(36 ވަނަ ބައި) “ހިޒްޔާން….” ރަޒްދާން ބާރުބާރަށް ހިޒްޔާންގެ ނަމުން ކިޔާލިއިރު އެއަޑުގައި އިންޒާރެއްވިއެވެ. އުމުރުގައިވެސް އެކުވެރިޔާ ގެ ދަރިއަކަށް އަޑުއިސްނުކުރިޔަސް ހިޒްޔާންގެ ވާހަކަ ހުރިގޮތުން އޭނައަށް އަނގަ ހިމޭނުންލައިގެން ނުހުރެވުނީއެވެ. “ކީއްވެހޭ؟ ކީއްވެހޭ؟ މަންމަގެ މަރުގެ ސަބަބަކީ ތީކަމަށް ވާނަމަ އަހަރެން ދުވަހަކު މައާފުނުކުރާނެކަން ހަނދާން ކުރާތި…” އައިޝަމްއާއި ދިމާލަށް އިނގިލި އުފުލާލަމުން ހިޒްޔާން ހަޅޭލަވައިގަތްއިރު އެ ދެލޮލުގައި އުފަން ބައްޕައަށް ޓަކައި ވީ ސާފު ނަފްރަތެވެ. އެލޮލުގައިވީ އަސަރަކުން އައިޝަމްގެ ހަށިގަނޑުގައިވީ ގުނަވަންތަކުގެ ހަރަކާތްތައް […]
(35 ވަނަ ބައި) ޝަދަފްއާއިއެކީ އާއިލީ މެންބަރުންތަކާއި ގާތަށް ދަމުން އައިކަންއަށް ފުން ނަޒަރަކުން މިލާންއާއި ދިމާލަށް ބަލާލެވުނެވެ. މިޒްޔަލްގެ ފަރާތުން އިވުނު ވާހަކަތަކުން އޭނަގެ ސިކުނޑިއަށް ލޮޅުމެއް ގެނުވައިފިއެވެ. މިލާންއަށް ނޭނގުނަސް މިހުރިހާ އިރެއްވާންދެން އޭނަ ދުރުގައި ހުރީވެސް މިލާންގެ ހަރަކާތްތައް ދެކޭށެވެ. އެ ހަރަކާތް ތަކުގައިވީ އާދަޔާހިލާފު ތަފާތުކަމާއި އެކު މެހެލްގެ އާއިލާ ކޮންމެ މެންބަރެއްގެ މޫނަށްހެން ރުޅިވެރިކަމާއިއެކު މިލާން ބަލަމުންދިޔަގޮތުން އޭނަގެ ހިތުގައި ނުހަނު ބޮޑަށް ސުވާލު އުފެދުނެވެ. މިލާންގެ ހަޤީޤަަތާއި މަޤްސަދާއިމެދު […]
(34 ވަނަ ބައި) “މިހާރު އަހަންނަށް ނޭނގި އެ ހިސާބަށްވެސް ދިޔައީތަ؟ ފިރިއަކަށްވާން ތިއުޅެނީ އައިލީތަ؟” ހިޒްޔާން ކިތަންމެ މަޑު މައިތިރިކޮށް ބުނެލިޔަސް އެއަޑުގައިވީ ހަރުކަށިކަމެވެ. އެ އަޑުގައިވީ އިންޒާރާއިއެކު އެ ލޮލުގައިވީ ފިނިކަމުންވެސް އައިލީ ލަދުގަންނަވާލިއެވެ. އައިލީގެ ދުލުން ބަސްހުއްޓުވާލުމަށްފަހު ހިޒްޔާން އެއަތުން ދޫކޮށްލިގޮތަށް އެއްޗެކޭ ބުނުމެއްވެސްނެތި އެއްގަމާއި ދިމާލަށް ހިނގައިގަތްއިރު އޭނަގެ މޫޑު ނުހަނު ބޮޑަށް ގޯސްވެފައިވެއެވެ. އައިލީއަށް ނޭނގިވެސް ވާހަކަ ފެށުނު މައުޞޫއުއިން އޭނަގެ ތަބީއަަތަށް ނުބައި ބަަދަލެއް ގެނުވައިފިއެވެ. އޭނަގެ ހިޔާލެއްނެތި […]
