(9 ވަނަ ބައި) “ސޮރީ… ގަސްތަކު ނޫން… ވަރަށް ބޮޑަށް ސޮރީ…” ކުރެވުނު ކަންތައް އިހުސާސްވެގެންދިޔުމާއިއެކު ކޯތާފަތްމަތީގައި ޖައްސާލެވިފައިވާ އަތްތިލަނަގަމުން ހިޒްޔާންއަށް ޔުމްނުގެ މޫނަށްބަލާލެވުނީ ކުށްވެރިކަމުގެ ނަޒަރަކުންނެވެ. އޭނަ ކިތަންމެ ކެތްތެރިކަން ކުޑަވެގެންދިޔަޔަސް އެފަދަގޮތަަކަށް ޔުމްނުގެ ހަށިގަނޑުގައި އަތްޖައްސާލުމުގެ ހައްޤު ނޯންނާނެކަމަށް އަމިއްލަ އަށްވެސް ޤަބޫލުކުރެވުނެވެ. މޫނާއި ދިމާލަށް އުފުލާލެވިފައިވާ އަތްތިލަ ދުރުކޮށްލަމުން ފުސްވަމުންދިޔަ ދެލޮލުން ޔުމްނުއަށް ހިޒްޔާންއާއި ދިމާލަށް ބަލާލެވުނުއިރު ދުލަށް ނުގެނެވުނަސް އެހިތުގެތެރޭގައި އެތަށް ޝަކުވާތަކެއްވިއެވެ. މިވަގުތުކޮޅާއި ޖެހެންދެން އޭނައަށް ހިޒްޔާންގެ ފަރާތުން ކުޑަ […]
(8 ވަނަ ބައި) ******************* އިރުގެ އެންމެ ފަހު ދޯދިތަކުގެ އަސަރު ދުނިޔެމަތީން ނެތިގެންދިޔުމާއިއެކު އެކިކުލަކުލައިގެ މަސްނޫއީ އަލިތަކުން އުދަރެސްމަތި ކުުރުހާލައިފިއެވެ. ކަޅުފޮއެ ރެއެެއްކަމުން ފަޒާގައިވީ އަނދިރިކަން ތޮރުފަމުން ދިޔައީ އެކި އުސްމިިންތަަކަށް ކޮއްޅަށް ޖަހާލެވިފައިވާ އިމާރާތަކުން ދޫކުރަމުންދާ އަލިތަކުންނެވެ. އައިޝަމްގެ ޕްރައިވެޓް ރޫމްގެ ކުޑަދޮރުތައް ހުޅުވާލައިފައިވާއިިރު ގަދަައަލިކަމަކުން ދިއްލާލެވިފައިވާ އުސް އިމާރަތްތަކުގެ ހިޔަނިި ކޮޓަރިތެރެއަށް އެޅިފައިއޮތެވެ. ހޮސްޕިޓަލްގެ ގޯތިތެރޭގައި ހެދިފައިވާ ބަގީޗާ ގަސްތަކާއި ތޮޮޅެމުންދާ ވައިރޯޅިތަކުން ކޮޓަރިތެރެ ފިނިިކުރަމުން ދިޔައެވެ. ދޭތެރެއަކުން ކުޑަދޮރުގެ ފަރުދާތައް ވެސް […]
( 7 ވަނަ ބައި) “ނުވާނެ ނަގައިގެން… އޭނަ ނުޖެހޭނެ އަހަރެންގެ ކަންތައްތައް ބަލާކަށް…” އައިކަންއަށް މިވަގުތު ގުޅާނީީ ކާކުކަން އިނގޭތީީ އައިކަންއަށް ފޯނު ނެގުމުގެ ފުރުސަތުނުދޭން ހިޒްޔާން މަސައްކަތްކުރިއެވެ. ހިޒްޔާންގެ އަތުން އައިކަންގެ އެއް އަތުގައި ހިިފަހައްޓާލުމާއިއެކު އައިިކަން އެއަތް ފޮޅުވާލައިފިިއެވެ. އައިޝަމްގެ ކޯލް ނެގިގޮތަށް އޭނަ ތޮށިގަނޑުމަތީން ފުންމާލައިިގެން ގޮސް ދޮންވެލިިގަނޑުގައި ރާޅު ބީއްސަމުންދާ ހިސާބުގައި މަޑުކޮށްލިއެވެ. “ލައްބަ އަންކަލް… ޒޭން އެބަހުރި އަޅުގަނޑާއިއެކު… އަޅުގަނޑުމެން އެއްކޮށް މިއުޅެނީ… މާލަސްނުކޮށް ގެއަށްދާނަން…” އައިކަން ބާރަށް […]
