Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހާދަ ލޯބިންނޭ.. (9)

Ryn
January 30, 2016
6 Mins Read
66 Views
16 Comments

ނީރާ ކައި ނިމުމުން ނީރާއަށް ފެންވެސް ޖައްސަން ޖެހުނީ ޝާއިންއަށެވެ. އެހެން ކަމުން ފެން ދިނުމަށްފަހު ޓިޝޫއެއް އަތަށް ލައިދީ ޝާއިން ނިކުމެގެން ދިޔައީ އިތުރު ބަހެއްވެސް ބުނެނުލައެވެ. ޝާއިން ބޭރަށް ނިކުމެ ނީރާގެ ކޮޓަރީގެ ދޮރު ޖަހާލުމާއި އެކު ހިފަހައްޓައިގެން ހުރި ހިނިގަނޑު ބޭރުކޮށްލިއެވެ. ހެމުން ހެމުން ބަދިގެއަށް ވަދެ ތަށިތަށް ދޮވެލާ ހަރުގަނޑުގައި ބެހެއްޓިއެވެ. އަދި ޝާއިންވެސް ތަށްޓަށް ފެންފޮދެއް އަޅާލުމަށްފަހު ބޯލިއެވެ. ދެން އޭނާ ހޯދަން ފެށީ ރޯގާ ބޭހެވެ. ނަމަވެސް ބޭހެއް ނުފެނުނެވެ. އާއްމުކޮށް ބޭސްތަށް ހުންނަނީ ފްރިޖް މަތީ ކަމުން އެތަންވެސް ބެލިއެވެ. އެތާގައިވެސް ނެތުމުން އެންމެ ފަހުން ނީރާ ކައިރި އަހާލުމަށް ދިޔައެވެ.

“ހުންނާނެ ޓީވީ ރެކްމަތީ..” ކޮޓަރި ހުޅުވާލުމަށްފަހު ޝާއިން ސުވާލު ނުވެސް ކުރަނިސް ނީރާ ޖަވާބު ދިނީ އޭނާ ބޭސް ނުފެނިގެން ހޯދަން އައީކަން އިނގިގެންނެވެ. ޝާއިން ދޮރު ލައްޕާލުމަށްފަހު ޓީވީ ރެކްމަތީ ހުރި ބޭސް ކާޑް ނަގާ އެއިން ގުޅައެއް ވަކިކޮށްލިއެވެ. އަދި ފެންތަށްޓެއް ހިފައިގެން ގޮސް ނީރާއަށް ދިއްކޮށްލިއެވެ. ނީރާ ކުޑަކުއްޖެއް ފަދައިން ބޭސް ކާލިއެވެ. އަދި ފެން ބޯލުމަށްފަހު ކަބަޑް މަތީ ފެންތަށި ބެހެއްޓިއެވެ.

“މިދަނީ މިސްކިތަށް.. އަންނާނަން ނަމާދުކޮށް ނިންމައިގެން.” ފޯނުން ގަޑި ބަލާލުމަށްފަހު ރުންކުރު ގޮތަކަށް ޝާއިން އެހެން ބުނެލުމަށްފަހު ކޮޓަރިން ނިކުމެގެން ދިޔައެވެ. ނީރާ އަނެއްކާވެސް ހެޑް ބޯޑްގައި ބޯ އަޅާލިއެވެ. ކުއްލިއަކަށް އޭނާ ފޯނު މަތިން ހަނދާންވިއެވެ. ތެމިފައި އޮތް ދަބަހުން ފޯނު ނަގާ ލެވުނުތަން ހަނދާން ކުރަމުން ދިޔައެވެ. ކުއްލިއަކަށް ކަަބަޑް މަތި ބަލާލީ އެ މައްޗަށް ލެވިފައި އޮތްތޯއެވެ. އެހާ ދުރުގަިއ ފޯނު ނެއްކަތް އެއީ ނަސީބެވެ. ނީރާ ފޯނު ނަގަން ކުޑަކޮށް އެއްފަޅިއަކަށް ޖެހިލިއެވެ.

