“އަހަރެން މިރޭ މިތަނަށް މި އައީ ޔަލީންއާ އޮތް ގުޅުން ކަނޑާލަން.. އަހަރެން ބޭނުމެއް ނޫން ދެން އިތުރަށް ޔަލީންއާ މި އޮތް ގުޅުން ބާއްވާކަށް.. މިއީ އަހަރެންގެ ބައްޕަ ވެސް ބޭނުންވާ ގޮތް.. އަހަރެންގެ ބައްޕަ ބޭނުންވާ ގޮތަކާ އަހަރެން ދުވަހަކުވެސް ދެކޮޅެއް ނުހަދާނަން..” ޝަޔާމް ބުނަމުން ދިޔަ ކޮންމެ ޖުމުލައަކުން ޔަލީންގެ ހިތުގެ އެންމެ ފުން މިނަށް ޒަޚަމު ދެމުން ދިޔައެވެ. ބުނާނެ އެއްޗެއް ވެސް ނޭނގިފައި ހުރި ޔަލީންގެ ލޮލުން އިސާހިތަކު ފައިބަން […]
“އެކަމަކު.. ބައްޕަ ދުވަހަކުވެސް ހިއެއް ނުކުރަން ބައްޕައަށް މާޒީގައި ކުރެވުނު ކުށުގެ ސަބަބުން ދަރިފުޅުގެ ހަޔާތް ބަރުބާދުވެގެން ހިނގައިދާނެ ކަމަކަށް.. ބައްޕައަށް މައާފު ކުރޭ ދަރިފުޅާ.. މިއަދު ބައްޕަ އަކީ ދަރިފުޅުގެ ވެސް ކުށްވެރިއެއް..” އިސްދަށަށް ޖަހައިގެން ހުރެ ޝަޔާމްއާ ވީ ދިމާއަށް އެނބުރިލަމުން ޝިޔަލް ބުނެލިއެވެ. އެހެނަސް، ޝިޔަލް ބުނި އެއްވެސް ވާހަކައަކަށް ރައްދެއް ނުދީ އިން ޝަޔާމް، ޝިޔަލްއާ ދިމާއަށް ބަލައިލުމެއްވެސް ނެތި، އެ ކޮޓަރިން ނުކުމެގެން ދިޔައީއެވެ. ލޯބިވާ ދަރިފުޅު ހަގީގަތުގައި ވެސް […]
ޝަޔާމްގެ ފަހަތުން ވަން މީހާ ފެނުމުން އެހެން އެންމެންގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވި އިރު، ޔައިނާ އާއި މިލާންގެ މޫނުމަތި ކުއްލިއަކަށް ބަދަލުވެގެން ދިޔައެވެ. ޝަޔާމްގެ ބައްޕަ ވެސް އެންމެންނަށް ނަޒަރެއް ދެމުން ގޮސް، މިލާން އާއި ޔައިނާގެ ނަޒަރާ ބައްދަލު ވުމުން، ވަގުތުން މުޅި މީހާ ހުއްޓުން އެރިއެވެ. ހީވި ހީވުން ޔަގީނަށް ބަދަލުވުމާއި އެކު ޔައިނާގެ ދެލޮލަށް ކަރުނަތައް ބޮނޑިވެގަތް އިރު، މިލާންގެ ހިތް ނަފްރަތުން ފުރިގެން އައެވެ. އެ ދެއަތް މުއްކެވިފައިވީ […]
ކެއުމުގެ ބާކީ އޮތް ބައި އެކިއެކި މަޖާ ވާހަކަތަކުގައި ހޭދަވީ އިރު، އުފާވެރިކަން ވެރިނުވާ އެއްވެސް ހިތެއް ނެތެވެ. ޒައުލް އާއި އާރާ ވެސް ތިބީ ހުރިހައި ކަމެއް ވެސް އެދެމީހުން ބޭނުންވާ ގޮތަށް ވަމުން ދިޔައީތީ ނުހަނު އުފަލުންނެވެ. އަޒަލް އާއި ޔައިލް ވެސް ދޭތެރެއަކުން އެކަކު އަނެކަކަށް ހިނިތުންވުންތައް ރައްދު ކުރަމުން ދިޔަ އިރު، ދެ ހިތުގައިވެސް ދިޔައީ އެއް ރާގެއް ކުޅެވެމުންނެވެ. ޔަލީން ވެސް ޝަޔާމްގެ ޚިޔާލުތަކުގައި އިން އިރު، އެ ހިތުގައި […]
