ހުވަފެނުގެ ރާނީ 13
ނިކަތު ހިނިތުން ވެލަމުން ސަލާމަށް އަތް ދިއްކޮށްލިއެވެ. ނިކަތު ފޯނުން ވާހަކަ ދައްކާފައި ވުމުން އެމީހާ ހިތްހެޔޮކަން ނިކަތުއަށް އެނގެއެވެ. ނަމަވެސް ފާތުން މިއަދު ސަލާމަށް އަތްދިއްކުރުމުގެ ބަދަލުގައި އަތް އަޅާލީ އަނގަމަތީގައެވެ. އުމުރުން ދުވަސްވެފައިހުރި އެމީހާގެ ލޮލަށް ކަރުން ޖަމާވިތަން ފެނުމުން ނިކަތު ބަލާލީ ފަހަތުގައި ހުރި އައްމާރު އަށެވެ. އައްމާރު ބަލަންހުރީ ފާތުންއަށެވެ. ޖީބަށް އަތް ޖަހާލައިގެން ހުރި އައްމާރު އެވަގުތު ބޯ ޖަހާލަމުން ހީލިއެވެ. އަދި ނިކަތުއަށް ބަލާލަމުން ކުރިއަށްވުރެ ފުޅާ ހިނިތުން ވުމެއް ދިނެވެ.
“މަންމަގެ ތަޝްކީލް..” ފާތުން އެހެން ބުނެލަމުން ނިކަތު ގެނެސް ގަޔާއި ލައި ބޮނޑިކޮއްލިއެވެ.
“ނިކަތު…” ފާތުން އޭނާގެ ގައިން ދޫކޮށްލުމުން ނިކަތު އިސްޖަހާލަމުން ބުނެލިއެވެ. މިހާރު އޭނާއަށް ދިމާލަށް ތަޝްކީލްއޭ ބުނިމީ ތިންވަނަ މީހާއެވެ.
“އައްމާރު..” ފާތުން އައިސް އައްމާރުގެ އަތުގައި ހިފައިގެން އެތެރެއަށް ވަނެވެ. ނިކަތުހުރީ މިހާރު ވަންނަން ނުވަންނަންށެވެ.
“ނިކަތު… ނިކަތުއަށް އެނގޭ…” ފާތުން ބުނަން އުޅުނު ބަހަށް މަޑު ޖެހުމެއް އައީ ފަހަތުން އައްމާރު ބޯހޫރާލުމުންނެވެ. ފާތުން ހިތި ގޮތަކަށް ހިނިތުން ވެލަމުން ބަދިގެ ފަރާތަށް ދިޔައެވެ.
“އަޅުގަނޑު މިއައީ ގޭގެ ވާހަކަ ދައްކާލަން އިނގޭ ދެއްތޯ…” ނިކަތު ހިނިތުން ވެލަމުން ފާތުން ދައްކާލި ސޯފާގައި އިށީނެވެ. އައްމާރު އިށީނީ ކުރިމަތީގައި ހުރި ސޯފާގައެވެ. ނިކަތު ވާހަކަ ދައްކަމުން ދިޔައިރު ފާތުންގެ މުނަށް އަރަމުންދިޔަ ކުލަތަކަށް ބަލަން ހުރި އައްމާރު ތޭރެއަކުން ނިކަތުއަށް ބަލާލައެވެ. އޭނާ ނިކަތު އެންމެ ފުރަތަމަ ދުށީ ނިކަތުއަށް ފަސް އަހަރުގައެވެ. ނިކަތުއާއި ރުކާޔަތު ފެނުމުނު ދުވަހުން ފެށިގެން އޭނާ އެދެކުދިންދެކެ ލޯބިވީ އަމިއްލަ ދަރިން ފަދައިންނެވެ.
“އައްމާރު.. ކޮންއިރަކު އައީ؟” ފާތުން ވާހަކަ ދެއްކީ އައްމާރުއަކީ އެތަކެއް ދުވަހެއްގެ ރައްޓެއްސެއް ފަދައިންނެވެ. އައްމާރު ހީލަމުން ބުނީ ކުރިން ހަފްތާގައި ކަމަށެވެ.
“ދައްތަ ކައިރީގައި އަޅުގަނޑު ވާހަކައެއް އަހާލަން ބޭނުން…” ނިކަތު ހީލަމުން އެހެން ބުނެލި ގޮތުން ފާތުން އިތުރަށް ދެރަވިއެވެ. ނިކަތު ހީލާ ކޮންމެ ފަހަރަކު އޭނާ ތަޝްކީލް މަތިން ހަނދާންވެއެވެ.
“ބުނޭ….” އައްމާރުއަށް ނަޒަރެއް ދެމުން ފާތުން ބާލާލީ ގަޑިއަށެވެ. މިވަގުތު އެތަނަށް އާދަން އައިސްފިނަމަ އޭނާއަށް ވާނެގޮތް ފާތުންއަށް އެނގެއެވެ.
