Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހާދަ ލޯބިންނޭ..(10)

Ryn
February 2, 2016
5 Mins Read
84 Views
32 Comments

ރަޔާން އިރު އިރުކޮޅާ ދޮރާއި ދިމާބަލާލައެވެ. ނަމަވެސް އޭނާ މިއަދު ކުރަން އައި ކަންތަށް ކުރާނެއެވެ. އޭނާ ހުރީ ހަމަހެއަކު ނޫނެވެ. ނީރާގެ އެތަން މިތަނުގައި ފިރުމަމުން ދިޔައިރު އެ ހިލަ ހިތަށް ނީރާގެ ރުއިމުގެ އަސަރެއްވެސް ނުކުރާފަދައެވެ. ނީރާ ތެޅޮފޮޅެމުން ދިޔައިރު ރަޔާން ދިޔައީ އެ ހަށިގަނޑުގެ ފޮނިކަން ހާސިލްކުރެވޭތޯއެވެ. ރަޔާން ނީރާގެ މޫނުމައްޗަށް ބަލާލުމަށްފަހު އޭނާ ގުދުވެލީ ނީރާގެ ތުންފަތާއި ދިމާލަށް ބަލަމުންނެެވެ. ނީރާ ގެ ހަރަކާތްތަށް އެއަށް ވުރެ ހަލުވިކުރިއެވެ. ދެފަރާތަށް ބޯހޫރަމުން ދިޔައެވެ.

ކުއްލިއަކަށް ނީރާގެ ކޮޓަރީގެ ދޮރުހުޅުވުނެވެ. ބާރު އަޑުފަށްގަނޑަކާއި އެކުގައެވެ. ޝާއިން ގެއާއި އާސިފްގެ ދެލޯ ބޮޑުވިއެވެ. ނީރާގެ ގައިމަތީގައި ރަޔާން އޮތްއިރު ނީރާ ރޮމުން ދިޔައެވެ. އޭނާގެ ދެއަތް ވަނީ ރަޔާން ގެ އެއް އަތުން ހިފަހައްޓާލައިފައެވެ. ބާރުގަދަ ފިރިހެނެއްތާއެވެ. އަދި ނިކަމެތި ކުއްޖެއްތާއެވެ. ޝާއިން ގެ ރުޅިގަނޑު މައްޗަށް އަރައިގެން ދިޔައެވެ. ނީރާއަށް ބަލާލެވުނީ ޝާއިންއާއި ދިމާލަށެވެ. އާސިފް އައިގޮތަށް އައިސް ރަޔާން ލައިގެން ހުރި ޓީސާޓްގައި ހިފައި ކޮޅަށްނެގިއެވެ.

އެއާއި އެކު އާސިފް އަނެއްފަޅިއަށް އެނބުރިލީ ފެންނަން ނުވާނެ އެތައް ތަނެއް ފެނުމުންނެވެ. ޝާއިންއަށް ހުރިތާނގާ ގުޑައި ނުލި ހުރެވުނެވެ. ނީރާ އޮތީ ރޮއެ ރޮއެ ހަލާކުވެފައެވެ. އޭނާ މައިނޭވާލަމުން ދިޔައެވެ. ޝާއިންގެ ނަޒަރު ދެން ހުއްޓުނީ އާސިފް ހިފަހައްޓައިގެން ހުރި ރަޔާންއަށެވެ. އެއާއި އެކު ގޮސް ރަޔާންގެ ގައިގައި ޖެހިއެވެ. ރަޔާން ކައިރިއަށް އައީ ހިންޏެވެ. ޝާއިން އަކަށް އޭނާގެ ރުޅިގަނޑު މައިތިރި އެއް ނުކުރެވުނެވެ. ރަޔާންގެ ގައިގައި އެތަށްފަހަރަކު ޖެހިއެވެ. އާސިފް އެކަން ހުއްޓުވަން މަސައްކަތް ކުރިއިރު އެނދުމަތީ ބަންޑުން އޮވެގެން ނީރާ ދިޔައީ ރޮމުންނެވެ.

