Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހާދަ ލޯބިންނޭ (13)

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
February 15, 2016 7 Mins Read
20 Comments

 

—

“އަހަރެން ލޯބިވާވަރު އިނގުނަސް

އިންކާރު ކުރުމަށްފަހު ދުރަށް ދިޔައީ

ހިތް ކުދި ކުދި ވެފައި އޮތަކަސް

ތިޔަ އިންތިޒާރުގައި ހުންނަމުން ދިޔައީ

އުއްމީދު ފަނޑުވެގެން ދިޔަޔަސް

ކަލާ ދެކެ ލޯބި ވަމުން ދިޔައީ

ގަސްތުގައި އަހަރެން ދެރަ ކުރަމުން ދިޔަޔަސް

ހިތުގެ އަޑިން މާފު ކުރަމުން ދިޔައީ…

…..ނަމަވެސް……

ކަލާގެ އިންތިޒާރުގައި ހުންނަން

އިތުރަށް މިހިތަށް ކުޅަދާނަ ނުވުމުން

ތިޔަ ލޯބި ހިތުން ފޮހެލަމުން

މިންޖް މިވީ ތިޔަ ލޯބިން ކަލާވެސް މިންޖު ކުރަމުން…..

…………………

އިންތިޒާރުގައި ހުރީ..

ލޯބި ލިބޭނެކަމަށް..

އުއްމީދު ކޮށްގެން ހުރީ

ކަލާ ލިބޭނެކަމަށް..

ހުވަފެންތަކެއް ބެލީ

ކަލާއާއި އެކު އުޅެވޭނެ ކަމަށް

އިންތިޒާރުގައި ދުވަސްތަށް ގުނީ..

ކަލާ އޭގެ ބަދަލު ދޭނެ ކަމަށް..

……………

ދުން ހުވަފެން ތަށް ފުނޑު ފުނޑު ކޮށްލީ

ކަލާ އެހެން މީހެއް ދެކެ ލޯބިވޭ ބުނެފާ

އިންތިޒާރު ނިމުމަކަށް ގެނުވީ

ތިހިތުން ޖާގަ ނުލިބޭނޭ ބުނެފާ..

ކެތް ކޮށް ޝުކުރު ކުރަމުން ދިޔައީ

ކަލާގެ އުފާތަށް މުހިންމު ކަމަށް ދެކެފާ….

———-

ޝާއިން ހަނދާންވީ ޕާޓީ އޮތް ރޭ ނީރާ ކީ ޅެމެވެ. ނީރާ ރަޔާން މަތިން ހަނދާން ނައްތާލަން މަސައްކަތް ކުރާކަން އޭނާއަށް އިނގުނެވެ. ޝާއިން އިތުރަށް ޑައިރީ ބަލަން ނަހަދާ ނީރާގެ ކޮޓަރިއަށް ވަދެ ކުރިންވެސް އޮތްގޮތަށް ފޮތްބޭއްވިއެވެ. އަދި ނީރާގެ ގައިގައި ކުރިން އޭނާ އަޅާފައި އޮތް ރަޖާގަނޑު ރަނގަޅުކޮށްލިއެވެ. އެއަށްފަހު ނީރާގެ އެނދުގައި ލައްގަނެލަމުން ތިރީގައި އިށީނދެލިއެވެ. އެއާއި އެކު އޭނާއަށް ފެނުނީ އޭނާގެ ކުރިމައްޗަށް ވާ ގޮތަށް ހުރި ކަބަޑުގައި ހުރި ނީރާގެ ތަށިތަކެވެ. އެކި މުބާރާތްތަކުގައި އޭނާއަށް ލިބުނު ތަށިތަކެވެ. އެތަން ފެނި ޝާއިންގެ މޫނުމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ކުރީގެ ހަނދާންތަށް އާލާވާންފެށިއެވެ. ބޭއިހްތިޔާރުގައި ލޯ ކަރުނައިން ފުރުނެވެ. ފިރިހެނެއްކަމަކު ކެތްނުވާވަރު ވުމުން އިހްސާސްތަށް ބަންޑުންކޮށްލެވޭނެއެވެ. އެ ހުރިހާކަމަކަށް ކެތްކޮށްލައިގެން ޝާއިން ހުންނަތާ ވަރަށް އިރުވެއްޖެއެވެ. ކެތްތެރިކަން ކޮޅުން ލައިގެން ދިޔައީ ކުރީގެ ހަނދާންތަކުގެ ސަބަބުންނެވެ.

އެނދުގައި ބޯއަޅާލަމުން އަމިއްލަ ފިނޑިކަމާއި މެދު މަލާމާތްކުރަން އެތަށް އިރަކު އިނދެވުނެވެ. ނަމަވެސް އެ ލޮލަކުން ކަރުނައެއް ނުހިކެއެވެ. އެހެން އޮއްވާ އޭނާގެ ލޮލަށް ނިދި އައިސް ނިދިއްޖެއެވެ. އޭނާގެ ބޯ އޮތީ ނީރާ އޮތް ދިމާލުގައެވެ.

