Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހާދަ ލޯބިންނޭ (18)

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
February 29, 2016 6 Mins Read
11 Comments

 

ރަޔާންގެ އުނދަގޫ އެއަށްފަހަކު ނީރާއަކަށް ނުވިއެވެ. އޭނާ ވީ ޖަލުގައި ކަމެއް އެހެން ތާކު ކަމެއްވެސް ނީރާއަކަށް ނޭނގެެއެވެ. ނީރާގެ ކުޑަ ކުޑަ އާއިލާއާއި ޝާއިންގެ އަދި އޭނާގެ އާއިލާގެ އޯގާތެރިކަމުގެ ސަބަބުން އެކަން ހަނދާން ނެތެން ނެގީ މަދު ދުވަސްކޮޅެކެވެ. ނަމަވެސް އަބަދުވެސް އޭނާގެ ހިތުގައި އެ ލަކުނު ނުފިލާ އިންނާނެއެވެ. ކޮންމެވެސް އެއްވަގުތަކު ނަމަވެސް އެކަމާއި މެދު ދެރަވެ ހިތާމަކުރެވެއެވެ. އެގޮތުގައި ދުވަސްތަށް ދަނިކޮށް ނީރާ އާއި ޝާއިން ބައިވެރިވެގެން އުޅުނު ލަވަ މުބާރާތަށް އެއް ހަފްތާވީއެވެ. އެދެމީހުން އެކީގައި ވަގުތު ގުނަމުން ދިޔައީ ލަވަ ދަސްކުރުމުގައެވެ. މުބާރާތުގައި އެންމެ ލަވައެއް ކިޔަން ޖެހުނަސް އެދެމީހުން އައީ އެދެމީހުންނަށް ރީތިހާ ލަވަތަކެއް ކިޔާ ދަސްކުރަމުންނެވެ.

ނީރާ ޝާއިންގެ ގިޓާ ހިފައިގެން ރީތި ރާގަކަށް ގިޓާ ޖަހާލަން އިން އިރު ޝާއިން އިނީ ލަވަ ފޮތުގައި އިން ލަވައެއް ކިޔާލަ ކިޔާލައެވެ. “ނީ…!!” ދެމީހުންނަށް އެއްފަހަރާ ދޮރާއި ދިމާލަށް ބަލާލެވުނީ އަސްފާގް އާއި ރާބިޔަތު ފުޅާ ހިނިތުންވުމަކާއި އެތެރެއަށް ވަދެގެން އައީމައެވެ. “ލައްބަ… ކީކޭތޯ؟” ނިރާ ގިޓާ އުނގުމަތީ ބާއްވާލަމުން އެހެން ބުނެލިއެވެ. “އެބައޮތް ސަޕްރައިޒް އެއް ދޯ ޝާއިން..؟” ރާބިޔަތު ޝާއިންއަށް ދޯ އެއްލަމުން އެހެން ބުނެލިއެވެ. ޝާއިންވެސް ނީރާ އާއި ދިމާ ބަލާލަމުން ބޯ ޖަހާލިއެވެ.

