Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހާދަ ލޯބިންނޭ… (8)

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
January 26, 2016 5 Mins Read
13 Comments

ރިންގް ނުވަނިސް ފޯނު ކަނޑާލެވުނީ ނިކުމެ ނިކުމެ ހުއްޓާ ފެނުނު މަންޒަރުންނެވެ. ތެމިފޯވެފައި ހުރި ނީރާ ސިޑިން އަރަމުން އަންނަ ތަނެވެ. ޝާއިން ހިތް ހަމަ ނުޖެހުނެވެ. މިއޮށް ބޯ ވާރޭގައި ނީރާ ތެމިގެން އެއައީ އަނެއްކާވެސް ބަލިވާންހެއްޔެވެ؟ ނީރާ ހަލުވި ފިޔަވަޅުތަކެއްގައި ސިޑިން އަރައިގެން އައިސް ދޮރު ކުރިމައްޗަށް ހުއްޓުމާއި އެކު ދިޔައީ ސިއްސައިގެންނެވެ. އެއާއި އެކު އޭނާއަށް އިސްޖަހާލެވުނީ ކުށްވެރިއެއް ފަދައިންނެވެ. ނީރާ ހުރިތަން ތެމެންފެށީ ލައިގެން ހުރި އެއްޗެހިން ފެން ތިކި ތަޅަމުން ދިޔުމުންނެވެ. ނީރާ ނޭފަތް ދަމާލިއެވެ. މިއަދު އަޖަލު ހަމަވީއޭ އޭނާ ހިތަށް އެރިއެވެ. ނީރާއަކީ ވާރެއާއި ތެމެންޏާ ވަރަށް އަވަހަށް ބަލިވާ ކުއްޖެކެވެ. އެހެންކަމުން ޝާއިން އޮންނަނީ އެކަން މަނާކޮށްފައެވެ. ނީރާ ކިތަންމެ ތެމޭ ހިތްވިޔަސް އެކަން ނުކުރަނީ ޝާއިން ރުޅިއަތުވެދާނެއަތީއެވެ. ޝާއިން އަށް ނީރާ ފެނި ކުރަން އައި ކަންތަށްވެސް ހަނދާާންނެތުނެވެ. ޝާއިން ދެބުމަ ގޮށްޖަހާލައިގެން ހުރެ ދޮރުން އެއްފަޅިއަކަށް ޖެހިލީ ނީރާގާތު ވަންނާށޭ ބުނާފަދަ ގޮތަކަށެވެ. އިސްޖަހާލައިގެން ދެއަތް މޮޑެމުން ދިޔަ ނީރާ ޝާއިން އާއި ދިމާ ބަލާލައިފައި އަނެއްކާވެސް އިސްޖަހާލިއެވެ. އަދި ހަލުވިކަމާއި އެކު އެތެރެއަށް ވަދެގެން ދިޔައެވެ. ޝާއިން ފެނުމާއި އެކު އޭނާގެ ހިތުގައި ހުރި އުދާސްތައް ފިލައިގެންދިޔަ ކަހަލައެވެ. ހުރިހާކަމެއް ހަނދާންނެތުނުފަދައެވެ.