“އައިލީ…” އައިކަންގެ ހާސްކަމުން ފުރިގެންވީ އަޑު އައިލީގެ ކަންފަތުގައި ޖެހުނީވެސް އެފަދަ ވިސްނުމެއްގައި ހުއްޓައެވެ. ކަންފަތަށް އިވުނު އަޑު ޔަގީންނުވެގެންކަހަލަގޮތަކަށް އައިލީއަށް ވަގުތުން ފަސްއެނބުރި ބަލާލެވުނެވެ. އޭރު ދުވެފައިިކަހަލަ ގޮތަކަށް އައި އައިކަން އެހިސާބާއި އަރާހަމަވީއެވެ. “ކޮއްކޮ އޯކޭދޯ؟ ނަސީބެއްނު ދޮންބެއަށް ރިސޯޓްގައި އުޅެވުނު ރެއަކަށްވީކަން… ހިިނގާދަމާ… ލާންޗް މަޑުކޮޮށްގެން އެބައޮތް…” އައިކަންގެ ކޮންމެ ޖުމްލައަކުން ހާމަވީ ކޮއްކޮޮއާއިި އަޅާލާވަރެވެ. ހިޒްޔާން އެދިގެން އޭނަ ރިސޯޓަށް އަަޔަސް އެކަން އެނގުމެއްނެތި އައިލީީއަށް ލިބިފައިވާ ހައިރާންކަން އައިކަން ފިލުވާލީީ […]
“މަންމާ…” ޔުމްނު ގޮވާލިއިރު އެއަޑުގައި ތަފާތުކަމެއްވިއެވެ. މަޑުހިނގުމެއްގައި އައިސް ޔަންހާގެ ކުރިމައްޗަށް ހުއްޓެމުން މަންމަގެ މޫނަށް ބަލާލިއިރު އެލޮލުގައި ކަރުނަވިއެވެ. އެ ދޮން މޫނުގައި ދުޅަވެ، ނޫފައިގެންފައިވާ ތަންތަނުގައި އަތްޖައްސާލިއިރު ޔުމްނުގެ ލޮލުން ފާޅުވެގެންދިޔަ ސިހުމާއިިއެކު އެ ހިތުގައި ބިރުވެރިކަމެއް ހިނގާލައިފިއެވެ. ހަމަހިމޭން ދެއަހަރަށްފަހު ކުރީގެ ބިރުވެރިކަން އަލުން އިޔާދަވީ ކަމަށް އޭނަގެ ހިތްވެސް ބުނެދިންއިރު ޔުމްނުއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. ހުވަފެނެއްގައިވެސް އެ ދުވަސްތައް އަލުން ތަކުރާރުވެގެން އޭނައާއި ބައްދަލުވާކަށް އޭނަ ނޭދެއެވެ. “މަންމާ… އޭނަ… […]
“އަހަރެން ފެނުނީމަ ހާދަވަރަކަށް ސިހުނީ… އަހަރެން ނާންނާނެކަމަށް ނިންމައިގެން ވަރަށް އުފަލުންދޯ ތިހުރީ؟” އަަރައިގެން ހުރި ބަރުބޫޓުގެ އަޑުއިއްވަމުން އެ މީހާ ކުރިއަށް ފިޔަވަޅެއް އަޅާލިއިރު އެ މޫނު މަތީން ކިނބުރުވެރިކަން ފާޅުވިއެވެ. “ރީހާން ހެޔޮނުވާނެ…. އަލުން އަހަރެންގެ ކުރިމައްޗަށް ތިއައީ ކޮންކަމެއް ބޭނުންވެގެން… ކުރީން އަހަންނަށް ކުރެވުނު ވަރުން ތިހިތް ނުފުރުނީތަ؟ މާތްﷲގެ ރަސްކަންފުޅަށްޓަކައި ބުނަން އަހަންނާއި އަހަރެންގެ ދަރިފުޅު އެކަނި ހާލައިގެން އުޅުނަ ދީބަލަ… އިތުރަށް އަހަރެންގެ ފަރާތުން ރީހާން ހޯދަން ޖެހޭ އެއްޗެއް […]
