Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މިވަނީ ލޯތްބޭ….

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
January 28, 2016 7 Mins Read
34 Comments

 

“ހަލޯ…  ބޭބީ.. މޯރނިންގް…ކޮންތާކު ތިއުޅެނީ؟؟؟” ޒާޔަން އޭނާގެ ލޯބިވެރިޔާ ޖުމާނައަށް ގުޅާލިއެވެ. ދެމީހުންނަކީވެސް އެކަކު އަނެކަކު ދެކެ ނުލާހިކު ލޯބިވާ ދެމީހުންނެވެ. ދުވަހަކުވެސް އެކަކު އަނެކަކުގެ މޫނު ނުފެނި ލޯބީގެ ގޮތުން ގުޅުނު ލާމަސީލު ދެ ލޯބިވެރިންނެވެ. އެކަކު އަނެކަކުގެ ސިފަ ބަޔާންކޮށްދިނުމުން ހިތުން ސޫރަ ކުރަހާލައިގެން ހަމަޖެހުން ހޯދައެވެ. އެކަކު އަނެކަކުގެ ފޮޓޯއެއް ފޮނުވުންވެސް  ބޭކާރު ކަމަކަށް އެ ދެމީހުންވެސް ދެކުނީ ލޮލު ކުރިމައްޗަށް ފެނުމުން އުފާވާނެ ވަރު އިނގޭތީއެވެ. ދެމީހުންގެ ގުޅުމަށް ދެ އަހަރު ވާން ކައިރިވެފާ ވާއިރު އެދެމީހުންނަށްވެސް އެކަކު އަނެކަކު ރަނގަޅަށް އިނގެއެވެ. ދަނެއެވެ. ކައިރީގައި ނުވިއެއް ކަމަކު އަބަދުވެސް އެކީގައި ވާކަން އިހްސާސް ކުރެވެއެވެ. ދެމީހުންގެވެސް މައިންބަފައިންނަށް އެމީހުންގެ ގުޅުން އެނގުނެއްކަމަކު މާ ބޮޑު ވާހަކައެއް ނުދައްކަ ތިބީ އެދެކުދިންގެ މިނިވަންކަމާއި މެދު ވިސްނާލާފައެވެ. ޒާޔަން އަކީ މާލެ ގައި އުޅެ ބޮޑުވި މުއްސަނދި އާއިލާއެއްގައި ހުރި ދެ ފިރިހެން ކުދިންގެ ތެރެއިން ހަގު ފިރިހެންކުއްޖާއެވެ. ޖުމާނާއަކީ ޅ. ނައިފަރުގައި އުފަންވެ އުޅެ ބޮޑުވި ކުއްޖެކެވެ. މުއްސަނދި ނުވިކަމުގައިވިޔަސް ޖުމާނާގެ މައިންބަފައިން އޭނާއަށް ބޭނުން އެއްޗެއް ހޯދައި ދީ އުފަލުގައި ބަހައްޓަނީ އެ ދެމީހުންގެވެސް ހުރި ހަމައެކަނި ދަރިއަކީ ޖުމާނަ ކަމުގައި ވީތީއެވެ.

“މޯރނިން… ގޭގައެއްނު ދެން އުޅޭނީ… އެހެން އިތުރު ތަނެއް އޮވޭތަ އުޅެން..؟” ޖުމާނަ ހީލަމުން އެހެން ބުނެލިއެވެ. “ހެހެ..އާނ.. ޒާން ކައިރިއަކުނު…” ޒާޔަންވެސް މަޖަލުގައި ބައިވެރިވެލިއެވެ. “އެހެންތޭ…!” ޖުމާނަ ލަދުގަތްކަން ނާންނަގަން އެހެން ބުނެލިއެއްކަމަކު ޒާޔަންއަށް އެކަން އިނގުނެވެ.

“ހެހެ ނޭހެން.. ކޮބާ ކައިފިންތަ؟”

“ކައިފިންތައޭ؟؟؟ ކައިފިންތަ ކިޔާ އެއްޗެއް ނުގެންގުޅެން ކޮބާހޭ ތި އަހަނީ..” ޖުމާނަ އާއި ޒާޔަންގެ ކަމަކީ އަބަދުވެސް އެކަކު އަނެކަކާ މަޖާކޮށް ޖެއްސުންކުރުމެވެ. އެއިން އެދެމީހުންގެ ލޯބި އިތުރުވާކަމަށް ދެމީހުންވެސް ގަބޫލުކުރެއެވެ.

“ހަހަހަ.. ދެން އެހެންވިއްޔާ ސައިބޮއެފިންތަ؟”

“ހުމްމް ބޮއެފިން.. ބުނޭ ގުޑް ގާލް އޭ…”

“ޕިސް ޕިސް ގުޑް ގާލް..”

“ކާކުގެ؟؟؟ ފުރިހަމަކުރޭ..”

“މައި ވަން އެން އޮންލީ ގުޑްގާލް.. ހެޕީ؟؟؟”

“މާ ބޮޑަށް ވެސް.. ޒާން މި ޖުމާ ބުނީ……..”

“އަދި ނުބުނަމެއްނު… ހަހަހަހަ”

“ޕިސް މި ބުނަނީ އޭ ކެތްކޮށްބަލަ… އިޓްސް ގޮއިންގް ޓުބީ 2 އިޔާރސް ދޯ؟؟”

“ހެހެހެ.. އެހެންތަ 2 އިޔާސްތަ ހަމަ؟ ނޭނގޭނެއެއްނު….”

