ގެއާއި ކައިރިވިވަރަކަށް އަހަރެންގެ ހިތުގެ ހިނގުން އަވަސްވާންފެށިއެވެ. ހިތާ ހިތުން ދުޢާކުރެވެމުން ދިޔައީ މެންދުރުހިނގިކަންތައް ނިމި ގޭތެރެ ހަމައަކަށް އެޅިފައި އޮންނާނޭކަމަށެވެ. ނަމަވެސް ގޭގެ މައިދޮރު ހުޅުވާލުމައިއެކު ސިޓިން ރޫމުން އިވެމުން ދިޔަ އަޑުން ގޭތެރެއަށް ނުވަދެ މަޑުކޮށްލީމެވެ. ” ދަރިފުޅުމެން ބަލާ ބޮޑުކޮށް ބޭނުންވާ ދިރިއުޅުން ހޯދައިދިނީ މަންމައަށްވެސް ހިތްހަމަ ޖެހޭ ދިރިއުޅުމެއް ލިބޭނެކަމަށް. އެކަމަކު މަންމައަށް އީމާން ޅީ ދަރިއެއްގެ ގޮތުގައި ދުވަހަކުވެސް ބަލައެއް ނުގަނެވޭނެ. އީމާންއާ ދަރިފުޅާ އަރާ އަރަފޯދިގެން ނުވެޔޭ. އެންމެ […]
ނޯޓު: ދެވަނަބައި ގެނެސް ދިނުން ލަސްވެގެންދިޔައީ އެކައުންޓަށް އެކްސަސްނުވެވުމުންކަމުގައި ދަންނަވަމަވެ. އަދި މި ކަން ހައްލުކުރުމަށް އެޑްމިންއިން ކޮށްދެއްވި މަސައްކަތަށް ޝުކުރުއަދާކުރުމާއިއެކު ދެވަނަބައި ލަސްވިކަމަށްޓަކައި ކިޔުންތެރިންގެ އަރިހުން މަޢާފަށް އެދެމެވެ. ************************************************************************* ކޮންމެއަކަސް ދެމީހުން ލޯބީގެ ގޮތުން ގުޅުންތާ މާ ގިނަ ދުވަހެއް ނުވެ ޝިޒާން މައިންބަފައިންނާ ބައްދަލު ކުރުމަށް އަހަރެންނަށް އެގެއަށް ދިޔުމަށް ދަޢުވަތު ލިބުނެވެ. އެގެއިން އަހަރެންނަށް މަރުހަބާ ކީ ޝިޒާންގެ ބައްޕައެވެ. ޝިޒާންގެ ނިންމުމަށް އިހްތިރާމް ކުރާނޭކަމާއި އަހަރެމެން ގުޅުމަށް ބައްޕަގެ އެއްވެސް […]
ކޮންތާކު ތެޅިތެޅިފަ ތިއައީ؟ މިހާރު އެއޮށް ގަޑިން 11 ޖެހީ. މީހެއްގެ އަތްބެއްކަމެއްވެސް ހަނދާނެއް ނެތްދޯ؟” ގެއަށް އައިސް ވަނުމާއިއެކީ ފުރަތަމަ ކަންފަތަށް އެރީ މައިދައިތަގެ ހޫނު ބަސްތަކެވެ. ” އާން.ކޮންކަމަކާތަ ހާސްވާންވީ. އޭނަ ބޭނުންވައްތަރަކަށް ތެޅެން ދޮންބެ އެ ހުންނަނީ ދޫކޮށްލާފަ އެއްނު. މަންމަޔާ ނުބެހޭކަންކަމާ މަންމަ ނުބެހެ އިނދެބަލަ. ދޮންބެއަށް ގޯސްވާނީ މަންމަ” މައިދައިތައާއި އެއްބައިވެލަމުން ފިރިމީހާގެ އަންހެން ކޮއްކޮވެސް ހަޅޭލަވައިގަތެވެ. އެމީހުންނަށް ރައްދު ދިނުމުގެ ބަދަލުގައި ހަނުހުރުން އަހަރެން އިސްކުރީމެވެ. އަދި އަވަސް […]