އާސިފް އެންމެ ފަހުން ރަޔާން އެތަނުން ގެންދިޔައީ ދަމަމުންނެވެ. ޝާއިން އަށް ދެން ބަލާލެވުނީ އޮށޯވެ އޮތް ނީރާއަށެވެ. އޭނާ ދުވެފައި ކަހަލަ ގޮތަކަށް ނީރާއާއި ދިމާލަށް ދިޔައެވެ. ޝާއިން ނީރާގެ ގައިގައި އަތްލުމާއި އެކު ނީރާ ތެދުވެ ޝާއިންގެ ގައިގައި ބައްދާލިއެވެ. ޝާއިން ވެސް ނީރާގައިގާ ބައްދާލިއެވެ. ނީރާ ރޮމުން ދިޔައިރު އޭނާ ބިރުގަނެފައި ހުރިކަން އިނގެނީ ތެޅި ތެޅި އޮތް ހިތް ޝާއިންއަށް އިހްސާސްވަމުންނެވެ. އަދި ތުރު ތުރު އަޅަމުން ދިޔަ އޭނާގެ ހަށިގަނޑުންނެވެ. ނީރާގެ ކަރުނަތަކުން ޝާއިންގެ ކޮނޑު ތެންމަމުން ދިޔައިރު ޝާއިންވެސް ހުރީ ފެންކަޅިވެފައެވެ.

އާސިފް އެތަނަށް އައިއްސާވެސް ނިކުމެެގެން ދިޔައީ އެދެމީހުންނަށް ވަގުތު ދިނުމުގެ ގޮތުންނެެވެ. އާސިފް އަކީވެސް ފުދޭވަރަކަށް ނީރާ މެން ދަންނަ މީހެއްކަމުން ކުޑަކޮށް އެދެމެދުގައި ވާހަކަ ދެއްކެވެއެވެ. ނަމަވެސް ރަޔާން ޕޮލިހާއި ހަވާލު ކުަރަން ޖެހޭނެއެވެ. އޭނާ ޝާއިން ބަލައި އައީވެސް އިމާރާތު ގެ ގާޑާއި ރަޔާން ހަވާލުކޮށްފައެވެ.

އެހެންކަމުން އަނެއްކާވެސް ކޮޓަރިއަށް ވަނެވެ. “ޝާއިން…. މި ޕޮލިހުންނަށް…….” އާސިފްގެ ވާހަކަ މެދު ކަނޑާލަމުން ޝާއިންފެށިއެވެ. ” ރަޔާން ޕޮލިހުންނާއި ހަވާލު ކުރޭ.. ބުނޭ ބޮއެގެން ހުރެ ގެއަކަށް ވަނީ އޭ.. ދެން……….” “ނޫން… ނުބުނާތި އިތުރު ވާހަކައެއް ޕްލީސް…” ނީރާ ޝާއިން އާއި ދުރަށްޖެހިލަމުން އޭނާއާއި ދިމާލަށް ބަލާލާފައި އެހެން ބުނެލީ އާދޭހުގެ ރަގަކަށެވެ. އޭރުވެސް އޭނާ ގެ ލޮލުން ކަރުނައެއް ނުހިކެއެވެ. ޝާއިން ބޯ ޖަހާލިއެވެ. އެއަށްފަހު އާސިފްއާއި ދިމާލަށް ބަލާލުމުން އާސިފް ވެސް ބޯޖަހާލިއެވެ. އަދި އެތަނުން ނިކުމެގެން ދިޔައެވެ.

