
އެދިގެން ކަލާ ލިބޭތޯ 21

(21 ވަނަ ބައި)
ލަސްލަހުން ފަހަތަށް ފިޔަވަޅުތަކަށް ނެގެންފެށިއިރުވެސް ހިޒްޔާންއަކަށް ނޭނގުނެވެ. ވަކިހިސާބަކުން އޭނަގެ ފިޔަވަޅުތައް ހަލުވިގެންދިޔައިރު އަވަސް ފިޔަވަޅުތަކެއްގައި ގޮސް ކާރާއި ހަމަވިއެވެ. އިތުރަށް މަޑުކޮށްލުމެއްވެސް ނެތި އޭނަ ކާރުގެ ޑްރައިވިން ސީޓްއަށް އެރިއިރުވެސް ރަނގަޅަކަށް ސިކުނޑި މަސައްކަތެއްނުކުރެއެވެ. އޭނައަށް ވަގުތުން ކާރުގެ ސަރަކައި ގައި ހިފާ އަނބުރާލަމުން ދުރަށް ދުއްވާލަމުން އެ ހުރިހާ ކަމަކުން ދުރަށް ދާން ބޭނުންވީވަރުންނެވެ.
*****************
އަސުރުން އިރު ތިރިވެގެން އައިރު ފިނިފިނި ވައިރޯޅިތަކުން ފަޒާތެރެ ފިނިކޮށްލާފައިވިއެވެ. މެންދުރު ހޫނުކަން ކެނޑި ފަޒާގައި ހުވަނދެއްފަދައިން މަލުގެ މީރުވަސް ހިފަމުންދިޔަ ގޮތުން ސިކުނޑި ތާޒާކޮށްދެއެވެ. ބަހާރު މޫސުންކަމުން ގަސްތައް އެކި ކުލަ ކުލައިގެ މަލުން ޖަރީވެފައިވެއެވެ.
ބެލްކަނީގައި ހެދިފައިވީ ތަފާތު ކުލަތަކުގެ މާގަސްތަކަށް ނަޒަރުހުއްޓާލައިގެން ހުރެފައި ނިދީގެ އަސަރުތައް ފާޅުވަމުންދިޔަ ލޮޮލުގައި އިނގިލި ހިންގާލަމުން އައިޝަމް ކުޑަކޮށް އާފުރިލިއެވެ. ރޭގެ ހަމަ ނިދި ނުލިބުމުގެ ވަރުބަލިކަން ހަށިގަނޑުން ފާޅުވާންފެށީއެވެ. ހަވީރުގެ ސ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.