އަހަރެން ހައިރާންކަމާއެކު އެ ކުޑައިގައި ހިފަމުން، ކުރިމަތީން ފެންނަމުން ދިޔަ މަގާއި ދިމާލަށް ނަޒަރު ހިންގާލީމެވެ. އޭރުވެސް ބޯކޮށް ވެހެމުންދިޔަ ވާރޭގެ ތެރެއިން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެހެން ނޫނަސް ތުއްތު ކުއްޖާ އުރާލައިގެން ދިޔައިރު ޝަދަފްގެ އަތުކުރީގައި އެ ކުޑަ އަޅުވާލެވިފައި އޮތްތަން އަހަރެން ދެކުނީމެވެ. ވާރޭގެ ތެރޭގައި ތެމިގެން އަހަރެން ގެއަށްދާން އުޅޭނެކަން އެނގޭތީ އަމިއްލަ ކުޑަ އަހަންނަށްޓަކައި ދޫކޮށްލާފައި އެދިޔައީއެވެ. އެއީ އެ ގޮތަށް ސިއްރުން ޝަދަފް އަހަންނަށް އެހީވި ފުރަތަމަ […]
“އެކަމް ހީ އިޒް މެރީޑް އެހެންނު…” ރޫޔާ ފަރާތުން އެ ޖުމްލަ އަޑުއިވުމުގެ ކުރީން އަހަރެން ފުރިހަމަކޮށްދިނީމެވެ. އެއީ މާޒީގައިވެސް އެތައްފަހަރަކު ރޫޔާގެ ފަރާތުން އަހަންނަށް އަޑުއިވުނު ޖުމްލައެކެވެ. ބައެއްފަހަރު ރޫޔާގެ ވާހަކަތައް ހުންނަގޮތުން ޝަދަފްދެކެ ލޯބިވުމަކީ އަހަންނަށް ކުރެވުނު ކުށެއްކަމަށް އިޙުސާސްކޮށްދޭން އުޅޭހެން އަހަންނަށް ހީވެއެވެ. އަހަރެންގެ ނަޒަރު ފުރަތަަމަ ފަހަރަށް ޝަދަފްއަށް ހުއްޓިގެންދިޔައިރު އެއީ އެހެން އަންހެންކުއްޖެއްގެ ލޯބިވެރިއަކަށްވެދާނެކަމަށް އަހަރެން ހިޔެއްނުކުރަމެވެ. ކައިރާއާއި ޝަދަފްއާއި ދެމެދު އޮތް ގުޅުން ފުރަތަމަ ދުވަހުވެސް އިނގުނުނަމަ އަމިއްލަ […]
ވަގުތުގެގޮތުން ހަމަހިމޭންކަމަށް ގެނބިފައިވާ މާލޭގެ މަގުތައްމަތީގައި އެވަގުތު ރަސްކަންކުރަމުންދިޔައީ ފުން ހިމޭންކަމެކެވެ. ފަޅުކޮށް އޮތް މާލޭގެ ބޭރުމަގުގައި ބާރު ސްޕީޑެއްގައި ސައިކަލު ދުއްވާފައިދިޔައިރު އޭރުވެސް ތުނިތުނިކޮށް ވާރޭގެ ކަނިތައް ޖަހަމުންދިޔައެވެ. ހާމަޔަށް އޮތް ކަނޑުން އަންނަމުންދިޔަ ފިނިކަން އެކުލެވިގެންވާ ތާޒާ ވައިރޯޅިތަކާއިއެކު ވައިގެ ތެރޭގައި ވިހުރިގެން އައިސް މޫނުގައި ބިހެމުންދިޔަ ހިމަފޮދުވާރޭގެ ކަނިތަކުންވެސް ހިތަށް ފިނިކަންގެނުވައެވެ. މަގުގެ ދެކޮޅުން ރީނދޫކުލައިގެ ލައިޓްތަކުން ދިއްލާލެވިފައިވީ އިރު އެއަލިކަމުގައި ވަޔަށް ހޫރެމުންދާ ފެންތިކިތައްވެސް ފެންނަމުންދިޔައީ ވިދަމުންދާ ޝަބްނަމްތިކިތަކެއްގެ މިސާލުގައެވެ. ވައިރޯޅީގެ […]
