ސައިތައްޔާރުކޮށް ނިމުމުން ބައްޕަވެސް ގޭގައި ނެތީމައި މައިދައިތަ ދިއައީ މަސްހުނި ތަށި ހިފައިގެން އަހަރެމެން ގެއަށް ލާންށެވެ. އަހަރެން ގޮސް ކޮޓަރިއަށްވަނީ އިޖާޒްއަށް ގޮވާށެވެ. އަހަރެން ކޮޓަރިއަށް ވަތްއިރު އިޖާޒް ސިޑިން މައްޗަށް އަރަނީއެވެ. އަހަރެން ދޮރުހުޅުވުމާއިއެކު ހުއްޓިލާފައި ބަލާލިއެވެ. “ކޮފީއެއް ބޭނުން؟” އަހަރެން އަހާލީމެވެ. “ބްލެކް ހަކުރު ނާޅާ ޕްލީސް. ބެލްކަނީގަ ހުންނާނެ މެޝިންވެސް” އަހަރެން ހީލާފައި އިޖާޒް ފަހަތުން މައްޗަށް އެރީމެވެ. އޭނާ ފާޚާނާއަށް ވަދެ ދަތް އުނގުޅާލައިގެން ނުކުތްއިރު ކޮފީތަށި ބެލްކަނީ މޭޒުމަތީ […]
“މަންމާ. ނުރޮއެބަލަ. އަހަރެން މިދަނީ ކުރިމަތީގަ އެހެރަ ގެއަށޭ. މަންމަ ގޮވާލާ އަޑު އިވޭހާކައިރި. އަހަރެން ގިނައިން އުޅޭނީ މިގޭގައޭ. މަންމަ ލޯ ކުރިމަތިން އަހަރެން ނުގެއްލޭނަން އިންޝާﷲ” އަހަރެން ވާހަކަ ދެއްކީ މަންމަގެ ހިތް ހަމަ ޖައްސާލަދިނުމަށެވެ. “މަންމައަށް އެނގެޔޭ. މަންމަގެ ކުޑަދަރިވެސް ބޮޑުވެ ހަޔާތެއް ފެށީމަ އުފަލުން ރޮވުނީއޭ” މަންމަ ލޯ ފޮހެލަމުން ބުންޏެވެ. “އިޖާޒް. ބައްޕަ މެންގެ ލޮލުގެ ކޮއެ ފަދަ ދަރިއެއް ތީ. ދުވަހެއްގެ ކޮޅުންވެސް އެކުގަ ނޫޅެވޭނެހެން ހީވަންޔާވެސް އެއްވެސް […]
އެރޭގެ 09 ޖެހީ އިޖާޒް އަހަރެމެންގޭގައި ހުއްޓައެވެ. މަންމަ އާއި ބައްޕަ އެވަގުތު ވީ ފިހާރައެއްގައި ކަމުން ގޭގައި އެއްވެސް މީހަކު ނޫޅެއެވެ. އަހަރެން އިޖާޒް ގޮވައިގެން ޓެރަސް އަށް އަރާ ޖޯލީގައިއިށީނީމެވެ. “މިހާރު ވިސްނައި ނިމުނީތަ؟ ވަރަށް އިންތިޒާރު ކުރެވިއްޖެ” އިށީންނަމުން އިޖާޒް ވާޙަކަ ދެއްކިއެވެ. ” އިޖާޒް. ވަރަށް ތެދަށް އަހަރެން ވާޙަކަ ދައްކަން ބޭނުން. އިޖާޒް އަޑު އަހާފަ ގޮތެއް ނިންމާ” އަހަރެންވެސް ޖެހިގެން ހުރި ޖޯލީގައި އިށީނީމެވެ. ” އަނެއްކާ ނޫނެކޭ […]
“އާޔާއަށް، އަހަރެންގެ ހަޔާތުގެ ބައިވެރިއަކަށްވުމަށް މީގެ 11 އަހަރުކުރިން އެދުނީ ލޯތްބަކީ ކޮންޗެއްކަން ނޭނގިއެވެ. ވޭތުވެދިޔަ 11 އަހަރު ތެރޭގައި އަހަރެންނަށް އެއްވެސް އަންހެން ކުއްޖަކު ކަމަކު ނުދިޔައެވެ. ހިތް އެދެމުން ދިޔައީ އާޔާ އައި ދުވަހަކުން އާޔާ އަށް ލޯބި ހުށައެޅުމަށެވެ. އަހަރެންގެ ލޯބި ޤަބޫލުކުރާނެކަމަށް އުންމީދު ކުރަމެވެ.” ހުރިހާ އެއްޗެއް އަލުން ފޮށިގަނޑަށް އަޅާލުމަށްފަހު އެނދު އަޑިއަށް އެ ފޮށިގަނޑު ލީމެވެ. އަދި އެނދުގައި ޖައްސާލީމެވެ. އެތައް ދަމެއް ވެގެން ދިޔައިރުވެސް އަހަރެންގެ ލޮލަކަށް […]
” އަހަރެންގެ ދަރިއަކީ ފައިސަލްގެ ވެސް ދަރިއެއް. ފައިސަލްގެ ދަރީންނަކީ ހަމަ އަހަރެންގެވެސް ދަރިން” ތެދެކެވެ. އިޖާޒް އަހަރެންގެ ބައްޕަ ގެ ކަންކަން ކޮށްދެމުން އައީ އަމިއްލަ ބައްޕައަށް ކަންތައް ކޮށްދޭހާ ލޯބިންނެވެ. މި ދުވަސްތަކުގައި އަހަރެންނާއި އިޖާޒްވެސް އަލުން ރަނގަޅު ރަހްމަތްތެރިންނަށްވިއެވެ. ކުޑައިރު އެކީގައި އުޅުނު ނަމަވެސް އަހަރެންނަށްވުރެ ކުރިން މާލެ ބަދަލު ވީ އިޖާޒް އެވެ. އޭގެ ފަހުން އަހަރެންނަށް އިޖާޒް ނުފެނި ހުރެފައި މި ފެނުނީ މި ފަހަރު ރަށަށް ދިޔުމުންނެވެ. އެހެން […]
