ހުރިހާ ކިޔުންތެރިންނަށްވެސް ފިތުރު ޢީދުގެ ހެޔޮ އެދުމާ ތަހުނިޔާ އަރިސްކުރަން! ************************************************************************************ ޝިފާ ގެއަށްލުމަށްފަހު އަހަރެމެން ގެއަށް ދިޔައިރު 9 ޖަހަނީއެވެ. އަހަރެން ކޮޓަރިއަށްވަދެ އޮޝޯވެލީ އަރާމްކޮށްލުމުގެ ބޭނުމުގައެވެ. ނަމަވެސް މާ ގިނައިރުތަކެއް ނުވެ ލޮލަށް ނިދި ސަވާރުވިއެވެ. އަހަރެންނަށް ހޭލެވުނީ މެންދުރު އެކެއް ޖަހަނިކޮންނެވެ. ފުންމައިގެން ތެދުވެ ފެންވަރާލުމަށްފަހު ނަމާދުކޮށްލައިގެން ބޭރަށް ނުކުތީ މެންދުރު ކެއުމަށް ކޮންމެވެސް އެއްޗެއް ތައްޔާރުކޮށްލުމަށް ނިންމައިގެންނެވެ. ނަމަވެސް ސިޓިން ރޫމަށް ނުކުތްއިރު މޭޒުމަތީގައި ހުރީ ކާންހަދާފައެވެ. އެހެންކަމުން ފިހިގަނޑު ނަގާ […]
“އިޒް ޔުއަރ ބްރޯ އޯލްވޭސް ލައިކް ދިސް؟” ޒިވިއަލް ދިޔުމުން އަހަރެން ޒިލާލްއާއި ސުވާލުކޮށްލީމެވެ. ” ނޮޓް ރިއަލީ. ޢާންމުކޮށް މާ ކަންކަމާ ބެހޭ ބަސްކިޔާ މީހެއް ނޫން އެއީ. ޔެސް.. ބުނަން ބޭނުން އެއްޗެއް ބުނެލާފަ ދާނީ… އެކަމަކު ސަމްތިން އިޒް ނޮޓް ރައިޓް. ނޭނގެ. ވެދާނެ އީމް ޕްރެގް ވީމަކަމަށް. މިއަދު ޝިޒާން އައިސް ހުރިތަން ފެނުނީކަން ޔަޤީން” ޒިވިއަލްގެ ޢަމަލުތައް ހުންނަ ގޮތުން އޭގެން ދޭހަކުރަން ވީ މާނައެއް ޚުދު އަހަރެންނަށްވެސް ނޭނގެއެވެ. […]
“ވަރި ސާބިތެއްވެސް ނުކުރާނަން. އެހެން މީހަކާ އިނަކަވެސް ނުދޭނަން. ތި އީމާން ހުންނާނީ ހަމަ މި ޝިޒާންގެ މީހެއްގެ ގޮތުގަ. މަގޭ ދަރީގެ މަންމަގެ ގޮތުގަ” ޝިޒާން ފޯނު ކަނޑާލުމާއިއެކު އަހަރެން މައި ނޭވާއެއް ބޭރުކޮށްލީމެވެ. ޝިޒާންއާއި މިގޮތަށް ކުރިމަތިލާނެ ހިތްވަރު ލިބުމުން އަހަރެންގެ ހިތަށް ބުނެދޭން ނޭނގޭ ކަހަލަ ހިތްހަމަ ޖެހުމެއް ލިބުނުކަހަލައެވެ. ޖެހިގެންއައި ދުވަހެވެ. އާދައިގެމަތިން ފަތިސް ނަމާދުކޮށްލުމަށްފަހު ސައިތަށްޓެއް ބޯލުމަށް ސޯފާގައި އިށީނދެލީ ޓީވީ ހުޅުވާލަމުންނެވެ. ސޯފާގައި ހަމަޖެހެނުލެވެނީސް ކޮޓަރި ހުޅުވާލާފައި ޒިވިއަލް […]
