“ވަރަށް ހޯދިން ރޭގަވެސް ފެނޭތޯ. އެންމެ ފަހަރަކު ފެނުނީ އެވެސް އެންމެންނާ އެކީ ހުއްޓާ. އެހެންވެ ނުކެރުނީ ވާހަކަ ދައްކާލަން.” އަހަރެންގެ ހިތް އުފަލުން ނަށަންފެށިއެވެ “ކިހިނެއްވީ އެއްޗެއް ނުބުނީ؟ އަނެއްކާ ވާހަކަ ދެއްކީމަ ހިތްހަމަ ނުޖެހުނީތަ؟” އަހަރެންވާހަކަ ނުދެއްކުމުން އެޒުވާނާ އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދިޔައެވެ. “ނޫނެކެވެ. އަހަރެންގެ ހިތް އުފަލުން ނަށަނީއެވެ. ތިޔަ ޒުވާނާ ދެކިލާ ހިތުން ކެތްމަދުވެފައި ހުންނަތާ ކޮން އިރެއް ހެއްޔެވެ” އަހަރެންގެ ހިތް ވާހަކަ ދައްކަމުން ދިޔަނަމަވެސް އަހަރެންގެ ދުލުން […]
ހަމުގެ ކުލަ ދޮން އެ ރީތި މޫނުގެ ދެ ކޯތާފަތާއި ކަރުދޮށްވަނީ ރަތް ކުލައިން ކިލަނބުވެފައެވެ. ތުނބުޅި ހުރީ ތުނިކޮށް ކޮށާލާފައެވެ. ލޮލުގެ ކުލަ އަޅި ބޮޑު ދެލޮލެވެ. ފަން ރީތި އިސްތަށިގަނޑެކެވެ. އޭނާލައިގެން ހުރި މަޑު ނޫކުލައިގެ ޓީޝާޓުގައިވެސް ރަތްކުލަ ހޭކިފައި ހުއްޓެވެ. އޭނާގެ ގައިން ދުވަމުން ދިޔަ މީރު މަޑުމަޑުވަހުން އަހަރެންގެ ހިތް ފުރެގެން ދިޔައެވެ. އެއީ ހަމަ ‘ޓޮމް ފޯޑް” ނޫން އެހެން ވަހެއް ނޫނެވެ. “ނުވެސް ތެދުވާނަންތަ؟ އެހާ ލުޔެއް ނޫނޭ!” […]
ނޯޓް: މި ވާހަކައަކީ އަޅުގަނޑު ވާހަކަ.ކޮމް އަށް ލިޔުނު ވާހަކައެވެ. ” ޢީދު އައީ ހިނިތުންވަމުން.. މީރުވަހުން ޖައްވު ހުވަނދުލަމުން” “ރީތިވިހާ ލަވަކިޔަމުން….. މާމަލުގާ ނަލަ ކުލަ ޖައްސަމުން” ހަމަ ހަގީގަތުގައިވެސް ޢީދު ދުވަސް އަހަރެމެންނާ ބައްދަލުކުރަނީ މޫނުމައްޗަށް ރީތި ހިނިތުންވުމެއް ގެނެސް ދެމުންނެވެ. މާމަލުގައި ރިތި ކުލަ ނުޖެހުނު ނަމަވެސް ،ގައިމުވެސް އެދުވަހުގެ މެންދުރު ވެގެން ދާއިރުގައި ރަށުގެ ގިނަމީހުންގެ މޫނާއި ގައި ހުންނަނީ އެކި ކުލަތަކުން ޖަރީވެފައެވެ. އާދެ، 2002 ވަނަ އަހަރުގެ […]