“ދެންންން ޒާން ގަނޑާ.. ވަޓް އެވަރ މަމް އެބަ ގޮވާ އިނގޭ.. ސޯ ބައި ޓޭކް ކެއަރ .. އެލް އެން އެމް…”

“ހަހަހަ ދެންންން ޖުމް ނުދޭބަ އަޅެ…. ޕްލީސް.. ޒާން ދޫކޮށްފަ ނުދޭބަ ދެންންންން.”

“އަރގްގްގް ބައި ކޮޕީ ކެޓް”

“އޯކޭ އޯކޭ ބައި.. ލަވް އެން މިސް..”

“ބައި”

ޖުމާނަގެ މޫނުމައްޗަށް ލުއި ހިނިތުންވުމެއް ވެރިވެގެންދިޔައެވެ. ޒާޔަން އާއި ވާހަކަ ދައްކާ ކޮންމެ ފަހަރަކު އެ ހިތް ލޯބިން ފުރިގެން ދެއެވެ. މޫނުމަތި އުޖާލާވެގެންދެއެވެ. އެ ފިރިހެންވަންތަ އަޑުން ޖުމާނަ އަށް ގޮވާލާ ގޮތާއި ހީލާގޮތް އަޑު އިވި ޒާޔަން ދެކިލާ ހިތް ވާން ފަށައެވެ. ނަމަވެސް އެކަން ޒާޔަންއަށް ނާންގަނީ ޒާޔަން ބޭނުން އިރަކުން ބައްދަލުކުރަންށެވެ. ދެލޯ މަރާލަމުން ފޯނު މޭގައި ޖައްސާލައިގެން އިނީ ޒާޔަންގެ ހިޔާލަކަށް ގެއްލިއެވެ. އެދެމީހުންގެ ލޯބީގެ މާ ބަގީޗާގައި އިތުރު ގަސްތަކެއް އިންދަމުންނެވެ.

“ޖުމާ..! ދަރިފުޅާ…” ހިޔާލީ ދުނިޔެއަކުން ޖުމާނަ ނިކުމެވުނީ އޭނާގެ މަންމަ ފަހުމާ ގޮވާލިއަޑަށެވެ. އަވަސް އަވަހަށް އެނދު މައްޗަށް ފޯނު އެއްލާލަމުން ޖުމާނަ ނުކުމެގެން ދިޔައީ ގެންގުޅޭ ދެމޭ ކުޑަ ވަށް ބުރުގާ ބޮލަށް މަހާލަމުންނެވެ.

ޒާޔަންވެސް އިރުކޮޅަކު ލޯމަަރާލައިގެން އިނީ ޖުމާނަގެ ހިޔާލުގައެވެ.

“އޭ!! ޒާންޓޭ ކޮން ހިޔާލެއްގަ.. އަނބިކޮއެއާ ވާހަކަ ދައްކާލީ ދޯ..” ޒާޔަންގެ އެންމެ ގާތް އެކުވެރިޔާ ހައިކަލް ޒާޔަން އިން ކެބިންއަށް ބޯދިށްކޮށްލަމުން އެހެން ބުނެލީ ޒާޔަން އިންގޮތް ފެނިފައެވެ. ޒާޔަން އަވަސް އަވަހަށް ހަމަޖެހިލާ މޭޒުމަތީ ބަހައްޓާފައި ހުރި ފައިލްތަށް ހުޅުވަންފެށިއެވެ. “އޭ މަޖުނޫން ތީ ނިމިފަ ހުރި ކަމެކޭ… ހަހަހަ. މިއަދު ނެތް މާ ބޮޑު މަސައްކަތެއް ހިނގާބަލަ ކޮފީއަކަށް ދާން..” ހައިކަލް އެހެން ބުނެލީ ޒާޔަންއާއި ދިމާ ކުރާފަދަ ގޮތަކަށެވެ. ޒާޔަން އެއްޗެކޭ ނުބުނެ އޭނާގެ ފަން އިސްތަށިގަނޑުގައި އަތް ހިންގާލީ ހިނިގަނޑެއްޖަހާލަމުންނެވެ. “ކޮބާ ހައިކް ގެ އަންހެނުން؟؟؟ މިއަދަކު އޮފީހަކުން ނުފެނެ.” ޒާޔަން ވާހަކަ އޮޅުވާލަމުގެ ގޮތުން ގޮނޑިން ތެދުވެގެން ހައިކަލް އާއި ހަމާލަށް އަރަމުން ބުނެލިއެވެ. “އޭނަ އެއް ހަފްތާގެ ލީވް އެއް ނެގީ.. އޭނަގެ ކޮއްކޮ ހިތާނު ކުރާތީވެގެން…” ހައިކަލް އޭނާގެ ލޯބިވެރިޔާ ހައިފާ އޮފީހަށް ނައި ސަބަބު ބުނެލަދިނެވެ. ދެމީހުންވެސް ވާހަކަ ދައްކަމުން ކެންޓީންއަށްވަދެ ކޮފީ ބޯލަން ތިބީ ގަދަ ވާހަކައެއްގައެވެ.

“އޭ ހައިކް.. އެބައޮތޭ އަދި ބޮޑު ވާހަކައެއް..” ކޮފީތަށިން ކޯވަރެއް ބޯލަމުން ޒާޔަން އެހެން ބުނެލިއެވެ.