ނީރާ އަނެއްކާވެސް ޝާއިންގެ ގައިގައި ބައްދާލިއެވެ. އޭނާހަމަޔަކަށް ނޭޅެއެވެ. އޭނާ ދުރަށް ދާކަށް ވެސް ބޭނުމެއް ނުވިއެވެ. ޝާއިންވެސް ނީރާގެ ގައިގާ ބައްދާލިއެވެ. ނީރާގެ ހެދުން އިރާލާފައި ވާ ކަން އޭނާއަށްވެސް އިނގުނެވެ. ބަދަލު ހިފުމުގެ ރޫހު އޭނާގެ ހިތުގައި އަށަގަތެވެ. “ނީ.. ސޮރީ…” ޝާއިން ނީރާގެ ބޮލުގައި ދިރުމަމުން އެހެން ބުނެލިއެވެ. ނީރާ އެއިންގޮތަށް އިނދެ ދެފަރާތަށް ބޯ ހޫރާލިއެވެ. ޝާއިން ނީރާ އާއި ދުރުވެލުމަށްފަހު އޭނާގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ. އެއާއި އެކު ނީރާގެ ކޯ ރަތްވެފައި އިންތަން ފެނުނެވެ. އަދި ތުންފަތް ފަޅައިގެން ގޮއްސާ އިންތަންވެސް ފެނުނެވެ. ޝާއިން ނީރާއާއި ހަތަރު ކަޅި ހަމަކޮށްލިއެވެ. އޭރު ނީރާވެސް އިނީ ޝާއިންއަށް ބަލާށެވެ. ދެން ދިޔައީ ހަމަ ހިމޭންވަގުތެކެވެ. ނީރާގެ ގިސްލުމުގެ އަޑު ފިޔަވައި އެހެން އެއްވެސް އަޑެއް ނީވެއެވެ. “ތަދުވޭތަ؟؟” ޝާއިން އެންމެ ފަހުން އެހެން އަހާލީ ނީރާގެ ކޮލުގަޔާއި ތުންފަތުގައި އިނގިލި ހިންގާލަމުންނެވެ. ނީރާ ބޯ ޖަހާލީ އާއެކޭ ބުނާފަދަ ގޮތަކަށެވެ. ކުއްލިއަކަށް ނީރާއަށް ހަނދާން ވީ އޭނާގެ ހެދުން އިރައިގެން ގޮއްސާ އިންކަމެވެ. އެހެންކަމުން ދެލޯ ބޮޑުކޮށްލަމުން އަނެއްފަޅިއަށް އެނބުރުނެވެ. ޝާއިން އަށް ވީގޮތް ނަގައިގަނެވުނެވެ. އެހެން ކަމުން އެތަނުން ދާން ނިކުތެވެ. “ނީ!! ތަޅު އޭނީ ހަލާކުވެފަ.. އަހަރެން ހުންނާނަން ބޭރުގަ.. އަވަހަށް ޗޭންގް ކޮށްލާ…” ޝާއިން ނީރާ ކައިރި އެހެން ބުނެލުމަށްފަހު ދޮރު ކުޑަކޮށް ލައްޕާލައި ބޭރުގައި މަޑުކޮށްލިއެވެ.

ނީރާ އިރުކޮޅަކު އެހެން އިނދެލިއެވެ. އޭނާ ގައިގައި އަދިވެސް ތުރުތުރެއް ހުއްޓެވެ. ޝާއިން ނައިނަމަ މިއަދު އޭނާއަށް ވާނެގޮތް ހިތަށް އަރުވާލުމާއި އެކު ނީރާއަށް ރޮވުނެވެ. ޝާއިން އަށް އެއަޑު އިވުނެވެ. އަދި ހިތުގައި ރިއްސާލިއެވެ. “ނީ…!” ޝާއިން ދޮރުގެ ފަހަތުގައި ހުރެގެން ނީރާއަށް އަޑުއިވޭވަރަށް އެހެން ގޮވާލިއެވެ. އެއާއި އެކު ނީރާ ރުއިމުގެ އަޑު މަޑުވިއެވެ. ޝާއިން  ނީރާގެ އިޝާރާތަކަށް ބޭރުގައި މަޑުކޮށްގެން ހުއްޓެވެ. އޭނާގެ ލޯ ކުރިމައްޗަށް ސިފަވަމުން ދިޔައީ ނީރާއެވެ. ނީރާގެ ގައި މަތީ އޮތް ރަޔާންއެވެ. އިރާލެވިފައި އޮތް ނީރާގެ ހެދުމެވެ. ނީރާގެ ލޮލުން ފޭބި ކަރުނައެވެ. ލޮލުގައި ވާ ސިހުމެވެ. ބިރުވެރިކަމެވެ. އަދި ނީރާގެ މޫނުމަތީގައި ހުރި ނިޝާންތަކެވެ.

