Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މިވަނީ ލޯތްބޭ… 4

Ryn
January 31, 2016
6 Mins Read
56 Views
41 Comments

 

ޖުމާނައަށް ވަގުތުން ހަޅޭލަވައިގަނެވުނެވެ. ބިރުން ތުރު ތުރުއަޅައިގަތެވެ. ހާދިމް އަނދިރިގަނޑުގެ ތެރެއިން ނިކުމެގެން އައެވެ. އޭރު އޭނާގެ އަތުގައި ބޮޑު ލަކުޑި ގަނޑެއް އޮތެވެ. އެއަށްފަހު ޖުމާނަގެ ނަޒަރު ހުއްޓުނީ ބިންމަތީގައި އޮތް ޒާޔަންއަށެވެ. އޭނާ ބޮލުގައި އަތުން ހިފަހައްޓާލައިގެން އޮތްއިރު ދެކޮޅަށް އެނބުރެއެވެ. ވިހަ ހިނިތުންވުމަކާއި އެކު ހާދިމް ޖުމާނައާއި ދިމާލަށް އައެވެ. ލަކުޑި ދުރަށް އެއްލާލަމުން ޖުމާނަގެ ބުރުގަލުގައި ހިފީ އޭނާގެ ލޮލުން ޖުމާނާގެ ހަށިގަނޑަށް ދަހިވެތިގޮތަކަށް ބަލަމުންނެވެ.. ޖުމާނަ އަށް މާ ބޮޑު ކަމެއް ނުކުރެވުނު ކަމުގައިވިޔަސް އޭނާ ހިތްވަރެއް އެލުވައެއް ނުލައެވެ. އަތުން ހާދިމްގެ އެތަން މިތާ ތަޅަމުން ދިޔައެވެ. ނަމަވެސް އެ ބިޔަ މީހާއަށް އެ ކުޑަ ޖުމާނަގެ އަނިޔާއަކުން ކަމެއް ވާނެ ހެއްޔެވެ؟

ޖުމާނަ ފަހަތަށް ޖެހެމުން ގޮސް ފާރުގައި ޖެހި ހުއްޓުނެވެ. އެއާއި އެކު ހާދިމްގެ މޫނުމަތިން ހިނިތުންވުމެއް ފެނުނެވެ. ޖުމާނައަށް ރޮވެން ފެށުނެވެ. “ޒާން….! ޒާން.. ޒާން…” ޖުމާނަ އެހެން ކިޔަމުން ދިޔައިރު އޭނާގެ އަޑުގައި ތުރު ތުރެއްހުއްޓެވެ. ހާދިމް އޭނާގެ ބޯ އަރިކޮށްލަމުން ޖުމާނަގެ މޫނާއި ކައިރިވެލީ ޖުމާނައަށް ސަލާމަތްވެވޭނެ ހުރިހާ ގޮތެއް ބަންދުކުރަމުންނެވެ. ޖުމާނައަށް ލޯ މަރާލެވުނެވެ. އެ ލޮލުން ހޯސްލާފައި ކަރުނަތަށް ފައިބައިގެން ދިޔައެވެ. އެތަން ފެނި ހަރު ހިލަ ހިތެއްވެސް އޭނާއަށް ޓަކައި ހަމްދަރުދީވާނެކަން ޔަޤީނެވެ. ނަމަވެސް ހާދިމްމެން ކަހަލަ ޖަނަވާރުންނަށް އެއްވެސް އަސަރެއް ނުކުރާނެއެވެ.

ޖުމާނަ ދެލޯ މަރާ ތަގުޅި ކޮށްލައިގެން ހުރިއިރު އޭނާގެ ހިތް ނެގި ނެގިފައި ޖެހެއެވެ. މައި ނޭވާތަކެއް ލަމުން ދިޔައިރު އޭނާ މަސައްކަތް ކުރީ ހާދިމްގެ އަތުން އޭނާގެ އަތް ދޫވޭތޯއެވެ. އިރުކޮޅެއް ނުވެ އަނެއްކާވެސް އަޑެއްއިވިގެން ދިޔައެެވެ. އެއާއި އެކު ހާދިމްގެ ހުރިހާ ބާރެއް ނެތިގެން ގޮސް ވެއްޓުނީ ބިންމައްޗަށެވެ. ޖުމާނައަށް އެކަން އިހްސާސްވިއެވެ. ނަމަވެސް ދެލޯ ހުޅުވާލާ އެންމެ ފަހަރަކުވެސް ބަލައި ނުލާ ހުރިތާ ހުރެވުނީ ގަނެފައި ބިރެއްގެ ސަބަބުންނެވެ. ކުއްލިއަކަށް އަނެއްކާވެސް އޭނާގެ ހަށިގަނޑާއި މީހަކު ކައިރިވެލި އިހްސާސް އޭނާއަށް ކުރެވުނެެވެ. ކުރިއަށްވުރެ ބޮޑަށް ލޯ މަރާލީ ދުވަހަކުވެސް ދެން ލޯ ނުހުޅުވާނަމޭ ބުނާ ކަހަލަގޮތަކަށެވެ. ޒާޔަންގެ އަތުގެ ބީހުން ޖުމާނައަށް އިހްސާސްވީ ކަންނޭނގެއެވެ. ދެލޯ ހުޅުވާލަމުން އޭނާއަށް ފެނުނީ ޒާޔަންއެވެ. ޒާޔަން ޖުމާނަ އާއި ގާތްވެލަމުން އޭނާގެ ހަށިގަނޑުގައި ބައްދާލިއެވެ. “ޒާން.. ޒާން..” ޖުމާނަ  ޒާޔަން ގެ އެ ކަސްރަތީ ހަށިގަނޑުގައި ބައްދާލެވުނު އިރު ޒާޔަންގެ ހަށިގަނޑުން ވާގި ދޫވާން ފެށިއެވެ. ޖުމާނައަށް އެކަން އިހްސާސްވިއެވެ.

