” ކީކޭ ޑޮކްޓަރު ބުނީ” އަހަރެންގެ ސުވާލާއެކު މުޅިތަނަށް ވެރިވީ ހިމޭންކަމެވެ. އިޖާޒް އެއްވެސް އެއްޗެއް ނުބުނެއެވެ. އަހަރެންގެ ގައިގައި އިހުނަށްވުރެ ބާރަށް ބައްދާލިއެވެ. “ކަމެއް ގޯހީތަ؟” އަހަރެން އިޖާޒްއާއި ވީ ފަރާތަށް އެނބުރުނީމެވެ. އިޖާޒްގެ ލޮލުން ފެން ފާއްދާލިއެވެ. އީރާ ދުނިޔެއަށް އައިދުވަހު އިޖާޒް ރުއީ އުފަލުންނެވެ. އެކަމަކު އެރޭ އެދެލޮލުން އަހަރެންނަށްފެނުނީ ހިތާމައެވެ. ” ނެކްސްޓް މަންތް އޮޕަރޭޝަންއަށް ރެޑީވާށޯ ބުނީ. ދެވަނަ ޓާމް ބަންދުވެސް ވާނެ އެއްނު އޭރުން ދާންވީ ކަންނޭގެ. މާދަން […]
މިގޮތުގެމަތިން އިޖާޒް ޑޮކްޓަރަށް ދައްކަން އަހަރެންގެ ބައްޕައާއިއެކު ދިޔަ ފަހަރެކެވެ.އަހަރެންގެ މަންމަވީ ސްކޫލްގައެވެ. މަންމައަށް ގެއަށް އާދެވޭނީ ޢާންމުކޮށް ދޭއްގެ ފަހުންނެވެ. އިޖާޒްގެ މަންމަ އާއި ބައްޕަވެސް އެދުވަހު ދިޔައީ ކުޅުދުއްފުށްޓަށް މަންމަ ޑޮކްޓަރަށް ދައްކާލަންށެވެ. އަހަރެންނާ އީރާ ނުދިޔައީ ކަނޑުގަދަވީމައެވެ. މަންމަމެން ދިޔައީ ހެނދުނު ގޮސް ހަވީރު އަންނަގޮތަށެވެ. އެހެންކަމުން ގޭގައި ތިބީ އަހަރެންނާއި އީރާ އެކަންޏެވެ. އަހަރެން މަންމަ އިންޓަވަލް އަށް ގެއަށް އައިސް ލައިތްއަށް ސައި ހަދާދީފައި ، ލައިތް އައުމުން ސައިތަށްޓެއް […]
“އާޔާ ކޮބާ އީރާ؟” އަހަރެން ހިނގައިގަތް ތަނުން ބައްޕަ ވާހަކަ ދެއްކުމުން ފަސްދީފައި ދާކަށް ނުކެރުނެވެ. “އިޖާޒް މަންމަ އަތުގައި.” އަހަރެން މަޑުމަޑުން ބުނެލުމަށްފަހު އިތުރު އެއްޗެއް ބައްޕަ ބުނަންވާއިރަށް ބަދިގެއަށް ވަދެފީމެވެ. އަހަރެންގެ މޭތެޅެއެވެ. ގައިބާރު ދޫވެދާހެން ހީވިއެވެ. އަވަސް އަވަހަށް ގޮސް އަލަމާރިން ފެންފޮދެއް ނަގާ ބޯލީމެވެ. ބިރިޔާނީ ކައްކާ ނިންމާ ސެލެޑް ތައްޔާރުކުރަނިކޮށް އީރާ ރޯ އަޑު އިވުނެވެ. އެ ވަގުތު އިޖާޒްގެ މަންމަ އައިސް ބަދިގެއަށްވަނެވެ. “ދަރިފުޅާ އެމަންޖެ ބަނޑުހައިވެގެން އެ […]