“ކޯޗެއް…” ނީރާ ޝާއިންގެ ގިޓާ އެނދުމަތީ ބާއްވަމުން ރައުނާ މެން ކައިރިއަށް އައި އިރު ހުރީ ކެތްމަދުވެފައެވެ. ނީރާ އަކީ އަބަދުވެސް “ސަޕްރައިޒް” ތަށް ބޭނުންވާ ކުއްޖެކެވެ. “ޕިސް އެހާ އަވަހަކަށް ނުލިބޭނެ ދޯ މަމްސް..” ޝާއިން އިންތާ އިނދެ އެހެން ބުނެލިއެވެ. “ހަހް…ދެންން ޑޭޑް ބުނެބަ ކޯޗެއްތަ އެއީ؟؟” ރާބިޔަތު ފަރާތުން ޖަވާބެއް ނުލިބޭނެކަން އިނގޭތީ ނީރާ އަސްފާގް ކައިރި އަހާލިއެވެ. “އޯކޭ.. ލޯ މަރާ…” އަސްފާގް ނީރާގެ ބޮލުގައި ފިރުމާލަމުން އެހެން ބުނެލިއެވެ. ނީރާ ހުރިހާ ދަތްތަށް ފެންނަ ވަރަށް ހީލަމުން ލޯ މަރާލިއެވެ. އަސްފާގް ބޭރަށް ގޮސް ނީރާގެ ސަޕްރައިޒްގެނެސް ނީރާގެ އަތަށް ލައިދިނެވެ. ނީރާ ލަސްލަހުން ލޯ ހުޅުވާލިއެވެ. އެއާއި އެކު އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އޭނާގެ އަތުގައި އޮތީ ގިޓައެކެވެ. ސިލްވަރ ކުލައިގައި އެ ގިޓާ އޮތް އިރު ވަނީ ޑިސްކޯ ގޮތަށް ވިދާ ކަހަލަ ޑިޒައިނެކެވެ. “އޯމައިގޯޑް. އޯމައިގޯޑް.. އޯމައިގޯޑް… ތެންކިޔޫ ސޯ މަޗް ޑޭޑް… މަމް… ތެންކިޔު…” ނީރާ އަނގަ މަތީ އަތް އަޅައިގެން ހުރެ ފުންމަމުން ދިޔައެވެ. އެންމެންގެ މޫނުމަތިން ފެނިގެންދިޔައީ ފުޅާ ހިނިތުންވުމެކެވެ. އެތަކެއް ދުވަހެއް ފަހުން ނީރާގެ ތުންފަތުގައި ހަޤީޤީ ހިނިތުންވުމެއް އައީތީ މާތް ﷲ އަށް ޝުކުރުކޮށްލިއެވެ. އަސްފާގް ގައިގަޔާއި ރާބިޔަތު ގައިގާ ނީރާ ބައްދާލިއެވެ. “އެން ތެންކްސް އޭންޖަލް..” ރާބިޔަތުގެ ބަނޑުގައި އަތްލަމުން ނީރާ އެހެން ބުނެލީ ތަންކޮޅެއް މަޑުންނެވެ.

“ދެން ކޮބާ މައި ތެންކިޔު؟؟؟” ޝާއިން އެހެން ބުނެލުމުން އަސްފާގް އާއި ރާބިޔަތު ހޭންފެށިއެވެ. “ތެންކިޔު ސުޓުޕިޑް..” ޝާއިން އާއި ދިމާލަށް ގިޓާ ހިފައިގެން ގޮސް ޝާއިންގެ އިސްތަށިގަނޑު ހާވާލަމުން ނީރާ ބުނެލިއެވެ. އަސްފާގް އާއި ރާބިޔަތު ނިކުމެގެން ދިޔައީ ރަނގަޅަށް ޕްރެކްޓިސްކުރާށޭ ބުނަމުންނެވެ. “ވާއުު… ދިސް އިޒް ސޯ ކޫލް.. އަޅޭ ވަރަށް ލޯބި އޭ ދެން.. ހެހެހެ” ނިރާ ގިޓާގެ އެތަން މިތަނުގައި އަތް ހާކަމުން ބުނެލިއެވެ. “އައިޑިއާ!!!!” ކުއްލިއަކަށް އެހެން އިނުމަށްފަހު ނީރާ ތެދުވެގެން ދިޔައީ އޭނާގެ ކުޑަ ކަބަޑު ހުޅުވާށެވެ.

ޝާއިން ފަރުވާތެރިކަމާއި އެކު ނީރާ ކުރަމުން ދާ ކަންތަށް ބަލަން އިނެވެ. ނިރާ އޭނާގެ ކަބަޑުން ފިޔާތޮށި އަދި ނޫކުލައިގެ ފިބައެއް ނެގިއެވެ. އަދި އެނދާއި ދިމާލަށް އައީ ދުވެލާފައެވެ. “ނީ ކީއްކުރަން ތިއުޅެނީ..” ޝާއިން ނީރާ ކުރަން އުޅޭ ކަންތަށް ނޭނގުމުން އަހާލިއެވެ. ނީރާ އޭނާގެ ގިޓާ އޭނާއާއި ކައިރިކޮށްލިއެވެ. “ވެއިޓް އެން ވޮޗް..” ނީރާ އެހެން ބުނެލުމަށްފަހު ފިޔާތޮށި ކުލައިގެ ފިބާ ގެ މަތި ނެގިއެވެ. ޝާއިން އަތުގައި އޮތް ލަވަ ފޮތް ބޭއްވުމަށްފަހު ނީރާއާއި ވާ ދިމާލަށް ދިޔައެވެ. “ނީ” ނީރާ އެ ފިބައިން ނީރާގެ ވަނަން ލިޔެލިއެވެ. އެއަށްފަހު ނޫ ކުލައިގެ ފިބާ ނަގާ އެ ނަމުގެ ތިރީގައި “ޝައިން” ޖަހާލިއެވެ. “ވާއު.. ސަޅި… އަހަރެންގެ ގިޓާގަވެސް ޕްލީސް..” ޝާއިން އޭނާގެ ގިޓާ ނީރާއާއި ކައިރިކޮށްލަމުން އެހެން ބުނެލިއެވެ. ނީރާ ޝާއިންގެ ގިޓާގައިވެސް އެހެން ޖަހާލިއެވެ. “ނައު އިޓް ލުކްސް ބެޓަރ..” ނީރާ ދެ ގިޓައަށް ބަލާލަމުން އެހެން ބުނެލިއެވެ. އެއަށްފަހު ގިޓާ ޖަހަން ފެށިއެވެ. “އޯކޭ ދެން ހިނގާ ފަށަން.. މިހާރު ކޮން އިރެއް..” ޝާއިން ލަވަ ފޮތް ނަގަމުން އެހެން ބުނެލިއެވެ. ދެމީހުންވެސް ލަވަ ދަސްކުރަން ފެށިއެވެ.

