ހުވަފެނުގެ ރާނީ 11
ހެނދުނު ހޭލެވުނު އަމްރު މޯޅިއަކަށް ދެމިލަމުން ހީލިއެވެ. ކައިރީގައި ނިދާފައި އޮތް ނިކަތުއަށް ބަލާލަމުން އަމްރު އެނިތުގައި ބޮސްދިނެވެ. އަދި ނިކަތުއަށް ގޮވާލަން އުޅުނެވެ. ނަމަވެސް އަމްރުގެ ސަމާލުކަން އަތުލައިގަތީ ނިކަތުގެ ފައިކައިރީގައި ހުރި ރަތްކުލައެވެ. އަމްރު ކުއިލްޓް ނަގައި ދުރަށް އެއްލާލިއެވެ. ނޫނެކެވެ. ރަތް ކުލައެއް ނޫނެވެ. ލެއެވެ. އަމްރު އެތަނުގައި އަތް ޖައްސާލިއެވެ. އަދި އަތަށް ބަލާލީ ލޭއަތުގައި ހުރިތޯ ޔަޤީންކުރާށެވެ. ވަގުތުން އަމްރު ނިކަތުގައި ހިފައި ތަޅުވައި ގަންނަމުން ގޮވާލައިފިއެވެ.
ލޯ ހުޅުވާލި ނިކަތު މޯޅިއަކަށް ދެމިލަމުން ފަޔަށް ތަދުވިއެވެ. ތިރިއަށް ބަލާލަމުން ނިކަތު ހާސްވިވަރުން ލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. މަޑުމަޑުން ތެދުވަން އުޅުނު ނިކަތު ހުއްޓުވީ އަމްރުއެވެ. ގައިދަށަށް އަތް ޖަހާލަމުން ނިކަތު އަތްދަނޑި މައްޗަށް ލައިގެން ބޭރަށް ދުއްވައިގަތީއެވެ. ސިޓިން ރޫމްގައި ހުރި ސާރާއާއި ނިޝާންއަށް އެމަންޒަރު ފެނުމުން ތެދުވެ އެކަކު އަނެކަކު މޫނަށް ބަލާލިއެވެ. ގަޔަށް އެއްޗެއް ނުލައި ހުރި އަމްރު އެދިޔަ ގޮތަށްގޮސް އެރީ ކައިރިއަށް ހުއްޓުނު ޓެކްސީއަށެވެ. އޭ.ޑީ.ކޭ ކައިރިއަށް ހުއްޓުނު ޓެކްސީއިން ފައިބައިގެން އެތެރެއަށްވަން އަމްރު ހުރީ ހާސްވެފައެވެ.
“ޝީ އިޒް ބްލީޑިންޑް… ޝީ އިޒް ޕްރެގްނެންޓް.. ތިން ހަފްތާ ވަރު ކަންނޭގެ ވާނީ އޮރ އަ މަންތް….” ކައިރީގައި ހުރި ނިޝާންއާއި ސާރާގެ މަތިން ހަނދާން ނުވެ އަމްރުއަށް ބުނެވުނެވެ.
“އެއްމަސް ކަންނޭނގެއޭ…” އެނދުގައި ދުރަށް ގެންދިޔަ ނިކަތުއަށް ބަލާލަމުން ނިޝާން ނިތުގައި އަތް ޖައްސާލިއެވެ. ދެކޮޅަށް ހިނގަފެށި ނިޝާންއަށް އަމްރު ބަލާލީ ބުނެވުނު އެއްޗެއް ހަނދާން ވުމުންނެވެ.
“ނިޝާން…” އަމްރު ކައިރިއަށް ޖެހިލަމުން އެހެން ބުނި ނަމަވެސް އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ.
“ނޯ… އެހެންވެތަ އިނީ…” އަތް މައްޗަށް ނަގަމުން އެހެންބުނި ނިޝާން އެތަނުން ނިކުމެގެން ހިނގައި ގަނެއްޖެއެވެ. ދެއަތުން މޫނުގައި އަތް ޖައްސާލި އަމްރު ގަޔަށް އެއްޗެއް ނުލައި ހުރިކަން އެނގުނީ ދެނެވެ. އޭނާ ފޯނު ނަގައި ގުޅާލީ އީމާނާއަށެވެ.
