(27 ވަަނަ ބައި) “މިއީވެސް އަދި އަމާގެ ފިޔަވަޅުތަކުން ހިނގަން ދިމާކޮއްފައި ހުރި އެއްޗެއް ދޯ.. އަމާހެން ރަނގަޅަށް ހޭއަރުވާލަންވީތަ؟” ރީހާން ކުނޑިކޮޅެއްފަދައިން ޔުމްނު ފޮޅާލުމާއިއެކު އެއްވެސް ބާރެއްނެތި މޫނުވަތަށް ތަރުފާލުމައްޗަށް ވެއްޓި ދަތްދޮޅި ވިދިިގެންދިޔަގޮތުން ކަތުރުކަށިގަނޑުން ނަގައިގަތް ދިލައާއިއެކު ޔުމްނުއަށް ރޮއެގަނެވުނެވެ. “ހޭރޭނެކަމެއްނެތް… ބުނަން ކަލެއަށް ޖެހޭނީ ނުހައިލް ބުނާ ކޮންމެ ގޮތަކާއި ރުހެން… ނުހައިލްއަށް ދެކޮޅު ހެދީ ކަލެއަށް ޓަކައި މަތިން މީހަކު ފައިބައިގެން އަންނާނެކަމަށްތަ؟ ކާކުތަ ބަދުނާމެއް ބޮލުގައި އަޅާ ހިތުން އުޅެނީ… […]
(26 ވަނަ ބައި) ކަރުނުން ފުރިގެންވީ ޔުމްނުގެ ލޮލާއި ނަޒަރު އަމާޒުވެގެންދިޔުމާއިއެކު އުއްކޮޅެއްފަދައިން ހިޒްޔާންގެ ހިތްވެސް ވިރިގެން ދިޔަކަހަލައެވެ. ދިގު އެސްފިޔަތަކުގެ ނިވަލުގައި ފޮރުވިފައިވާ ކަރުނަތައް ފުހެލަދެމުން އޭނަގެ ހިމާޔަތުގެ ތެރޭގައި މުޅި އުމުރަށް އެ ނާޒުކް އަންހެންކުއްޖާ ފޮރުވާލުމަށް ހިތް އެދުނެވެ. ކެފޭގެ އެއްފަރާތެއްގައި ހުރި ހިމަ ބެންޗްއެއްގައި އިށީ ދެލައިގެން ތިބިއިރު ހިޒްޔާންގެ ނަޒަރު ޔުމްނުގެ މޫނާއި ވަކިނުވެެއެވެ. އެ މޫނުމަތީން ހުރިހާކަމެއް ދެނެގަންނަން ހިޒްޔާން މަސައްކަތްކުރަމުން ދިޔަކަހަލައެވެ. ޔުމްނުގެ ހުރިހާ ސިއްރުތަކެއްގެ އެންމެ […]
(25 ވަަނަ ބައި) “ރީހާން… އަހަންނަށް މައާފުކުރޭ… އާދޭސްކޮށްފައި މިބުނީ…” ނޭނގި ހުއްޓާ މުށުތެރެއިން ބާޒީ ދޫވެގެން ދިޔުމުން ޝެރީންއަށް ހަދާނެގޮތް ހުސްވިކަހަލައެވެ. އޭނައަށް ރީހާންގެ ފައިދަަށަށް ތިރިވެވުނެވެ. އެންމެ ނިކަމެތި ހާލަތުގައި ރީހާން އޭނައަށް ރަޙުމުކުރާނެކަމަށް އޭނަ ހީކުރިއެވެ. ރީހާންގެ އެންމެ ބަހަކުންވެސް އޭނަގެ ދިރިއުޅުމަށް ނިމުން އައިސްފާނެ އެވެ. “އަދިވެސް ކަންކަން ސިއްރުކޮށް އޮޅުވާލަންދޯ ބޭނުންވަނީ….” އޭނަގެ އަތުގެ ތެރޭގައި އޮތް ޝެރީންގެ އަތްތިލަ ފޮޅުވާ ލަމުން ރީހާން ބުނެލިއިރު އެއަޑުގައި ފޫހިކަންވިއެވެ. ޝެރީންގެ […]
