މާޒިން…. ނޭނގޭތަ ހަމަ މިވަރަށް ލޯބިވާއިރުވެސް؟ އަހަރެންގެ ހިތަށް ތިހާ އަނިޔާދޭއިރު؟؟ އަހަރެން އެއްޗެއް ނުބުންޏަސް މާޒިން އަށް އިނގޭ ބުނާއިރު އަހަރެން މި ލޮލުން މާޒިންއަށް ދެމުން ދިޔަ މެސެޖްތަށް ނޭނގެނީތަ؟؟؟ ނޫނީ އެނގެން ބޭނުން ނޫނީތަ..؟؟ ޒިން… އަޅެ އެއްފަހަރުވެސް އަހަރެންނާއި ދިމާ ބަލާލާފަ މީންކޮށްލާފަ ބުނެބަ އައި ލަވް ޔޫ ޓޫ އޭ… ޒިން އަށް ހީވަނީތަ އަހަރެން ޒިން ކައިރި އައި ލަވް ޔޫ އޭ ބުނަނީ ހަމަ މަޖަލަކަށޭ.. […]
(މި ވާހަކައިގައި މާޒިން ކިޔާ ދެ ފިރިހެން ކުދިން އުޅުމުގެ ސަބަބުން 3 އަހަރުގެ މާޒިންއަށް ވާހަކައިގެ ތެރޭގައި “ޒިން” ޖަހައިގެން ލިޔެ އަދި 26 އަހަރުގެ މާޒިންއަށް “މާޒިން” ޖަހައިގެން ލިޔެފައިވާ ކަން އަންގަމެވެ.) “ޒިން…..؟” “ޒިން…. އަޅެފަހެ މިތާ ދެންމެ ހުރީ މިހާރު ކޮބާތަ..؟ޒިން؟؟؟ ” ސުމާ ދެ އައިސްކޯން ހިފައިގެން ހުރެ 3 އަހަރުގެ “ޒިން” އަށް ގޮވަމުން ދިޔައެވެ. ތަނަކީ މީހުން ގިނަ ތަނެއް ކަމުން އޭނާ ގެއްލިވެސް ދާނެއެވެ. …………. […]
“ޒިން…..؟” “ޒިން…. އަޅެފަހެ މިތާ ދެންމެ ހުރީ މިހާރު ކޮބާތަ..؟ޒިން؟؟؟ ” ސުމާ ދެ އައިސްކޯން ހިފައިގެން ހުރެ 3 އަހަރުގެ “ޒިން” އަށް ގޮވަމުން ދިޔައެވެ. ތަނަކީ މީހުން ގިނަ ތަނެއް ކަމުން އޭނާ ގެއްލިވެސް ދާނެއެވެ. ………….. ޒިން!!!!!” ސުމާ ޒިން ފެނުމާއި އެކު ތަންކޮޅެއް ބާރަށް ގޮވާލިއެވެ. މާޒިންވެސް އަދި ޒިންވެސް އެއްފަހަރާ ސުމާއާއި ދިމާ ބަލައިލިއެވެ. މާޒިން ކޮޅަށް ތެދުވިއެވެ. އަދި ސުމާ އަންނަތަން ބަލަން ހުރެވުނީ ދަންނަ ކުއްޖެއްތޯ […]
ރާހިލްވެސް ސިއްސައިގެން ގޮސް އެދިމާ ބަލައިލެވުނެވެ. ޝާއިންގެ ގައިގާ ޖެހީ އާޝިޔާއެވެ. ޝާއިންއަށް ގަބޫލުކުރަން ދަތި ގޮތަކަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. ރާޙިލްގެވެސް ހާލަކީ އެއީއެވެ. “ހަބަރުދާރު ޝާއިން…. ނީރާއާއި ބެހޭގޮތުން ދެން އެންމެ ލަފްޒެއްވެސް ނުވާނެ ނެރެގެން….” އާޝިޔާ ޝާއިންއާއި ދިމާލަށް އިނގިލި ދިއްކޮށްލަމުން ބުނެލިއެވެ. ޝާއިންއަށް މިފަދަ ކަމެއް ފެނުނު މީ ފުރަތަމަ ފަހަރެވެ. އާޝިޔާ އަށް ހުރީ ރޮވިފައެވެ. ނަމަވެސް ރުޅިވެސް ގަދަވެފައެވެ. “މަންމައަކަށް ނޭނގޭނެ ނީރާ ކުރި ކަންތަކެއް.. ރަނގަޅުވާނީ ނުވެސް […]