ނީރާ ގޮސް ކޮޓާރީގެ ދޮރު ލެއްޕުމުން ޝާއިން އެތެރެއަށް ވަދެ ކުޑަ ކުޑަ ސޯފާގައި އިށީނދެލިއެވެ. އަދި އިސްތަށިގަނޑުގައި އަތް ހިނގާލިއެވެ. ކުރިމަތީ އިން ބިއްލޫރި މޭޒުމައްޗަށް ފައިދަމާލައިގެން ހަމަޖެހިލިއެވެ. އެހެންއޮއްވާ އޭނާއަށް ނިދުނީ ކޮންއިރަކު ކަމެއްވެސް ނޭނގުނެވެ. ނީރާ ފެންވަރައިގެން ނިކުތް އިރު ޝާއިން އޮތީ ނިދާފައެވެ. ލުއި ހިނިތުންވުމަކާއި އެކު ޝާއިންއަށް ބަލާލުމަށްފަހު ތެތް އެއްޗެހި ބެލްކަނީގައި ހުރި ހެދުން އަޅާ ހަރުގަނޑެއްގައި އަޅުވާލީ ވާރޭ ނުވެހޭ ހިސާބަށް އެ ޖައްސާލަމުންނެވެ. ނީރާ އެތެރެއަށް ވަދެގެން އައިސް ޝާއިން ކައިރި ހުއްޓިލިއެވެ. އަދި ޝާއިންގެ މޫނަށް ފަރުވާތެރިކަމާއި އެކު ބަލާލިއެވެ. ނޭފަތް ދަމާލުމަށްފަހު އޭނާ ކަރުގައި އަތް ޖައްސާލީ ހަށިގަނޑަށް ހޫނުކަން އިހްސާސްވުމުންނެވެ. އޭނާ ހުރީ ކުޑަކޮށް ހުންއައިއްސައެވެ. ނަމަވެސް އެކަން މާ ބޮޑު ކަމަކަށް ނަހަދާ ނީރާ ބަދިގެއަށް ވަނީ މިރެއަށް ވާއިރަށް އެއްޗެއް ކެއްކޭތޯއެވެ.  ބަދިގެއާއި ސިޓިންގް ރޫމް އިންނަނީ ގުޅިފައި ކަމުން ބަދިގެ ތެރެ ރަނގަޅަށްވެސް ފެނެއެވެ. ބަދިގެ ތެރޭ ކުޑަ ވަށް ބިއްލޫރި މޭޒަކާއި އެކު ދެ ގޮނޑި ބަހައްޓާފައި ހުއްޓެވެ. އަދި މޭޒުގެ ފަހަތުގައި ކުޑަ ވަރެއްގެ ފްރިޖެއްވެސް ހުރެއެވެ.

ނީރާ އިރު އިރުކޮޅާ ނޭފަތް ދަމާލައެވެ. އޭނާގެ ނޭފަތް އިނީ ރަތްކުލައިގައެވެ. އަދި ލޯ ކައިރި ފާޑަކަށް ދުޅަވެފައި ހުރުމުން ރޯގާ ޖެހެން އުޅެނީކަން ނީރާއަށް އިނގުނެވެ. އޭނާގެއަށް އައީވެސް ތެމެމުންނެވެ. ލިފްޓްގެ ބަދަލުގައި ސިޑި ބޭނުން ކުރަން ޖެހުނީވެސް ތެމިފައި ހުރިލެއް ބޮޑުކަމުންނެވެ. ވަގުތު ފާއިތުވަމުން ދާވަރަކަށް ނީރާގެ ހުންވެސް ދިޔައީ ގަދަވަމުންނެވެ. ބޮލަށް އެނބުރުން އަރަން ފެށިއެވެ. އެހެންކަމުން ކޮށަން ހުރި ފިޔާތަށް ތައްޓަށް ލުމަށްފަހު އިރުކޮޅަކު އެހެން ހުރެލީ ރަނގަޅުވޭތޯއެވެ. ނަމަވެސް ރަނގަޅެއް ނުވިއެވެ. އެހެންކަމުން ތަންތަނުގައި ހިފަހައްޓައިގެން ހުރެ އަތް ދޮވެލީ ފިޔާގެ ވަސް އަތުގައި ހުރުމުންނެވެ. އޭނާ ގެ ލޯމައްޗަށް އަނދިރިވަމުން ދިޔަލެވެ. ނީރާ ލޯ އަވަސްއަވަހަށް ތަޅުވަންފެށިއެވެ.

