ސިހުރޭ، ޖިންނިއޭ، މިއީ އަބަދުވެސް އަހަރެންގެ ކަންފަތަށް އިވޭ އަޑެކެވެ. ކުޑައިރުއްސުރެ ބޮޑުވީ މިކަހަލަ ވާހަކަ އަޑު އަހައަހައެވެ. އަހަރެންނަކީ އުމުރުން ތިންއަހަރު ވީއްސުރެ މިކަހަލަ ވާހަކަ އަޑުއަހައިގެން ބޮޑުވި ކުއްޖެއެވެ. މަންމަ ބުނާ ގޮތުންނަމަ އާއިލާގެ އެންމެނަށްވުރެ އަހަރެން އަނގަބޮޑެވެ. އަހަރެން ވަރަށް ކުޑައިރުގެ ހަނދާންތައް ހުރެއެވެ. އުމުރުން ގާތްގަނޑަކަށް ތިންއަހަރު ފުރުނު އިރުގެ ހަނދާންވެސް ހުރެއެވެ. މިއީ އަހަރެންގެ ވާހަކައެވެ. އަހަންނަކީ ރާއްޖެތެރެއަށް އުފަން އަންހެން ކުއްޖެކެވެ. އަޑު އަހާށެވެ. އޭރު ރަށުގައި ބަނދަރު […]
ދުވެފައި ދިޔަ އަމްރު ފެނުނީ ނިޝާންއާއި އެތަނުގައި ތިބި ދެތިން މީހުންނަށެެވެ. ނިޝާން ވެގެން އުޅޭ ކަމެއް ނޭނގުނު ނަމަވެސް އެނގުނީ އަމްރު ދުވެފައި އެދަނީ ދެންމެ ވަޅުލި މީހާގެ މަހާނަ ކައިރިއަށް ކަމުގައެވެ. އެކަން ވިސްނުނު ނިޝާން އަވަހަކާއި އައިސް އަމްރު ހިފަހައްޓައި އަތުލަފި ކޮއްލައިފިއެވެ. އަމްރު ދެންވެސް މަސައްކަތް ކުރަމުން ދިޔައީ އެތަނަށް ދާށެވެ. ދޭތެރެއަކުން ނިކަތު ބުންޏޭ މަންމައޭވެސް ބުނެލިހެން ނިޝާނަށް ހީވިއެވެ. އަމްރު އުޅެންފެށި ގޮތުން ކައިރީގައި ތިބި މީހުންވެސް ހާސްވި […]
“މަންމާ…” އެމީހާ ދެއްކި ވާހަކަ ގަބޫލު ނުކޮށް އަމްރު މިސްރާބު ޖެހީ އީމާނާގެ ކޮޓަރިއައި ދިމާލަށެވެ. ކޮޓަރީގެ ދޮރު ހުޅުވާލި އަމްރު އެންމެ ފުރަތަމަވެސް ތަޅަށް ބާރު ކޮއްލެވުނީއެވެ. އެނދުގައި ދެބާލީސް އޮތީ އޮތްއިރު އޮތީ ރީތިކޮށެވެ. “އެއްވެސް މީހަކު މިތަނަށް އައިތަ؟” އެނދާއި ދިމާލަށް ބަލަހައްޓައިގެން ހުރެފައި އަމްރު އެހެން އަހާލީ ޝައްކު ވެގެންނެވެ. އަދި ފަހަތަށް އެނބުރިފައި އެމީހާއަށް ކިޔާ ނަން އަހާލީ ހިނިތުން ވަމުންނެވެ. އަމްރު އުޅުނު ގޮތް ފެނިފައި އެމީހާ ހުރީ […]
“ރުކޫ…. ރުކާޔަތު…” އަމްރުއާއި ދުރުގައި ކޮޅަށް ހުރި ނިޝާނަށް ބަލާލަމުން ނިކަތު އެހެން ބުނެލިއެވެ. ނީޝާންގެ ފައިން ހީވީ ވާގި ދޫވި ހެންނެވެ. އެބުނި އެއްޗެއް ވަގުތުން ނިޝާންއާއި އަމްރުއަށް އެނގުނެވެ. އަމްރުގެ މޫނުމަތީގައި ލުއި ހިނިތުންވުމެއް ވިއެވެ. ނަމަވެސް ނިޝާންގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ. “ނިކޫ… ދަރިފުޅު ކީކޭ ކިޔަން ތިއުޅެނީ…” ނިޝާން އެހެން ބުނެފައި ނިކަތުގެ ކައިރިއަށް އަންނަން ހިނގައިގަތެވެ. އޭނާގެ ހިތަށް އަރަމުން މިއަންނަ ކަންތައް ދޮގަކަށް ވާނެނަމައެވެ. “އަޅުގަނޑަށް ކިޔަނީ […]
“ބައްޕާ… މަންމަގެ ހަބަރެއްވިތަ؟ އަޅުގަނޑު ގުޅާއިރު އަބަދުހެން އޮންނަނީ ފޯނު ނިއްވާލާފަ…” އަމްރު އެހެން ބުނުމުން މުއާޒް ތެޅިގަނެފައި ބަލާލިއެވެ. ސިހުނު ވަރުން އޭނާގެ ތަލިން ކުޅުވެސް ހިކުނު ކަހަލައެވެ. “އެހެންތަ؟ އަނެއްކާވެސް ފިލައިގެން ދިޔައީ ކަންނޭނގެ..” އެއްކޮލުން ހީލަމުން އެހެން ބުނެލި މުއާޒް އަނެއް ފަރާތަށް އެނބުރިލިއެވެ. “ހޫމް…” މުއާޒް އެހެން ބުނުމުން އިތުރަށް ބުނާނެ އެއްޗެއް އަމްރު އަކަށް ނޭނގުނެވެ. ސޯފާއިން ތެދުވަމުން އޭނާ ބަލާލީ ތިރިއަށް ވެއްޓިފައި އޮތް ފޮޓޯ އަކަށެވެ. އޭގެ […]