އިރު އެރުމާއި އެކު ހެން މާލޭގެ މަގުތަށް ހަލަބޮލިވާންފެށިއެވެ. ވަޒީފާއަށް ދާ މީހުން ވަޒީފާއަށް ދާންފެށިއެވެ. ސުކޫލަށް ދާ ކުދިން އެކުދިންގެ ބެލެނިވެރިންނާއި އެކު މަގުމަތީ އަވަސް ހިނގުމެއްގައި ހިނގައިފައި ދެއެވެ. ނީރާއަށް ލޯ ހުޅުވާލެވުނީ އާ ފުރިލަމުންނެވެ. ކުރިމަތީ އޮތް ޑައިރީ ފެނި ނިދުނީ ޑައިރީ ލިޔަން އޮއްވާކަން އިނގުނެވެ. އެއަށްފަހު ތެދުވެލުމަށް އަނެއްފަޅިއަށް އެނބުރެލުމާއި އެކު ތެޅިގަނެވުނީ އެނދުމަތީ ބޯ އަޅައިގެން އޮތް ޝާއިން ފެނިފައެވެ. ތެޅި ތެޅި އޮތް ހިތް ހަމަޖައްސާލަމުން ނީރާ ޝާއިންގެ މޫނަށް ބަލާލިއެވެ. އެމޫނުމަތި އޮތީ މިލާފައެވެ. ލޯ ކައިރި ދުޅަވެފައެވެ. ނީރާއަށް އެ މޫނާއި ދިމާ ބަލަން ހުރެވުނީ ގުޑި ލާންވެސް ނޭނގިފައެވެ. ނީރާގެ ހިތަށް އަސަރުތަކެއް ކުރުވިއެވެ.

ކުއްލިއަކަށް ޝާއިންގެ ތުންފަތް ހަރަކާތް ކުރަންފެށިއެވެ. ނީރާގެ ތަންކޮޅެއް ބޮޑަށް ޝާއިންގެ މޫނާއި ކައިރިވެލީ އެ ކިޔާއެއްޗެއް ސާފުވޭތޯއެވެ. “ނީ… އައި..ލަވް…ޔޫ…” އުނދަގުލަކުން ނަމަވެސް ޝާއިން އެ ބުނި އެތި ނީރާއަށް ސާފް ވިއެވެ. އެއާއި އެކު ޝާއިން ކައިރިން ދުރަށް ޖެހިލެވުނީ ދެލޯ ބޮޑުކޮށްލަމުންނެވެ. އޭނާއަށް ހަށިފުރާ ނޭވާ ތަކެއްލެވެން ފެށުނެވެ. އެއާއި އެކު މާޒީގެ ދުވަސްތަށް ހަނދާންވާންފެށިއެވެ.

ޝާއިންއާއި އެކު ކުރާ މަޖާ ކަންތަށްތަކެވެ. ޝާއިންއެވެ. ޝާއިންގެ ލޮލުގައިވާ ގޮތްނޭނގޭ އަސަރުތަކެވެ. ޝާއިންގެ ހިތުގެ ގޮވުންތަކެވެ. އޭނާ ކުރަމުން ދިޔަ އިޝާރާތްތަކެވެ. ޝާއިން އެންމެ ފަހުން ޕާޓީގައި މާނަވީ ގޮތަކަށް ނީރާއާއި ދިމާ ބަލަމުން ކީ ދެލަވައިގެ ބައިތުތަކެވެ. އޭގައިވާ އަސަރުތަކެވެ. އެ ބައިތުތަށް ނީރާގެ ކަންފަތަށް އިވެމުންދިޔައީ މިހާރުވެސް ކައިރީގައި ހުރެގެން ޝާއިން އެ ލަވަކިޔަމުން ދިޔަހެންނެވެ.

“ތިޔަ ލޯބިން ހިތް ދެވިއްޖޭ…

ތިޔަ ނަން މޭގައި ފެވިއްޖޭ…

ތިޔަ ދިން ލޯތްބާއި އަރާމުން މިހިތަށް ފަރުވާ ލިބިއްޖޭ….

…….”

“ހަށިގަނޑާއި ފުރާނަ ވަކިވެވި ނެތިފަނާވެ ދިޔަސް ހެވޭ..

ކަށިވެ ފީ ވެއްޔަށް ވެދިޔަޔަސް ލޯބި އަހަރެން ވާނަމޭ….

ލޯބިވެތި ތިޔަ ސޫރަ އަހަރެން ހިތު ތެރޭ ފޮރުވާނަމޭ…

ލޯބިވާގެ ހިޔާލުތަށް މިހިތުން ފިލާނެ ގޮތެއް ނެތޭ..

…..”