ބަދިގެއިން ނިކުތްކަމެއް ނޭނގި ނީރާ ހުރިތަނަށް ވެއްޓުނެވެ. ޝާއިންއަށް ސިއްސައިގެންގޮސް ހޭލެވުނީ ނީރާ ވެއްޓުނު އަޑަށެވެ. ސޯފާއާއި ދާދި ކައިރީގައި ހުރި ބަދިގޭއިން ނިކުންނަ ދޮރުމަތީ އެއޮތީ ދެވަނަ އެހެން މީހެއް ނޫނެވެ. ނީރާއެވެ. ޝާއިން ދެލޯ ބޮޑުކޮށްލިއެވެ. އަދި އަވަސް ހަރަކާތަކާއި އެކު ތެދުވެ ނީރާ ކައިރިއަށް ދިޔައެވެ. ނީރާއަށް ގޮވަން އަތްލުމާއި އެކު އަތްނެގީ ނީރާ ހުންއައިއްސާ އޮތްލެއް ގަދަކަމުންނެވެ. އޭނާ ހާސްވިއެވެ. “ނީ..” “ނީ..” ޝާއިން ނީރާއަށް ގޮވަންފެށިއެވެ. ނަމަވެސް އޭނާގެ ހަބަރެއް ނުވިއެވެ. ޝާއިން ނީރާ ނެގުމަށްފަހު ކޮޓަރިއަށް ގެންގޮސް އެނދުމަތީ ބާއްވާލިއެވެ. ނީރާ  ތަށިމުށިމަތީ ޖެހުނު ގޮތުން  އޮތީ ބޮލުގެ އެއްފަޅި ކުޑަކޮށް ދުޅަވެފައެވެ. ފަޅައިގެން ނުދިޔަކަން އެއީ ނަސީބެވެ.

ޝާއިން ފެންތަށްޓަކަށް ފެން އަޅާލުމަށްފަހު  ރުމަލެއް ފޯކޮށްލާ ނީރާގެ ނިތްކުރިމަތީ ބޭއްވިއެވެ. އަދި ނީރާގެ ބޮލުގައި ދުޅަވެފައި އިންތަނުގައި އައިސްކިޔުބް ޖައްސަންފެށިއެވެ. އަދި ގޮނޑިއެއް ގެނެސް ނީރާގެ ކައިރީގައި އިށީނދެލިއެވެ.

އޭގެ އިރުކޮޅެއްފަހުން ނީރާ ލޯހުޅުވާލިއެވެ. އޭނާއަށް ލޯހުޅުވުނީވެސް ވަރަށް ކުޑަކޮށެވެ. ޝާއިން ލުއި ހިނިތުންވުމެއް ނީރާއަށް ރައްދުކޮށްލިއެވެ. ނީރާ ގެ ދާދި ކައިރީގައި ޝާއިން އިނުމުން އޭނާ ހިތަށް ހަމަޖެހުން ލިބުނު ކަހަލައެވެ. ޝާއިން ނީރާގެ ބޮލުގައި ފިރުމާލިއެވެ. އެއާއިކު ނީރާ ޝާއިންގެ އަތުގައި ހިފަހައްޓާލިއެވެ. އަދި  ލޯމަރާލިއެވެ. ނުދާށޭ ބުނާފަދަ ގޮތަކަށެވެ. އިރުކޮޅެއްނުވެ ހަށިގަނޑަށް ލިބިފައިވާ ވަރުބަލިކަމުގެ އިތުރުން މަޑު ނުވި ހުމުގެ ސަބަބުން ނީރާއަށް ނިދުނެވެ. ޝާއިން  ނީރާ ނުކައި އޮތުމުން ނީރާއަށް ގޮވަން އުޅެފައިވެސް ބޭއްވީ އޮތްލެއް މައުސޫމްކަމުންނެވެ. އެތަށް އިރެށް ވަންދެން އެ މޫނަށް ބަލަން އޮތެވެ. ޝާއިން ނީރާގެ ގައިގައި އަޅާފައި އޮތް ރަޖާ ގަނޑު ރަނގަޅު ކޮށްލިއެވެ. އަދި ތެދުވަން އުޅެނިކޮށް އަތަށް ބާރުވިއެވެ. ނީރާ ޝާއިންގެ އަތުގައި ކުރިއަށް ވުރެވެސް ބާރަށް ހިފަހައްޓާލިހެން ހީވިއެވެ. އެހެންކަމުން އޭނާ އިންތާ އިނީ ނީރާއާއި ދިމާ ބަލާލަމުންނެވެ. އެގޮތުގައި އެތަށް އިރެއް ހޭދަވެގެން ދިޔައެވެ. ނަމަވެސް ޝާއިން އެތަނުން ދާކަށް ބޭނުމެއް ނުވިއެވެ.

