Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މިވަނީ ލޯތްބޭ.. 3

Ryn
January 30, 2016
5 Mins Read
18 Comments

 

އޭނާގެ ހިނގުމަށް ބަދަލެއް އައީ މަގުގެ އެއްފަރާތުން ދުވެފައި އައި އަންހެންކުއްޖެއް ފެނިފައެވެ. އަޅައިގެން ހުރި ބުރުގާ ބޮލުން ނައްޓާލަ ފާނެހެންވެސް ހީވިއެވެ. އެހާވެސް އޭނާގެ ދުވެލި ބާރެވެ. އެ އަންހެންކުއްޖާ ދުވެފައި ދިޔަ ދިމާލަށް ޒާޔަންއަށް ހުރެވުނީ ބަލާށެވެ. އަނދިރިކަމުން އެ ކުއްޖާއެއް ރަނގަޅަކަށް ނުފެނުނެވެ. ދެން ފެނުނީ ބިޔަ ހަށިގަނޑެއް ލިބިފައި ހުރި މީހެކެވެ. އެދެމީހުންނަށްވެސް ޒާޔަން ނުފެނުނީ ކަންނޭނގެއެވެ. އަންހެން ކުއްޖާ ދުވެފައި ގޮސް އަޅަން އުޅުނު ގޯޅި ކައިރި މަޑުކުރަން މަޖުބޫރުވީ އެ ފިރިހެން މީހާ އައިސް އެ އަންހެންކުއްޖާގެ އަތުގައި ހިފައިގަނެފާ ދަމައިގަތުމުންނެވެ. ޒާޔަންއަށް ހުރެވުނީ އެދިމާ ބަލާށެވެ. ވާ ގޮތް ބަލާފައި ނޫނީ ކަމެއް ކުރަން އޭނާ ފަސްޖެހުނެވެ. ޒާޔަން ތަންކޮޅެއްބޮޑަށް ޒާޔަން ހުރި ދިމާ ފާރާއި ކައިރިވެލީ އޭނާ ހުރިކަން ނާންގަންވެގެންނެވެ. އޭނާގެ ކުރިމަތީ ކަނާތަށް ވާ ގޮތަށް އޮތް އަނދިރި ފަޅީގައި އެ ދެމީހުން ތިއްބެވެ. އަންހެއްކުއްޖާ ގެ މަޑު ގިސްލުމުގެ އަޑު އިވެން ފެށިއެވެ.

އެއަޑާއި އެކު ޒާޔަންގެ ހިތް އަވަސްވިއެވެ. ނަމަވެސް އަދިވެސް ކެތްކޮށްލައިގެން ހުރީ ވާނުވާ ބަަލަންށެވެ. އެ ފިރިހެން މީހާ އަންހެންކުއްޖާ ފާރާވާގޮތަށް ޖައްސާލުމަށްފަހު އޭނާގެ ކުރިމައްޗަށް އެރީ ދެން ދުއްވައެއް ނުގަނެވޭނޭ ބުނާފަދަ ގޮތަކަށެވެ.

“ހެޔޮ ނުވާނެ…. ދޫކޮށްލާ….” އިވިގެން ދިޔައީ އެ އަންހެންކުއްޖާގެ ފަރި އަޑުން އާދޭސް ކުރި އަޑެވެ. “ރީއްޗަށް ހުރޭ އެހެންނޫނީ………” އެ ފިރިހެން މީހާ ގެ އަޑު އިވިގެން ދިޔައީ ހޮނު ގުގުރިއެއް ފަދައިންނެވެ. އެހެންމީހަކަށް އެއަޑު ނުވެސް އިވެނީ ބާއޭ ޒާޔަން ހިތަށް އެރިއެވެ. އެއަށްފަހު ގޭގެއަށް ނަޒަރު ހިންގާލިއެވެ. ފިހާރައިން ފަށައިގެން އެކޮޅަށް އެއްކޮންހެން އޮތީ އަލިކޮށެވެ. މީ ފަޅުގެތަކެއް ކަންނޭނގެއެވެ.

