގަނޑު ދެމިގަތްހެން ހީވިއެވެ. ދެލޯ ބޮޑުކޮށްގެން ސީމާއަށް އެމީހައާއި ދިމާލަށް ބަލަން ހުރެވުނީ މި ފެންނަނީ ހަޤީގަތެއް ބަވައޭ ހިތަށް އެރުމުންނެވެ. އެތައް އަހަރުތަކަކަށް ފަހު ލުޔޫނާ އެގެއަށް އައި ފުރަތަމަ ފަހަރެވެ. ލުޔޫނާގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ.

ސޯފާގައި އިށީނުމަށް ދައުވަތުދެމުން ސީމާ ބަދިގެއާއި ދިމާލަށް ހިނގައިގަތެވެ. ލުޔޫނާ މިގެއަށް އެ އައީ ކީއްވެގެންކަން ސީމާއަށް ވިސްނުނެވެ. އޭނާ އެ އައީ ރަނާ ހޯދާށެވެ. ޖޫސް ތައްޓެއް ތަބަކަށް ލައިގެން ނުކުތް އިރު ލުޔޫނާ އިނީ ޓީވީން ދައްކަމުން ދިޔަ ޕްރޮގްރާމް ބަލާށެވެ. ސީމާ ގެނައި ޖޫސްތަށީގައި ހިފަމުން ލުޔޫނާ ރަނާ ކޮބައިތޯ ސުވާލު ކޮށްލިއެވެ. “ލުޔޫނާ… ނޭނގޭތަ… ރަނާ އޭރު ގެއްލުނު ގޮތަކަށް ނުފެނުނު…ރަނާއެއް ނެތް…”

“ރަނާ މިއަދު ދެކުނިން… ހާދަ ފެށަނޭ… މިގޯތި ސާމިޔާގެ ތޫބާ ބުނި ލަންކާގަ އުޅެފަޔޯ އެއައީ…؟” ސީމާ ދެއްކި ވާހަކަ ޤަބޫލު ނުކުރަން ޗުސް ކަނޑާލަމުން ލުޔޫނާ ވާހަކަ ދެއްކިއެވެ. އަދި މަޑުމަޑުން ޖޫސްތަށިން އެތިފޮދު ބޮމުން ދިޔައެވެ. ސިމާއަށް ލުޔޫނާގެ އިހްސާސްތައް ދެނެގަންނަން އެނގުނެވެ. އެހެންކަމުން ލުޔޫނާއަށް އެކަމުގެ ތަފްސީލެއް ނުދީ މަޑުން ހުރީއެވެ. އެނާގެ ދެދަަރިންނަށް ދިމާވި ކަންތަކުން ހިތުގައި އުފެދެމުން ދިޔަ ޖަޒްބާތު ތަކަކުން ރަނާ ގެއްލުނުކަން ހަނދާން ނެތުނީއެވެ. ހެވި ދިލިފައި އިނދެ ޖޫސްތަށި ބޯލުމަށްފަހު ރަނާގާތުގައި ތިމަންނަ އައި ވާހަކަ ބުނެދެއްޗޭ ބުނަމުން ލުޔޫނާ އެގެއިން ނިކުމެގެން ދިޔައީއެވެ.

ރޭގަނޑުގެ ކެއުމަށް ޒީކަށް ގޮވަން ސީމާ އެ ކޮޓަަރިއަށް ދިޔައިރު ޒީކަށް އޮތީ ނިދިފައެވެ. އެހެންކަމުން ޒީކަށް އުނދަގޫ ނުކޮށް އެ ކޮޓަރިން ނުކުމެގެން ދިޔައީ ޖައްސާފައިވާ އޭސީގެ ފިނި މަޑުކޮށްލުމަށް ފަހުގައެވެ. ސީމާ ކޮޓަރިން ނިކުތްތާ އިރުކޮޅެއް ނުވަނީސް ޒީކް އޭނާގެ ލޯ ހުޅުވާލިއެވެ. އެނާ އޮތީ ނިދާފައެއް ނޫނެވެ. އޭނާ ވިސްނަނީ އެވެ. ރަނާގެ މާޒީވި ދިރިއުޅުމާއި މެދުގައެވެ. ޒީކްގެ ހަށިގަނޑުގައި ހިނގަމުން އެދަނީ ރަނާގެ ބާރެވެ. ރާާނާގެ ހަޔާތުގެ މާޒީވި ހަނދާންތަކާއި މެދު ވިސްނަމުން ދިޔައީ މިއަދު ލުޔޫނާއާއި ދާދިގާތުން ދިމާވުމުންނެވެ. އެ ދުވަހަކީ ހޮނިހިރު ދުވަހެވެ.