ކުއްލިއަކަށް ނީރާ ފުރޮޅިލިއެވެ. ޝާއިން އެފަދަކަމަށް އިނީ ތައްޔާރުވެގެން ނޫންކަމުން އޭނާ ނީރާ ގައިމައްޗަށް ނުވެއްޓުނީ ކިރިޔާއެވެ. އިންތަނުންް ތެދުވެވުނެވެ. ނީރާ އޭނާ ގެ އަތުން ދޫނުކުރިތާނގާ ހިފެހެއްޓީއެއަށް ވުރެވެސް ބާރަށެވެ. ޝާއިން އޭނާގެ އެއް އަތް އެނދުގައި ވިއްދާލައިެގެން ހުރި އިރު އަނެއް އަތް އޮތީ ނީރާގެ ގައިމަތިން ލައިގެން ގޮސް ނީރާގެ އެއްއަތުން ހިފަހައްޓާލެވިފައެވެ. އޭނާ ނުވެއްޓި އެ އޮތީ އެއް އަތުގެ ބާރުންނެވެ. ގުދުވެފައި އޮތް އިރު އޭނާގެ އަތް ނެއްޓިއްޖެއްޔާ ވެއްޓޭނީ ނީރާގެ ގައިމައްޗަށް ކަން އިނގުމުން އެ އަތަށް ތަންކޮޅެއް ބާރުލިއެވެ.

“ހާދަ ލޯބިންނޭ ހިނިތުންވަނީ އެ އޭނާ….

ސިއްރު ސިއްރުންނޭ ބަލަނީ ޒުވާނާ..

ފެނިފާ ލޯބިވެވިއްޖޭ ދެލޮލާ ރީތި މޫނާ…”

…

….

ޝާއިން ސިއްސައިގެން ދިޔައީ އޭނާގެ ފޯނު ރިންގްވާ އަޑަށެވެ. ޝާއިން ފޯނުގެ ރިންގްޓޮންގައި އިންނާނީ ނީރާ ތަންކޮޅެއް ކުރިން ކިޔާފައި އިން ހާދަ ލޯބިންނޭ އެ ލަވައިގެ ރެކޯޑެކެވެ. ޝާއިންގެ މޫނުމަތިން ދާތިކިތަށް ފާޅުވާންފެށިއެވެ. ފޯނު ނަގާނީ ކިހިނެއްތޯ ހިތަށް އަރަމުން ދިޔައެވެ. އެއްއަތް ނައްޓުވާލައިފިއްޔާ ވެއްޓޭނީ ނީރާގައި މައްޗަށެވެ. އަނެއް އަތް އޮތީ ބަނދެވިފައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ޝާއިން ލޯމަރާލީ އެ ރިންގްޓޮންގެ އަޑު ގަދަވާން ހެދުމުންނެވެ. ނީރާ ހޭލަފާނެތީ އޭނާ ބިރުގަތެވެ. ނަމަވެސް ކުރާނެކަމެއް ނެތެވެ. އޭނާ ޖެހުނީ އެ ހުރިގޮތަށް ހުންނާށެވެ. އެންމެފަހުން ފޯނަށް ދެވަނަ ފަހަރަށް ގުޅަން ހެދުމުން ޝާއިން މަސައްކަތް ކުރީ ނީރާގެ އަތުން އޭނާގެ އަތް ނެއްޓުވޭތޯއެވެ. އެހެން އުޅުމުގެ ތެރޭގައި ނީރާއަށް ހޭލެވުނެވެ. އަދި ލޯ ހުޅުވާލަމުން  އެނބުރިލީ ޝާއިން އެގޮތަށް ފެނިދާނެ ކަމަކަށް ނޫނެވެ. ޝާއިން ފެނިފައި އޭނާ ބިރުގަތެވެ. އަދި ހަޅޭލަވައިގަނެފައި ލޯ މަރައި ތަގުޅިކޮށްލިއެވެ. ޝާއިންވެސް ސިހުނީ ނީރާ ހަޅޭލަވައިގެން އަޑަށެވެ. “ނީ..! މީ އަހަންނޭ.. ހުޅުވަބަލަ ލޯ” ޝާއިން އެ ހުރިގޮތަށް ހުރެބުނެލިއެވެ. ނީރާ މަޑުމަޑުން ލޯ ހުޅުވާލިއެވެ. އަދި ޝާއިންއާއި ދިމާބަލަމުން ދިޔައީ ސުވާލުގެ ނަޒަރަކުންނެވެ. އޭނާ ގުދުވެ އެއޮތީ ކީއްވެހެއްޔެވެ؟