އަންހެންކުއްޖާ ވަރަށް ބާރަށް ރޮއެ ގަތް އަޑުއިވުނެވެ. ޒާޔަންއަށް އިތުރަށް ކެތްކުރާކަށް ނުކެރުނެވެ. އެހެންކަމުން އެދިމާލަށް ދިޔައީ ގޮށް މުއްކަވައިގެން ހުރި ހާލުގައެވެ. “އޭތް…! މީ ކޮންކަމެއް؟؟؟؟” ޒާޔަން އެމީހާ ގެ ފުރަގަހުން އޭނާގެ ގިރުވާނުގައި ހިފާ ދުރަށް ލަމުން ބުނެލިއެވެ. އެ އަންހެންކުއްޖާގެ އަށް ބަލާލެވުނީ ޒާޔަންގެ މޫނަށެވެ. ރައްކާތެރިކަން އިހްސާސްވާން ފެށިއެވެ. އެ ފިރިހެން މީހާ ކައިރިއަށް އައި ރުޅީގައި ޒާޔަން ކޮށްޕާލިއެވެ. “ކަލެ އަކާ ނުބެހެވޭނެ..” އެމީހާ ބުނެލިއެވެ. އެއާއިއެކު ޒާޔަންގެ ރުޅި އިތުރުވެގެން ދިޔައެވެ. “ބެހެވޭތީ ދޯ މިވަގުތު މިތާ ހުންނާނީ… ކީއްކުރަނީތި؟؟؟” ޒާޔަން ރުޅިވެރިކަމާއި އެކު އެހެން ބުނެލިއެވެ. ޒާޔަންއަށް އެ އަންހެއްކުއްޖާއާއި ދިމާ ބަލާލެވުނީ ދެނެވެ. މާ ރީތިކޮށް އެ މޫނު ނުފެނުނު ކަމުގައިވިޔަސް އެ ދެލޮލާއި ދެލޮލުން ފައިބަމުން އައި ކަރުނަތަށް ރަނގަޅަށްވެސް އޭނާއަށް ފެނުނެވެ. އެދެލޮލުގައިވާ ސިހުމާއި ބިރުވެރިކަންވެސް ފެނުނެވެ. އާދޭހެއްވެސް އެކުލެވިފައިވާކަހަލައެވެ.

“އަހަރެން ކުރަން އާއި ކަންތަށް ހުއްޓުވަން ކަލޭ ތީ ކާކު؟؟؟” އެ ފިރިހެން މީހާ އެހެން ބުނެލީ ޒާޔަންގެ ގަމީހުގައި ހިފާ ބާރުކޮށްލަމުންނެވެ. “ހެވެއްނު ކޮންމެ މީހަކަސް… ހަނދާން ބަހައްޓާތި އޭނަ ގައިގަ ނުވާނެ އަތްވެސް ލައިގެން..” ޒާޔަންއަށް އެހެން ބުނެލެވުނީ ބޭ އިހްތިޔާރުގައެވެ. އެވަގުތު އޭނާގެ ހިތުގެ ކަނަކުން ޖުމާނަގެ ނަން ގޮވާލިކަން އިހްސާސްވިއެވެ. “އަހަރެން ކުރަން އައި ކަންތަށް ކުރިޔަ ދީ އެހެންނޫނީ ކަލެޔަށްވެސް އަދި މި މަންޖެއަށްވެސް ރަނގަޅެއް ނުވާނެ…” ޒާޔަން ކޮށްޕާލަމުން އެމީހާ އެހެން ބުނެލީ ޖުމާނަގެ ހަށިގަނޑާއި ކައިރިވަމުންނެވެ. ޖުމާނައަށް ރުއިމުގެ ތެރޭން މަންމާއޭ ގޮވާލެވުނެވެ. ޒާޔަންއަށް އަށް އެ އަޑު އިވުމާއި އެކު ހިތުގެ ވިންދު އަވަސްވިއެވެ. ޒާޔަން އެމީހާ ކޮށްޕާލީ އަތުގައި ހުރި ބާރެއްލާފައެވެ. އޭނާ ހުރީ އެކަމަށް ތައްޔާރު ނޫންކަމުން އޭނާ ގޮސް ޖެހުނީ ބިންމައްޗަށެެވެ. ޒާޔަން އެ ކުއްޖާގެ އަތުގައި ހިފައިގެން ދުވެފައި އަނެއްގޯޅިއަށް އެޅިއެވެ. އެ ފިރިހެން މީހާގެ އަންނަ އަޑުއިވުމުން ކައިރީގައި ހުރި ފަޅުގެއަކަށް ވަނީ އަޑެއްވެސް ނުލައްވާލައެވެ.

