
އެދިގެން ކަލާ ލިބޭތޯ 20

20 ވަނަ ބައި
ވަގުތުން އޭނައަށް ހިޒްޔާންގެ އަތްތިލަ ފޮޅުވާލެވުނެވެ. އޭރު އެ މޫނު ހުދުވެ ލޮލުން ކަރުނަ ފާއްދާލައިފައިވިއެވެ. ވާހަކަ ފޮތްތަކުގައި ލޯތްބަކީ ފޮނި ޖަޒުބާތެއްކަމަށް ސިފަކޮށްދީފައި ހުއްޓަސް އޭގެ ހިތިކަމާއި އަނިޔާވެރިކަން އޭނަގެ ހަމަލޮލަށް ފެނިފައިވެއެވެ. އޭނައަށް ދުވަހަކުވެސް ފިރިހެނަކަށް އިތުބާރެއް ނުކުރެވޭނެ އެވެ.
“ކީއްވެ އެއްޗެކޭ ނުބުނީ ޔުމްނު؟ ޔުމްނު ބުނާ ކޮންމެ އެއްޗެއްވެސް އަހަރެން އަޑުއަހާނަމޭ.. އަހަންނަށް އިނގޭ ޔުމްނުއަށް އަހަންނަށް އިތުބާރުނުކުރެވޭކަން… އެކަމަށްވެސް ވަގުތުދޭން އަހަރެން މިހުރީ…” ދެއަތް ޖީބަށް ޖަހާލަމުން ހިޒްޔާން ވާހަަކަދެއްކިއިރު އެއަޑުގައި މަޑުމައިތިރިކަމާއި އެއްވަރަށް ޔަގީންކަމެއްވެސްވިއެވެ. އެކަމަކު އެއިން އެއްވެސް ބަހެއް ޤަބޫލުކުރަން ޔުމްނުގެ ނަފްސު އެއްބަހެއް ނުވިއެވެ. ދުލުން ބުނާ ބަހުގައި އެއްވެސް އިތުބާރެއް ނޯވެއެވެ. އިންސާނުންނަކީ ނުހަނު އަވަހަށް ބަދަލުވާ ބައެކެވެ. އެހެން ނޫނަސް މީހެއްގެ ހިތް އޮތް ގޮތެއް ނޭނގޭނެއެވެ.
“އަހަންނާއި ބެހޭގޮތުން ކޯއްޗެއް އިނގެނީ… ބުނެބަަލަ… ހަޤީޤަތް އިނގޭ ދުވަހަކުންވެސް ތިދުލުން ތިހެން ބުނާނަންތަ؟ ހަޤީގަތް ޤަބޫލުކުރާނ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.