ނަމަވެސް ދެވަނަ ސިކުންތުގައި އޭނާއަށް ވީގޮތް ނަގައިގަނެވުނީ ހިފަހައްޓާލެވިފައިވާ ޝާއިންގެ އަތް ފެނުމުންނެވެ. އަދި އެއްއަތް ވިއްދާލައިގެން ނީރާއަށް ބަލަމުން ދިޔަ ޝާއިން އާއި ރިންގް ވަމުން ދިޔަ ފޯނުގެ އަޑުންނެވެ. ނީރާ އަވަސް އަވަހަށް ޝާއިންގެ އަތުން ދޫކޮށްލީ ދުލުގައި ދަތް އަޅާލަމުންނެވެ. ޝާއިން އަށް ނޭވައި ލެވުނީ ދެނެވެ. އޭނާ ހަމަޖެހިލާ ކުޑަކޮށް ހަށިގަނޑު ދަމާލިއެވެ. އަދި ރިންގް ވަމުން ދިޔަ ފޯނު ނެގާ ބަލާލިއިރު އެއީ ރާހިލްއެވެ. “ހަލޯ ކީކޭ؟؟” ޝާއިން ފޯނު ނެގުމާއި އެކު އެހެން އަހާލިއެވެ. “ކޮބާ އޭނަ؟ ޝައްކުވިތަ އަނެއްކާ؟ ދެން އެވާހަކަ ކިޔައިދޭނީ ކޮންއިރަކުން؟” ރާހިލް ފައްޗަކަށް ސުވާލުތަށް އަމުނާލިއެވެ. “އާނ.. މިފަހުން އެބަ ގުޅަން އިނގޭ.. ކުޑަ ކަމަކު އޭ.” ޝާއިން އެހެން ބުނުމަށްފަހު ރާހިލްގެ ޖަވާބެއް ނުލިބެނިސް ފޯނު ކަނޑާލިއެވެ. އަދި ރާހިލްއަށް މެސެޖެއް ކޮށްލީ ނީރާ ކައިރީގައިއޭ ބުނަމުންނެވެ. އަދި ފަހުން ގުޅާލާނެކަމަށްވެސް ބުނަމުންނެވެ.

ޝާއިން ދެން އެނބުރިލީ ނީރާއާއި ދިމާލަށެވެ. ނީރާ ކައިރިއަށް ގޮސް އޭނާގެ ނިތްކުރިމަތީ އަތް ޖައްސާލީ ހުން ހުރިތޯ ބަލާށެވެ. ނަސީބަކުން ކުރިއަށްވުރެ ހުންމަޑެވެ. ނަމަވެސް ހުން ހުއްޓެވެ. ޝާއިން ކުއްލިއަކަށް އެއްޗެއް ހަނދާންވިއެވެ. އެއާއި އެކު ދެބުމަ ގޮށްޖަހާލަމުން އިށީނދެ އިން ނީރާއާއި ދިމާލަށް ބަލާލިއެވެ. ނީރާއަށް ވީގޮތް ނަގައި ގަނެވުމުން އަވަހަށް މަސައްކަތް ކުރީ ޝާއިން އާއި ހަތަރު ކަޅި ހަމަނުކުރެވޭތޯއެވެ. ކޮޓާރީގެ އެކި ދިމާ ދިމާލަށް ނަޒަރު ހިންގަމުން ދިޔައީ އަލަށް އެތަން ފެނިގެންއުޅޭ މީހެއްހެންނެވެ.. އޭރު އޭނާގެ ހިތް ތެޅެންފެށިއެވެ. ޝާއިން ލޯ ހަނިކޮށްލުމަށްފަހު ކޮޓަރިން ނިކުމެގެން ދާން ހިނގައިގަތެވެ.