“ދައްތަ މިގެ ރަޖިސްޓްރީ ކާކުގެ ނަން މައްޗަށް… އަޅުގަނޑު އެމީހަކާ ބައްދަލު ވެގެން ނޫންތޯ ކަންތައް މިކަންތައް ނިންމާލެވޭނީ…” ނިކަތު އެހެން ބުނުމުން ފާތުން ނަޒަރެއް ދިނީ ކުރިމަތީގައި ހުރި އައްމާރަށެވެ. ހީވީ އައްމާރުއަށޭ ބުނި ހެންނެވެ. އެކަން ފާހަގަ ނިކަތު އައްމާރަށް އަވަހަށް ބަލާލިއެވެ. އެއްކޮލުން ހީލައިގެން ހުރި އައްމާރު ބޯ ޖަހާލަމުން އާނއެކޭ ބުނެލިއެވެ.
“ސީރިއަސްލީ….” ދެލޯ ބޮޑުކޮއްލަމުން ނިކަތު ބުނެލިއެވެ. އައްމާރު އެގެއަށް އައީ ފާތުންއާއި އީމާނާއާއި ވާހަކަ ދައްކާށެވެ. ނަމަވެސް ފާތުންގެ ރުއިމާއި އެތަށް ކަމަކުން އައްމާރު އެކަމަށް އެއްބަސްވިއެވެ. ނަމަވެސް އޭނާ އެކަމަށް އެއްބަސްވީ ކުޑަކުޑަ ނިކަތުއާއި ރުކާޔަތު ފެނުނު ފަހުންނެވެ.
“ފާތުން ދައްތަ އަޅުގަނޑާއި ދިމާވީ ވަރަށް ކުރިން އޭރު އަޅުގަނޑަށް ނަވާރަ އަހަރު ކަންނޭނގެ… ދައްތަ ވަރަށް ކޮންވިންސިން….” އައްމާރު އެހެން ބުނެލަމުން ހަނދާންވީ އޭނާ އީމާނާއާއި ޝައްމޫނުގެ ވާހަކަ ދައްކަން އައި ދުވަހެވެ. އެދުވަހު އާދަން ރުޅިއައިސްފައި ވަރެވެ. ނަމަވެސް އޭރު ކަންތައް ހުރީ ދަނެ ހިސާބަކަށް ގޮސްފައެވެ.
“ދެން އަޅުގަނޑާއި ކޮން އިރަކުންތޯ ދައްތަގެ މާމަ ދަރިއާއި ބައްދަލުވާނީ… އޭރުން އަޅުގަނޑަށް ހުރިހާ މީހުނާއި ވާހަކަ ދެއްކޭނީ…” ނިކަތު އެހެން ބުނެލި ގޮތުން އެކަން ކުރާ ހިތްވެފައ އިންވަރު އައްމާރުއަށް ދެނެގަނެވުނެވެ. އެހެނަސް ނިކަތުއަށް ތެދު ތަހައްމަލު ކުރެވޭނީ ކިހައި ވަރަކަށް ބާވައެވެ.
“އެކުއްޖާ ނޭނގެ ހަނދާން ހުންނާނެ ކަމެއްވެސް ފާތުން ދައްތަ މަތިންނެއް….” މާނަވީ ގޮތަކަށް އެހެން ބުނެލި އައްމާރު ދޮރާއި ދިމާލަށް ބަލާލީ މީހަކު ދޮރުގައި ތަޅަން ފެށުމުންނެވެ. ކޮޅަށް ތެދުވަމުން އައްމާރު މޫނު ކުނި ކޮށްލީ އެއީ އަމްރުކަން އެނގޭތީއެވެ.ދޮރު ހުޅުވާލި އައްމާރު ދޮރުކަނީގައި އަތް އަޅުވާލަމުން ކުރިމަތީގައި ހުރި އަމްރުއަށް ބަލާލީ ޝައުޤު ވެރިފެވފައެވެ. އަމްރު އޭނާއަށްވެސް އިތުބާރު ނުކުރަނީ ހެއްޔެވެ؟
“ވައި އަރ ޔު ޕައުޓިން އަމްރު؟…” އައްމާރު އަތްދަށުން ދެމިގަތް އަމްރު ބަލާލި ނިކަތު ފެނޭތޯއެވެ. ނިކަތު ފެނުމުން ފުންނޭވާއެއް ދޫކޮށްލަމުން ލޯއަޅާލިއެވެ.
“ދައްތާ މީ ނިކަތުގެ ފިރިމީހާ….” އައްމާރު އެހެން ބުނުމުން އަމްރު ހީލަމުން ސަލާމަށް އަތް ދިއްކޮށްލިއެވެ. ނަމަވެސް ފާތުން އެއަތުގައެއް ނުހިފިއެވެ.
“މުއާޒްގެ ދަރިއެއްތަ؟ އިނގޭތަ މުއާޒްގެ އަންހެނުންނާއި ހެދި އަހަރެންގެ ދަރިފުޅުގެ މުޅި ހަޔާތް ބަދަލުވިވަރު…” ފާތުން މޫނުން ފެންނަމުން ދިޔައީ ނުރުހުމުގެ އަސަރެވެ.