ނިދިފައި އޮތް ނިކަތުއަށް ބަލާލި އަމްރު ވިސްނާލީ ޑޮކްޓަރ ދެއްކި ވާހަކައާއެވެ. މާބަނޑު ފުރަތަމަ ދުވަސްތަކުގައި ދެމަފިރިން ކައިރި ވުމުން ބައެއް ފަހަރު އޭގެ ނޭދެވޭ އަސަރު ކުރެއެވެ. ލޭ ފޭބުން އެއީ އާންމު ކަމެކެވެ. ނަމަވެސް ލޭ ނުފައިބާނަމަ އެހައި ބޮޑު ކަމެއް ނޫނެވެ. ޑޮކްޓަރ ބުނި ގޮތުގައި ނިކަތުގެ މަސްވެސް ހުރީ ތިރީގައެވެ. އެހެންވުމުން ލޭއައުން އެކަށީގެން ވެއެވެ. އީމާނާ ވަދެގެން އައި ދޮރަށް ބަލާލީ އަމްރު ފުން ނޭވާއެއް ދޫކޮށްލިއެވެ. ގޮނޑިން ތެދުވަމުން އަމްރު މަންމަ ގެނައި ޓީޝާޓު ބޮލަށް މަހާލިއެވެ. އީމާނާ މޫނު ހުރިގޮތުން އީމާނާއަށް އެނގިއްޖެހެން ހީބވެއެވެ. ނަމަވެސް އޭނާ އެވަރަކަށް އެކަމަކަށް އަޅައެއް ނުލިއެވެ. ސާރާވެސް އެތަނުގައި އިނުމުން އީމާނއަށް އެއްޗެކޭ ކިއޭ ގޮތެއް ނުވިއެވެ. ލޯމަރާލި އަމްރު އަނެއްކާވެސް އިށީނީ ގޮނޑީގައެވެ. އަމްރު ބުނެގެން ސާރާ ނިކުތީ ނިކަތުގެ އެއްޗެހި ބަލައިދާށެވެ. ސާރާއަށް ރަނގަޅަށް ނުނިކުމެގެން އުޅެނިކޮށް އީމާނާ ފަށައިލައިފިއެވެ. އަމްރު ނިކަތުގެ މޫނުގައި ފިރުމާލިތަން ފެނުމުން އީމާނާ އިތުރަށް ރުޅިއައެވެ.
“އަމްރުއާއޭ މިވާހަކަ ދައްކަނީ…” އަމްރު އެދިމާލަށް ބަލާލީ ހަމަ ޖެހިގެން ހުރެއެވެ.
“އަހަރެން މިއަހަނީ ނިކަތު ބަނޑުބޮޑުވި ފަހުންހޭ އިނީ…” އީމާނާ ނިކތުގައި އަތް ޖަހާލަމުން ދެކޮޅަށް ހިނގަންފެށިއެވެ. އެއްވެސް ވަރަކަށް އީމާނާ ހުރީ އުފަލުންނެއް ނޫނެވެ.
“މަންމާ….” އަމްރު އެވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ. އޭނާ އުފާވީ އެދެމީހުންގެ ދަރިއަށް އެއްވެސް ގެއްލުމެއް ނުވާތީއެވެ. އަމްރު ހިނިތުންވެލީ ނިކަތު ލޯ ހުޅުވާލި ތަން ފެނުމުންނެވެ. ފުރަތަމަވެސް އަހާލީ ކުއްޖާ ރަނގަޅުތޯއެވެ.
“ކަލޭ… ފުރަތަމަ ކަލޭގެ މަންމަދެން…”
“އީމާނާ….” ދުރުން ނިޝާންގެ އަޑުއިވުމުން އީމާނާއާއި އަމްރު އެދިމާކަށް ބަލާލިއެވެ. ނިޝާން އޭރުހުރީ ނިކަތުގެ މޫނަށް ބަލަހައްޓައިގެންނެވެ.
“މަންމައޭ.. މަންމަ ކީއްކުރީ؟…” ނިކަތު ބަލައިލީ ސުވާކުގެ ނަޒަރުންނެވެ. އެހައި ހިސާބުން އީމާނާ ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. ނިކަތުގެ މޫނަށް ބަލާލަމުން އީމާނާ ބަލާލީ ނިޝާނަށެވެ. ސުވާލުކުރާ ފަދައިން އީމާނާ އިނީ އަދިވެސް އެހެންނެވެ.