“ކޮން ވާހަކައެއް.. އަވަހަށް………” “ޒާން.. ސަރ އެބަ ގޮވާ…” ހައިކަލް ދެއްކި ވާހަކަ މަޑުކޮށްލަން މަޖުބޫރު ވީ ކެންޓިންގެ ދޮރުމަތީ ހުރި އާޝާ ޒާޔަންއަށް ގޮވާލުމުންނެވެ. “ބައްޕަ އޭ.. ކިހިނެއްވީބާ.. އޭ އެބައަންނަން އިނގޭ..” ޒާޔަން ކޮފީތަށި އަވަހަށް ހުސްކޮށްލަމުން އެހެން ބުނެ ނިކުމެގެން ދިޔައީ ހައިކަލްއަށް އަތުގެ އިޝާރާތުން ފަހުންނޭ ބުނެލަމުންނެވެ. އަވަސް ފިޔަވަޅުތަކެއްގައި ޒާޔަން ދިޔައީ އޭނާގެ ބައްޕަ އާދެ މި ކޮމްޕެނީގެ ވެރިޔާ ޔާމިންގެ ކެބިންއަށެވެ.

ޒާޔަން ގޮސް ކެބިންގައި ޓަކި ޖަހާލިއެވެ. “ވަދޭ..” އިވިގެންދިޔައީ އޭނާގެ ބައްޕަ ޔާމިންގެ އަޑެވެ. ޒާޔަން ދޮރު ހުޅުވާލުމަށްފަހު ޔާމިން އަާއި ކުރިމައްޗަށް ވާގޮތަށް ހުއްޓިލިއެވެ. ޔާމިންގެ އިޝާރާތަާއި އެކު ޒާޔަން އިށީނދެލިއެވެ. އޭނާ ބުނީމަ ނޫނީ ޒާޔަން ނީންނާނެކަން އެނގި ހުރެއެވެ. “ބައްޕަ ބުނަމެއްނު ދަރިފުޅު ބައްޕަގެ ހުއްދަ ނެތި ވަންނާށޭ ޓަކި ޖެހުމުގެ ބޭނުމެއް ނެތޭ.. ދެން ގޮނޑީގައި ވެސް ތި އިންނަނީ ބައްޕަ ބުނީމަ.. ދަރިފުޅުގާތު ……” “ބައްޕާ.. އޮފީހުގަ އުޅޭއިރު ތީ އަޅުގަނޑުގެ ބޮސް… އެއަށްފަހު ބައްޕަ.. ކޮންމެވެސް ކަމެއްވެގެން ދޯ އަޅުގަނޑަށް މުސާރަ ވެސް ދެއްވަނީ…..” ދެން އެ މުސާރަ މަންމައާއި ބައްޕަގެ އެކައުންޓަށް ޖަމާކުރަނީ..” ޒާޔަން ޔާމިންގެ ވާހަކަ މެދުކަނޑާލުމަށްފަހު ފެށި ވާހަކަ ހުއްޓުނީ ޔާމިން  އެހެން ބުނެލުމުންނެވެ. އެއާއި އެކު ޒާޔަން ބޯކަހާލިއެވެ.

“މިހާރު ބައްޕަ ވަރުބަލިވެއްޖެ ބުނެ ބުނެ.. ދަރިފުޅާ ދަރިފުޅުގެ ލާރި އެއީ ދަރިފުޅުގެ ހައްޤެއް.. ދަރިފުޅުގެ ބުރަ މަސައްކަތް އެއީ.. ބައްޕަ މެން ލާރި މަދީކީ ނޫނެއްނު ދަރިފުޅުގެ ލާރި އެކައުންޓަށް ޖަމާކުރާކަށް. ދަރިފުޅުވެސް މިހާރު ތިހުރީ ބޮޑުވެފަ.. ހަޔާތެއް ފަށަންވެފަ.. ދޮންބެވެސް މި އޮފީހުގަ މަސައްކަތްކުރަނީ.. އަމިއްލަ އޮފީހެއްކަމަށް ދެކިގެން.. ދަރިފުޅަށް އެކަން ނުވާންވީ ސަބަބެއް ނޭނގެ.. މީވެސް ހަމަ ދަރިފުޅުގެ އޮފީހޭ… ދަރިފުޅާ… ބައްޕަ ނެތް ދުނިޔޭގަ…” “ޕިސް ޕިސް.. ބައްޕާ! ދެން ތިވާހަކަ އެއް ނޫނޭ ކީއްވެގެންތޯ އަޅުގަނޑަށް ގޮވާލުމަށް އެދުނީ؟؟؟” ޒާޔަން އަށް ޔާމިން ދައްކަން އުޅޭވާހަކަ އެނގުމުން އަވަހަށް އެވާހަކަ ނުނިންމަނިސް އާ މައުލޫއެއް ހުޅުވާލިއެވެ. އެހެނީ އެ ޖުމްލަތަކަކީ އެތަކެއްފަހަރު އޭނާގެ ކަންފަތަށް އިވިފައިވާ ޖުމްލަތަކެވެ.