ޝާއިން ސިއްސައިގެން ދިޔައީ ދޮރުން ވަދެގެން އައި އާސިފް ފެނިފައެވެ. އެކަން ނިމިއްޖެކަމަށް ބުނެ ނީރާއާއި އެކު ހުރުމަށް ބުނެލިއެވެ. އަދި ނިކުމެގެން ދިޔައީ ޝާއިންގެ ކޮނޑުގައި ޖަހާލުމަށްފަހުގައެވެ.. ނީރާ ލަސްވާން ހެދުމުން ޝާއިން ދޮރު ހުޅުވާލާ ބަލާލިއިރު ނީރާ ފާހަނައިން ނިކުންނަނީއެވެ. އޭނާ ލައިގެން ހުރީ ޓީސާޓަކާއި ކަށިމައްޗަށް އަރައި ކަޅު ޓައިޓެކެވެ. ޝާއިން ދެން ބަލާލީ ނީރާގެ މޫނުމައްޗަށެވެ. އޭނާ ގެ ލޯ ހުރީ ދުޅަވެފައެވެ. މުޅި މޫނު ރަތްކުލައަކަށް ހުރިއިރު އޭނާ އަދިވެސް ދިޔައީ ގިސްލަމުންނެވެ. ލަސްލަހުން ހިނގާފައި އައި ނީރާގެ ފިޔަވަޅުތަށް މަޑު ޖެހުނީ ޝާއިން ދޮރުމަތީ ހުރިތަން ފެނިފައެވެ. އެއާއި އެކު ހިފަހައްޓާފައި ހުރި ކަރުނަތަށް ފައިބައިގެން ދިޔައީ އިހްތިޔާރަކާއި ނުލައެވެ. އޭނާއަށް ރޮވެން ފެށުނެވެ. ޝާއިން ބަލާކަށް ނުހުރެ ނީރާކައިރިއަށް އައެވެ. އަދި އޭނާގައިގާ ބައްދާލީ އެ ހިތަށް ކުޅަދާނަވާވަރަށް ވުރެ ބޮޑަށް ތަދުވާންފެށުމުންނެވެ.

“ޝައިން.. އޭ.ނަ….. ހެދުން… އޭނާ…..” ނީރާ އެހުރި ގޮތަށް ހުރެ އެހެން ބުނެލިއިރު ޖުމްލަ ފުރިހަމަވެސް ނުކުރެވުނެވެ. ޝާއިން ނީރާގެ އެ ފަން ފަން އިސްތަށިގަނޑުގައި ފިރުމަން ފެށިއެވެ. ނީރާ ހުރީވެސް ރޯގާޖެހިފައެވެ. އެހެންކަމުން އެ އަޑު ވަނީ ކުޑަކޮށް ބަދަލުވެފައެވެ. ރުއިމުގެ ސަބަބުން ނޯށަށް ވެސް އަރާފައެވެ. “ނީ… ހުން އައިއްސާތަ..؟” ޝާއިން ކުއްލިއަކަށް އެހެން ބުނެލީ ނީރާގެ ހަށިގަނޑު ހޫނުކަން އިހްސާސް ކުރެވުމުންނެވެ. ނީރާ އެއްވެސް އެއްޗެއް ނުބުނެއެވެ.

ޝާއިން ނީރާ ދުރަށްލާން މަސައްކަތް ކުރިއެވެ. ނަމަވެސް ނީރާ ޝާއިންގެ ހަށިގަނޑުގައި އެއަށްވުރެވެސް ބާރަށް ބައްދާލީ ނޫނެކޭ ބުނާފަދަ ގޮތަކަށެވެ. “އެކަމު ނީ.. ތިހިރީ ހުން އައިއްސައެއްނު…” ޝާއިން އެހުރިގޮތަށް ހުރެ ބުނެލިއެވެ. ޝާއިންގެ މޭ ތެރެރޭ ބޮނޑިވެގެން އޮވެ ނީރާ ރޮމުން ދިޔުމުން ޝާއިން އެކަމާ ވަރަށް ދެރަވިއެވެ. “ނީ…. ހިނގާ ދޯ އެއްޗެއް ކާން އަނެއްކާވެސް… ދެން ބޭސް ކައިގެން އޮންނާނީ ނިދަން.. އޯކޭ އެއްނު؟؟؟  އަދިވެސް ތަދުވޭތަ؟” ޝާއިން މަސައްކަތް ކުރީ ނީރާގެ ސިކުނޑިން އެ ހިޔާލުތަށް ދުރަށް ލުމަށެވެ. ނަމަވެސް އެކަން ވަނީ ނީރާގެ ހިތުގެ އެންމެ ފުންމިނުގައިވެސް ހަރުލާފައެވެ. އެކަމެއް އަވަހަކަށް ނުފޮހެވޭނެއެވެ. ނީރާ ބޯ ހޫރާލީ ނޫނެކޭ ބުނާފަދަ ގޮތަކަށެވެ.

