
އެދިގެން ކަލާ ލިބޭތޯ 25

(25 ވަަނަ ބައި)
“ރީހާން… އަހަންނަށް މައާފުކުރޭ… އާދޭސްކޮށްފައި މިބުނީ…” ނޭނގި ހުއްޓާ މުށުތެރެއިން ބާޒީ ދޫވެގެން ދިޔުމުން ޝެރީންއަށް ހަދާނެގޮތް ހުސްވިކަހަލައެވެ. އޭނައަށް ރީހާންގެ ފައިދަަށަށް ތިރިވެވުނެވެ. އެންމެ ނިކަމެތި ހާލަތުގައި ރީހާން އޭނައަށް ރަޙުމުކުރާނެކަމަށް އޭނަ ހީކުރިއެވެ. ރީހާންގެ އެންމެ ބަހަކުންވެސް އޭނަގެ ދިރިއުޅުމަށް ނިމުން އައިސްފާނެ އެވެ.
“އަދިވެސް ކަންކަން ސިއްރުކޮށް އޮޅުވާލަންދޯ ބޭނުންވަނީ….” އޭނަގެ އަތުގެ ތެރޭގައި އޮތް ޝެރީންގެ އަތްތިލަ ފޮޅުވާ ލަމުން ރީހާން ބުނެލިއިރު އެއަޑުގައި ފޫހިކަންވިއެވެ. ޝެރީންގެ ދޮގުވެރިކަމާއި މަކަރުވެރިކަން ހުރިވަރު ފެނުމުން އޭނަގެ ހިތުގައި ޝެރީންގެ މައްޗަށް ފޫހިކަން އުފެދިއްޖެއެވެ. އޭނަގެ ދަރިފުޅުގެ ނަސްލު އޮޅުވާލައިގެން ޝެރީން އެކުރީ އޭނައަށް ދުވަހަކު މައާފު ނުދެވޭނޭފަދަ ކުށެކެވެ. އޭނަ ޝެރީންއަށް ފުރަގަސްދިނީ އިތުރަށް އެ މޫނު ދެކެންވެސް ބޭނުންނުވެގެން ނެވެ.
“އައިޝަމްއަށް ކޯއްޗެއް ދިނީ؟ އަމިއްލަ ހަަމަހޭވެރިކަމުގައި ޝެރީންއާއި އޭނަ ގާތެއްނުވާނެ… އެއީ ދުވަަހަކުވެސް މިޝްޔާ ނޫން އަންހެނަކަށް ބަލާލި މީހެއްވެސް ނޫން…” ހަމަހިމޭންކަމުގައި ދެމިގެން…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.