Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މިވަނީ ލޯތްބޭ…. 2

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
January 29, 2016 6 Mins Read
26 Comments

 

ޒާޔަން ޖުމާނައަށް އޭނާ ނައިފަރަށް ދާންޖެހޭ ވާހަކަ ފޮރުވިއެވެ. މިކަހަލަ ފުރުސަތަކަށް އޭނާ ބަލަ ބަލަ ހުންނަތާ ވަރަށް ދުވަސްވެއްޖެއެވެ. ނަސީބު އޭނާގެ އަތުގައި ހިފީ އޭނާ އެކަމަށް ހީ ވެސް ނުކޮށް ހުއްޓައެވެ. މިވޭތިވެ ދިޔަ އަހަރު އޭނާ އާއި ޖުމާނަ ބައްދަލުނުކުރެވުނީ ޒާޔަން އެ ރަށަށް ދާނެ ގޮތެއް ނެތިފައި ހުއްޓައެވެ. ޖުމާނައަށް މާލެ އަންނަން ފުރުސަތު ލިބުނެއްކަމަކު ލޯބިވާ މަންމަމެން ދޫކޮށްފައި ދާކަށް ބޭނުމެއް ނުވިއެވެ. ދެމީހުންވެސް އެކަކު އަނެކަކުގެ ހާލަތު އިނގި އެކަން ގަބޫލުކުރީ ކޮންމެވެސް ދުވަހަކުން ބައްދަލުވާނެކަން އިނގުނީމައެވެ. ޒާޔަން ހުރީ ވަރަށް އުފާވެފައެވެ. ދުވަސްތަށް ދާ ލެއް ލަސްވަމުން ދިޔައެވެ.  ޒާޔަން ނައިފަރަށް ދިޔުމުގެ ކުރިން ޔާމިން އެތާ އުޅުމަށް ކޮޓަރިއެއް ހަމަޖައްސާ ހައިކަލްވެސް ގެންދާ ގޮތަށް ހަމަޖެއްސިއެވެ.

އެންމެ ފަހުން ޒާޔަން އިންތިޒާރު ކުރި ދުވަސް އައީއެވެ.

ހަވީރުގެ ވަގުތެވެ. ޒާޔަން، ހައިކަލް، ޒިޔާން އަދި އޭނާގެ އެކުވެރި ހާނިމް ލޯންޗަށް އެރީ ކުޑަ ދަބަހެއް ކޮނޑުގައި އަޅުވާލައިގެންނެވެ. ޔާމިން އެމީހުން ފުރުވުމަށް އައިސް އެތާ މަޑުކޮށްލައިގެން ހުރިއެވެ. “ސޯ ފުރަތަމަ ނައިފަރަށް ދެން އެދެމީހުން ބާލާފަ އަހަރެމެން އުނގޫފާރަށް ދޯ؟” ހާނިމް އޮޅުން ފިލުވާލިއެވެ. ޒިޔާން ހުމް އަޅުވާލިއެވެ.  އެއަށްފަހު އޭނާ އަދުލާއަށް ގުޅާލިއެވެ. މިހާރުވެސް އޭނާގެ މަތިން ހަނދާންވާން ފެށިއެވެ. 5 ދުވަސް ދުރުގައި ހޭދަކުރާނެ ގޮތްވެސް އޭނާއަކަށް ނޭނގެއެވެ. ހާނިމްވެސް އޭނާގެ ޖީބުން ހެޑްސެޓެއް ނަގައި ލަވަޖަހާލިއެވެ. ހައިކަލްވެސް ހެޑްސެޓް ޖަހާއިގެން އިނީ ހައިފާ އާއި ވާހަކަ ދައްކާށެވެ. ޒާޔަން އެ ތިން މީހުންނަށް ބަލާލުމަށްފަހު އޭނާގެ ފޯނަށް ބަލާލިއެވެ. އެއަށްފަހު މެސެޖެއް ޓައިޕް ކުރަން ފެށިއެވެ.

“ހޭ ލަވް…” ވައިބަރ އިން ޖުމާނަ އޮންލައިން ވެފައި އިނީމާ ޒާޔަން މެސެޖެއް ފޮނުވާލިއެވެ.

“ހޭ.. ޒާން.. ކީއްކޮށްލަނީ.. އައި މިސްޑް ޔޫ.. ހަމަ ވެއިޓް ކޮށް ކޮށް އިންދާ މެސެޖް އެއައީވެސް..” ޖުމާނަ ރިޕްލައި ކޮށްލިއެވެ.