އުޑުމަތި ބަނަވެ، ގުގުރީގެ ބާރު އަޑާއެކު ބޯކޮށް ވާރޭ ވެހެމުންދިޔަ ރެއެކެވެ. މުޅި ރަށުތެރެ އޮތީ ހަމަހިމޭންކަމުގެ ތެރޭގައެވެ. ގަޑިން ދަންވަރު ދޭއް ޖަހާ ބޮޑުވެފައިވާއިރު، ގޭގެ އެންމެން ތިބީ ފުން ނިންޖަކުން ނިދާފައެވެ. އަހަރެން އެކަނި ކޮޓަރީގައި ފޮތެއް ކިޔަން އިނީ ނިދި ނައިސްގެންނެވެ. ބޭރުން އިވޭ ވާރޭގެ އަޑާއި، ގަސްތަކުގެ ފަތްތައް ހޫރޭ އަޑު ފިޔަވައި އެހެން އަޑެއް ނީވެއެވެ. ކުއްލިއަކަށް އަހަރެންގެ ކޮޓަރީގެ ދޮރުގައި މީހަކު ވަރަށް މަޑުމަޑުން ޓަކިޖަހާލި އަޑު އިވުނެވެ. […]
މާހައުލަށް ވެރިވެފައިވަނީ އާދަޔާ ހިލާފު ހަމަހިމޭންކަމެކެވެ. އުޑުމަތީގައި ރަނިކަން ކުރަމުންދާ ފުރިހަމަ ހަނދުގެ ރިހި އަލި، މަޑު ނޫކުލައިގެ ކަނޑުގެ ލޮނުގަނޑަށް އެޅިފައިވާއިރު، މުޅި މަންޒަރު ފެންނަނީ ހުވަފެނީ ގޮތަކަށެވެ. ކައިޒާން އިނީ ގޮނޑުދޮށުގެ ހުދު ދޮންވެލިގަނޑު މަތީގައި އިށީނދެލައިގެން ދުރުން ފެންނަން އޮތް ކަނޑަށް ނަޒަރު ހުއްޓާލައިގެންނެވެ. ދުނިޔޭގެ އެހެން ހުރިހާ އަޑެއް ކެނޑި، މުޅި ދުނިޔެ ނިދާފައިވާ ފަދައެވެ. ގަސްގަހާގެހީގެ ފަތްތައް ހަލުވައިލާނެ މަޑު ވައިރޯޅިއެއްގެ ހިލަމެއްވެސް އެ ވަގުތަކު ނެތެވެ. ދުވަހުގެ ބުރަ މަސައްކަތާއި، […]
ދިވެހިރާއްޖޭގެ ހިތްގައިމު ރަށެއްގެ އަތިރިމަތީގައި، އިރުއޮއްސޭ ވަގުތުގެ ރީތިކަމަށް ގެއްލިފައި އިނީ އަޙުމަދެވެ. އުދަރެހުން ފެންނަމުންދިޔަ ރަންދަހަބަ ކުލަވަރުތަކުން އޭނާގެ ހިތަށް ތަފާތު އިހުސާސްތަކެއް ގެނެސްދެމުންދިޔައެވެ. އަޙުމަދުގެ ހިތުގައި ވަނީ ބަޔާންކުރަންދަތި، ނަމަވެސް އެހާމެ މުޤައްދަސް އިހުސާސްތަކެކެވެ. އެއީ އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލި، މަރިޔަމްއާ މެދު އޭނާގެ ހިތުގައި އުފެދިފައިވާ ސާފުތާހިރު ލޯތްބެވެ. އަޙުމަދާއި މަރިޔަމަކީ ކުޑައިރުއްސުރެ އެކުގައި އުޅެ ބޮޑުވި ދެމީހުންނެވެ. އެ ދެމީހުންގެ ދެމެދުގައި އޮތީ ހަމައެކަނި އެކުވެރިކަމެއް ނޫނެވެ. އެއީ އިސްލާމީ […]