ނޯޓް: މިއީ އަޅުގަނޑު ވާހަކަ.ކޮމްއަށް ލިޔުނު ކުރުވާހަކައެކެވެ. ހުރިހާ ބޭފުޅުންނަށްވެސް ކަމުދާނެކަމަށް އުންމީދުކުރަމެވެ.އަޅުގަނޑުގެ ފުރަތަމަ ވާހަކައަށް ދެއްވި ތަރުހީބަށް ފަންފަށުން ޝުކުރު ދަންނަވަމެވެ. ************************************************************* “ޑރ.ލީލާ. ބެޑް ފޯ ޕޭޝަންޓް ސެޗުރޭޝަން އިޒް ޑްރޮޕިން. ބީޕީ ވެސް ނުލިބޭ” އަތް ދޮންނަ ސިންކު ކައިރީ ހުއްޓައި ފަހަތުން ނަރުސް ކުއްޖެއް ގޮވާލި އަޑު އިވުނެވެ. އަވަސް އަވަހަށް އަތް ފޮހެލުމަށްފަހު އާ އަންގިއެއް ލައްވައިގެން ޕޭޝަންޓާއި ދިމާއަށް ދުއްވައިގަތީމެވެ. އަހަރެންނަކީ ސަރުކާރު މައި ހޮސްޕިޓަލްގައި މަސައްކަތްކުރާ ޑޮކްޓަރަކީމެވެ. […]
“ދަރިފުޅު ދެވަނަ ކައިވެންޏެއް ކުރަން ބައްޕަމެން ވަރަށް ބޭނުން. މިއީ ދަރިފުޅު ކައިރިން އެންމެ ފުރަތަމަ އަދި އެންމެ ފަހުކަމަކަށްވެސް ބައްޕަ އެދޭނެކަން. ވަރަށް ރަނގަޅު ކުއްޖެއް ދަރިފުޅުގެ ކައިވެންޏަށް އެދި އެއައީ. އިޖާޒްގެ ބައްޕަމެންވެސް ވަރަށް ޤަބޫލު. ދެން އޮންނާނީ ދަރިފުޅުމެން ވާހަކަ ދައްކާލުން. ދެމީހުން ވާހަކަ ދައްކާލާފައި ދެމީހުންނަށް އެކަކު އަނެކަކު ކަމުދަންޏާ ބައްޕަ އެދެން މިކަމަށް އާބަސް ބުނަން.” އަހަރެން ބައްޕަގެ އެދުމަށް ޒަޢީމު އާއި ޖެހިގެން އަންނަ ރޭ ރޭގަނޑު ބައްދަލުކުރަން […]
ދުވަސްތައް ހޭދަވަމުން ދިޔަވަރަކަށް ދިރިއުޅުން މަޑުމަޑުން ހަމައަކަށް އެޅެމުން ދިޔައެވެ. އީރާއަށް ތިން އަހަރު ފުރުނީ އިޖާޒް ނިޔާވިތާ އެއް އަހަރާއި 6 މަސް ވީ ދުވަހުއެވެ. އީރާގެ ދެވަނަ އުފަންދުވަހުގެ ޕާޓީ ބޭއްވުމަށް އީރާގެ ދެ މާމަ އާއި ކާފަވެސް ނުހަނު ބޭނުން ވެފައި ތިބުމާއި އެކު އެކަމަށް އހަރެން ދެކޮޅު ހަދާކަށް ބޭނުމެއް ނުވިއެވެ. ދެ އާއިލާގެ ވެސް ގާތްތިމާގެ މީހުންނާއި ކުޑަ ކުދިންނަށް ދަޢުވަތު ދީގެން ބައްޕަ ގެ ރެސްޓޯރެންޓްގައި ޕާޓީ ބޭއްވުމުގެ […]