“ސާރާއެއްވެސް ކަމެއް ނުކުރޭ…” ނިޝާން އެހެން ބުނިއިރު ހީވަނީ މީހަކަށް ޔަޤީން ކޮއްދޭ ފަދަ ގޮތަކަށް ބުނި ހެންނެވެ. ނިކަތު ހަމަޖެހިލި ތަން ފެނުމުން އަތުގެ އިޝާރާތުން ނިޝާން އެދުނީ އީމާނާ ބޭރަށް އައުމަށެވެ.ރޭގަނޑު ވުމުން ނިޝާންވެސް އަދި ސާރާވެސް ދިޔައީ ގެއަށެވެ. އަމްރު މަޑޫކޮއްލައިގެން ހުރި ނަމަވެސް އޭނާވެސް އަދި ނިކަތުވެސް ވާހަކައެއް ނުދައްކައެވެ. ނިކަތު ބަނޑުހައި ކަމަށް ބުނުމުން އަމްރު ނިކުމެލީ ބޭރަށް ކާއެއްޗެއް ގަންނާށެވެ. އަވަހަށް އަންނާނެ ކަމުގައި ބުނެފައި އަމްރު ހިނގައިގަތެވެ.
ޑޮކްޓަރުން ލާކަހަލެގެ ހުދު ކޯޓުގައި ލައިގެން ހުރި ފިރިހެންމީހާ ހޮސްޕިޓަލުގެ ކޮރިޑޯއިން ހިނގާފައި އައިސް ދިމާކުރީ ނިކަތު އޮތް ޕްރައިވެޓް ރޫމްތަކާއި ދިމާލަށެވެ. މޫނުގައި މާސްކެއް އަޅާފައި ހުރިއިރު އަތުގައި ކުޑަ ވަރެއްގެ ފައިލެއް އޮތެވެ. މަޑުމަޑުން ނިކަތުގެ ކޮތަރީގެ ދޮރު ހުޅުވާލަމުން ޑޮކްޓަރ މަޑުކުރީ ލޯމަރާލައިގެން އޮތް ނިކަތުގެ ކައިރީގައިއެވެ. އަތުގައި އޮތް ފައިލް އެނދުގައި ބާއްވަމުން އޭނާ އަނެއްކާވެސް ބަލައިލައިފިއެވެ. ބޯއަރިކޮއްލި ޑޮކްޓަރު ގުދުވެ ނިކަތުގެ އިސްތަށިގަނޑުގައި ނޭފަތް ޖައްސާލިއެވެ. އަދި އެތެރެއަށް ދަމާލަމުން ތެދުވެއްޖެއެވެ. ހީވީ ކަމެއް ޔަޤީން ކުރަން އުޅުނު ހެންނެވެ. ނިކަތު ލޯ ހުޅުވާލުމުން ފަހަތަށް ޖެހިލިގޮތުން އެމީހަކު ބިރުގެންފިކަން އެނގުނެވެ. ބިރުގަތް ނިކަތު ތެދުވަން މަސައްކަތް ކޮއްލިއެވެ. ނަމަވެސް އެފުރުސަތު އޭނާއަކަށް ނުލިބުނެވެ. ކައިރީގައި ހުރި ޑޮކްޓަރ ކުއްލިއަކަށް އޭނާގެ އެނދަށް ގަންނުވާލަމުން އަނގަމަތީގައި އަތް އަޅާލިއެވެ. އަނގައާއި ނޭފަތް މަތީގައި އަތް އަޅާފައި އޮތުމުން ނިކަތުގެ މޫނަށް އައްސިވާހެން ހީވާން ފެށިއެވެ. ލޯބޮޑުވެ މޫނުން ނުކުންނަން އުޅޭހެން ހީވުމުން ގައިގެ ވަރުވި ދޫވި ނިކަތު އަތުން ހިފަހައްޓައިލީ އެމީހާގެ މޭމަތީގައެވެ.