“ދައްތާ…. އަޅުގަނޑުމެން އެހެން ދުވަހަކުން އަންނާނަން….” ނިކަތު އެހެން ބުނީ އޭނައަށް އެތަނުގައި ދައްކަމުންދިޔަ ވާހަކަތަކުން އެއްވެސް ވާހަކައެއް ނޭނގުމުންނެވެ.
އެގެއިން ނިކުތް ނިކަތު ކޮނޑުގައި ދަބަސް އަޅުވަމުން ނިކަތު ލޯހަނިކޮއްލިތަން ފެނުމުން އަމްރު ދެއަތް ނަގަމުން ދުރަށް ޖެހިލިއެވެ. ނިކަތު އަދިވެސް ހުރީ އެހެން ބަލަހައްޓައިގެންނެވެ. ހީވަނީ ދެންމެ ދެންމެ އަމްރުގެ ބޮލުގައި އަތުގައި އޮތް ފޯނުން ޖަހައިފާނެ ހެންނެވެ. އެމަންޒަރު ފެނުނު އައްމާރު ހީގަންނަމުން އަމްރުގެ ކޮނޑުގައި ޖަހާލަމުން ހިނގައިގަތީ ކާރާއި ދިމާއަށެވެ. އަމްރު އަދިވެސް ހުރީ ނިކަތުއަށް ކިޔައި ދޭނެ ގޮތެއް ނޭނގިފައެވެ. އޭނާ ބޭނުންވީ އެތަނަށް ދުވެފައި އައި ސަބަބެއް ކިޔައި ދޭށެވެ. ނިކަތު ނުރުހުންވެފައި އިންވަރު އެނގުމުން ކިޔާދޭކަށް ބޭނުމެއް ނުވިއެވެ. ނަމަވެސް އޭނާ ވާހަކަ ފަށާނީ ވަކި ކީކޭ ކިޔައިފައި ހެއްޔެވެ. ނިކަތު ކާރަށް އަރައި ސީޓުގައި ލެގިލުމުން އަމްރު ބަލާލަމުން ހީލިއެވެ ނަމަވެސް ނިކަތު ނުހެއެވެ.
“ސޮރީ….” އަމްރު މަޑުމަޑުން އެހެންބުނިއިރު ހީވަނީ ކުއްވެރިއެއް ހެންނެވެ.
“އަމްރުގެ މައްސަލައަކީ ކޮބާ؟ ކީއްވެ އަމްރު ތިކަހަލަ ކަންތައް ކުރަނީ؟…” ނިކަތު ސުވާލުގެ ނަޒަރަކުން ބަލާލަމުން އަމްރު އިސްޖަލާލިއެވެ. އަދި ދޮރު ހުޅުވާލަމުން އެތެރެއަށް ދެމިގަތް އައްމާރުއަށް ބަލާލަމުން އަމްރު ބުމަ ކައިރި ކޮއްލިއެވެ.
“ޔޫ… ޔޫ ކިޑްނެޕްޑް މައި ވައިފް….” އައްމާރުއާއި ދިމާލަށް އިނގިލި ދިއްކޮށްލަމުން އަމްރު އެހެން ބުނި ގޮތުން ނިކަތު ހީލިއެވެ. އަމްރުގެ މެއަށް ހީވީ ފިނިވި ހެންނެވެ. ހިތްހަމަ ޖެހުނު ވަރުން މޭގައި އަތްވެސް ޖައްސާލިއެވެ.
“ޔަ.. އަދި ކޮންމެވެސް ދުވަހަކުން ގެންދާނަން އަމްރުގެ ވައިފް..” އައްމާރު ސީރިއަސް ވެލާފައި އެހެން ބުނުމުން ނިކަތު އައްމާރުގެ މޫނަށް ބަލާލިއެވެ. އޭމުނުގައިވި ކުލައެއް ބުނެދޭކަށް އަމްރުއަކަށްވެސް ނިކަތުއަކަށްވެސް ނޭނގުނެވެ.
“ގެޓް އައުޓް…” އަމްރު މިފަހަރު އެހެން ބުނީ ރުޅި އައިސް ގެނެއެވެ. ނަމަވެސް ނިކަތު ބޯހޫރުވާލުމުން އައްމާރު މަޑުކޮއްލީއެވެ.
އައްމާރު ދެން ނިކަތުއަށް ކިޔައިދޭން ފެށީ އަމްރުގެ މަންމައާއި ހެދި ފާތުންގެ ދަރިފުޅުގެ ދިރިއުޅުން ހަލާކުވި ގޮތުގެ ވާހަކައެވެ. އީމާނާ ފާތުންގެ އަންހެން ދަރިފުޅުގެ ފިރިމީހާއާއިއެކު ފިލައިގެން ދިޔަވާހަކައެވެ. ނިކަތު ދެލޯ ބޮޑުކޮއްލައިގެން އިންގޮތުން އަމްރު ހީލިއެވެ. ނިކަތުއަށް އެއީ އޭނާގެ މަންމަކަން އެނގޭ ދުވަހަކުން ކަންތައް ވާނެ ގޮތަކާއިމެދު ވިސްނާލި އަމްރު ހިނިތުންވުން ފިލައިގެން ދިޔައެވެ. އައްމާރު ކިޔައި ދެމުން ގެންދިޔައީ އެންމެ ފުރަތަމަ ދުވަހު ފާތުންގެ އަންހެން ދައިރުޅު ފެނުނު ދުވަހެވެ. އައްމާރު ކޮންމެ ފަހަރަކުގެ ތަޝްކީލްގެ ނަން ބުނުމުން ކޮންމެ ފަހަރަކުވެސް ނިކަތުގެ މޫނު ކުލަ ބަދަލުވާތަން އަމްރު ފެނެއެވެ. އެނަން މިހާރު ނިކަތުއަށް އެއީ އާންމު ނަމެކެވެ.