ޒާޔަން އެ ގޭ ތެރޭގައި ހަދާފައި ހުރި ކޮޓަރިއަކަށް ވަނެވެ. އެކޮޓަރެ ފާރުގެ އެއްބައި އޮތީ ހަތަރެސްކަނަށް ކަނޑާލާފައެވެ. އެހެންކަމުން މަގުމަތި ރީއްޗަށްވެސް ފެނެއެވެ. ޒާޔަން އެ ކުއްޖާ ގޮވައިގެން އެ ކުޑަދޮރުން ދުރަށް ޖެހިލާ ބިންމަތީގައި ފައި މައްޗަށް އިށީނދެލިއެވެ. އެ އަންހެން ކުއްޖާ އޭރު އަނގަ މަތީ އަތް އަޅައިގެން އިނދެ އޭނާގެ އަޑު ކޮންޓްރޯލް ކުރުމުގައި އުޅުނެވެ. އޭނާގެ ހަށިގަނޑުގައި މަޑު ތުރު ތުރެއް ހުއްޓެެވެ. ޒާޔަންއަށް އޭނާއަށް ވާނެވަރު ވިސްނާލިއެވެ. އެހެންކަމުން އެ ކުއްޖާ ކައިރި ދެން ނުރޯށޭ ބުނީ ވައި އަޑަކުންނެވެ. ނަމަވެސް އެ އަންހެން ކުއްޖާ ގަނެފައި ހުރި ބިރެއްގެ ސަބަބުން އެ އަޑުވެސް ނީވޭ ކަހަލައެވެ. ކުއްލިއަކަށް ޒާޔަންއަށް ތެދުވެވުނީ އެ ފިރިހެންމީހާގެ ހިޔަނި ކަނޑާފައި ހުރި ހިސާބުން އުޅުމުންނެވެ. އެ އަންހެން ކުއްޖާ ނަގާ ފާރާއި ދިމާލަށް ޖައްސާ އެ އަންހެން ކުއްޖާގެ ކުރިމައްޗަށް ވާގޮތަށް ހުއްޓިލިއެވެ. އެވަގުތު އެ އަންހެން ކުއްޖާ ލަމުން ދިޔަ އަވަސް ނޭވޭ ޒާޔަންގެ މެޔަށްއެޅެމުންދިޔައެވެ. އޭނާއަށް ތަފާތު އިހްސާސްއެއް ކުރިއެވެ. ޒާޔަން އަށް އެ އަންހެންކުއްޖާގެ ހިތުގެ ތެޅުންވެސް އިހްސާސްވިއެވެ..އިރުކޮޅެއްނުވެ އިވިގެން ދިޔައީ އެ އަންހެން ކުއްޖާގެ ގިސްލުމުގެ އަޑެވެ. ޒާޔަން އަވަސް އަވަހަށް އެ އަންހެން ކުއްޖާގެއަތް ދުރަށްލަމުން އޭނާގެ އަތް އެ ކުއްޖާގެ އަނގަމަތީ އަޅާލިއެވެ. އަދި “ޝްޝްޝް” އޭ ބުނެލިއެވެ.