“ޔަޤީންތަ އީމާން ބޭނުންކަން ފެމެލީ ހޯދަން؟ އަހަރެންނަށް ފަހަރުގަ އެހީއެއް ވެވިދާނެހެން ހީވާތީ” ހައިރާންކަމާއިއެކު ޒިވިއަލްއާއި ދިމާއަށް ބަލާލެވުނީ އަހަރެންނަށް އިވުނީ ރަނގަޅަށްހެން ހީނުވާތީއެވެ. “ޔެސް. ރަނގަޅަށް ތިއިވުނީ.” ޒިލާލް އަނެއްކާވެސް ވާހަކަ ދައްކަން ފެށީ އަހަރެން ހުއްޓުންއަރާފައި އިނީމައެވެ. “އަހަރެންނަށް އީމާން އަލަށް ފެނުނީ މީގެ ދޮޅު އަހަރެއްހާ ދުވަސްކުރިން އާސަހަރާއިން. އަހަރެންގެ މަންމަގެ ކުޑައިރުގެ އެކުވެރިއެއް ނިޔާވަގެން މޫނު ދެކިލަން ސަހަރާއަށް ގެންގޮސްދޭން އެދުނީމަ މަންމައާއި އެކީ ދިޔައީ. އެދުވަހު އެތަނުން އީމާން ފެނުނީ. […]
“ކޮންތާކަށް ބޮޑު ފަތިހާ ދޮންބެ އެދިއައީ؟” ޒިވިއަލް ނުކުތީއްސުރެ އަހަރެންގެ ހިތުގައި އުފެދިފައިވާ ސުވާލު އަހަރެން ޒިލާލްއާއި އަމާޒުކޮށްލީމެވެ. “މާ ފުށްޓަށް އެދިޔައީ. ވިޔަފާރީގެ ހުރިހާކަމެއް ކަހަލަ ގޮތަކަށް ބަލަހައްޓާނީ ދޮންބެ. ޒިލާ ބަލަހައްޓަނީ މާލޭ އޮފީސް އެކަނި.” “ކޮން ކަހަލަ ވިޔަފާރިއެއް؟ ކޮބާ ޕޭރަންޓްސް” ސުވާލަކަށްފަހު ސުވާލެއް ޒިލާލްއާއި ކުރަމުންދިޔައީމެވެ. “ސާބަހޭ! ތިއުޅެނީ ޒިލާ ކޯޓަށް ހާޟިރުކޮށްގެންތަ؟” ދެމީހުން އެއްކޮށް ހޭން ފެށީމެވެ.އަދި ޒިލާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. ” ޕްރޮބެބްލީ ޒިލާ ބައްޕަގެ ނަން […]
” އަހަރެންނަށް އިނގޭ އީމާން ޕްރެގްކަން. ދުށިން ޓެސްޓްކިޓް. މަންމަ ކައިރީވެސް ބުނިން. ދެ ކޮއްކޮ ކައިރީވެސް ބުނިން. އެއްވެސް މީހަކު އެހާ އުފަލެއް ނުވި. އަހަރެންނަށްވެސް ވާންވީ އުފާކަމެއް ދެރަކަމެއް ނޭނގެ. މިއޮއް މައްސަލަގަނޑު ތެރޭގަ ރަނގަޅު ގޮތުގަ ކުއްޖަކު ބަލާބޮޑު ކުރެވޭނެތަ؟ އީމާން ބޭނުންތަ ދަރިއެއް؟” އަހަރެންގެ ލޮލުން ކަރުނަ ހިކި ބުނެދޭން ނޭނގޭކަހަލަ ސިހުމެއް ލިބުނުކަހަލައެވެ. މިއީ އަހަރެން އެހާ ލޯބިން އުޅުނު ޝިޒާން ހެއްޔެވެ؟ މިހާ ބޮޑަށް ބަދަލު ވީ ކޮން […]