“އެކަމު ނީ… ބަލާބަލަ.. ހުން އައިއްސައޭ ތިހިރީ.. ޖެހޭނެއޭ އެއްޗެއް ކާން…” ޝާއިން ނީރާއަށް ވިސްނައިދެމުން ދިޔައެވެ. “އޯކޭ އެހެންވިއްޔާ ނިދަން ވީނު؟” ޝާއިން ބަލި ގަބޫލު ކުރީ ނީރާގެ ގޮތް ރަނގަޅަށް އިނގޭތީއެވެ. ނީރާ އެއްވެސް ހަރަކާތެއް ނުކުރެ ހުރުމުން ޝާއިން ނީރާ ދުރަށް ޖައްސާލިއެވެ. “ޝަ.އިން…… ނުދާތި ޕްލީސް…”ނީރާ އެހެން ބުނެލީ ޝާއިން ގެ މޫނަށް ބަލަން ހުރެއެވެ. “ނުދާނަމޭ ދެނެއް.. ނީ ދޫކޮށްލާފައި ދުވަހަކުވެސް ނުދާނަން….” ޝާއިން އެހެން ބުނެލީ އަނެއްކާވެސް ނީރާ ގައިގާ ބައްދާލަމުންނެވެ. އޭނާއަށް ވެސް ވަނީ ދެންމެ ހިނގާދިޔަ ހާދިސާއިން އަސަރުކޮށްފައެވެ. “އޯކޭ.. ނިދަންވީނު.. މިހާރު ހުން އައިސްގެން ރަތްވަނީ… އެހެންނޫނީ ހިނގާ ޑޮކް އަށް ދައްކަން…” ޝާއިން ނީރާ ދުރަށް ލަމުން އެނދުގައި ބައިންދާފައި އެހެން ބުނެލިއެވެ. ނީރާ ދެފަރާތަށް ބޯ ހޫރާލިއެވެ. ނީރާ ޑޮކްޓަރަށް ދައްކަން ގެންދިޔުން އެއީ އެންމެ އުނދަގޫކަމެވެ. ޝާއިން އެންމެ ފަހުން ނުދާން އެއްބަސްވީ ހާލަތަށް ވިސްނާލާފައެވެ.

ޝާއިން ނީރާ އެނދުގައި ބާއްވާލުމަށްފަހު އޭނާގެ ގައިގާ ރަޖާ ގަނޑު އަޅާލަދިނެވެ. “ޝައިން ނުދަންޗޭ.. ޕްލީސް..” ނީރާ އާދޭހުގެ ރާގަކަށް އެހެން ބުނެލީ ނީރާގެ ކައިރީގައި ކަކޫ މައްޗަށް އިން ޝާއިންގެ މޫނަށް ބަލަމުންނެވެ. “ނުދާނަމޭ ނީ.. ދެން ނިދާލާ އަވަހަށް… މިހާރު ވިއްސާރަވެސް ހުއްޓާލީ އެގެން…” ޝާއިން އެހެން ބުނެލީ އެ ކޮޓަރީގައި ހުންނަ ކުޑަ ދޮރުން ބޭރުބަލާލަމުންނެވެ. “ޝައިން….. ޕްލީސް އާދެބަ މިތާ އިންނަން…” ނީރާ ޝާއިން ގާތު އެހެން ބުނެލީ އޭނާގެ އޮތް އެނދުގެ ކަނާތްފަޅިގައި ޖަހާލަމުންނެވެ. ޝާއިން ތެދުވެގެން ގޮސް އެނދަށް އަރައި ހެޑް ބޯޑްގައި ލައްގަނެލީ ނީރއާއި ދާދި ކައިރީގައެވެ. “އޯކޭ؟؟؟؟” ޝާއިން އެހެން އަހާލީ ނީރާގެ ބޮލުގައި ފިރުމާލަމުންނެވެ. ނީރާ ބޯޖަހާލިއެވެ. އޭނާއަށް ރައްކާތެރިކަން އިހްސާސްވަމުން ދިޔައެވެ. އިރުކޮޅަކު އެހެން އޮތުމަށްފަހު ނީރާ ނިދީގެ ތެރެއަށް ފީނައިގަތެވެ.