މުބާރާތަށް ދެމީހުންވެސް ދިޔައީ ވެވޭނެ އެންމެ ރަނގަޅަކަށް ތައްޔާރުވަމުންނެވެ.

މުބާރާތް އޮތް ހޯލު ތެރެ ދިޔައީ ފުރެމުންނެވެ. އެކި ކުދިންގެ މައިންބަފައިންނާއި އާއިލާ މީހުންނާއިގެން ގޮނޑިތަށް ފުރިގެން ދިޔައީ އެމީހުންގެ ކުދިން ލަވަ ކިޔާތަން ބަލަން ކެތް މަދުވެފައި ހުރެގެންނެވެ. ރާބިޔަތު އާއި އަސްފާގް އަދި އާޝިޔާއާއި އަކުރަމް ވެސް ވީ މީގެން އެއްބަޔަކަށެވެ. ހަތަރުމީހުން އެއްތާކުން ގޮނޑި ހޯދައިގެން ތިބީ މުބާރާތް ފެށޭތޯ ކެތްމަދުވެފައި ހުރިހާލުގައެވެ.

މުބާރާތް ފެށުމާއި އެކު އެންމެންގެ ނަޒަރު އެކަމަށް ހުއްޓިގެން ދިޔައެވެ. ނީރާ މެން އަރާނެ އިރަކަށް އާޝިޔާ އާއި ރާބިޔަތު މެން ތިބީ ކެތްމަދުވެފައެވެ. “ދެން އަންނާނީ ނީރާ އަދި ޝާއިން…” އެނައުންސަރ އެހެން ބުނެލުމާއި އެކު ރާބިޔަތުއަށް އަސްފާގްގެ އަތުގައި ހިފަހައްޓާލެވުނެވެ. އާޝިޔާއާއި ދިމާ ބަލާލަމުން ހިނިތުންވެލިއެވެ. ދެމީހުންވެސް ހިތާހިތުން ދުއާ ކޮށްލީ ހުރިހާ ކަމެއްވެސް ރަނގަޅުވެގެން ދިޔުމަށެވެ.

ނީރާ އާއި ޝާއިން ސްޓޭޖް މައްޗަށް އެރުމާއި އެކު ދެމީހުންގެ ނަޒަރު ހުއްޓުނީ އެދެމީހުންގެ މައިންބަފައިންނަށެވެ. ލުއި ހިނިތުންވުމަކާއި އެކު ބަހައްޓާފައި ހުރި ގޮނޑީގައި އިށީނދެލާ ހަމަޖެހިލިއެވެ. ނީރާ ޝާއިން އާއި ދިމާ ބަލާލަމުން ބޯ ޖަހާލީ އޭނާ ރެޑީއޭ ބުނުމަށެވެ. ޝާއިންވެސް ހިފަހައްޓައިގެން ހުރި ގިޓާ ހަމަޖައްސާލިއެވެ.

“ހާދަ ލޯބިންނޭ ހިނިތުންވަނީ އެ އޭނާ…..

ސިއްރު ސިއްރުންނޭ ބަލަނީ ޒުވާނާ…

ފެނިފާ ލޯބި ވެވިއްޖޭ ދެލޮލާ ރީތި މޫނާ…..