ފޯނު ނަގާ ފުރަތަމަވެސް ބެލީ އޮންކުރެވޭތޯއެވެ. ނަސީބެކެވެ. ފެނުގެ މާ ބޮޑު އަސަރެއް ފޯނަކަށް ކޮށްފައެއް ނެތެވެ. ނަމަވެސް ނީރާގެ ވޮލެޓް ތެރޭ ހުރި ލާރި ހުރީ ތެމި ފޯވެފައެވެ. އެހެންކަމުން ޑްރެސިންގް ޓޭބަލް މަތީ ލާރިތަށް އަތުރާލާފައި ހުއްޓެވެ. ނީރާ ފޯނު ހުޅުވާލުމާއި އެކު މެސެޖެއް އައެވެ. އެފޯނަށް އެތަކެއް ފަހަރަކު ނަމްބަރަކުން ގުޅިކަން ހާމަކޮށްދިން މެސެޖެކެވެ. ނީރާ އެނަމްބަރަށް ފަރުވާތެރިކަމާއި އެކު ބަލާލިއެވެ. އެއާއި އެކު އޭނާގެ ލޭމައްޗަށް ދިޔައެވެ. ކުރިން އެންމެ އިންތިޒާރު ކުރި އެއް ނަމްބަރަކީ މިހާރު އެންމެ ފޫހިވާ ނަމްބަރެވެ. މިހާރަކަށް އައިސް ރަޔާން އޭނާއަށް އެގުޅަނީ ކީއްވެހެއްޔެވެ؟ 5 އަހަރު ފަހުން ނީރާ މަތިން ހަނދާންވީ ކީއްވެބާއޭ ހިތަށް އެރިއެވެ. ރަޔާން ގުޅާތާ މިހާރު އެތައް ދުވަހެއް ވެއްޖެއެވެ. ނަމަވެސް ނީރާ ފޯނެއް ނުނަގައެވެ. ނަމްބަރ ބްލޮކް ކޮށްލައެވެ. ނަމަވެސް އެހެން ނަމްބަރަކުން އަނެއްކާވެސް ގުޅަން ފަށާނެއެވެ. އޭނާ އެންމެ ފަހުން ނިންމީ ނަމްބަރު ބަދަލުކުރާށެވެ. އެކަމާއި އަދި ނޫޅެވިގެން އުޅެނިކޮށް އަނެއްކާވެސް އެ ގުޅަން ފެށިއެވެ. ނީރާ އެގޮތަށް އިންތަނާ ކުއްލިއަކަށް ފޯނު ރިންގްވިއެވެ. އެއީ ރަޔާންއެވެ. ތުން އަނބުރާލަމުން ނީރާ ފޯނު ކަނޑާލިއެވެ. އަދި ބްލޮކް ކޮށްލިއެވެ.

މިހާރަކަށް އައިސް އޭނާ ވަރަށް ބިރުގަނެއެވެ. ރަޔާން އަކީ ވަރަށް އެހެންކަހަލަ މީހެއްކަން އިނގޭތީ ނީރާއަށް ކޮންމެފަދަ ކަމެއްވެސް ކޮށްފާނޭ އޭނާ ހިތަށް އެރިއެވެ. ނީރާ ދެން ހުޅުވާލީ ފޯނުގައު ހުރި ފޮޓޯތަކެވެ. އޭގައި އެންމެ ގިނައީ ޝާއިން އާއި ނީރާގެ ފޮޓޯތަކެވެ. އެކި ދުވަސްދުވަހު އެކި ގޮތްގޮތަށް ނެގި ފޮޓޯތަކެވެ. އެ އެއްޗެހިތަށް ފެނުމާއި އެކު ނީރާ ހިނިތުންވެލިއެވެ. ކުރީގެ ހަނދާންތަށް އާލާވެގެންދިޔައެވެ. ކުއްލިއަކަށް ނީރާ އިސްއުފުލާ ބަލައިލީ ދޮރުހުޅުވިގެން ދިޔުމުންނެވެ. ނީރާ ގެ ހިނިތުންވުން ފިލައިގެން ދިޔައެވެ. ދެލޯ ބޮޑުކޮށްލެވި މައި ނޭވައިތަކެއް ލެވެން ފެށުނެވެ. ހިތުގެ ތެޅުން 4 ގުނަ އަވަސްވެގެން ދިޔައެވެ. ކުރިމަތީ ތެމިފޯވެފައި ހުރީ ދެވަނަ އެހެން މީހެއްނޫނެވެ. ރަޔާންއެވެ. ރަޔާން ނުފެންނަތާ 5 އަހަރު ވީއެވެ. 5 އަހަރު ފަހުން މީހަކަށް ބަދަލުވެވެންޏާ ބަދަލުވެވޭނީ މިވަރަކަށެވެ.