ޝާއިންއަށް ނީރާއާއި ދިމާ ބަލަން އޮވެވުނީއެވެ. އޭނާއަށް ދެން ފެނުނީ ނީރާގެ ތުންފަތެވެ. ފަޅައިގެން ގޮއްސާ ހުރިތަން އަދިވެސް ފާހަގަވެއެވެ. ޝާއިން ފެންކަޅިވިއެވެ. އޭނާ ފުރާނަފަދައިން ލޯބިވާ ނީރާ އަށް މިއަދު ވަނީ ވަރަށް ބޮޑު ބިރުވެރިކަމަކާއި ކުރިމަތި ލާން ޖެހިފައެވެ. ޝާއިން ކުއްލިއަކަށް އެއްޗެއް ހަނދާންވިއެވެ. އެހެންކަމުން އޭނާ ފޯނުން ނަމްބަރަކަށް ޑައިލްކޮށްލިއެވެ. “ހަލޯ.. އާނ.. ކަމެއް ޖެހިގެންނޭ މިއުޅެނީ.. މި ބުނާ އެޑްރެހަށް އާދެވިދާނެތަ.. މިތާ އިން ތަޅެއް ހަލާކުވެގެން އެ ހަދާލަދެން.. އާނ އެބަ ފޮނުވަން .. އޯކޭ..” ޝާއިން އޭނާގެ ދުވަސްވީ ރަހުމައްތެރިއަކަށް ގުޅާލީ ނީރާ މެންގެ ގޭގެ ދެ ދޮރު ހެދުމަށެވެ. ޝާއިން ވާހަކަ ދެއްކީ ވަރަށްވެސް މަޑުންނެވެ. ނީރާއާއި ދިމާ އިރު އިރުކޮޅާ ބަލާލަމުންނެވެ. ސާހިލް އަކީ އެކަމަށް ކުޅަދާނަ މީހަކަށް ވެފައި ޝާއިންގެ ރައްޓެއްސަކަށް ވުމުން އޭނާއާއި އެ ކަން ހަވާލް ކުރަން ނިންމިއެވެ. ޝާއިން ބޭނުންވީ ވީހާވެސް ސިއްރުން މިކަން ކޮށް ނިންމާލާށެެވެ. އެއީ ނީރާ ބޭނުންވިގޮތްކަމުގައި ވާތީއެވެ. ޝާއިން އެޕާޓްމެންޓްގެ މެއިންޓެނަންސްއަށް ނޭނގީވެސް ސާހިލްއަށް ކުރާ އިތުބާރު ބޮޑުވެފައި މި މައްސަލަ ބޮޑުވެދާނެތީއެވެ.

ޝާއިން އަވަސްއަވަހަށް ސާހިލްގެ ނަމްބަރަށް ނީރާގެ ގޭގެ އެޑްރެސް ފޮނުވާލިއެވެ. ހިތްހަމަޖެހުމުގެ ނޭވާއެއް ޝާއިން ލިއެވެ. ޝާއިން ނަމާދުވެސް ކުރީ ނީރާގެ ކޮޓަރީގައެވެ. އޭނާގެ ހިތަށްވެސް ވަނީ ބިރުވެރިކަން ވަދެފައެވެ. ނީރާއަށް ނަމާދުކޮށްލަން ގޮވާލުމުގެ ކުރިން އޭނާ ދިޔައީ ކަލަންޑަރުކައިރިއަށެވެ. ނީރާއަށް ނޭނގުނުކަމުގައި ވިޔަސް ޝާއިންއަށް ނީރާ މާކް ކުރަމުން ދިޔަ ދުވަސްތަށް އިނގެއެވެ. މީގެ ދެދުވަސް ކުރިން ފަށައިގެން މިއަދާއި ހަމާލަށް އިނީ މާކަރ އަކުން ރަސްގެ ޖަހާފައެވެ. އެހެންކަމުން ޝާއިން ލުއި ހިނިތުންވުމަކާއި އެކު ނީރާއާއި ދިމާލަށް ބަލާލިއެވެ.

ޝާއިން އަނެއްކާވެސް ނީރާގެ ކައިރީ އެނދު މަތީ އިށީނދެލިއެވެ.

“ހާދަ ލޯބިންނޭ ހިނިތުން……………”އެއާއި އެކު އޭނާގެ ފޯނު ރިންގްވިއެވެ. އަވަސް ހަރަކާތަކާއި އެކު ފޯނު ނަގާ ކަންފަތުގައި ޖަހާލީ ނީރާއާއި ދިމާ ބަލާލަމުންނެވެ.