އައްމާރު ނިކަތު މޫނަށް ބަލަން ހުރި ގޮތުން އުނދަގޫވ އަމްރު ފެށީ އޭނާ ކުދާއިރުގައި ފެނުނު ވަރަށް ރީތި ކުއްޖެއްގެ ވާހަކައެވެ. އައްމާރުއަށް ވަގުތުން އެއީ ނިކަތުއާއި ރުކާޔަތުއާއި ދެމީހުންކުރެ އެކަކުކަން އެނގުނެވެ. އައްމާރުގެ ވާހަކަތަކުން އަސަރުކުރި ނިކަތު މޭގައި ތަދެއް ހިފާލިއެވެ. ހީވީ ތަޝްކީލްއަކީ އަމިއްލަ މަންމަ ހެންނެވެ. ބުނެދޭން ނޭނގޭ ކަހަލަ އަސަރެއް ކުރުވި ނަމަވެސް އަމްރު ފެށި ވާހަކައަކުން ނިކަތުގެ ސަމާލުކަން އެދިމާލަށް އަނބުރައިލިއެވެ.
01 ޖުލައި 2002
އަމްރު ނިދާފައި އޮތީ މުނި ދުވަހު ސުކޫލުގައި އުޅެފައި އައިހެވެ. އޭނާ ކެޑޭޓްގައި އުޅޭތީ މި ދުވަހުތަކުގައި އުޅެނީ ވަރަށް ބުރަކޮށެވެ. ނަމަވެސް އެއަށްވުރެ ބޮޑަށް އަމްރު ކަންބޮޑުވަނީ އަނެއްކާ މަންމަ އައިސް އުޅޭތީއެވެ. އެހައި ދުވަސް ފަހުން މަންމަ ފެނުމުން އަމްރު އެއްވެސް ވަރަކަށް އުފަލެއް ނުވިއެވެ. އޭނާ ބޭނުންވީ މަންމަ ދާށެވެ. މަންމައާއިވަކިން އޭނާ އުޅެންހުރީ ދަސްވެފައެވެ. ވިއްސާރަ ދުވަސްތަކެއް ވުމުން އަމްރު ހުންނަނީ އަބަދުހެން ނިދި އައިސްފައެވެ. އަދި މިހާރަކަށް އައިސް ަބަދުހެން އޭނާއަށް ނިދީގައި ހިނގެއެވެ. ކޮންމެ ފަހަރަކުވެސް އޭނާގެ މަންމަ ފެނުމުން އަމްރު ނިދީގައި ހިނގުންވެސް އަވަސްވެއެވެ.
ގައިމަތީގައި ބެޑްޝީޓް އަޅާލަމުން ކުޑަކޮށް ލޯހުޅުވާލި އަމްރު އަނެއް ފަރާތަށް އެނބުރުނެވެ. ކުއްލިއަކަށް ފަހަތަށް އަމްރު ޖެހިލީ ކުރިމަތިން ފެނުނު ފެހި ކުލައިގެ ލޮލުންނެވެ. ނަމަވެސް ކުރިމަތީގައި ހުރި ކުޑަކުޑަ އަންހެން ކުއްޖާގެ ފިނިއަތުން ސާދަ އަހަރުގެ އަްރުގެ އަތުގައި ހިފާލަމުން އަމްރު ހިމޭންވިއެވެ. މީ ކޮންކަހަލަ ހުވަފެނެއް ބާވައެވެ. އެއްވެސް ހުވަފެނެއް މިހައި ހަޤީޤީ ވީތަނެއް އޭނާ ނުފެނެއެވެ. އަމްރު ބަލާލީ އެމުށިކުލައިގެ ދިގުދިގު އިސްތަށިގަނޑަށެވެ. އަދި ހީލަމުން ކުރިއަށް ޖެހިލަމުން އެކުއްޖާގެ ނޭފަތުގައި ޝަހާދަ އިނގިލި ޖައްސާލިއެވެ. އަމްރު އެހެން ހަދާލުމުން އެކުއްޖާ ލޯބި ލޯބިކޮށް ހީލުމުން އަމްރު އެއް އަތްމައްޗަށް ވާގޮތަށް އޮށޯ ވެއްޖެއެވެ. އެކުއްޖާ އަދިވެސް ހުރީ އެހުރި ގިތަށް އަމްރުއަށް ބަލަހައްޓައިގެންނެވެ.