ގެއްލި ހިތްވަރު ކުޅެލީއެ ހަނދާނާ..”

ނީރާ ލަވަފެށިއެވެ.

“ފެނިފާ ލޯބިވެވިއްޖޭ ދެލޮލާ ރީތި މޫނާ….

ގެއްލި ހިތްވަރު ކުޅެލީއެ ހަނދާނާ…

ފެނުނީއްސުރެ އޭނާ.. ހިތް އެދެނީ ބައްދަލު ވެލުމޭ..

….

…

…..”

ދެމީހުން ލަވަ ކިޔައި ނިންމާލުމާއި އެކު އެންމެން އަތް ޖަހަން ފެށިއެވެ. އެތަނުން އެންމެ ބާރަށް އަތް ޖެހީ އާޝިޔާ އާއި ރާބިޔަތުމެންނެވެ. ދެމީހުން ހިނިތުންވުމަކާއި އެކު ސްޓޭޖުން ފޭބިއެވެ. “ޔޭ.. ވީ ޑިޑް އިޓް.. ސަޅި އިނގޭ.. ހައި ފައިވް..” ނީރާ އުފަލުން އެހެން ބުުނެލާ ޝާއިން އާއި ދިމާލަށް އަތް ދިއްކޮށްލީ “ހައިފައިވް” އެއް ދޭށެވެ. “އެން ލޯ ފައިވް..” ނީރާގެ އަތުގައި ޖަހާލުމަށްފަހު ޝާއިން އަތް ތިރިކުރަމުން އެހެން ބުނެލިއެވެ. ނީރާ ޝާއިންގެ އަތުގައި ޖެހިއެވެ. އަދި ރީތި ހިނިތުންވުމަކާއި އެކު އެކަކު އަނެކަކަށް ބަލާލިއެވެ. ނީރާގެ ހިތުގައި ތަފާތު ޝުއޫރުތަކެއް އުފެދުނެވެ. ޝާއިން އާއި މެދުގައެވެ. އޭނާއާއި ނުލާ ނީރާ މިއަދު މި ހުރިތަނުގައި ނުވެސް ހުންނާނޭ އޭނާ ހިތަށް އެރިއެވެ. ޝާއިން އަށް ނީރާ ބަލާކަން އިނގުމުން ނީރާގެ ލޮލު ކުރިމަތީ އަތް ހަރަކާތްކޮށްލިއެެވެ. ނީރާ އަވަސް އަވަހަށް އެސްފިޔަ ޖަހާލަމުން އެހެން ދިމާލަކަށް އެނބުރިލިއެވެ. ޝާއިން ލާނެއް ހިނިގަނޑެއް ޖަހާލިއެވެ. “ހޭ… ނީ… އައި ނީޑް ސަމްތިން..” ޝާއިން އެހެން ބުނެލުމުން ނީރާ ކޯޗެއްހޭ އަހާލިއެވެ. “އާދެބަލަ..” ޝާއިން ނީރާގެ އަތުގައި ހިފައިގެން ތަންކޮޅެއް ދުރަށް ޖެހިލިއެވެ.

“ޕްލީސް ޕްލީސް ހާދަ ލޯބިންނޭ ލަވަ ކިޔައިދީބަލަ… ގިޓާ ޖަހަމުން.. ޕްލީސް..” ޝާއިން ނީރާ އެތާ ހުރި ގޮނޑިއެއްގައި ބައިންދަމުން އެހެން ބުނެލީ ގިޓާވެސް ނީރާގެ އަތަށް ދެމުންނެވެ. ނީރާ ވާނުވާގައި ހުރި ހާލު އެ ކީއްކުރަންހޭ އަހާލިއެވެ. “ދެން ބުނީމަ ކިޔާބަ… ޕްލީސް..” ޝާއިން އާދޭސް ކުރާވަރުން ނީރާ އެއްބަސްވެލިއެވެ. އެއަށްފަހު ރެޑީވެލާ ފުން ނޭވައެއްލިއެވެ. ޝާއިން އޭނާގެ ފޯނު ނަގާ ރިކޯޑް ކުރަން ރެޑީ ވެލިއެވެ. ނީރާއަށް އޭނާ ކުރަން އުޅުނު ކަންތަށް ނަގައިގަނެވުމުން ލުއި ހިނިތުންވުމެއް ދިނެވެ. އެއަށްފަހު އެލަވަ ކިޔައިލިއެވެ. ޝާއިން އެ ލަވަ ރިކޯޑް ކޮށްލިއެވެ. “ތެންކްސް އިނގޭ..” ޝާއިން ރިކޯޑް އޮފް ކޮށްލަމުން އެހެން ބުނެލިއެވެ.