*** *** *** *** *** ***

ފަތިހު ހޭލައިގެންް ރަނާ ގޭދޮށުގައި ކުނިކަހަން އޮއްވާ ލުޔޫނާ އެ ތަނަށް އައީ އޭނާގެ ފޯނު ހިފައިގެންނެވެ. ލުއި ހިނިތުންވުމަކާއި އެކީ ލުޔޫނާ ފޯނު ދިއްކޮށްގެން ހުރިގޮތުން އެ އައީ ކާކުގެ ފޯނެއް ހިފައިގެންކަން ރަނާއަށް އެނގުނެވެ. އެއީ ރަނާގެ ލޯބިވެރިޔާއެވެ. ޝިފާންގެ ފޯނު ކޯލެއްކަަން އެނގުމުން ރަނާ އެ ފޯނު ހިފައިގެން މަގުގެ އެއް ކައިރިޔަށް ޖެހިލިއެވެ. އަދި މަގުގެ ދެކޮޅު ބަލާލީ ކައިރި ހިސާބަކުން މީހެއްގެ ހިލަމެއް ވޭތޯއެވެ.

ޝިފާންގެ ފޯނަށް ވާހަކަ ދެއްކުމަށް ފަހު ރަނާ އަވަސްވެގަތީ ގޭތެރެއަށް ވަނުމަށެވެ. ލުޔޫނާ މިރޭ އެގެއަށް ފިލްމް ބަލަންދާން ދައުވަތު ދީފައިވާތީ އެވާހަކަ ސީމައްތަގާތު ބުނަން ވެގެންނެވެ. ޝިފާނާ އެގެއިން ދިމާ ކުރާނަން ކަމަށް ވައުދުވެފައި ވަނީވެސް އެވަގުތުގައެވެ. އެހެންކަމުން މިރޭގެ ޕްލޭން ފްލޮޕް ވާކަށް ރަނާ ނޭދެއެވެ. މެންދުރުގެ ކެއުމާ ރަނާ ހުރީ އެހާ ގަޔާވެފައެއް ނޫނެވެ. ސްޕެގެޓީ ތަށި އުލުން ހާވާލަ ހާވާލަ އިނދެވުނީ ޝިފާންއާއި ބައްދަލު ވުމަށްފަހު ދައްކަން ޖެހޭ މުހިއްމު ވާހަކަތައް ހިތަށް އަރުވަމުންނެވެ. މިރޭ ލާނެ ހެދުމަކާއި ދޭތެރޭވެސް ވިސްނެމުން ދިޔައެވެ. ޝިފާން ބުނެފައިވާ ގޮތުގައި އޭނައަށް އެންމެ ރީތީ ރަނާ ޕާކިސްތާން ހެދުން ލީމައެވެ. މާލެއަަށް އެންމެ ފަހުން ދިޔަ ދަތުރުގައި ފަހައިގެން ގެނައި ހުދުކުލައިގެ ޕާކިސްތާނު ހެދުން މިރޭ ލާން ނިންމުނެވެ. ޚިޔާލީ ފޮލާ ކައްކަމުން ދިޔަ ރަނާއަށް ސިހުމެއް ލިބުނީ ސީމައްތައަށް ރަނާ ގެއްލިފައި އިންތަން ފެނި ރަނާއާއި ސުވާލު ކުރުމުންނެވެ.

ރަނާއަށް އެއީ ލިބުނު ރަނުގެ ފުރުޞަތެކެވެ. ލުޔޫނާމެން ގެއަށް ފިލްމް ބަލަން ދާން ހުއްދައަށް އެދި އަހާލިއެވެ. ސީމާ އުފަލާއި އެކު އާއެކޭ ބުނުމުން ރަނާ ވަރަށް އުފާވިއެވެ.