“ވަޓް އަރ ޔޫ…..” އަމްރު އަިދވެސް ބަލަންހުރީ އެފެހި ކުލައިގެ ކަށި އަށެވެ. ކޮނޑުއަރުވާލިއެވެ. އެކުއްޖާ އެނދަށް އަރައި އަމްރު ކައިރީގައި އޮށޯތީ ކީއްވެ ކަމެއް އަމްރުއަކަށް ނޭނގުނެވެ. އެކުއްޖާ އެހެން ހެދުމުން އަމްރުއަށް ޔަޤީންވީ އަސްލުަގއިވެސް ހުވަފެނެއްގައި އުޅެވޭ ކަމުގައެވެ.
“ޔޫ އަރ ލައިކް އަރ ކުއީން… އައި ނޯ މައި ހުވަނުގެ ރާނީ…” އަމްރު އެހެން ބުނަމުން ހީލިއެވެ. އެކުއްޖާވެސް އަރިއަކަށް ޖެހިލަމުން ހީލިއެވެ. އަދި އަމްރުގެ މޫނުގައި އަތް ޖައްސާލުމުން އަމްރު ލޯމަރާލިއެވެ، އެހެން އޮއްވައި އަމްރުއަށް ނިދުނީ ކޮންއިރަކު ކަމެއްވެސް ނޭނގެއެވެ. ހެނދުނު ހޭލެވުނު އިރުގައި އެއްކަލަ ކުއްޖާއެއް ނެތެވެ.. ހަމަގައިމުވެސް އެއީ ހުވަފެނެކެވެ. އެހައި ރީތި ކުދިންނެއް ނޫޅޭނެއެވެ.
18 ޑިސެމްބަރ 2018
“ސީރިއަސްލީ…. ހުވަފެނުގެ ރާނީ…” ނިކަތު ލާނެތް ފާޑަކަށް ހީގަންނަމުން އެހެން ބުނެލިއިރު އަމްރު ނިކަތުއަށް ބަލަން ހުރީ ލޯބިން ފުރިގެންވި ނަޒަރަކުންނެވެ. ކުއްލިއަކަށް އަމްރުއަށް ފެނުނީ ނިކަތު އެކަންޏެވެ. އެހެން ހުރިހާ ތަނެއް ގެއްލުނު ފަދައެވެ. މީހުން ބުނެއެވެ. މީހެއްދެކެ ލޯބިވާކަން އިހްސާސް ވާން ހިނދުކޮޅެއް އަންނާނެއެވެ. މިހުރިހާ ދުވަހު އެކި ގޮތްގޮތުން އަމްރުއާއި ނިކަތުވަނީ ބައްދަލު ވެފައެވެ، ނިކަތުއަކީ އޭނާގެ މީހެކެވެ. އޭނާ ހުވަފެންތަކުން ލޯބި ވެވުން ކުއްޖާއެވެ. މިއަދު އޭނާގެ އަނބިމީހާއެވެ. އޭނާ ދަރިފުޅުގެ މަންމައެވެ. ކޮންމެ ކަމެއްވެސް ވާނީ ސަބަބެއް އޮވެގެންނެވެ. އެހެން ނޫންނަމަް އޭނާއާއި ނިކަތު އެހައި ކުޑައިރު ދިމައެއް ނުވާނެއެވެ. އޭނާއަށް މިއަދު ނިކަތުދެކެ ލޯބިވާކަންވެސް އިހްސާސެއް ނުވީހެވެ. މާތް ﷲގެ ކަންތައް ނިންމަވާފައިވަނީ މާ ކުރިންނެވެ. މާކުރިންނެވެ. އަމްރު ހިނިތުން ވެލައިގެން އިން ނިކަތުއަށް ބަލާލަމުން ލޯ މަރާލިއެވެ. އަދި އޭނާއަށް ހިތުގައި އުތުރި އަރަމުން ދިޔަ އިހްސާސްތަކަށް ދެވުނީ އެންމެ ނަކެމެވެ. ލޯތްބެވެ. ނަމަވެސް އަމްރު ދެރަވީ އަމްރުވެސް ބަލަހައްޓައިގެން ހުރިގޮތަށް އައްމާރުވެސް ނިކަތުއަށް ބަލަހައްޓައިގެން ހީލައިގެން އިނީމައެވެ.
“ޔެސް… ޝީ އިޒް…” އަމްރު ހިނިތުން ވަމުން ބުނެލިއެވެ. އޭނާ ބޮޑުކޮށް ހިނިތުން ވެލުމުން އައްމާރު އެދިމާލަށް ބަލާލިއެވެ. އަދި އޭނާއަށް ނިކަތުއަށް ބެލުނު ގޮތް ހަނދާން ވުމުން ދެރައިވެއެވެ.