“ސޯ ނީއަށް ވެސް އިންނަން ޖެހޭނެނު ސޯންގެއް” އެއްލޯ މަރާލަމުން ނީރާ އެހެން ބުނެލިއެެވެ. “ކޮން ސޯންގެއް؟؟” ޝާއިން ބުމަ އަރުވާލިއެވެ. “މައި ފޭވް.. ދެން ކިޔާ އަވަހަށް.. އަން….!” ނީރާ ޝާއިންގެ އަތަށް ގިޓާ ދެމުން ގޮނޑިން ތެދުވެ ޝާއިންއަށް އިންނަން ތަން ދިނެެވެ. “އޯކޭ ފައިން މައި ގާލް… ދީވާނާވޭ މޫސުމް ދޯ؟؟” ޝާއިން އަހާލިއެވެ. “އުމްމް އެއީވެސް ދެން ފޭވްއެއް.. އޯކޭ ކިޔާ ދެން…. އައި ވިލް ރިކޯޑް..” ނީރާ ފޯނު ރެޑީކޮށްލަމުން އެހެންބުނެލިއެވެ. އެއާއި އެކު ޝާއިން “ދީވާނާ ވޭ މޫސުމް” ލަވަ ފެށިއެވެ. ނީރާ ރިކޯޑް ކުރަން ފެށިއެވެ.

………

މުބާރާތް ނިމުމާއި އެކު ނަތީޖާ ދޭނެ ދުވަހެއް ކަނޑައެޅިއެވެ. އޭގެ 4 ދުވަސް ފަހުން ނަތީޖާ އިއުލާން ކުރާނެކަމާއި އިނާމު ދޭނެކަމަށް ބުނެ އެންމެންނަށްވެސް އެ ދުވަހަށް ތައްޔާރުވެ އައުމަށް ދައުވަތު އަރުވަމުން ނިންމާލިއެވެ. ޝާއިންގެ މަންމައާއި ބައްޕަ އަދި ނީރާގެ މަންމައާއި ބައްޕަ ބޭރުގައި މަޑުކޮށްލައިގެން ތިބީ އެދެމީހުން އަންނާނެ އިރަކަށެވެ. އޮލަ ވާހަކައެއްގައި އާޝިޔާއާއި ރާބިޔަތު ތިބީ އެދެކުދިންގެ ކިޔެވުމާއި މެދު މަޝްވަރާކުރާށެވެ. އަކުރަމް އާއި އަސްފާގް އެމީހުންނާއި ދާދި ކައިރީގައި އެދެމީހުންގެ ވަޒީފާގެ ވާހަކަ އާއި މަސައްކަތްތަކުގެ ވާހަކަ ދައްކަމުން ދިޔައެވެ.

“ނީ ދެން އަންނަ ބެޗް ގަ ޕާޓިސިޕޭޓް ވާނެ.. އޭނާ އެކައުންޓިން ހަދާނީއޭ ބުނީ.. ހެހެ.. ޝައިން އޯ؟އޭނާ މެނޭޖްމެންޓް ދޯ.. ޑިޕްލޮމާ ފެށީތަ؟؟؟” ރާބިޔަތު އެހެން ބުނެލިއެވެ. “އޭނ.. ޝައިން އޭ؟؟ ސާބަހޭ ރާބިީ.. އެ ސޮރަށް ހަމަ އެކަނި ނީރާ އޯ އެހެން ކިޔޭނީ.. ނީރާ އަހަރެން ކައިރިވެސް ބުނީ އަޅުގަނޑު އެކަންޔޯ އެނަން ކިޔާނީ.. އެހެން މީހަކު ކިޔަ ނުވެސް ދޭނަމޯ ހަހަހަ.. އެވެސް ފިސާރި ކުއްޖެއް.” އާޝިޔާ ހިނިގަނޑެއް ޖަހާލަމުން އެހެން ބުނެލިއެވެ. ރާބިޔަތު ވެސް ހިނިގަނޑެއް ޖަހާލަމުން އޭނާގެ ބަނޑުގައި އަތް އަޅާލިއެވެ. “ހަހަ. އާނ މި ނީރާ ކިޔާތީ ކިޔުނީ އޭ… ހެހެ.. ދެން ބުނެބަލަ އޭނާ ކީއްކުރަނީ އޯ؟؟” ރާބިޔަތު އަނެއްކާވެސް ސުވާލުކޮށްލިއެވެ. “ހެހެހެ…އޭނަ ދުވަސްކޮޅަކުން ފަށާނެ… އާނ ދެން ފައުންޑޭޝަން ނިމުނީވިއްޔަ. ދެން ޑިޕްލޮމާ ނިންމާލާފަ ޖޮއިން ވާނީއޭ ބުނީ އަކޫގެ ބިޒްނަސްގަ..” އާޝިޔާ އޮޅުން ފިލުވައިލަދިނެވެ. އާޝިޔާ ނީރާގެ ވާހަކަތަށް އޮޅުން ފިލުވާލިއެވެ. މިހާރު އޭނާގެ ހާލުރަނގަޅު ވާކަމަށް ރާބިޔަތު ބުނުމުން އާޝިޔާ ހަމަޖެހިލެވުނެވެ. ރާބިޔަތު އަށް އެކަން ފާހަގަވިއެެވެ.