70 (ފަހު ބައި) 5 އަހަރު ފަސް އަހަރުގެ ފަހުކޮޅަށް އެޅިއިރު ފުދޭވަރަކަށް ހޫނުގަދައެވެ. އަވިން ބިންގަނޑު ފިއްސަމުންދާއިރު ގަސްތައް އަބަދާއި އަބަދު ހެލިލަ ހެލިލާ ތިބެނީ އެ އެހޫނުކަން ކުޑަކޮށްދޭންހެން ހީވެއެވެ. ދޭތެރެއަކުން ޖެހިލާ ފިނިފިނި ވައިރޯޅިތަށް މާހައުލަށް ވެރިވެފައި ދިލަކަން ކަނޑުވާލުމުގައި ކާމިޔާބުކުރެއެވެ. ފީރޯޒްކޮޅެއްހާ ސާފު އުޑުގައި ދުވާލުގެ ރާނީ ރަނިކަން ކުރަމުން ދާއިރު މާޝްމެލޯކޮޅުތަކެއްހާ ހުދު ވިލާތައް ރޭސްޖަހަމުންދެއެވެ. މޫދަށް އެރިލާ ލޯބިވެރިން ޕިކްނިކް ހަދާލަން އެންމެ ރީތި މޫސުމެވެ. ބިޔަ ގަސްތަކުގެ […]
(69 ވަނަ ބައި) “ހެލޯ..” އެވަގުތު ކޮންމެވެސް ޒުވާނެއް އެބައިގެ ދޮރުގެ ތަޅުގައި ހިފާލި އަޑުއިވުމާއިއެކު އެ ވަގުތަށް އަމިއްލަ ހިޔާލުގެ ދުނިޔެއިން ޔުމްނުއަށް ބޭރުވެވުނެވެ. ވިލާގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަދެގެން އައީ ހިޒްުޔާންމެންނާއި އެއް އުމުރެއްގެ ޒުވާނެކެވެ. އެ ޒުވާނާ ފޯނު ކަންފަތުގައި ޖައްސާލައިގެންހުރެ އެތެރެއަށް ވަދެގެން އައުމާއިއެކު އިސްއުފުލާ ބަލާލީ އެންމެންގެ ނަޒަރު އެމޫނަށް ހުއްޓިފައިވާކަމުގެ އިޙުސާސްކުރެވިގެންކަންނޭނގެއެވެ. އެއާއިއެކު ފަތުއަޑުކިޔާފައި މޫނާއި ދިމާލަށް އައި ފުޅި ނިއްކުރިމަތީގައި ޖެހިފައި ތިރިއަށް ވެއްޓުނުއިރު އޭނައަށް […]
(68 ވަނަ ބައި) “ރެއިން… މީ ޔުމް… މައި ކަޒް…” ނުހަނު ގާތްގޮތަަކަށް ރިއާންގެ ކޮނޑުގައި އަތްއަޅުވާލަމުން ރައިނާ ތައާރަފްކޮށް ދިންއިރު އެދެޒުވާނުން އެކަކު އަނެކަކު ދަންނަމުންދާކަމުގެ ހިލަމެއްނުވިއެވެ. އަދި އެންގޭޖްމެންޓްއަށްފަހު ރިއާންގެ ހިތުގައި އެހެން އަންހެންކުއްޖަކު ގެންގުޅެމުންދާކަމާއިމެދު ޝައްކު އުފެދިފައިވިޔަސް އެ އަންހެންކުއްޖަކީ ޔުމްނުކަމެއް ނޭނގުނެވެ. “ޔުމްނު…” ރައިނާގެ ޖުމްލަތަކުން ލިބުނު ހައިރާންކަމުގައި ރިއާންގެ ދުލުން އެނަން ބޭރުވެގެންދިޔައިރުވެސް ނޭނގުނެވެ. ރައިނާއަށް ފާހަގަނުކުރެވުނަސް އެއަޑުގައިވީ ރިހުމެކެވެ. މިއަދާއި ހަމަޔަށްވެސް ޔުމްނު އޭނަައަށް ފުރަގަސްދެމުންދިޔައީ އޭނަގެ ހަޔާތުގައި […]