(45 ވަނަ ބައި) ވިސްނުންތަކުން ޔުމްނުގެ ސިކުނޑި އައްސިވެގެންދިޔަވަގުތު ހިޒްޔާން ކުރިއަށް ފިޔަވަޅެއް އަޅާލަމުން އެދެއަތުގެ ތެރޭގައި އެ ހަށިގަނޑު ފޮރުވާލިކަން އިނގުނެވެ. އެކަމަކު ކުރީން އެދެއަތުން ލިބިދިން ހިމާޔަތާއި އެ މުލައްދަނޑީގެ ވަރުގަދަކަން މިފަހަރަކު ޔުމްނުއަކަށް އިޙުސާސެއްނުކުރެވުނެވެ. ހިޒްޔާންގެ ކޮންމެ އަދާއެއްްގައިވެސް މިރޭ ވަނީ އިންތިހާ ދަރަޖައިގެ މަޖުބޫރީއާއި ދުރުގޮތެކެވެ. “ހިޒްޔާން… އަހަރެން އެބަ ބިރުގަނެއޭ… ބުނެބަލަ ކަމެއްވީތަ؟” ހިޒްޔާންގެ މޭގައި މޫނު ފޮރުވާލައިގެން ހުރެވުނުއިރު ފާއިތުވަމުންދިޔަ ކޮންމެ ސިކުންތަކާއިއެކު ޔުމްނުގެ ކެތްތެރިކަން އިމްތިޙާނުވަމުން އައި […]
(44 ވަނަ ބައި) “ތިހާ ގޮތްދޫނުކުރާ މީހަކު މިދުނިޔެއަކު ނޫޅޭނޭ… ވައި ކޭންޓް ޔޫ ބީ ސެލްފިޝް… އަމިއްލަ ނަފްސަށްވެސް ނުބަލާ ހިޒްޔާން ސާބިތުކޮށްދޭން ބޭނުންވަނީ ކޮންކަމެއްތަ؟” ބާރު ވައިރޯޅިތަކުގެތެރެއިން ފޭދިގެން އައި ޔުމްނުގެ ރުޅިވެރި އަޑު ކަންފަތުގައި ޖެހުމާއިއެކުވެސް ހިޒްޔާންއަށް ދެލޯ މަރާލަމުން ހިންދިރުވާލެވުނެވެ. ހަލުވިވެފައިވީ އޭނަގެ ހިތުގެ ވިންދުތައް ވެސް ހަމަޔަކަށް އެޅިލައިގެންދިޔަކަހަލައެެވެ. ޔުމްނު ހަލުވި ފިޔަވަޅުތަކެއްގައި އޭނައާއި ގާތްވަމުން ބޮލާއި ދިމާލުން ކުޑަ އުފުލާލިއިރު ހިޒްޔާންއަށް ޔުމްނުގެ އަތުގައި ހިފާ އޭނައާއި ދިމާލަށް […]
(43 ވަނަ ބައި) “ޒެލް… އައިމް ސޮރީ… އައިމް ސޯ ސޮރީ… އަހަރެން ގަސްތަކުނޫން… އެރޭ… އަހަންނަށް… އަހަންނަށް ވީނުވީއެއް ނޭނގުނީ… އިނގޭ ޒެލްއަށް ނުބައި މާނައެއް ނެގިދާނެކަން… އެކަމްވެސް…. އަހަރެން…” ޒެލްގެ ކުށްވެރިކަމުން ފުރި ގެންވީ ނަޒަރު އެ މޫނާއި އަމާޒުވެގެންދިޔުމާއިއެކުހެން އައިލީގެ ކެތްތެރިކަން ނެތިގެންދިޔަކަހަލައެވެ. ހަޔާތުގެ އެ ހިތި ހަނދާނަކީ ނުވާކަމަކަށް ހެދުމަށް އޭނަ ހާދަ މަސައްކަތެއްކޮށްފިއެވެ. ޒެލްގެ ކުރިމައްޗަށް އަންނަން ބޭނުންނުވީވެސް އެ ހަނދާންތަކާއި ދުރަށްދާން ބޭނުންވީވަރުންނެވެ. ކުށްވެރިކަމުގެ އިޙުސާސްތަކުން އެ ހިތް […]