“ޒާން.. އާރ ޔޫ އޯކޭ؟؟؟” ޖުމާނަ ޒާން ގެ ގައިން ދޫކޮށްލުމާއި އެކު އޭނާ ބިންމައްޗަށް ވެއްޓުނެވެ. ޖުމާނައަށް ހަޅޭލަވައިގަނެވުނެވެ. އޭނާ ގެ މަސައްކަތަކަށް ދެން ވީ ޒާޔަންގެ ފޯނު ހޯދާ ޕޮލިހަށް ގުޅުމެވެ.

“ހަލޯ ޕޮލިސް……..” ޖުމާނަ ފުރަތަމައިނުންވެސް ޕޮލިހުންނަށް ގުޅާ އަންނަން ވީ ތަން ބުނެދިނީ ހާދިމް އޮތްގޮތް ނޭނގޭތީއެވެ. ކޮންމެވަގުތަކުވެސް ތެދުވެ ހަމަލާއެއް ދީފާނެތީއެވެ.  އެއަށްފަހު އޭނާގެ މަންމަގެ ނަމްބަރަށް ގުޅާލިއެވެ. ހީކުރިގޮތަށް ކަންވުމާއި އެކު އޭނާ ފޯނު ކަންފަތާއި ދުރުކޮށްލިއެވެ. ޕޮލިސްގެ ޖިޕް އައި އަޑާއި އެކު ޖުމާނަ ހުރިތަނުން ނިކުމެގެން ދިޔައެވެ. ޓޯޗުން އަލި ކުރަމުން އައި ދެ ފުލުހުން ގެ ކުރިމައްޗަށް ޖުމާނައަށް އެރުމާއި އެކު ބަޑި ފަޅައިގެން ދިޔައެވެ. އުނދަގުލަކުން އަމިއްލަ ނަފްސް ކޮންޓްރޯލް ކުރުމަށްފަހު ކަން ހިނގައިދިޔަ ގޮތް ފުލުހުންނަށް ކިޔައިދިނެވެ. ފުލުހުންގެ ލަފަޔާއި އެއްގޮތަށް ފުރަތަމަވެސް އެދެމީހުން ގެންދެވުނީ ހޮސްޕިޓަލަށެވެ.

ޖުމާނަ އެތަށް އިރަކު ގުޅަމުން ދިޔަ އޭނާގެ މަންމަގެ ނަމްބަރުން ފޯނު ނެގީ ހޮސްޕިޓަލަށް ދެވުމާއިއެކުހެންނެވެ. ފަހުމާއަށް ވީ ގޮތް ސާފްކޮށް ކިޔައިދިނުމުން ހާފިޒް ގޮވައިގެން މިދަނީކަމަށް ބުނެ އޭނާ އަވަހަށް ފޯނު ކަނޑާލިއެވެ. ދެމީހުންވެސް އެމަރގެންސީ ރޫމަށް ގެންގޮސް ފަރުވާ ދެމުން ދިޔައެވެ. ޖުމާނަ ޒާޔަންގެ ފޯނުން ހައިކަލްއަށް ގުޅާލިއެވެ. އެތަކެއް ފަހަރު ގުޅުމުންވެސް އެ ފޯނުން ޖަވާބެއް ނުދިނެވެ.

