
އެދިގެން ކަލާ ލިބޭތޯ 24

(24 ވަނަ ބައި)
“ޒެޑް ކޮންސްޓްރަކްޝަން” ގެ ފަރާތުން ހުށަހަޅައިދިން ޕްރެޒެންޓޭޝަން ނިމުމާއިއެކު ހިޒްޔާން ގޮނޑިން ތެދުވިގޮތަށް ރޫމްއިން ނިކުންނަން ދިޔައެވެ. އެވަގުތު ޒެޑް ކުންފުނީގެ މުވައްޒަފުންނަށް ތަރުހީބު ދިނުމުގައި ހުރިހާ ބައިވެރިން އުޅުނު ކަމީވެސް ނަސީބެވެ. އެހެން މީހެއްގެ ނަޒަރުގައި އަޅައިނުގަނެ އައިކަންއަށްވެސް މިލާންއާއިއެކު ސެމިނަރ ރޫމްއިން ނިކުމެވުނެވެ.
“ޒޭން… މަޑުކޮށްބަލަ… ޒޭން…” އައިކަންއަށް ސެމިނަރ ރޫމްއިން ނިކުމެވުނުއިރު ހިޒްޔާން ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ހޯލްއިން ނިވާވަނީއެވެ. އޭނަ ދުވެފައި ކަހަލަގޮތަކަށް ގޮސް ހިޒްޔާންއާއި އަރާހަމަކުރިޔަސް ހިޒްޔާން އެވަގުތު އޭނަ އަށް ބަލާލީގޮތުންވެސް ހުއްޓުވަން މަސައްކަތްކުރާކަށް ނުކެރުނެވެ. މިވަގުތު ހިޒްޔާން ނުރުހޭ ފަދަަކަމެއް ކުރުންވާނީ އަލިފާނަށް ތެޔޮއެޅުންފަދަ ކަމަކަށްކަން އޭނައަށް އިނގެއެވެ. އެވަރުގަދަ ރުޅި ހަމައިން ނައްޓާނޭ އިރެއް އޭނައަަކަށްވެސް ނޭނގެއެވެ.
އައިކަންއަށް ހަދާނެގޮތެއް ނޭނގިފައިހުއްޓާ ހިޒްޔާން ބާރު ފިޔަވަޅުތަކެއްގައި ގޮސް ވެއިޓިންގް ރޫމްއަށް ވަދެ ނިވާވިއެވެ. އެއާއިއެކު ބިންމައްޗަށް އެއްޗެހިތަކެއް ފައިބައިގަނެގެންދި…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.