އެ ހަށިގަނޑުވަނީ ކުރިއަށްވުރެ ހިކިފައެވެ. އިސްތަށިގަނޑު ހުރީ ކޮނޑާއި ހަމާލަށް ދިގުކޮށްފައެވެ. ލައިގެން ހުރި ޖިންސް ތިރިކަމުން ފައިބާފާނެހެންވެސް ހީވެއެވެ. ކަންފަތުގައި ތޮރުފައިފާ ވާއިރު ކަރުގަޔާއި ދެ އަތުގައި ފަށްތަކެއް އަޅާލާފައި ހުއްޓެވެ.

އަނގަހުޅުވާލައިގެން ނީރާ ރަޔާން އާއި ދިމާލަށް ބަލަން އިން އިރު އިނީ ގުޑައިވެސް ލާން ނުކެރިފައެވެ. މިއީ އެތަކެއް އަހަރު ކުރިން އޭނާ ފަހަތުން ދުވި ރަޔާން އެއް ނޫނެވެ. ޗީ އޭ ހިތާހިތުން ބުނެލެވުނީ ރަޔާން ހުރިގޮތް ފެނިފައެވެ. ރަޔާން އަވަސް ނޭވައިތަކެއް ލަމުން ދާއިރު ނީރާއާއި ދިމާލަށް ބަލަނީ ސިންގާ އޭގެ ސިކާރައަށް ބަލާ ފާޑަށެވެ. ހީވަނީ ދެންމެ ދެންމެ ނީރާގެ ގައިމައްޗަށް ފުންމާލަފާނެހެންނެވެ.

އިރުކޮޅެއްނުވެ މުޅި ކޮޓަރީގައި ނުބައި ވަހެއް ދުވަންފެށިއެވެ. ވައްތަރީ ބޮޑަށް ރަލުގެވަހާއެވެ. ނީރާ އެނބުރުން އަރައިގަނެގެން ދިޔައެވެ. ރަޔާން ބޮއެފައި ކަން އިނގުނީ ނީރާއާއި ދިމާލަށް އަންނަން އެޅި ފިޔަވަޅުންނެވެ. ހީވީ ހިނގަންނޭނގޭ ކުޑަކުއްޖެއްހެންނެވެ. ނީރާ ގަތީ އަމަށަކު ބިރެއް ނޫނެވެ. އަތުގައި އޮތް ފޯނުގައި ބާރަށް ހިފާލުމަށްފަހު އެނދުން ތެދުވެ އޭނާ ދުއްވައިގަތީ ކޮޓަރިން ބޭރަށް ނިކުންނާށެވެ. އޭނާގެ ހަށިގަނޑުގައި އަދިވެސް އެހާ ވަރެއް ނެތެވެ. ބޮލުގައިވެސް ކުޑަކޮށް ރިހުން ހުއްޓެވެ. ނަމަވެސް އޭނާ ގަތް ބިރެއްގެ ބޮޑުކަމުން  އެ ހުރިހާ ކަމަކާއި މެދު ވިސްނުމަށްވުރެ ބޮޑަށް ރަޔާން ކައިރިން ސަލާމަތްވުން މުހިންމު ކަމުގައި ދެކުނެވެ.

ނީރާ ކޮޓަރިން ނުނިކުމެ އުޅެނިކޮށް ރަޔާން ނީރާގެ އަތުގައި ހިފައިގަތީ ކުއްލިއަކަށެވެ. ނީރާއަށް ބިރުން ރޮއެ ގަނެވުނެވެ. މިހާރު އެއައީ ކޮން ބޭނުމެއް ހާސިލް ކުރަންތޯ އޭނާ ހިތަށް އަރަމުން ދިޔައެވެ. ރަޔާން ނީރާގެ ކޮނޑުގައި ހިފައި ހައްޓާފައި ނީރާ ގެންގޮސް ފާރުގައި ޖެއްސިއެވެ. އަދި ކޮޓަރީގެ ދޮރު ލައްޕާލާ ތަޅުލީ ވިހަ ހިނިތުންވުމަކާއި އެކުގައެވެ. ރަޔާން ނީރާއާއި ދާދި ކައިރީގައި ނީރާގެ ގައިގައި ހިފަހައްޓައިގެންހުއްޓެވެ. ދުވި ފަހުން ނީރާއަށް އޯކަށްވެސް ދެމުނެވެ. ދެލޮލުން ފެންއަންނަން ފެށީ ދުވި ފަހުން ކެތް ނުކުރެވިގެންކަމެއް ނުވަތަ ގަތް ބިރެއްގެ ސަބަބުން ކަމެއް އޭނާއަަކަށް ނޭނގެއެވެ.