“ކަމެއް ނުކުރަން ޖުމް އާއި ޓޯކް ކުރަނީ.. އެހެންތަ އައި މިސްޑް ޔޫ މޯރ… ހެހެހެ ކިހާ މޮޅު ދޯ..؟”

“ޔަޕް.. އަޅެ ކީއްވެ މެސެޖް ތިކުރީ.. ތޯޓް ޔޫ ވިލް ކޯލް މީ..”

“ޔާ ބަޓް ކޯލް ކޮަށްލުމަށްވުރެ ބިޒީ އޭ.. ބައިދަވޭ މާދަން އެއީ ކޮން ދުވަހެއްކަން އިނގޭތަ؟”

“21 އެއްނު.. ކިހިނެއްވީ؟ P: ”

“ކަމެއް ނުވެއެއްނު… ހޭ ވިލް ޓޯކް ޓު ޔޫ ލޭޓަރ އިނގޭ.. ބައި.. ލަވް އެން މިސް..”

“އޯކޭ ލޯބިވާ… އެލް އެން އެމް..”

ޒާޔަން ކިތަންވެ ވާހަކަ ދައްކާ ހިތްވެފައި ހުއްޓަސް އޭނާގެ ހިތްވަނީ ނުތަނަވަސްވެފައެވެ. އެހެންކަމުން ވާހަކަ ކުރުކޮށްލިއެވެ. ޖުމާނަ ގެ ގައިގައި ބީހިލާނެ ވަގުތު ވާނެ އިހްސާސް އޭނާއަށް މިހާރުވެސް ކުރެވެން ފަށައިފިއެވެ. ޖުމާނަ އާއި ކައިރިވަމުން ދިޔަ އިހްސާސް އެއް އޭނާއަށް ވިއެވެ. ހިނިތުންވެލައިގެން ތަރުފާލެއްހެން އޮތް މަޑު ކަނޑަށް ބަލަން އިނީ އާޝޯހުވެފައެވެ.

މަންޒިލަށް ގޮސް ލޯންޗް ހުއްޓުމާއި އެކު ހައިކަލްއާއި ޒާޔަން ތެދުވެލިއެވެ. “ބައި ބުރޯ.. މައި ސަލާމް.. ޓޭކް ކެއަރ އިނގޭ.. ބީ އިން ކޮންޓެކްޓް..” ޒިޔާން ޒާޔަންގައިގާ ބައްދާލަމުން އެހެން ބުނެލިއެވެ. “ތެންކްސް.. ޔާ ބައި..” ޒާޔަން ލޯންޗުން ފައިބާލަމުން އެ ރަށު ބަނދަރަށް އެޅި ފުރަތަމަ ފިޔަވަޅާއި އެކު ހިތުގެ ވިންދު އަވަސްވިއެވެ. ފުން ނޭވައެއް ފަޒާގެ ތެރެއަށް ދޫކޮށްލެވުނީ އިހްތިޔާރަކާ ނުލައެވެ. ލޯންޗް ފުރަންދެން އެތާނގާ އެދެމީހުން ތިބީ އެ ރަށުން ފެންނަ މަންޒަރުތަކަށް ބަލާލާށެވެ. މި މަންޒަރު ތަކަކީ އެމީހުންނަށް މުޅިންވެސް އާ މަންޒަރުތަކެކެވެ. “ޑޫޑް.. ދިސް ޕްލޭސް އިޒް ސްޕާބް…” ހައިކަލް އެހެން ބުނެލުމުން އާގަމަވެފައި ހުރި ގޮތަކަށް ޒާޔަންވެސް އާއެކޭ ބުނެލިއެވެ. “ދެން އޮތީ ޖުމް. އޯ ގޯޑް ހައިކް… މައި ހާޓް އިޒް ބީޓިންގް ސޯ ފާސްޓް.. އަދި ނުވެސް ބުނަން.. ކިހިނެއް އޭނާ ހޯދާނީވެސް ދޯ؟” ޒާޔަން އޭނާގެ ހިތުގެ ހާލު ބަޔާންކޮށްލިއެވެ. “ސަރ ބުންޏެއްނު ހަމީދެއްގެ ވާހަކަ.. އޭނައަށް ގުޅާބަލަ.. ބުނޭ އަވަހަށް އަންނާށޭ.. އާނ އަދި އޭނަ ކައިރި އަހާލީމަ އިނގިދާނެ އެއްނު މަޖުނޫންގެ ލައިލާ އުޅޭތަންވެސް.” ހައިކަލް ޒާޔަން ހިތްހަމަ ޖައްސާލިއެވެ. ދެމީހުންވެސް ކޮނޑުގައި އަޅުވާލެވިފައިވާ ދަބަސް އިށީނދެ އިން ބުރު މަތީ ބެހެއްޓިއެވެ. ހަމީދު އަންނާނެ އިރެއްވަންދެން އެތާ އިށީނދެލުމުގެ ބޭނުމުގައެވެ. އިރު އޮއްސި އަނދިރިވާން ކައިރިވެފައި ވިއެއްކަމަކު  މީހުން މަދެއްނޫނެވެ. މާލެހާ ހަލަބޮލި ނޫނަސް މީވެސް އާބާދީ ބޮޑު ރަށެކެވެ.