“އާ.. ބައްޕަ ބުނީ މި އޮފީހުގެ ބްރާންޗެއް ރާއްޖެ ތެރޭ ހުޅުވާލަން ކަމަށް ބައްޕަ އެބަ ވިސްނަން.. ދެ އަތޮޅުގައި. ޅަވިޔަނި އަދި ރާ އަތޮޅުގައި..” ޔާމިން ޒާޔަންގެ މޫނަށް ފަރުވާތެރިކަމާއި އެކު ބަލަން އިނދެ އެހެން ބުނެލިއެވެ. ޅަވިޔަނި އަތޮޅޭ ބުނެލުމާއި އެކު ޒާޔަންއަށް އައި ބަދަލު އޭނާއަށް ރަނގަޅަށްވެސް ފެނުނެވެ. ކަރު ކެހިލަމުން އަނެއްކާވެސް އޭނާ ފެށިއެވެ. “ރާ އަތޮޅުން އުނގޫފާރު އަދި ޅަވިޔަނި އަތޮޅުން ނައިފަރު ނެގީ… ދެން މިހާރު އޮންނާނެ ބިން ހަމަ ޖައްސާފަ… އެހެމް.. ބައްޕަ މިއުޅެނީ ދަރިފުޅު އުނގޫފާރަށް ދާ ގޮތަށް ހަމަ ޖައްސާލަންވެގެން..” ޔާމިން އެހެން ބުނެލީ ލަސްލަހުން ޒާޔަންގެ ހަރަކާތްތަކަށް ބަލަމުންނެވެ. ކުޑަކޮށް ހިނިއައި ކަމަކު އޭނާ ހަމަޖެހެން މަސައްކަތްކުރިއެވެ. ޒާޔަންގެ މޫނު މައްޗަށް އުދާސްކަން ވެރިވިއެވެ.

“ބައްޕާ! އަޅުގަނޑު ދާންބޭނުމީ އުނގޫ….”

“ތެދެއް ބައްޕާ… ޒާން ބޭނުމީ އުނގޫފާރަށް ދާންށޯ.. އަޅުގަނޑު ގޮސް ދާނަން ނައިފަރަށް އެންމެ ރަނގަޅެއްނު..” ޒާޔަންގެ ދޮންބެ ޒިޔާން އެތެރެއަށް ވަންނަމުން އެހެން ބުނެލީ ހިނިގަނޑު ވެވުނު އެންމެ ރަނގަޅަކަށް ފޮރުވާލަމުންނެވެ. ޒާޔަން ޒިޔާންގެ މޫނަށް ބަލާލަމުން އަނގަޔަށް ގޮތެއް ހަދާލިއެވެ. އެހެނީ ޒިޔާންއަށް ޖުމާނަ އަދި ޒާޔަންގެ ހުރިހާ ވާހަކައެއް އިނގޭނެއެވެ. އިނގިހުރެ އެހެން ހަދަން އުޅުމުން ޒާޔަން ހިތްހަމަނުޖެހުނެވެ.

“ނޫން.. ބައްޕާ އަޅުގަނޑު ބޭނުމީ ނައިފަރަށް ދާން… ދޮންބެ ދާނީ އުނގޫފާރަށް” ޒާޔަން އެހެން ބުނެލީ އޭނައާއި ޖެހިގެން އިން ގޮނޑީގައި އިށީންނަމުން ދިޔަ ޒިޔާންގެ ފައިގާ ޖަހާލަމުންނެވެ. “އެއީ ކީއްވެ؟؟؟” އެނގިހުރެވެސް ޔާމިން އެހެން އަހާލީ ޒާޔަން ހަދާގޮތް ބަލާލުމަށެވެ. ޒިޔާންވަނީ ޔާމިން އަށާއި އެމީހުންގެ މަންމަ އަރޫޝާއަށް އެވާހަކަތަށް ކިޔައިދީފައެވެ.

ޒާޔަން ހިން ދިރުވާލިއެވެ. “އެ..އީ.. އެއީ.. އަޅުގަނޑު ދާން ބޭނުންވާތީ… ބައްޕަ އަށް އިނގެއެއްނު އެރަށް ވަރަށް ސަޅިކަން އެހެންވެ ބަލާލާ ހިތުން.. އަދި މި ދޮންބެ އަޅުގަނޑު ކައިރި އެއްފަހަރު ބުނި ވަރަށް ރާ އަތޮޅަށް ދާން ބޭނުންވޭ” ޒަޔާން އެ ޖުމްލަ ފެށީ މަޑުމައިތިރިކަމުގައި ވިޔަކަސް އެންމެ ފަހު ހިސާބަށް ދިޔައިރު އޭނާ ގެ އަޑުގައި ފޯރި އެކުލެވިގެންވެއެވެ. ޒިޔާން ޒާޔަންއަށް ބަލާލިއެވެ. އަދި އެއް ނިތް އަރުވާލިއެވެ. އެތަން ބަލަން ޔާމިން އިނީ ހެވިފައެވެ. “އެއްނު” މަޑު މަޑުުން ޒާޔަން އެހެން ބުނެލީ ޒިޔާންއަށް އަޑު އިވޭވަރަށެވެ. އެއަށްފަހު އެއްލޯ މަރާލިއެވެ.

“އެހެންވީމަ ޒިޔާން އުނގޫފާރަށް… ޒާޔަން ނައިފަރަށް ދޯ؟ މައްސަލައެއް ނެތް..” ޔާމިން މަޖާވެލައިފައި އެހެން ބުނެލިއެވެ. ޒާޔަން ދަތްތަށް ފެންނަ ވަރަށް ޒިޔާން އާއި ދިމާ ބަލާލަމުން ހީލިއެވެ. “އެހެންވީމަ ކޮންދުވަހެއް ބައްޕާ؟؟” ޒާޔަން އެހެން ބުނެލީ ފޯނުން ކަލަންޑަރ ހުޅުވާލަމުންނެވެ. ކަލަންޑަރުގައި 21 ވަނަ ދުވަސް ސޭވްކޮށްލާފައި އިނީ “2 އިޔާރ” އެހެން ޖަހާލާފައެވެ. ލުއި ހިނިތުންވުމެއް އޭނާގެ ތުންފަތަށް ވެރިވިއެވެ. “ކިހިނެއްވާނީ ދެން އަންނަ ހަފްތާގައި… 20 ގަ ގޮއްސަ 25 ގަ އަންނަ ގޮތަށް؟؟” ޔާމިން ޒިޔާންއާއި ދިމާބަލާލަމުން އެހެން ބުނެލިއެވެ. ޒިޔާން ބޯ ޖަހާލިއެވެ.