“އެންޑް ޝީ ވިލް ބީ… މައިން… އޯލް ވޭސް މައިން…” އަމްރު ބަލާލީ އައްމާރުގެ މޫނަށެވެ. އެވަގުތު އައްމާރުވެސް ބަލާލިއެވެ. އަދި ދެމީހުންވެސް އަނެއް ފަރާތަށް ބަލާލިއެވެ.އޮފީހާއި ކައިރި ވުމުން އަމްރު އެވާހަކަ ބުނެލިއެވެ. ތިން މީހުން ކާރުން ފައިބައިގެން ދިޔައީ އެއްކޮށެވެ. ނަމަވެސް ނިކަތުގެ ހިނދުމަށް މަޑު ޖެހުމެއް އައީ އެތާނގެ ކައިރީގައި އިށީނދެގެންއިން މުސްކުޅިމީހާ ފެނުމުންނެވެ. އައްމާރު ހިނގާފައި އެދިޔަ ގޮތަށް ގޮސް އޮފީހަށް ވަދެގެން ހިނގައްޖެއެވެ. އެންމެ ފަހަރަކުވެސް ފަހަތަށް އެނބުރި ބަލާ ނުލައެވެ.
އެމީހާގެ ކައިރިއަށް ހުއްޓެމުން ވޮލެޓުން ފައްސަތޭކަ ރުފިޔާ ނަގައި އެހެން މީހަކަށް ނުފެންނާނޭ ހެނ އެމީހާގެ ޖީބަށް ލަމުން ނިކަތު ހީލިއެވެ. އަދި އެމީހާގެ ބޮލުގަޔާއި ކޮނޑުގައި ފިރުމާލިއެވެ. އެމަންޒަރު ފެނުނު އަމްރު މެއަށް ފިނިވެގެން ދިޔައެވެ. ޖީބަށް އަތް ޖަހާލައިގެން ހުރި އަމްރު ހުރީ ހިނިތުން ވެގެންނެވެ. އެމީހާ ކައިރީގައި ކައިފިންތޯ އަހާލާފައި ނިކަތު އަނެއް ފަރާތަށް އެނބުރު އިރުގައި އަމްރު ހިނިތުން ވެލައިގެން ހުރިތަން ފެނުމުން ނިކަތު މަޑު ޖެހުނެވެ. ޖީބަށް އަތް ޖަހާލައިގެން ބޯއަރި ކޮއްލައިގެން ތިރިއަށް ބަލަހައްޓައިގެން ހީލައިގެން ހުރިގޮތުން ހީވަނީ މީހަކު ނަގާފައިވާ ފޮޓޯއެއް ހެންނެވެ. އެހައިވެސް ފުރިހަމައެވެ. ނިކަތު ދުރުން ހިނގާފައި އަންނަތަން ބަލަން ހުރި އަމްރުއަށް ހީވީ އެމަންޒަރު ލަސްވެގެން ދިޔައެވެ. ވައިރޯޅިއާއެކު ނިކަތު މޫނަށް އެޅެމުންދިޔަ ކޮންމެ އިސްތައްޓެއް ވަކިވަކުން އޭނާއަށް ފެންނަމުން ދިޔައެވެ. ހާއްސަކޮށް ވަޔާއެކު ގައިގައި ތަތްލާފައިވާ މަތިކޮޅުން ފުއްޕާފައިވާ ކުޑަކުޑަ ބަނޑު ފެނުމުން އަމްރު ބޮޑަށް ހިނިތުންވެލިއެވެ.
ނިކަތު ކައިރިއަށް އައިސް ކައިރީގައި ހުއްތެމުން އަމްރުގެ މޫނުގައި އަތް ޖައްސާލިއެވެ. ވަގުތުން އަމްރުގެ މޫނުގައިވި ހިނިތުންވުން ފިލައިގެން ހިނގައްޖެއެވެ. އަމްރު އެއަތުގައި ހިފާލަމުން އަތް ތިރިކޮށްލިއެވެ. ނިކަތު އެވަގުރު އަތުގައިވި ހުދު ކުލަ ދައްކާލިއެވެ.
“ކުލަ…. ހުދު ކުލަ ހުރީމަ ފުހެލީ… ވަރަށް ގިނައިން…” ލަސްލަހުން އެހެން ބުނެލި ނިކަތު ފަހަތަށް ޖެހިލިއެވެ. އޭނާ އެއްވެސް ވަރަކަށް އަމްރުއާއި އެހައި ކައިރިވާކަށް ބޭނުމެއް ނުވެއެވެ. ނަމަވެސް ކައިރި ވެވިއްޖެނަމަ ދުރަށްދާން އުނދަގޫ ވޭއެވެ. އަމްރުއަށްވެސް ވަނީ އެވަރެވެ.
“އުމް.. އޯ.ކޭ…” އަމްރު ނިކަތުގެ ފިނި ވެފައިވާ އަތުން ދޫކޮށްލަމުން ހިނިތުންވެލިއެވެ. ދެމީހުން އެކުގައި ކުރިއަށް ހިނގައި ގަންނަމުން ނިކަތު އަނެއްކާވެސް ހީލިއެވެ.
“ހެހެ.. ހުވަފެނުގެ ރާނީ.. ރިއަލި…” ނިކަތު އަނެއްކާވެސް އެހެން ބުނެފައި ހީގަނެފިއެވެ. އަމްރު ވަގުތުން އިސްޖަހާލަމުން ހީގަނެފިއެވެ.
