Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހާދަ ލޯބިންނޭ (14)

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
February 17, 2016 6 Mins Read
19 Comments

 

ނީރާ ލޯ މަރާލުމަށްފަހު ހަމަޖެހިލިއެވެ. އަނެއްކާވެސް އޭނާގެ ކަންތަށް ފެށީ ޝާއިން ރުޅި އައިކަން އިނގުނީމައެވެ. “ދައްކަން މިއުޅެނީ ތީ އެއްވެސް މީހެއް ނޫންކަން އަހަރެންގެ ދިރިއުޅުމުގައި.. އިނގިއްޖެތަ؟؟” ޝާއިންއާއި ދިމާލަށް އެނބުރިލަމުން ނީރާ އެހެން ބުނެލިއެވެ. ޝާއިން ނީރާގެ ލޮލަށް ބަލާލީ އެލޯ ސްކޭންކުރާ ފަދަ ގޮތަކަށެވެ. ނީރާ އަވަސް އަވަހަށް އެސްފިޔަތަށް ޖަހަމުންދިޔައެވެ. “އެހެންތަ؟ ދެން ތި ލޮލު ތެރެއިން ފޮރުވަން ތިއުޅެނީ ކޮންކަމެކޯ.. ހީވަނީތަ އަހަރެންނަށް ނީރާ ނޭނގެނީކަމަށް؟؟؟؟” ޝާއިން ނީރާއާއި ދިމާލަށް އަންނަމުން އެހެން ބުނެލިއެވެ. ތަޅައިގެންގޮސްފައިވާ ބިއްލޫރިތަަކަށް ނޭރުނީވެސް ކިރިޔާއެވެ. ނީރާ ފަހަތަށް ޖެހެމުންދިޔައެވެ. “ޝާއިން… ހުރިތާ ހުރޭ.. އަހަރެންނާއި ދިމާލަށް އަންނާނެ ކަމެއް ނެތް.. ޖަސްޓް ގޯ” ފަހަތަށް ޖެހެމުން ޖެހެމުން ނީރާ އެހެން ބުނެލިއެވެ. އޭނާގެ ހުއްޓެން މަޖުބޫރުވީ ބެލްކަނީގެ ރެއިލިންގައި އޭނާގެ ބުރަކަށި ޖެހުމުންނެވެ. ދެންފަހަތަށް ދެވޭކަށެއް ނެތެވެ. ނީރާ އިތުރުކަމެއް ކުރަން އުޅެނިކޮށް ޝާއިން އައިސް ހުއްޓުނީ ނީރާގެ ކުރިމަތީގައެވެ. “ކިހިނެއްވީ..؟؟؟ ނާދެވެންވީ ކީއްވެ؟؟؟ ނީރާ މޮޔަ ނުވެބަަލަ.. އައި ނޫ ޔޫ މޯރ ދެން ޔޫ ނޯ ޔުއަރ ސެލްޕް..” ނީރާ ގެ ގޮށް މުއްކަވާލެވިފައިވާ އަތުގައި ހިފަހައްޓަމުން ޝާއިން އެހެން ބުނެލިއެވެ. އެއީ ދޮގެއް ވެސް ނޫނެވެ. ޝާއިންއަށް ރަނގަޅަށްވެސް ނީރާ އިނގެއެވެ.