“ކީކޭ..؟؟؟؟؟ 21 ގަ ހުންނާނީ އެކޮޅުގަތަ ބައްޕާ…؟؟؟؟؟” ޒާޔަން ގަބޫލުކުރަން ދަތިގޮތަކަށް އަހާލިއެވެ. “ޒާން މޮޔަ ތަ؟؟؟ 20 އާއި 25 ގެ ދޭތެރޭގައި 21 އެއް ނީނދޭތަ..؟؟؟” ޒިޔާން އެހެން ބުނެލިއެވެ. އެއާއި އެކު ހޭންފެށިއެވެ. ޔާމިން ވެސް ހޭންފެށިއެވެ. “ކިހިނެއްވީ ދަރިފުޅާ.؟ 21 ގަ ވެސް ހުންނާނީ އެކޮޅުގަޔޭ..” ޔާމިން ހަމަޔަކަށް އަޅާލަމުން އެހެން ބުނެލިއެވެ. “ކަމެއްނުވެ.. އޯކޭ އަޅުގަނޑު މައްސަލައެއް ނެތް.. ތީ އެންމެ ރަނގަޅު ދުވަސް ކޮޅު…” ކަން ހިނގާ ދާ ގޮތުން ޒާޔަން އިނީ ހަމަޖެހިފައެވެ. އެހާ ބޮޑު އިއްތިފާގެއް ދިމާވެދާނެކަމަކަށް އޭނާ އަދިވެސް ގަބޫލެއްނުކުރެއެވެ. އޭނާއަށް ނޭނގޭ ކަމަކީ މި ހުރިހާ ރޭވުމަކީ ޔާމިން އާއި ޒިޔާން އަދި އޭނަގެ އަންހެނުން އަދުލާ އާއި އަރޫޝާގެ ރޭވުމަކުން ހިނގާ ކަމެއްކަމުގައެވެ.

“ނޫން ބައްޕާ.. އަޅުގަނޑަށް ފެންނަނީ 22 އަށް ފަހު ދާން…” ދެންވެސް ޒިޔާން މަސައްކަތްކުރީ ޒާޔަން ރުޅި އަރުވާލާށެވެ. “ޕިސް.. އެ ދޮގެއް ބައްޕާ.. ދެން ބަދަލު ނުކުރާތި…” ޒާޔަން އެހެން ބުނެލުމަށްފަހު ޔާމިންގެ ހުއްދައާއި އެކު އެތަނުން ނިކުމެގެން ދިޔައީ އިތުރަށް އެ ކަންތަށް ބަދަލުވެދާނެތީއެވެ. ޒާޔަން ދިޔުމާއި އެކު ޒިޔާން އާއި ޔާމިން ފެށީ ހޭށެވެ. “ދަރިފުޅާ.. ހުރިހާ ކަމެއްވެސް ރަނގަޅުވާނެދޯ؟؟؟” ޔާމިން އެހެން އަހާލުމުން ޒިޔާން ބޯ ޖަހާލީ އިން ޝާ ﷲ އޭ ބުނަމުންނެވެ.

“ދޮންބޭ… އައި ހޭޓް ޔޫ ފޯ ދެޓް.. ސީރިއަސްލީ ޔޫ ވެއަރ ގޮއިންގ ޓު ސެންޑް މީ ޓު ދެޓް ކްރީޕީ ޕްލޭސް.. ޔޫ ނޯ އެއްނު ދެން ނައިފަރު އިސް ޖުމްގެ ޕްލޭސް ކަން ބަޓް ސްޓިލް؟؟؟ ފަހުން ހަސްކަ ދައްކާލާނަން 😛 .. ސީ ޔާ..” ޒިޔާން ޔާމިންގެ ކެބިން އިން ނިކުމެގެން އޭނާގެ ކެބިންއަށް ވަދެ ވަދެ ހުއްޓާ ފޯނަށް މެސެޖެއް އައުމުން އޭނާ ބަލާލިއެވެ. އެއީ ޒާޔަންގެ މެސެޖެކެވެ. އޭނާ ހޭންފެށިއެވެ.

ޒާޔަން ކޭންޓީންއަށް ވަނީ އެތާނގާ ފަޒުނާ އިންނާނެ ކަމަކަށް ނޫނެވެ. ފަޒުނާ އަކީ ޒާޔަން އާއި ހެދި މޮޔަވެފައި ހުންނަ ކުއްޖެކެވެ. ފަޒުނާގެ ހިނިތުންވުން ވެގެން ދިޔައީ ޒާޔަންގެ މޫނުމަތީ ޖެހި ބާރު އެތިފަހަރަކަށެވެ. ޒާޔަން ވެސް ހިނިތުންވެލީ އިތުރު ގޮތެއް ނެތީމައެވެ. އޭނާ ދެން ބަލާލީ އެތާ ހައިކަލް އިންތޯއެވެ. ހައިކަލް ނެތުމުން އަވަހަށް އެތަނުން ނިކުންނަން އުޅުނެވެ. “ޒާން ލޯބީ!!!!” ފަޒުނާ ގޮވާލިއެވެ. ޒާޔަންގެ ފިޔަވަޅަށް ހުއްޓުމެއް އައީ އެހެންވެއެވެ. ފަޒުނާގެ ލަދެއްވެސް ނެތީހެއްޔެވެ؟ އެއް ދުވަސްވަރެއްގައި ފަޒުނާ އުޅުނީ ޒިޔާން އާއި ހެދިއެވެ. އެއަށްފަހު ހައިކަލްއެވެ. އެއަށްފަހުވެސް ދެތިން ކުދިންގެ ފަހަތުން އުޅުނެވެ. މިހާރު ޒާޔަންގެ ފަހަތުންނެވެ. އެ އެންމެންނަށްވެސް ފަޒުނާގެ ގޮތް އިނގެއެވެ. މަސައްކަތަށް ކިތަންމެ ހީވާގިވެފައި ވަފާތެރިވިއެއްކަމަކު އޭނާއަކީ ފިރިހެންކުދިންނަށް މަރުދޭ ކުއްޖެކެވެ. ހާއްސަކޮށް މުއްސަނދި އަދި ރީތިކުދިންނަށެވެ. އޭނާގެ މަސައްކަތްތެރިކަމަށްޓަކައި އޭނާ ތަހައްމަލު ކުރަން ދިޔައީ އެންމެންވެސް އެއްވެސް ޝަކުވާއެއްނެތި ކެތްތެރިކަމާއި އެކުގައެވެ. އޭނާއަށް ހެޔޮ ވިސްނޭނެ ދުވަހެއް އަންނާނެކަން އިނގޭތީއެވެ. އަދި ދުޢާވެސް ކުރަމުންނެވެ.