“ހާދަވަރަކަށް ގުޅައިފީމޭ…. އަހަރެން ދެކެ ލޯބިވަމޭ ބުނަމެއްނު އަބަދުވެސް.. ދެން ކީއްވެ މިހާރު ތިއުޅެނީ.. ކުރިން އުޅުނީ އަހަރެން ލޯބި ނުދީގެންނެއްނު.. މިހާރު މިއައީ އޭ ލޯބީގެ އަސްލު އިހްސާސަކީ ކޮބައިކަން ދައްކާލަން..” ރަޔާން އެހެން ބުނެލި ގޮތުން ހީވީ އަނގައިން ވާގިހުސްވެފައި ހުރި މީހެއްހެންނެވެ. ނީރާ ދެލޯ ބޮޑުކޮށްލިއެވެ. އޭނާގެ ހިތް ހީވީ ނިކުމެދާނެހެންނެވެ. ނީރާއަށް އެކައްޗެއްވެސް ނުބުނެވުނެވެ. އޭނާއަށް ހަމައެކަނި ކުރެވުނު ކަމަކީ ލޮލުން ކަރުނަތަށް ބޭލުމެވެ. “ރަ..ޔާން.. ޕްލީސް…” ނީރާއަށް އުނދަގުލަކުން އެހެން ބުނެލެވުނެވެ. “އާއެކޭ ނީރާ ޕްލީސް… އަހަރެން ހާދަ ވަރަކަށް އާދޭސް ކުރީމޭ ނީރާ ކައިރި.. އެކަމު… ދެން މިއަދު އަހަރެން ނީރާގެ އާދޭހެއް އަޑެއް ނާހާނަން.. އެދުވަހު ނީރާ ވެސް ހެދިގޮތަށް..” ރަޔާން އެހެން ބުނެލިއެވެ. ނީރާ ރުޅި ގަދަވިއެވެ. އެއީ އޭނާގެ ކުށެއްހެއްޔެވެ.؟ މިފަހަރުވެސް އެ ޖަހާލީ ނީރާގެ ބޮލަށެވެ. އާދޭސް އަޑުއެހެނީވެސް އަޑު އެހުން ހައްޤު މީހެއްގެ ނޫންހެއްޔެވެ؟ އެ ދުވަހު ރަޔާންގެ އަސްލު ސިފަ ފެނި ރަޔާންގެ އާދޭސްތަށް އަޑުއެހުން މުހިންމު ކަމަކަށް އޭނާ ނުދެކުނެނެވެ.

