“ރޫހީ ކުޑަކޮށް ފަލަވެއްޖެ ދޯ..” ޒަޔާން ކާރު ދުއްވާލަމުން ބުނެލިއެވެ. ދޮރާއި ހަމައަށް އައިސް ހުއްޓުނު އައްރާދަށް ރުހާނީއާއި ޒަޔާން ކާރަށް އެރިތަން ފެނުމުން ގައިން ލޭކެކި ގަތެވެ. ނަމަވެސް އެއްޗެކޭ ނުބުނެ ދެމީހުންގެ ފަހަތުން ސައިކަލުގައި ދުއްވާލިއެވެ. “އާރ ޔު ޕްރެގް…” ޒަޔާން އެހެން ބުނުމުން ރުހާނި ދެލޯ ބޮޑުކޮއްލިއެވެ. ‘ނޫން..” އަވަހާ ނޫނެކޭ ބުނުމަށްފަހު ރުހާނީ އަނެއް ފަރާތަށް އެނބުރުނެވެ. ކާރުގެ ލޯގަނޑުން ފަހަތަށް ބަލާލި ޒަޔާން އަދިވެސް ހުރީ ހީލައިގެންނެވެ. “ސޮރީ… އެކަމް […]
ހެނދުނުގެ އަލިން އެންމެ ފުރަތަމަ ހޭލުއްވާލީ އައްރާދެވެ. އޭނާ ތެދުވެ ހިންދެމިލަމުން ނިދިފައި އޮތް ރުހާނީއަށް ބަލާލީ ލޯބިން ފުރިފައިވި ނަޒަރަކުންނެވެ. ރުހާނީއާއި އެދެމެދުގައި ހިނގި ކަންތައް އޭނާގެ ލޮލަށް ސިފަވަމުން ދިޔައެވެ. އެއާއެކު އޭނާ މޫނަށް ވަރަށް ފުރިހަމަ ހިނިތުން ވުމެއް ވެރިވެގެން ދިޔައެވެ. ކުއްލިއަކަށް ރުހާނީގެ ފައި ކައިރީގައި ހުރި ލޭތަށް ފެނުމުން އައްރާދު ކަންބޮޑުވިއެވެ. އަވަހަށް ބެޑްޝީޓް ހިއްލާލަމުން އޭނާ ބަލާލިއެވެ. އެނދުގައި އަޅާފައިވާ ބެޑްޝީޓުގެ ވަކި ހިސާބަކުން ލޭ ހޭކިފައި ހުރުމުން […]
“ދެޓް… 8 ނިންމާފައައީ ރާއްޖެ.. ބައްޕަ ކޮންމެހެން ބޭނުންވެއްޖެ އަހަރެން ގެންނަން.. ބުނީ ސެޓްފިކެޓް ރަނގަޅު ވާނެއެއް ނޫންހޭ އިންޑިއާއަށްވުރެ..” ދުރަށް އެނބުރުން އައްރާދު މޫނުގައި ކޮންމެވެސް ވަރެއްގެ ރިހުމެއްވިކަން ރުހާނީއަށް ފާހަގަ ކުރެވުނެވެ. އެބުނީ ހަޤީޤަތުގެ ދެބައި ކުޅަ އެއްބައިކަން ރުހާނީއަށް ޔަޤީންވިއެވެ. “އަމް ސޮރީ..” އައްރާދުގެ މޫނަށް ފިނިވުމުން އައްރާދު އެދިމާލަށް ބަލާލިއެވެ. ރުހާނީގެ އަތް އައްރާދުގެ ކޮލުގައި ޖައްސާލާފައިވާ ގޮތުން އެލޮލުގެ ރީތިކަން ރުހާނީއަށް ފާހަގަ ކުރެވުނެވެ. ކޮލެޖު ކުރިމައްޗަށް ކާރު ހުއްޓާލިއިރުވެސް […]
އިތުރަށް ވާހަކަ ދައްކަންވެސް ބޭނުންނުވި ކަހަލައެވެ. އޭނާ ވަރުބަލި ވެއްޖެއެވެ. ރުހާނީ ކައިރިއަށް އައީ ހިޔާލު ބަދަލު ވެދާނެތީއެވެ. އެއްވެސް ކޮލުގައި ފިރުމާލަމުން އައްރާދު އެތަނުން ނިކުންނަން ހިނގައިގަތެވެ. އޭނާ އެތަނަށް ކުރަންއައި ކަންތައްވެސް ހަނދާންވެސް ނެތްފަދައެވެ. އެންމެ ފަހަރަކު ނަމަވެސް ރުހާނީ ކައިރީގައި އޭނާގެ ހިތުގައި އުތުރި އަރަމުންދިޔަ ކަންތައް ކިޔާ ދެވޭނެ ނަމައޭ ހިތަށް އަރަމުންދިޔައެވެ. “ރޫހީ ބުނީމެއްނު އަންނާށޭ.. ކި.. ކިޔާ” އައްރާދު ކުރިއަށް ނުގެންދެވުމުން ހުއްޓާލާފައި ކުރިއަށް ހިނގައި ގަނެފިއެވެ. އައްރާދު […]