ޒާޔަން އަޑު އިވުނުކަމަށްވެސް ނުހަދާ އަނެއްކާވެސް ހިނގަން ފެށީ ގޮށް މުއްކަވާލަމުންނެވެ. އޭނާއަށް ވާނަމަ ފަޒުނާ މި އޮފީހުން ނެރެލީހެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟؟ ޒާޔަން ގެ އަވަސް ފިޔަވަޅުތަށް ލަސްވެގެން ދިޔައީ އޭނާގެ ފޯނަށް އައި ކޯލެއްގެ ސަބަބުންނެވެ. އެއީ ޖުމާނަގެއެވެ.

“ޒާން….! އަޅެ ލޯބީ އަހަރެން ގޮވީމަވެސް ތިދަނީތަ؟؟”  ފޯނު ނެގުމާއި އެކުހެން ފަޒުނާ ފަހަތުން އައިސް އެހެން ބުނެލިއެވެ. އެ އަޑު ޖުމާނައަށްވެސް އިވުނެވެ. ޖުމާނަ އަށް ފަޒުނާގެ ވާހަކަ ވަނީ ޒާޔަން ބުނެފައެވެ. ނަމަވެސް އޭނާގެ އަޑު މި އިވުނީ ފުރަތަމަ ފަހަރަށެވެ. ފުރަތަމަ އަޑު އިވިގެން ދިޔައީވެސް އޭނާ އަހަން ބޭނުން ނުވާ ފަދަ ޖުމްލައަކުންނެވެ.

ޖުމާނަ ރުޅި ގަދަވިއެވެ. “ޒާން…! ފަޒުނާ ދޯ؟؟؟” ޖުމާނަ އެހެން އަހާލަމުން ފޫހި ގޮތަކަށް ޒާޔަން ހުމް އަޅުވާލިއެވެ. ޒާޔަންގެ ހިނގުމަށް ބަދަލެއް ނައެވެ. ފަޒުނާ އަރައިގެން ހުރި އުސް ބޫޓެއްގެ ސަބަބުން ހިނގަން އުނދަގޫވެފައި ހުރި ހާލު ޒާޔަންގެ ފަހަތުން އައެވެ. “އަޅެ ޒާންް…!” އަނެއްކާވެސް ފަޒުނާ ގޮވާލިއެވެ. އެއިން ކޮންމެ ލަފްޒަކާއި އެކު ޖުމާނަގެ ހިތުގައި އުފެދެމުން އައި ހުޅުކޮޅު ބޮޑުވިއެވެ.

“ކީކޭ ޖުމް ލޯބީ؟؟ އާނ.. އެ އަޅާލާއެއްޗެއް ނޫން… ވަރަށް ލޯބިވޭ އިނގޭ…” ޒާޔަން ތަންކޮޅެއް ބާރަށް އެހެން ކިޔާލީ ފަޒުނާއަށް އިވޭވަރަށެވެ. ޖުމާނަ ކައިރިއަށް ހިނިއައެވެ. ޒާޔަންވެސް ހީލިއެވެ. ފަޒުނާ އޭނާގެ ފަހަތުން ނާންނަކަން އިނގުނީ އޭނާގެ ހައި ހީލްސް އިން ހިނގާފައި އަންނަ އިރު އިވޭ އަޑު ނީވުމުންނެވެ. ޒާޔަންއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. “ހެހެހެ.. ސައިކޯ އެއް ދޯ ޖުމް..؟” ޒާޔަން އެހެން އަހާލީ ޖުމާނަގެ މޫޑް ރަނގަޅުކޮށްލާ ފަޒުނާގެ އެ ހަރަކާތް ސިކުނޑިން ފޮހެލަމުންނެވެ. ޒާޔަންގެ ހިތަށް ދެން އެރި އެއްޗެއްގެ ސަބަބުން ހިނިތުންވުން ފުޅާވިއެވެ.

“ހެހެހެ ދޯ.. ދެރަ ކަމެއް.. ކީއްކޮށްލަނީ..؟”

“މި ހަމަ ދަނީ ކެބިން އަށް.. ޝިޓް ޑޭޑް.. މަޑު ކުރަންޗޭ…”

“ނޫން ޒާން.. ނޫން.. މަޑެއް ނުކުރެވޭނެ… ޒާން ޖުމާ އަށް އެހެން ނަހަދާ..”

