ހުޅު ވިފައިވާ ކުޑަދޮރުން އެއްވެސް ހުރަހެއް ނެތި ކޮޓަރި ތެރެއަށް މަޑު ވައިރޯޅިތައް ޖެހެއެވެ. ހުދު ކުލައިގެ ފޮތިތަކުގައި ވައިއަޅާލާފައި ކޮޓަރިތެރެއަށް ވިހުރިލާގޮތުން ވަރަށް ހިތްގައިމެވެ. ހުދު ކުލައިގެ ދޮރުފޮތި ތަކުން ފެށިގެން އެނދުގައި އަޅާފައިވާ ކުއިލްޓްވެސް އޮތީ ހުދު ކުލައިގެންނެވެ. ނަމަވެސް ކޮޓަރީގެ ފާރުގައި ލާފައިވަނީ ފެހި ކުލައެވެ. ކޮޓާރީގެ އެއްފަރާތުގައި އެއްކޮށްވަނީ ބިއްލޫރި ދޮރުތަކެކެވެ. އެނދުގެ ކުއިލްޓް އަތާއެކު ބޮނޑި ކުރަމުން އެނދުގައި އޮތް ކުޑަކުޑަ ކުއްޖާ ފިކުރިލާފައި އައިވެސް ކިރިޔާ ވެއްޓޭ ނުވެއްޓޭ […]
ފޯނުގައި ހުރި ފޮޓޯތަކަށް ބަލަންހުރި އީލާފްއަށް މިޑު ޖެހިލީ ޔަޒަން އައިސީޔޫ ގައި އޮތް ފޮޓޯއެއް ފެނުމުންނެވެ. އަދިވެސް އެހަނދާން އީލާފް އެބަހުއްޓެވެ. ** ** ** ** ** ** ** ** ** ކޮލެޖު ނިންމާފައި އައި ޔުއާން ހުރީ ވަރަށް ބަނޑުހައި ވެފައެވެ. ކާރު ޕާކުކުރުމަށް އެހާ އަވަސްވެ ގަތީވެސް އެހެން ވެއެވެ. މަޑުމަޑުން ކާރު ފަހަތަށް ގެންދަނިކޮށް ބާރު އަޑަކާއި އެކު ކާރަށް ގުޑުން އެރުމުން އޭނާ ފަހަތަށް ބާލާލިއެވެ. ނަމަވެސް […]
ހަދާނެ ގޮތެއް ނޭނގިފައި އިން އަރީޖްއަށް ފުރަތަމަ ރޮވުނީއެވެ. ދެން ދެތިން މީހަކުއަށް ގޮވައިގެން ޔަޒަން ހޮސްޕިޓަލަށް ގެންދަން މަސައްކަތް ކުރަން ފެށިއެވެ. ހޮސްޕިޓަލްއަށް ގެންދިޔައިރު މުނިމީހާ އެއްކޮށް ތުރުތުރު އަޅައެވެ. ޑޮކްޓަރ ބުނީ ޔަޒަން ފިޓް ޖެހެނީ ކަމުގައެވެ. ޔަޒަންގެ އަނގަ ހުޅުވާލުމަށްފަހު ފޮތި ގަނޑެއް ހެޔޮވަރުކޮށްލީ ދޫ ހަލާކުވެދާނެ ކަމުގެ ބިރު ހީވެފައި އޮތީމައެވެ. އޭރުވެސް އެފަކީރު ތުރުތުރު އަޅައެވެ. އަރީޖް ދުވަމުން އެންމެ ފުރަތަމަ ދިޔައީ މާޒިން ފެނޭތޯއެވެ. އެއަށްފަހު އޭނާ ބެލީ […]
“އަރީޖް މިތާ ކީއްތި ކުރަނީ؟” މާޒިން އަނެއްކާވެސް ސުވާލުކޮށް ލިއެވެ. “ތުއް ތުއްތު… އަޅުގަނޑު މިތާ” އަރީޖްއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ދެތިން މިނެޓް ހުރެލުމަށްފަހު ދުއްވައިގަތީއެވެ. ދެން މާޒިން އެނބުރިލީ ޔަޒަންއާއދި ދިމާއަށެވެ. ޔަޒަން އަވަހަށް ކޮނޑު އަރުވާލިއެވެ. “އޭނަ މި ޖޭމް ގަހަށް އަރާ އޮތީ.. އަސްލުކޮށް” މާޒިން ދެލޯ ކުޑަކޮށްލުމުން ޔަޒަން ޔަޤީން ކޮށްދޭ ކަހަލަ ރާގަކަށް ބުނެލިއެވެ. “އަރީޖް އެއީ ފިރިހެން ނަމެއް ނޫންތަ؟” މާޒިން އެއްޗެއް ނުބުނެ ގިނައިރު ވުމުން […]
އަވީ ތެރޭގައި ކުޑަ ނަގައިގެން ވަރަށް ގިނަ މީހުން ތިއްބެވެ. އޭރު ލޯންޗުވެސް އައިސް ތޮށި ގަނޑާއި އަރައި ހަމަވެއްޖެއެވެ. އެއްވެސް މީހަކަށް ބެލުމެއްނެތި ޔަޒަން ކޮނޑުގައި ދަބަސް އަޅުވާލައިގެން ލޯންޗުން ފައިބައިފިއެވެ. ކުޑަތައް ނަގައިގެން ތިބި އަންހެން ކުދިންތައް ޔަޒަން ފެނުމުން ތުއި ވެލާފައި ހީލިއެވެ. ނަމަވެސް ދެލޯ ހަދާލަމުން ޔަޒަން ފޯނުނަގައި އެނާގެ އެންމެ ކުޑަ ދުވަހުގެ އެކުވެރިޔާއަށް ގުޅާލިއެވެ. ރަށަށް އައުމުންވެސް ބަލާ އައިކީ ނޫނެވެ. 16 އަހަރަށްފަހު އައުމުން ޔަޒަންއަށް ހިނގަންވެސް […]