“ހަލޯ މަމް.. ކީކޭ؟؟؟” ޝާއިން ވަރަށް މަޑު މަޑުން އޭނާގެ މަންމަގެ ފޯނަށް ޖަވާބުދިނެވެ.

“ކޮންތާކުތަ ދަރިފުޅާ… މިހާރު އިޝާ ނަމާދުވެސް ނިމުނީ.. ދަރިފުޅަށް އިނގެއެއްނު ބައްޕަ ކާން އަރާފަވެސް ފުރަތަމަ ހޯދާނީ ދަރިފުޅުކަން… އާދޭ އަވަަހަށް..” އާޝިޔާ އެކޮޅުން ވާހަކަދެއްކިއެވެ.

“މަންމާ.. ވަރަށް ބޮޑުކަމެއް ވެއްޖެ. މީނީ ނީރާ ކައިރީގައި”

“ކިހިނެއްވީ؟؟ ނީރާ ރަނގަޅުތަ އަނެއްކާ؟؟؟”

“މަންމާ ވަރަށް ބޮޑު ވާހަކައެއް.. މަންމަ ހާސްނުވޭ ނީރާ މިވަގުތު ރަނގަޅު… ފަހުން ކިޔައިދޭނަން.. ހިއެއްނުވެ މިރޭ ގެއަށް ދެވިދާނެހެނެއް. މަންމައާއި ބައްޕަ ކާލާ ރަނގަޅަށް.. ”

“އެކަމު… ހުރިހާ ކަމެއްވެސް ރަނގަޅުތަ؟؟”

“މަންމާ.. ފަހުން ކިޔައިދޭނަން.. ފޯނުން ދެއްކޭ ވަރުގެ ވާހަކައެއް ނޫނޭ މީ.. އޯކޭ ބައި ދެން އިނގޭ މަންމާ..”

“ދަރިފުޅާ.. ބަލައިގެން އުޅޭތި… މަންމަ ގާތު ފަހުން ބުނަންޗޭ. ބައި”

ޝާއިން މައި ނޭވައެއް ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ. އެއަށްފަހު ނީރާއާއި ދިމާ ބަލާލަމުން އޭނާގެ ނިތްކުރިމަތީ އަތް އަޅާލީ ހުން ހުރިތޯ ބަލާށެވެ. ނަސީބެކެވެ. ހުން ކުރިއަށް ވުރެ މަޑެވެ.

-ނުނިމޭ..-

82
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ryn

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

މިއީ ތަޤްދީރު ހޭ؟ (19ވަނަ ބައި)

Next

ކަޅު ސަފުހާ

Next
February 2, 2016

ކަޅު ސަފުހާ

Previews
February 1, 2016

މިއީ ތަޤްދީރު ހޭ؟ (19ވަނަ ބައި)

32 Comments

  1. Ryn says:
    February 2, 2016 at 11:01 am

    hey guys.. i knw m late dhw. sry fr tht.. huhnaane kahneynge mistakes.. sry fr tht too.. n shrt vx vaane.. dhn huri prts dhiguvaane in sha allah.. thnkx fr readin.. enjoy 😉 😉 n once again m really sry lahun up kureveythyve..

  2. Shew says:
    February 2, 2016 at 11:23 am

    V reethi next part konirakun??

    1. Ryn says:
      February 2, 2016 at 11:37 am

      thnkx in sha allah vrh avahah up khdheynan.. enjoy 😉

  3. Zaanaa says:
    February 2, 2016 at 11:23 am

    V reethi khon erakun next up kuraanee

    1. Ryn says:
      February 2, 2016 at 11:38 am

      thnkx.. in sha allah vrh avahah… enjoy 😉

  4. Shew says:
    February 2, 2016 at 11:30 am

    Me first ??

    1. Ryn says:
      February 2, 2016 at 11:38 am

      hehehe cngrts 😉

  5. SARA says:
    February 2, 2016 at 12:21 pm

    V v v rythi.. scul ah dhamun vx mivaahaka up veythw balan… v rythi.. dhn oiy bai vx avahah up kobdhehcchey…

    1. Ryn says:
      February 2, 2016 at 12:27 pm

      thnkx.. aww thts so swyt of u.. thnkx fr tht.. yrh in sha allah vrh avahah up khdheynan.. thnkx fr readin.. enjoy 😉

  6. naaanu says:
    February 2, 2016 at 12:41 pm

    naseeebennu shine ethanah vankan….nee fakyru….mi part ves v salhi ingeyyy rynnn….avahah next parrt up kohllaaa..kiyaa hithun avadhi vey eba ???