“އޯ ޕްލީސް ރަޔާން… އަޑުއެހޭނީ އަޑުއެހޭމީހެއްގެ………” ނީރާ ދައްކަމުން ދިޔަ ވާހަކަތަށް ހުއްޓުނީ އޭނާގެ ކޮލަށް ރަޔާންގެ ފަރާތުން ހޫނު ހަމަލާއެއް އައުމުންނެވެ. ޖެހިލެއް ބާރުކަމުން ކޯތާފަތް އިނީ ރަތްކުލައިގައެވެ. ނީރާއަށް މިފަހަރު ހަމަ ރަނގަޅަށްވެސް ރޮވުނެވެ. “އަހަރެން ކުރިމަތީ އަނގަ ނާރުވާތި” ރަޔާން އެހެން ބުނެލީ ނިރާގެ ކޮލުގައި ހިފައި ފިއްތާލަމުންނެވެ. “ޝަ…އިން..” ނީރާއަށް ޝާއިންއަށް ގޮވާލެވުނެވެ. ނަމަވެސް އެއަޑެއް ބޭރަކަށް ނުނިކުތެވެ. ރަޔާން ނީރާ އާއި ކައިރިވާންފެށިއެވެ. ނީރާ ގައިގައި ހުރި ބާރެއް ލަމުން ރަޔާން ކޮށްޕާލިއެވެ. ނަމަވެސް ރަޔާން މާ ހުޝިޔާރެވެ. އިތުރު ހަރަކާތެއް ނުކުރެވި އުޅެނިކޮށް ނީރާގެ ގައިގައި އަނެއްކާވެސް ޖެހިއެވެ. މިފަހަރު ނީރާގެ ތުންފަތްވެސް ފަޅައިގެންދިޔައެވެ. “ހިމޭނުން ހުންނާށޭ.. މިއައީނު ނުދިން އޮތް ލޯބި އަނބުރާ ދޭން.. އެހެންވީމަ މަޑުން ހުރޭ…” ރަޔާން އެހެން ބުނެލުމަށްފަހު ނީރާއާއި ގާތްވެލިއެވެ. ނީރާ ގިސްލާންފެށިއެވެ. އޭނާގެ ތުންފަތް މަތިން ދިލަނަގަންފެށިއެވެ. ނީރާ ދެފަރާތަށް ބޯ ހޫރަންފެށިއެވެ. އެންމެފަހުން ރަޔާންގެ ގައިގައި ތަޅަންފެށިއެވެ. އަތުގައި ހުރި ބާރެއްލާފައެވެ. ނަމަވެސް އެއަކުން ރަޔާންއަކަށް އެއްވެސް އަސަރެއް ނުކުރިއެވެ. ނީރާގެ މޫނާއި މޫނު ޖެހޭވަރަށް އޭނާ ކައިރިވިއެވެ.

ނީރާ އަނެއްކާވެސް މަސައްކަތް ކުރީ ރަޔާން ކޮށްޕާލާށެވެ. ދެލޯ މަރައި ތަގުޅިކޮށްލުމަށްފަހު އަތުގަ ހުރި ބާރެއްލާ ރަޔާންކޮށްޕާލިއެވެ. މިފަހަރު ރަޔާން ތަޅުންގަނޑު މައްޗަށް ވެއްޓުނެވެ. ނީރާ ދުއްވައިގަތީ ފާހަނައަށެވެ. ރަޔާން އިރުކޮޅަކު ނުތެދުވެވި އިނެވެ. ނީރާ ގޮސް ފާހަނާގެ ދޮރު ތަޅުލުމަށްފަހު ފޯނުން ޝާއިންގެ ނަމްބަރު ޑައިލްކޮށްލިއެވެ. އަނގަ މަތީ އަތްއަޅައިގެން ހުރެ ރޮމުން ދިޔަ ނީރާ ގެ ހިތް ނެގި ނެގިފައި ޖެހެއެވެ. ތިން ހަތަރު ފަހަރު ގުޅިއްޖެއެވެ. ޝާއިން ފޯނެއް ނުނަގައެވެ. ރަޔާން ފާހަނާގެ ދޮރުގައި ޖަހަން ފެށިއަޑަށް ނީރާގެ ހަރަކާތް އަވަސްވިއެވެ. “ޝާއިން… ޕްލީސް ފޯނު ނަގާބަލަ..” ނީރާއަށް އެހެން ބުނެވުނު އިރު ރަޔާން ދޮރު ހަލާކު ކޮށްލާފައި ވަނެވެ. ނީރާ އެ ދިމާލަށް ބަލާލީ ދެލޯ ބޮޑުކޮށްލައިގެން ހުރެއެވެ. އިހްތިޔާރަކާއި ނުލާ އެނާ ފަހަތަށް ޖެހެވުނެވެ. ރަޔާން ނީރާއާއި ދިމާލަށް އައެވެ. “ނޫން…” ނީރާ އެހެން ބުނަމުން ފަހަތަށް ޖެހެމުން ގޮސް ފާހަނައިގެ ފާރުގައި ޖެހުނެވެ. ދެންވެސް ނީރާ މަސައްކަތް ކުރީ ޝާއިންއަށް ގުޅާށެވެ. ރަޔާން ކައިރިވަމުން އަންނަ ވަރަކަށް އޭނާގެ ހަރަކާތް އަވަސްވިއެވެ.