“ދަރިފުޅާ!!!!” ގޮނޑިބައްރީގައި ފުލުހުންނާއި އެކު އިށީނދެ އިން ޖުމާނައާއި ދިމާލަށް ދުވެފައި ފަހުމާ އައިސް ބައްދައިގަތެވެ. “ދަރިފުޅާ ކިހިނެއްވެ ބޭރަށް ނިކުތީ؟؟؟؟ މަންމަ ބުނަމެއްނު ނުނިކުންނާށޭ…” އެންމެ ފުރަތަމަވެސް ފަހުމާ ކުރީ ޝަކުވާއެވެ. “ނޫން މަންމާ.. އޭނަ.. އޭނަ ވަނީ އޭ ކޮޓަރިއަށް.. އަހަރެން ނިކުތީ އަވަހަށް ގެއިންވެސް.. މަންމައަށް ގޮވާކަށް ފުރުސަތެއްވެސް ނުލިބުނު.. އަނެއްކާ ފޯނުވެސް..” އެހިސާބަށް ބުނެވުނުތަނާ ޖުމާނައަށް ރޮވުނެވެ. ފަހުމާ ޖުމާނަގެ ގައިގާ ބައްދާލަމުން ގޮނޑީގައި އިށީނދެލިއެވެ. “މަންމާ.. އޭނަ.. ކިހިނެއް ހަދަނީ.. އޭނަގެ ރައްޓެހި ކުއްޖާ ފޯނެއްވެސް ނުނަގަ…” ގިސްލަމުން ގޮސްވެސް ޖުމާނައަށް ފަހުމާ ކައިރި ބުނެވުނީ އެހެންނެވެ. “ޒާޔަންތަ؟؟ ޒާޔަންގެ މަންމައަށް ގުޅަންވީނު..” ހާފިޒް އޭނާގެ ހުރި ހަމައެކަނި ދަރިފުޅުގެ ބޮލުގައި ފިރުމާލަމުން އެހެން ބުނެލީ އޭނާގެ ހިތަށް ކުޅަދާނަނުވެގެންނެވެ.

ޖުމާނަ އަވަސް އަވަހަށް ބޯ ޖަހާލަމުން ޒާޔަންގެ ފޯނުން އޭނާގެ މަންމަގެ ނަމްބަރ ފެނޭތޯ ބަލާލިއެވެ. “މަމް” ގެ ނަމުގައި އިން ނަމްބަރ އަށް ގުޅާލިއިރު އޭނާގެ ހިތް ވަނީ ނުތަނަވަސްވެފައެވެ.

“ހަލޯ ދަރިފުޅާ…! ކޮބާ ކިހިނެއް ކަންތައްތަށް؟؟؟ހާދަ ދަންގަޑިއަކު..” އެތަކެއްފަހަރު ގުޅުމަށްފަހު އެކޮޅުން ފޯނު ނެގި އަރޫޝާ ވާހަކަ ދެއްކީ މަޑުމައިތިރިކަމާއި އެކުގައެވެ.

“ދައްތާ… ޒާ…ޒާން ހޮސްޕިޓަލުގައި…….” އެހިސާބަށް އޭނާއަށް ބުނެވުމާއި އެކު އަނެއްކާވެސް އޭނާއަށް ރޮވުނެވެ. ހާފިޒް ޖުމާނައަތުން ފޯނު ނަގައިގެން ދުރަށް ޖެހިލީ ވީ ގޮތް އޮޅުން ފިލުވައިދިނުމަށެވެ. ޖުމާނަ އަމިއްލަ ނަފްސު ކުށްވެރިކުރަމުން ދިޔައެވެ. ހުރިހާ ކަމެއްވެސް ވީ އެނައާއި ހެދިއެވެ.  ޒާޔަން އަަށް ކަމެއްވެއްޖެއްޔާ ޖުމާނަ ދުވަހަކުވެސް އަމިއްލަ ނަފްސު މާފެއް ނުކުރާނެއެވެ. ޑޮކްޓަރ ނިކުމެގެން އައީ ހާދިމް ހޭ އަރައިފިކަމަށް ބުނުމަށެވެ. ޕޮލިހުން އޭނައާއި ހަވާލުވިއެވެ. “ޑޮކް.. ކޮބާ ޒާން… ؟؟؟” ޖުމާނަ އެހެން އަހާލުމުން ޑޮކްޓަރ ބުނުއްވީ އަދި ހޭނާރާ ކަމަށާއި އޭނާގެ ހާލު އިނގޭނީ ހޭ އެރީމާ ކަމަށެވެ. “ހޭ އަރާނީ ކޮންއިރަކުންތޯ؟؟” “3 ގަޑިއިރު ކަމަށް މިބަލަނީ” އެހެން ބުނެލުމަށްފަހު އޭނާ އެތެރެއަށް ވަދެގެން ދިޔައެވެ.

ޖުމާނަ ފަހުމާގެ ކޮޮނޑުގައި ބޯ އަޅާލިއެވެ. “އެމީހުން 2 ޖެހުމުގެ ކުރިން އަންނާނެ..” ފޯނު ކަނޑާލާފައި ގޮނޑީގައި އިށީންނަމުން ހާފިޒް ބުނެލީ ޔާމިން މެން އަންނަ ވާހަކައެވެ.

……..

“ޖުމް… ޖުމް…!!” ޒާޔަން ބަލި އަޑަކުން ގޮވަންފެށިއެވެ. ކައިރީގައި ހުރި ނާރސް ބޭރަށް ނިކުތީ ޑޮކްޓަރަށް އެކަން އެންގުމަށެވެ. ނަރުސް ނިކުތުމާއި އެކު ޖުމާނައަށް ކޮޅަށް ތެދުވެވުނެވެ. ނަމަވެސް ނަރުސްގެ މިޝްރާބް ހުރީ އެހެންދިމާލަކަށް ކަމުން ނާއުއްމީދީގޮތަކަށް ޖުމާނައަނެއްކާވެސް އިށީނދެލިއެވެ. ޑޮކްޓަރާއި އެކު ނަރުސް އަވަހަށް އެތެރެއަށް ވަނެވެ.

