ނިކަތު ހިނިތުން ވެލަމުން ސަލާމަށް އަތް ދިއްކޮށްލިއެވެ. ނިކަތު ފޯނުން ވާހަކަ ދައްކާފައި ވުމުން އެމީހާ ހިތްހެޔޮކަން ނިކަތުއަށް އެނގެއެވެ. ނަމަވެސް ފާތުން މިއަދު ސަލާމަށް އަތްދިއްކުރުމުގެ ބަދަލުގައި އަތް އަޅާލީ އަނގަމަތީގައެވެ. އުމުރުން ދުވަސްވެފައިހުރި އެމީހާގެ ލޮލަށް ކަރުން ޖަމާވިތަން ފެނުމުން ނިކަތު ބަލާލީ ފަހަތުގައި ހުރި އައްމާރު އަށެވެ. އައްމާރު ބަލަންހުރީ ފާތުންއަށެވެ. ޖީބަށް އަތް ޖަހާލައިގެން ހުރި އައްމާރު އެވަގުތު ބޯ ޖަހާލަމުން ހީލިއެވެ. އަދި ނިކަތުއަށް ބަލާލަމުން ކުރިއަށްވުރެ ފުޅާ ހިނިތުން […]
އަމްރުއާއި އައްމާރު ބަލަން ހުރީ މުއާޒްގެ މޫނަށެވެ. ނިކަތު އަދިވެސް އިނީ ދޮންކެޔޯ މަތިން ވިސްނާށެވެ. ނަމަވެސް މުއާޒަށް އޭނާއެހައި ދޮންކެޔޮ ކާހިތުން ހުއްޓައި ކުއްލިއަކަށް އެހެން ބުނުމުން ނިކަތުވެސް އެދިމާލަށް ބަލާލިއެވެ. ނިކަތު ބޭނުންވީ އެތަނުން ދާެށެވެ. ކާއެއްޗެހި ގެނައުމުން މުއާޒްއާއި އައްމާރު އެއްކޮށްހެން ބަލާލީ ނިކަތުއަށެވެ. އޭރު ނިކަތު ދޮންކެޔޮ ވަށް އަތަށް ލައިފައި ބަލާލީ ދުރަށެވެ. “ނިކޫެގެ މަންމައާއި އަހަރެން ރައްޓެހި ވާނެ…” މުއާޒް އެހެން ބުނެފައި ބަލާލީ އަމްރުގެ މޫނަށެވެ. ނިކަތުއަށްވުރެ […]
ހެނދުނު ހޭލެވުނު އަމްރު މޯޅިއަކަށް ދެމިލަމުން ހީލިއެވެ. ކައިރީގައި ނިދާފައި އޮތް ނިކަތުއަށް ބަލާލަމުން އަމްރު އެނިތުގައި ބޮސްދިނެވެ. އަދި ނިކަތުއަށް ގޮވާލަން އުޅުނެވެ. ނަމަވެސް އަމްރުގެ ސަމާލުކަން އަތުލައިގަތީ ނިކަތުގެ ފައިކައިރީގައި ހުރި ރަތްކުލައެވެ. އަމްރު ކުއިލްޓް ނަގައި ދުރަށް އެއްލާލިއެވެ. ނޫނެކެވެ. ރަތް ކުލައެއް ނޫނެވެ. ލެއެވެ. އަމްރު އެތަނުގައި އަތް ޖައްސާލިއެވެ. އަދި އަތަށް ބަލާލީ ލޭއަތުގައި ހުރިތޯ ޔަޤީންކުރާށެވެ. ވަގުތުން އަމްރު ނިކަތުގައި ހިފައި ތަޅުވައި ގަންނަމުން ގޮވާލައިފިއެވެ. ލޯ ހުޅުވާލި […]
ގޭތެރެއިން ދުވަމުން ނިކުމެގެން އައި ފިރިހެންމީހާ ދާތަން ފެނުމުން ނިޝާން ދުއްވައިގަތީ އެމީހާގެ ފަހަތުންނެވެ. އަމްރު ފޯނުގެ ލައިޓު ޖައްސައިގެން ނިކަތުގެ ކޮޓަރިއާއި ދިމާލަށް ދުއްވައި ގަނެއްޖެއެވެ. އަދިވެސް އެތަނުން ނިކަތުގެ ރުއިމުގެ އަޑު އިވެއެވެ. ފޯނުގެ ލައިޓު އަޅުވައިގެން ހުރި އަމްރު ނިކަތުއަށް ބަލާލިއެވެ. ނިކަތު އިނީ ބިންމަތީގައި ކަކޫ ޖަހައިގެން އަންގަމަތީގައި ދެއަތުން ހިފަހައްޓައިގެންނެވެ. ނަމަވެސް ރޮވެމުން ދިޔަ ނިކަތު މަޑުމަޑުން އެއްޗެކޭ ކިޔާކަން އަމްރުއަށް އިހްސާސްވިއެވެ. “ނިކޫ… ނިކޫ..” އެއަޑު އިވުނު އަމްރު […]
އަމްރު އަނެއްކާވެސް ނިކަތުއާއި ކައިރިވެލިއެވެ. މަޑުމަޑުން ނިކަތުގެ ކަންފަތުގައި ތުންފަތް ޖައްސާލަމުން ކަރުން ތިރިއަށް އަތް ހިންގާލިއެވެ. އަދި ނިކަތު ލައިގެން ހުރި ގަމީހުގެ ފުރަތަމަ ގޮށް ނައްޓާލަމުން ކަނާތް ފަރާތުން ގަމީސް ތިރިކޮށްލަމުން އެތަނުގައި އަމްރު ތުންފަތް ޖައްސާލިއެވެ. ދެމީހުންވެސް ހަމައިން ނެއްޓިފައިވާ ކަހަލައެވެ. ނިކަތުވެސް އަމްރުގެ އިސްތަށިގަނޑުފައި ހިފާލަމުން މަޑު އާހެއް އަނގައިން ބޭރުކޮއްލިއެެވެ. އަމްރު މަޑުމަޑުން އޭނާގެ އަތް ނިކަތު ލައިގެން އިން ޗގަމީސް އެތެރެއިން މައްޗަށް ހިންގާލިއެވެ. އެކަން އިހްސާސްވި ނިކަތުއަށް […]
