(18 ވަނަ ބައި) “ހޭއި… އައިލީ…” އައިލީގެ މިޒާޖަށް އައި ތަފާތުކަން ނަގައިގަނެވިގެންދިޔުމާއިއެކު ޒެލްއަށް ވަގުތުން ގޮނޑިން ތެދުވެވުނެވެ. އޭނަ އަވަސްފިޔަވަޅުތަކެއްގައި އައިސް އައިލީ އަރާހަމަކުރުމާއިއެކު އައިލީ ދޮރު ހުޅުވަމުން ކެބިންއިން ނިކުންނަން މަސައްކަތްކުރިއެވެ. އެވަގުތު އައިލީ އަތްފޯރުވާލަމުން ދޮރުގައި ހިފަަހައްޓާލިގޮތުން އައިލީއަށް ގަދަކަމެއް ނުދެއްކުނެވެ. އޭނަ ބަލިގަބޫލުކުރަމުން ދޮރުފަތުން އަތްދޫކޮށް ލުމާއިއެކު ޒެލް އައިލީގެ ކޮނޑުގައި ހިފާ އޭނައަށް ދިމާލަށް އަނބުރާލައިފިއެވެ. “އައިމް ސޯ ސޮރީ… އައިލީ… އަހަރެން އެހެން ބުނި އެއްޗެއްނޫން… ޓްރަސްޓްމީ… އަހަންނަކީ […]
(17 ވަނަ ބައި) ޒެލްއަށް ވަގުތުން އަނގަޔަށް ގޮތެއް ހަދާލެވުނެވެ. އައިލީގެ އެންމެ ޖުމްލައެއްވެސް އޭނަގެ އަނގަ ހިމޭންކޮށްލަން ފުދެއެވެ. މިވީހާތަނަށް އޭނައަށް ދިމާވި ހުރީ އަންހެންކުދިންހެން އޭނަގެ ކޮންމެ އަދާއަކަށް ޤުރުބާންވާން ތައްޔާރަށް ތިއްބަސް އައިލީ މުޅިން ތަފާތެވެ. ދޫމައްޗަށް އަންނަ ކޮންމެ ބަހެއް އެއްވެސް ފަސްޖެހުމަކާއިނުލާ ބޭރުކޮށްލަން ކެރޭފަދަ ޖެހިލުންކުޑަ އަންހެންކުއްޖެކެވެ. “ކާރުން ފައިބައިގެން ވާރޭތެރޭގައި ހިނގާލާފައި ދާން ބޭނުން؟” އައިލީގެ ބަސްތަކުން އަނގަ ސަކަރާތްވާގޮތްވިޔަސް އެކަން ފާޅުކުރާކަށް ޒެލް ބޭނުމެއްނުވިއެވެ. ކާރުގެ ހުންގާނުގައި […]
(16 ވަނަ ބައި) ދެވަަނަފަހަރަށް އޭނައަށް ދުނިޔޭގެ އަލިކަން ދުށުމުގެ ފުރުސަތު ނުލިބޭނެހެން ހީވިހިނދު މަރާލެވިފައިވާ އެސްފިޔަތަކުގެ ތެރެއިން ފިރުކިފައި އައި ކަރުނަތިއްކެއްގެ ފިނިކަން ޔުމްނުގެ ކޯތާފަތްމަތީން އިހުސާސް ކުރެވިގެންދިޔައެވެ. އަމިއްލައަށް މަރުވުމަކީ ބޮޑުވެގެންވާ ފާފައަކަށްނުވާނެނަމަ އޭނަ މި ނިިންމުން ނިންމިތާ ކިތަންމެ ދުވަހެކެވެ. މިރެއަށްފަހު އޭނަ ދުނިޔެ އާއި ކުރިިމަތިިލާނޭ ކޮންމެ ދުވަހަކީ މަރުވެފައިވާ ނަފްސަކާއިގެން އޭނަގެ އުމުރުން ވޭތުވެގެންދާނޭ ދުވަހެކެވެ. ދުނިޔޭގެ ހުރިހާ އެދުމެއް ހިތާއި ވަކިކޮށްލި ވަގުތުކޮޅު އޭނަގެ އަތުގައި ހިިފާލި ބާރުގަދަ […]