“ޖުމް..!” ޒާޔަން އަދިވެސް ގޮވަމުން ދިޔައީ ޖުމާނައަށެވެ. ޑޮކްޓަރު އައިސް ޒާޔަން ޗެކް ކޮށްލުމަށްފަހު ބޭރަށް ނިކުމެލީ ޖުމާނައަށް ގޮވާލާށެވެ. “ޕޭޝަންޓް ހޭއަރައިފި..  ހާލު ކުރިއަށް ވުރެ ރަނގަޅު.. ޖުމް އަކީ ކާކު؟؟” ޑޮކްޓަރު ނިކުމެލާފައި އެހެން ބުނެލުމާއި އެކު ޖުމާނަ ގޮނޑިން ތެދުވީ ކަށްޓެއް ޖެހި ކަހަލަ ގޮތަކަށެވެ.

ތެޅި ތެޅި އޮތް ހިތަކާއި އެކު ޖުމާނަ އެތެރެއަށް ވަނެވެ. އެއާއި އެކު ޑޮކްޓަރާއި ނަރުސް ނިކުތީ އެކަކު އަނެކަކާ ވާހަކަ ދައްކަމުންނެވެ.

ޖުމާނަ އެތެރެއަށް ވަނުމާއި އެކު ފެނުނީ ބޮލުގެ ވަށައިގެން ބެންޑޭޖް އަޅާއިފައި އޮތް އޭނާގެ ޒާން އެވެ. އޮމާން އަލި މޫނެކެވެ. ތުނި ތުނބުޅިއެކެވެ. ބޯ އެސްފިޔަތަކެކެވެ. ކަސްރަތީ ރީތި ހަށިގަނޑެކެވެ. ޖުމާނައަށް އޭނާގެ މޫނު ރަނގަޅަށް ފެނުނީ ކިރިޔާއެވެ. ހިތުގެ ވިންދު އަވަސްވެގެން ދިޔައެވެ. ޒާޔަން ކައިރި ގޮސް ހުއްޓިލެވުުނުއިރު އެ ލޮލުން ކަރުނަތަށް އަންނަން ފެށީ އެޔެއް މިއެއް ބަލާފައެއް ނޫނެވެ. ޒާޔަންއަށް މީހަކު އައިކަން އިހްސާސްކުރެވުމާއި އެކު މަޑު މަޑުން ލޯ ހުޅުވާލިއެވެ. ކުރިމަތީ ހުރީ އަންހެންކުއްޖެކެވެ. ދޮން މޫނެކެވެ. އެއްވެސް އައިބެއްނެތެވެ. ހިމަ ބުމައެކެވެ. ބޮޑު ލޮލަކާއި ދިގު އެސްފިޔަތަކެކެވެ. ފިނިފެންމާ ކުލައަށްދާ ތުންފަތެކެވެ. ކުޑަ ކުޑަ ނޭފަތެކެވެ. ކަޅު ބުރުގަލެއްގެ ތެރެއިން އެ މޫނު ފެންނަލެއް ވަރަށް ހިތްގައިމެވެ. ވިލާތަކުގެ ތެރޭ ފޮރުވި އިނދެގެން ދުނިޔެ އަލިކުރަމުން ދާ 14 ވިލޭރޭގެ ހަނދު ކަހަލައެވެ. ޒާޔަންއަށް ކަޅި ޖަހާލަންވެސް އުނދަގޫވިއެވެ.

ޖުމާނައަށް އެހެން ހުރެވުނީ އިރުކޮޅަކަށެވެ. ޒާޔަންގެ ގައިގާ ބައްދާލަމުން ރޮއެ ގަނެވުނީ އަޑުން އަޑުނަގާފައެވެ.

“ޝްޝް ބޭބީ.. ސްޓޮޕް ކުރައިން.. އައިމް ފައިން.. ސީ…” ޒާޔަން ޖުމާނަ ދުރަށް ލާން މަސައްކަތް ކުރަމުން އެހެން ބުނެލިއެވެ. އެންމެ ފަހުން ޒާޔަން މަޑުން އޮތީ ޖުމާނަ ހިތްފުރޭވަރަށް ރޯލަން ފުރުސަތު ދެމުންނެވެ.

“އޯކޭ ދެން ނިމުނީ އޭ ލަވް..” އެތަށް އިރުވިއިރުވެސް ޖުމާނަގެ ރުއިން ނުކެނޑުމުން ޒާޔަން އެހެން ބުނެލިއެވެ. އަދި ޖުމާނަ ދުރަށްލުމުގައި ކާމިޔާބުވިއެވެ. “ގޮނޑީގައި އިށީނދެބަ..” ޒާޔަން ގޮނޑި ދައްކާލަމުން އެހެން ބުނެލުމުން ޖުމާނަ އިށީނދެލިއެވެ. އަދި ޒާޔަންގެ މޭގައި ބޯ އަޅާލީ ޒާޔަން އެގޮތަށް ކަންތަށް ކުރުމަށް ބުނުމުންނެވެ. އޭރުވެސް ޖުމާނަ ހަމަޔަކަށް ނޭޅެއެވެ. ލޮލުން ފައިބަމުން ދާ ކަރުނައިން ޒާޔަންގެ މޭ ތެންމަމުންދިޔައެވެ.