—–

ޝާއިން ނަމާދަށް އަރާ ހުއްޓާ އެެތަކެއް ފަހަރު އޭނާގެ ފޯނަށް ކޯލެއް އައެވެ. ނަމާދު ކޮށް ނިންމާލުމަށްފަހު އަވަދިވެގެން ޝާއިން ފޯނު ބަލާލިއެވެ. ގުޅާފައި އޮތީ ނީރާއެވެ. ނީރާއަށް އަނެއްކާ ކަމެއްވީ ބާއެވެ. އެހެން ހިތާ އޭނާ ނީރާގެ ނަމްބަރ ޑައިލް ކޮށްލަނިކޮށް އައީ ނީރާގެ ފޯނެކެވެ. ޝާއިން ފޯނު ނެގިއެވެ.

—-

ނީރާ އުއްމީދުން ފުރިގެންވާ ގޮތަކަށް ފޯނަށް ބަލަން ހުއްޓެވެ. ޝާއިން ފޯނު ނެގުމާއި އެކު ނީރާއަށް ރޮއެ ގަނެވުނެވެ. “ޝައިން…….” ނީރާއަށް ބުނެވުނީ އެހިސާބަށެވެ. އެއާއި އެކު ރަޔާން ނީރާގެ ފޯނު ނަގާ ހޫރާލިއެވެ. ފޯނު ދިޔައީ ކޮޓަރިއާއި ދިމާލަށެވެ. ނަމަވެސް ފޯނު ހަލާކެއްނުވެއެވެ. އެހެންކަމުން ޝާއިންއަށް ނީރާ ރޯއަޑު ރަނގަޅަށް އިވުނެވެ. ނަމަވެސް އިވެނީ ވަރަށް މަޑުންނެވެ. މިސްކިތު ދޮރުމަތީ ޝާއިން ހުއްޓިގެން ހުރުމަށްފަހު އަވަސް އަވަހަށް ކާރަށް ގޮސް އެރީ ނީރާގެ ގެއަށް މިޝްރާބް ޖަހާށެވެ. ކޮންމެސް ކަމެއް ގޯސްވެއްޖެކަން ޝާއިންގެ ހަވަނަ ހިއްސު ބުނަމުން ދިޔައެވެ.

ފޯނު ސްޕީކަރަށް ލުމަށްފަހު ޝާއިން އޭނާގެ ފައިމަތީ ފޯނު ބޭއްވީ ނީރާގެ އަޑު އަދިވެސް އިވޭތޯއެވެ.

ރަޔާން ނީރާގެ އިސްތަށިގަނޑުގައި ހިފައިފައި ފާހަނައިން ނެރުނެވެ. ނީރާއަށް ވީ ތަދުން ހަޅޭލަވައިގަނެވުނެވެ. ޝާއިން އަށް އެއަޑު އިވުމާއި އެކު ކާރުގެ ބްރޭކް ޖަހާލެވުނެވެ. ފޯނާއި ދިމާލަށް ބަލާލެވުނެވެ. “ހަލޯ ނީ..؟؟؟” ޝާއިން ނީރާއަށް ގޮވަން ފެށިއެވެ. ޖަވާބެއް ނައުމުން އޭނާ އަނެއްކާވެސް ކާރު ދުއްވަން ފެށީ ކުރިއަށް ވުރެވެސް ބާރަށެވެ. ހިތުގެ ތެޅުން އަވަސްވިއެވެ.

ރަޔާން ނީރާ ގަދަކަމުން އެނދުމަތީ ބޭއްވިއެވެ. އަދި އޭނާގެ ގައިމައްޗަށް ފުއްމާލީ ސިންގާއެއް ފަދައިންނެވެ. ނީރާ އަށް ބާރަކަށް ރޮއެ ގަނެވުނެވެ. “ރަޔާން.. ނޫން..” ނީރާ އަށް ރުއިމުގެ ތެރެއިން އެހެން ބުނެލެވުނެވެ. ސާފް ނުވިކަމުގައިވިޔަސް ޝާއިންއަށް ރަޔާން ގެ ނަން އަޑުއިވުނެވެ. އެއާއި އެކު އޭނާގެ ހިތް އާދަޔާ ހިލާފަށް ތެޅެންފެށިއެވެ. ރަޔާން އޭ ހިތުން ބުނެލެވުނެވެ.