ހަމީދު ޓެކްސީއެއްގައި އައިސް ބަނދަރަށް މަޑުކޮށްލުމަށްފަހު ޒާޔަންއަށް ގުޅާލިއެވެ. ޒާޔަން ފޯނު ނެގުމަށްފަހު ހަމީދު ބުނި ދިމާލަށް ދިޔައީ ކާރު ފެންނަން ފެށީމައެވެ. ދެމީހުންވެސް ގޮސް ކާރަށް އަރަ ހަމަޖެހިލިއެވެ. “ޒަޔާން ދޯ؟؟؟” ހާމިދު ކުރީ ސީޓްގައި އިށީނދެ އިނދެ އަހާލީ ޑްރައިވަރު ގާތު ދާންވީ ތަން ބުނެފައެވެ. “ނޫން.. ޒާޔަން..” އަދަބުވެރިކަމާއި އެކު ޒާޔަން ބުންޏެވެ. “އެހެންތަ ހެހެ.. ޒާޔަން އުޅެން ހުންނާނީ މިސްކިތާއި އެހާ ދުރުނޫން ގެއެއްގައި.. އެ ގޭގަ މިވަގުތު އުޅޭނީ ހަމައެކަނި ތިދެމީހުން.. އެއީ ހަތަރު ކޮޓަރީގެ ތަނެއް.. ދެން ހުރި ދެ ކޮޓަރިއަކީ އެގޭގެ ވެރި މީހުންގެ ކޮޓަރި.. އެމީހުން ޗުއްޓީއަށް ބޭރަށް ޖައްސާލަފައި  ވީ.. ޒާޔަންމެން ޖެހޭނެ އެގޭގައި އުޅޭއިރު އެގޭގެ އެއްޗިއްސަށް ރައްކާތެރިވާން.. ދެން ގެއަށް ގޮސް ކިޔާލަ ދޭނަން އޭރުން އިނގޭނީ” ހިތްހެޔޮ ކަމާއި އެކު ހަމީދު އެހެން ބުނެލީ ނަސޭހަތެއް ދިންފަދަ ގޮތަކަށެވެ. “ލައްބަ” ޒާޔަން ރައްދުގައި އެހެން ބުނެލިއެވެ.

ފަސްވަރަކަށް މިނެޓްގެ ދަތުރަކަށްފަހު ދާން އޮތް މަންޒިލަށް ދެވުނެެވެ. އެއީ ބޮޑު ގެއެކެވެ. ގޭގެ މައި ދޮރު ހުޅުވާލުމާއި އެކު ހައްދާފައި ހުރި މާ ގަސްތަކުގެ ވަސް ނޭފަތުގައި ހިފާލިއެވެ.  ކުޑަ ބަގީޗާއެއް ކަމަކު އެތަން ފުރިފައި ވަނީ އެކި ވައްތަރުގެ ގަސްތަކުންނެވެ. “މީ ކުއްޔަށް ދޫ ކުރާ ދެ ކޮޓަރި.. އެ ދެކޮޓަރި އެއީ މިގޭ ވެރިންގެ. ދެން މިހިރަ ދޮރުން ވަދެގެން ހުޅުވޭނީ ކުއްޔަށް ދޫ ކުރާމީހުންގެ ބަދިގެ…ވެރިން ކައްކާނީ އެހެން ބަދިގެއަކު.. ދެން މީ ހަމައެކަނި އުޅެވޭނެ ތަންކޮޅަކީ.. ކޮންމެހެން މިތާ ނުކެެއްކިޔަސް މައްސަލައެއްނޫން ހޮޓާ ހުންނާނެ ބައިވަރު.. ދެން ބުނެލަން އޮތީ މި އެއްޗެއްސަށް އަމާނާތްތެރި ވަންޗޭ.. މީ ބޭބެގެ ވަރަށް ގާތް ރަހުމަތްތެރިއެއްގެ ގެއެއް.. އެމީހުން ނެތީސް މިގެ ކުއްޔަށް ދުލެއް ނުކުރޭ އެކަމު ބޭބެ ޒާޔަންގެ ބައްޕައަށް ކުރާ އިތުބާރުގެ ބޮޑުކަމުން މިކަން މިކޮށްދިނީ…. ހީކުރަން ކިޔަމަންވާނެކަމަށް..” ހަމީދު އަނެއްކާވެސް ނަސޭހަތްދިނެވެ. “ލައްބަ.. އަޅުގަނޑުމެން މިއަށް ރައްކާތެރިވާނަން.. އަޅުގަނޑުމެން މިތާ އުޅޭނެ ހަމައެކަނި ބޭނުމީ ނިދާލާ ފެންވަރާ ހަދާލަން.. އިތުރުކަމެއް މިގޭތެރެއަކުން ބޭނުމެއްނުވޭ..” ޒާޔަން އެހެން ބުނެލިއެވެ. ހައިކަލްވެސް އެއްބަސް ވުމުގެ ގޮތުން ބޯ ޖަހާލިއެވެ.