ނީރާ އޭނާގެ އެ އަތް ދުރުކުރުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް ހުޝިޔާރުކަމާއި އެކު ޝާއިން އެކަން ހުއްޓުވައެވެ. ނީރާ ފިއްތާ ބާރުކޮށްގެން ހުރި އޭނާގެ ހިމަ ލޯލި އިނގިލަށް ޝާއިން ހުޅުވާލުމާއި އެކު އަތުތެރެއިން ތަށިމުށިމައްޗަށް ވެއްޓުނީ ފަށެވެ. ނީރާ ދެންމެ އެއްލާލީ ކަމަށް ދެއްކި ފަށެވެ. ނީރާ އިސްޖަހާލިއެވެ. ޝާއިން ހޭންފެށިއެވެ. މަލާމާތުގެ ރާގަކަށެވެ. ޝާއިން އެފަށް ނަގައި ނީރާގެ އަތަށް ލައިދިނެވެ. “ދެންވެސް މާ މޮޅު ވާން ނޫޅޭތި…” ޝާއިން އެހެން ބުނެލީ ހަރުކަށިކަމާއި އެކުގައެވެ. “ޝާއިންއަށް ހެވެއްނު… އަހަރެން މި އެއްލާލީކީ ފޮރުވާފައި ބާއްވާކަށް ނޫނޭ….  ހީނުކުރަންޗޭ އަހަރެންނަށް މިވަރު ނުވާނެ ކަމަކަށް…..” ނީރާ ގޮތްދޫނުކުރާ ކަހަލަ ގޮތަކަށް އެހެން ބުނެލިއެވެ. ޝާިން “ވަޓް އެވަރ” އޭ ބުނެލިއެވެ. މަލާމާތުގެ ރާގަކަށް އޭނާ އެއްޗެހި ބުނިޔަސް އޭނާ ހުރީ ރުޅިއައިއްސައެވެ.

“ޝާއިން!!!! ކޮންމެހެން……..” “ނީރާ….. ޔޫއަރ ސްޓިލް ސޯ ބޭބީ… ޔޫ ނޯ ވަޓް ޔޫ ލަވް މީ… އިނގޭތަ އެކަން.. .. ނީރާ ކުޑަ ކުއްޖަކަށް ވުރެ ކުޑަ.. އެކުދިންނަށް ވާ އިހްސާސް ދެނެގަންނަން ހަމަ ރަނގަޅަށް ވެސް އިނގޭ…. އެކަމު ނީރާއަކަށް ނޭނގެ ލޯބިވާ މީހާވެސް…” ޝާއިންއަށް އެހެން ބުނެލެވުނީ އިހްތިޔާރަކާ ނުލައެވެ. ހުދު އޭނާވެސް އެކަމާ ހައިރާންވިއެވެ. އެއީ ދުވަހަކުވެސް އޭނާ ހިތަށްވެސް އެރި އެއްޗެއްނޫނެވެ. ހީވީ އޭނާ ގެ ބާރުގައި ބުނެވުނު އެއްޗެއް ނޫންހެންނެވެ. ނީރާ އޭނާދެކެ ލޯބިވެދާނޭވެސް އޭނާގެ ހިތަށް ނާރައެވެ. ނަމަވެސް ދެންމެ މި ބުނެވުނު އެއްޗާއި މެދު ވިސްނަން އޭނާ މަޖުބޫރުވިއެވެ. ނީރާގެ ހަރަކާތްތަށް ހަނދާންވާންފެށިއެވެ. .

ނީރާއަށް އެ ދެލޮލުގެ ތެރެއަށް ބަލާލެވުނެވެ. އޭނާގެ ހިތުގައި އޮތް އެއްޗެއް ބުނިފަދައެވެ. ނަމަވެސް އޭނާ އެކަމެއް ގަބޫލެއް ނުކުރިއެވެ. “ހަހް.. މިހާރު އަހަރެން ބޮލަށް ދޯ.. ޝާއިން… ޕްލީސް… މޮޔަ ނުގޮވަބަލަ.. އަހަރެން ކީއްކުރަން ޝާއިން ކަހަލަ ކިލަރ އެއް ދެކެ ލޯބިވާންވީކީ.. އެވެސް އަހަރެންގެ މުޅި އާއިލާގެ… ޝާއިންއަށް ކަންނޭނގެ ނޭނގިގެން ތިއުޅެނީ.. ޝާއިން އަހަރެން ދެކެ ލޯބިވަނީ… އިނގިއްޖެ؟؟؟؟ ޝާއިން… އަހަރެންނަށް އިނގިއްޖެޔޭ އެކަން.. މިއަދު ހެނދުނު ޝާއިން އަމިއްލަ އަނގައިން އެހެންކީ.. ނިދީގައި އޮވެެގެން… ހަހް.. އަދި ބުނަން އަހަރެންނެއް ޝާއިންދެކެ ނު..ވެސް ވަން.. އަދި ނުވެ..ވެސް ވާނަން..” ނީރާ އެހެން ބުނެލީ މައްސަލަ އިތުރަށް ގޯސްކޮށްލުމަށެވެ. ހިތް ނުބައި ގޮތަކަށް ތެޅެންފެށިއެވެެ. ޝާއިންއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ނީރާއަށް އެކަން އިނގުނީއެވެ. ޝާއިންގެ ހިތުގައި ރިއްސާލިއެވެ. އެހާ ދުވަސްދެން ފޮރުވައިގެން ގެންގުޅުނު ލޯބިވެސް ބޭޒާރުވެގެން މިދިޔައީ އެންމެ ނުބައި ގޮތަށެވެ.