އެއަށްފަހު އޭނާގެ ހަނދާނަށް އައީ ރޭގައި ޝާއިން ދެއްކި ވާހަކަތަކެވެ. އެއިން ކޮންމެ ލަފްޒެއް އެ ހިތުގައި ހަރުލެވިފައިވާ ކަހަލައެވެ. ނީރާގެ ދެލޯ ކަރުނައިން ފުރިގެން ދިޔައެވެ. އޭނާގެ ސަބަބުން ޝާއިންއަށް މިދެވެނީ ކޮންކަހަލަ ބޮޑު އަނިޔާއެއް ހެއްޔެވެ؟ ޝާއިންގެ ކުރިމަތީ ރާއިންގެ ލޯބި ޖެހިލުމެއްނެތި ބުނާއިރު އޭނާއަށް ވާނެގޮތް ހަމަ ނޭނގުނީހެއްޔެވެ؟ ޝާއިންގެ އިޝާރާތްތަށް ނަގައި ނުގަނެވުނީ ހެއްޔެވެ؟ ނީރާއަށް އެއަށްވުރެ ބޮޑަށް ރޮވުނީ އޭނާގެ ސަބަބުން ޝާއިން ދެރަވާނެވަރު އަންދާޒާކޮށްލެވުނީމައެވެ. މަޑު ގިސްލުމެއް ކޮޓަރީގައި ހަރުލީ ނީރާ ނުރޯން މަސައްކަތް ކުރަނިކޮށެވެ. ނީރާ ފާހަނައަށް ދުއްވައިގަތެވެ. އަދި އެތަށްއިރަކު ފާހަނާގެ ދޮރުގައި ލެގިލައިގެން އިނދެ ރޮމުން ދިޔައެވެ. ހިތަށް ކުޑަ ވެސް ޝިފާއެއް ނުލިބުނެވެ.

ނީރާ އަށް ހަމަ ގައިމުވެސް ޝާއިންދެކެ ލޯތްބެއް ނުވެވޭނެކަމަށް ހީކުރެވެމުން ދިޔައެވެ. އެހެންކަމުން ހިތުގައި ރޭވުމެއް ރާވާލީ ޝާއިންގެ ހިތުން ނީރާގެ ނަން ފޮހެލާނެ ގޮތަކާއި މެދުގައެވެ. ހިތުން ކިތަންމެ ފަހަރަކު އެކަމަށް އިންކާރުކުރަމުން އާދޭސްކުރަމުން ދިޔަޔަސް ނީރާ އަޒުމް ކަނޑައަޅީ އެކަން ކުރުމަށެވެ. ހިތަށް ތަދުކުރަމުން ހިތާއި ދެކޮޅަށް ކުރާ މީ ފުރަތަމަ ކަމެއް ނޫނެވެ. ނީރާ ފާހަނައިން ނިކުމެގެން ތުވާއްޔަކާއި ހެދުމެއް ނަގައި އެހެނިހެން ބޭނުން އެއްޗެހި ހިފައިގެން އެތެރެއަށް ވަނީ ޝާއިން އާއި ދިމާލަށް ހިތް ފުރެންދެން ބަލަން ހުރުމަށްފަހުގައެވެ. އެފަދަ ގޮތަކަށް ބަލައި  އެންމެ ފަހު ފަހަރު ކަހަލަގޮތަކަށެވެ.

ފާހަނައިގައި ފެންވަރަން ހުރެގެންވެސް ނީރާގެ ސިކުނޑީގައި އެތަކެއް ކަންތަކެއް ރާވާލަމުން ދިޔައެވެ. ޝާއިން ހޭލުމުގެ ކުރިން ފުރަތަމަ ކަންތަށް ނިންމޭތޯ އޭނާ އުޅުނެވެ. އަވަސް އަވަހަށް ފެންވަރައިލައިގެން ނިކުތް އިރުވެސް ޝާއިން އޮތީ ނިދާފައެވެ. އިރު އިރުކޮޅާ އެއްޗެއް ބުނެލައެވެ. ނީރާ ފޯނު ނަގާ އަކުރަމް އަށް ގުޅާލިއެވެ. “ހަލޯ… ސަރ… އަޅުގަނޑު.. އަޅުގަނޑު ބޭނުމީ ރިޒައިން ވާން… ނޫން ސަރ.. އެއްވެސް ކަމެއްވެގެނެއްނޫން… އަޅުގަނޑު މެންދުރު ތިކޮޅަށް ގޮސް ހަމަޖައްސާލާނަން…” ނީރާ ފޯނު ކުރުކޮށްލިއެވެ. އަދި ކަރުނައިން ފުރިފައިވާ ބެލުމަކުން ޝާއިންއަށް ބަލައިލިއެވެ. އެއަށްފަހު ޝާއިން އާއި ދިމާލަށް ދިޔައެވެ.

“ޝައިން… އަމް ސޮރީ.. ބަޓް މިހުރިހާ ކަމެއްވެސް މިކުރަނީ ހަމަ ޝައިން އަށްޓަކައި.. އައި ކާންޓް ބީ ޔުއަރސް.. އައި ލަވް ސަމް ވަން އެލްސް… އަހަރެންގެ ހިތުގައި އެހެންމީހަކު އޮތްހާ ހިނދަކު އެހެން މީހަކަށް އަހަރެންގެ ފަރާތަކުން އުފަލެއް ނުދެވޭނެ… ޝައިން ނޫން އެހެން މީހެއްނަމަ މޭބީ އައި ވިލް ތިންކް ބަޓް އަހަރެންގެ ލައިފްގައި އެންމެ މުހިންމު އެކަކަށް ނޭނގި ހުރެގެންވެސް އަހަރެންނަކަށް ނުދެވޭނެ އަނިޔަލެއް.. މިހާރުވެސް ދެވުނު ވަރު ކުޑައެއް ނޫން… ނައު ނޯމޯރ ޕެއިން ފޯ ޔޫ..އައި އެމް ސޮރީ.. ލަވް ޔޫ އަލޮޓް އިނގޭ ޝައިން…” ނީރާ ޝާއިންގެ މޫނަށް ބަލަން ހުރެ އެހެން ބުނެލީ ހިތާހިތުންނެވެ. ލޮލުން ކަރުނަތަށް ފައިބައިގެން ދާން ފެށުމުން ތުންފަތުގައި ދަތްއަޅައިގެން ހުރެ އެކަން ނުކުރުމަށް މަސައްކަތް ކުރަމުން ދިޔައެވެ.