“ސާބަހޭ ރަނާ…. އަވަސް ކޮށްބަލަ،… މިހާރު އެއޮށް އަށެއް ޖެހީ…” ލުޔޫނާ ކޮޓަރި ދޮރުގައި ޓަކިޖަހާލަމުން ޝަކުވާ ކޮށްލިއެވެ. ރަނާ ހުރީ ޑްރެސިންގް ޓޭބަލް ކުރިމަތީގައި ރީތި ވާށެވެ. އައި ލައިނަރއިން ލޮލުގެ ރަވައިގައި އަނދުން ފާއްދާ ލުމަށްފަހު، މަޑު މުށި ކުލައިގެ ލިޕް ގްލޮސް ފުޅިއެއް ނަގާ ތުންފަތުގައި ކާއްތަމުން ލުޔޫނާއަށް ޖަވާބު ދިނެވެ. “ޖަސްޓް އަ މިނެ…ޓް” އަދި މިހެން ބުނުމަށް ފަހު ފުށް ޖަހާ މަލަކުން ކޯތާފަތުގައާއި ނޭފަތް މަތީގައި ހާކާލިއެވެ. ހީވަނީ ވަރަށް ހާއްސަ ކަމަކަށް ތައްޔާރުވާ ހެންނެވެ.

މާ ގިނަ އިރުތަކެއްނުވެ ކޮޓަރީގެ ދޮރު ހުޅުވާލައިފައި ނުކުތް ރަނާއާއި ދިމާލަށް ލުޔޫނާ ބަލަހައްޓައިގެން ހުއްޓެވެ. “ވާއު… ހީވަނީ ސާދަ ވިލޭރޭގެ ހަނދުހެން….” ރަނާހުރީ ހުދުކުލައިގެ ޕާކިސްތާން ހެދުމެއް ލައިގެންނެވެ. އިސްކޮޅުގައި ފަސް ފޫޓުގެ ލޫޅާފަތި ހަށިގަނޑެއް ލިބިފައިވާ ރަނާއަކީ ވަރަށް ރީތި ދޮން ކުއްޖެކެވެ. އޭނާގެ ކަޅުކުލަ ގަދަ ފަން، ދިގު އިސްތަށިގަނޑުވަނީ ހާވާލާފައެވެ. ރަށުތެރޭގައި ފިރިހެން ކުދިން މަށަށް މަށަށް ގޮވާލަ ގޮވާލަ ތިއްބެއް ކަމަކު ރަނާގެ ހިތުން ހާއްސަ މަގާމެއް ދެވިފައި އޮތީ ޝިފާނަށެވެ. ޝިފާނަކީ އެރަށަށް އުފަން ކުއްޖެއް ކަމުގައިވީ ނަމަވެސް، އޭނާ އުޅެބޮޑުވީ އެއަތޮޅުގެ ވެރިކަން ކުރާ ރަށުގައެވެ. ދ. ކުޑަހުވަދޫ އިން އޯލެވެލް ހަދާ ނިންމުމަށްފަހު ވަޒީފާ އަދާ ކުރަމުން ދަނީ ވިލުރީފް ރިސޯޓު ގައެވެ. ލިބޭ ޗުއްޓީ ތަކުގައި ރަށަށް އައިސް އުޅެނީ މަދު ފަހަރެއް ގައެވެ.

“އަޅެ، އަހަރެން ވަރަށް ހާސްވޭ….. ބިރުވެސް ގަނޭ…” ގޭ މީހުންނަށް ނާންގާ ޝިފާނާ ބައްދަލު ކުރަން ދާ ކޮންމެ ފަހަރަކު ރަނާ މި ވައްތަރު ޖައްސައެވެ. “ހުރިހާ ކަމެއްވެސް އޯކޭވާނެ، ރަނާ އަބަދުވެސް ބޭނުންވީ ޝިފާނެއްނުން…އިނގޭ ވަރަށް ދުވަސް ކޮށްފަކަން ބައްދަލު ކުރަން އެ އުޅެނީވެސް… ސޯ… ވަރަށް ސްޕެޝަލް ރެޔެއްދޯ…” ލުޔޫނާ މަސައްކަތް ކުރީ ރަނާ ހިތްހަމަޖައްސައި ދެވޭތޯއެވެ. ރަނާ ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި ފެންޑާއާއި ދިމާލަށް ދިޔުމަށް ހިނގައިގަތެވެ. އޭރު ސީމައްތަ ވާހަކަ ފޮތެއް ހިފައިގެން ގޮނޑިއެއްގައި އިށީނދެގެން އިނެވެ. ސީމައްތައާއި ސަލާމް ކުރުމަށްފަހު ގެއިން ނުކުތް ދަނޑިވަޅުގައި ސީމައްތަަ ގޭގެ ތަޅުދަނޑި ހަވާލުކުރިއެވެ.