“އާ.. އަހަރެން ލޯބިވަން.. އެކަމު އަހަރެން ދުވަހަކުވެސް އެކަން ނާންގަމެއްނު…. އެންގިންތަ؟؟؟؟” ޝާއިން އެހެން ބުނެލިއެވެ. ނީރާގެ ހަރަކާތްތަށް ބަލަމުންނެވެ. އެ ފުން ލޮލުން އެއްޗެއް ނަގައިގަނެވޭތޯއެވެ. ނީރާއަށް ނޭނގުނުކަމުގައިވިޔަސް ޝާއިން އޭނާގެ ކޮންމެ ހަރަކާތަކަށް ދިޔައީ ބަލަމުންނެވެ. “ނޭނގިޔަސް… އަހަރެން ދެކެ ލޯބިވީ ޝާއިން.. އަހަރެން…. އަހަރެންނެއް ނު..ވަން..” ނީރާ އެހެން ބުނެލީ ދެބުމަ ގޮށް ޖަހާލަމުންނެވެ. ނީރާއަށް އޭނާ ޝާއިންދެކެ ލޯތްބެއް ނުވޭ ބުނަން އުނދަގޫ ވަނީ ކީއްވެކަމެއް އޭނަ އަކަށް ނޭނގެއެވެ. އޭނާއަކަށް އެކަން ފާހަގައެއްވެސް ނުކުރެވުނެވެ. ޝާއިން އަށް އެކަން ނަގައިގަނެވުނެވެ. “އަދި އެއްފަހަރު ބުނެބަލަ ތިހެން…” ޝާއިން ބުނެލިއެވެ.

“އަހަރެން..ނެއް ނުވޭ ލޯ..ލޯތް.ބެއް ޝާއިން ދެކެ” ނީރާ ގެ ތުންފަތުގައި ތުރު ތުރުއަޅަމުން ދިޔައެވެ. “އަދި އެއްފަހަރު..” ޝާއިން ބުނެލިއެވެ. ނީރާއާއި އިތުރަށް ގާތްވަމުންނެވެ. “ކިތަންމެ ފަހަރަކު ބުނުވިޔަސް ހެޔޮ އަހަރެން ހަމަ ބުނާނީ އެހެން… އިނގިއްޖެ އެއްނު؟” ނީރާ ރުޅިއައިކަން ދައްކާލަމުން ބުނެލިއެވެ. “އެހެންތަ؟ އެކަމު ނީރާ އަށް އިނގޭތަ..؟ ނީރާ އަހަރެން ދެކެ ލޯބިވޭ.. މިހާރު އަހަރެންނަށް ޔަޤީން ވެއްޖެ… ނީރާ ލޯބިވަނީ އަހަރެން ދެކެ. ނީރާ ކިތަންމެ ވަރަކަށް އިންކާރު ކުރިޔަކަސް…” ޝާއިން ހިތުގައި އޮތް އެއްޗެއް ދުލާހަމާލަށް ގެނައީ ފަސޭހަކަމާއި އެކުގައެވެ.