އެ އަންހެންކުއްޖާ ގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ޒާޔަންގެ އަތު ގައި ޖެހި ވިރެމުންދިޔައެވެ. .އެ އަންހެން ކުއްޖާ ޒާޔަންގެ އަތުގައި ބާރަކަށް ހިފާލީ ސަލާމަތްކޮށްދޭށޭ ބުނާފަދަ ގޮތަކަށެވެ. ޒާޔަން އެ ކުއްޖާގެ ލޮލާއި ދިމާލަށް ބަލާލިއެވެ. އޭނާއަށް ގޮތް ނޭނގޭ އިހްސާސްއެއް ކުރެވުނެވެ. އެ ލޮލުގެ ތެރެއިން ވިދަމުން ދިޔަ ކަރުނަތަކަށް ބަލާލެވުނެވެ. އޭނާގެ ހިތް ހަމްދަރުދީއިން ފުރުނެވެ. ޒާޔަން ލޯ މަރާލީ ހަމަޖެހޭށޭ ބުނާފަދަ ގޮތަކަށެވެ. އެތަށް އިރަކު އެހެން ހުރުމަށްފަހު ޒާޔަން އެ އަންހެންކުއްޖާ ގޮވައިގެން ނިކުތީ އެމީހާ ދިޔަކަން ޔަޤީންކުރުމަށްޓަކައެވެ. މަގުމަތީގައި އެކަކުވެސް ނެތެވެ. “ނޫން..! އޭ..އޭނަ. އަން..ނާނެ..” އެ އަންހެން ކުއްޖާ ރުއިމުގެ ތެރެއިން އެހެން ބުނެލީ ޒާޔަން ކުރިއަށް ހިނގައި ގަންނަން އުޅުމުންނެވެ. އެ އަންހެއްކުއްޖާގެ އަޑު ވަނީ ކުރެހިފައެވެ.

ޒާޔަން އަށް އެގޭ ތެރެއަށް ވަންނަން މަޖުބޫރުވީ އެ އަންހެއްކުއްޖާގެ އާދޭހުގެ ސަބަބުންނެވެ. “އަސްލު އެއީ ކާކު؟؟” ޒާޔަން ހަމަޖެހިލަމުން އެހެން ބުނެލީ ވަރަށް މަޑުންނެވެ. އެ އަންހެން ކުއްޖާއަށް އެއަށްވުރެ ބޮޑަށް ރޮއެ ގަނެވުނެވެ. ޒާޔަން މަޑުމައިތިރިކަން އިހްތިޔާރު ކުރީ އޭނާއަށް ރޯލުމަށް ފުރުސަތު ދެމުންނެވެ. ހިތްހަމަޖެހޭނީ ރޯލުމުންކަން އިނގޭތީއެވެ. “ފޯ….ފޯނު ދެވި…ދާނެތަ؟؟؟” އެ އަންހެންކުއްޖާ އެހެން ބުނެލުމުން ޒާޔަން ލައިގެން ހުރި ސޯޓުގެ ޖީބުން ފޯނު ނަގައި އެ އަންހެން ކުއްޖާއަތަށް ދިނެވެ. އެ އަންހެން ކުއްޖާ ފަރިތަކަމާއި އެކު ނަމްބަރެއް ޖަހާލަމުން ފޯނު ކަންފަތުގައި ޖަހާލިއެވެ. ފޯނު އޮޓޯމެޓިކުން ކެނޑުނެވެ. ދެންވެސް އެ އަންހެންކުއްޖާ އެ ނަމްބަރަށް ގުޅާލިއެވެ. އެތަކެއްފަހަރު ގުޅުމުންވެސް ވަނީ ހަމަ އެހެންނެވެ. އިސްޖަހާލައިގެން ހުރެ  ޒާޔަންއަށް ފޯނު ހަވާލުކުރިއެވެ. “އެކޮޅުން ފޯނު ނުނަގަނީތަ؟” ޒާޔަން އަހާލުމުން އެ އަންހެން ކުއްޖާ ބޯޖަހާލިއެވެ.

“ކާކަށް ތި ގުޅީ..؟ މަންމައަށްތަ؟” ޒާޔަން އަނެއްކާވެސް އަހާލިއެވެ. އެ ކުއްޖާއާއި ވާހަކަ ދައްކާލާ ހިތްވާން ފެށުމުންނެވެ. އެ އަންހެން ކުއްޖާއާއި ކޮންމެވެސް ގުޅުމެއްވާކަން ޒާޔަންއަށް ހީވާންފެށިއެވެ. އެ ކުއްޖާ ދެފަރާތަށް ބޯ ހޫރާލިއެވެ. “ބީއެފް އަށް؟؟؟؟” ޒާޔަން އެހެން އަހާލިއެވެ. ބޭއިހްތިޔާރުގައެވެ. އެ ކުއްޖާ އެއްވެސް ހަރަކާތެއް ނުކޮށް އެ އިންގޮތަށް އިނުމުން ޒާޔަންއަށް ޖަވާބު ލިބުނެވެ. “އޭރު ދުވީ ކާކުތަ؟؟؟” ޒާޔަން އަހާލިއެވެ. ނަމަވެސް މިފަހަރުވެސް އެ އަންހެންކުއްޖާގެ ގިސްލުމުގެ އަޑު ފިޔަވާ އެހެން އަޑެއް ނީވުނެވެ.