ދެން އިވުނީ ބަންގި ގޮވިއަޑެވެ. “ބޭބެ. .އަޅުގަނޑުމެން ރެޑީވީމަ ދާން މަޑުކޮށްލަންވީނޫންތޯ.. މިސްކިތަށް ދާން އިނގޭނެ އެއްފަހަރު ދިޔައީމަ..” ޒާޔަން ދަބަސް ހިފައިގެން ކޮޓަރިއަށް ވަންނަމުން އެހެން ބުނެލިއެވެ. އެއާއި އެކު ހަމީދު ސޯފާގައި އިށީނދެލީ އެންމެ ރަނގަޅޭ ބުނަމުންނެވެ.

……

“އަސްލުވެސް ވަރަށް ކައިރި ދޯ މިސްކިތް… ދެން އިނގޭނެ އަންނަން.. ކީކޭ ބުނަނީ ހައިކް.؟” ޒާޔަން މިސްކިތުން ފައިބައިގެން އަންނަމުން ބުނެލިއެވެ. “އާނ.. އަނެއްކާ މީނި ހޮޓާ. ފަސޭހައެއްނު…” ކައިރި އިން ހޮޓަލަކަށް އިޝާރާތް ކުރަމުން ހައިކަލްވެސް ޒާޔަންގެ ބަހަށް ތާއިދުކުރިއެވެ.

“ބޭބެ.. މިރަށުގަ އުޅޭތަ ޖުމާނަ ކިޔާ ކުއްޖެއް؟” ވަރަށް ހިތްވަރާއި އެކު ޒާޔަން އަހާލިއެވެ. “ކޮން؟ ފަހުމާ ގޯތި ތަ؟؟” ހަމީދު އަހާލިއެވެ. “އާދެ… އެގޭ ކުއްޖާ..” ޒާޔަން ހިތްނުތަނަވަސްވެފައިވާ ހާލު އެހެން ބުނެލިއެވެ. “އާނ.. އޭނަ އުޅެނީ މިތާ ކައިރީގައި ހަމަ… ދިހަވަރަކަށް މިނެޓުން ދެވޭނެ އެގެއަށް…” ހަމީދު ބުނެލިއެވެ. “އަޅުގަނޑަށް ބުނެދެއްވަންވީ ނޫންތޯ އެގެ އިންނަ މަގު.. ބޭބެ އަކަށް އަބަދަކު އަޅުގަނޑުމެން ގޮވައިގެން ނުހިނގޭނެ ދޯ” ޒާޔަން އަނެއްކާވެސް އަހާލިއެވެ. ހައިކަލް އެވަގުތު ހުރީ ޒާޔަންގެ މޫނުމައްޗަށް ބަލާށެވެ. އޭނާ އަށް ވަމުންދާ ކަންތަށް ރަނގަޅަށްވެސް ހައިކަލް އަށް އިނގުނެވެ. “އާން.  އެންމެ ފަސޭހަގޮތް ބުނަން.. ހާފިޒް އެ ކުއްޖާގެ ބައްޕަ ހިންގާނެ ފިހާރައެއް އެ ފިހާރައާއި ޖެހިގެން ހުންނާނީ މަޑު ނޫ ދަވާދު ލާފަ.. އެ ފިހާރައަށް ކިޔާނީ ލިމިޒީ.. އެ ފިހާރާގެ ކަނާއަތަށް ހުންނާނީ އެގެ..” ހަމީދު  އެގެ ހުންނަތަން ތަފްސީލުކޮށް ކިޔާލަ ދިނެވެ. ޒާޔަން ހިތްހަމަޖެހުނެވެ. “ޝުކުރިއްޔާ ބޭބެ..” ހަމީދު ދާން ހެދުމުން ޒާޔަންއާއި ހައިކަލް އެއްފަހަރާ ބުނެލިއެވެ.

