ތަޢާރަފް އިރުއެރުމުގެ ނިޝާންތައް މަޑުމަޑުން އުދަރެހުން ފާޅުވާންފެށިއިރު ފަތިސްނަމާދަށްފަހު ސަހަރާގައި ކުރިއަށްދިޔަ ޖަނާޒާގެ އެންމެފަހުގެ ވާޖިބުތައް އަދާކުރުމުގައި ސަހަރާތެރޭ ކޮންމެވެސްވަރަކަށް މީހުން ހޭލަމޭލަވަމުންދިޔައެވެ. ނެތް ހިތްވަރު ނެރެގެން މައްޔިތާގެ މައްޗަށްވާ އެންމެ ފަހުގެ ހައްޤުތައް އަދާކުރުމުގައި އާއިލާ މެންބަރުން އުޅެމުންދިޔައިރު ރުއިމާއި ގިސްލުމުގެ އަޑު އެތަނުގެ ތެރޭގައި ގުގުމާލައިފައިއޮތެވެ. އާއިލާއަށް ހޭހަންކޮށްދޭން ތިބި ދުރުހިލޭމީހުންގެ މޫނުތަކުންވެސް ފެންނަނީ ހިތާމައާއި ހަމްދަރުދީގެ ކުލަވަރެވެ. ކުރިމަތިވެގެން އުޅޭ ކަންތަކުގެ ބޮޑުކަމާއި، އާއިލާ މެންބަރަކު ވަކިވެގެން ދިޔުމަކީ ދިރިތިބީންނަށް އެކަމަކުން ކިހާބޮޑު […]