“ކޮންމެސް މީހަކު އަހަރެމެން ވެޑިން ފޮޓޮއެއް ފޮނުވާފަ އިނީ ޝިޒާންއަށް.. ހީ ނޯސް… ނައު އޯކޭ އެއްނު” ފޯނު އެއްކައިރީ ބާއްވާލަމުން އަހަރެން ކުރިންވެސް އިންގޮތަށް ޕޫލަށް ފައިބާލާ އިށީނީމެވެ. އޭރު ޒިވިއަލް ބެގީ ނައްޓާލާ ޕޫލަށް ދެފައި ބާލައިގެން ޑެކު މަތީ އޮށޯވެގެން އޮތެވެ. ” މިތަނުގައިވެސް ޝިޒާން ދަންނަ މީހުން ތިބޭނެއެއްނު.. ރަނގަޅަކަށް އެވީ.. ކީއްވެ ބުރުގާ އެޅީ؟ ” ޝިޒާންއަށް އެނގުނު ގޮތެއް ހޯދުމަށްވުރެ ޒިވިއަލްއަށް އެވަގުތު މުހިންމުވީ އަހަރެން ބުރުގާ އެޅިސަބަބެއް […]
” ވަރަށް ރީތި” ޒިވިއަލް އެހެން ބުނެލުމަށްފަހު ދާން ހިނގައިންނަން ފެށުމާއިއެކު އަހަރެންކަރުގައި އޮތް މަންމަގެ ފަށް އަހަރެން ނަގާ ޑްރެސިން ޓޭބަލް މަތީގައި ބޭއްވީމެވެ. ޒިވިއަލްއަށް ފެންނާނޭ ހެންނެވެ.އަހަރެން ކަރުގައި މިހާރު އޮތީ ހަމައެކަނި ޒިވިއަލް އެޅުވިފަށެވެ. ޒިވިއަލް ހީލަމުން ފަހަތަށް ޖެހެމުން ޖެހެމުން ގޮސް ދޮރުން ނުކުމެގެންދިޔައެވެ. އަހަރެންގެ އެ ކުޑަ ޢަމަލުން ޒިވިއަލްގެ މޫނަށް އެ ވެރިވި ހިނުތުންވުމަކީ މީގެ ކުރިން ދުވަހަކުވެސް ޒިވިއަލްގެ ފަރާތުން ނުފެންނަ ހިނިތުންވުމެކެވެ. އެ ހިނިތުންވުން އަބަދުމެ […]
“އެ ކުއްޖާ މިހާރު މީހަކާ އިނދެ ވަރިކޮށްފަ ހުރީ.. ކުޑަ ކުއްޖެއް ވެސް އޮވޭ” ޒިވިއަލް އެހެން ބުނެލީ ވަރަށް ޖެހެލުންވެހުރެއެވެ. އެހެން ބުނެލިއިރު އިނީ އެއް އިނގިލިން އަނެއް އިނގިލީގެ ނިޔަފަތި ކޮށްޓަންށެވެ. އަދި ދޭތެރެއަކުން އަހަރެންނާއި ދިމާއަށް ބަލާލައެވެ. “ކީކޭ؟ ކާކު އެއީ؟ އެކަމަކު ދަރިފުޅުގެ އަލަތު ކައިވެންޏޭ ތީ… ފުރަތަމަވެސް ދޮންބައަކަށްތަ ވާން ތި ވިސްނީ؟” ސަމީރުބޭ އެހެން ބުނެލިއިރު ފަހަތުން ޚަދީޖައްތަ ” ސަމީރޫ ކީކޭހޭ ބުނާ އަޑު އިވުނެވެ.އެއާއިއެކު ސަމީރުބެ […]
ހުއްޓުންއަރާފައި އަހަރެންނަށް ފާރުކައިރީ އިނދެވުނީ ގޭ ދޮރު ލައްޕަންވެސް ހަނދާން ނެތިފައެވެ. ދޮރު ހުޅުވިފައި ހުރިކަންވެސް އެނގުނީ މީހަކު ދޮރުމަށްޗަށް އެރިކަމުގެ އިހްސާސެއް ކުރެވިގެންނެވެ. އިސް އުފުލާ ދޮރާއި ދިމާއަށް ބަލާލެވުމާއިއެކު އިންތާ އިނދެ އަނެއްކާވެސް އަޑުން އަޑުނަގާ ރޯންފެށުނެވެ. ” ޝްޝްޝް.. ހުއްޓާލާ…” ޒިވިއަލްވެސް މުށިތައްމަތީ އިށީނދެ އެ ބިޔަ ހަށިގަނޑުގެތެރޭގައި އަހަރެން ބޮނޑިކޮށްލިއެވެ. އަހަރެން އެއިންގޮތަށް އިނދެ ހިތް ފުރެންދެން ރުއީމެވެ. އެ ހުރިހާ އިރަކު ޒިވިއަލް އަހަރެން ގައިގައި ބައްދާލައިގެން މުށިތައް މަތީގައި […]
ކޯޓުން ގެއަށް އައިސް ވަތްއިރުވެސް ޒިވާ އޮތީ ނިދާފައެވެ. އެހެންކަމުން އަހަރެން އަވަސް ވެގަތީ ޒިވާ ހޭލަންވާއިރަށް ގޭތެރެ ކުނިކަހާލާ ހަދާލެވޭތޯއެވެ. ގޭގެ މައި ދޮރަށް ފުރަގަސްދީގެން ކުނިކަހަން ހުއްޓައި ސިއްސައިގެން ދިޔައީ ފަހަތުން މީހަކު އައިސް ކޮނޑުގައި ހިފުމުންނެވެ. ކުއްލި ހަރަކާތަކާއިއެކު ފަސް ބަލާލެވުނު ހިނދު ދެލޯ ބޮޑުވީ ހައިރާން ވީވަރުންނެވެ. “ޝިޒާން!” އަހަރެންނަށް ހަމައެކަނި ބުނެވުނީ އެހެންނެވެ. ޝިޒާން އެއްވެސް އެއްޗެއް ނުބުނެ އެނބުރި ގޮސް ނިދާފައި އޮތް ޒިވާ ނަގާ އުރާލިއެވެ. އެއާއިއެކު […]