ލުޔޫނާގެ އަތުގައި ހިފައިގެން މަޑު ހިނގުމެއްގައި ރަނާގެ ގެއިން ނުކުމެގެން ދިޔައިރު ރަނާގެ ހިތް ދިޔައީ ވަރަށް ބާރަށް ތެޅެމުންނެވެ. ބުނެދޭން ނޭނގޭ ކަހަލަ އިހުސާސް ތަކެއް ކުރުވަމުންނެވެ. ޝިފާނާ ދޭތެރޭ ވިސްނާ ކޮންމެ ފަހަރަކު ރަނާއަށް މިހެންވަނީ ޚުދު ކީއްވެކަން ރަނާއަކަށްވެސް ނޭނގެއެވެ. ޝިފާން އެންމެ ފަހުން ވާހަކަ ދެއްކި ދުވަހުވަނީ ކައިވެނިކުރަން ބޭނުންވާ ވާހަކަ ދައްކާފައެވެ. ނަމަވެސް އަދި މަޑުކޮށްގެން އެ ހުންނަނީ ސީމާއްތަ ވިހައިގެން ހަމަޖެހެން ދެންނެވެ. އެ ދެ ލޯބިވެރިންވެސް ވަނީ ކެތްމަދުވެފައެވެ.

ލުޔޫނާގެ ގެހުންނަ މަގަށް އެޅުނު އިރު އެގޭ ބޭރުގައިވާ އަށި މަތީގައި އިށީނދެލައިގެން ދެ ފިރިހެން ކުދިން ތިއްބެވެ. އޭގެ ތެއިން އެއް ޒުވާނަކީ ޝިފާންކަން އެނގުމުން ރަނާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ހިތް އަވަސްވެ ހަތަރެސްފައި ފިނިވާން ފެށިއެވެ. ލުޔޫނާގެ އަތުގާ ހިފާ ރަނާއަށް ބާރު ކޮށްލެވުނެވެ. އޭރު އެމީހުން އެ އައްޓާއި އަރާ ހަމަވަނީއެވެ.

= ނުނިމޭ =

Tags:

"ޕެރަނޯރމަލް" "ފިކްޝަން"

Share Article

Follow Me Written By

Shax Lyn

Level 4100 Stories10 Stories500 Comments100 Comments

Other Articles

Previous

އަނިޔާ.. 04 ވަނަ ބައި

Next

ފޮހެވޭނޭ ބާއޭ… 17

Next
December 10, 2015

ފޮހެވޭނޭ ބާއޭ… 17

Previews
December 10, 2015

އަނިޔާ.. 04 ވަނަ ބައި

33 Comments!

  1. Aysha says:
    December 10, 2015 at 3:15 pm

    Nimunee ? ???

  2. ken? says:
    December 10, 2015 at 3:19 pm

    masha allah…v furihama…thikuraa hiyvarah saabas…❤❤❤

  3. Ahmed Ammu says:
    December 10, 2015 at 3:19 pm

    V habeys mi part ves

  4. ken? says:
    December 10, 2015 at 3:20 pm

    nunimey….dats a mistake ey…olhigen jehifa einee…☺

  5. popcorn says:
    December 10, 2015 at 3:23 pm

    huh? nimuneetha? vaanuvaa eh neygunu mi vaahaka akun
    but v nice….

  6. Lynaaaaaaa says:
    December 10, 2015 at 3:26 pm

    Nice..Shifaan tha ranaa maraalee?

  7. neha says:
    December 10, 2015 at 3:27 pm

    Mivy kihineh? Nimunytha?

  8. zee says:
    December 10, 2015 at 3:27 pm

    nimuny foohi kan

  9. aathi says:
    December 10, 2015 at 3:28 pm

    Shax.. srory kihine minimuny:/

  10. aathi says:
    December 10, 2015 at 3:30 pm

    Story*… ranaa ah v gotheh neygunu

  11. aathi says:
    December 10, 2015 at 3:31 pm

    Overall story is nice.. hope to see more stories of urs..gudluck 😉

  12. shuhu says:
    December 10, 2015 at 3:32 pm

    Whattt??? Nimmaaly?

  13. Sanu says:
    December 10, 2015 at 3:36 pm

    Nimmaali iru neyngunu ranamaruvee kihineh kameh…..? Aleenaa rangalhu vee kihineh kameh…???