“ދެން ތިހެން ކިޔާ… އެކަމް އަހަރެން ނުދެކެން އެހައި ރީތި ކުއްޖެއް…” އަމްރު ނިކަތުއަށް ބަލާލަމުން އެހެން ބުނެލިއެވެ. ނަމަވެސް އޭމޫނުގައިވީ ލޯބި މިފަހަރުއަށް އަމްރުއަށް ނުފޮރުވުނެވެ. ނިކަތު އަނެއް ފަރާތަށް އެނބުރެމުން ހީލިއެވެ. އަމްރު ބަލަން ހުރި ގޮތް މިފަހަރު އޭނައަށް ސިއްރެއް ނުވިއެވެ.
ކެބިންގައި ހުރިއިރުވެސް އަމްރު ބެލެނޯ ނިކަތުއައި ދިމާލަށެވެ. ނިކަތުއަށް އެކަން އިނގުނު ނަމަވެސް އޭޏާ މަސައްކަތާއިގެން ކުރިއަށް ދިޔައީއެވެ. އިރުކޮޅަކުން އެހެން އިނދެފައި ނިކަތު އިސްއުފުލާލައިފައި ބަލާލީ ކުރިމައްޗަށެވެ. އަމްރު ހީލައިގެން އިންގޮތުން ނިކަތުގެ ހިތުގެ ވިންދުވެސް ހުއްޓުނު ފަދައެވެ. އެހައި ރީތި ފިރިހެނެއް އޭނާ ދުވަހަކުވެސް ނުދެކެއެވެ. ނިކަތު ބުމަ އަރުވާލަމުން މަޑުމަޑުން ކިހިނެއްވީތޯ އަހާލިއެވެ. އަމްރު ލޯމަރާލަމުން ވަރުބަލިކަމަށް ބުނެލިއެވެ. އެމަންޒަރު ފެނުމުން ނިކަތު ކުޑަކޮށް ހީލިއެވެ. އަމްރު ތެދުވެގެން ދިޔައީ ފޯނެއް އައުމުންނެވެ. ފޯނު ކަންފަތުގައި ޖަހާލައިގެން އަނެއްއަތް ޖީބަށް ޖަހައިގެން ދިޔަ އަމްރު ހީވީ ފުރިހަމަ ކަމުގެ މިސާލެއް ހެންނެވެ. އެކަހަލަ ކޮންމެ ވަގުތަކު ނިކަތު ނޭވާ ހުފަހައްޓާލައެވެ. އެހިތުގެ ވިންދު އަވަސްވެ ނޭވާލާން އުނދަގޫވެއެވެ.
އަމްރު ދިޔަތަން ބަލަން އިނދެފައި ނިކަތު ކެބިން ކައިރީގައ ބަހައްޓާފައި ހުރި ފައިލްތައް ނަގަން އެތަނުން ނިކުތެވެ. އަދި ފައިލެއް ނަގަން ކައިރިވެލާފައި އޭނާ ބޭނުންވީ ފައިލް ހޯދަންފެށިއެވެ. ނިކަތު ފައިލް ހިފައިގެން އެނބުރުގޮތަށް ފަހަތަށް ޖެހިލިއެވެ. ފަހަތުން އޭނާގެ ކައިރީހުރެ އަމްރު ކުރިއަށް ފިޔަވަޅެއް އަޅާލަމުން ހީލިއެވެ. ނިކަތު ވަގުތުން އެދެމެދަށް ފައިލް ހުރަސް ކޮއްލިއެވެ. އަމްރު ބުމަ އަރުވާލަމުން “އަސްލުކޮށް ހޭ” އަހާލިއެވެ. ނިކަތު ތުން ދިއްކޮށްލަމުން ހީލިއެވެ. އަމްރުއަށް މިވަނީ ކީއްހެއްޔެވެ. އޭނާ ދުރަށް ޖެހިވެސް ނުލައިހުރެ ނިކަތުގެ މޫނުގައި ދެއަތް ޖޯޑު ކޮއްލަމުން ނިކަތު ކުރިއަށް ޖައްސާލިއެވެ. ކުރިއަށް އައި ނިކަތު އައިސް ޖެހުނީ އަމްރުގެ މޭގައެވެ. ފައިލް އަތުން ވެއްޓުމުން އެދިމާލަށް ބަލާލިއެވެ.
“އެހެމްމް….” ކައިރިން އަޑެއް އިވުމުން ދެމީހުން އެއްފަހަރާހެން ދުރަށް ޖެހިލިއެވެ. މުއާޒް ހުރިތަން ފެނުމުން ނިކަތުގެ އުފާވެރިކަން މައްޗަށް އަރައިގެން ދިޔަ ކަހަލައެވެ. އޭމުނު ގައިވި އުފާވެރިކަން އެއްކޮށް ދިޔައެވެ. އެކަން އަމްރުއަށްވެސް ފާހަގަވިއެވެ.
“އޮފީސް އިނގެ މީ…” މުއާޒް އެހެން ބުނެފައި އަމްރުގެ ކެބިންއަށްވަދެ އިށީނދެއްޖެއެވެ. އޭނާ އެއްވެސް ވަރަކަށް އިތުރަށް ވާހަކައެއް ނުދައްކައެވެ.
