ނިކަތް ގައިން ދޫކޮއްލި އަމްރު އަނެއްކާ މައްޗަށް އަރައިގެން ހިނގައްޖެއެވެ. އަޖައިބެއް ކަހަލަގެ ކަމެކެވެ. ލޯމަރާ ތަގުޅި ކޮއްލައިގެން އިން ނިކަތު އެންމެފަހުން ތިރިއަށް ފައިބައިގެން ހިނގައްޖެއެވެ. ގެއަށް ވަން ނިކަތު އެންމެ ފުރަތަމަ ބަލާލީ ސާރާ ފެނޭތޯއެވެ. ސާރާގެ ހަބަރެއް ނުވުމުން ދެން އޭނާ ސޯފާއަށް އަރައި ދެފައި ވައްކޮއްލައިފިއެވެ. ފައިލަށް ބަލަންއިން ނިކަތު ކުރިމައްޗަށް ބަލާލީ އެތަނުގައި މީހެއްގެ ހިލަމެއް ވުމުންނެވެ. ނަމަވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެސްފިޔަ ޖަހާލަމުން ނިކަތު ތެދުވެ […]
“މީ ނިކަތް.. ދެންމެ މަޑުމަޑުން ނިކޫ ނިކޫ އޭ ކިޔަ ކިޔާ އިނީ.. އެއީ މިކުއްޖާގެ ދައްތަ.. މީ މަރިޔަމް ނިކަތް” އެކުއްޖާ ގޮވައިގެން ބޭރަށް ނިކުންނަމުން ނިޝާން ބުނެލިއެވެ. މިވަގުތު އޭނާ ބޭނުންވީ އެކުއްޖާ އެތަނުން ނެރެގެން އެހެން ތަނަކަށް ގެންދާށެވެ. ހޭނެތިފައި އޮތް ކުއްޖާ އަތްމައްޗަށް ލައިގެން ނިކުތުމުން މަގުމަތީގައި ތިބި މީހުންގެ މޫނުމަތިން ފެންނަން ހުރީ ޝައުޤު ވެރިކަމެވެ. ދުވަމުން ކަހަލަ ގޮތަކަށް އައިސް ނިޝާން ކާރައަރައި ބުނެލީ އޭނާގެ ގެއަށް ދިއުމަށެވެ. […]
“ޑޫ އައި ނޯ ޔު؟..” އަމްރުގެ މޫނަށް ބަލާލި ނިކަތް ކޮންމެވެސް ތަނަކުން ދެކުނު ހަނދާންވިހެން ހީވިއެވެ. އެކަމަކު ކޮންތަނަކުން ހެއްޔެވެ. “ނޯ ޔު ޑޯންޓް..” އެބަރު އަޑު ނިކަތުގެ ކަންފަތުގައި ޖެހުމާއެކު ނިކަތު ގައިން ހީބިހި ނަގައި ގަނެއްޖެއެވެ. އަމްރު ދުރަށް ހިނގާފައި ދިޔަ ނިކަތުއަށް ބަލާލިއެވެ. އެއީ އޭނާ ދެކުނު ކުއްޖެކެވެ. ނިތުގައި އިނގިލި ޖައްސާލަމުން އަމްރު ހަނދާން ކުރަމުން ދިޔައީ އޭނާ އެއަންހެން ކުއްޖާ ފެނުނު ތަނެކެވެ. ކޮންތާކުން ހެއްޔެވެ؟ “އަމްރު… ކީއްވެ […]
22 ޑިސެމްބަރ 2002 މ.މާފަންނު ސަހަރާގެ ކަންމަތީގައި ހުރި ފެހިކުލައިގެ ގޭ ކައިރިން ޕޮލިހުންގެ ކާރުގެ ބަރުގޮނުގެ އަޑު އިވޭލެއް ވަރަށް ބާރެވެ. މީހުންގަނޑުވެސް އެދިމާ މަގުމަތީގައި އިށީނދެގެން ތިބިއިރު އަންހެނުންގެ އުނގުގައި ކުޑަކުދިންވެސް ތިއްބެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ ބިރުވެރިކަމެވެ. ދުރުގައި ހުރި ކާރަކުން ފައިބައިގެން އައި ފިރިހެންމީހާގެ މޫނު ގައިވީ ނުތަނަވަސް ކަމެވެ. ޕޮލިސް ޔުނިފޯރމު ލައިގެން ހުރި އެމީހާގެ އިސްތަށިގަނޑުހުރީ ކުރުކޮށް ކޮށާލައިފައެވެ. މިހައި ބޮޑުކަމެއް ރާއްޖޭގައި ހިނގިމީ ފުރަތަމަ ފަހަރެވެ. މިއަދު […]
އައްރާދަށް ހަނދާނެ ގޮތެއް ނޭނބުނެވެ. ޔަލާ ދުރުކޮށްލާފައި ވަގުތުން ރުހާނީގެ އަތުގައި ހިފައި ގަޔާއި ކައިރިކޮއްލިއެވެ. ނަމަވެސް ހުއްޓުން އަރާފައިއިން ރުހާނީ އިސްޖަހާލިއެވެ. “އަހަރެން ނުދާނަން ރާދު ކައިރިންނެއް…. އަބަދުވެސް އަންނާނަން.. ކަލޭ ހަނދާން ކުރާތި…” ޔަލާ ނުބައި ފާޑަަކަށް ހީގަންނަމުން އެތަނުން ނިކުމެގެން ހިނގައްޖެއެވެ. އައްރާދު ރުހާނީ ގެނެސް މޭޒުކައިރީގައި ބަހައްޓާފައި މޫނުގައި އަތް އަޅާލިއެވެ. ރުހާނީއަށް އައްރާދުގެ އަމަލުތައް ހުރި ގޮތުން މިފަހަރު އައްރާދު ކަމެއް ނުކުރާކަން އެނގުނެވެ. އަދި ހިތްހަމަ ޖެހުމުން ވަގުތުން […]