ޑޮކްޓަރު އިތުރަށް ބުނެދިނީ ދެ މީހުންވެސް ފުރަތަމަ ގެންދާނީ އައި.ސީ.ޔޫ އަށް ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ 6 ގަޑިއިރުފަހުން ތުއްތުބޭ ކޮޓަރިއަށް ބަދަލު ކުރާނޭކަމަށެވެ. ނަމަވެސް ބައްޕަ ކޮޓަރިއަށް ގެންދާނީ 24-12 ގަޑިއިރުފަހުންކަމުގައިވެސް ޑޮކްޓަރު ބުންޏެވެ. ބައެއް ހާލަތްތަކުގައި ބަދަލު ކުރާ ކިޑްނީ ހަށިގަނޑުން ބަލައި ނުގަންނަކަމާއި އެކަމުން ސަލާމަތްކުރުމަށް ބައެއް ބޭސް ދެމުންގެންދާތީ ވަރަށް ގާތުން ބަލަން ޖެހޭކަމުގައި ޑޮކްޓަރު ބުނެދިނެވެ. މިހެން މެދުވެރިވަނީ މަދު ހާލަތެއްގައި ނަމަވެސް މި ފަދަ ކަމެއް މެދުވެރިވެދާނެތީ އޮބްޒަވޭޝަންގައި […]
“އާނ ދަރިފުޅާ. އެއްވެސް މީހެއްކައިރީ ނުބުނެ ކްރޮސް މެޗް ހައްދައިފި. މަންމަމެންނަށްވެސް އެނގުނީ ޑޮކްޓަރު ދެންމެ އައިސް ބުނީމަ. މަންމަ އަކަށް ނޭނގެ ޝުކުރުވެރިވާނެ ގޮތެއްވެސް. މި ޒަމާނުގަ އާއިލާ މީހުންވެސް އެކަކު އަނެކަކަށް ނުބަލަ. ” މަންމަ ރޮމުން ރޮމުން ވާހަކަ ދެއްކިއިރު އަހަރެންނަށްވެސް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ޒަމާންތަކަކަށްފަހު އުފާވެރިކަމުގެ ކަރުނައެވެ. އަހަރެން އަވަސް އަވަހަށް އެބަގުޅަމޭ ބުނެ ފޯނު ކަނޑާލީމެވެ. އަދި ތުއްތުބޭއަށް ގުޅާލީމެވެ. ފޯނު ނެގުމާއިއެކު ތުއްތުބޭ ވާހަކަ ދައްކަންފެށީ އަހަރެންނަށްވުރެ […]
“ދެން ދަނީ އެނގޭ. ކައިގެން މިއައީ. އެހެން ދުވަހަކުން ކާން އަންނާނަން. އަހަރެން މިކޮޅުގަ މަޑުކުރާގޮތަށް. ބައްޕަ އަށް ޑޯނާރ އެއް ލިބުނީމަ ސާރޖަރީއަށް ދެވޭތޯ ބަލާނީ” ބޭރުން ކާރުގެ ބަރުގޮނު އަޑުއިވުމާއިއެކު އަހަރެން ބޭރަށް ނުކުންނަށް ހިނގައި ގަތީމެވެ. އެރޭ 2 ފިހާރަ އާއި ހަވާލުވެ ތިބި ދެ މީހުންނާއި ރެސްޓޯރެންޓް މެނޭޖަރާއި މޫސަބެއާއިއެކު ބައްދަލުކޮށް ވިޔަފާރީގެ ކަންކަން މަޝްވަރާކުރީމެވެ. އަދި ވިޔަފާރީގެ ކަންކަމުގައޮ ބައްޕަ އަށް ނުގުޅުމަށާއި ސީދާ އަހަރެންނަށް ގުޅުމަށް ބުނީމެވެ. ވައިބަރ […]
“ކޮބާ ބައްޕަ؟ ވާހަކަ ދެއްކޭތަ؟ ބައްޕަ އާއި ވާހަކަ ދައްކާލާފަ ގޮތެއް ނިންމާ” އަހަރެން މަންމަ ގޮވަން އެމެޖެންސީ ރޫމަށް ވަނީމެވެ. ގެނައި އިރަށްވުރެ ކުޑަކޮށް ބައްޕަ އޮތީ ހަމަޖެހިފައެވެ. ނަމަވެސް އަރިކަށީގައި ހިފހައްޓައިގެން ގުދަށް އޮތްއިރު ބައްޕަ ގައިގައި ވޭން އަޅާކަން އަހަރެންނަށްވެސް އިހްސާސުކުރެވުނެވެ. “މާލެ ގެންދަން ހަމަޖައްސަނީމި. އެންމެން ދާނީ ދޯ” އަހަރެން ބައްޕަ އަށް މާ ގިނަ ގޮތްތަކެއް ދޭކަށް ބޭނުމެއް ނުވިއެވެ. “އުނހު. ފިރިހެނަކު ދާން ޖެހޭނެއެއްނު. ތުއްތުބެ އާ މަންމަޔާ […]