………

ޝާއިންއަށް ހޭލެވުނީ އޭގެ 30 މިނެޓްފަހުންނެވެ. ނިދުނު އިރެއްވެސް އޭނާއަކަށް ނޭނގުނެވެ. ފޯނު ބަލާލިއިރު ރަޔާން އަދި އަކްރަމް އާއި އާޝިޔާގެ އެތަކެއް ކޯލްތަކެއް މިސްވެފައި ހުއްޓެވެ. އެކަން މުހިއްމު ކަމަކަށް ނަހަދާ ޝާއިން ބަލާލީ ނީރާ ކޮބައިތޯއެވެ. ނީރާ ކޮޓަރިތެރޭ ފެންނަން ނެތުމުން ބޭރުގައިކަން ވީ އޭނާއަށް ނަގައިގަނެވުނެވެ. އޯވަރ ނައިޓަށް ނީރާ މެންގެ ގެއަށް އައިސް ބޭނުންކުރާ ބުރުސް އެތާ އިންތަން ފެނި އެ ރީތިކޮށް ދޮވެލަމުން ދަތް އުނގުޅާ މޫނު ދޮވެލައިގެން ނިކުތްއިރު ކަމެއް ވެފައި ހުރިހެންވެސް އޭނާގެ މޫނުމައްޗަކުން ނުފެނެއެވެ.

ކޮފީއެއް ގިރައިގެން ބެލްކަނީގެ ރެއިލިންގައި ދެއަތް އަޅުވާލައިގެން ހުރި ނީރާ ސިއްސައިގެން ދިޔައީ ޝާއިން ކޮޓަރީގެ ދޮރު ހުޅުވާލި އަޑަށެވެ. ފަހަތަށް ނުބަލާ ނީރާ ފުން ނޭވާތަކެއް ލީ ޝާއިންއާއި ކުރިމަތިލާން ހިތްވަރެއް ހޯދާ ފަދަ ގޮތަކަށެވެ. އޭނާގެ ހިތުގެ ތެޅުން ބާރުވެގެން ދިޔައެވެ. ޝާއިން ނީރާއާއި ކައިރިއަށް އަންނަކަން އިހްސާސްވިއެވެ. އެހެންކަމުން ހިންދިރުވާލިއެވެ.

“ޕްލީސް.. ޑޯންޓް މޫވް އިތުރަށް އެންމެ ފިޔަވަޅެއްވެސް މިދިމާލަށް ނާޅާތި..” ހަރުކަށިކަން ދައްކަމުން ނީރާ އެހެން ބުނެލީ ޝާއިން އާއި ދިމާ ބަލައިވެސް ނުލައެވެ. އޭނާ ހިތުގެ އަޑިން ރޮމުންނެވެ. ޝާއިން ސިއްސައިގެން ދިޔައެވެ. އަދި ފިޔަވަޅުތަކަށް މަޑު ޖައްސާލިއެވެ.

“ނީ.. ކިހިނެ………” “ޖަސްޓް ޝަޓް އަޕް ޝައިން… ޝައިންގެ އަނގައިން އަހަރެންގެ ނަން ދެން ނުކިޔާތި….” ނީރާ ޝާއިން ބުނި ޖުމްލަ މެދު ކަނޑާލަމުން އެހެން ބުނެލީ ތުންފަތުގައި ދަތް އަޅާލަމުންނެވެ. އެ ދެލޮލުން ފޭބި ކަރުނަތަށް ނީރާގެ އަތަށް ވެރެމުން ދިޔައެވެ.

ޝާއިން ހުރިތަނުގައި ހުރީ ގަބުއަރާފައެވެ. “އެންމެ ކުޑަމިނުން ވީ ގޮތް ބުނެބަލަ….” ޝާއިން ބުނެލިއެވެ. “އޯ ޕްލީސް… ދެން ހެޔޮ ޝައިން…” ނީރާ ބުނެލިއެވެ. ޝާއިން ދެރަވިއެވެ. ރުޅިވެސް އައެވެ. ހުރިހާ އިހްސާސްތަށް އެއްވެގެން ދިޔުމާއި އެކު ޝާއިން ތުރު ތުރު އަޅަންފެށިއެވެ. “ނީރާ!!! ކިހިނެއްހޭ ވީ…؟” ޝާއިންއަށް އެހެން ބުނެލެވުނީ ތަންކޮޅެއްބާރަށެވެ. ނީރާގެ ހިތް ތެޅިގެންދިޔައެވެ. ނަމަވެސް މިހާރު އޭނާ ބޭނުންވާ ގޮތަށް ކަންތަށް އެދިޔައީ ވަމުންނެވެ. “ޝައިން އަށް ހަމަ ނޭނގޭތަ؟ ދެން އިތުރަށް އެއްޗެކޭ ކިޔާނެ ކަމެއް ނެތް.. މިތަނުން ހަމަ މިހާރު ނިކުމޭ.. ދެން އަހަރެން ކުރިމައްޗަށްވެސް ނުވާނެ އަރައިގެން…” ހިތުގެ އަޑިން އެތަކެއް ޝަކުވާތަކެއް ކުރަމުން ނީރާ އެހެން ބުނެލިއެވެ. ޝާއިންގެ ހިތަށް ތަދުވިއެވެ. ވާނުވާ ނޭނގި ހުރިހާލު އޭނާގެ ރުޅިގަނޑު ދިޔައީ މަތިވަމުންނެވެ.

