އެއްވެސް ވާޙަކައެއް އަޑު އިވުނުކަން އެނގޭކަން އަހަރެން ބޭނުމެއްނޫނެވެ. އަދި ޖިނާހު އެއީ އަހަރެންގެ ބައްޕަ ތޯ ނޫންތޯ ނުބަލާންވެސް ހިތުގައި ޢަޒުމު ކަނޑައެޅީމެވެ. އެކަމުން ލިބޭނެ އިތުރު އުފަލެއް ނެތްތާނގައި ކުރިމަތިވާނޭ ބޮޑު މައްސަލަގަނޑުގެ ތެރެއަށް ޣަރަގުވާން ބޭނުންނުވާތީއެވެ. އޭނާ ފަލީހަތްވެ އާއިލާއެއް ރޫޅުމުންވަކި އަހަރެންނަށް ލިބޭނޭ އިތުރުމޮޅެއް ނޯންނާނެތީއެވެ.ވޭތުވެގެން އެދިޔައީ މާޒީއެވެ. އަހަރެން މީ ކައިވެނީގެ ބޭރުން ލިބިފައިވާ ކުއްޖެއްކަން ބަދަލު ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. މަންމަގެ ކުރީގެ ދިރިއުޅުމުން މި އިނގުނު […]
” ބޭކާރު ވާހަކަ ނުދައްކަ ދާށޭ ދެމީހުން ނިދަން….” ޒިވިއަލްގެ ކުރިމަތީ އެއްވެސް މީހަކަށް މޮޅުވެވޭނޭ ހެއްޔެވެ. އެންމެފަހުން ގޮތް ދޫކުރުމަށްފަހު ޒިލާލް ޝިފާއާއި އެކު ގެއަށް ދިޔުމަށް ނުކުތެވެ. މި ހުރިހާކަމެއް ހިނގިއިރުވެސް ހިނި އައިސްފައި އޮތުން ފިޔަވާ އިތުރުކަމެއް އަހަރެން ނުކުރަމެވެ. “ކީއްވެ ނުވަދެ ބޭރުގަ ތިހިރީ؟” ދެމީހުން އެކަނިވުމުން އަހަރެން ޒިވިއަލް ކައިރީ އަހާލީމެވެ. ދެމީހުން އެކަނިތިބޭނަމަ ކޮންމެ ވާހަކައެއްވެސް މިހާރު ޒިވިއަލް ކައިރީ ދައްކަން އަހަރެން ފަހެއް ނުޖެހެއެވެ. “ޝިޒާން […]
ނޯޓު: ދިމާވި ކުއްލި ކަމެއްގެ ސަބަބުން ވާހަކަ ގެނެސް ނުދެވި ލަސްތަކެއްވެފައިވާތީ ކިޔުންތެރިންގެ އަރިހުން ނިހާޔަތަށް މަޢާފަށް އެދެން. އިންޝާﷲ އަނެއްކާވެސް ހަފްތާއަކު 3 ދުވަހު ވާހަކަ ގެނެސް ދެވޭތޯ މަސައްކަތް ކުރަމުން ދާނަން. ********************************************************** ޒިންމާދާރު ފިރިއެއްހެން ޑޮކްޓަރު ކީ ހުރިހާ އެއްޗަކަށް “ލައްބަ” ކިޔަމުންދިޔައިރު އަހަރެންނަށް އޮވެވުނީ ޒިވިއަލްއާއި ދިމާއަށް ބަލަހައްޓައިގެންނެވެ. ސްކޭން ކުރުމަށް ހޭދަކުރި ފަނަރަ ވަރަކަށް މިނެޓް ތެރޭގައި އެންމެ ފަހަރަކުވެސް ޒިވިއަލް އަހަރެންނާ ދިމާއަށް ބަލާނުލައެވެ. އޭރުވެސް އަހަރެން ހިތަށް […]
” ދައްތަ މިހިރީ އަދި މެންދުރު ނަމާދުނުކޮށް އެއާޕޯޓުންއައިގޮތަށް.. ނަމާދުކޮށްލަން އެކޮއެ ކޮޓަރިއަށް ވަދެލަންތަ” އަހަރެން އަވަސް އަވަހަށް އާނއެކޭ ބުނެ ކޮޓަރި ހުޅުވާލަދީ އެމީހާ ނަމާދުކޮށްގެން އަންނަންދެން ސޯފާގައި އިށީނީމެވެ. ” ކޮބާ ނަސީމައްތަ؟” ކުޑަކޮށް ނިދިޖެހިފައި އިންދައި އަހަރެން ސިހުނީ ޒިލާލްގެ އަޑަށެވެ. “ނަމާދުކޮށްލަން އަހަރެން ކޮޓަރީގަ” އަހަރެން ހަމަޖެހިލަމުން ޖަވާބުދިނީމެވެ. ޒިލާލްވެސް އައިސް ސޯފާގައި އިށީނދެލީ އެ މީހާ ނަމާދުން ފައިބައިގެން ނުކުންނާނެ އިރެއްގެ އިންތިޒާރުގައެވެ. އެ ގޮތުގައި މާގިނަ އިރަކު އިންނާކަށް […]