“އޯކޭ ފައިން… ކޮބާ ގެ؟ ގެއަށް ލައިދެން ދަންތަ؟” ޒާޔަން އޯގާތެރިކަމާއި އެކުގައި އަހާލިއެވެ. އެ ކުއްޖާގެ ފަރާތުން ޖަވާބެއް ނައެވެ. “މިތާ ދެން އިންނަނީ؟؟؟” ޒާޔަން އަނެއްކާވެސް ސުވާލެއްކޮށްލިއެވެ. އެ އަންހެން ކުއްޖާ އާއެކޭ ބުނެލީ ބޮލުގެ އިޝާރާތުންނެވެ. “އިރު..ކޮޅެއް.. ވަންދެން ޕްލީސް އިނދެ..ވިދާނެތަ؟” އެ އަންހެން ކުއްޖާ މަޑުމަޑުން ބުނެލިއެވެ. ޒާޔަން އާއެކޭ ބުނެލުމަށްފަހު ފޯނު ނަގާ ގަޑި ބަލާލިއެވެ. އޭރު 12 ޖަހަން އުޅެނީއެވެ. އޭނާ ހަނދާންވީ ޖުމާނަ މަތިންނެވެ.

ޖުމާނައަށް ގުޅާލަން އޭނާ ލޮގް ހުޅުވާލުމާއި އެކު މޫނަށް ތަރި ތަރި ބުރައިގެންދިޔައެވެ. އެތަކެއް ފަހަރު އެ އަންހެން ކުއްޖާ ގުޅާފައި އޭނީ އިތުރު އެހެން މީހަކަށް ނޫނެވެ. ޒާޔަންއަށެވެ. ޒާޔަންގެ ނަމްބަރަށެވެ. އެ ނަމްބަރު ހިތުން ކިޔާލީ އަނެއްކާވެސް ޔަޤީންކޮށްލާށެވެ. “މީތާ ބީ އެފް ގެ ނަމް އަކީ؟؟؟” ޒާޔަން އެހެން އަހާލީ ފޯނުން ނަމްބަރު ދައްކާލަމުންނެވެ. އެ އަންހެންކުއްޖާ ބޯ ޖަހާލިއެވެ. “އޭނާ ފޯނު ރިންގް ވިތަ؟؟؟” ޒާޔަން އަހާލިއެވެ. “ނޫ..ން. ކެނ..ޑެނީ..” އެކުއްޖާ ބުނެލިއެވެ.

ޒާޔަންގެ ދެލޯ ބޮޑުވިއެވެ. އިތުރަކަށް ޔަޤީންކުރާކަށް ނެތެވެ. ކުރިމަތީ އެއިނީ އޭނާގެ ޖުމާނައެވެ. ސިންގާއެއްގެ ކައިރިން ސަލާމަތްކުރި އޭނާގެ ލޯބިވާ ޖުމާނައެވެ. އިރުކޮޅަކު ގަނޑުއަރާފައި ޒާޔަންއަށް ބަލަން އިނދެވުނެވެ.

“ޖު..ޖުމް..؟” އުނދަގުލަކުން ޒާޔަންއަށް އެހެން ބުނެލެވުނެވެ. އެއާއި އެކު ޖުމާނަ އިސްއުފުލާ ބަލާލިއެވެ. އަދި ޒާޔަންއާއި ހަތަރު ކަޅި ހަމަކުރީ ވާނުވާ ނޭނގި ހުރެއެވެ. މި ދުނިޔޭގައިވެސް އޭނާއަށް ޖުމް ގެ ނަމުން މުހާތަބު ކުރާނީ އޭނާގެ ލޯބިވާ ޒާޔަންއެވެ. ޖުމާނަގެ ހިތުގެ ތެޅުން އަވަސްވިއެވެ. “ޖުމް ތަ ތީ؟؟؟” ޒާޔަން އަހާލިއެވެ.