“ނީރާ!!! ކިހިނެއްހެއްޔޭ ވެގެން ތިއުޅެނީ.. ރީއްޗަށް ބުނެބަލަ ވެގެން އުޅޭ ގޮތެއް..” ޝާއިން ރުޅި އައީމަ ނޫނީ ނީރާއަށް “ނީރާ” ގެ ނަމުން މުހާތަބެއް ނުކުރާނެއެވެ. ހުދު ޝާއިންއަށްވެސް އެކަން ވީ އުނދަގޫ ކަމަކަށެވެ. ނީރާއަށްވެސް އުނދަގޫވިއެވެ. “އަހަރެންގާތަކު ނޫންދޯ އަހަންޖެހޭނީ..؟ ޖަސްޓް ގޯ ޝައިން… އަހަރެން ބޭނުމެއް ނޫން ޝައިންގެ މޫނު ބަލަންވެސް..” ނީރާގެ އަޑު ތުރުތުރު ލަމުން ދިޔައެއްކަމަކު އޭނާގެ ހަރުކަށިކަން ދައްކަން މަސައްކަތް ކުރަމުންދިޔައެވެ. ހިތާހިތުން ދުޢާ ކުރީ ނީރާ ގެ އިހްސާސްތަށް ބަންޑުން ނުވަނިސް ޝާއިން އެތަނުން ނިކުމެގެން ދޭތޯއެވެ. ޝާއިން ނީރާއާއި ދިމާލަށް ހަލުވި ފިޔަވަޅެއްގައި ގޮސް ހިފީ އޭނާގެ އޮޅަނބުށީގައެވެ. ހިފާލަމުން ޝާއިން އާއި ދިމާލަށް އަނބުރާލީ ކުއްލިއަކަށެވެ. ނީރާއަތުގައި އިން ކޮފީތަށިވެސް ތަންކޮޅެއް ދުރަށް ވިއްސައިގެން ގޮސް ތަށިމުށިމައްޗަށް ތަޅައިގެން ދިޔައެވެ.

“އަހަރެންގެ މޫނު ބަލަން ބޭނުން ނޫނިއްޔާ ކޮންހާ ޝައިން އެއް ތިކިޔަނީ؟؟؟؟ ޝާއިން ކިޔަންވީނު..  މި ލޮލުން މި ފައިބަނީ ކޮންހާ ކަރުނައެއް..؟؟؟” ޝާއިން ނީރާގެ ލޮލުން ފައިބަމުން ދާ ކަރުނަތަށް އިނގިލި ކުރިން ފޮހެލަމުން ނީރާއަށް ދައްކާލިއެވެ. ނީރާ އޭނާގެ އަތް ނެއްޓުވޭތޯ މަސައްކަތްކުރިއެވެ. “ލެޓް މީ ގޯ ޝަ..ޝާއިން…. ޖަސްޓް ގެޓް ލޯސްޓް ފުރޮމް ހިއަރ އެން މައި ލައިފް..” އެވަރުންވެސް ނީރާގެ ހިތްވަރެއް އެލުވައެއް ނުލައެވެ. ” އަހަރެން ގޮސް ދާނަން.. އެކަމު އެންމެ ފަހަރަކުވެސް ބުނެބަލަ ވީ ގޮތް؟؟؟” ޝާއިން އެ ހުރިގޮތަށް ހުރެ ނީރާގެ ލޮލަށް ބަލަމުން އެހެން ބުނެލިއެވެ. ނީރާ އިސްޖަހާލިއެވެ. އަދި ނީރާގެ އަނެއް އަތުން ޝާއިންގެ އަތް ދުރަށް ލާން މަސައްކަތްކުރިއެވެ. “ކިހިނެއްހޭ ވީ؟؟؟؟” ދަތްކުނޑި ވިކާލަމުން ޝާއިން އެހެން ބުނެލީ ކުރިއަށް ވުރެވެސް ބާރަށެވެ. އަދި ނީރާގެ އަތުގައި ހިފައި ޝާއިން އާއި ކައިރިކުރަމުންނެވެ. ނީރާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. އެހާ ބާރަކަށް ޝާއިން ދުވަހަކުވެސް ނީރާއަކާއި ވާހަކަ ދައްކާފައެއް ނުވެއެވެ. “ޝާއިން އަހަރެންގެ މަންމައާއި ބައްޕަ އަދި އޭންޖެލް މަރާލީ.. އިނގިއްޖެތަ؟؟؟؟ މަރާލީ..!.!!!..”ނީރާ އަށް ރޮއެ ގަންނަމުން އެހެން ބުނެލެވުނެވެ. ތަންކޮޅެއް ބާރަށެވެ. ޝާއިންއަށް ނީރާގެ އަތުން ދޫކޮށްލެވުނެވެ. އޭނާއަށް ޝޮކެއް ލިބުނު ކަހަލައެވެ. އަނެއްކާވެސް އެ ކަޅު މާޒީ ހަނދާންވިއެވެ. އެއީ އޭނާގެ ކުށެއް ނޫނެވެ. އޭނާގެ އިހްމާލުން ހިނގި ކަމެއްނަމަވެސް އެއީ އޭނާގެ ކުށެއް ނޫންކަން ނީރާވެސް ޤަބޫލުކުރިއެވެ. މިއަދު ދެން އެހެން އެކިޔަނީ ކީއްވެހެއްޔެވެ؟ ޝާއިންއަށް އިސްޖަހާލެވުނެވެ.