“ޝާއިން!! އަހަރެންނެއް ނު..ވޭ ލޯތްބެ..ބެއް އިނގިއްޖެ އެއްނު….” ނީރާ ތަންކޮޅެއް ބާރަށް ހަރުކަށިކަމާއި އެކު ބުނެލިއެވެ. ޝާއިން ހިނިތުންވެލިއެވެ. “އެހެންތަ؟؟ ނުވޭތަ ހަމަ؟؟؟” ޝާއިން ނީރާގެ މޫނާއި އޭނާގެ މޫނު ޖެހޭ ނުޖެހޭ ހަމާލަށް ކައިރިވެލިއެވެ. “އަހަރެންނެއް ނު………….” ޝާއިން ނީރާ ވާހަކަ ދައްކަ ދައްކާ އޮއްވާ އޭނާގެ ތުންފަތަށް ބޮސްދިނެވެ. އެކަން އޭނާއަށް ކުރެވުނީ އިހްތިޔާރަކާ ނުލައެވެ. އެހާ ގާތުން ނީރާގެ މޫނު ފެނި އަމިއްލަ ހިއްސުތަށް ކޮންޓޮރޯލުން ނެއްޓިއެވެ. ނީރާއަށް ވެސް އެވަރެވެ. ލޯ މަރާލުމަށްފަހު ޝާއިންގެ ކަރުގައި އަތްއޮޅާލެވުނީ އިހްތިޔާރުން ބޭރުގައެވެ. އެތަށް އިރަކަށް ދެމިގެން ދިޔަ އެ މަސްތީ އިހްސާސް ކަން ނިމިގެން ދިޔައީ ނީރާ ދެލޯ ހުޅުވާލުމަށްފަހު ޝާއިންގެ މޭގައި ދެއަތް އަޅާ ކޮށްޕާލުމުންނެވެ. ޝާއިން އަމިއްލަ ހަށިގަނޑު ކޮންޓްރޯލްކޮށްލިއެވެ. “ސްޓިލް ޔޫ ސޭ ޔޫ ޑޯންޓް؟؟؟؟” ޝާއިން އެހެން ބުނެލުމުން ނީރާއަށް ހިނދުކޮޅަކަށް ނަމަވެސް ގަނޑުވިއެވެ. ކުރެވުނު ކަންތަކާއި މެދު ވިސްނުމަށް މަޖުބޫރުވިއެވެ. ހިންދިރުވާލުމަށްފަހު އަނެއްކާވެސް ޝާއިންއާއި ކުރިމަތިލިއެވެ. އޭނާ ކުރަން ބޭނުންވި ކަންތަށް މިއަދު ކުރާނެއެވެ. ޝާއިން އަކަށް އޭނާދެކެ ލޯބިނުވާ މީހަކާއި އެކު ދިރިއުޅުން ވޭތުކުރިއަކަ ދޭކަށް އޭނާ ބޭނުމެއްނުވެއެވެ. ޝާއިންގެ ދިރިއުޅުމަށް ވޭން ލިބޭނެކަން އޭނާއަށް އިނގޭތީއެވެ. ނީރާއަށް ޝާއިން ބޭނުންވާ ވަރުގެ އުފަލެއް ނުދެވޭނެކަން އިނގޭތީއެވެ.