“ތި މީހުންނަށް ޝުކުރުއަދާކުރާނޭ ގޮތެއްވެސް ނޭނގޭ! ތި މީހުން ނެތް ނަމަ މިއަދު އަހަރެންނަށް ޖެހޭނޭ ހާލެއް އިހްސާސްވެސް ކުރަން އުނދަގޫ! ދުވަހަކުވެސް ތިޔަ ހެޔޮކަން އަހަރެން ހަނދާން ނައްތައެއް ނުލާނަން” އަހަރެންނަށް ވާހަކަ ދެއްކުނީވެސް ރޮމުން ރޮމުންނެވެ. “ދެން މާ ސެންޓި ނުވެބަ! އަހަރުންނަށްވެސް ރޮވިދާނެއޭ” ޒިލާލް މަސައްކަތްކުރީ އަހަރެން ހެއްވާލެވޭތޯއެވެ.ހަމަ އެވަގުތު ކޮޓަރި ދޮރުގައި ޓަކި ދިން އަޑު އިވުނެވެ. އެއާއިއެކު ޝިފާ ތެދުވެގެންގޮސް ދޮރު ހުޅުވިއެވެ. “ދޮންބެ” ޝިފާ އެހެން ބުނިއިރު މީހަކު […]
ފާހާނާކޮށްލުމަށްފަހު ބަދިގޭގެ ކަންކަން ނިންމާލާ ސިޓިން ރޫމް ފޮޅާލުމަށް ފިހިގަނޑު ނެގުނުކަން އަހަރެންނަށް އެނގުނެވެ. އެ އާއިއެކު ބޮލަށް އެރި އެނބުރުމާއިއެކު އަހަރެން ތަޅުން މައްޗަށް ވެއްޓުނެވެ. ހޭވެރިކަން ވީއިރު އަހަރެން އޮތީ ސިޓިން ރޫމް ސޯފާގައެވެ. އޭރުވެސް ޒިލާލް އިނީ އަހަރެން ބޮލުގައި ފެން އުނގުޅާށެވެ. ފުންމައިގެން ސޯފާމަތިން ތެދުވެވުނީ ގަތް ލަދެއްގެ ބޮޑުކަމުންނެވެ. ” އެހަށް މިތާ އިށީނދެބަލަ ހަމަޖެހިލަންދެން” އަހަރެންގެ ކޮނޑުގައި ހިފަހައްޓައި ސޯފާގައި ބައިންދަމުން ވާހަކަ ދެއްކީ ޒިލާލްއެވެ. ދެކޮޅު ހެދުމެއް […]
މާގިނައިރުތަކެއް ނުވެ ޓެކްސީ ގޮސް ހުއްޓީ 11 ފަންގިފިލާގެ ޢިމާރާތެއް ކައިރިއަށެވެ. ޓެކްސީއަށް ލާރި ދެއްކުމަށްފަހު ފޮށި ނަގައި ގޭގެ ބެލް އަޅާލުމާއިއެކު އެތެރޭން ދޮރު ހުޅުވާލިއެވެ. ބޭރުން ކިތަންމެ ހާވެސް ފުރިހަމަ ގެއެކެވެ. ތިރީގައިވާ ގަރާޖުގައި 2 ކާރާއި ސައިކަލުތަކެއް ޕާކުކޮށްފައި އޮތެވެ. ލިފްޓަށް އަރާ 11 އަށް ފިތާލީމެވެ. ލިފްޓްގެ ގޮސް 11 ވަނަ ފަންގިފިލާއަށް ހުއްޓުމާއިއެކު ދޮރު ހުޅުވުނެވެ. އޭރު ކުރިމަތީގައި ހުރި އެޕާޓްމަންޓް ކުރިމަތީގައި އިސްކޮޅުން ދިގު ފިރިހެން ކުއްޖެއް ނުކުމެ […]