ރައުންޑަށް އެތަނަށް ވަން ނަރުހަށް އެމަންޒަރު ފެނުމުން ހަޅޭއްލަވައި ގަނެއްޖެއެވެ. އެމީހާ ނިކަތުގެ އަނގަމަތިން އަތް ނަގަމުން އަތް ފޯރާ ފަށުގައި އޮތް ފައިލު ނަގައި ނަރުހާއި ދިމާލަށް އެއްލަމުން އެތަނުން ނިކުމެގެން ދުއްވައި ގަނެއްޖެއެވެ. ނަރުސް ކުއްޖާ މީހަކު ވަތްކަމަށް ބުނެ ހަޅޭއްލަވަމުން ނިކުމެވުނު އިރުގައި އެމީހަކު ދުވެ ފިލައިފިއެވެ. ނިކަތު އޭރުވެސް މަސައްކަތް ކުރަމުން ދިޔައީ ނޭވާ ލެވޭތޯއެވެ. ޕޮލިހުންނަށް ގުޅަމުން އެތަނަށް ދެތިން ނަރުހުންނާއި އަދި ޑޮކްޓަރުން ވަނެވެ. ބޭރުގައި ހުރި ކެފޭއިން ފްރައިޑް ރައިސް ގަނެގެން އޭ.ޑީ.ކޭއަށް ވަން އަމްރުއަތުން ބަތް ޕާރުސަލް ވެއްޓުނީ އެތަނުން ދުވަމުން ނިކުމެގެން އައި މީހާގެ ގައި ޖެހިއެވެ. އަމްރު ބަލާލި ނަމަވެސް އެމީހާގެ މޫނު ފެންނަގިތެއް ނުވިއެވެ. ފުރަގަހުން ފެނިފައި އެއީ ދަންނަ މީހެކޭ ހިތަށް އެރިއެވެ. އަމްރުގެ ހިތުގައި ބިރުވެރިކަމެއް ހިނގައި ގަތެވެ. ފިޔަވަޅުތަށް އަވަސް ކުރަމުން އައިސް އަމްރު އެތެރެއަށް ވަނެވެ.
ވަކިހިސާބަކަށް ދުވެފައި ދިޔަ ޑޮކްޓަރ ލައިގެން ހުރި ކޯޓާއި މުނުގައި އަޅާފައި ހުރި މާސްކު އެއްލާލިއެވެ. ވަށައިގެން ސީ.ސީ ކެމެރާ ހުރިތޯ ބަލާލަމުން އެމީހާ ބޯ ދެފަރާތަސް އަރިކޮށްލަމުން ކުރިއަސް ހިނގައިގަތެވެ. އަމްރު އެތަނަށް ވަދެފައި މީހުން ގިނަވުމުން އަވަހަށް ހިނގާފައި އައިސް ނިކަތުއޮތް ކޮޓަރިއަށް ވަނެވެ. އަމްރު ފެނުމުން ނިކަތު ހިފަހައްޓައިގެން ހުރި ކަރުނަތަށް ފައިބައި ގަނެއްޖެއެވެ. ޕޮލިހުންވެސް އެތަނުގައި ތިބުމުން އަމްރު ބުމަ ކައިރިކޮއްލިއެވެ. ނީޝާންވެސް އެތަނުގެ ދޮރު ހުޅުވާލާފައި އައިސް އެތަނަށް އައީ ޕޮލިސް ޔުނޮފޯމްގައެވެ. ކަންތައް ގޯސްވެއްޖެކަން އިހްސާސްވި އަމްރު ބަލާލީ ނިޝާންގެ މޫނަށެވެ.
“ސަމްވަން ޑްރެސްޑް އެސް އަ ޑޮކްޓަރ ޓްރައިޑް ޓު ކިލް ޔުއަރ ވައިފް…” ދުރުގައި ހުރި އިންޑިއާ ނަރުސް އަންހެން މީހާ އެހެން ބުނުމުން އަމްރު ވަގުތުން ލޯމަރާލިއެވެ.
“ދެންމެ ޑޮކްޓަރއެއް ދިޔަ މިތަނުން ނިކުމެގެން ދުވެފަ… ހީ ބަމްޕްޑް އިންޓު މީ…” އަމްރު ރުޅި އައިވަރުން މުއްކަވައިލިއެވެ. ޔަޤީނުންވެސް ނިކަތުގެ މަންމައާއި ދައްތަ މަރައިލިމީހާ އަނބުރައި އަތުވެއްޖެއެވެ.