“ޝާއިން!!! ޗީ ހައު ކުޑް ޔޫ…. އަހަރެން ނުވޭ ލޯތްބެއް ނުވޭ.. ތައުޒަން ފަހަރު ބުނަންޖެހުނަސް އެއީ އަހަރެންގެ ޖަވާބަކީ.. އަހަރެންނެއް ނުވޭ… ނުވޭ ނުވޭ.. ޖަސްޓް ގޯ ޝާއިން.. އައި ހޭޓް ޔޫ.. ގޯ ލިވް ޔުއަރ ލައިފް.. އަހަރެންގެ ލައިފް އިން ދުރަށް ދޭ.. އަހަރެން އެކަނި ހާލަށް ދޫކޮށްލަބަލަ…. ހެޔޮނުވާނެ.. އައި ޑޯންޓް ވޯންޓް ޑިޕެންޑް އޮން ޔޫ އިޑިއަޓް… ޔޫއަރ އޭން އީޑިއަޓް… ކިލަރ. އަހަރެން ދެކެ ލޯބިވަމޯލަ… ހަހަހަހަ.. ގޯ ލިވް އަ ލައިފް.” ނީރާ ޝާއިން އާއި ދިމާލަށް ބޭނުން ހާ އެއްޗެއް ކިޔަމުން ދިޔައެވެ. ޝާއިން އެ މޫނުމައްޗަށް ބަލަން ހުރިތާ ހުއްޓެވެ. “އަހަރެން ހަމަ ދާން ވީ ތަ؟؟؟ އައި ވިލް ނެވަރ ބީ ބެކް ގޮއްސިއްޔާ… ހަނދާން ބަހައްޓާތި… އަހަރެން ތި ނީރާ ދެކެ އެއް ނޫން ލޯބިވީކީ… އަހަރެންނަށް އެއްވެސް ކަމެއް ނޫން އެއީކީ ނީރާއާއި ދުރަށް ދާކަށް ދުރުގަ އުޅޭކަށް. މި ވޭތުވެ ދިޔަ ހުރިހާ އަހަރުތަކުގައި ކައިރީގައި ހުއްޓަސް އަހަރެންނަށް އިނގޭ އަހަރެން ކިހާ ދުރުކަން… ހަމަ އުޅުނީނު…. ފަހުންވެސް އުޅެވޭނެ.. ސޯ ތިންކް އަބައުޓް އިޓް.. އަހަރެންނަށް އުޅެވޭނެ.. އެކަމު ނީ… ޔޫ ކާންޓް… ނީ އަހަރެން ދެކެ ކިތަންމެ ފަހަރަކު ލޯބި ނުވޭ ބުންޏަސް މިއަދު އަހަރެންނަށް ޔަޤީންވެއްޖެ… ތި ލޮލުގައި ވާ އެއްޗެއް ދެނެގަންނަން އަހަންނަށް އުނދަގުލެއް ނޫނޭ. އެކަމު އަދިވެސް ބުނަން؟ އަހަރެންނަށް އުޅެވޭނެ.. ނީ އާއި ނުލާވެސް.” ޝާއިން އެހެން ބުނެލީ ނީރާއަށް ކުޑަ ކޮށް ނަމަވެސް ވިސްނޭތޯއެވެ. ނީރާ މިހުރިހާ ކަމެއް މިކުރަނީ ކީއްވެ ކަމެއް އޭނާއަކަށް ނޭނގެއެވެ. ނަމަވެސް އޭނާއަށް އިނގޭ ކަމަކީ ނީރާ ކޮންމެ ކަމެއް ކުރުމުގެ ފަހަތުގައި ކޮންމެވެސް ސަބަބެއް އޮންނާޏެ ކަމެވެ.

ނީރާއަށް އެ ބަސްތަކުން ކިތަންމެ ވަރަކަށްވެސް އަސަރު ކުރިއެވެ. ނަމަވެސް އޭނާ ކެތްކުރިއެވެ. ކަންތަށް އޭނާ ބޭނުންވާގޮތަށް ވަނީކަން އޭނާއަށް އިނގުނެވެ. އެންމެ ފަހު ގެ ހަމަލާ ދިނުމަށް އޭނާ ހަށިގަނޑުގައި ހުރި ހުރިހާ ހިތްވަރެއް ހޯދަން މަސައްކަތްކުރިއެވެ.