“އާޝީ…!! ވާހަކައެއް ބުނަންތަ؟؟” ރާބިޔަތު ސީރިއަސްވެލަމުން އާޝިޔާގެ އަތުގައި ހިފާލަމުން އެހެން ބުނެލިއެވެ. އާޝިޔާއަށް އެ ސީރިއަސްކަން ނަގައިގަނެވުނެވެ. “ބުނެބަލަ.” އާޝިޔާ މަޑުމަޑުން އެހެން ބުނެލިއެވެ. “އަހަރެމެން ނެތް ދުނިޔޭގަ ނީރާ ބަލައިދެންޗޭ… އަހަރެން ގަބޫލު ކުރާ ގޮތުގައި…..”  އާޝިޔާއަށް ރާބިޔަތު އާއި ދިމާ ބަލާލެވުނެވެ. “ކީކޭ ތިކިޔަނީ ދެން..؟” އާޝީޔާ ހިތްހަމަނުޖެހެވުނެވެ. އަދި ރާބިޔަތު ދައްކަމުން ދިޔަ ވާހަކަ މެެދުކަނޑުވާލިއެވެ.

“އާޝީ ބުނެބަލަ.. ބަލައިދޭނަން ދޯ؟؟؟” ރާބިޔަތު ސުވާލު ތަކުރާރުކޮށްލިއެވެ. “ރާބީ.. އަހަރެން ބަލައިދޭނަން.. ނީރާ އަކީ އަހަރެންގެ ވެސް ދަރިއެއް.. އަހަރެން އަބަދުވެސް ދެކެނީ އެގޮތަށް.. ރާބިޔަތު ހުއްޓަސް ނެތަސް އަހަރެން ނީރާ ބަލައިދޭނަން.. އެކަމު ތިކަހަލަ ވާހަކަ ދައްކާކަށް ނުވާނެ.. ދެން ނުދައްކަންޗޭ..” އާޝިޔާ ރާބިޔަތު ލައްވާ އެވާހަކަ ނުދެއްކުމަށް ވައުދުކުރުވިއެވެ. ރާބިޔަތުއަށް ކުޑަ ނަމަވެސް ހިތްހަމަ ޖެހުމެއްލިބުނެވެ. މިހާރަކަށް އައިސް އޭނާގެ ހިތަށް ތަފާތު އެތަކެއް ކަންތަށް އަރައެވެ. އެފަދަ ނުބައި ހިޔާލުތަށް ގިނަވެއެވެ. ކޮންމެވެސް ކަމެއްވާން އުޅޭހެން ހީވެއެވެ. އެފަދަ ވިސްނުންތަކުން ދުރުވެލަނީ ބަނޑުގައި އޮތް ދަރިފުޅާ މެދު ވިސްނާލަމުންނެވެ.