“ލަވް.. މިކޮޅު ބަލާބަ.. ޒާންއަށް މޫނު ފެންނަ ގޮތަށް އޮވެބަ..” ޒާޔަން ޖުމާނަގާތު އެހެން ބުނެލުމުން ޖުމާނަ ޒާޔަންއާއި ދިމާލަށް މޫނުއަނބުރާލިއެވެ. އަދި އެއޮތްގޮތަށް އޮވެ ޒާޔަންގެ މޫނަށް ބަލަމުންދިޔައެވެ. ޒާޔަން އޭނާގެ އަތުން ޖުމާނަގެ ބޮލުގައި ފިރުމަމުންދިޔައެވެ.
“ލަވް.. ތިއުޅެނީ މިތަނުގައި ފެންބޮޑު ކުރަންތަ؟ އެވަރަށް ތި ރޮނީ ކީއްވެޔޯ؟” ޒާޔަން އެހެން ބުނެލުމާއި އެކު ކަރުނައިގެ ތެރެއިން ޖުމާނައަށް ހީލެވުނެވެ.

“ދެޓްސް މައި ގަރލް.. ޔޫ ނޯ ޖުމް އަކަށް ނުވެސް ގުޅޭ ރޯކަށް.. ބަލާބަ ނޯސްވެސް ރެޑް ވެފަ.. އެން ލޯ ވެސް… ޒާން ކިހާ ދެރަވާނެ ތިރީތި މޫނު ރަތްވެފަ ހުރީމަ އެވެސް ޒާން އާއި ހެދި.. ދޯ؟؟” ޒާޔަން ޖުމާނަ ހިތްހަމަ ޖައްސާލަދޭން މަސައްކަތްކުރިއެވެ. ދެމީހުން އެގޮތަށް ބައިވަރު ވާހަކަ ދައްކަން ތިއްބެވެ.

އެވަގުތު އެތަނުގެ ބޭރަށް އައިސް ވަނީ ޔާމިންއާއި އޭނާގެ އާއިލާއެވެ. ހައިކަލްވެސް ފަހަތުގައި ހުއްޓެވެ. އެންމެންގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ. ފަހުމާ އަދި ހާފިޒް އެ އެންމެންނަށް ތައާރަފް ވެލިއެވެ. އަދި މިހާރު ޒާޔަން ރަނގަޅު ކަމަށާއި ޖުމާނަ ވީ އެތެރޭގައި ކަމަށް ބުނެލަދިނެވެ.

ޖުމާނައާއި ޒާޔަން އަތް ޖޯޑް ކޮށްލައިގެން ވާހަކައިގައި ތިއްބާ ސިއްސައިގެން ދިޔައީ އެތެރެއަށް ވަދެގެން އައި ޔާމިން އާއި އަރޫޝާ ފެނިފައެވެ. ވަގުތުން ދެމީހުންނަށް ދުރަށް ޖެހިލެވުނެވެ. ހީވީ ކަރަންޓް ޝޮކެއް ޖެހުނުހެންނެވެ. ޔާމިން އާއި އަރޫޝާ އެކަކު އަނެކަކާއި ދިމާ ބަލާލަމުން ހިނިތުންވެލިއެވެ. ޖުމާނަ ޒާޔަންއަށް ބަލާލަމުން އިންތަނުން ތެދުވެ ނިކުމެގެން ދިޔައީ ލަދުން ހުރެ އިސްޖަހާލައިގެންނެވެ. ޖުމާނަ ނިކުތުމާއި އެކު ހައިކަލްގެ ނަޒަރުވެސް އަދި ޒިޔާންގެ އަންހެނުން އަދުލާގެ ނަޒަރުވެސް އޭނާއަށް ހުއްޓުނެވެ. ޖުމާނަގެ ރީތިކަމާއި މެދު ދެމީހުންނަށްވެސް ހިތާ ހިތުން ތައުރީފްކޮށްލެވުނެވެ.

……………………….

އޭގެ އަނެއްދުވަހު ޒާޔަން ދޫކޮށްލެވުނެވެ. ކުރިއަށްވުރެ ހާލުރަނގަޅުކަމަށް ބުނެ ރެސްޓް ނެގުމަށް ލަފާދެމުންނެވެ. ޒިޔާންވެސް އުނގޫފާރުން ނައިފަރަށް އައެވެ. އެންމެން އުޅުމަށް ހަމަޖެހުނީ ޖުމާނަމެން ގޭގައެވެ. އެންމެންވެސް ތިބީ އުފަލުގައެވެ. ހާދިމް ފުލުހެންގެ ބެލުމުގެ ދަށަށް ގެންދެވުމުގެ ހަބަރު ވެގެން ދިޔައީ ޖުމާނައަށްވެސް އަދި ޒާޔަންގެވެސް ހިތަށް ހަމަޖެހުމެއް ލިބުނު ކަމަކަށެވެ.