ނީރާ ފާތުމަތުގެ އެހީގައި ކާ އެއްޗެހި ހަދާ ނިންމާލިއެވެ. ނީރާ އައިއްސާ ހުރި ރުޅިގަނޑު ބޭލީ އެއްޗެއްސަށެވެ. ފާތުމަތު އަށް ވީ ގޮތް އެނގުމާއި އެކު ހިނިގަނޑު މަތަ ނުވެގެން ހޭންފެށިއެވެ. ނަމަވެސް ނީރާ ރުޅިގަދަވާނެކަން އިނގުމުން ހެއުން ކޮންޓްރޯލް ކުރަމުން ނީރާއަށް އެހީވެދިނެވެ. ………….. “ދޮންބޭ… ވެއިޓް.. މީ… މީ ޝާންގެ ގެ….” ރައިނާ ކާރުން ފައިބަމުން ބުނެލިއެވެ. “ޝާންއޭ… ވަޓް؟؟ ވެ..ވެއިޓް…. އޯ ގޯޑް…!!. ރައި ހިނގާ ދޮންބެ އެބަ ދަން…..” ރިޝާން […]
އޮފީސް ނިމޭގަޑީގައި ރާޙިލްއާއި ބައްދަލުކުރަންށެވެ. ނަމަވެސް ކަންތަށްވެގެން ދިޔައީ އެހެނެއްނޫނެވެ. ރާޙިލް ނީރާއަށް ވުރެ ކުރިން އޮފީހުން ނިކުމެގެން ދިޔައެވެ. ނީރާ ރާހިލް ދިޔަ ދިމާލަށް ބަލަން ހުރުމަށްފަހު ދަބަސް ކޮނޑުގައި އަޅުވާލިއެވެ. އެވަގުތު ކުރިމައްޗަށް އެރި ރިޝާން ފެނި ނީރާއަށް ފަހަތަށް ޖެހިލެވުނީ ސިހިފައެވެ. ” ބުނީމެއްނު ކޮއްކޮ ގެންދަންޗޭ…. އޭނަ ކައިރި ބުނިން ނަސީބުގައި އިނިއްޔާ ވާންއުޅޭ ފަހަރި އާއި ބައްދަލުކުރަން މިއަދު އެގެއަށް ދާންވާނޭ… ރެޑީ ވަންޗޭ އޮފީހުން އަންނަން ވާއިރަށް.. […]
ނީރާ ފާރުމަތީ ހަމަޖެހިލުމަށްފަހު އަތަށް ގިޓާ ހެޔޮވަރުކޮށްލިއެވެ. “ދުނިޔެ މަށަށް އަނދިރިވީ…. ކުރެވުނު ކަމަކުން…. އުފަލެއް ހިތަށް ނުލިބުނީ….. އުޅެވުނު ގޮތަކުން….. ލޯބިވާ…… ރޯންވީހޭ… ގިސްލާ ގިސްލާ މިހެން…. އާދޭސް ކުރާން.. މާފުދޭތޯ ކަލާ…. އާލާ ވާތީ އޭ ހަނދާން ލޯބި ދިން ރަން ޒަމާން…. ކޮށްދެވޭހޭ މަގޭ ހިތަށް ވާވަރު ބަޔާން.. މަގެ ހިތުގެ ރިހުން… ފޮހެދެވޭނީ ހިތުން.. މިހިތާމަ ތަކުން މިންޖްވީ….. ދުވަހަކުން…” ނީރާ ފުންނޭވައެއް ދޫކޮށްލިއެވެ. އެ ހިތުގެ ހާލު ޝާއިންއާއި […]
ނީރާ މާލޭގެ ބިމުގައި ފައި ޖެހުމާއި އެކު ނުބައި ގޮތަކަށް ހިތްތެޅިލިއެވެ. ނީރާއަށް އެ ހުރިގޮތަށް ހުރެވުނީ އެހެންވެގެންނެވެ. އިތުރަށް ފިޔަވަޅެއް އަޅަންވެސް ނޭނގިފައެވެ. ރިޝާން ނީރާގެ ގައިގާ ކުޑަކޮށް ކޮށްޓާލިއެވެ. ނީރާ ކުއްލިއަކަށް ތެޅިގަނެވުނެވެ. އަދި އިތުރު އެއްޗެކޭ ނުބުނެ ކުރިއަށް ހިނގައިގަތެވެ. “ނީއްކޮ އައިސްލަންވީނު އަހަރެންގެ ގެއަށް މިހާރު…. އިނގޭތަ.. މިއަދު އަހަރެންގެ ކޮއްކޮވެސް އައިއްސި… އެއްކޮށް ކިޔަވާ ނިމިގެން….” ރިޝާން ބުނެލިއެވެ. “ހެހެ އެހެންތަ…. އެހެންވެ އެހާ އަވަހަށް އަންނަން ތި […]