” އެހެންވީމަ ތި ހަމަ ޖެހުނީއެއްނު… އަހަރެމެން ކައިވެރި ރުޖޫޢަކުރާނީ…. ވަކިން ތަނެއް ހިފާފަ ބޭރު މީހަކާއިއެކު އެކަނިވެރި ދިރިއުޅުމަކަށް އަހަރެން ދާނީ…. ކައިވެނި ރުޖޫޢަކުރީތީ ޝިޒާން ގެ އާއިލާ މީހުން ކިޔާނޭ އެއްޗެހި ހަނދާން ކޮށްލަކޮށްލަ އަހަރެން ދެން ހުންނާނީ..ރޭޒަލް އަހަރެން ކައިރިއަށް އަންނާތީ ޝިޒާން ގެ އާއިލާ ރޭޒަލް އައި ދޭތެރެވޭސް ހިތްހަމަ ނުޖެހޭނީ….ޝިޒާން ރޭޒަލް އަށް ދޭ ވަގުތަށްވުރެ ދަރިފުޅު ކައިރީ ހޭދަކުރާ ވަގުތުގިނަވެ ރޭޒަލްއަށްވެސް ހިތްހަމަޖެހުމެއް ނުލިބި… ދެން ކުރުކޮށް ބުނަންޔާ […]
“ހިނގާ ޝިޒާންވެސް ގޮވައިން ތިން މީހުން މީޓުކޮށްލަމާ؟ މިރޭ 8 ހާއިރު ސްކައި ފޯލް ރަނގަޅުވާނެއެއްނު؟ ރޭޒަލް އެގަޑިއަށް އެތަނަށްދޭ.. އަހަރެން ޝިޒާންއަށް ގުޅައިގެން އެގަޑިއަށް ގެންދާނަން… ޑޯންޓް ކްރައި ލައިފް އިޒް އަ ލެސަން..ސީ އައި ގޮޓް ޝިޒާން އެންޑް ޔޫ ގޮޓް ހިޒް ފެމެލީ.. ކިހާ އަން ފެއަރ ދޯ” އެގޮތަށް އެއްބަސްވެސް ރޭޒަލް ގެއަށް ދިޔައީ 8 ޖަހާއިރު ސްކައިފޯލްއިން ބައްދަލުކުރުމަށް ނިންމައިގެންނެވެ. ރޭޒަލް ދޮރުން ނުކުތުމާއިއެކު ޒިލާލް ދޮރުހުޅުވާލާފައި ނުކުތެވެ. ހީވީ […]
“އަހަރެންނަށް އެނގޭ އީމްގެ ހިތުން ޖާގަ ދެވުނު ހަމައެކަނި ފިރިހެނަކީ ޝިޒާންކަން. އަނެއްކާ ތި ކުޑަ ދަރިފުޅަށްޓަކައިވެސް ދެމީހުންގެ ގުޅުމެއް އެއްކޮށް ކެނޑިގެން ނުވެސް ދާނެކަން. އީމް ތިހާލުގައި އިންދަ އަހަރެން އީމް ބޭނުމޭ ބުނުންވާނީވެސް ވަރަށް ލަދުވެތިކަމަކަށް.ޓޮކްސިކް ރިލޭޝަންޝިޕްއަކުން ރިކަވާވާންވެސް ޔޫ ވިލް ނީޑް ޓައިމް. އެހެންވީމަ އައިވޮންޓް ޕްރޮޕޯސް ޔޫ….. އައި ޑޯންޓް ވޯންޓު ފޯސް ޔޫ ޓު ލަވް މީ އޯ ޑިވެލޮޕް ފީލިންގްސް ފޯމީ……ބަޓް ޔޫ ވިލް އޯލްވޭސް ބީ މައި […]
“ބޭބީ ޒީ ޑޯންޓް ލައިކް މީ” ތުންދަމާލަމުން ޒިލާލް އެހެން ބުނިއިރު އަހަރެމެން އިތާ ހައުސް އާއި އަރާހަމަވީއެވެ. ގޭތެރެއަށް ވަނުމަށްފަހު ޒިލާލް އަވަސްވެގަތީ ފެންވަރާލަން ދިޔުމަށެވެ. ” ފެންވަރައިގެން ދެން ނިދާނީ.. ހެނދުނު ބްރެކްފާސްޓަށް ދާނީ ބުފޭއަށް ދޯ؟ 7 އަށް ރެޑީ ވައްޗޭ.ގުޑް ނައިޓް” އަހަރެންވެސް ޒިލާލްއަށް ބާއްޖަވެރި ރެއަކަށް އެދެމުން ކޮޓަރިއަށް ވަދެ އޮށޯވެލީ ނިދޭތޯއެވެ. ނަމަވެސް އެތަށް އިރެއް ވެގެން ދިޔައިރުވެސް އަހަރެންގެ ލޮލަށް ނިދީ ގެ ކުޑަނަމަވެސް ކަންފުޅެއް ވާގޮތެއް […]
“ވަރުބަލިވެއްޖެއްޔާ ބުނައްޗޭ.. ބަގީ ގެނެސްދޭނަން އޭރުން” ޖެޓީއިން ވެލިގަނޑުމައްޗަށް ފައިބަމުން ޒިވިއަލް ބުނެލި އެއްޗަށް އެއްވެސް ބަހެއް ނުބުނެ ހަމައެކަނި ހީލުމަކުން ޖަވާބުދިނީމެވެ.އަހަރެންވެސް ހުރީ ހިނގާލަންދާން ބޭނުންވެފައެވެ. ޝިޒާންއާއިއެކު ހޭދަކުރި އެއްއަހަރު ދުވަސް ތެރޭ އެއް ފަހަރުވެސް މި ގޮތަށް އެކަނިވެލާ ހިނގާލާކަށް ނުދަމެވެ. ވަގުތު ނުވާތީ ރަށުން ބޭރަށް ދެމީހުން އެކުގައި ދެވިފައެއް ނުވާނެއެވެ. އެންމެ ލޯބިންވެސް ހޭދަވާ ވަގުތަކީ ސައިކަލު ބުރުޖަހާލުން ނުވަތަ ރެސްޓޯރަންޓަކުން ކާލަން އެދާ ވަގުތުތަކެވެ.ދެން އަނެއްކާ މިފަދަ ފުރުޞަތެއް ދެން […]