“ހަހަހަހަހަ.. ސީރިއަސްލީ.. ނީރާއަކަށް ނޫޅެވޭނެޔޯ އޭ… ހަހަހަހަ.. އައި ކޭން ޝައި..ޝާއިން… އަހަރެންނަށް ވާނެ… ކިޔައިދެންތަ ވާހަކައެއް…. މައި ހޯލް ޕްލޭން… އޯކޭ ސޯ ފަސްޓް. ހީވޭތަ އަހަރެން އަހަރެންގެ އާއިލާ މަރާލާ އަހަރެން ޔަތީމް ކޮށްލި މީހަކަށް އެހާ ފަސޭހައިން މާފް ދޭނެކަމަށް.. ނޯ!!! އަހަރެންގެ ހިތް އެހާ ބޮޑެއް ނުވާނެ… ނެވަރ!!! ގަސްތުގައި ކުރިކަމަކަށް ނޫނަސް އިޓް ވޯޒް އޯލް ޔުއަރ ފޯލްޓް… ބަދަލު ހިފާ ހިތްވީ… އަހަރެންނަށް އޭރުވެސް އިނގޭ ޝާއިން އަހަރެން ދެ..ދެކެ ލޯބިވާކަން… އަހަރެން ހިތަށް އެރީ ޝާއިން އަށް ހާޓް ކު..ކުރާނީ އޭ.. ލޯތްބަކީ އެންމެ އުފާވެރި އަދި ހިތްދަތި އިހްސާސް… ރަޔާން ގެ ކަންތަށް އެއީ އަހަރެންގެ ޕްލޭން އެއް ނޫން.. އެކަމަކު އޭގެ ފަހުން އަހަރެން ދިޔައީ ޝާއިންއަށް ހިތްދަތިކަން ދެމުން.. ހަނދާންވޭތަ 18 ވަނަ އުފަންދުވަސް.. ހަހަހަ އެދުވަހުވެސް ހުރިހާ އެއްޗެހި ރުއިން ކުރީމެއްނު.. ދެން ހަނދާންވޭތަ އެހެން ދުވަސްތަށް މަތިން.. ޝާއިން ދެރަ ކޮށްލިވަރު.. އަހަރެން ބޭނުންނަމަ ޝާއިން ލޯބިވާކަން އެނގިގެން ރީތިކޮށް ވާހަކަދައްކާ ހައްލުކޮށްލެވުނިސް އެކަމަކު އޭރަކުން ޝާއިންއަކަށް ތި ހިތަކަށް ތަދެއް ނުވާނެއެއްނު.. އަހަރެންގެ ހިތަށް ތަދުވި ފަދައިން… ޝާއިން ބުނެބަލަ މިހުރިހާ އަހަރަކު ތި ލޯބި ފޮރުވައިގެން އަހަރެން ދައްކާ ކުޅިއެއް ބަލަން އުފަލުގައި ހުރެވުނު ކަމަށް؟؟؟ އޭ؟؟ ނުވާނެ… ތަދުވިއެއްނު.. ނުވޭތަ؟؟ ވާނެ ޔަޤީން.. އަހަރެން ބޭނުންވީ ޝާއިންގެ ދިރިއުޅުން ހަލާކު ކޮށްލަން.. މާ އަވަހަށް މި ޖެހުނީ މި ކިޔައިދޭކަށްނު ދޯ؟؟ އެކަމު މިހާރުވެސް ވަކި އަވަހެއް ނޫނޭ.. މިހާރުވެސް ޝާއިންގެ ދިރިއުޅުން ބަރުބާދު ވެފަ އޮތްލެއް ކުޑައެއް ނޫނޭ.. ތިވަރުންވެސް އަހަރެންނަށް ފުދޭ..ހަހަ.. މިއިން ކޮންމެ ބަހެއް ޝާއިންގެ ހިތުގައި ހަރުލާނެ.. މާދަންވެސް ހަނދާންވާނެ މި ބަސްތަށް… ދެރަވާނެ.. ހިތަށް ތަދުވާނެ.. މިހާރުވެސް އަދި ފަހުންވެސް ޔޫ ވިލް ބީ އިމޯޝަނަލީ ވީކް.. އެވަރު ކުޑައެއް ނޫން.. ހަހަހަހަ” ނީރާ ހަދަ ހަދައިގެން ވާހަކަތަކެއް ދައްކަމުން ދިޔައިރު އެ ހިތުގައި އަޅާ ވޭން ޝާއިންއަށްވުރެ ބޮޑެވެ. ޝާއިންއަށް އެއިން ކޮންމެ ލަފްޒެއް އިވިގެން ދިޔައީ ޖަހާލި ވިދުވަރެއް ފަދައިންނެވެ. އެހާ ބޮޑު ކުޅިގަނޑެއް ކުޅެދާނެ ކަމަކަށް ހުދު އޭނާއަކަށް ވެސް ނޭނގެއެވެ. ހިތަށް ތަދުވިއެވެ. ތެދެކެވެ. މި ވޭތުވެދިޔަ އަހަރުތަކުގައި އޭނާ ދުނިޔޭގައިވެސް މިހުރީ ކިރިޔާއެވެ. ނީރާ ލިބޭނެކަމުގެ އުއްމީދުގެ ސަބަބުންނެވެ. މައްޔިތަކަށް ވުރެ އޭނާގެ ހާލު އޭރު ބޮޑެވެ. ނަމަވެސް ނިރާއަށް ޓަކައި ހުރިހާ ކަމެއް ކޮށްދިނެވެ. އެ ލޯތްބަށްޓަކައެވެ. އެ ހިތުގައި އެތަކެއް ވޭންތަކެއް އެޅެމުން ދިޔަ ކަމުގައިވިޔަސް ނިރާއަށް ޓަކައި ކޮންމެފަދަ ކަމެއްކުރަންވެސް ހޭވައްލާ ތައްޔާރުވެއެވެ.