(24 ވަނަ ބައި) “ޒެޑް ކޮންސްޓްރަކްޝަން” ގެ ފަރާތުން ހުށަހަޅައިދިން ޕްރެޒެންޓޭޝަން ނިމުމާއިއެކު ހިޒްޔާން ގޮނޑިން ތެދުވިގޮތަށް ރޫމްއިން ނިކުންނަން ދިޔައެވެ. އެވަގުތު ޒެޑް ކުންފުނީގެ މުވައްޒަފުންނަށް ތަރުހީބު ދިނުމުގައި ހުރިހާ ބައިވެރިން އުޅުނު ކަމީވެސް ނަސީބެވެ. އެހެން މީހެއްގެ ނަޒަރުގައި އަޅައިނުގަނެ އައިކަންއަށްވެސް މިލާންއާއިއެކު ސެމިނަރ ރޫމްއިން ނިކުމެވުނެވެ. “ޒޭން… މަޑުކޮށްބަލަ… ޒޭން…” އައިކަންއަށް ސެމިނަރ ރޫމްއިން ނިކުމެވުނުއިރު ހިޒްޔާން ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ހޯލްއިން ނިވާވަނީއެވެ. އޭނަ ދުވެފައި ކަހަލަގޮތަކަށް ގޮސް ހިޒްޔާންއާއި އަރާހަމަކުރިޔަސް […]
(23 ވަނަ ބައި) “ޝިފާންއަށް ދުވަހަކުވެސް އަހަންނާއިމެދު އެކުވެރިއެއްގެ ނަޒަރަކުން ނުދެކެވޭނެ… އަހަންނަކީ ޝިފާންގެ ފުރަތަމަ ލޯބި… އެކަން ބަދަލުކުރެވޭނެތަ؟ އަހަރެން ބޭނުމެއްނޫން އަންޖުއަށް ދެރައެއް ލިބޭކަށް… ވެދާނެ އަހަރެންގެ ހަޔާތަށް މިއެޅުނީ ޝެރީންގެ ބަދުދުއާތަކުގެ ހިޔަނިކަމަށްވެސް… އިތުރު މީހެއްގެ ހިތުގެ ކިލަނބުކަމާއި ކުރިމަތިލާނޭހާ ހިތްވަރެއް އަހަރެންގެ ގަޔަކު ނެތް ޝިފާން…” ޝިފާންއަށް ފަސްދިންގޮތަށް ދެލޯމަރާލައިގެން ހުރެ ޔަންހާ ވާހަކަދަައްކަމުންދިޔައިރު އެ ކޯތާފަތް މަތީގައި ކަރުނައިގެ ސައިލެއް ދެމެމުންދިޔައެވެ. ޝިފާންއަކީ ވަފާތެރި ފިރިއަކަށްވާނެކަމާއިމެދު އޭނަ ޝައްކެއް ނުކުރެއެވެ. […]
(22 ވަނަ ބައި) ލޮލުން އޮހިގަތް ކަރުނަތަކާއިއެކު ޝިފާންއަށް މޫނުމަތީގައި އަތްއަޅާ ފޮރުވާލެވުނެވެ. އެތައް އަހަރުތަކެއްފަހުން އެފަދަ ނާޒުކް ފައްތަރެއްގައި ޔަންހާ ހުއްޓާ ޔަންހާއާއި އޭނަ ދިމާވާންވީ ކީއްވެގެންހެއްޔެވެ؟ މިދުނިޔެމަތީން އޭނައަށް ޔަންހާ ނުލިބުނަސް ޔަންހާއަށް އުފާވެރި ހަޔާތެއް ލިބުމަށް އޭނަ ހާދަ ވަރަަކަށް އެދެވުނެވެ. އަހަރުތަކެއްކުރީން އެދެމެދުގައިވީހާ ގުޅުމެއް ނިމިގެންދިޔަޔަސް ޔަންހާއަކީ އަދިވެސް އޭނަގެ ފުރަތަމަ ލޯތްބެވެ. ޔަންހާގެ ހަނދާނުގައި އެތައް ރެއެއް ހޭދަ ކުރުމަށްފަހު މަޑުމަޑުން ދިރިއުޅުމައިގެން ކުރިއަށް ދެވުނުފަހުން މިހާލަތާއި ކުރިމަތިވުމުން އޭނަ […]