(3 ވަނަ ބައި) “ޔުމްނު…” މައްޗަށް ދެވޭގޮތަށް އިން ލަކުނޑި ސިޑިމަތީން ދުވެފައިކަހަލަގޮތަކަށް ފައިބައިގެން އައި އަންހެންކުއްޖާގެ ފިޔަވަޅުތައް އަމާޒުކުރެވިފައިހުރީ ތިރީގައި ހުރި ކައުންޓަރާއި ދިމާލަށެވެ. މާނޭވާލަމުން އެ އަންހެންކުއްޖާ ކައުންޓަރާއި ކައިރިވީއިރު ކައުންޓަރު ކައިރީގައި ހުރި އަންހެންކުއްޖާ އިސްއުފުލާ ބަލާލީއެވެ. އެ ދެއަންހެންކުދީންގެ ދެމެދުގައި ދެކެވިގެންދިޔަ ވާހަކަަކޮޅަކަށްފަހު ކައުންޓަރު ކައިރީގައި ހުރި އަންހެންކުއްޖާ ސިޑިބަރިއާއި ދިމާލަށް ހިނގައިގަތެވެ. ސިޑީ ގެ ފައްތަރުތަކުންލާފައި މައްޗަށް އަރަމުން އެ އަންހެންކުއްޖާ ފަސްއެނބުރިބަލާލިއެވެ. އެ ކުޑަ ހަރަކާތާއިއެކު ނިއްކުރި މައްޗަށް […]
“މާމާ…” ލިވިންރޫމްއިން މައްޗަށްދެވޭގޮތަށް އިންނަ ޑިޒައިނަރ ސިޑިއާއި ދިމާލުން އިވުނު އަޑާއިއެކު ކުރިއަށް ފިޔަވަޅު އަޅައަޅާ ހުރެފައިވެސް ޝެރީންއަށް ވަގުތުން ފަސްއެނބުރިބަލާލެވުނެވެ. އެއާއިއެކު ފެނުނު ސޫރައާއިއެކު ލިބުނު ހައިރާންކަމާއިއެކުވެސް ވަގުތުން މޫނަށްގޮތެއްހަދާލެވުނެވެ. ކަންފަތުގައި ޖެހިގެންދިޔަ އަޑާއިއެކު އައިސްފައިހުރި ގަދަރުޅީގެ މަތީންވެސް ޒައިތޫން ހަނދާން ނެތުނު ފަދައެވެ. ވަގުތުން މޫނުމަތީވީ ރޫތައް ފިލައިގެންދިޔައިރު އޭނަގެ ނަޒަރު ސިޑިބަރިއާއި ދިމާލަށް ދަތުރުކުރީ އަޑުދަތުރުކުރާހާ ބާރުމިނުގައެވެ. “މާމާ…” ދެވަނަފަހަރަށްވެސް އިވިގެންދިޔަ އަޑަށް ޒައިތޫންއަށް ޖަވާބުނުދެވެނީސް ސިޑީގެ ދެވަނަ ހަރުފަތުގައި ހުރެފައި ފޭބި […]
20 އަހަރުފަސް… ފަތިހުގެ އާރޯކަމުން ފަޒާގައިވީ ތެތްފިނިކަމުގެ މައްޗަށް ހޫނުކަންގަދަވަމުން މެންދުރުވެގެން އައިރު އުޑުމަތި ބައްދާލައިފައި އޮތް ކަޅުކަންގަދަ ވިލާތައް އެއްފަރާތްވެ އުޑުމަތި ދަޅައަަޅަން ފަށައިފިއެވެ. ކުޑައިރުކޮޅެއް ކުރިން ވެހުނު ވާރޭ ހުއްޓާލައި ފައިވުމުން ޖައްވުގައި ހިފާފައިއޮތް ފިނިކަން މަޑުމަޑުން ކެނޑި ފަޒާގައި ދިލައާވިކަމެއް ހިފަމުންދިޔައެވެ. އުޑުމަތީ ބައިހަދާލައިގެން ތިބި ވިލާތަކުގެ ތެރެއިން އިރުފެނިލި ވަގުތު ވިލާތައް ކަފަމުން ތިރިއަށް ފޭބި “ޑްރީމް އެއަރލައިން” އޮމާންދުއްވެއްޔެއްގައި ގޮސް ރަންވޭގެ ކޮޅުގައި ފުރޮޅު ބީއްސާލިއެވެ. އެއާއިއެކު ދަތުރުގެ ދިގުކަމާއިހެެދި […]