ރަޔާން ނީރާ ލައިގެން އޮތް ހެދުމުގެ މަތީ ބައި އިރާލިއެވެ. ނީރާއަށް އެއްވެސް ކަމެއް ނުކުރެވުނު ކަމުގައި ވިޔަސް އަޑުން އަޑުނަގާ ރޯންފެށިއެވެ. ޝާއިންއަށް އެއަޑު އިވެމުން ދިޔައެވެ. އޭނާގެ ކާރުގެ ދުވެލިވެސް ދިޔައީ ބާރުވަމުންނެވެ. ނީރާ ބިރުން ތުރު ތުރު އެޅިއެވެ. ރަޔާން ނީރާގެ ހަށިގަނޑަށް ބަލާލީ ދަހިވެތިކަމާއި އެކުގައެވެ. ނީރާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ސަލާމަތް ވާން އެތަށް ފަހަރު މަސައްކަތްކުރިއެވެ. ނަމަވެސް ރަޔާން މާ ހުޝިޔާރެވެ. އަދި ނީރާއަށް ވުރެ ވަރުގަދައެވެ. ފިރިހެނެއް ކުރިމަތީ އޭނާއަށް ދެއްކޭނީ ކޮންވަރެއް ހެއްޔެވެ؟

ޝާއިން ނީރާ އުޅޭ އިމާރާތް ކައިރިއަށް އައިސް ކާރު ޕާކް ކޮށްލުމަށްފަހު ދުވެފައި އެތެރެއަށް ވަދެގެން ދިޔައެވެ. އޭނާ ކަހައިވެސް ނުލީ ކިރިޔާއެވެ. ލިފްޓަށް އެރުމަށްފަހު 5 ވަނަ ފިތަށް އޮބާލިއެވެ. އަދި އިރުކޮޅަކު އެހެން ހުއްޓެވެ. ލިފްޓް ހުޅުވިގެން ދިޔައެވެ.  ފުރަތަމަވެސް ޝާއިންއަށް ދެލޯ ވީ ބޮޑެވެ.. ނީރާގެ އެޕާޓްމެންޓްގެ ދޮރު ހުރީ ހަލާކު ކޮށްލާފައެވެ. އޭނާ އެެތެރެއަށް ދެމިގަތެވެ. ނީރާ ހަޅޭލަވަމުން ދިޔަ އަޑު އިވުނެވެ.

ޝާއިން ލައްޕާފައި ހުރި ނީރާގެ ދޮރު ހުޅުވާލިއެވެ. ނަމަވެސް ހުރީ ތަޅުލާފައެވެ. ނީރާއަށާއި ރަޔާންއަށް އެދިމާބަލާލެވުނެވެ. ނީރާއަށް އެއައީ ޝާއިންކަން އިނގުމުން ހިތަށް ކުޑަނަމަވެސް ލުއި ކަމެއް ލިބުނެވެ. ރަޔާން ނީރާއާއި ދިމާ ބަލާލިއެވެ. އެއަށްފަހު ނީރާއާއި ދިމާލަށް ގުދުވެލިއެވެ. ނީރާގެ ކަރުގައި ބޮސްދިނެވެ. ނީރާގެ މޫނުގައި ފިރުމަންފެށިއެވެ. އިރައިގެން ގޮއްސާ އޮތް އޭނާގެ ހެދުމުން ފެންނަމުން ދިޔަ ނީރާގެ ހަށިގަނޑާއި ދިމާލަށް ބަލާލީ ދަހިވެތިގޮތަކަށެވެ. ޝާއިން ނީރާއަށް ގޮވަމުން މަސައްކަތް ކުރީ އެ ދޮރު ހުޅުވޭތޯއެވެ. ދެތިން ފަހަރު އޭނާ ދޮރުގައި ޖެހިއެވެ.

އެތަނަށް ދެން އައިސް ވަނީ ނީރާގެ އެޕާޓްމެންޓްގެ މަތީ ބައިގައި އުޅޭ އާސިފް އެވެ. އޭނާ ސިޑިން މައްޗަށް އަރަމުން އާއިރު ނީރާގެ އެޕާޓްމެންޓްގައި އަޑުގަދަވެގެން ބަލާލަން އައީއެވެ. ހަލާކުކޮށްލާފައި ހުރި ދޮރުންނާއި ކޮޓަރީގެ ދޮރު ހަލާކު ކުރަމުން ދިޔަ ޝާއިން  އަދި ނީރާގެ ވޭނީ ހަޅޭކުގެ އަޑު އިވި ކަމެއް ގޯސްވެއްޖެކަން އިނގުނެވެެ. އެހެންކަމުން އަވަސްވެގަތީ ޝާއިން އާއި އެކު އެ ދޮރު ހަލާކުކޮށްލުމަށެވެ.