“ކިހިނެއްވީ؟؟؟ ބުނާނެ އެއްޗެއް ނޭނގުނީ.. އޭ؟؟؟؟ އަން އަހަރެން އަތުގައި ހިފާ.. ހަޅޭލަވާ….” ނީރާ އޭނާގެ އަތް ޝާއިންގެ އަތަށް ލަމުން އެހެން ބުނެލިއެވެ. ނަމަވެސް ޝާއިން މިވަގުތު ހީވަނީ މައްޔިތެއްހެންނެވެ. ނީރާ ހިފި އަތްވެސް އަމިއްލައަކަށް ނެއްޓުނެވެ. ނީރާގެ ހިތަށް ކިތަންމެ ތަދުވިއެއްކަމަކު އޭނާ ކެތްކުރިއެވެ. ހިތަށް ފަރުބަދައެއް ލައިގެންނެވެ.

“ކިހިނެއްވީ ޝަ..ޝާއިން؟؟؟؟؟ހަހަހަ” މޮޔައެއް ފަދައިން ހަޅޭލަވަމުން ހެމުން ނީރާ އެހެން ބުނެލިއެވެ. އޭނާ “ޝައިން” ނުކިޔަން ވަރަށް މަސައްކަތްކުރިއެވެ. ޝާއިން އިސް އުފުލާ ނީރާއާއި ދިމާ ބަލާލި ވަގުތަކީ ނީރާއަށް ވެސް ބަލާލެވުނު ވަގުތެވެ. އޭނާގެ ލޯ ހުރީ ފެންކަޅިވެފައެވެ. ހިނދުކޮޅަކަށް ނީރާގެ ހުރިހާ ހިއްސުތަށް ހުއްޓުނެވެ. މީހާ ގަނޑުވިއެވެ. ނަމަވެސް އަމިއްލަ ނަފްސް ކޮންޓްރޯލް ކުރުމުގައި އަނެއްކާވެސް އޭނާ ކުރި ހޯދިއެވެ. “ނީ…! އަހަ..ރެން….” ޝާއިން މަޑު މަޑުން އެހެން ބުނެލިއެވެ. “އާނ… ނީ އަހަރެން.. އަހަރެން ނީ ގެ މަންމައާއި ބައްޕަ އާއި ލިބެން އުޅުނު ކޮއްކޮ މަރާލީ.. އާނ އަހަރެން…” ނީރާ ޝާއިންގެ ވާހަކަ މެދު ކަނޑާލަމުން އެހެން ބުނެލިއެވެ. ޝާއިންގެ ބޮލުގައި ރިއްސައިގަތެވެ. އަނެއްކާވެސް މާޒީގެ އެ ސޮފްހާ ހުޅުވީ ކީއްކުރަންހެއްޔެވެ؟ އަނެއްކާވެސް………

ޝާއިން ހާސްވާންފެށިއެވެ. އަވަސް ނޭވާ ތަކެއް ލާންފެށިއެވެ. ނީރާއަށް އެކަން ފާހަގަވިއެވެ. ބިރުވެސް ގަތެވެ. ނަމަވެސް ކުޑަ ހަރަކާތަކުންވެސް ޝާއިންއަށް ނީރާގެ ކަންތަށްގަނޑު އިނގިދާނެތީ މަޑުން ހުރީއެވެ. އޭނާގެ ހިތަށް އުނދަގޫތަކެއް ކުރަމުންދިޔައެވެ. ޝާއިން ރުޅި އައީމަ ނޫނީ އޭނާގެ ބޭނުން ހާސިލްއެއް ނުވާނެއެވެ. ޝާއިން ރުޅިއައުމުގެ ބަދަލުގައި ދިޔައީ ހާސްވަމުންނެވެ. “ޝާއިން…ދެން ކީއްކުރަން؟؟؟؟ ހެހެހެ”” ނީރާ ހެމުން އެހެން ބުނެލިއެވެ. ޝާއިން ރުޅި އަންނަ ގޮތެއް ހެދުމަށް އޭނާ މަސައްކަތްކުރިއެވެ. ކުއްލިއަކަށް އޭނާ ހަނދާންވީ ނީރާއަށް ޝާއިން ދިން ފަށާއި ފްރޭމްއަކަށް ލާފައި އިން އެދެމީހުންގެ ފޮޓޮއެކެވެ. އެއީ ޝާއިންއަށް ދެވުނު އެންމެ ރީތި ހަދިޔާކަމުގައި އަބަދުވެސް ޝާއިން ބުނެއެވެ. އަދި އެއަށް އެއްވެސް ގޮތެއް ނުހަދާށޭވެސް ބުންޏެވެ.