“ޔެސް…!!” ޒާޔަން އެހެން ބުނެލިއެވެ. ހައިކަލްވެސް އޭނާގެ އުފަލުގައި ބައިވެރިެލުމުގެ ގޮތުން ގޮނޑުގައި ޖަހާލިއެވެ. “ސޯ ކިހިނެއް ހަދާނީ؟؟ މާދަމާ އެއްނު ޑޭ އަކީ.. ދެން؟؟”  ހައިކަލް އެހެން ބުނެލީ މަގުމަތީގައި އޮތް ޖޯއްޔެއްގައި އޮށޯވެލަމުންނެވެ. އަދި ފޯނު ނަގާ ވައިބަރ ހުޅުވާލަމުންނެވެ. “އާން.. ގެނައިން ރިންގް އެއް އައި މީން ޕްލޭން ކުރީ މިގޮތަށް.. އޭނަ ގެއިން ނެރޭނީ ކޮންމެވެސް އެއްޗެއް ކިޔާފަ 12 ހާއިރު ދެން ޓަޑާ އައި ވިލް ބީ ދެއަރ… ހެހެހެ އެކަހަލަ ގޮތަކަށް ރޭވީ..” ޒާޔަންވެސް އޭނާގެ ފޯނު ނަގާލަމުން އެހެން ބުނެލީ ހިނިގަނޑަކާއި އެކީގައެވެ. “ކޮންމެ ކަމެއް ކުރިޔަސް އައި ވިލް އޯލްވޭސް ހެލްޕް ޔޫ…” ހައިކަލް އެހެން ބުނެލިއެވެ. ޒާޔަން ހިނިތުންވެލިއެވެ. “ތެންކްސް ޑޫޑް..”

“ހޭ…” ޒާޔަން ޖުމާނައަށް ގުޅާލިއެވެ.

“ހޭ..” ޖުމާނަ ވެސް އެހެން ބުނެލިއެވެ ދެމީހުންގެ ހިތަށް ނޭނގޭ ހަމަޖެހުމެއް ލިބުނެވެ. ހީވީ ގަރުނެއްފަހުން އަޑު އިވުނުހެންނެވެ. ޒާޔަން މިއަދު ބިޒީކޮށް އުޅުމުގެ ސަބަބުން ޖުމާނައަށް ނުގުޅައެވެ. ކުރަނީ މެސެޖެވެ.

“ކޮންތާކުތަ ލަވް؟”

“މިހިރީ ފަހަތުގަ.. ހަހަ”

“އޭނ…!” އެހެން ބުނެލުމަށްފަހު ކުއްލިއަކަށް ޒާޔަންއަށް ފަހަތަށް ބަލާލެވުނެވެ. ފަހަތުގައި ހުރީ ފާރެވެ. ޒާޔަންގެ އެ ހަރަކާތުން ހައިފާއާއި ވާހަކަ ދައްކަން އޮތް ހައިކަލް ވެސް ސިއްސައިގެން ދިޔައެވެ. “ކިހިނެއްވީީ؟؟؟؟” ހައިކަލް އަހާލިއެވެ. ޒާޔަން ދެފަރާތަށް ބޯ ހަރަކާތްކޮށްލިއެވެ. އެއަށްފަހު ހަމަޖެހިލިއެވެ.

“ހަހަހަ ކިހިނެއްވީ؟؟ ހީކުރީ ފަހަތުގައި ކަމަށްތަ؟؟”

“ޕިސް އަސްލުގަވެސް ހަމަ ދެންމެ ސިއްސައިގެން އެ ދިޔައީ އިނގޭ ލަވް.. އެކަހަލަ ކަންތަށް ނުވާނެ އެއްނު ކުރާކަށް..”

“އަޅޭ ސޮރީ ލޯބިވާ… ހެހެ.. ވާހަކައެއް ބުނަންތަ؟”

“ވާހަކައެއް ބުނަން މިހާރު އަހަންވެސް އަހަންތަ؟ ދެން ބުނެބަ”

“ޓުޑޭ އަމް ފީލިންގް ލައިކް ޔުއަރ ވެރީ ނިއަރ ޓު މީ ލައިކް ސީރިއަސްލީ!!! ކުރިން މިކަހަލަ ފީލްއެއް ނުވޭ ބަޓް ނައު… ޑޯން ނޯ ދެން.. ހެހެހެ..”

“އެހެންތަ؟ ޒާން އަބަދުވެސް ހުންނާނީ ޖުމް ކައިރީގައޭ… މިހާރުވެސް މިހުރީނު…”

“ޔާ ބަޓް ސްޓިލް ސަމްތިންގް އިސް ސްޕެޝަލް ޓުނައިޓް.. ހެހެހެ އެނީވޭސް ގޭގަތަ؟”

“ނޫން ގެއަކު ނޫން.. ބޭރުގަ..”