“ނިޝާން… ކޭން އައި ޓޯކް ޓު ޔޫ…” އަމްރު ދޮރުން ނިކުންނަމުން އެހެން ބުނެލިއެވެ. އަމްރުކުޑަ ނަމަވެސް ހުންނަނީ ނިޝާންއާއި ދާދި އެއް މަޤާމެއްގައެވެ. އެހެން ވުމުން އޭނާއަށް ނިޝާންއަދި ބައްޕަ ކިޔަން ވަރަށް އޮޑެވެ. ނިޝާނަށްވެސް އެކަން ވިސްނެއެވެ.
“ނިކޫ ކައިރީގަ ބުންނަވީނު… މާ މައްޗަށް ކަންތައް ދާ ހެނެއް ހިއެއް ނުވޭތަ؟..” އުކުޅުގައި އަތް ވިދެލަމުން އެހެންބުނި އަމްރު މޫނުން ދާ ފުހެލިއެވެ.
“ކީކޭ ބުނަންވީ؟… އަހަރެން ފަށާނީ ކީކޭ ކިޔާފަ؟…” ނިޝާންވެސް ބުނީ ދޮގެއް ނޫނެވެ. ނިކަތު އެހާލުގައި ހުއްޓައި އިތުރު ވާހަކައެއް ދައްކައި ހިތުގައި ޖައްސާކަށް އޭނާ ބޭނުމެއް ނުވިއެވެ.
“ތެދު ބުނަންވީ…” އަމްރު އަދިވެސް ހުރީ ކުރިން ހުރި ގޮތަށެވެ.
” ލައިކް އިޓްސް ވެރީ އީޒީ… ޔަ… އަހަރެން ބުނަންވީތަ ހަމަ ނިކޫގެ ބައްޕަ ދިޔައީ އަމްރުގެ މަންމައާއިއެކު ފިލައިގެންނޭ.. މިވީ ސޯޅަ އަހަރު ތިއުޅެނީ މަންމަގެ އެންމެ ކުރީގެ ލޯބިވެރިޔާއާއިއެކު އޭ… އަހަރެންނަކަށް ނުކެރޭނެ ބުނާކަށް ނިކޫގެ އަސްލު މަންމަ މީހަކު ވަރަށް ރަހުމް ކުޑަކޮށް އޮތީ މަރާލާފައޭ…” ލޯމަރާލަމުން ނިޝާން ބަލައިލީ އަނެއްކާވެސް އަމްރުގެ ހާސްވެފައިވާ މޫނަށެވެ.
“ޔުއަރ ރައިޓް ވީ ކޭންޓް ސްޓްރެސް ހަރ…” އަމްރު އެހެން ބުނެފައި އެތަނުގެ ދޮރު ހުޅުވާލިއެވެ.
“ލެޓްސް ގޯ….” އަމްރު އެހެން ބުނެފައި ނިކަތުގެ އެއްޗެހިތައް ކޮތަޅަކަށް އަޅަން ފެށިއެވެ. އޭނާ އެތަނުގައި ނިކަތު ބަހައްޓާކަށް ބޭނުމެއް ނުވިއެވެ. އިރުއެރުމާއެކުހެން އަމްރު ނިކަތު ގޮވައިގެން ގެއަށް އަތުވެއްޖެއެވެ. އެނދުގައި ބުރަކަށި ޖެހުނު ނިކަތުއަށް ނިދުނު ގޮތެއްވެސް ނޭނގެއެވެ. އޭނާ އަރިއަކަށް ޖެހިލަމުން ކައިރީގައި އޮތް އަމްރުގެ އަތުގައި ހިފައިލިއެވެ. އަމްރު ކުރިން ދުވަހުން ފެށިގެން ބުނަން ބޭނުން ވެފައިވާ ވާހަކަ ހިތުގައި ފޮރުވައިގެން އިތުރަކަށް ނުހުރެވުނެވެ. ލޯމަރާލަމުން އޭނާ ފުރަތަމަ އަހާލީ ނިކަތުގެ ބަނޑުގައި ރިއްސާތޯއެވެ. ނިކަތު ދެފަރާތަށް ބޯ ހޫރުވާލުމުން ދެން އަމްރު ތެދުވެ އެނދުގައި އިށީނދެއްޖެއެވެ. އަމްރުގެ ސީރިއަސްވެފައިވާ މޫނު ފެނުމުން ނިކަތުވެސް އެނދުގައި އިށީނދެއްޖެއެވެ.
