“ވައަލައިކުމް ސަލާމް………… ޝަ..ޝާއިން………” ފާތުމަތު އަށް ޝާއިން ފެނުމާއި އެކު އެއީ އޭނާކަން އިނގުނެވެ. 4 އަހަރު ފަހުގައި ފެނުނު ކަމުގައި ވިޔަސް އޭނާއަކަށް ޝާއިން އެއް ނޯޅޭނެއެވެ. ފާތުމަތު ރޮމުން ރޮމުން ޝާއިންގެ ގައިގާ ބައްދާލިއެވެ. ޝާއިންވެސް އޭނާ ކައިރި ހުރި އަންހެންކުއްޖާގެ އަތުން އަތް ނައްޓުވާލުމަށްފަހު ފާތުމަތު ގައިގާ ކުޑަކޮށް ބައްދާލިއެވެ. “އަހަރެންގެ ކަނބުލޮ ހާދަ ޒުވާންވެއްޖޭ ދޯ….” ޝާއިން އެހުރި ގޮތަށް ހުރެ ބުނެލިއެވެ. ފާތުމަތު ހޭންފެށިއެވެ. “ކޮބާ މަމް؟؟ ޑޭޑް؟؟” […]
ނީރާ ދޮރެއް ނުހުޅުވިއެވެ. “ނީރާ… ދަރިފުޅާ.. ނީރާ..؟ އަކޫ އަހަރެން ބިރުގަނޭ ނީރާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ…” އާޝިޔާ ބުނެލިއެވެ. އަކުރަމްވެސް ނީރާއާއި ދިމާ ބަލާލުމަށްފަހު ހިންދިރުވާލިއެވެ. އަދި ދޮރުގައި ތަޅަމުން ދިޔައެވެ. ނީރާގެ ބޫޓް ދޮރުމަތީ ހުރުމުން ނީރާ ގޭގައި އުޅޭކަން އިނގުނެވެ. ރާހިލް ބިރުންހުރެ ނީރާގެ ދޮރުގައި ޓަކިދެމުން ދިޔައެވެ. ……… ނީރާ އަތުން ވަޅި ހިފަހައްޓާލައިގެން ހުރީ ކަރުނައިން ފުރިފައެވެ. ކުރީގެ އެތަކެއް ހަނދާންތަކެއް އާކުރަމުންނެވެ. ރާހިލް ކީ ކޮންމެ އެއްޗެއް […]
“ތަދުވެޔޭ….؟؟ މިހާ މަޑުން ހިފީމަވެސް ތިބުނީ ތަދުވެޔޭ ވިއްޔަ….” ރާހިލް ހިތްހަމަނުޖެހި ހުރެ އެހެން ބުނެލުމަށްފަހު ނީރާގެ އަތުން ދޫކޮށްލިއެވެ. ޝާއިންގެ އަމާނާތެކޭ އޭނާ ބުނި ހަނދާންވެގެންނެވެ. އެހެންނޫންނަމަ މިއަދު އޭނާ ނީރާއަށް ރަނގަޅު އަދަބެއް ދިނީހެވެ. “ރާހިލް.. ކީކޭތަ ތިކިޔަނީ.؟؟؟ ޝައިން ކޮބައިހޭ މި އަހަނީ.. ކޮބާތަ؟؟؟؟” ނީރާ ރާހިލްއަށް ބަލަންހުރެ އަހާލިއެވެ. އޭނާވެސް ކުޑަކޮށް ރުޅިއައެވެ. ރާހިލްގެ ހިތުގައި އުފެދެމުން ދިޔަ ނަފްރަތުގެ ހުޅުކޮޅުގެ ސަބަބުން ނީރާ ހުރި ހާލުވެސް އޭނާއަށް ނުފެނުނެވެ. […]
hey guys.. again hama ehkala hn vehje.. hme akah nueh fene stry eh… stry up vefa iny liyefa in date ah dnt knw why… so here is the link ހާދަ ލޯބިންނޭ (24)
“ބަޓް އަމް އޯލްވޭސް ވިތް ޔޫ އިނގޭ ބުރޯ…. ޑޯންޓް ފޯރގެޓް މީ… އެން ހީކުރަން އަވަހަށް ދިމާވާނެ ކަމަށް… ކޮން އިރަކުން ފުރަނީ..” ރާހިލް ވެސް ހަމަ އެ މަޑުމައިތިރިކަމާއި އެކު އަހާލިއެވެ. “ތެންކްސް.. އެން އަފްކޯސް އައި ވޯންޓް… 3 ގަ ނައްޓާލާނެ…. އެކަމް މިހާރުވެސް ނިކުންނަންވީ… އަހަރެން މިހުންނަނީ މި ފަސްގަނޑުން ނުދެވިފަ..” ޝާއިން ބުނެލިއެވެ. މިިފަހަރު އެ އަޑުގައި ކުޑަ ނަަމަވެސް ހަރުކަށިކަމެއްވިއެވެ. ……………… “ޝައިން…..” ނީރާ އަށް ރޮއެގަނެވުނީ […]