“ކޮންތާކަ…….” ނީރާ އަށް އެހިސާބަށް ބުނެވުނުއިރު ޝާއިން ބަން ލާފައި ދޮރު ލެއްޕީއެވެ. އެހެންކަމުން ބުނަން އުޅުނު އެއްޗެއް ފުރިހަމައެއްވެސް ނުކުރެވުނެވެ. ދޮރާއި ދިމާލަށް ވައްތަރެއް ޖައްސާލުމަށްފަހު ހެޑްބޯޑުގައި ބޯ އަޅާލީ އަދިވެސް ބޮލުގައި ރިއްސާތީއެވެ. އެހެން އޮތް އިރު އޭނާއަށް ސިފަވަމުން ދިޔައީ ޝާއިން ނީރާއާއި ދިމާލަށް ގުދުވެގެން އޮތްގޮތެވެ. އެވަގުތު އިވެމުން ދިޔަ ނީރާގެ ލަވައިގެ އަޑެވެ. ލުއި ހިނިތުންވުމެއް އެ މޫނުމަތީ ކުޅެލީ ޝާއިން ގެ އަތުގައި ހިފެހެއްޓިފައި އޮތްތަން ފެނުމުންނެވެ. އެއާއި އެކު އޭނާއަށް ހަނދާންވީ މީގެ އަހަރުތަކެއް ކުރިން ހަމަ އެ ގޮތަށް ދެމީހުން އުޅުނު ހަނދާނެވެ. އެއާއި އެކު އިތުރަށް އޭނާގެ ހިނިތުންވުން ފުޅާވިއެވެ. ނީރާ ހީކުރީ ޝާއިން އެގެއިން ނިކުމެގެން ދިޔައީ ކަމަށެވެ. އާނާ ރުޅިއައިއްސާކަން ވެސް އިނގެއެވެ. ނަމަވެސް ނީރާއަށް ޝާއިންގެ ރުޅި މަޑު ކުރަން ހަމަ ރަނގަޅަށެވެސް އިނގެއެވެ. އޭނާ އެގޮތުގައި އެތަށް އިރެން ވަންދެން އިނީ ބޮލަށް ލުޔެއް ލިބޭތޯއެވެ.