“ނިކޫ… ޕްލީޒް ގޯސްކޮށް ހީނުކުރާތި އެކަމް އަހަރެން ނިކަތު ދެކެ ލޯތްބެއް ނުވޭ.. އަހަންނަށް ތިކުއްޖާއަށް ބައްޕަގެ ލޯތްބެއްވެސް ނުދެވޭނެ… ނިކަތު ވިހެއީމަ އަހަރެން ބޭނުން ވަރިވާން…” އަމްރުގެ ވާހަކަތަށް ޤަބޫލު ނުކުރެވިފައި އިން ނިކަތު ދެތިން ފަހަރަކު އެސްފިޔަ ޖަހާލިއެވެ.
“ނޭނގުނު…” ލަސްލަހުން އެހެން ބުނެވުނު އިރުގައި ނިކަތުގެ އަރު ބެދިއްޖެއެވެ. މީގެ ހަތަރު ފަސްގަޑިއިރު ކުރިން މީހަކު އޭނާ ނޭވާ ހާސްކުރި އިރުވެސް އެހައި ތަދެއް ނިކަތު އަކަށް ނުވެއެވެ.
“ލުކް އަމް ސޮރީ..” އަމްރު ނިކަތުގެ މޫނުގައި އަތް ޖައްސާލަން މަސައްކަތް ކުރިއެވެ. ދުރަށް ޖެހިލަމުން ނިކަތު އެނދުން ފޭބިއެވެ.
“ޔޫ ވޯންޓް ލީވް ރައިޓް…މިހާރުވެސް..” ބޯ ޖަހާލި އަމްރު އެތަނުން ނިކުމެގެން ހިނގައްޖެއެވެ.
“ޔޫ ވިލް ބީ ސޭފް ހިއަރ…” އަމްރު މަޑު ޖެހިލަމުން އެހެން ބުނެލިއިރު އެހިތް އެތަށް ފަޅިއަކަށް ކުދިކުދި ވެއްޖެއެވެ. ފައިން ވަރު ދޫވިހެން ހީވި ނިކަތުއަށް ރޮމުން އިށީނދެވުނީ ޓައިލްސްގައެވެ. މިއަދު އޭނާ މަޑުން ރޯކަށް ނޫޅެއެވެ. ނިކަތު ރޯއަޑަށް ސާރާ ދުވަމުން އައިސް ކަކޫ ޖަހާލަމުން ނިކަތު ސާރާގެ ގައި ބައްދާލިއެވެ. އަދި ސާރާގެ ކޮނޑުގައި ބޯ އަޅާލަމުން އިތުރަށް ބާރަށް ރޯން ފެށިއެވެ.
ނިކަތު ވާޒީފާއަށް ނިކުންނަން ފެށީ ފަނަރަ ދުވަހު ގޭގައި ހުރުމަށްފަހުގައެވެ. އޮފީސް އެންމެނަށްވެސް ނިކަތުގެ ނުކުމެފައިވާ ކުޑަކުޑަ ބަނޑު ފެނެއެވެ. އަދި އަމްރުއާއި ދެމީހުނާއި ދިމާވެސް ކުރޭމެއެވެ. އޭގެ ކޮންމެ ކަމަކަށް ނިކަތުވެސް އަދި އަމްރުވެސް ހީލައެވެ. މިވީ ފަނަރަ ދުވަހުގައި އަމްރު އެންމެ ފަހަރަކުވެސް އޭނާއަށް ގުޅާފައެއް ނުވެއެވެ. ހާލުވެސް ބަލައެއް ނުލައެވެ. ކެބިންއަށް ވަން ނިކަތު ފެނުމުން އަމްރު ބަލާލިއެވެ. އަތުގައި ކުޑަ ކޮތަޅުން ކޮފީތައްޓެއް ނެތި ނިކަތު އިށިންނަމުން އޭގެން ކޯވަރެއް ދަމާލިއެވެ. އެމަންޒަރު ފެނުނު އަމްރު ގޮނޑިން ތެދުވަމުން އެދިމާލަށް ހިނގައިގަނެއްޖެއެވެ. އެކެބިންނަށް އޭނާއަށްވިރެ ކުރިން ވަން އައްމާރު ފެނުމުން އަމްރު މަޑުޖެހިލިއެވެ. ކުރިމައްޗަށް ބަލާލި ނިކަތު ދެލޯ ބޮޑުވީ ކައިރީގައި ހުރި އައްމާރު ފެނުމުންނެވެ. އޭނާ ހުރީ އަތްދިގު ގަމީހެއް ލައިގެންނެވެ. އެފިރިހެންވަންތަ ހިނިތުންވުން ފެނުނު ނިކަތުއަށްވެސް ހީލެވުނެވެ. އައްމާރު އަތް ދިއްކޮށްލަމުން އިތުރަށް ބޮޑަޑް ހިނިތުންވެލިއެވެ.