“އޯ..އިނގޭތަ އެއްކަލަ މޮޔަ މީހާ ގަނޑުއާއި މިއަދު ދިމާވި.. އެ  ކުޅުދުއްފުށި އަށް ގޮސް އޯ މިއައީ.. ޖުމާ އެހީކީވެސް ނޫނޭ.. ދެން އައީ ދިމާލަށް.. ޖުމާ އަވަހަށް ވަނީ އެތެރެއަށް. މިހާރު ކުރިއަށް ވުރެ ބޮޑަށް ބިރުގަނޭ އޭނަ ދެކެ.. އަރގްގްގް…”

“އޭނަ އަތު ޖެހުނު ދުވަހަކުން………”

“ޕިސް ހޭއި އިނގޭތަ ޖުމާ ހިތަށް އެރީ ޒާން އަޅެ ކައިރި ހުރި ނަމައޭ އެވަގުތު… އައި ވިޝް ޔޫ ވެއަރ ހިއަރ ޓް ޕްރޮޓެކްޓްމީ.. އެކަމު ދެން އިން ޝާ ﷲ މާ ގިނަ ދުވަހެއް ނުވާނެ ދޯ…؟”

“މިހާރު މިހުރީނު ޖުމް ކައިރި.. އެން ވިލް އޯލްވޭސް. އެންޑް ޔާ ދެން މާ ގިނަ ދުވަހެއް ނުނަގާނަ… ވީ ވިލް ބީ ވިތް އީޗް އަދަރ ސޫން…”

“އަޅޭ.. ލަވް ޔޫ ޒާން..”

“އައި ލަވް ޔޫ މޯރ ބޭބީ….”

ދެމީހުންގެ ވާހަކައިގާ ވަގުތު ދިޔަލެއް އަވަހެވެ. އިޝާއަށް ގޮވުމުގެ ކުރިން ޒާޔަން ފޯން ބޭއްވިއެވެ. އަދި ހައިކަލް އާއި ޖެއްސުން ކުރަން ފެށިއެވެ. ބަންގި ގޮވާ ނިމުމާއި އެކު ހެން ދެމީހުންގެ މިޝްރާބް ހުރީ މިސްކިތަށެވެ. މިސްކިތް މަގު ދެނެގަންނާކަށް މާ އުނދަގުލެއް ނުވިއެވެ.

ނަމާދުން ފައިބައިގެން އެދެމީހުން ވަނީ ކައިރީގައި ހުރި ހޮޓަލަކަށެވެ. ބަނޑު ފުރާ ކާލައިގެން ދެމީހުން ގެއާއި ދިމާލަށް ދިޔައީ ވެފައި ހުރި ވަރުބައްޔެއްގެ ސަބަބުންނެވެ. ހައިކަލް ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެލުމާއި އެކުހެން ނިދި ލޮލަށް ސަވާރުވެ ނިދީގެ ދާނަށް ފުންމާލިއެވެ.

ނަމަވެސް ޒާޔަންއަކަށް ނުނިދުނެވެ. އެންމެފަހުން އޭނާ ނިކުމެގެން ދިޔައީ ޖުމާނަ ގެ ހޯދާށެވެ. 12 ޖަހަންދެން އެގޭކައިރި އުޅެލުމަށެވެ. މިއަދު އޭނާއަށް ޖުމާނަ ފެންނާނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތެވެ. އޭނާގެ ހިތް އަވަސްވިއެވެ. ހަމީދު ބުނި ގޮތަށް ހިނގާލާފައި ގޮސް ދެން އެޅުނު މަގުގައި ހުއްޓިލެވުނެވެ. ދެން ދާންވީ ދިމާލެއް ނޭނގުނެވެ. އެހެންކަމުން މަގުގެ އަނެއްފަޅިއަށް ދާންފެށީ މީހަކު ކުރެން އަހާލަންށެވެ.

“އައްސަލާމް އަލައިކުމް.. ލިމިޒީ ފިހާރަ އިންނާނީ ކޮންތާކުތޯ؟” ޒާޔަން މަގުމަތިން ފެނުނު ދެބައި އުމުރުގެ އަންހެނަކާއި ސުވާލުކޮށްލީ އޯގާތެރިކަމާއި އެކުގައެވެ.