ނަމާދު ކޮއްލައިގެން މުސައްލަ މަތީގައި އިން ރުހާނީ ސިހުނީ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށެވެ. ދޮޅި ބޮލާއި ވަކި ކޮއްލަމުން އޭނާ ފަހަތަށް އެނބުރިލިއެވެ. އޭރު ދޮރުމަތީގައި އައްރާދުއާއި މިލްސިއާ ހުރިތަން ފެނުމުން އަވަހަށް ތެދުވެ ބުރުގާ އަޅާލިއެވެ. ކުޑައިރުން ފަށައިގެންވެސް މަންމައެއްހެން މިލްސިއާވެސް އައީ އޭނާގެ ކަންތައް ކޮއްދެމުންނެވެ. ބޮޑުކޮށް ހީލައިގެން އިން މިލްސިއާ އައިސް ރުހާނީގެ ބޮލުގައި ފިރުމާލަމުން ތިރިއަށް ކާން އައުމަށް ބުނެލިއެވެ. އެހެން ބުނެފައި މިލްސިއާ ދިއުމުން އައްރާދު ދޮރުކަނީގައި ލެގި […]
ހިޔާލަށް ގެއްލިފައި އިން ރުހާނީ ސިހުނީ ފޯނަށް މެސެޖެއް އައުމުންނެވެ. އެއީ އޭނާއާއި އައްރާދު ވަކިވާން ދިމާވި ހާދިސާއެވެ. ނަމަވެސް އޭގެ ކުރީގެ ކިތަންމެ ކަމެއް އެހިތުގައި ބިންވަޅު ނެގިފައި ވެއެވެ. އެންމެ ފުރަތަމަ އޭނާ އައްރާދުގެ އެނދުގައި ނިދިރެއެވެ. އެންމެ ފުރަތަމަ އައްރާދު ރޫހީ ކީ ދުވަހެވެ. ފޯނު ހުޅުވާލަމުން އޭގެއަށް ބަލާލިއިރު ދޮންބެ ދައްތައެވެ. ބޭރަށް އައުމަށް ބުނެފައި އޮތުމުން ރުހާނީ ނިކުމެލީ އާރާވެސް ގޮވައިގެންނެވެ. މަޑު ހިނގުމެއްގައި ގޮސް އެމީހުންގެ ކޮޓަރިއަށް ވަން […]
ތިރިއަށް ބަލަހައްޓައިގެން އިން ރުހާނީ ސިހުނީ ދޮރުގައި މީހަކު ޓަކި ދިން އަޑު އިވުމުންނެވެ. ކޮޓަރިއަށް ވަދެގެން އައި ޝަރޫނާ އައިސް ރުހާނީގެ ބޮލުގައި ފިރުމާލުމުން ރުހާނީ ހިންދިރުވާލިއެވެ. ކިތަންމެ ބުނަން ބޭނުންވި ނަމަވެސް އޭނާއަށް ނުބުނެވޭނެކަން އޭނާ ދަނެއެވެ. ރުހާނީ ކައިރީގައި ކޮލަށް ހުރި ޝަރޫނާ އެއްވެސް އެއްޗެކޭއެއް ނުބުނެއެވެ. ރުހާނީގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބައިބަން ފެށީ މަންމަގެ އެ އަމަލުންނެވެ. ރުހާނީ ނުބުނި ކަމުގައި ވިޔަސް މަންމައަށް އެނގޭކަން އަންގާ ދިނުމުން އުފާވިއެވެ. […]
މޫނަށް ހޫނު ވާން ފެށުމުން ރުހާނީ ލޯ ހުޅުވާލިއެވެ. ރޭގައި ސޯފާގައި އޮވެ ނިދުނު އިރެއްވެސް އޭނާ ހަނދާނެއް ނުވެއެވެ. ކުޑަދޮރުގެ ފޮތިތައް ކަހާލާފައި އައިސް ކޮޓަރީގެ ދޮރު ހުޅުވާލިއިރު އައްރާދު މޭޒު ކައިރީގައި އިށީނދެގެން އިނެވެ. އެއްއަތުގައި ޓޯސްޓް ފޮއްޗެއް އޮތްއިރު އަނެއް އަތުގައި އޮތީ އޭނާގެ ފޯނެވެ. ކޮޓަރީގެ ދޮރު ހުޅުވާލިތަން ފެނުމުން އައްރާދު ބޮލުގެ އިޝާރާތުން ކައިރިއަށް އައުމަށް އެދުނެވެ. ރުހާނީ އެދިމާލަށް ދިޔައިރު ސިޓިންރޫމްގައި ބަހައްޓާފައި ފޮޓޯ ފްރޭމްއަކަށް ބަލާލިއެވެ. އައްރާދު […]
2 އަހަރު ކުރި ގޭގެ ދެވަނަ ފަންގިފިލާގައި ހުރި ގޮނޑިއެއްގައި އިށިނދެއިން ރުހާނީގެ އަތުގައި އިނގިރޭސި ވާހަކަ ފޮތެއް އޮތެވެ. ޑިޕްލޮމާ ނިމުމަކާއި ހަމައަށް އައިއިރު އޭނާގެ ވަގުތު ހޭދަކުރަމުން އައީ މުނިންވެސް އެކި ކަހަލަގެ ފޮތްތައް ކިޔުމުގައެވެ. ޑިގްރީއަށް ކިޔެވުމުގެ ނަސީބެއްވެސް އޭނާގެ ދިރިއުޅުމުގައި ނެތް ފަދައެވެ. ބައްޕަ ރުޅި ދުރުވެދާނެތީ އެހެންވެސް ބުނާކަށް ނުކެރެއެވެ. އުމުރުން އަށާރަ އަހަރުވީއިރު، ދުވަހަކުވެސް ބައްޕަ އޭނާއާއި ރީތިކޮށް ވާހަކަ ދައްކާފައެއް ނުވެއެވެ. އޭނާއަށް އަމިއްލަ ރައްޓެހިން ގެއަކަށް […]