ކުއްލިއަކަށް ނީރާ ބޯ ހިއްލާލާ ދޮރާއި ދިމާލަށް ބަލާލީ މީހަކު ދޮރު ހުޅުވުމުންނެވެ. ފުޅާ ހިނިތުންވުމެއް ވެރިވީ ދޮރު ލައްޕާލަމުން ތަށްޓެއް ހިފައިގެން އަންނަ ޝާއިން ފެނިފައެވެ. އެއާއި އެކު އޭނާ އެނދުގައި ހަމަޖެހިލިއެވެ. އޭނާ ވަދެގެން އާއިރު ނޫޑްލިސްގެ މީރުވަސް މުޅި ކޮޓަރީގައި ހިފާލިއެވެ. ނީރާ ޝާއިން ދެބުމަ ގޮށްޖަހައިގެން އަދިވެސް ހުރިއިރު ރުޅިގަނޑު ތިރި ނުވެއޭ ނީރާގެ ހިތަަށް އެރިއެވެ. ސިކުނޑީގައި ޕްލޭނެއް ހަދާލީ ޝާއިން ގެ ރުޅި މަޑުވޭތޯއެވެ. ޝާއިން އައިސް އޭނާ އިން ގޮނޑީގައި އިށީނދެލަމުން ނީރާއަށް ތަށި ދިއްކޮށްލީ ހަތަރުކަޅި ކަމަ ނުކުރަން މަސައްކަތް ކުރަމުންނެވެ. ނީރާ އޭނާގެ އަތް ފަހަތަށް ލިއެވެ. އަދި ޝާއިންއާއި ދިމާލަށް ބަލާލީ އެއިން އެއްޗެއް ދޭހަ ވީތޯ ބަލާލާށެވެ. ޝާއިންގެ މޫނުމައްޗަށް ވެރިވި ހިނިތުންވުމުން އޭނާ އަދިވެސް ހަނދާން އެބަހުރިކަން ނީރާއަށް ނަގައިގަނެވުނެވެ. ޝާއިން ނުހޭން އިނަސް އޭނާއަށް ހެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ރުޅި މޫނު ހަދާލަމުން ނީރާއާއި ތަށި އިތުރަށް ކައިރިކޮށްލިއެވެ. ނޫޑްލިސް ތަށިން އަރަމުންދިޔަ އާވި ފެނި ވަރަށް ހޫނުވާނެކަން ނީރާއަށް ނަގައިގަނެވުނެވެ. ނީރާ ތުން ދަމާލުމަށްފަހު ބޯ ދެފަރާތަށް ހޫރާލީ ހެވޭ ބުނާފަދަ ގޮތަކަށެވެ.

ޝާއިން ޕިސް ޕިސް ޖަހާލިއެވެ. އެވަރުންވެސް ނީރާ އަތް ނުނެރުނެވެ. “ޕިސް ނީރާ..!! މި ހިހޫ ވެދާނެ.. ހިހޫ ވީމާ ކެއުމަށްވުރެ ނުކެއުން މާ ރަނގަޅުވާނެ..” ޝާއިން ރުޅި އަންނަ ގޮތް ދައްކާލިއެވެ. އެވަރުންވެސް ނީރާ ތުންދަމައިގެން އިނީއެވެ. ޝާއިން ފުން ނޭވައެއް ދޫކޮށްލީ އޭނާގެ ހަތިޔާރު ބެހެއްޓިފަދަ ގޮތަކަށެވެ. އަދި ތަށްޓަށް ލާފައި އިން އުލުން ކުޑަކޮށް ނޫޑުލިސްތަށް ތަޅުވާލިއެވެ. އެއަށްފަހު އޫ އަނބުރާލަމުން ނޫޑްލިސްތަށް އޭގައި އޮޅާލިއެވެ. ނީރާ އެދިމާ ބަލަން އިނީ ދަތްތަށް ފެންނަ ވަރަށް ހީލަމުންނެވެ. ޝާއިން އިސްއުފުލާލުމެއްނެތި ނީރާއާއި ދިމާލަށް އޫ ދިއްކޮށްލީ ތަށިވެސް ކައިރިކޮށްލަމުންނެވެ. ސޫޕް ނޫޑްލިސްކަމުން ތިކި ބޭރަށް ޖަހާފާނެތީއެވެ. ނީރާ ޝާއިންއާއި ދިމާބަލަން އިނދެ އަނގަ ހުޅުވާލަމުން ނޫޑްލިސްކޮޅު ކާލިއެވެ.

“ޔަމްމް އެހެންމީހުންގެ އަތުން ކެއީމަ ރަހަ ވަރަށް މީރުވާނެ..” އިސްޖަހައިގެން އިން ޝާއިން އާއި ދިމާ ބަލަން އިނދެ ނީރާ އެހެން ބުނެލިއެވެ. އެއާއި އެކު ޝާއިން ގެ ތުންފަތްމައްޗަށް ވެރިވި ހިނިތުންވުން ނީރާއަކަށް ނުފޮރުވުނެވެ. ނީރާވެސް ހޭންފެށިއެވެ. އެއަށްފަހު ޝާއިންގެ އަތުން ކާންފެށީ އިތުރު އެއްޗެއް ބުނުމެއްނެތިއެވެ. ޝާއިން ގެ ހިނިތުންވުން އިރު އިރުކޮޅާ ފެނުނެއްކަމަކު އޭނާ އިނީ ރުޅި މޫނު ހަދާފައެވެ.