“ވައަލައިކުމުއްސަލާމް.. މި މަގުން ކަނާތަށް އަޅާފަ ހުރި ސީދަށް ހިނގާފައި ގޮސް އެންމެ ފުރަތަމަ އިން ކަނާއަތަށް އަޅާނީ ދެން ތަންކޮޅަކަށް ހިނގާލީމަ ފެންނާނެ އެ ފިހާރަ. ވައިމަތީގެ މަގު އެއީ..” އެ އަންހެން މީހާ މަގަށް އިޝާރާތްކޮށްލަމުން ބުނީ އަނގައިގައި ހުރި ރަތް ކުޅުގަނޑު މަގުމައްޗަށް ޖަހާލާ ފަސްއަޅާލަމުންނެވެ.

“ޝުކުރިއްޔާ..” ޒާޔަން ޝުކުރު އަދާ ކުރުމަށްފަހު ހިނގައިގަތެވެ.

“މިމަގުން ރައިޓް އެން ދެން ފަސްޓް ރައިޓް އޯކޭ!!…” ފުން ނޭވައެއް ދޫކޮށްލަމުން ހިތާ ހިތުން ޒާޔަން އެހެން ބުނެލިއެވެ. އެއަށްފަހު އެ ދިމާލަށް ހިނގައިގަތެވެ. ވައިމަތީގެ މަގަށް އެޅިލުމަށްފަހު އެ ހުރި ގޮތަށް އިރުކޮޅަކު ހުރެވުނެވެ. އެމަަގުގައި ހޮޅިބުރީގެ އަލި އަދި ފިހާރައިން އެޅެމުން އަންނަ އަލި ފިޔަވާ އައްޔެއް ނެތެވެ. އެ މަގުގައި މާގިނަ ގެތަކެއް ނެތެވެ. ހޮޅުބުރީގެ އަލި ނޭޅޭ ހިސާބު އެއްކޮންހެން ވަނީ އަނދިރިވެފައެވެ. މީހަކު ހުއްޓަސްނޭނގޭފަދައެވެ. މިކަހަލަ ތަންތަންވެސް ހުރޭބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. ފާޑަކަށް ނާމާން މަގެއްހެން ހީވިއެވެ. މީހަކު ވެސް ފެނިނުލައެވެ. ޒާޔަން އޭނާގެ ހިތާއި ދިމާލަށް ވާ ގޮތަށް މޭގައި އަތްލީ އެހިތް ތެޅޭވަރުން އޮބި ނޯންނާތީއެވެ. ލައިގެން ހުރި ނޫ ކުލައިގެ ސޯޓްގެ ދެ ޖީބަށް އަތް ޖަހާލައިގެން ލަސް ހިނގުމެއްގައި ހިނގާފައި ދިޔައެެވެ. އޭނާ ހުރި ހިސާބު އެއްކޮށްހެން އަނދިރިވެފައި އޮތީ ފިހާރައިގެ އަލިވެސް އަދި ހޮޅިބުރީގެ އަލިވެސް އެހިސާބަށް ނުފޯރާތީއެވެ.

-ނުނިމޭ..-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

އެދެނީ މަޢާފް

Next

ދޭނަން ހިތާ ޖާނާ..! 7ވަނަ ބައި

Next
January 30, 2016

ދޭނަން ހިތާ ޖާނާ..! 7ވަނަ ބައި

Previews
January 29, 2016

އެދެނީ މަޢާފް

26 Comments!

  1. Ryn says:
    January 29, 2016 at 4:38 pm

    hi guys.. hre is the nxt prt of the stry… hykuran rythi vaane kamah.. thnkx fr readin.. enjoy 😉 😉

    1. nija says:
      January 29, 2016 at 10:32 pm

      i feel this stry is based on your life. m i ryt. anyway nice stry.

    2. ryn says:
      January 30, 2016 at 7:53 am

      hehehe may b… kind a.. its all abt my dryms i myn thes r the things which i wnt happn so yrh i cn say tht its bsd on my lyf… thnkx fr readin.. ???

  2. elsa says:
    January 29, 2016 at 4:46 pm

    yeyyyy story up v o , hama bala balaa indhaa thi up kury , wow , jst wow , wow , woww , wowwwwwww

  3. isha.. fathun says:
    January 29, 2016 at 5:03 pm

    Ey ryn vvvvv nice.. seriusly i luv it.. wen nxt prt. Xaayan hiy thelheyhaa bodah magey hiy vs now thelhey eba.. avahah up kohdhehche

  4. elsa says:
    January 29, 2016 at 5:03 pm

    btw , m first , dhen vaany kihineh baa , ??? m curious , avahah up koh dhehchey igea .

  5. ina says:
    January 29, 2016 at 5:09 pm

    Wowwwwww rynnnnnn…alheyyyy haadha nice ey mi stry……… that pi vx. v nice…hama xaayan thr einy pic ga?????hehe….miss u alott..tc

  6. ina says:
    January 29, 2016 at 5:10 pm

    Wowwwwww rynnnnnn…alheyyyy haadha nice ey mi stry……… that pic vx. v nice…hama xaayan thr einy pic ga?????hehe….miss u alott..tc

  7. Maalu says:
    January 29, 2016 at 5:26 pm

    Wowwwwwww???? this story is awsome……?? when is the next part????.
    Waiting……. Wow wow wow ?