“ބައްޕަ މި ފްލޯގައި ކީއްކުރައްވަނި ތޯ؟…” އަމްރު މުއާޒްގެ ފަހަތުން އޭނާގެ ކެބިންއަށްވަދެ އަހާލިއެވެ. މުއާޒްއަކީ އެއްވެސް ވަރަކަށް އެއީ މިގެ ކުރިން އެތަނަށް އަންނަ މީހެއް ނޫނެވެ.
“ބައްޕަ އައިސް ގެނެއް ނުވޭތަ؟ އުމް.. އަމްރު ހާދަ ހާސްވީ ބައްޕަ މިތަނަށް އައީމަ…” މުއާޒް އެހެން ބުނެފައި ގޮނޑިން ތެދުވެގެން އަނެއް ފަރާތުގައި ފެންނަން އިން ނިކަތުއަށް ބަލާލިއެވެ.
“ބައްޕަ މިއަދު ތަންކޮޅެއް އަވަހަށް ގެއަށް ދާނަން އެނގޭ…” މުއާޒް އެހެން ބުނުމުން އަމްރު ބޯ ޖަހާލިއެވެ. މުއާޒް އަވަހަށް ދާކަމުގައި ވަނީނަމަ އަމްރު އަބަދުވެސް މުއާޒް އޭނާގެ ކާރުގައި މުއާޒް ގެއާއި ހަމައަށް ގެންގޮސް ދޭނެއެވެ. އަމްރުއާއި މުއާޒްއާއި ދެމީހުން އެކުގައިހެން ކެބިންއިން ނިކުމެގެން ދިއުމުން ނިކަތު ބަލާލިއެވެ.
މަސައްކަތުގައި އިނދެވުނު އިރެއްވެސް ނިކަތުއަކަށް ނޭނގުނެވެ. އޭނާ ގަޑީއަށް ބަލާލިއިރު ރޭގަނޑު ހަތެއް ޖަހަނީއެވެ. ނިކަތު ފައިލްތައް ލައްޕާލަމުން ހިގައިގަތީ އޮފީހުން ނިކުންނާށެވެ. އޮފީހުން ނިކުމެގެން ކާރާއި ހަމައަށް ގޮސްފައި ފޯނު ނުލައި އާދެވުނުކަން ހަނދާން ވުމުން ނިކަތު އަނެއްކާ ދިޔައީ ފޯނު ބަލައެވެ. މިފަހަރު އޭނާ ތިރިއަށް އައީ ތަންކޮޅެއް މަޑުންނެވެ. ވަރުބަލު ވެފައި ހުރުމުން ކުރިއަށް ފިޔަވަޅެއް ނޭޅެއެވެ. މަޑުމަޑުން އައިސް އޮފީހުން ނިކުންނަ ދޮރުގައި ނިކަތު ހިފާލިއެވެ. އޭތި ބޭރަކަށް ނުއެއް ހުޅުވުނެވެ. ދެންމެ އޭނާ ބޭރަށް ގޮސްފައި އައިއިރު ދޮރު ހުރީ ހުޅުވާފައެވެ. ނަމަވެސް މިހާރު މިހުރީ ކިހިނެއް ވެފައި ހެއްޔެވެ؟ ނިކަތު ދޮރުފަތުގައި މިފަހަރު ތަޅުވައިގަތީ ހިތުގައި ބިރުވެރިކަމެއް އުތުރި އަރައި ގަތުމުންނެވެ. އޭނާ ވަށައުގެން ބަލާލިއެވެ. އޮފީސް އެއްކޮށްވަނީ ނިއްވާލާފައެވެ. އެއްވެސް މީހަކު އުޅޭހެނެއް ހިއެއް ނުވެއެވެ. ހަމައެވަގުތު ނިކަތުއަށް ކަނެއްގައި ކޮޅަށް ހުރި މީހާ ފެނުނެވެ. ބިރުގަތްވަރުން ނިކަތުއަށް ދުއްވައި ގަންނަންވެސް ނޭނގުނެވެ. ވިދާލި ވިދުވަރެއްހެން އެމީހާ އައިސް އޭނާގެ އަނގަމަތީގައި އަތްއަޅަމުން އަނެއްފަރާތަށް ކުއްލިއެއް ޖަހާލަމުން ދަމާފައި ގެންދަން ފަށައިފިއެވެ. ތެޅެމުންދިޔަ ނިކަތުގެ ލޮލުން ހޯސްލާފައި ކަރުން ގަނޑު ފައިބައި ގަނެއްޖެއެވެ. ނަމަވެސް އޭނާއަށް އެއްކަމެއް ޔަޤީނެވެ. މިމީހާއަކީ އޭނާއާއި ހޮސްޕިޓަލުން ދިމާކުރި މީހާއެވެ. އެއްވަހެކެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.


V reethi.. kiyaahiyy vanee dhen oiy bai ves.. avahah up kohdhehchey kamah ummeedhu kuran
*kohdheyne kamah…
Pls ninnu
plx ninuu tomorow mi stry up kohlaa dhevidhaane tha ? plx plx up it soon. this stry is really nice n i love it
Plzz ninuuu avaha up kolha deeba???
Alhe avahah up koh dhiiba…Cant wait ???