ދުރުދުރުގައި ފައި އަޅަމުންއައި ނިކަތުގެ ހިނގުން މަޑު ދުވުމަކަށް ބަދަލުވިއިރުވެސް އޭނާއަކަށް ރެއަކާއި ނުލިއެވެ. ކުރިން ދުވަހެއްގައި ގޭގެ އެތެރެއިން މީހަކު ހުރަސްކުރިހެން އޭނާއަށް ހީވިއެވެ. ފަހަރުގައި އެހެން މީހަކުވެސް ހަމަ މިމަގުން ހިނގާފައި އައިސް ދާނެއެވެ. ނަމަވެސް އޭނާގެ ހިތް ބުނަމުން ދިޔައީ ހުއްޓިފައި ފަހަތަށް ނުބެލުމަށެވެ. ނިކަތު ކަންތައްވެސް ކުރީވެސް އެހެންނެވެ. ބޯ ކަނާތްފަރާތަށް މަޑުމަޑުން އަނބުރާލިއިރު އެމީހާވެސް ބާރު ހިނގުމެއްގައި އާދެއެވެ. ކުއްލިއަކަށް އޭނާގެ ފައިން ވާގި ދޫވިހެން ހީވެއެވެ. އެއްވެސް ވަރަކަށް […]
“މަންމާ ބުނަންތަ… އަހަރެންގެ ދިރިއުޅުންމީ.. މަންމަ އެހެން ފިރިހެނަކާއެކު ފިލައިގެން ދިޔަރޭ އަހަރެން ރުއިރުރިން ހަނދާން އެބަހުރިތަ…” އަމްރު އިސްޖަހާލަމުން އެހެން ބުނެލި ގޮތުން އީމާނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އަމްރު އެހެން ބުނެފައި ދިޔައީ ކޮޓަރިއާއި ދިމާއަށެވެ. ކޮޓަރިއަށްވަދެ ދޮރު ޖެހި އަމްރު ލޯ މަރާލަމުން ފުންނޭވާއެއް ދޫކޮއްލިއެވެ. އަދި ދޮރުފަތިގައި ބުރަކަށި ޖައްސާލަމުން ވިސްނާލީ މީގެ ކުރިން އޭނާގެ މަންމަ ދެއްކި ވާހަކަ ތަކާއި މެދުގައެވެ. އީމާނާ ބުނި ގޮތުގައި ތަޝްކީލްއަކީ އޭނާއަށް ފެނުނު […]
“އަމްރު…” ދޮރުމަތިން އިވުނު އަޑުން ދެމީހުންނަށް ތެޅިގަނެފައި ތެދުވެއްޖެއެވެ. ތިރިއަށް ބަލަންހުރި ނިކަތު ހެނދުން ރީތި ކޮއްލަމުން އަމްރުއަށް ލޯބޮޑު ކޮއްލިއެވެ. އަދި ކުރިމަތީގައި ހުރި މިހާއަށް ބަލާލިއެވެ. ވަގުތުން އެމީހާ ފަހަތަށް ޖެހިލައިފިއެވެ. މީހަކު ސިންގާއެއް ފެނުނަސް އެވަރު ނުވާނެއެވެ. “ތަޝްކީލް…” ތެޅެމުން ދިޔަ ހިތާއެކު ބޭއިޙްތިޔާރުގައި އީމާނާއަށް ބުނެލެވުނެވެ. އީމާނާ އެހެން ބުނުމާއެކު އަމްރު ބުމައަރުވާލައިފިއެވެ. 19 ޖެނުއަރީ 1996 ތަޝްކީލް މަޑުކޮއްލައިގެން އިނީ ގޭގެ ދޮރުމަތީގައި ކޮޅަށެވެ. ކޮނޑުމަތީގައި ދިހަދުވަހުގެ ކުޑަކުޑަ ރުކާޔަތާއި […]
‘ޕޮލިސް ކާރުގެ އަޑު…” އަނެއްކާވެސް ދަންނަ އަޑުއިވުމުން އަމްރު ލޯ ހަނިކޮއްލަމުން ލޯމަރާލައިގެން އަވަސްއަވަހާއި ނޭވާލާން އިން ނިކަތްގެ ބޮލުގައި ފިރުމާލިއެވެ. އެކަން އިހްސާސް ކުރެވުނު ނިކަތް ލޯހުޅުވާލަމުން އަމްރުގެ މޫނަށް ބަލާލިއެވެ. ޕޮލިހުންނ އެތަނަށް އަންނަން އޮތީ ދިހައެއް ޖަހާއިރު ކަމުގައިވިއަސް ކުރިން އައީ އަމްރުގެ މެސެޖްއަކަށެވެ. ނަމަވެސް އައިލެއް ތަންކޮޅެއް ލަހީއެވެ. ކާރުގެ ބަރުގޮން އިންޑިއާ މީހުން އިވޭވަރަށް ބާރުކޮއްގެން އައުމުން އެންމެނަށްވެސް އަޑު އިވޭނެއެވެ. ޕޮލިހުން އައިސް އެގެއަށް ވަނުމުން އަމްރު ތެދުވީ […]