Skip to content
އެސްފިޔަ
PRO · MVR 2.00

އެދިގެން ކަލާ ލިބޭތޯ 26

(26 ވަނަ ބައި)
ކަރުނުން ފުރިގެންވީ ޔުމްނުގެ ލޮލާއި ނަޒަރު އަމާޒުވެގެންދިޔުމާއިއެކު އުއްކޮޅެއްފަދައިން ހިޒްޔާންގެ ހިތްވެސް ވިރިގެން ދިޔަކަހަލައެވެ. ދިގު އެސްފިޔަތަކުގެ ނިވަލުގައި ފޮރުވިފައިވާ ކަރުނަތައް ފުހެލަދެމުން އޭނަގެ ހިމާޔަތުގެ ތެރޭގައި މުޅި އުމުރަށް އެ ނާޒުކް އަންހެންކުއްޖާ ފޮރުވާލުމަށް ހިތް އެދުނެވެ. ކެފޭގެ އެއްފަރާތެއްގައި ހުރި ހިމަ ބެންޗްއެއްގައި އިށީ ދެލައިގެން ތިބިއިރު ހިޒްޔާންގެ ނަޒަރު ޔުމްނުގެ މޫނާއި ވަކިނުވެެއެވެ. އެ މޫނުމަތީން ހުރިހާކަމެއް ދެނެގަންނަން ހިޒްޔާން މަސައްކަތްކުރަމުން ދިޔަކަހަލައެވެ. ޔުމްނުގެ ހުރިހާ ސިއްރުތަކެއްގެ އެންމެ ފުނަށް ވާސިލްވުމަށް އެވަގުތު އޭނަގެ ހިތް އެދެމުން ދިޔައެވެ. ބޭރުފުށުން ފެންނަމުންދާ މަޑުމައިތިރިކަމާއި ހަމަހިމޭންކަމުގެ ނިވަލުގައި ފޮރުވިފައިވަނީ މާޔޫސްކަމުން ފުރިފައިވީ ނަފްސެކެވެ.
“އެއީ ކާކު؟ ޔުމްއަށް އަނިޔާކުރަން އޭނައަށް އޮތީ ކޮން ޙައްޤެއް؟” ހަމަހިމޭން ސުކޫންތުކޮޅަަކަށްފަހު ހިޒްޔާން ސުވާލު ކުރިއިރު އެއަޑުގައިވީ ހަރުކަށިކަމާއިއެކު ކަތުރުކަށިގަނޑަށްވެސް ބާރުވެލައިގެންދިޔައެވެ. އެއަނިޔާވެެރިޔާގެ މަތީން ހަނދާން ވުމާއިއެކުވެސް ރުޅީގެ ބާރުގައި…

ވާހަކައިގެ ބާކީ ބައި ހުޅުވާލާ

ވާހަކަ ކިޔުމަށް ލޮގިން ކުރައްވާ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.