(42 ވަނަ ބައި) “ކީއްވެ ހިޒްޔާންއަށް ފުރުސަތެއްދޭން ޔުމް ބޭނުންނުވަނީ؟ އަހަންނަށް އިނގޭ އޭނަ މިހާރު ކެފޭތެރެއިންވެސް ނުފެން ނަނީވެސް ޔުމް އެއްޗެކޭ ބުނީމަކަން… އެންމެ ފަހަރަކުވެސް މިހިތުގެ އަޑު ޔުމް އަހާބަަލަ.. ކޮންކަހަލަ ދިރިއުޅުމެއް ތިއީ؟ ކިހާ ދުވަހެއްވާންދެން ޔުމް ތިހެން ހުންނާނީ؟ ތިހެން އުޅެގެން ދުވަހަކުވެސް ޔުމްނުއަށް ދިރިއުޅުމެއް ލިބި ދާނެތަ؟ ހިޒްޔާންއަށްވެސް ލޯބިވާން ފުރުސަތެއްވެސް ދިނީކީނޫން… އެވަރުންވެސް އޭނަ އެހުންނަނީ ޔުމްނުއާއި ހެދި ދީވާނާވެފައި… މި ޒަމާނުގައި އެވަރަށް ލޯބިވާނޭ މީހަކު ހުރެދާނެތަ؟” […]
(41 ވަނަ ބައި) ނުވިސްނާ ހުއްޓާ އައި އެ ހަމަލާއާއިއެކު ޒައިތޫން އަރި އަޅާލައިގެންދިޔައިރު ރޫޖެހިފައިވާ އިނގިލިތަކުން ރެއިލިންގައި ހިފަހައްޓާލަން ކުރި މަސައްކަތްވެސްވީ ބޭކާރެވެ. “އައިޝަމް…” ސިޑީގެ ހަރުފަތްތައްމަތީން ފައިތިލަ ކައްސާލައިގެން ވެއްޓެންދިޔައިރު ޒައިތޫންގެ ބާރުހަޅޭކުގެ އަޑު މެހެލް ގެ ހަތަރުފާރުގެ ތެރޭގައި ގުގުމާލައިގެންދިޔައެވެ. ސިކުންތުކޮޅެއްގެތެރޭގައި ހަރުފަތްތައްމަތީން ފުރޮޅެމުންގޮސް ބިންމަތީގައި ޖެހުމާއިއެކު ޒައިތޫންގެ ބޯފަޅައިގެންގޮސް ދުނިޖަހާފައި އޮހިގަތް ލޭތަކުން މާބްލްސްމަތި ކަޅިވަމުންދިޔަތަން ދެކެން ޝެރީން ހުރީ ހަމަޖެހިލައިފައެވެ. ޒައިތޫންގެ ހަށިގަނޑުގެ ހުރިހާ ހަރަކާތްތަކެއްހެން ހުއްޓި އެހަށިގަނޑަށް […]
(40 ވަަނަ ބައި) އިރުކޮޅެއްވަންދެން އެއަޑުއަހަން ހުރުމުންވެސް އައިކަންގެ ބުއްދި ފިލައިގެން ދިޔަހެންހީވިއެވެ. ވާނުވާ ނަގައިނުގަނެވިފައި ހުރި ވަގުތުކޮޅަކަށްފަހު އޭނަ ވައިރޯޅިއެއްހާ ހަލުވިމިނުގައި ގޮސް އެނދުމަތީގައި އޮތް މިޒްޔަލްގެ ކަރުގައި ހިފާ ތެދުކޮށް ލިއިރު ޝައިތާނީ ރުޅިއާއިއެކު އިތުރު ބާރެއްވެސް ލިބިފައިވާކަހަލައެވެ. މިޒްޔަލްގެ ނޭވާހޮޅިއާއި ދިމާލުން ބާރުކޮށްލަމުން އޭނަ މިޒްޔަލް ކޮޓަރިތެރެެއަށް ހޫރާލީ ކުޑިކޮޅެއް ފަދައިންނެވެ. މާބްލްސްމަތީގައި ޖެހިގެންދިޔުމާއިއެކު ހަށިގަނޑުގައި އަޅަންފެށި ގަދަވޭނުން މިޒްޔަލްއަށް މަޑުމަޑުން ހަމަހޭވެރިކަމަށް އާދެވެން ފެށިކަަހަލައެވެ. ހަނިކޮށް ހުޅުވެމުންދިޔަ ލޮލުގެ ދާއިރާއިން އޭނައަށް […]