………..

“އަނބި ގަބޫލުކޮށްފިން…” ގާޒީގެ ކުރިމަތީ އަދި ދެ ހެކިވެރިންގެެޔާއި ޖުމާނައަދި ޒާޔަންގެ އާއިލާގެ ކުރިމަތީ ޒާޔަން އެހެން ބުނެލީ ހިނިތުންވުމަކާއި އެކީގައެވެ. ދެމީހުންވެސް އާ ހަޔާތެއް ފަށަަން ތައްޔާރުވިއެވެ. އަބަދުވެސް އެކަކު އަނެކަކާއި އެކީގައި ވާނެކަމަށް ވައުދުވަމުންނެވެ. ކޮންމެ އުފާވެރި ކަމެއްގައި އެކަކު އަނެކަކުގެ ކައިރީ ވާ ފަދައިން ހިތާމަވެރި ކަމެއްގައިވެސް ވުމަށް ވައުދުވަމުންނެވެ. ނިމުމެއް ނުވާ ލޯބި އަބަދުވެސް އެކަކު އަނެކަކަށް ދޭނެކަމަށް ވައުދުވަމުންނެވެ. އަބަދުވެސް އެކަކު އަނެކަކު ހިމާޔަތްކުރުމަށް ވައުދުވަމުންނެވެ.

“އަމާޒަކީ މިހާރު ތިޔަ ލޯތްބޭ..

ހިތް އަދު ދިނީމެ ލޯބި ދެން ލިބޭތޯ…

މަލާއޭ… މަލާއޭ… މަލާއޭ ކުރޭ ފުންއަސަރު އިނގޭތޯ..

ޔާރު މިވަނީ ލޯތްބޭ ހަޤީޤީ… ޔާރު މިވަނީ ލޯތްބޭ ހަޤީޤީ….”

ކޮޓަރި ތެރޭގައި ޖަހާލެވިފައިވާ އެދެމީހުންނަށް އެންމެ ރީތި ލަވައިން އެ ރޭ ފުރިހަމަ ކޮށްލިފަދައެވެ. “ޒާން…! އަސްލު ހީކުރިންތަ އެރޭ އެއީ ޖުމް އޭ..؟؟” ޒާޔަންގެ ތަނަވެސް މޭގައި ބޯ އަޅާލައިގެން އޮވެ ޒާޔަންގެ އަތުގެ ފިރުމުންތަކަށް ފުރުސަތު ދެމުން ޖުމާނައަހާލީ ވަރަށް ލޯބިންނެވެ.

“ތެދައްބުނަންތަ؟ އަސްލު ހިއެއް ނުކުރަން އެކަމު ހިތަށް އުނދަގޫތަކެއް ވިކަން އިހްސާސްވި. ވެން އައި ހިއާރޑް ޔޫ ކުރައިން.. އައިމީން އެ މީހާ ކައިރި ހުރެގެން.. ދެން އެންމެ ފަހުން ދިޔައީ ކެއް ނުވެގެން.. ޖުމް ހީކުރިންތަ ޒާންއަށް ވެދާނޭ؟؟” ޒާޔަން ޖުމާނަގެ އިސްތަށިގަނޑުގައި ބޮސްދެމުން ބުނެލިއެވެ. “ޖުމް ވެސް ހިއެއް ނުކުރަން. އެކަމު ހަމަ ހީވީ ވަރަށް ގާތް ކުއްޖެކޭ އެކަމު އެ ހެން ހިތަށް އެރި ސަބަބަކާއި މެދު ވިސްނާކަށް އެން އިތުރު އެއްޗެއް ހިތަށް އަރުވާކަށް ޓައިމް އެއް ނުލިބުނު..އެއަށްވުރެ ބޮޑަށް ބިރުގަތް ވިއްޔަ..ހެހެހެ” ޖުމާނަ އެ އޮތްގޮތަށް އޮވެ ބުނެލިއެވެ.

“ހެހެ.. އިނގޭތަ..ޒާން ހަމަ ސިއްސައިގެން ދިޔައީ ޖުމް ގުޅާފަ އޮތް ނަމް ފެނުނީމަ.. ހިތަށް އެރީ މީ ކޮންކަމެއް ބާއޭ… ދެން ހަމަ ނަމްބަރ ކިޔާލަ ކިޔާލަ އިނދެވުނީ….ހަހަހަ..” ޒާން އެހެން ބުނީ ލޯ މަރާލަމުންނެވެ. އެދުވަހުގައި ދިމާވި ކަންތައްތަށް ހަނދާންކުރަމުންނެވެ. ޖުމާނަވެސް ހޭންފެށިއެވެ. އަދި ޒާޔަންގެ މޭތެރޭ އިތުރަށް ބޮނޑިވެލިއެވެ.