1 ފެބްރުއަރީ 2019 ސާރާ ދުވެފައި އައީ ޑްރައިވަރ ނިކަތު ރޯ ވާހަކަ ބުނުމުންނެވެ. މީހަކު ނިކަތު ގެންދިޔައީ ކަމުގައި ބުނުމުން އޭނާ ބިރުގަތީއެވެ. ޝައްމޫން ބަލަމުން ދިޔައީ ނިކަތު އެހެން އިނދެ ރޯތީއެވެ. ނަމަވެސް ނިކަތު ނޫންކަން އޭނާއަށް ޔަޤީން ވެއްޖެއެވެ. އޭނާ ބަލަން ބޭނުންވީ އެއެކެވެ. އޭނާހެ ނިކަތުއަކީ އެހައި ވަރަށް މަޑުން އިންނަ ކުއްޖެވެ. ނަމަވެސް ރުކާޔަތަކީ އަބަދުވެސް ބުނަން ބޭނުންވާ އެއްޗެއް މީހުނާއި ދިމާލަށް ބުނާ ކުއްޖެކެވެ. ސާރާއައިސް ނިކަތުގެ ކޮނޑުގައި […]
ސޯފާގައި އިން އީމާނާ ބަލަމުން ދިޔައީ މުއާޒްގެ މުނަށެވެ. ކުއްލިއަކަށް އޭނާ ބޮލަށް އެހިޔާލުވަނީ ކިހިނެއް ކަމެއް ނޭނގެއެވެ. އެރޭގައި އަމްރު އެހެން ބުނީ ރުޅިއައިސްފައި ހުރި ވަރުންނެވެ. ނަމަވެސް އެތަނުން ކޮންމެވެސް އެކަކު އެކަމުން މާނަ ނެގިގޮތް ނުބައި ވެއްޖެއެވެ. އެކަން ވިސްނުނު އީމާނާ ފުންފުންކޮށް ދެތިންފަހަރު ނެވާއެއް ލަމުން އެތަނުން ތެދުވެއްޖެއެވެ. އޭނާ އެތަނުގައި އެންމެ ސިކުންތަކުވެސް ހުންނާނަކަށް ބޭނުނެއް ނުވިއެވެ. ތެދުވެގެން ގޮސް ދޮރގުގައި ހިފާލުމާއެކުހެން އީމާނާ ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. ދޮރުމަތީގައި […]
“އަހަރެން މިބުނި އެއްޗެއް ނިކަތުއަށް އަދި އެނގޭނެ.. އެދުވަހުން ހިތަށް އަރާނެ ހަމަ ގައިމުވެސް އެއްވެސް ކަމެއް ހަނދާން ނުވިނަމައޭ… އަހަރެން މިއަދު މިމާފަށް އެދެނީ… އެދުވަހުން އަހަރެން މާފަށް އެދެން ބޭނުމެއް ނޫން…” އަނެއްކާވެސް ދޮރުމަތިން އީމާނާގެ އަޑު އިވުމުން ނިކަތު ބަލާލިއެވެ. މިފަހަރު އީމާނާގެ ލޮލުން ކޮންމެވެސް ކަމެއްގެ ހިތިރަހަ ފެންނަން ހުއްޓެވެ. އެރޭގައިވެސް އީމާނާ އޭނާއާއި ދިމާލަށް ބަލަންހުރީ ހަމަ އެފަދައިންނެވެ. ލޮލުން ވެއްޓުނު ކަރުނަ ތިކި ފުހެލަމުން ނިކަތު ބޯ ޖަހާލިއެވެ. […]
މަސައްކަތުގައި އިނދެވުނު އިރެއްވެސް ނިކަތުއަކަށް ނޭނގުނެވެ. އޭނާ ގަޑީއަށް ބަލާލިއިރު ރޭގަނޑު ހަތެއް ޖަހަނީއެވެ. ނިކަތު ފައިލްތައް ލައްޕާލަމުން ހިގައިގަތީ އޮފީހުން ނިކުންނާށެވެ. އޮފީހުން ނިކުމެގެން ކާރާއި ހަމައަށް ގޮސްފައި ފޯނު ނުލައި އާދެވުނުކަން ހަނދާން ވުމުން ނިކަތު އަނެއްކާ ދިޔައީ ފޯނު ބަލައެވެ. މިފަހަރު އޭނާ ތިރިއަށް އައީ ތަންކޮޅެއް މަޑުންނެވެ. ވަރުބަލު ވެފައި ހުރުމުން ކުރިއަށް ފިޔަވަޅެއް ނޭޅެއެވެ. މަޑުމަޑުން އައިސް އޮފީހުން ނިކުންނަ ދޮރުގައި ނިކަތު ހިފާލިއެވެ. އޭތި ބޭރަކަށް ނުއެއް ހުޅުވުނެވެ. […]