ޝާއިން އޭނާގެ ލޯ މަރާލިއެވެ. ނީރާއާއި އެކު ހޭދަ ކުރެވުނު ކޮންމެ ވަގުތެއް މަތިން ހަނދާންކުރިއެވެ. އޭނާގެ ލޯ ކަރުނައިން ފުރުނެވެ. ލޯތްބަކީ ފިރިހެނުންވެސް ނިކަމެތިކޮށްލާ އިހްސާސްއެކެވެ. “ހައު ކުޑް ޔޫ….!” ޝާއިން އެހެން ބުނެލިއެވެ. އަދި ނީރާއަށް ބަލައިލުމެއްވެސް ނެތި ނިކުމެގެން ދިޔައީ އިތުރު އެއްވެސް އެއްޗެއް ބުނުމެއް ނެތިއެވެ. ނީރާ އަށް ހުރިތަނަށް ތިރިވެވުނެވެ. ހިފަހައްޓައިގެން ހުރި ކަރުނަތަށް ހޯސްލާފައި ފައިބައިގެންދިޔައެވެ. އަޑުން އަޑުނަގާ ރޮއެ ގަނެވުނެވެ. އަދި އަތުގައި އޮތް ފަށް މެއާއި ކައިރިކޮށްލަމުން އެތަކެއްފަހަރު ބޮސްދިނެވެ. ޝާއިން ނިކުމެގެން ގޮސް ކާރަށް އެރުނީ ކިރިޔާއެވެ. އޭނާގެ ލޮލަށް ޖަމާވެފައި ހުރި ކަރުނަތަށް ފައިބައިގެން ދިޔައެވެ. ނީރާ ކީ ކޮންމެ އެއްޗެއް އަދިވެސް އިވޭ ފަދައެވެ. އެ ހިތް ކުދި ކުދި ވެގެން ދިޔައެވެ. އެހެން އެތަކެއް އިރަކު އިނުމަށްފަހު ކާރުގައި ޝާއިން ގެއާއި ދިމާލަށް މިޝްރާބްޖެހިއެވެ. އިތުރަށް އެތާކު އޭނާ އިންނާކަށް ބޭނުމެއް ނުވެއެވެ. ހިތުން އެތަކެއް އަޒުމް ތަކެއް އޭނާ ވިއެވެ.

ނީރާ ކޮޓަރިއާއި ދިމާލަށް ދުއްވައިގަތެވެ. އަދި ދޮރު ޖެހުމަށްފަހު އެނދުމަތީ އޮށޯވެލިއެވެ. ކޮޓަރި ދޮރު ހަލާކުވެފައި އިންކަމުން ބާރު އަޑުފަށްގަނޑަކާއި އެކު އަނެއްކާވެސް ހުޅުވުނެވެ. ނަމަވެސް އެއިން އެއްކަމަކަށްވެސް ނީރާ ފަރުވާލެއް ނުބަހައްޓައެވެ.

ނީރާ ޝާއިންއާއި ދިމާލަށް ކީ ކޮންމެ އެއްޗެއް އޭނާއަށް އިވެމުންދިޔައެވެ. އެ ހިތަށް ބަޔާންކުރަން އުނދަގޫ ވާވަރަށް ތަދުވާންފެށިއެވެ. ޝާއިން ގެއަށް ވަދެގެން އާއިރު އާޝިޔާ އިނީ ސޯފާގައެވެ. ޝާއިން ގެ މޫނު ފެނި ކަމެއް ގޯސްވެއްޖެކަން އޭނާއަށް އިނގުނެވެ. އެއާއި އެކު ޝާއިންއާއި ދިމާލަށް ދިޔައީ އަވަސް ހިނގުމެއްގައެވެ. ނަމަވެސް ޝާއިން ހުއްޓުމެއް ނެތި ސިޑިން މައްޗަށް އަރައިގެން ގޮސް އޭނާގެ ކޮޓަރިއަށް ވަދެ ބާރަކަށް ދޮރުލައްޕާލިއެވެ. އަދި ދޮރު ބުޑުގައި އިށީނދެލިއެވެ. ދެއަތުން މޫނު ފޮރުވާލިއެވެ. އެއާއި އެކު އޭނާއަށް އިވެމުން ދިޔައީ ނީރާގެ ބަސްތަކެވެ.