“ޕިސް ޕިސް އޯކޭ އޯކޭ މައި ޑްރާމާ ކުއީން.”

“ހެހެހެ.. ޑޭޑް އަށް ސަލާމް…”

“ސީރިއަސްކޮށް؟؟”

“ހުމްމް”

ޖުމާނަ އެހެން ބުނެލުމާއި އެކު ޒާޔަން ތަންކޮޅެއް ބާރަށް ހިނގާލާފައި ކުރިމަތިން ދިޔަ ޔާމިން އާއި ހަމަ ކުރިއެވެ. ފޯނު ކަންފަތާއި ދުރުކޮށްލަމުންނެވެ. “ޑޭޑް… ކުއްޖެއް ސަލާމް ބުނި..” ޒާޔަން ކުޑަކޮށް ކަރު ކަހާލަމުން އެހެން ބުނެލިއެވެ. ޔާމީން ހިނިއައެވެ. އޭނާއަށް އެއީ ކާކުކަން އިނގުނެވެ. ނަމަވެސް އެކަން ނުދައްކަން ވެގެން މަސައްކަތްކޮށްލިއެވެ. “ހެހެހެ އެ ކުއްޖަކަށް ބައްޕަގެ ސަލާމްވެސް ބުނަންޗޭ…” ޔާމިން އެހެން ބުނެލުމަށްފަހު ކައިރި ހުރި ކެބިންނަށް ވަނެވެ. ޖުމްނާއަށް އެއަޑު އިވުނެވެ. އޭނާގެ ދެލޯ ބޮޑުވިއެވެ. ޖުމާނަ އެހެން ބުނީ މަޖަލަކަށެވެ. ޒާޔަން އެކަން ކުރާނެ ކަމެއް އޭނާއަކަށް ނޭނގެއެވެ.

“ދެންންންންން ހާދަ ގޯހޭ ކީއްވެ ބުނީ؟؟؟” ޖުމާނަ އެހެން ބުނެލީ ޒާޔަން ފޯނު ކަންފަތުގައި ޖަހާލަމުން “ޑޭޑް ސަލާމްބުނި އޭ” ބުނެލަމުންނެވެ.

“ޖުމް އެއް ނޫންތަ ބުނީ ބުނާށޭ..”

“ޔާ ބަޓް ދެޓް ވޯސް ޖަސްޓް ފޯ ފަން.. ހަހް..”

“ހެހެހެ ދެން އަޅައިނުލާ..”

ދެމީހުން އެގޮތުގައި ވާހަކަ ދައްކަމުން ދިޔައެވެ. ހައިކަލް ފެނުމާއި އެކު ޖުމާނައަސް ފަހުން ގުޅާނެކަމަށް ބުނެ ޒާޔަން ފޯނު ކަނޑާލިއެވެ.

“ހޭ ހައިކް… އެވަގުތު ބުނަން އުޅުނީ އުޅެބަލާށޭ ނައިފަރަށް ޖައްސާލަން 21 އަށް.. އެކަމު އިނގޭތަ ވީ ގޮތް؟” ޒާޔަން ހައިކަލް ކައިރި އެހެން ބުނެލިއެވެ.

“ކިހިނެއްވީ އަނެއްކާ؟؟” ހައިކަލް އަހާލީ ޝައުގުވެރިކަމާއި އެކުގައެވެ. ޒާޔަން ހައިކަލް އަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ހައިކަލްވެސް ހިތްހަމަޖެހުނީ އިއްތިފާގަކުން ނަމަވެސް ރަނގަޅު ގޮތެއް އެކުވެރިޔާއަށް ވާނެކަން އިނގޭތީއެވެ.

-ނުނިމޭ..- (:

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ފަލްސަފާ – 1 (18+)

Next

ކުރަމުން ތިދާހާ ގޯނާ 2..

Next
January 28, 2016

ކުރަމުން ތިދާހާ ގޯނާ 2..

Previews
January 28, 2016

ފަލްސަފާ – 1 (18+)

34 Comments!

  1. Ryn says:
    January 28, 2016 at 3:51 pm

    hey guys.. this is a shrt stry by me.. myga 4 prts ihnaany… n thwght to uplwd frst prt.. nw m writin myge lst prt.. hwp lyk vaane kamah.. rynge Haadha lwbiney in sha allah tmrw up khla dheynan… thnkx fr readin.. enjoy 😉 😉

  2. nukko says:
    January 28, 2016 at 3:59 pm

    Heyyy thuths….. wow wow wow jus wow…. im so happy …n hahahha v majaa v rythi habeysys nala v thithi 😛
    haha miss u tc n luc u 😀

    1. nukko says:
      January 28, 2016 at 4:01 pm

      N pic awsum ingey
      Luv** mistake =_=

    2. Ryn says:
      January 28, 2016 at 4:05 pm

      hahahahha luc o. n heyy nuks.. aww thnkx alt.. heheh m happy tht u enjoyd readin it.. miss u mre. luc eh nun bt luv u mre <3 😛 😛 hhehehe thnkx alt.. enjoy 😉 😉

  3. Angerl says:
    January 28, 2016 at 4:16 pm

    Finally ur story eh!! Hve been waiting 4 a story frm u… ur storys r my fav hama… mi ves vrh rythi… <3 <3 waiting 4 the next part

    1. Ryn says:
      January 28, 2016 at 4:22 pm

      hehehh thnnkx angerl…. thts so swyt of u.. <3 thnkx alt… enjoy 😉 😉 tc

  4. ina says:
    January 28, 2016 at 4:39 pm

    Hehehe rynnn wowww..vrh nice mI stry n vrh vrh maja..hehehe…xaayan dhw…..nice……hehehe…..whn is nxt part???