 

-ނުނިމޭ- 🙂

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

އިންސާނަކީމޭ …………..!

Next

ކުރަމުން ތިދާހާ ގޯނާ…

Next
January 26, 2016

ކުރަމުން ތިދާހާ ގޯނާ…

Previews
January 26, 2016

އިންސާނަކީމޭ …………..!

13 Comments!

  1. Ryn says:
    January 26, 2016 at 5:25 pm

    hey guys… aftr a lng tym dhw? sry fr tht.. hehe adhivx exms nunime bt late vaathyve up khly.. 😉 😉 hwp u al wil lyk this prt.. thnkx fr readin.. enjoy 😉 😉

  2. naaanu says:
    January 26, 2016 at 5:59 pm

    vvvv salhi….dhigu inthixaarakah fahu mi libuny kiyan dho..vvvvvvb salhi ????i frst dho..yayyyy

  3. naaanu says:
    January 26, 2016 at 6:02 pm

    examkon dhuhukun tha nimenyyy….rangalhah hadhachey ngeyyy…my best wishes ??luv yuh reen n miss yuh

  4. sheynn says:
    January 26, 2016 at 6:11 pm

    Dhn next part kn irakun up kurany

  5. ina says:
    January 26, 2016 at 6:21 pm

    Ryyyyynn vrh dhuvas fahun dhwww……wowwwww vrh vrh vrh nice mi part vx……..n mi stryvx………..kn irakun nxt part???????

  6. lai says:
    January 26, 2016 at 7:55 pm

    wowwww rynuu .. after a long time dhw .. hehe .. hama vvvvvvvvvvvv rythi mibai vess.. i jst love this stry .. when next part? eagerly waiting ..:) 😀

  7. Maalu says:
    January 26, 2016 at 8:13 pm

    Wowwwwwwwwwwww????
    Vrh vrh vrh vrh reethiiiiiii???
    When is the next part??????
    ……………WAITING………..
    This story is awsome….??
    Ryyyyyynnn u r the best …..
    Love ur story’s ???

  8. nukko says:
    January 26, 2016 at 8:50 pm

    Hey thuths….. mibai vs hama habeyx…. varaaaaaaah nala… 😛
    hehe wen nxt part?? Avahah up kohdhechey… v inthixaar kurin mi part ah….. miss u luv u tc

  9. ryn says:
    January 26, 2016 at 10:43 pm

    thnkx al.. n nxt prt in sha allah avahah up kureveythw balaanan.. n naanu!! dhn huri exms hadhaane dhuvaheh final eh nukuran so dnt knw whn wil it finish.. ryn mn jeheyny dates fix kurn.. thnkx fr readin all.. miss u luv u mre nukko mal aww lai vx dhw n ina n yrh naanu too.. <3 tc

  10. misty says:
    January 26, 2016 at 11:27 pm

    Varah salhi mi bai vx.. When nxt prt?

  11. shima says:
    January 26, 2016 at 11:43 pm

    Salhi…but maaka kury…next part thankolheh dhigu kohladhyba plz…Erun warah ragalhu…. ☺ and wahaka upload kurumuge kurin kiyalafa huhna kudhi mistake thah ragalhu koh lyma warah best waane… ?

  12. elsa says:
    January 27, 2016 at 4:21 pm

    hey mom , missed u a lottt , varah varah miss vi , varah varah rythi story ves , jst wow . gud luck 4 evrything , tc k 🙂

  13. Mahaa says:
    January 28, 2016 at 11:43 pm

    Ryn haadha lahey story up vaaaleh… I am waiting for this story.. Cox this is really an awesome story…. I just lurrv this story…
    Waiting for the next part…

Comments are closed.


All Right Reserved!