ތިން މީހުންވެސް ގޮސް މަޑުކޮށްލީ ޝާއިން ކައިރިއަށެވެ. ނީރާއަށް ޝާއިން އޮތްގޮތް ފެނި އިތުރަށް ރޮވޭގޮތްވިއެވެ. އާޝިޔާގެ އަތުގައި ބާރަކަށް ހިފައިލީ ކަރުނަތަށް ހިންދަމުންނެވެ. “ޝައިން…!” ނީރާ ޝާއިންއަށް ގޮވާލިއެވެ. “ޕްލީސް ކަމް ބެކް…” ނީރާ އެހެން ބުނެލީ ހިތުންނެވެ. ކުއްލިއަކަށް މެޝިންގެ އަޑުން މުޅި ކޮޓަރީގެ ހިމޭންކަން ފިލުވާލިއެވެ. ތިން މީހުންނަށްވެސް މެޝިނާއި ދިމާލަށް ބަލައިލެވުނީ ދެލޯ ބޮޑުކޮށްލަމުންނެވެ. އެއަށްފަހު ޝާއިންއާއި ދިމާ ބަލައިލިއެވެ. ޝާއިންގެ ދެލޯ މަރައިގެން އޮތެއްކަމަކު އޭނާ ފުން ނޭވާތަކެއް […]
އަކުރަމް ގެ އާދޭސްތަކުގެ ސަބަބުން އާޝިޔާ ކޭންޓީންއަށް ކާން އައުމަށް އެއްބަސްވިއެވެ. ހާއްސަކޮށް ނީރާ އެތާ އިންކަން އިނގުމުންނެވެ. ޝާއިންއާއި ދިމާ ބަލާލުމަށް ނިކުމެގެން ދިޔައީ އަކުރަމްގެ އަތުގައި ހިފާލައިގެންނެވެ. “އާޝި… ނީރާ ހުރީ ވަރަށް ހާރޓް ވެފަ… އަހަރެން ވިސްނައިދިނިން… އެކަމުވެސް އެހެން ވާނެއެއްނު އަދި އެހާ އަވަހަކަށް ހަމަޔަކަށް ނޭޅޭނެ…… އާޝި… އަދި ވަޅުލުމުގެ ކުރިން ޖެހޭނެ ނީރާ އަށް މޫނު ދައްކާލަން….” އަކުރަމް އާޝިޔާ އޭނައާއި ކައިރިކޮށްލަމުން ބުނެލިއެވެ. މަޑުމަޑުން ހިނގާލާފައި […]
ޕޮލިސްޓޭޝަންއަށް ވަދެގެން އައި ނީރާގެ ހިތް ދިޔައީ އޮބި ނޯންނަވަރަށް ތެޅެމުންނެވެ. އެއީ ކޮންބައެއްކަން ދެނެގަތުމަށް އޭނާ ކިތަންމެހާވެސް ބޭނުމެވެ. ނަމަވެސް ނޭނގޭ ބާރުމިނަކަށް ސަބަބެއްނެތި ހިތް ތެޅެމުން ދިޔައެވެ. ފުލުހުންނާއި އެކު އެމީހުންގެ ފަހަތުން ނީރާ ދިޔައެވެ. އިސްއުފުލާ ބަލާލީ ފުލުހުންތަށް މަޑުކޮށްލުމުންނެވެ. އެއާއި އެކު އޭނާގެ މޫނު މަތީ އެއްޗެއް ޖެހިހެން ހީވިއެވެ. މިތަން ފެނުމުގެ ކުރިން މަރުވިނަމައެވެ. ނީރާގެ ލޮލުން ކަރުނަތަށް އައެވެ. ހިތުގައި ކަނޑައަޅަމުން ދިޔަ އަޒުމްތަށް ވިއްސިވިހާލިވިއެވެ. ކުރިމަތީ […]
މުބާރާތުގެ ނަތީޖާ ފާޅުކުރި ދުވަސް ވެގެން ދިޔައީ ނީރާއާއި ޝާއިންގެ އާއިލާއަށް ލިބުނު ވަރަށް ބޮޑު އުފަލަކަށެވެ. މުޅި މުބާރާތުންވެސް އެދެމީހުންނަށް އެއްވަނަ ލިބިގެން ދިޔައެވެ. އެކަމުގެ އުފަލުގައި ދެއާއިލާއިންވެސް ރެސްޓޯރަންޓަކަށް ގޮސް ކެއުމެއް ބާއްވާލިއެވެ. އުފަލުގައާއި މަޖަލުގައި އެހެން ދުވަސްތަށް ހޭދަވެގެން ދިޔައެއްކަމަކު ނީރާގެ ހިތަކަށް ހަމަޖެހުމެއްނުލިބުނެވެ. އެކިފަހަރު އެކި ވިންދު ޖަހަމުން ދާ ކަހަލަ އިހްސާސްތަކެއް ވަމުންދިޔައެވެ. ކިޔެވުން ފެށުމާއި އެކު އެކަމާއި މެދު ނުވިސްނަން މަސައްކަތް ކުރަމުން ދިޔަ ނީރާ އަށް […]