“ބަނޑުބޮޑު މީހުން ކޮފީ ބޮއޭތަ؟…” ދުރުގައި ހުރި ކޮފީ ތަށީގައި ނަގައި ދުރުގައި ބަހައްޓަމުން އައްމާރު ހިނިތުންވެލިއެވެ. އައްމާރުއަށް ބަލާލި އަމްރު މޫނު ހަދާލީ އައްމާރުގެ މޫނަށް އެރި ކުލަ ފެނުމުންނެވެ. އައްމާރުއަކީ މުއާޒްގެ އެއްބަނޑު އެއްބަފައި ހުރި ހަމައެކަނި ކުއްޖާއެވެ. އަމްރުއަށް ވުރެ އައްމާރު ބޮޑީ ފަސްއަހަރެވެ.
“އަމް އައްމާރު…” އަނެއްކާވެސް ހިނިތުންވެލިއެވެ.
“ނިކަތު..
“މައި ވައިފް…” ނިކަތު ނަން ބުނުމުން އަމްރު ދުރުގައި ހުރެފައި ފާޑަކަށް ބުނެލައިފިއެވެ. އައްމާރުގެ ރީތިކަން އެއީ އަބަދުވެސް އަންހެން ކުދިންގެ ހިތްތަކުގެ ރާޖާއެކެވެ.
“އަހަންނަށް އެނގޭ…” ލޯއަޅާލި އައްމާރު ބޮލުން ބުނެލީ ކައިރީގައި ހުރި ގޮނޑީގައި އިށީނުމަށެވެ. އައްމާރު އިށީންނަމުން ބުނެލީ ކިތަށް މަހޭ ހެއްޔެވެ؟ ނިކަތު އިސްޖަހައިގެން އިނދެ ބުނެލީ އެއްމަސް ކަމަށެވެ. ނިތް އަރުވާލި އައްމާރު ނަޒަރެއް ދިނީ ކައިރީގައި ހުރި އަމްރުއަށެވެ. އޭނާ އަދިވެސް ހުރީ ނިކަތުއަށް ބަލާށެވެ. އެމަންޒަރު ފެނުނު އައްމާރުގެ ހިތުގައި ނޭނގޭ އަސަރެއް ދައުރުވެލިއެވެ. އަމްރު ދުވަހަކުވެސް އެހެން މީހަކާއި ދިމާލަށް ބަލާފައެއް ނުވެއެވެ. ހަމައެކަނި ނިކަތުއަށެވެ.
“ލިވީ އައޭ ބެއްބެ ކައިރިއަށް ކުރިން ދުވަހު…” އަމްރުއަށް ވީގޮތް ފެނުމުން އެއްކޮލުން ހީލި އައްމާރު ބަލާލީ ނިކަތުއާއި ދިމާއަށެވެ.
“ބެއްބޭ…. އާދެބަ…” ބޭރަށް ދިޔަ އަމްރު އެހެން ބުނުމުން އައްމާރު ހީލަމުން އޭނާގެ ފަހަތުން ހިނގައި ގަނެއްޖެއެވެ.
“ކިހިނެއްވީ؟” އައްމާރު ހުނުން ހުއްޓާލަމުން އެހެން ބުނިއިރު އެލޮލުގައި ސީރިއަސް ކަމެއްވިއެވެ. ދެމީހުން ވާހަކަ ދައްކަން ހުއްޓައި މުއާޒްވެސް އެތަނަށް އައިސް ހުއްޓުނެވެ. ހަތަރު މީހުން އެކުގައި ދިޔައީ ކާށެވެ.