” އާން ކުއްޖަކު ގޮވައިގެން އަންނަ ވާހަކ ބުނި ކުރިންވެސް. ވަޒީފާއަށްދާ ކުއްޖެކޯ. ކުއްޔަށްތަނެއް ހޯދާތީ ހުސްކޮށް އެހެރަ ކޮޓަރީގަ ބަހައްޓަން ގެނައީއޯ” މަންމަ އަހަރެންނަށް ތަފްސީލް ދިނެވެ. ” އަނެއްކާ އަންހެން ކުއްޖެއްތަ މަންމާ” އަހަރެން ހެމުން ހެމުން އެހެން ބުނެލީމެވެ. “ނޭގެ ދަރިފުޅާ މަންމަވެސް ނުދެކެން އަދި. އަންހެން މަންޖެއެއްވެއްޖެއްޔާ ތިގެއަށް ބަދަލުކޮށްލަ ފާނަމޭ. ހާސްނުވޭ” މައިދައިތަވެސް އަހަރެންނާ އެއްބައިވެލާ ސަކަރާތްޖަހާލިއެވެ. ކާން ހަދާ ނިމުމުން މަންމަ ދިޔައީ ބައްޕަ ހޯދަން އަހަރެމެންގެއަށެވެ. އަހަރެންވެސް […]
އަހަރެން ވިހަންދާން ގަސްތުކުރީ މާލެއަށެވެ. އަލަތު ދަރިފުޅުކަމަށް ވުމާއިއެކު ރަށުގައި އެދެވޭ ފެންވަރުގެ ވަސީލަތްތައް ނުހުންނާތީ ދެ މީހުންގެ މައިން ބަފައިންވެސް ބޭނުންވީ މާލެ ފޮނުވާށެވެ. އަހަރެންގެ ލޭގެ ގުރޫޕަކީވެސް އޯ ނެގެޓިވް ކަމުން ލޭ އަޅަން ޖެހޭފަދަ ހާލަތެއް އައިސްފިނަމަ އެކަންވެސް ރަށުން ނުވާނެއެވެ. ދުވަސް ފުރުމުގެ 2 ހަފްތާކުރިން އަހަރެންނާއި އިޖާޒް އަދި މައިދައިތަ މާލެ ދިޔައީމެވެ. އަހަރެންގެ މައިންބަފައިންނާއި އިޖާޒް ގެ ބައްޕަ މާލެ ދިޔުމަށް ހަމަޖެއްސީ އަހަރެން ވިހާ ދުވަހުއެވެ. […]
އިޖާޒް ޑޮކްޓަރަށް ދައްކަން ޖެހޭ ދުވަސް އައުމުން ޑޮކްޓަރަށް މާލެ ދިޔައީވެސް ދެމީހުން އެކުގައެވެ. އާ ވާހަކައެއް ނުބުނެއެވެ. ޤަވައިދުން ޑޮކްޓަރަށްދައްކަން ދިޔުމަށާއި ކައިރި މުސްތަގްބަލެއްގައި އޮޕަރޭޝަންއަށް ދާންޖެހޭނެކަމަށް ލަފާކުރެވޭތީ ތައްޔާޜުވުމަށް ބުންޏެވެ. އަދި އޮޕަރޭޝަންއަށް ދާންވުމުން ޑޮކްޓަރު ރިފަރަލް ލެޓަރ އަކާއި އިންޑިޔާގެ އެޕޯލޯ ހޮސްޕިޓަލްގެ ޕްރޮފެސަރަކާއި ވާހަކަ ދައްކާލާ އެޕޮއިންޓްމެންޓް ހަދާދޭނޭ ވާހަކަވެސް ބުންޏެވެ. އަދި އަހަރެމެންނަށް ދެވެންޏާ އޮޕަރޭޝަންގެ ކުރިންވެސް އެކޮޅަށް ގޮސް ޑޮކްޓަރަށް ދައްކާލުން ރަނގަޅުވާނޭ ކަމުގައި ޑޮކްޓަރު ބުންޏެވެ. އަހަރެމެން […]