ނީރާ ބެލްކަނީ އިން ނިކުމެގެން ދިޔައީ ޝާއިން އެ ހުރިގޮތަށް ހުއްޓައެވެ. ޝާއިން ބޮލުގައި ހިފަހައްޓާލިއެވެ. އަމިއްލަ ނަފްސް ހަމަޔަކަށް އަޅުވަން މަސައްކަތްކުރިއެވެ. ނީރާ ފޮޓޯ ފުރޭމް ގެނެސް ޝާއިންގެ ކުރިމައްޗަށް ހުއްޓުނެވެ. “ޝާއިން.. ބުނީމެއްނު މީއޭ އެންމެ ފޭވް ގިފްޓަކީ ނީރާއަށް ދެވުނު.. އަދި ބުނީމެއްނު ހަލާކުވެސް ނުކޮށްލާށޭ… ސީ ދިސް އީޑިއަޓް..” އެހެން ބުނެލުމަށްފަހު ޝާއިންގެ ކުރިމައްޗަށް އެ ފްރޭމް ވައްޓާލިއެވެ. ބާރުއަޑުފައްގަނޑަކާއި އެކު އެ ފުރޭމްގައި ހުރި ބިއްލޫރިތަށް ތަޅާއިގެންދިޔައެވެ. ނީރާ ދެން ނެގީ އޭނާގެ ކަރުގައި އެޅައިގެން ގެންގުޅޭ ފަށެވެ. ފަސޭހަކަމާއިއެކު އެ އޮމާން އިސްތަށިގަނޑުނޑުން ނައްޓުވާލިއެވެ. އަދި އަތަށް ބޮނޑިކޮށްލީ ޝާއިންއަށް ނުފެންނަގޮތަށެވެ. އަނެއްފަޅިއަށް އެނބުރިލަމުން އެ ފަށް އެއްލާލާކަމަށް ހަދާލިއެވެ. ނަމަވެސް އެ ފަށް އޮތީ ނީރާގެ އަތުގައެވެ.

ގަދަކަމުން ވިހަ ހިނިތުންވުމެއް މޫނުމަތީ ދައްކަމުން ނީރާ ޝާއިންއާއި ދިމާ ބަލާލިއެވެ. ޝާއިން ނީރާއާއި ދިމާ ބަލަން ހުރީ ހިތްދަތި ގޮތަކަށެވެ. “އައި ހޭޓް ޔޫ ޝާއިން.. ނައު ގޯ… ޕްލީސް…” ނީރާ އެހެން ބުނެލުމަށްފަހު އަނެއްފަޅިއަށް އެނބުރިލިއެެވެ. ޝާއިން އަށް ތަޅުންގަނޑުމަތި ބަލާލެވުނެވެ. އޭނާ ހަދައިދިން ފްރޭމް ކުދި ކުދި ވެފައި އޮތެވެ. ޝާއިން ރުޅި ނާންނަން މަސައްކަތްކުރިއެއް ކަމަކު އެކަމެއް ނުވިއެވެ. އޭނާ ރުޅިގަދަވިއެވެ. “ނީރާ!!! މިހުރިހާ ކަމެއްކޮށްގެން ކޯޗެއް ދައްކަން ތިއުޅެނީ…” ޝާއިން ބުނެލިއެވެ. މަޑުން ބުނިއެއްކަމަކު އޭނާގެ ރާގުގައި ހަރުކަށިކަމެއްވެއެވެ.

 

-ނުނިމޭ..-

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ކުރަމުން ތިދާހާ ގޯނާ 11..

Next

އަދި އެއްފަހަރު

Next
February 15, 2016

އަދި އެއްފަހަރު

Previews
February 14, 2016

ކުރަމުން ތިދާހާ ގޯނާ 11..

20 Comments!

  1. Ryn says:
    February 15, 2016 at 10:28 am

    hey guys,, hre is the nxt prt.. hwp lyk vaane kamah.. m so sryy las kh up vaathy ekm ryn hama free velaairah mi up kury.. gabool kuran maa las vaa kan vx.. ekm ryn try kuraanan dhn avas avahah up kureveythw.. m so sryy.. n i knw las kh up kuranya foohi vaane kn.. bt m sryy.. tc enjoy thnkx fr readin…

  2. Joke says:
    February 15, 2016 at 11:27 am

    Nice ???? btw me first ey

  3. looser says:
    February 15, 2016 at 11:30 am

    Hithah araaa mihaa bxy myhun vaahaka nuliyaaane namaey.. kiyaa hihves nuvey lasss kamun.. 1 part kiyaaafa foohivaa fahun aneh part up kurevey varu vany.. bwdu varu

  4. SARA says:
    February 15, 2016 at 11:35 am

    Thankolheh avahah nxt prt up kohdhehcchey… mi bai v v v rythi.. ekam dhera vx vi.. nee ge plan kaamiyaab nuvaane gothehhadhaathi..