އަމްރުއާއި ނިކަތު ޖެހިޖެހިގެން އިށީންއިރު އައްމާރުއާއި މުއާޒްއާއި އިށީނީ އަނެއް ފަރާތުގައެވެ. އެކަކުވެސް ވާހާކައެއް ނުދައްކައެވެ. ދޭތެރެއަކުން އައްމާރު ނިކަތުއާއި ކޮންމެވެސް އެއްޗެކޭ ކިޔާފައ ދިމާކޮށްލާނެއެވެ. އޭގެ ކޮންމެ ފަހަރަކު އަމްރުގެ ލޯހަނި ވާތަން ފެނެއެވެ. ކާއެއްޗެއްސަށް އޯޑަރ ދޭން ފަށައިފިއެވެ. އެންމެން މެނޫއަށް ބެލުމަށްފަހު ފަހަރަކު އެއްޗެއް ކިޔައެވެ. ނަމަވެސް ނިކަތު އިނީ އޭގެއަށް ބަލާފައި މޫނު ހަދައިގެންނެވެ. އަމްރުއަށް އެތަން ފެނުމުން ހުސް މޭވާ ގެންނަން ލަފާދިނެވެ. ނިކަތު އެއްވެސް އެއްޗެކޭ ނުބުނެ ބަލާލީ ވެއިޓަރަށެވެ.
“ތިން ދޮންކެޔޮ ގެނެސް ދީފާނަންތަ؟…” ނިކަތު ވަރަށް ވިސްނަން ހުރެފައި ބުނެލިއެވެ.
“ސީރިއަސްލީ ނިކޫ… ހުން ދޮންކެޔޮ އެކަނި ހަމަ…” އަމްރު އެހެން ބުނަމުން ދުރުގައި އޮތް މެނޫ ނަގާފައި އަނެއްކާވެސް ބިކަތުގެ އަތުތެރެއަށް ލައިފިއެވެ.
“ނިކަތުއަށް ކުޑައިރުން ފެށިގެންވެސް ދޮންކެޔޮ ވަރަށް މީރުވާނެ.. ދޯ…” މުއާޒް މެނޫއަށް ބަލަން ހުރެފައި އެހެން ބުނެލިއެވެ. އަދި އިސްއުފުލާ ބަލާލިއިރު އެންމެންގެ ނަޒަރުހެން ހުރީ އޭނާއަށެވެ.
” ބައްޕައަށް ކިހިނެއް އެނގުނީ؟…” މީގެ ކުރިން މުއާޒްއެއީ ނިކަތު ދެކެފައިވިވެސް މީހެއް ނޫނެވެ. ހަމައެކަނި މުއާޒަށް ނިކަތު އެނގޭނީ އަމްރުއާއި ކައިވެނި ކުރެވުނު ފަހުންނެވެ. ނިކަތު ބަލަންއިން ގޮތުން މުއާޒް އެދިމާލަށް ބަލާލިއެވެ. އަދި ހިނިތުން ވެލިއެވެ. އެހިނިތުންވުން ވަގުތުން ނިކަތުއަށް އެނގުނެވެ. އޭނާއަށް މުއާޒް ފާހަގަ ވެއްޖެއެވެ. އެހިނިތުންވުން ފާހަގަ ވެއްޖެއެވެ.
ނުނިމޭ
11 Comments
Comments are closed.
Ehmas vaairu fenna meehunnah bandun engey varah bandu boduveytha?
Anonymous.. it depends how the person and pregnancy… In some cases bandu bodu kohves hure dhaane.. :).. Twins akah ves vedhaane ehnu 🙂
Amru dad ei villan…
Amruge huvafanu ga Rani ski….ruku…I think…..story habas?????????
Ninnu waiting for the next part… dhuvaalaku part eh up khba vrh curious wanna read the full story plx plx plx avahah next part up khdheebala neynge mirey nidheyne kameh vx
Hmm… anonymous is right …..only symptoms dhw fennaaany…..bt dhn Mee real vaahaka eh ves nooneh nun..so k vaane dhw ninnu…
Vvvvvv reethi mi part was…
Waiting for next part..?????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????????????????????????????????????
Muaz e ee killer hen heevanee.. any ways v reethi mivaahaka.. n thankolheh avaskohdhehchey next.. waiting hama?????
މިވާހަކާގައި ނިކޫ މަރާނުލައްޗޭ
Aslu ey nikoo eh noon. Ey rukoo. Amruge huvafenuge raanee.. Olhunee nishaan ah aslu. Vaahaka v v kamudhey. Liyuntheriyaavah saabas.
Totally in love with this lovely story ?can’t wait for the next part ..dhethin part ehkoh up kollaba or like konmedhuvahaku part eh
Vara salhi story…avaha up kolha next part can’t wait???