 

-ނުނިމޭ-

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

އަދި އެއްފަހަރު (ދެވަނަ ބައި)

Next

Magey Vaahaka

Next
February 17, 2016

Magey Vaahaka

Previews
February 17, 2016

އަދި އެއްފަހަރު (ދެވަނަ ބައި)

19 Comments!

  1. aish says:
    February 17, 2016 at 3:57 pm

    I love this story?????

  2. Aisha says:
    February 17, 2016 at 4:02 pm

    Yey thuney kiyaa kiyaa run??? Maithow sock hoagayaa….

  3. noo says:
    February 17, 2016 at 4:12 pm

    Salhi ekamaku dhen edhemeehun rahtehi kuruvaaa ingay

  4. Maalu says:
    February 17, 2016 at 4:12 pm

    Wowwwwwww vrh vrh vrh vrh vrh reethi….. love this stry alotttttt……..when is the next part????
    Ryyn u r my fav stry writer..
    Love ur stories alottttt………
    Waiting for the next part….
    🙂 🙂 🙂 🙂 😀 🙂 🙂 🙂 🙂 🙂

  5. lam says:
    February 17, 2016 at 4:14 pm

    Adhivx neera ge family ah v gotheh neynge ehnu. Mi part vx v salhi. Kn irakn next part up kurany

  6. Niu says:
    February 17, 2016 at 4:16 pm

    Vvvvvv nice…… I love it..

  7. Ryn says:
    February 17, 2016 at 4:16 pm

    thnkx guys n hykuran mi prt vx rythi vaane kamah hama enmn ah.. n i knw stry hadi vaane kn mihn hedhyma bt this ws the cncpt n i cnt chng thm cx ths prts r already finishd dhw… sry guys.. thnkx fr readin.. n pic vx nulevunu m tryin to laan.. sry fr tht too… enjoy 😉 n sry ryn ah kuryge prts thakah cmmnt nukurevunyma..

  8. Ily says:
    February 17, 2016 at 4:36 pm

    Upssssss v reethi???????

  9. naaanu says:
    February 17, 2016 at 4:39 pm

    pis pis.ryyyn..kihineh thi hsdhany e dhe myhunah…dhen gulhuvaabala dho e dhe kudhn..v nice mi prt ves

  10. Thiths says:
    February 17, 2016 at 5:11 pm

    soooo nice story ryyn…avaha upp kodheythi igey

  11. nukko says:
    February 17, 2016 at 5:27 pm

    Thuthy….. omg hama rovijje
    Nee ge heart kniraku ehaa haru v 🙁 🙁 pooooor shyn alheyyyy
    Dhn alhe gulhuvabahdhec e dhemyhun u cant do tht nee
    Shyn ah ehn nahadha
    btw stry v fakkaa v nala v salhi v habeys v obi 😛 😛 hehehe miss u n luv u tc… 🙂 😀

  12. zee says:
    February 17, 2016 at 6:18 pm

    So nise stry

  13. SARA says:
    February 17, 2016 at 8:04 pm

    Alhey haadha thalhuvaaly thi shine.. waitin 4d nxt prt

  14. Ryn says:
    February 17, 2016 at 8:53 pm

    thnkx fr readin all… n in sha allah vrh avahah up khla dheynan.. thnkx.. enjoy 😉

  15. Anonymous says:
    February 17, 2016 at 11:56 pm

    Sam. Wish you would see this.

  16. Anonymous says:
    February 17, 2016 at 11:57 pm

    What? I just gave a sapce on that name box and its showing anonymous. Wired.

    1. SaSha says:
      February 21, 2016 at 11:47 am

      cox ur wired and that’s weird

  17. Zaanaa says:
    February 18, 2016 at 12:21 pm

    Avahah up kohdeeba next part

  18. shyhaa says:
    February 21, 2016 at 7:59 pm

    Mi part vex varah salhi…. Waiting 4 nxt part…

Comments are closed.


All Right Reserved!