(15 ވަނަ ބައި) “ދެންމެ ތިބުނީ ކީކޭތަ؟” ހިޒްޔާންގެ އަތްތިލަ މުއްކެވިގެންދިޔައިރު އެ އަޑުގައި އަމުރުވެރިކަންވިއެވެ. އޭރު އައިކަންގެ ހައިރާންކަމުން ފުރިގެންވީ ނަޒަރު ހިޒްޔާންގެ މޫނަށް ހުއްޓިފައިހުރިއިރު ހިޒްޔާން ދުރަށް މޫނު އަނބުރާލަމުން ދެލޯ މަރާލިއެވެ. އެ މޫނުމަތީން ހިނދުކޮޅަކަށްވެސް ކަމެއް ޤަބޫލުކުރަން ދަތިވެގެން އުޅޭފަދަ އަސަރުތަކެއް ފާޅުވިއެވެ. އީޒަންއާއި އީޒަންގެ އާއިލާއާއި ބެހޭ ގިނަމައުލޫމާތުތަކެއް ޔަލާގެ ފަރާތުން އޭނައަށް އިނގިފައިވެއެވެ. އީޒަންއަކީ ރާއްޖޭ ގެ ނިސްބަތުން މަޝްހޫރު އާއިލާއަކުން އައިސްފައިވާ ކުއްޖެއްކަމުން ޔަލާއާއި އީޒަން ގުޅުމުގެ […]
(14 ވަނަ ބައި) “އާޙް…” ހިޒްޔާންގެ މުށުން ބާރުކޮށްލެވިފައިވާ ހިސާބުގައި އުފެދެމުންއައި ތޫނު ރިހުމާއިއެކު ޔުމްނުގެ އަރުތެރެއިން ބޭރުވެގެންދިޔަ ވޭނީ ޢާހާއިއެކު ހިޒްޔާންއަށް ހަމަހޭވެރިކަމަށް އާދެވުނުފަދައެވެ. އޭނައަށް ޔުމްނުގެ އަތްތިލައިން ދޫކޮށްލެވުނުގޮތަށް ދުރަށް މޫނު އަނބުރާލެވުނެވެ. ހިނދުކޮޅަކަށްވެސް ލޮލަށް ފެނިގެންދިޔަ ކުލަރީތިކަމަށް ނުހެއްލެވުނީތީ އޭނައަށް ޝުކުރުވެރިވެވުނެވެ. “ސޮރީ…” ލަދުގެ އިހުސާސާއިއެކު ޔުމްނުއާއި ކުރިމަތިލާން ނުކެރިހުރެފައިހުރެ ހިޒްޔާންއަށް ލޯމަރާލެވުނެވެ. އިރުކޮޅެއް ފަހުން އޭނަ ލަސްލަހުން އެސްފިޔަތައް ހުޅުވާލަމުން ބަލާލުމާއިއެކު ޔުމްނުގެ ހުދުވެފައިވީ މޫނާއި ނަަޒަރުހަމަވިއެވެ. އޭރު ވެސް ޔުމްނު […]
(13 ވަނަ ބައި) “ޔޫލީންއަކީ އައިޝަމްގެ ދަރިއެއް… އައިޝަމްގެ ހަނގު އަންހެންދަރިފުޅު… ޔޫލީންގެ ހަޤީގަތާއިމެދު އެކަކުވެސް ސުވާލު އުފައްދާކަށް ނުޖެހޭނެ…” ޝެރީންގެ މޫނުގައި ވިދަމުންދިޔަ ދާތިކިތައް އަތުން ފުހެލަމުން ނުހަނު ސާބިތުކަމާއިއެކު ބުނެލަން މަސައްކަތްކުރި ގޮތުން ރީހާންއަށް އެއްމިޔަކަނިން ހިނިތުންވެވުނެވެ. ޝެރީންގެ ސިއްރުވެރި އަމަލުތަކުން ކަންކަން މޭރުންނުވާހާ ބޮޑަށް އޭނަ ސިކުނޑި ކޮށިވެދާނެކަމަށް ހީކުރުމަކީ ޝެރީންއަށް ހެދުނު އެންމެ ބޮޑު ގޯހެވެ. “އަހަރެންގެ ދަރިފުޅުގެ ނަމުގެ ފަހަަތަށް އައިޝަމްގެ ނަން ގެނެސްގެން އެއްވެސް ކަމެއް ބަދަލުކުރެވިދާނެކަމަށް ހީކުރުމަކީ […]