އެރޭ ރޭގަނޑުވިއިރު އަހަރެންގެ ހިތް އަނެއްކާވެސް ތެޅެން ފަށައިފިއެވެ. އެހެން ރޭރޭ އިޖާޒް އަހަރެންނާ ގާތްނުވާނޭކަން ޔަޤީންވާތީ ހަމަޖެހިލައިގެން އޮވެ ނިދޭނަމަވެސް މިރޭ އިޖާޒް އަހަރެންނާއި ގާތްވެދާނެކަމުގެ ބިރު ހީވާންފެށިއެވެ. އެ ފުރުސަތު އިޖާޒްއަށް ފަހިކޮށްދިނީވެސް އަހަރެންނެވެ. އިޖާޒްއަށް ދިރިއުޅުމެއް ހޯދައި ދިނުމުގެ މަޤްޞަދުގައެވެ. ނަމަވެސް އަދިވެސް އަހަރެންނަށް ފަސްޖެހެވެނީއެވެ. ކޮންމެ ގޮތެއްވިޔަސް ހެޔޮކަމުގައި ނިދަން ތައްޔާރުވެލުމަށް އަހަރެން ފާޚާނާއަށް ވަނީމެވެ. ތަޤުދީރުވެސް އަހަރެމެން ދެމީހުން ގާތްވުމަށް ނޭދެނީއޭ އަހަރެންގެ ހިތަށް އެރިއެވެ. އެވަގުތު ހިތަށް ހިތްހަމަޖެހުމެއް […]
ބެލްކަނީގައި ހުރި އުނދޯލީގައި އިށީނދެލާ ފެނުނު ހުވަފެނާއި މެދު ވިސްނާލީމެވެ. ލައިތް އަހަރެން މަތިން މާބޮޑަށް ހަނދާން ވަނީ ކަންނޭގެއެވެ. ނޫނީ އަހަރެން ލައިތް މަތިން މާ ބޮޑަށް ހަނދާންވަނީއެވެ. ލައިތް އަހަރެން މަތިން ހަނދާން ނައްތާނުލާކަމެއްވެސް ނޭގެއެވެ. ހިޔާލުތަކުގައި އިންދައި އަހަރެން ސިއްސައިގެން ދިޔައީ އިޖާޒް އައިސް އަހަރެން ކައިރީ އުނދޯލީގައި އިށީންނުމުންނެވެ. ” އޯކޭތަ މިހާރު؟ އެހެން ފެންނަ ހުރިހާ ހުވަފެނަކާ މެދު ވިސްނާކަށް ނުވާނެ. ހިނގާ ނިދާލަން. މާދަން އޮފީހަށްވެސް ދާންޖެހޭނެއެއްނު” އަހަރެން […]
އިޖާޒް އުނދޯލިން ތެދުވެގެން އައިސް އަހަރެންގެ ކޮނޑުގައި ހިފައިގެން ކޮޓަރިއަށް ވެއްދީ މަންމަ މެންނަށް ފެނެދާނެތީކަން ޔަޤީނެވެ. ކޮޓަރިއަށް ވަދެ އެނދުމަތީ އަހަރެންއިށީނީމެވެ. އިޖާޒްވެސް އަހަރެންނާ ޖެހިގެން އިނެވެ. “ދެ ދުވަހަކަށް އޮފީހަށް ސަލާމް ބުނެވޭނެތަ” އިޖާޒް އެހެން އަހާލުމުން އަހަރެން އާއެކޭ ބުނެލީ އިޖާޒް އާއިއެކު ދާން ބޭނުންވެފައި ހުރުމުންނެވެ. އަހަރެންނަށް އިޖާޒް ދެކެ ލޯބި ނުވެވުނުނަމަވެސް އަތްބެއްގެ ހައިސިއްޔަތުން އެންމެ ކުޑަމިނުން ފިރިމީހާ ޑޮކްޓަރަށް ދައްކާލަންދާއިރު އަހަރެން ދާން ބޭނުމެވެ. އިޖާޒް ވަގުތުން ފޯނުނަގާފައި […]