(33 ވަނަ ބައި) “ޔުމްނު… ޕްލީޒް… ތި ފިޔޮހި ތިރިކޮށްބަލަ… އަނިޔާއެއްވެދާނެއޭ…” މަޑުމަޑުމައިތިރިކަމާއިއެކު ޔުމްނުއަށް ވިސްނައި ދޭން މަސައްކަތްކުރަމުން ހިޒްޔާން ކުރިއަށް އަޅަމުންދިޔަ ކޮންމެ ފިޔަވަޅަކާއިއެކު ޔުމްނުވެސް ފިޔޮއްސަށް ބާރުލަމުން ފަހަތަށް ފިޔަވަޅުތައް ނަގަމުންދިޔައެވެ. އަތުގެ ކުޑަހުޅާއި ހަމައިން ހަންގަނޑު ކެނޑި ލޭކުލަ ފާޅުވަމުންދިޔައިރު އެ މަންޒަރު ދެކެން ކެތްނުކުރެވުނީ ހިޒްޔާންއަށެވެ. އެފަދަ ގޮތަކަށް އޭނަގެ ފަރާތުން ސަލާމަތްވުމަށް ޔުމްނު ހިޔާރުކުރުމުން ހިތަށް ލިބުނު ސިހުމަށްވުރެ ޔުމްނުގެ އަމަލުތައް އެފަދަ ދަރަޖައަކަށް ދިޔުމުން އޭނަގެ ހިތަށް ލިބުނު […]
(32 ވަަނަ ބައި) ވީއިރު އައިލީއާއިއެކީ ފެންނަ ޒުވާނަކީ އައިލީގެ ކައިވެނި އަޤުދުވެފައިވީ ފަރާތް ހެއްޔެވެ؟ އެދެމެދުގައި އެކުވެރިކަަަމަށްވުރެ ގާތްކަމެއް އޮވެދާނެކަމަކަށް އޭނަ އުންމީދެއް ނުކުރެއެވެ. އާޙް… އެކަމަކު އައިލީ އެކަން ސިއްރުކުރީ ކީއްވެގެންހެއްޔެވެ؟ އޭނައަށް ނުބައި މާނައެއް ދޭހަވާ ފަދަ ގޮތަށް އަމަލުތައް ބެހެއްޓި ސަބަބަކީ ކޮބާހެއްޔެވެ؟ އެހެން މީހެއްގެ ހައްޤެއްގެ ގޮތުގައި ހުރެ އޭނައާއި އެފަދަ ގާތް ކަމެއް ބާއްވަންވީ ސަބަބަކީ ކޮބާހެއްޔެވެ؟ އެ ފިނި ރޭ އޭނަގެ ހިތާއި ހަށިގަނޑު ހަރަކާތްކުރީ އައިލީގެ […]
(31 ވަނަ ބައި) އައިޝަމްއަށް ވަގުތުން ގޮނޑީން ތެދުވެވުނުއިރު އެ ދޮންމޫނުމަތި ހުދުވެފައިވިއެވެ. ހަށިގަނޑުގެ ބާރު ނެތިގެން ހިނގައި ދާނެހެން ހީވުުމާއިއެކުހެން އޭނައަށް މޭޒުގައި ހިފަހައްޓާ ބާރުކޮށްލެވުނެވެ. އޭނައަށް ހިނދުކޮޅަކަށްވެސް ހީވީ މިޝްޔާގެ އެންމެ ފަހު ވަގުތުކޮޅު އޭނަގެ ހަމަލޮލަށް ފެނުނުހެންނެވެ. ރެއިލިންމަތީން ދެފައިތިލަ ނެއްޓިގެން މިޝްޔާގެ ލުއި ހަށި ގަނޑު ފަސްވަނަ ފަންގިފިލާގެ މަތީން ވެއްޓެމުންއައި މަންޒަރު ހަނދާންވުމާއިއެކު އޭނަގެ ނިއްކުރިމަތީގައި ދާތިކިތައް ވިދަމުން އައެވެ. “އައިޝަމް…” އައިޝަމްގެ ހަށިގަނޑު އަރިއަޅާލައިގެންދިޔައިރު ޒައިތޫންއަށް ހަޅޭލަވައިގަނެވުނެވެ. އޭނައަށް […]