 

-ނުނިމޭ-

86
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ryn

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

މިވަނީ ލޯތްބޭ.. 3

Next

އެ އިޙްސާސް…

Next
January 30, 2016

އެ އިޙްސާސް…

Previews
January 30, 2016

މިވަނީ ލޯތްބޭ.. 3

16 Comments

  1. Ryn says:
    January 30, 2016 at 11:29 am

    hey guys.. hre is the nxt prt.. hykuran rythi vaane kamah.. thnkx fr readin.. enjoy 😉 😉 n in sha allah aneh prt vx avahah up kureveythw balaanan 😉 😉 enjoy n sry if m late to uplwd it.. rechck kurn vaguthu beynun vaane ehnu.. ehnve.. 😉 sry.

  2. k says:
    January 30, 2016 at 11:49 am

    wow…

  3. Shew says:
    January 30, 2016 at 11:49 am

    Next part konirakun.. v reethi mi part ves…

  4. fahy says:
    January 30, 2016 at 11:58 am

    Wow v reethi nxt prt kn iraku. Haadha lahey up vaaleh.

  5. Ryn says:
    January 30, 2016 at 12:03 pm

    thnkx k shew n fahy.. n m sry lahun up vaathy bt m vry bxy bt v varakun aneh stry up kurany cx i dnt hve to rechck it.. bt mi stry jeheyne cx i wrte it kurin… n it takes tym fr me to do.. n ryn rechck kuraakah vagutheh nulibey.. stry vx up kurany phn in… so m sryy.. thnk fr readin.. enjoy 😉

  6. Maalu says:
    January 30, 2016 at 12:16 pm

    Wowwwwwwwwwww…..????.
    Vvvvvvvvv reethi mi part ves….
    Waiting for the next part….

  7. nukko says:
    January 30, 2016 at 1:04 pm

    Wowww vrythi mi part vs… c’mon shine… go n save nee
    Shine hop hop.. 😛
    I hate u rayaan huh …. police ah gulhaaba ryn n arrest him
    Aneh bai avahah up kurachey.. cant wait.. 😉 L N M 😉 🙂

  8. elsa says:
    January 30, 2016 at 1:19 pm

    omg , hyvany hama real story eh hen , woww , varah rythi mi prt ves . u r my fav author mom , cnt wait 4 nxt prt of this story n nxt prt of mivany loehbey , gudd luckkk

  9. ina says:
    January 30, 2016 at 2:00 pm

    Wowwwwwwwwwww haadha nice ey mi prt…..i jst luvd it…..poor nee dhwww……..shain save hr….hehehe….waiting fr nxt part…miss u

  10. Ryn says:
    January 30, 2016 at 9:28 pm

    thnkx all 😉 😉 enjoy 😉

  11. Zaanaa says:
    January 31, 2016 at 12:46 pm

    Me story up kohdeeba please

  12. Faxoo says:
    January 31, 2016 at 6:29 pm

    Ryyn mi stiry vx varah reethi ingey 😉 waiting fr the next part

  13. xee says:
    January 31, 2016 at 7:36 pm

    Varah salhi

  14. sheynn says:
    January 31, 2016 at 9:25 pm

    Recheck nukoh viyas avahah up kohdhybr…mi vaahaka kiyaa hithun hama kehmadhu vefa hun nany…plx next part avahah up kohdhehchey…n ryn ge stryxx v nyc ingey

  15. Zaanaa says:
    February 1, 2016 at 1:53 pm

    Me story Ryn haada lahay up kuraaleh vvvvv kiyaa hethun me thibenee kehmadhuvefa??

  16. Ryn says:
    February 1, 2016 at 3:48 pm

    thnkx all. n m sry xaanaa mi stry lahun up kureveythy bt hve to rechk dhw.. i dnt hve tym to do.. aneh stry avahah up kureveny cx i dnt nyd to rechck thm hama opn khlaafa up kurany.. m sryy bt v haa vx avahah up kuraanan nxt prt..

Comments are closed.

All Right Reserved!