“ޔާ! ތީ މީހަކަށް ލިބޭނެ އެންމެ މާތް ވަފާތެރި ތެދުވެރި އަތްބެއް. އަހަރެންނަށް ޔަޤީން އިޖާޒްއަށްވެސް އެނގޭނެއެކަން. ޤައިމުވެސް އަހަރެންނަށް އެނގޭ އިޖާޒް އާއި އިނުމަށްފަހު ޔާ އަހަރެންނާ ދުރުވާން މަސައްކަތްކުރިވަރު. އަތްބެއްގެ ހައްޤުތަށް ޔާ އަދާކޮށްދޭނެކަމުގެ ކުޑަވެސް ޝައްކެއް އަހަރެން ނުކުރަން. އީރާވެސް އެއީ އޭގެ ހެއްކެއް. ޔާ އަމިއްލަ އަމިއްލަ އަށް މޮޅެތި ވިސްނުންތައް ވިސްނާލައިގެން ނިންމިކަމަކަށްވިޔަސް، އެކަމުގަ ޔާ ސާބިތުވެހުރި. ވެދާނެ ޔާ އިޖާޒް އާއި އިނުން އެއީ ތަޤުދީރުގައި ލިޔެވިފައި އޮތްގޮތްކަމަށް. […]
އީރާއަށް ކާންދީ ފެންވަރުވާ ނިންދެވުނުއިރު 8 ޖަހައިފިއެވެ.އާދައިގެމަތިން އީރާ އާއި އެކު އަހަރެންވެސް އޮށޯތީމެވެ. އީރާ ނިންދެވުމަށްފަހު އަހަރެން ބޭރަކަށް ނުދަމެވެ. ނަމަވެސް އެރޭ މަންމަ އާއި ބައްޕަ ކާން ބަލާ އައުމުން ކާ މޭޒުކައިރީ އިށީނދެ ތަށްޓަށް ބަތް އަޅާ ރިހަކޮޅެއް އަޅާލީމެވެ. އެންމެން އެކި ވާހަކަ ދައްކަމުން ދިޔައިރުވެސް އެ ވާހަކަތަކަށް އަހަރެން މާ ބޮޑު ސަމާލުކަމެއް ނުދެމެވެ. ކާޙިތްވެސް ނުވެފައި ހުރުމާއިއެކު ބަތްތަށި ހާވަން އިނދެފައި ގެންގޮސް ޑަސްބިންއަށް އަޅާލާ އަތް ދޮވެލީމެވެ. […]
މައިދައިތަ ގާތުގައި މަންމައާއި އަހަރެން މަޑުކުރީމެވެ.ބައްޕަ އާއި ބަފައިބެ ދިޔައީ އިޖާޒްގެ ކަށުކަމާ ކެމީގެ ކަންކަން ނިންމުމަށެވެ. އިޖާޒްގެ މަރުގެ ޚަބަރު ގާތްތިމާގެ މީހުންނަށް ދިނީ އަހަރެންގެ ބައްޕައެވެ. ” ރެލޭޓިވް އޮފް ނިޔުމާ” އެމެޖެންސީ ކޮޓަރި ދޮރުމައްޗަށް ނަރުހެއް ނުކުމެ އެހެން ގޮވާލުމުން މަންމަ އަހަރެންގެ ގައިގައި ކޮށްޓާލިއެވެ. ކިހިނެއްވީކަމެއް ނޭނގި އިރުކޮޅަކު އިނުމަށްފަހު ހަދަން ވީ ގޮތް ސާފުވުމުން އެމެޖެންސީ ކޮޓަރިއާއި ދިމާއަށް ހިނގައިގަތީމެވެ. “މަގޭ ދަރިފުޅު! މަގޭ ދަރިފުޅު” އިޖާޒްގެ މަންމަ އަޑުން […]