(39 ވަނަ ބައި) “ލޯބިވުމަކީ ކުށެއްނޫން… އަދި އެއީ ބާރުފޯރުވޭ ޖަޒުބާތެއްވެސްނޫން… އެކަމަކު އެއްފަރާތުން ވެވޭ ލޯތްބެއްގެ މައްޗަށް ދިރިއުޅުން ބިނާއެއްނުވާނެ… އެއީ ދެފަރާތުންވެސް ހިއްސާކުރަންޖެހޭނެ އިޙުސާސެއް… ދަރިފުޅަށްވެސް އިނގެއެއްނު… އައިލީ ދަރިފުޅާއިމެދު އެފަދަގޮތަކަށް ނުދެކޭކަން.. އައިލީގެ ކައިވެނި މާކުރީންވެސް އެހެން ފަރާތަކާއި ހަމަޖެހިފައިވާކަން..” ހައިކަލް ވާހަކަަދައްކަމުންދިޔަަވަރަަކަށް ޒެލް ގެ ލޯ ތެމެމުންދިޔައެވެ. އޭނައަށް އިނގިފައިވީ ވާހަކަތަކަކަށްވިޔަސް އެހެން މީހެއްގެ ދުލުން ހަޤީގަތް އިނގުމުން އޭނަގެ ހިތަށް ކުރީ ފުންއަސަރެކެވެ. އެ ހިތި ހަޤީގަތަށް ފިލަން އޭނަ […]
(38 ވަނަ ބައި) މާބްލްސްމަތީގައި ދުވެފައިވާ ކޮފީ ކޯރުގެ ތެރޭގައި ހުއްޓުން އަރާފައި އިވީ ހުރިއިރު އެދެލޮލުގައިވީ އަސަރަކުންވެސް އެތަނުގައި ހިނގާދިޔަ ކަންތައް ފެނުނުކަމަށް ހެކިވެއެވެ. “އޭތް.. ކަލޭ ކޯއްޗެއް ބަލަންތަ ތި ހުންނަނީ… މާ ރީތި އެއްޗެއް ފެންނަނީތަ؟ މިތަން ސާފުކޮށްބަލަ…” ޝެރީން ހަމަޔަކަށް އެޅިލަމުން އިވީއާޢި ދިމާލަށް ކަޅިއަޅާލައިފިއެވެ. ދާދިފަހުން މެހެލްއަށް އައި ނޯކަރަކަށްވެފައި އުމުރުން ހަނގު އަންހެންކުއްޖަކަށްވުމުން އިވީ ބިރުގަންނުވާލުމަކީ ފަސޭހަަކަމަކަށްވާނެކަން އޭނައަށް އިނގެއެވެ. “މޭމް… އަޅުގަނޑު… އޭނަ މޭމްގެ ގަޔަށް… ކޮފީ […]
(37 ވަނަ ބައި) “ހީވީ ހީވުމެއްގެ މައްޗަށް ސަރއަކަށްވެސް ގޮތެއް ނުނިންމޭނެ… އަޅުގަނޑު ޑާންސް އަައިޓަމްގައި ބައިވެރިވެގެން ކުށް ވެރިވާންޖެހޭ ސަބަބެއް ނުވިސްނޭ…” މިލާންގެ ސިކުނޑި ސިކުންތުކޮޅަކަށް ގަނޑުވެގެންދިޔައިރު އޭނަ ގަދަކަމުން ލޮލަށް ކަރުނަ ގެންނަމުން އައިކަންގެ ހަމްދަރުދީ ހޯދަން އުޅެގަތެވެ. އެހާ ފަސޭހައިން އޭނަގެ ބުރަމަސައްކަތް ބޭކާރުވެެގެން ދިޔުމަކަށް އޭނައަށް ދުލެއްނުކޮށްލެވޭނެއެވެ. އޭނަ ޑާންސް ޓީމާއިއެކު ހުރި ފޮޓޯގަނޑު ނެގިގޮތަށް އައިކަންގެ އަތަށް ލައިދިންއިރު އެދެލޮލުގައިވީ ޔަޤީންކަމެވެ. “އަހަރެން ބުނިއެއްޗެއް މިލާންއަށް އަޑުނީވުނީތަ؟ ހަމައެކަނި ޑާންސްގެ […]