“އާނ.. ދެން ނީރާ އެންމެ ކުޑައިރުވެސް އެންމެ ގާތީ އާޝީ އާއި ވިއްޔަ ދޯ. އަބަދު ބުނާނެ އާޝީ ދައްތަ ގެއަށް ދާން.. ޝާންބެ ހޯދަން.. އޭރުވެސް އެދެމީހުން ހާދަ ގާތޭ ދޯ.. އަދި ކިޔާނީ ޝާންބެ.. ހަހަ..” ރާބިޔަތު ހަމަޖެހިލަމުން ކުރީގެ ހަނދާނެއް އާ ކޮށްލިއެވެ. “އާނ.. ދޯ.. ހަހަ މިހާރު ވިއްޔާ ޝައިން އެއް ކިޔަން ދަސްވެގެން އެ އުޅެނީ.. އަދި ޝާއިންވެސް ބުނާނީ ނީއްކޮ.. މަމީ ނީއްކޮ ކޮންއިރަކުން އަންނާނީ އަޅުގަނޑާއި އެކު ކުޅެން.. މަމީ ނީއްކޮ ކޮބާ..އަބަދުވެސް ނީއްކޮ ނީއްކޮ…. ހަހަ އެހެންނު ވާނީ އަހަރެއްގެ ތަފާތު ވިއްޔަ ދޯ…” އާޝިޔާވެސް ވާހައިގައި ބައިވެރިވެލިއެވެ. ރާބިޔަތުވެސް ހޭންފެށިއެވެ.

“އަޅުގަނޑުމެންގެ ކޮންވާހަކައެއް ދައްކަނީ ތި؟؟” ނީރާ އެދެމީހުންގެ ފަހަތުން އައިސް އަހާލިއެވެ. ނީރާގެ ފަހަތުގައި ޝާއިން ހުއްޓެވެ. “ހެހެ.. ކަންފަތްވެސް ތޫނޭ ދޯ އަނެއްކާ…”  އާޝިޔާ ނީރާގެ ކަންފަތުގައި މަޑު މަޑުން ހިފާލަމުން އެހެން ބުނެލިއެވެ. ރާބިޔަތު ހިނިގަނޑެއް ޖަހާލިއެވެ. “ދެން ބުނެބަ އަޅުގަނޑުމެން ކޮންވާހަކައެއްކަން؟؟” ނީރާ އަނެއްކާވެސް އަހާލިއެވެ. “މިދައްކަނީ ތިދެމީހުންގެ ކުޑައިރުގެ ވާހަކައެއްނު… ޝާންބެ އާއި ނީއްކޮ ގެ ވާހަކަ.. ދޯ ރާބީ.. ހަހަހަ” އާޝިޔާ އެހެން ބުނެލުމުން ނީރާއަށް ފަހަތުގައި ހުރި ޝާއިން އާއި ދިމާ ބަލައިލެވުނެވެ. ދެމީހުންނަށް އިސްޖަހާލެވުނީ ލަދުގަނެގެންނެވެ. އެހެނީ އެމީހުން އެ ދައްކަނީ ނީރާ މެން ހަނދާން ހުރި ވާހަކަތަކެއްނޫނެވެ. ނަމަވެސް ބޮޑުވަމުން އާއިރު އަޑު އިވެމުން ދިޔަ ވާހަކަތަކެކެވެ. “އައްދެ.. ލަދުވެސް ގަނޭތަ؟ ދެން އެއީ ލަދު ގަންނަ ވަރު ކަމެއް ނޫނޭ…” ރާބިޔަތު އެދެމީހުންނަށް ބަލާލަމުން ލާނެއް ހިނިގަނޑަކާއި އެކު ބުނެލިއެވެ. “ދެންން.. މަމް… ޕިސް..” ނީރާ އެހެން ބުނެލީ ޅަކުއްޖެއްފަދައިންނެވެ. ޝާއިން އެއްވެސް އެއްޗެއް ނުބުނެ ހުރި ގޮތަށް ހުއްޓެވެ. “ކޮބާ އުޅޭ ދަމާ ދޯ؟؟” އަސްފާގް އާއި އަކުރަމް އެމީހުންނާއި ކައިރިވެލަމުން އެހެން ބުނެލިއެވެ. އެއާއި އެކު އެންމެން ދާން ހިނގައިގަތެވެ.