“ޔާރު މިވަނީ ލޯތްބޭ ހަޤީޤީ…..”

“ޔާރު މިވަނީ ލޯތްބޭ ހަޤީޤީ…..”

ނިމުނީ-

36
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ryn

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ކުރަމުން ތިދާހާ ގޯނާ 3..

Next

ދޭނަން ހިތާ ޖާނާ..! 8ވަނަ ބައި

Next
January 31, 2016

ދޭނަން ހިތާ ޖާނާ..! 8ވަނަ ބައި

Previews
January 30, 2016

ކުރަމުން ތިދާހާ ގޯނާ 3..

41 Comments

  1. Ryn says:
    January 31, 2016 at 10:17 am

    hey guys.. hre is the lst prt of the stry.. hykurn mi prts vx n whle stry vx rythi vaane kamah.. thnkx fr readin… n aslu vrh happy vi mi stry vrh gina kudhin ah rythi v ma… n thnkx fr the swyt cmmnts prvs prts ga kuri.. ths cmmnts made my day.. 😉 😉 enjoy 😉 thnkx fr readin… <3

  2. Rora says:
    January 31, 2016 at 10:39 am

    Yayyy!! Finally. Xaan n jum.. Alhe story ninmaa nulinama.. Bt its amazing

  3. me says:
    January 31, 2016 at 10:39 am

    Wow… I’m first. Yey yey…..

  4. rausham says:
    January 31, 2016 at 11:11 am

    Assuves v habbu…maa avahakah story nimmaalythi…

  5. Asathaa says:
    January 31, 2016 at 11:22 am

    Alhey Nimunee tha??? V nice Mi story.. Dhigu vaahakayeh gothah genesdin nama…Ryn ur a gud writer.. keep up ur Gud work 😀 😀 😀

  6. Zaan says:
    January 31, 2016 at 11:28 am

    Salhi vaahaka eh. Superbb!!

  7. isha.. fathun says:
    January 31, 2016 at 11:45 am

    Wow… nice nice nice… i love it. U r a good writer.. ummeedhu kuran ryn ge ithuru stories kiyaalan libeyne kamah:-):-):-)

  8. Zaanaa says:
    January 31, 2016 at 12:30 pm

    V reethi story yah

  9. sunee says:
    January 31, 2016 at 12:30 pm

    V v nice story heevee hama me ge life ey aslu me ge life ves dhiya hama thigothah phn in rahtehivegen kaivenyakaa hisaabah dhevunee ??? so v nice

  10. ina says:
    January 31, 2016 at 12:34 pm

    Wowwwwwwwwwwwwwwww…..no wrds 2 say…..rynnnn…..woww woww wowww……vrh vrh vrh vrh nice mi stry ekkohvx…….i jst luvd it…….:-):-):-)miss u rynnnnnn………

  11. naaanu says:
    January 31, 2016 at 12:36 pm

    varaaaaah salhi mi vaaahaka ..just loved it ????

  12. Ryn says:
    January 31, 2016 at 12:42 pm

    thnkx guys.. m happy tht u al lykd it. owh woww sunee. thts so cool… hve a bryt lyf ahead.. 😉 n to al of u.. thnkx fr the supprt. n thnkx ina miss u mre swyty 😉 n sry maa avahah ninmaalevunyma hehe. may b wil think to cntinue this stry bt ryt nw im focusin on haadha lwbihney.. so e ninmaafa wil think abt this stry <3 😉 😉 thnkx fr readin

  13. nukko says:
    January 31, 2016 at 12:59 pm

    Vaa vaaa… I donno wat to say… its hama superb… v salhi
    Alhe nimuny dww 🙁 🙁 🙁
    Haadha loabinney up kurany kn irakun thuths…? E stry kiyaa hithun hama hurevenykee nun
    hehe 🙂 😉 😉 avasss…. n miss you tc… 😀

  14. Angerl says:
    January 31, 2016 at 1:07 pm

    Wow…. alhe ryn ge storys haadha rycheeeyyy… fooseh nuvey agn n agn kiyn ves..wow.. vrh rythi mi vs.. waiting 4 a new stry… <3 tgc

  15. lyn says:
    January 31, 2016 at 1:13 pm

    Wow v reethi

  16. Aimsithu says:
    January 31, 2016 at 1:34 pm

    Alhe nimuny tha.. bt nice nimun goi ves

  17. Ainyyy says:
    January 31, 2016 at 1:44 pm

    Wow…. short and sweet story…. always luv to read ur stories…. keep up the gud wrk ryn.. liyuntherikamuge rogugai ithuru kameeyaabee thakakah edhen… umeedhu kuraniii mikahala reethi, ekamaku dhigu vaahaka eh avas musthagubalehgai libeyne kamah

  18. neeuqeduttita says:
    January 31, 2016 at 1:44 pm

    Lwbiwrr….. Do yew knw me?
    Im saidh ?… Anekka e iy thr eyna ge name? Omg rynu hama salhi kamun… But mi part ekani adhi mi ky… Ehn parts that nuvs kiyan adhi…??… Molhu dw… Mich yew mucrh and loves… This beauty is saying bye to you, beauty… hahah.. Two beauties equal to superrrr cool besties… am i right? Do you know me babe? I hope now you know me…