“ކާ.. ކާކު ތީ؟؟؟؟؟؟” ޖުމާނަ އެހެން ބުނެލިއެވެ. “ބުނެބަ ތީ ޖުމްތަ؟؟” ޒާޔަން އަނެއްކާވެސް އަހާލިއެވެ. ޖުމާނަ އާއެކޭ ބުނެލީ ބޮލުގެ އިޝާރާތުންނެވެ. ޒާޔަން ދެލޯ ބޮޑުކޮށްލަމުން ޖުމާނަގެ ގައިގާ ބައްދާލިއެވެ. ޖުމާނައަށް ވީ ގޮތް ނޭނގުނެވެ. ޒާޔަން ދުރަށް ލާން އުޅުނެއްކަމަކު އޭނާގެ އަތެއް ހަރަކާތެއް ނުކުރިއެވެ. އެއަށްވުރެ ބާރަށް ޒާޔަން ހުރީ އޭނާގެ ގައިގާ ބައްދާލައިގެންނެވެ. “ޖުމް… ޖުމް….” ޒާޔަންއަށް އެހެން ބުނެލެވުުނު އިރު ފެންކަޅިވިއެވެ. “ކާ..ކު ތީ..؟؟” ޖުމާނަ ބުނެލިއެވެ..

“ޒާން.. ޖުމްގެ ޒާން.. ” ޒާޔަން އެހެން ބުނެލުމުން ޖުމާނަގެ ދެލޯބޮޑުވިއެވެ. ޖުމާނައަށް ރޮވެގަނެވުނެވެ. މިފަހަރު އެއީ އުފާވެރިކަމުގެ ކަރުނައެވެ. ޒާޔަންގެ ކޮނޑުމަތީ ބޯ އަޅާލީ ތަންކޮޅެއްބޮޑަށް ކޮރާލަމުންނެވެ. ޒާޔަންގެ ކޮނޑު ތެތްވެގެން ދިޔައީ ޖުމާނަގެ އެ ކަރުނަތަކުންނެވެ. “ޖުމް….!” ޒާޔަންއަށް ބުނެލެވުނެވެ. “ޒާން…!” ޖުމާނަވެސް ބުނެލިއެވެ. އެއާއި އެކު ދެމީހުންނަށް އެކަކު އަނެކަކުގެ ގައިގާ ބައްދާލެވުނީ އިހުނަށްވުރެވެސް ބާރަށެވެ. ޒާޔަން ޖުމާނަގެ މޫނުގެ އެތަން މިތާ ބޮސްދެމުން ދިޔައެވެ. ޖުމާނަ ސަލާމަތްވިކަމަށްޓަކައި މާތް ﷲ އަށް ހަމްދުކުރެވުނެވެ. ޖުމާނަ ގެ ދުޅަވެފައި އިން ދެލޮލުގައި ޒާޔަން ގެ ތުންފަތް ޖައްސާލިއެވެ. އަނެއްކާވެސް ޖުމާނަގެ ގައިގާ ބައްދާލިއެވެ. މިވަގުތު ދެމީހުންނަށް ކުރަމުން އައި އިހްސާސްތަށް ބަޔާންކުރަންވެސް ދައްޗެވެ.

ދެމީހުންނަށް އެއްފަހަރާ ދުރަށް ޖެހިލެވުނީ ޒާޔަންގެ ފޯނު ވައިބްރޭޓް ވާން ހެދުމުންނެވެ. ޒާޔަން ފޯނު ބަލާލުމަށްފަހު ލުއި ހިނިތުންވުމަކާއި އެކު ޖުމާނައަށް ފޯނު ދައްކާލިއެވެ. ފޯނު ވައިބްރޭޓް ވީ 12 ޖެހިކަން އަންގަން ކޮށްފައިވާ އެލާމްގެ ސަބަބުންނެވެ. “ހެޕީ އެނިވާރސަރީ ލަވް..” ޒާޔަން އަނދިރިގަނޑުގެ ތެރެއިން ފެންނަމުން ދިޔަ ޖުމާނަގެ މޫނުގައި ހިފާލަމުން އެހެން ބުނެލިއެވެ. “ހެޕީ އެނިވާރސަރީ ޒާން…”ޖުމާނަ ވެސް ބުނެލިއެވެ.