    1. Ryn says:
      January 28, 2016 at 6:11 pm

      hey ina.. hehehe thnkx altt.. yaa dhww hehehe.. in sha allah i wil uplwd tmrw.. thnkx fr readin.. miss u tc c u 😉 😉

  5. elsa says:
    January 28, 2016 at 5:01 pm

    wow wow wow ryn , this amaxing , haadha ryhchey , n tht pic , omg , wowwww , gud luck . missing u so badly mom . c yaa soon

    1. Ryn says:
      January 28, 2016 at 6:28 pm

      aww thnkx doc… haha yrh i knw ryt.. n xayn dhw <3 haha whn i saw tht pic i ws lyk awwww hes so damn handsum n i missd u alt evaguthu.. <3 n thnkx alt.. miss u mre n mre… c u tc luv u 😉 😉 enjoy..

    2. elsa says:
      January 29, 2016 at 3:07 pm

      hahaha , really , wowww , hahahaha

  6. naaanu says:
    January 28, 2016 at 6:27 pm

    ryyyyyn..naaanu ah vaahaka liyan dhaskohdhyba …… salhi ey kaleyney vaahaka liyan ves manje ????masha allah ….mi story vess v salhii….haadha loabinney nimmaalanytha?e vaahaka kiyaa hithun knmme dhuhuku esfiya balan heheh ??love yuh ryyyyyn….m a big fan of yours

    1. Ryn says:
      January 28, 2016 at 6:30 pm

      omg hahahahaha……thnkx alt… really this cmmnt made my day.. <3 thnkx fr tht… n nop nunime.. tmrw in sha allah e stryge aneh prt up khla dheynan.. hahahah ehnthr… thnkx alt again.. luv u mre.. aww thts so swyt.. 😉 😉 <3 enjoy.. thnkx

  7. TiNkEr BeLl says:
    January 28, 2016 at 6:30 pm

    Wow.. vvvvvvv rythiiii 🙂

    1. Ryn says:
      January 28, 2016 at 6:31 pm

      thnkx 😉 😉

  8. NIHAA says:
    January 28, 2016 at 6:37 pm

    V v reethi…..nxt part avahah up kohdhehchey……wow this story is awesome… V v reethi..:-):-):-*

    1. Ryn says:
      January 28, 2016 at 6:41 pm

      aww thnkx nihaa. yrh in sha allah tmrw up khla dheynan.. thnkx fr readin.. enjoy 😉 😉 😉

  9. meesha says:
    January 28, 2016 at 6:38 pm

    very very nice but i hav a question Ryn u a boy or girl???? i thought u were a boy frm name…………. n now frm strys i think u r a girl n whn nukko says thuths my quaitions ans go for the girl side so im confused…. r u a girl o boy???? plx tell

    1. Ryn says:
      January 28, 2016 at 6:44 pm

      thnkx meesh.. omg RYN ge name hyvany boy ekeythr? hehehe i nvr felt lyk tht hehe.. anyways m a grl… n no mre confusion tho.. 😉 😉 thnkx fr readin.. enjoy 😉 😉

    2. meesha says:
      January 28, 2016 at 10:19 pm

      yup no mo

  10. Luyoona says:
    January 28, 2016 at 7:21 pm

    great story

    1. Ryn says:
      January 28, 2016 at 7:30 pm

      thnkx 😉

  11. saadhu says:
    January 28, 2016 at 7:25 pm

    V reethi

    1. Ryn says:
      January 28, 2016 at 7:30 pm

      thnkx 😉

  12. Maalu says:
    January 28, 2016 at 7:52 pm

    Wow wow wow wow vrh vrh vrh reethi…??? when is the next part ???? Waiting……
    Ryyn mi story mee sad ending eh tha ??? Hehehehe just asking ingey ….?? miss u soooo much??…tvgc …

    1. Ryn says:
      January 28, 2016 at 7:55 pm

      hey mal.. awww thnkxx in sha allah tmrw nxt prt up kuraanan.. n ummm frst thwght to make it sad bt new ideas ahna varakah himanaathyve neynge bunaakah.. nw writin the lst prt.. i guess happy endin ekey.. hehehe.. thnkx miss u mre n mre.. tc c u.. 😉 😉

  13. Zaanaa says:
    January 28, 2016 at 8:35 pm

    V reethi story eh

    1. Ryn says:
      January 29, 2016 at 9:32 am

      thnkx <3 😉

  14. Yanaalee says:
    January 28, 2016 at 10:05 pm

    Heevany v reethi vaanehen.. Keep it up..

    1. Ryn says:
      January 29, 2016 at 9:47 am

      thnk 🙂 🙂 <3

  15. misty says:
    January 29, 2016 at 11:39 am

    Vvvvvvvv salhi.. Whn nxt prt? Avahah up koh dhechey ryn waiting waiting

  16. Aimsithu says:
    January 29, 2016 at 12:47 pm

    Varah nice mi story … good luck ryn

  17. Kai says:
    January 29, 2016 at 1:59 pm

    Mi story ge 2nd part thankolheh avahah up kohdhechey. Lahun up kuraathiy mihaaru mi site ah vanna hitheh vess nuvey ?

  18. Aal says:
    January 29, 2016 at 2:51 pm

    U make my day beutiful.. always i love to read ur story always..
    Waiting for the next part…

Comments are closed.

Next Episodeމިވަނީ ލޯތްބޭ…. 2←


All Right Reserved!