(30 ވަނަ ބައި) “ކިހިނެތްވީ؟ ފަސޭހައެއްނުވިދޯ އަޑުއަހާކަށް.. އަހަންނަކަށްވެސް ފަސޭހައެއް ނޫނޭ ފަށަފަށައިގެން މިވާހަކަތައް ދައްކާކަށް.. އެކަމަކު ހަޤީގަތަކީ އެއީ އޭ… ކީއްވެތަ އަބަދު އަހަރެން ލައްވާ އެއްވާހަކައެއް ތަކުރާރުކުރުވަން ތިއުޅެނީ؟” ހިނދު ކޮޅަކަށްވެސް ރުޅިއިސްކުރެވުނީތީ މައާފަށް އެދެމުން ހިޒްޔާން ދެވަނަ ފަހަރަށްވެސް ޔުމްނުގެ އަތުގައި ހިފަހައްޓާލަން އުޅުމާއިއެކު ހިޒްޔާންގެ އަތްފޮޅުވާލިގޮތަށް ޔުމްނު ޖޯލިން ތެދުވިއެވެ. އޭރު އެދެލޮލުން ރުޅިވެރިކަން ފާޅުވަމުންދިޔައެވެ. “ޔުމް… އަޑުއަހާބަލަ… އަހަރެން ބޭނުންވާހާ ކަމަކީވެސް ޔުމްނުއަށް ރައްކާތެރިކަން ދިނުމޭ… އެހާ ނުބައިކޮށް ނުވިސް […]
(29 ވަނަ ބައި) ވަގުތުން ޒެލްއާއިއެކީ ފާލަންމަތީގައި ހޭދަވެގެންދިޔަ ވަގުތުކޮޅު އޭނަގެ ލޯމަތީގައި ތަސްވީރުވެލިއެވެ. އެދެމެދުގައި އެރޭ ގާތްކަމެއް ނުހިނގިޔަަސް އޭނަގެ ހިތުގައި އޮތީ ނުބައި އެދުމެކެވެ. ހިޒްޔާންއަށް ބޭވަފާތެރިވާން ހިނދުކޮޅަކަށްވެސް އެ ހިތް އިންޒާރުކުރިއެވެ. ލޯމަތީގައި ކުރެހިގެންދިޔަ މަންޒަރުތަކާއިއެކު ހިޒްޔާންގެ އަތްތިލަ ވީއްލާލެވުނުގޮތަށް އައިލީއަށް ވަގުުތުން ހިޒްޔާންއަށް ފުރަގަސްދެވުނެވެ. އެވަގުތު ހިޒްޔާން ކޮޓަރިން ނިކުމެގެންދިޔަ އަޑު އިވުމާއިއެކު ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް އައިލީގެ ކޯތާފަތްމަތީން އޮހިގަތެވެ. ***************** ގަދަ ވިއްސާރައިގައި ހޭދަވެގެންދިޔަ ރެއަކަށްފަހު އިރު […]
(28 ވަނަ ބައި) އޭރު ކުރިއަށްވުރެ ވާރޭ ބޯކޮށްލައިފިއެވެ. ހިނދެއް ހިނދަކަށް ބޭރުގައިވާ ތޫފާން ގަދަވަމުން ދިޔައެވެ. އަލިގަދަކޮށް ވިދާ ލުމަށްފަހު ޖަހާލާ ބާރު ގުގުރިން ހިތް ވިރުވާލައެވެ. ބޯކޮށްވެހެމުންދިޔަ ވާރޭއާއި ޖެހެމުންދިޔަ ބާރު ވައިން މާހައުލު ހަލަބޮލިކޮށްލައިފައިވެއެވެ. ބޭރުގައިވާ ތޫފާނެކޭ އެެއްވަރަށް ޒެލްގެ ހަށިގަނޑުގައިވީ ތޫފާންވެސް ދިޔައީ ގަދަވަމުންނެވެ. ފާއިތުވަމުންދިޔަ ކޮންމެ ވަގުތުކޮޅަކާއިއެކު އޭނަގެ ހިއްސުތައް ކޮންޓްރޯލްކުރަން އުނދަގޫވަމުންދިޔައެވެ. ދީވާނާވެފައިވާ މޫސުމާއި ފަތްމިންޏެއްފަދަ ރީތި އަންހެންކުއްޖާއެވެ. އަދި އޭނައަކީވެސް ހިއްސުތައް ސަލާމަތުން ހުރި ޒުވާނެކެވެ. އަމުދުން […]