އެހައި ކައިރިން ރުހާނީގެ މޫނަށް ވިގޮތް ފެނުމުން އައްރާދުގެ ހިތުގައި ކާމިޔާބު ކުރާން އޮތް ހިތްވަރު އިތުރުވެގެން ދިޔައެވެ. އާރާ ގަޔާއި ކައިރި ކޮއްލަމުން އައްރާދު ރުހާނީގެ މޫނަށް ބަލާލީ ސީރިއަސްވެފައެވެ. “ޔޫ ސިޓްލް ހޭވް ފީލިންގްސް ފޯރ މީ..” އައްރާދު އެހެން ބުނަމުން އާރާގެ މޫނުގައި އަނެއްކާވެސް ނޭފަތް ޖައްސާލިއެވެ. އަދި އެކުޑަ ހަށިގަނޑުގައި ބައްދާލަމުން ސިޑިން ފައިބަން ހިނގައި ގަނެއްޖެއެވެ. “ރާދު އަހަންނަށް އާރާދީ…” ހާސްވި ރުހާނީ ވަގުތުން އާރާގެ އަތުގައި ހިފާލިއެވެ. އައްރާދު […]
“ރޫހީ ވަޓްސް ގޮއިން އޯން.. ޓެލްމީ ހީއިޒް ލައިން…” ރުހާނީ ގަބުވެފައި އިންނަން ފެށުމުން ރައްޔާން އޭނާގެ ކޮނޑުގައި ހިފައި ތަޅުވާލިއެވެ. ރުހާނީ ހުރީ އައްރާދުގެ މޫނަސް ބަލަހައްޓައިގެން ދެލޯބޮޑު ކޮއްލައިގެންނެވެ. އެއްފަހަރު ނަމަވެސް އޭނާއާއި ދިމާލަށް ބަލާލާއި އެއީ ދޮގެކޭ ބުނެބަލާށޭ ރުހާނީގެ ހިތަށް އަރަމުން ދިޔައެވެ. ބައެއް ފަހަރު ދޮގުކަން އެނގޭއިރުވެސް އަހަރުމެންނަށް އެއްޗެކޭއެއް ނުބުނެވެއެވެ. ލޯބިވާ މީހާގެ ފަރާތުން ކަންތަކަށް އެދެވޭލެއް އިތުބާރުކުރެވޭލެއް ބޮޑުކަމުން ރުހާނީއަށްވެސް ވީއެހެންނެވެ. ދެލޯ ބޮޑުކޮއްލައިގެން އައްރާދު އެއީ […]
ޔަލާ ނިކުމެގެން ދިޔަ ދޮރާއި ދިމާލަށް ބަލަހައްޓައިގެން އިން އައްރާދުގެ ހިތުގައި އުތުރި އަރަމުން ދިޔައީ މިހުރިޙައި ދުވަހު އޭނާއަށް ކުރެވެމުން އައި ކަންތަކެވެ. ރުހާނީ ބުނީ ތެދެއް ހެއްޔެވެ؟ އާރާއަކީ ހަމަ އަސްލުގައުވެސް އޭނާގެ ދަރިއެއް ހެއްޔެވެ؟ މޫނުގައި އަތް ހާކާލަމުން އައްރާދު ހާޅޭއްލަވައި ގަތެވެ. އޭނާ މިވަގުތު ދެކިލަން ބޭނުމީ ހަމައެކަނި ރުހާނީއެވެ. އާރާއަކީ އޭނާގެ ދަރިއެއް ވިއްޔާ އެކުއްޖާ ގެންނާށެވެ. އައްރާދު ކުއްލިއަކަށް ހަނދާންވީ ރުހާނީ އޭރު ބޮލުގައި ރިހޭތީ އުޅުނު ދުވަސްތައް […]
“ރޫހީ… ޔަލާ އިޒް ހިއަރ…” ބުނާނެ އެއްޗެއް ނޭނގުނު އައްރާދު އެހެން ބުނެފައި ރުހާނީއާއި ދިމާލަށް އެނބުރުނެވެ. ނަމަވެސް މިބުނެވުނީ މިދަނޑިވަޅުގައި ބުނެގެން ނުވާނެ އެއްޗެއްކަން އެނގުނީ ދެނެވެ. “ސީރިއަސްލި…” ރުހާނީ އެނދުން ތެދުވަމުން ބުނެލިއެވެ. މޫނުގައި އަތްހާކާލަމުން ރުހާނީ ދުރަށް ބަލާލީ އޭނާ ގަނެފައިވާ ލަދު ފޮރުވޭތޯއެވެ. “ރޫހީ…” އެކަން ފާހަގަ ކުރެވުނު އައްރާދު އެނދުން ތެދުވަމުން އައިސް ރުހާނީގެ އަތުގައި ހިފާލަން މަސައްކަތް ކުރިއެވެ. ނަމަވެސް ރުހާނީ ޖެހެމުން ގޮސް އަލަމާރީ ކައިރީގައި ހުއްޓިއްޖެއެވެ. […]