(21 ވަނަ ބައި) ލަސްލަހުން ފަހަތަށް ފިޔަވަޅުތަކަށް ނެގެންފެށިއިރުވެސް ހިޒްޔާންއަކަށް ނޭނގުނެވެ. ވަކިހިސާބަކުން އޭނަގެ ފިޔަވަޅުތައް ހަލުވިގެންދިޔައިރު އަވަސް ފިޔަވަޅުތަކެއްގައި ގޮސް ކާރާއި ހަމަވިއެވެ. އިތުރަށް މަޑުކޮށްލުމެއްވެސް ނެތި އޭނަ ކާރުގެ ޑްރައިވިން ސީޓްއަށް އެރިއިރުވެސް ރަނގަޅަކަށް ސިކުނޑި މަސައްކަތެއްނުކުރެއެވެ. އޭނައަށް ވަގުތުން ކާރުގެ ސަރަކައި ގައި ހިފާ އަނބުރާލަމުން ދުރަށް ދުއްވާލަމުން އެ ހުރިހާ ކަމަކުން ދުރަށް ދާން ބޭނުންވީވަރުންނެވެ. ***************** އަސުރުން އިރު ތިރިވެގެން އައިރު ފިނިފިނި ވައިރޯޅިތަކުން ފަޒާތެރެ ފިނިކޮށްލާފައިވިއެވެ. މެންދުރު ހޫނުކަން […]
20 ވަނަ ބައި ވަގުތުން އޭނައަށް ހިޒްޔާންގެ އަތްތިލަ ފޮޅުވާލެވުނެވެ. އޭރު އެ މޫނު ހުދުވެ ލޮލުން ކަރުނަ ފާއްދާލައިފައިވިއެވެ. ވާހަކަ ފޮތްތަކުގައި ލޯތްބަކީ ފޮނި ޖަޒުބާތެއްކަމަށް ސިފަކޮށްދީފައި ހުއްޓަސް އޭގެ ހިތިކަމާއި އަނިޔާވެރިކަން އޭނަގެ ހަމަލޮލަށް ފެނިފައިވެއެވެ. އޭނައަށް ދުވަހަކުވެސް ފިރިހެނަކަށް އިތުބާރެއް ނުކުރެވޭނެ އެވެ. “ކީއްވެ އެއްޗެކޭ ނުބުނީ ޔުމްނު؟ ޔުމްނު ބުނާ ކޮންމެ އެއްޗެއްވެސް އަހަރެން އަޑުއަހާނަމޭ.. އަހަންނަށް އިނގޭ ޔުމްނުއަށް އަހަންނަށް އިތުބާރުނުކުރެވޭކަން… އެކަމަށްވެސް ވަގުތުދޭން އަހަރެން މިހުރީ…” ދެއަތް ޖީބަށް […]
(19 ވަނަ ބައި) “ނޫން…” ލޭކުލަ ފާޅުވާން ހުރި އަތުގެ އިނގިލިތަކާއި ދިމާލަށް ބަލާލެވުމާއިއެކު ޔަންހާގެ ދުނިޔެވެސް އެނބުރިގެން ދިޔަ ކަހަަލައެވެ. ބިރުވެރި ވަސްވާސްތަކުން އެހިތްފުރިގެންދިޔުމާއިއެކު އެ ދެލޮލަށް ކަރުނަ ގިނަވެލައިގެންދިޔައެވެ. ގިނަދުވަސް ތަކެއްވާންދެން ނަރުސްކަން ކިޔަވަން އުޅުމުން އެތެރެހަށީން އެގޮތަށް ލޭއައުމަކީ ކިހާ ނުރައްކާތެރިކަމެއްކަން އޭނައަށް ރަނގަޅަށް އިނގެއެވެ. އެފަދަ އަލާމާތެއް ފާޅުވާ ބަލިތަކާއިމެދު ވިސްނުމާއިއެކުހެން ޔަންހާގެ ހަށިގަނޑު ރޫރޫއަޅައިގެން ދިޔައެވެ. “މަންމާ…” ޔުމްނުގެ ހާސްކަމުން ފުރިގެންވީ ބާރު އަޑާއިއެކު ދޮރުގައި ތަޅައިގެން އަޑު އެކުވެގެން […]