“ދައްކަބަ މައި ބޭބީގެ ފޭސް… ބަލާލަން…. ނުވެސް ފެނޭ އަނދިރިވީމަ ދޯ ހެހެހެ” ޒާޔަން ޖުމާނަގެ މޫޑް ރަނގަޅު ކޮށްލުމުގެ ގޮތުން ބުނެލިއެވެ. ޖުމާނަގެ ބިރު މުޅިންހެން ފިލައިގެން ގޮސް ދެންމެ ހިނގި ހާދިސާ ހަނދާން ނެތުނެވެ. “ހެހެ. ޒާން އަދިވެސް ޤަބޫލެއްނުކުރެވެ.. ކިހިނެއް އައީ މިތަނަށް.؟ އެން ވައި؟؟” ޖުމާނަ އަހާލިއެވެ. ޒާޔަން ހުރިހާ ވާހަކައެއް ޖުމާނައަށް ކިޔައިދިނެވެ. އަދި ޖުމާނަގެ ހޯދައިގެން އެމަގަށް އެޅިތަނުން ޖުމާނަ ފެނުނު ގޮތްވެސް ބުނެލަދިނެވެ.

“އެއީތަ ޖުމް ބުނާ މީހަކީ؟؟ ޖުމްގެ ފަހަތުން އުޅޭ…؟” ޒާޔަން އަހާލިއެވެ. ޖުމާނަ އާއެކޭ ބުނެލިއެވެ. “އެނީވޭސް އައި ހޭވް ޓު ޑޫ ސަމްތިންގް… ޖުމް….” ޒާޔަން ޖުމާނަގެ އަތުގައި ހިފާލަމުން އެއް ފައި މައްޗަށް އިށީނދެލިއެވެ. “ވިލް ޔޫ މެރީ މީ ބޭބީ؟؟” ޒާޔަން އަހާލީ އޭނާގެ ޖީބުން ނެގި ކުޑަ ފޮށީގައި އިން އަނގޮއްޓި ދައްކާލަމުންނެވެ. ޖުމާނަ އަށް ރޮވުނެވެ. ކަރުނައިގެ ތެރެއިން ހިނިތުންވުމެއް ފާޅުކުރަމުން ޖުމާނަ އާއެކޭ ބުނެލިއެވެ. އެއާއި އެކު ޒާޔަން ޖުމާނަގެ އިނގިލީގައި އަނގޮއްޓި އަޅުވާލިއެވެ. “ވާވް.. ހެޔޮވަރު.. ބަޓް ކިހިނެއް؟؟؟؟” ޖުމާނަ އަނގޮއްޓީގައި އަތް ޖައްސާލަމުން ބުނެލީ އޭނާގެ އިނގިއްޔަށް އެ އަނގޮއްޓި ހެޔޮވަރުކަމުންނެވެ.

“ހެހެ އަސްލު ބުނާނަމަ ނޭނގެ.. ތި އަނގޮއްޓި ފެނުމާއި އެކުހެން ޖުމް މަތިން މިސް ވީ ދެން ހިތަށް އެރީ މީތި ވަރަށް ލޯބިއޭ ހެޔޮވަރު ވާނޭ….. ދެން ނެގީ..” ޒާޔަން ޖުމާނަގެ އަތުގައި އޭނާގެ ތުންފަތް ޖައްސާލަމުން ބުނެލިއެވެ.

ކުއްލިއަކަށް ބާރު އަޑުފައްގަނޑެއް އިވުނެވެ. އެއާއި އެކު ޒާޔަންގެ މޫނުމައްޗަށް އަނދިރިވާންފެށިއެވެ. ބޮލަށް ތޫނު ތަދެއް އެރިއެވެ. އެއިން އެއްވެސް ކަމެއް ނޭނގޭ ހާލު ޖުމާނަ ހުރީ އިވުނު އަޑެއް އިނގޭތޯ އެވެ. ކުއްލިއަކަށް އޭނާއަށް ޒާޔަންގެ ފަހަތުން ސިފަވީ އެ މީހާއެވެ. ހާދިމް އެވެ. އެއާއި އެކު ޖުމާނައަށް ފެނުނީ ވެއްޓެމުން ދިޔަ ޒާޔަންއެވެ.