  14. flwr says:
    December 10, 2015 at 3:56 pm

    Luyoonaa ge sababeh ohthymathaa eynage ge 2 kudhin ranaa maraaly…confused

  15. shif says:
    December 10, 2015 at 4:15 pm

    Aslu nunimey dhow. ..its written by mistake…story dhaa goi varah habeys

  16. Shax Lyn says:
    December 10, 2015 at 4:32 pm

    ހުރިހާ ކިޔުންތެރިންގެ އަރިހުން މާފަށް އެދެން…. ނިމުނީ ޖެހިފަ އޭނީ އޮޅުމަކުން… މިހާރު އެތަން ރަނގަޅު ކޮށްލައިފިން…. ވާހަކއިގެ މުހިއްމު ހާދިޡާތައް އޮތި ކުރިޔަށް… ދެން ހުރި ބައިތަކަށް އިންތިޒާރުކޮށްލައްވާ….

  17. Lovely Xu says:
    December 10, 2015 at 4:47 pm

    Wat…Shax alhe hama nimuny thr..bt adhivx Rana maraalee kaaku kameh neynge… bt v nice

  18. kudoo says:
    December 10, 2015 at 5:08 pm

    I thought story nimuny kamah…vvv reethi mi baives..waiting for the next part..love ur stories..

  19. Xai says:
    December 10, 2015 at 5:42 pm

    vaahaka vvv salhi ✌✌✌ waiting for the next part

  20. dark princess says:
    December 10, 2015 at 6:31 pm

    Hairaanve meehun bainaalhi ah ves veytha…varah maja baheh e e… adhi adu ehithanuga mihury..

  21. Een says:
    December 10, 2015 at 7:40 pm

    Eyn mi kihineh mi nimuny.. Ajaibeh kaala kemh mee

  22. Shaa says:
    December 10, 2015 at 8:18 pm

    Wow..??…..

  23. ninni says:
    December 10, 2015 at 9:56 pm

    Wow..v.reethi mi stry..

  24. apoo says:
    December 10, 2015 at 10:07 pm

    Hama Saabasss shazlyn ah… v v salhi :*

  25. alym says:
    December 10, 2015 at 10:55 pm

    vvvvvvv salhi mi vaahaka….. dhen vaaneekihineh tha….

  26. Aish aleena says:
    December 11, 2015 at 12:52 am

    Dhen enme salhi hisaabun mifaharu thi medhukandaalee shaaxu gandaa luv it ingey its awesome

  27. kaisa says:
    December 11, 2015 at 1:24 am

    Cant wait to read the next part. Well done ???

  28. Lol says:
    December 11, 2015 at 11:02 am

    Knirakun next part???? Can’t wait to read the truth about ranaa.. ?? v rythi… Keep it up.. But the only problem is that you are too late to update…. Hope we will get to read the next part quickly… Update it soon shax lyn… ??☺️ Your stories are amazing.. Love it ???????❤️❤️

  29. Aleena says:
    December 12, 2015 at 12:03 am

    Alheyyyy. Mihisaabun ninmaaleema kihineh wait kuraanee vs. Dhen kuranthaa dhw jeheyni.. hama soni vettifa indhevunee,, 🙂 ekam ehthan kolhun eba in dhw zeek liyan ulhefa aleena liyevifa. Dailogu kolhakun, i think. Balailahchey.. n may b shifaan n ranaa ge medhuga something happend n he did something to her n i think luyoonaa merry kuree shifaan aa. N those twin look like him n dats y ranaa killed them. She doesnt knw it was her bestfnds sons. Cnt wait shaxlynooooo

  30. nuxoo says:
    December 12, 2015 at 12:47 am

    Vaahaka varahsalhi 🙂

  31. Shaa says:
    December 12, 2015 at 11:06 am

    Kommes than kolheh ga ebain olhigen name chang vefa..btw story was amazing…keeep it up.?????

  32. nash says:
    December 13, 2015 at 8:39 pm

    Alhe avahah up kohdheebala plz..

  33. Gurey says:
    December 13, 2015 at 9:39 pm

    MOndayga dhw upload vaanee… gurey heekuree miadhu mee Monday kamah
    alhey… keh nukurevey hisaabah vaahaka nimmaneee…. waiting waiting..
    maadhama dhen kiyaalan libeyne dhw

Comments are closed.


All Right Reserved!