    1. Ryn says:
      January 31, 2016 at 1:59 pm

      heyy satanyrr.. hahaha ofcrs i knw u.. 😛 😛 n noooo thts nubai name eh.. 😛 😛 hahaha. thnkxx alt… hahahha vrh mwlhu ingeyy… i miss u mre n luv u mre darlxx.. <3 hahaha yrh ur ryt.. yrh i knw u by seein the WRNG NAME 😛 😛 hahahaha tc darloo.. <3 luvx n miss.. 😉 byee byeee 😉 tvgc ingey? 😉

  19. Ryn says:
    January 31, 2016 at 1:57 pm

    thnkx all again. n haadha lwbihney up kuraanan in sha allah vrh avahah.. thnkx fr readin.. enjoy 😉 miss u mre miss u buni kudhin ah. tc..

    1. Aal says:
      January 31, 2016 at 2:55 pm

      Today?

    2. Ryn says:
      January 31, 2016 at 3:21 pm

      nt todayy… in sha allah vrh avahah sry.. 😉

  20. Kidy says:
    January 31, 2016 at 2:08 pm

    V v salhi stry eh….. thanx ryn

  21. Anonymous says:
    January 31, 2016 at 2:16 pm

    Ryn burugaleh nukiyaane .fankaleh ves nukiyeynun fankaayeh nun kiyan burugain foruvaifaiva n vr nyc mi stry
    N vr nyc

  22. Aal says:
    January 31, 2016 at 2:51 pm

    Great story ryn…
    I luv ur all stories keep it up…
    Now my day is incomplete without reading ur story ryn…
    Waiting for another story…

  23. Ryn says:
    January 31, 2016 at 3:22 pm

    thnkx anonymous i wil kyp tht in mind.. thnkx fr readin all. n thnkx aal.. myns alt.. enjoy…

  24. NIHAA says:
    January 31, 2016 at 4:25 pm

    V v reethi….this story is awesome….. Wow i luv it….ryn u r gud writer…n varah reethi nihmaali goy…….luv u ryn……;-);-*

  25. lam says:
    January 31, 2016 at 4:38 pm

    Nice story ryn. Hykuran adhi mikahala ehn vaahaka eh kiyan libeyne kamah

  26. ifaA says:
    January 31, 2016 at 4:43 pm

    woww!!!! wht a nice srtoryyyy.asluvx v nice mi storyy……ummydhu kuran rynge ithuru vrhakaeh v avahah fennarne kamah.i like u r sroryyx……superrbbb.all the best

  27. princess lily says:
    January 31, 2016 at 5:51 pm

    story v v v v v v nice.. mikahala rythi rythi story thakeh kiyalan libeynekamah unmeedhukuran.. Ryn v v v v v v molhu

  28. Faxoo says:
    January 31, 2016 at 6:19 pm

    Ryyn.. varah reethi vaahaka eh mee.. good luck dear 😀

  29. myf says:
    January 31, 2016 at 9:37 pm

    kyve ehaa avaha nimunii?? to be honest vara rythi vaahaka ey.. :* <3

  30. Maalu says:
    February 1, 2016 at 1:24 pm

    Wowwwwwwwwwwwwwwww??????. Vvvvvvv reethi mi story……??? u r the best ryyyyyn…….???. Miss u…

  31. ryn's fan says:
    February 1, 2016 at 2:31 pm

    ryn.. vaahaka anehhen varah rythi ingey.. ekam mi vaahakaiga bunedheyn ulheny kwcheh tha???

  32. Ryn says:
    February 1, 2016 at 3:46 pm

    thnkx all.. thnkx alt.. seriously u al made my day 😉 😉 .. n ryn’s fan.. its abt luv dhw dhn n hw they met.. hw they shared luv evn tho they were far frm each….. luv btwyn thm aslu mi stryga dhahkany.. thnkx fr readin <3 enjoy 😉 😉

  33. ryn's fan says:
    February 1, 2016 at 9:22 pm

    kommx bodu kameh kolli nama.. looking forward to another story..

    1. Ryn says:
      February 3, 2016 at 10:00 am

      heheht thwght to do bt hithah ery dhn migwthah ninmaalaany ey hehe.. thnkx 😉

  34. elsa says:
    February 2, 2016 at 4:25 pm

    roveny , roveny , i cnt stop crying , mashallah varah rythi , u makes me cry like a baby , ueeeeeeeeeen !!!! ueeeeeeeeeeeen

    1. Ryn says:
      February 3, 2016 at 9:59 am

      hahaha alheyyy sryyyyyyy doc.. <3 thnx mis u alt luv u enjoy 😉

  35. naax says:
    February 8, 2016 at 9:59 pm

    Varah salhi mivaahaka vaahaka nimmaaligoi varah reethi

  36. yum says:
    March 25, 2016 at 8:23 pm

    varah reethi

Comments are closed.

All Right Reserved!