 

-ނުނިމޭ…- (:

36
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ryn

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ދޭނަން ހިތާ ޖާނާ..! 7ވަނަ ބައި

Next

ހާދަ ލޯބިންނޭ.. (9)

Next
January 30, 2016

ހާދަ ލޯބިންނޭ.. (9)

Previews
January 30, 2016

ދޭނަން ހިތާ ޖާނާ..! 7ވަނަ ބައި

18 Comments

  1. Ryn says:
    January 30, 2016 at 11:24 am

    hey guys.. hre is the nxt prt of the stry.. hwp lyk vaane kamah.. n yrh dhn iny lst prt… 😉 😉 tmrw up kuraanan e prt in sha allah.. thnkx fr readin.. enjoy 😉

  2. Inaash says:
    January 30, 2016 at 11:28 am

    Haadha reethiey mipart vx……

  3. yaan says:
    January 30, 2016 at 11:35 am

    Alhey thihedhy kihineh tha but v v v v salhi vaahaka eh

  4. Maalu says:
    January 30, 2016 at 12:13 pm

    Wowwwwwwwwww????? vvvvvvvvvvv reethi…….

  5. Aimsithu says:
    January 30, 2016 at 12:24 pm

    Alhey ryn.. zaan ah ehen nuhadhabala dhen..plzz e haadhim gandu dhen varah foohi vejje emeehaa dheke…
    Story hama superb… keep going. ..

  6. fahy says:
    January 30, 2016 at 12:49 pm

    V reethi dhen kihinehbaa dhw Cavanaugh…..

    1. fahy says:
      January 30, 2016 at 12:52 pm

      Sory vanee

  7. nukko says:
    January 30, 2016 at 12:49 pm

    Nahyyn…. alhey poor xaayan… rynoo stry hama salhi.. alhe dhn iny lst part 🙁 🙁 noooo
    Nimmaalanyy dw… hama v v salhi cany wait aneh part ah ingey… tc n miss u

  8. naaanu says:
    January 30, 2016 at 1:15 pm

    alheyyyyy zaaan ah keeeh evii…varah reethi mi baives…finallu they met dho avahah up kurachey aneh part

  9. ifaA says:
    January 30, 2016 at 1:15 pm

    v rythi mi prt vx nxt prt knirakun ..avx khlahchheyyy plx.cant wait more and more .xaan ah ehn nahadhaba

  10. elsa says:
    January 30, 2016 at 1:26 pm

    ryyn , kihineh thi hadhany , doc ah roveny hama , dhen ehn hadhaakah nuvaane ehnun , poor jum , this one makes me cry……. , wowwwww

  11. ina says:
    January 30, 2016 at 1:49 pm

    Alheyyyyyyyyyy rynnnnn…xayaan ah kihineh thihedhyyyyy…dhera vejje……..hehehe…..vrh vrh vrh nice mi part vx…waiting 4 nxt prt……miss u ryn…

  12. Luyoona says:
    January 30, 2016 at 2:56 pm

    ahley so sad when next part
    but nice

  13. hai says:
    January 30, 2016 at 2:56 pm

    Konmes jum salamath ko dethi zaan a taka hurihavaahakaegaves rape kamakunude mifaharu zaan a kaamiyabu ko dhethi vaahaka vrythi

  14. lam says:
    January 30, 2016 at 3:10 pm

    Vvvvv nice story.xaan ah ehn nahadhaa

  15. NIHAA says:
    January 30, 2016 at 3:24 pm

    This story is awesome…. V v reethi….xaan ah thihen nahadhaba plxxx ryn…..xaan salaamai kohdhybà…plxxxx…waiting waiting…. Whn nxt part…;-(;-)

  16. isha.. fathun says:
    January 30, 2016 at 3:30 pm

    vvvvvvvv nice.. rynuuuuu xaayan ah ehn nahadhaaaa…

  17. Ryn says:
    January 30, 2016 at 9:29 pm

    thnkx all.. enjoy 😉 lst prt tmrw. 😉 😉

Comments are closed.

All Right Reserved!