  5. Angela says:
    February 15, 2016 at 11:52 am

    Mihaa rythi vaahaka eh ehaa lahun up kuraathy v v v v v dheravey…ehaa kiyaa hithun hutta nimeny ves…
    Angela hithah araa mivaahakai ge hurihaa part eh ehfaharaaa kiyaalan libeyne nama ey.. Ryn plx avahah up kohdhyba dhw.. Inthizaarey kuree hih edheythee..

  6. noo says:
    February 15, 2016 at 12:14 pm

    Salhi ekamaku dhen nee n shain gulhuvan vehje

  7. Ana says:
    February 15, 2016 at 12:19 pm

    Ryn kihineh thi hedheee. dhen anehkaa shain ge life ah ehn girl eh nugennahchey. this is not fair. shain ehaa dhera libigen nuvaane. Neera shain ge best friend ah vehure how could she do that to him? ei evves insaafeh nunehnu! Dhen neera shain dheke loabi vaadhuvahu shain vaanee neera dheke foohi. mi episode ge sababun vaahaka varah hadi vejje. sorry ryn. but kommes ehen gotehh ves hedhi nama dho. like neera gein dhiyun kahala kameh. shain aa dhimaalah egothah ehchehi kiyaa neera ge character hadi kollaakah nuvaane. I am very upset with Neera and this episode. Abadhuves Shain ah dhera dheny thi ryn. :'(

  8. nukko says:
    February 15, 2016 at 12:48 pm

    Thuths kihinw thi hedhy….? 🙁 🙁 🙁 🙁 shine hama dhera kohlly… n nee ge parents ah kihinw v?? Curious to know
    Avahah upp kohllachey inge… miss n luv u tc…. 😉 nd sry last part ah cmnt eh nukurevun but I read v v rythi ebai vs… error eh ery cmnt kuran ulhenikoh dhen fahun kuran hutta bixy v.. u no ryt? 😉 😀

  9. naaanu says:
    February 15, 2016 at 12:56 pm

    eyn?????ryyyyynnnn keeethikury?naaanuge shine..noooooooo ?????alhe dhen nooooon..plis shine ah ehn nahadhaa..ryyyyn…alhe neee ah visnaadhyba.dhen e dhe myhun gulhuvaba pleeeeeezz….mi prt ves v salhi ekam shine roathy dheravey eba varaaaaah….?????avahah next part up kurey..kiyaa hiyyyvanyy dhen vaaane goii….?❤

  10. RaInA says:
    February 15, 2016 at 1:21 pm

    Alhe nooooooooooon
    Please shine ah thihen nuhadhaba…
    :'( :'(

  11. Niha says:
    February 15, 2016 at 1:32 pm

    Alheyy Shain ah ehn nuhadhabr dhww..
    He dnt deserve this ngey..
    Dhm shain r nee r gulhuvabr..
    Cant wait to read nxt part.. avahah up kohdhehchey

  12. ina says:
    February 15, 2016 at 1:40 pm

    Rynnnnnnn kihineh thihedhyyyyy…shine kihaadhera vaane nee ehn hedhyma….:-(:-(:-( poor shine….dhn nee vx dhwwww………hop dhyhun vrh avahah gulheyne kamh……..btw mi prt ga e hury original sngss thr????…vrh nice mi prt vx…miss u ryynnn…..t c

    1. ina says:
      February 15, 2016 at 1:42 pm

      *Dhemyhun..

  13. aroo says:
    February 15, 2016 at 1:59 pm

    now then maa over vanii.. reethikoh hama dhemyhun gulhunima veenun..haasaru gandeh hen now hyvani plx maa over nuve demyhun gulhuvaba nuni mi stry mathin foohi vedhaane.. kome kamehves maa digu demenya hadivaane mi stry ekey now hindi series ekey eh goii..hykuran den inna bai reethivaane kamah

  14. Mar Sha Marsha says:
    February 15, 2016 at 2:16 pm

    Oh nooooo ehen hadhaakah nuvaanenu ryn.. neeee.. wat hav u done?? Listen to ur heart… alheyyyy… mi part kiyaafa comment koh nulaa nuhurevunu.. shine.. dnt believe nee’s words.. try to read her eyesss… ryn plz dont do thisss…

  15. Maalu says:
    February 15, 2016 at 3:09 pm

    Wowwwwwwwwww vrh vrh vrh vrh vrh vrh vrh reethi…..love ur storys….next part thankolhe avaha up kohdhybaa ryyyyn….
    Miss u alottt.. ♥♥♥ 🙂 🙂 😀

  16. neha says:
    February 15, 2016 at 3:51 pm

    Vaahaka dhigu dhamman vegen kuraha kanthah, mi part ge sababun mulhi vaahaka hadi v

  17. maayaa says:
    February 15, 2016 at 7:59 pm

    alhey shain ah thihen nuhadhabaa….dhn v v v dhera vejjey…. edhemyhun gulhuvahchey…..story is v v v nice….avahah up koh dhehchey

  18. shain says:
    February 16, 2016 at 8:33 am

    den hama goih bodukuran v foohi.

  19. SARA says:
    February 16, 2016 at 6:18 pm

    Ryn avahah up kohdhehcchy.. kiyaa hithun maruvaa varu vejje.. ryn avahaha up kohdhehcchey.. ryn thi kuraa masahkkathah saabas.. so interesting.??

Comments are closed.


All Right Reserved!