“ވެއިޓް.. އަދި ނުބުނަމެއްނު އަޅުގަނޑުމެންގެ ޕާރފޮމެންސްއާއި ބެހޭގޮތުން އެއްޗެކޭ އެއް؟” ނީރާ އެންމެން މަޑު ކުރުވަމުން ބުނެލިއެވެ. “އާ ހަނދާންނެތުނީއޭ ދޯ.. ހެހެ ވަރަށް ސަޅި އިނގޭ.. އިރާދަކުރެއްވިއްޔާ މޮޅުވެސް ވާނީ ނީމެން..” ރާބިޔަތު އެއްޗެކޭ ބުނަން އަނގަ ހުޅުވާލުމާއި އެކު އާޝިޔާ އެހެން ބުނެލިއެވެ. ރާބިޔަތުއަށް އާޝިޔާއާއި ދިމާ ބަލާލެވުނެވެ. އަދި ހިނިތުންވެލެވުނީ އޭނާގެ އެކުވެރިޔާ ނީރާ ދެކެ ވާ ލޯތްބެއް އިނގިފައެވެ. ރާބިޔަތުއަށް ކޮންމެ ކަމެއްވިއެއް ކަމަކު އާޝިޔާ ހުންނާނެކަން ޔަޤީންވީމައެވެ. “ދޯ ރާބީ…!” ރާބިޔަތު އާޝިޔާއާއި ދިމާ ބަލަން ހުރުމުން އާޝިޔާ ރާބިޔަތުއަށް ދޯ އެއްލިއެވެ. ރާބިޔަތު އަވަސްއަވަހަށް ބޯ ޖަހާލިއެވެ. އަދި ނީރާގެ ގައިގާ ކުޑަކޮށް ބައްދާލީ ވަރަށް ސަޅިއޭ ބުނަމުންނެވެ.

……..

…ނުނިމޭ…

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

އަފްރީން

Next

ނިމިދާނެ ޖާނާ ހިތާ 7

Next
February 29, 2016

ނިމިދާނެ ޖާނާ ހިތާ 7

Previews
February 29, 2016

އަފްރީން

11 Comments!

  1. Ryn says:
    March 2, 2016 at 12:27 pm

    hey guys… hre is the nxt prt.. hwp lyk vaane kamah.. thnkxx fr readin… enjoy… ???

  2. Zu says:
    March 2, 2016 at 12:51 pm

    Wow wow.. Ekam haadha kureyy.. Wen next part..

  3. nukko says:
    March 2, 2016 at 12:55 pm

    Omg jus wow…. kiyamun dhiyairu hama smile kureveny v v lwbi spclly two mums bai n those two songs aslu vs hama habbu inge 😉 miss u n tvgc aneh bai Avahah upp kohdhechey 🙂 🙂 😀 😀

  4. Misty says:
    March 2, 2016 at 1:45 pm

    Varah salhi.. Whn nxt prt??? Avahah up koh dhechey… waiting waiting

  5. Ninni says:
    March 2, 2016 at 1:59 pm

    Mashaa Allah..
    Whn nxt part..?❤

  6. twnkl str says:
    March 2, 2016 at 2:24 pm

    Vvvvvvvvv nyc ryn…..whn nxt prt

  7. Liu says:
    March 2, 2016 at 2:44 pm

    Vvvv reeethi.but ryyn I have some confusion.aslu pst mi kiaadhenu saaain ehnudho,buy nyyyge hiaaluthah shaaainah igeyny kihineh?mi vaahaka hama awesome. ♡♥♡♡♥when nxt prt??????

    1. Ryn says:
      March 3, 2016 at 9:42 am

      thnkyw dear… n yrh shine kiyaidheny n aslu nyge hiyaal n evrythin neyngeyne shine ah… ryn mi pst gendhany hama stry ge hlf eh ge gwthah so rydrs must knw hw ny fyls n thinks dhn only stry rythi vaane kamah ryn gabool kurany… shine ah ingeythy ky nun ekm nyge fylings thah himenyma stry ga vaa nuvaa ingeyny.. n in sha allah vrh avahah.. enjoy ???❤

  8. Ladhun boahalaaku says:
    March 2, 2016 at 2:58 pm

    Varugadha habbu eh miulheny… bola nukulhadhaana thui vaaa varun.. thui myhun vex ulhey bt thihaa vareh nuvey… dhn thy thui vias bodu varu… ladhun boa halaaaaaaku?????????

    1. Ryn says:
      March 3, 2016 at 9:37 am

      hehehe… evryone hve diffrnt style diffrnt ways to shr thr opinion so its nt a big issue…. thnkyw ???

  9. Ryn says:
    March 3, 2016 at 9:34 am

    thnkxx all…. in sha allah vrh avahah up kh dheynan…. ????❤ enjoy tc

Comments are closed.


All Right Reserved!