    1. Ryn says:
      February 2, 2016 at 3:03 pm

      hahaha dhww.. thnkx naanu.. labba in sha allah vrh avahah up khla dheynan.. hahahaha i wil nt let u b soo avadhi 😛 enjoy 😉

  7. Maalu says:
    February 2, 2016 at 12:42 pm

    Wow wow wow wow vvvv reethi???? when is the next part????? Waiting….
    Ryyyyyyyn u r the best writer???miss u so much

    1. Ryn says:
      February 2, 2016 at 3:04 pm

      awww thnkx mal.. vrh vrh happy vehje.. myns alt.. 😉 miss u mre..

    2. ravupinky says:
      February 3, 2016 at 4:36 pm

      alkoooooooooooooooooooooooooo…….

  8. Zeena says:
    February 2, 2016 at 12:55 pm

    Varah reethi..

    1. Ryn says:
      February 2, 2016 at 3:04 pm

      thnkx 😉

  9. nukko says:
    February 2, 2016 at 12:59 pm

    Thuths….. wow… hama superb inge
    Yay ny sav kuriyyo… gud job shine 😛
    So wen nxt part…Avahah up kurachey miss u dude tc 😀 😀

    1. Ryn says:
      February 2, 2016 at 3:05 pm

      aww thnkx nuks. hahah dhww.. in sha allah vrh avahah up khdheynan.. yrhh avas kuraanan.. thnkx.. miss u mre.. tvgc 😉

  10. ina says:
    February 2, 2016 at 1:14 pm

    Wowwwww rynn….vrh vrh vrh nice mi prt vx…poor nee……vrh dhera vejje..:-(..bt nasybennu shain ah aadhevunkan..hehehe…..vrh vrh nice ingey..miss u…t c

    1. Ryn says:
      February 2, 2016 at 3:05 pm

      aww thnkx ina.. alheyyy dhw… hehehehe.. miss u mre tc. 😉 😉

  11. misty says:
    February 2, 2016 at 1:31 pm

    Varah salhi.. When nxt prt? Avahah up koh dhechey

    1. Ryn says:
      February 2, 2016 at 3:06 pm

      thnkx misty in sha allah vrh avahah.. 😉 enjoy 😉

  12. Aal says:
    February 2, 2016 at 1:54 pm

    Just wow… ryn ge mom n dad kobatha mihaaru…
    Waiting for da next part…

    1. Ryn says:
      February 2, 2016 at 3:06 pm

      hehehe thnkx aal.. n mum is with me dad rashuga.. 😉 enjoy 😉 kyp waitin..

  13. elsa says:
    February 2, 2016 at 4:34 pm

    fantastic , superb , excellent , wow , great , good , v good , etc

    1. Ryn says:
      February 2, 2016 at 5:05 pm

      awww thnkx altt <3 😉

  14. SARA says:
    February 2, 2016 at 6:30 pm

    Am still wondering calender ga koanchehbaaey mark kurany.. m curious 2know.. ryn avahah up kohdhehcchey.. v kehmadhuvefa..

    1. Ryn says:
      February 2, 2016 at 7:23 pm

      hahaha omg.. e prt eh dheneh naahnaanae i myn calndr prt is nt evn related… u cn ryd once again e prt…hwp get vaane kamah. 😉 thnkx fr readin n yrh wil uplwd asap in sha allah.. enjoy

  15. shine says:
    February 3, 2016 at 1:57 am

    Soo sweet . avaha up kurache nxt prt can’t wait

    1. Ryn says:
      February 3, 2016 at 8:52 am

      hehehe thnkxx…. in sha allah vrh avahah kuraanan thnkx fr readin.. enjoy 😉

  16. Ana says:
    February 3, 2016 at 9:37 am

    Ryn thankolheh avahah upload kohdhehchey next part. mihaaru kiyaa hithun hurevenee ehnun. asluves mivaahaka hama varah reethi. 🙂

    1. Ryn says:
      February 3, 2016 at 9:59 am

      labba in sha allah vrh avahah up kh dheynan.. alhey ehnthr thts so swyt.. thnkx dear.. 😉 enjoy

Comments are closed.

All Right Reserved!