(12 ވަނަ ބައި) “އިޒް އަވަސްކޮށްލާ… އޮފީހުން އެ ގުޅީ…” އިޒިކް ނުހަނު ލޯތްބާއިއެކު ޔުމްނުގެ މޫނަށް ބަލާލުމާއިއެކު އިޒިކްގެ އަތުގައި ހިފާލަމުން ޔުމްނު އެދުނެވެ. ދަރިފުޅުގެ އަމަލުތަކުގައިވީ އަވަސްއަރުވާލުން ފެނި ޔަޒްދާންއަށް ދެފަރާތަކަށް ބޯހޫރާލެވުނެވެ. “އެހާ އަވަސްއަރުވާނުލިޔަސް ވެދާނެޔޭ ދަރިފުޅާ… އިޒްއަށް ހަމަޖެހިލައިގެން ކާލަން ވަގުތުކޮޅެއްދީބަލަ… ޔުމްއަށް ލަސް ވަންޏާ ބައްޕައަށްވެސް ޔުމް ގޮވައިގެން ދެވިދާނެއޭ…” ލޯބިން ފުރިގެންވީ ގޮތަކަށް ޔުމްނުއަށް ބަލާލަމުން ޔަޒްދާން ވާހަކަދެއްކިއިރު އެ ތުންފަތްމަތީގައިވީ ހިނިތުންވުމެއްވިއެވެ. އޭނަގެ ވާހަކަ ނިމުމާއިއެކުހެން އިޒިކް […]
(11 ވަނަ ބައި) “މިއީވެސް އަދި އަމާ އުޅޭހެން އުޅެން ދިމާކޮށްފައި ހުރި އެއްޗެކޭ… މަގޭ އަތުން މަރުނުވެގެންތަ ތި ތެޅެނީ؟” އަތުގައި އޮތް ބޫޓުކިބަ ހޫރާލިގޮތަށް ރީހާން ޔުމްނުއާއި ދިމާލަށް ދިޔައީ ވައިރޯޅިއެއްގެ ހަލުވި ކަމުގައެވެ. އަވަސްހަރަކާތަކާއިއެކު އޭނަ ޔުމްނުގެ ކޯތާފަތަށް އަރުވާލި ބާރުއެތިފަހަރުގެ އަޑު ގޭތެރޭގައި ހިނދުކޮޅަކަށް ގުގުމައިގެންދިޔައެވެ. އެއެތިފަހަރުގެ ބާރުގަަދަކަމުން ބޮލަށް އެނބުރައިގެންދިޔަ ޔުމްނުއަށް ބިންމައްޗަށް ތިރިވެވުނުއިރު އޭނައަށް ރީހާންގެ މޫނަށް ބަލާލެވުނީ ބިރުވެރިކަމުން ފުރިގެންވީ ނަޒަރަކުން ނެވެ. އެވަގުތު ރީހާން ވަށައިގެން […]
(10 ވަަނަ ބައި) “ވަރަށް ލަސްވެއްޖެ… ދަ..ނީ…” ނެހާގެ ސުވާލުގެ ނަޒަރު އޭނަގެ މޫނަށް ހުއްޓިފައިހުރިކަން އިނގިހުރެވެސް ޖަވާބެއް ދޭކަށް ޔުމްނު ގަސްތެއްނުކުރިއެވެ. ކޮނޑު ހުރަހަށް އަޅުވާލެވިފައިވާ އަތްދަބަސް ގެނެސް މެޔާލާއި ބޮޑިކޮށްލިގޮތަށް އޭނަ ދުރަށް ހިނގައިގަތީ ނެހާ އޭނައަށް ގޮވަމުންދަނިކޮށެވެ. ދިގުމަގުން ހިނގާފައި ގޮސް ޔުމްނު ނިވާވުމާއިއެކު ހިޒްޔާން ކާރުގެ ބިއްދޮށުން ނިކުތެވެ. ދެ ޖީބަށް އަތްތިލަޖަހާލައިގެން ހުރެ އޭނަ ހިނގައިގަތީ ޔުމްނު ކުރިއަށްދިޔަ މަގުންނެވެ. ފިޔަވަޅުގެ އަޑުނީވޭހާ ލަސްލަހުން ބޮޑުމަގު ހުރަސްކޮށް ހަނި ގޯޅިއަކަށް […]