  8. dhon says:
    January 29, 2016 at 5:28 pm

    Kon dhuvas thakehga up vany? Mahaku eh faharu tha?

  9. naaanu says:
    January 29, 2016 at 6:03 pm

    varaaaaaaaaaah salhiiiiiiiiiiii….din din vey eba naanuge hiyyves….jumaa fennaane baaaa ….dhoooo?????alheyy waiting for the next part impatiently….L N M ryyn ????

  10. lai says:
    January 29, 2016 at 6:38 pm

    woww rynnn .. hama v rythiiiiiiiiiiiiiiiiiiiiiiii .. u knw wht i jst love it .. hyvany mi stry dheke loabi vevuny hen 😛 hehehehe ..its really nice .. alheyyy dhn vaa gotheh balailan keh madhu vefa mi hury .. plxx aneh bai avahah up kohdhehchey rynuuu .. eagerly waiting .. love u n miss u ryn 🙂 😀 😉

  11. lai says:
    January 29, 2016 at 6:39 pm

    hehehe n yah pic vess v nice .. zeyn dhw pic ga eyny … woww v rythi .. 😉

  12. Zaanaa says:
    January 29, 2016 at 7:16 pm

    Khonerakun next part v reethi story

  13. Aal says:
    January 29, 2016 at 7:31 pm

    Great job ryn.. v nice mi partvx.. lai bunaahen hyvany story dheke loabi vaahen n kiyaanimey iru hyvany vaahakaga ulhefa aadheveyhen… waiting for the next part… asluvx v touching ryn ge stories thah…. n waiting waiting.. neynge nidheyne kamehvx kiyaa hithun. So dont take much time..

  14. Aimsithu says:
    January 29, 2016 at 8:06 pm

    Alhe jum aa dhimaa nuvanys vaahaka mireyah nimmaaly tha.. when is nxt part…

  15. nukko says:
    January 29, 2016 at 8:07 pm

    Heyy flower….. varaah rythi mi part vs… n haadha lwbinney e vaahaka dhakkany dw 😛
    hahhahaha n v salhi… xaayan ehi goii adhi jumaana ge ge kbaa hey haha I can imagine him… 😛
    v v v salhi mibai… cant wait aneh bayah… avas kurachey inge… im luvin it n miss u n luv u… tc

  16. misty says:
    January 29, 2016 at 8:12 pm

    Awsome.. Mi bai vx varah salhi.. Whn nxt prt?

  17. Faxoo says:
    January 29, 2016 at 8:14 pm

    Ryyn.. 🙁 why mi vaahakaiga ulhey Fazna kiyaa kujjeh gos kury 🙁 🙁 🙁
    pls name change kolla ingey i feel so bad 🙁
    anyways story is amazing 😀

  18. raany says:
    January 29, 2016 at 8:50 pm

    wah wah!!!! stry v reethi. kiyaa hithun keh madhu vefa meeny hama. whn nxt prt…..

  19. Ryn says:
    January 29, 2016 at 9:18 pm

    thnkx al.. in sha allah tmrw nxt prt up kh dheynan.. n m sry haadha lwbiney up nukurevunyma. m vry bxy miadhu bt hama tym libuny mi stry up kury cx i said miadhu up kuraanamey… n haadha lwbinney jeheyny rechck kurn vx ehnve.. i dnt evn hve tym to reply to the cmmnts. m sry all.. bt thnkx fr readin.. n enjoy… n thnkx fr the swyt cmmnts.. 😉

  20. ifaA says:
    January 30, 2016 at 9:34 am

    knirakuthrr nxt part miadhu kihaairaku vrnyy

  21. Rifaa says:
    January 30, 2016 at 10:01 am

    Breath
    Taking ……. when is nxt part,
    +♡♡♡♡♡♡

  22. princess lily says:
    January 30, 2016 at 10:57 am

    alhey.. kiyaalaahithun mihaaru mihiry.. kihinehbaaey vaany.. edhemynun dhimaavaanetha..? stry v nyc

  23. Luyoona says:
    January 30, 2016 at 11:11 am

    wow dhen alhe kon irakun ta next part

  24. mary says:
    January 30, 2016 at 11:59 am

    Wow….v rythi …..next part up kurani knirakun…..

Comments are closed.

Next Episodeމިވަނީ ލޯތްބޭ.. 3←


All Right Reserved!