
އެދިގެން ކަލާ ލިބޭތޯ 27

(27 ވަަނަ ބައި)
“މިއީވެސް އަދި އަމާގެ ފިޔަވަޅުތަކުން ހިނގަން ދިމާކޮއްފައި ހުރި އެއްޗެއް ދޯ.. އަމާހެން ރަނގަޅަށް ހޭއަރުވާލަންވީތަ؟” ރީހާން ކުނޑިކޮޅެއްފަދައިން ޔުމްނު ފޮޅާލުމާއިއެކު އެއްވެސް ބާރެއްނެތި މޫނުވަތަށް ތަރުފާލުމައްޗަށް ވެއްޓި ދަތްދޮޅި ވިދިިގެންދިޔަގޮތުން ކަތުރުކަށިގަނޑުން ނަގައިގަތް ދިލައާއިއެކު ޔުމްނުއަށް ރޮއެގަނެވުނެވެ.
“ހޭރޭނެކަމެއްނެތް… ބުނަން ކަލެއަށް ޖެހޭނީ ނުހައިލް ބުނާ ކޮންމެ ގޮތަކާއި ރުހެން… ނުހައިލްއަށް ދެކޮޅު ހެދީ ކަލެއަށް ޓަކައި މަތިން މީހަކު ފައިބައިގެން އަންނާނެކަމަށްތަ؟ ކާކުތަ ބަދުނާމެއް ބޮލުގައި އަޅާ ހިތުން އުޅެނީ… ނަހަލާލުދަރި…” އެވަގުތު ރީހާން އަރައިގެން ހުރި ބަރު ބޫޓުން ޔުމްނުގެ އަނގަމައްޗަށް ހަމަލާއެއް އަރުވާލިއެވެ. އެންމެ އެތިފަހަރަކުން އަނގަމަތި ފެޅި އޮހިގަތް ލޭތަކުން ތަޅުންމަތިން ކަޅިވެގެން ދިޔައިިރުވެސް އެ ހަަރު ހިތަށް ރަހުމުގެ ކަންފުޅެއްވެސް އިހުސާސެއްނުވިއެވެ. ދެބުމަގުޅުވާލަމުން އޭނަ ޔުމްނުއާއި ދިިމާލަށް ބަލާލީ އިންޒާރުގެ ނަޒަރަކުންނެވެ.
“ރީހާން… ހެޔޮނުވާނެ… މާތްރަސްކަލާނގެ ރަސްކަންފުޅަށްޓަކައި ބުނަން މަގޭ ދަރިއަށް ތިހެން ނުހަދާ… ރީހާން ދޫކޮށް ބަލަ…”…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.