” ދޮންތަ ނިޔާވިކަންވެސް އެނގުނީ ވައިބަރ ގުރޫޕަކުން.. ހަމަ އެނގޭއިރަށް އެންމެ އަވަހަށް ފުރި ފްލައިޓުން މާލެ ދިޔައިން. އެކަމަކު އޭރު ހުރިހާ ކަމެއް ނިމިއްޖެ. ގާތްގަނޑަކަށް ބާވީސް އަހަރު ވަންދެން ނުފެނި ހުރެ ދުނިޔެ ދޫކުރީ.. އެންމެ ފަހުފަހަރަށްވެސް ބަލާލުމުގެ ފުރުޞަތު ނުލިބުން” ތުއްތަ ވާހަކަ ދެއްކީ ރޮމުން ރޮމުންނެވެ. ” ދެން އެ ވާހަކަ ނުދައްކާ ތުއްތާ..މި ކޮޅަށް ތިއައީ ކޮންކަމަކު.. ކޮބާ ފިރިމީހާ؟” މިހާރު ޑިވޯސް. އެހެންވެ މި ކޮޅަށް ބަދަލުވާންކަމަށް މި […]
ބޯޑިންއަށް ގޮވުމުން އެތެރެއަށް ވަންނަން ދަމުންވެސް ކުޑަކޮށް މަޑުކޮށްލީ ޒިވިއަލް ސަލާންކޮށްލާތޯއެވެ. އޭގެ ބަދަލުގައި އަތް ދިއްކުރީ ޝިޒާންއެވެ. ކުޑަކޮށް ޝިޒާންއާއި ސަލާން ކުރުމަށްފަހު ބަރު ހިތަކާއިއެކު އެތެރެއަށް ވަދެގެން ދިޔައީ ޒިވިއަލް ސަލާން ނުކޮށްލިތާގައި އަނަގއިންވެސް ނުބުނީމައެވެ. އަހަރެމެން އެއާޕޯޓުން ނުކުތްއިރު އަހަރެމެން ބަލައި ސަމީރުބެމެން އުމުރު މީހަކު އައިސް ހުއްޓެވެ. އެ މީހާ ފެނުމުން ހީލާފައި ސަމީރުބެ ސަލާންކޮށްލިއެވެ. ” ކޮބާ މޫސަބޭ.. މިކޮޅުގެ ކަންކަން ރަނގަޅުތަ” ” އަލްހަމްދުލިﷲ…ވަރަށް ބަރާބަރަށް ދަނީ ގެސްޓް […]
ޒިލާލްއާއި ޝިފާގެ ރަންކިޔުމުގެ ހަފްލާ ކުރިއަށް ގެންދިޔައީ ހަމައެކަނި އެއްބަނޑު ކުދިންނާއި ދެ ހެކިވެރިންނާއިއެކުގައެވެ. ރަންކިޔުމުގެ ހަފްލާ ނިމުމުން ރޭގަނޑުގެ ކެއުމެއް ތައްޔާރުކޮށްފައި ހުއްޓެވެ. އަހަރެން އެގެއަށް ދިޔައީ އެރޭ މަޑުކުރާގޮތަށެވެ. ހުރިހާ އެންމެންގެވެސް އެދުމުގެ މަތީންނެވެ. ރަންކިޔުމުގެ ކަންކަން ނިމޭއިރު ލަސްވާނެތީ، އެގަޑީ ޒިވާ ގޮވައިން ކަނޑު ދަތުރެއްކޮށްފައި ދިޔުމަށް ޚަދީޖައްތަވެސް ސަމީރުބެވެސް ދެކޮޅުވީމައެވެ. މާ ބޮޑަށް އަހަރެން އެކަމާއި ނުހިފައި އެއްބަސްވީ، އަހަރެން ފުރުމުގެ ދުވަސްވެސް ކައިރިވަމުން އަންނާތީ އެ މީހުންވެސް ހިތްހަމަ ޖައްސައިދިނުމުގެ […]
…… ދެތިން މަސްދުވަހު އައްޑޫގައި ކުއްޔަށް ތަނެއް ނަގައިގެން މަޑުކޮށްލުމުން ދެން ދިރިއުޅުން ބައްޓަން ކުރާނެގޮތެއް ހޯދުމަށް ފަސޭހަ ވާނޭކަމުގައި އަހަރެންނަށް ވިސްނުނެވެ. އައްޑޫއިން ވަޒީފާއެއް ހޯދަން ޖެހުނަސް މި މުއްދަތުގެ ތެރޭގައި އެކަންވެސް ކުރެވޭނޭ ނޫންހެއްޔެވެ. ޒިވިއަލްވެސް އާ ހަޔާތެއް ފަށައި ދިރިއުޅުން އާރާސްތު ކުރަން ވިސްނާނީވެސް އަހަރެން ލޯމަތިން ގެއްލުމުންނެވެ. ކިތަންމެ ލޯބިވިއަސް ލޯ ކުރިމަތިން ގެއްލުމުން ހަނދާން ނައްތާލަން ފަސޭހަވާނޭކަމުގައި އަހަރެންނަށް ޤަބޫލު ކުރެވުނެވެ. އަހަރެން އައްޑޫއަށް ދާން ވިސްނާ ވާހަކަ އެންމެ […]