“ތުއްތޫ.. ތުއްތު ދައްތާ.. ދެން އެހާ ބޮޑަށް ނުވިސްނާ.. އާރޫއަށް މިކަން އެނގެން އޮތީމަ މިގޮތަށް މިކަން މި ވީ.. މިވަގުތު އާރޫ މާ ދެރަވެފަ ހުރީމަ އެކަނިވެލަން ބޭނުންވެގެން އެ ދިިޔައީ.. ފަހަރެއްގައިވެސް ތުއްތުމެން ދެކެ ރުޅިއައިސްގެންނެއް ނޫން.. ތުއްތުމެން އާރޫ ދެކެ ލޯބިވާ ވަރަށް ހަމަ އާރޫ ވެސް ތުއްތުމެން ދެކެ ލޯބިވާނެ..” އަފާންގެ ކޮނޑުމަތީގައި އަތް ބާއްވައިލަމުން ޒައުލް ބުނެލިއެވެ. އެއާއެކު އަފާން ގަދަ ކަމުން ހިނިތުން ވެލި އިރުވެސް، އެ ދެލޮލުގައިވީ […]
އެންމެން ވެސް މަޖާ ވާހަކަތަކުގައި ތިބެގެން ކައި ނިންމައިލި އިރު އުފާވެރިކަން ވެރިނުވާ އެއްވެސް ހިތެއް ނެތެވެ. ޝަޔާމް އެހައި އަވަހަށް އެ ޢާއިލާގެ އެންމެންގެ ހިތުން ވެސް ޖާގައެއް އަތުލައިފިއެވެ. އެ ހަރުދަނާ ޝަޚުސިއްޔަތާއި، ޒިންމާދާރު ކަމާއި، މަޑުމައިތިރި މިޒާޖުގެ ސަބަބުން ޔައިނާ އާއި މިލާނަށް ވެސް ޝިޔަލް ނުހަނު ކަމުދިޔައެވެ. ޝަޔާމް ޔަލީންއާ ދޭތެރޭގައި ކަންތައް ކޮށްދޭ ގޮތާއި، ޔަލީންއާ ދިމާއަށް ބަލައިލާ ގޮތުން އެކަނިވެސް، ޔައިނާއާއި މިލާނަށް ޝަޔާމް ޔަލީން ދެކެ ވާ […]
އިރުކޮޅެއް ފަހުން ތަންކޮޅެއް ހަމަޖެހުމާއި އެކު އަޒަލް ޔައިލްއާއި ދުރުވެލިއެވެ. ދެއަތުން މޫނު ފުހެލާފައި، ދެއަތް ދެއަތާ އުނގުޅައިލި އަޒަލްގެ މޫނަށް ޔައިލްގެ ނަޒަރު ހުއްޓުނެވެ. ޔައިލްގެ ތޫނު ނަޒަރު އޭނާއަށް ހުއްޓިފައިވާކަން އެނގުމުން އަޒަލްއަސް އިސްޖަހައިލެވުނީ ގަތް ލަދުންނެވެ. އެއާއެކު ޔައިލްގެ ނަޒަރު ދަތުރު ކުރީ ގަދަ ފިޔާތޮށި ކުލައިގެ ލިޕްގްލޮސް އަކުން ފަވައިލެވިފައިވީ އަޒަލްގެ ތުންފަތަށެވެ. ވަގުތުން ޔައިލްގެ ދެލޮލުގައިވީ ވިދުވަރު ބަދަލުވެލުމާއި އެކު، އެ ހިތުގެ އެދުމަށް އިޖާބަ ދިނުމަށް ހިތް ގޮވައިލިއެވެ. […]
“ގޯ ޗެކް ޑައުން ދަ ބެލްކަނީ!” އިނގިރޭސި އަކުރުން ލިޔެފައިވީ އެ ޢިބާރާތްކޮޅުގެ ތިރީގައި ނަމެއް ނެތް ނަމަވެސް، ޔަލީނަށް ވަގުތުން އެއީ ކާކުގެ ކަމެއްކަން އެނގުނެވެ. ހަލުވި ފިޔަވަޅުތަކެއްގައި ދުވެލާފައި ޔަލީން ގޮސް ބެލްކަންޏަށް ނުކުތެވެ. ރެއިލިންގައި އަތް އަޅުވައިލަމުން، ތިރިއަށް ބަލައިލި ވަގުތު ފެނުނު މަންޒަރަކުން ޔަލީންގެ ދެލޮލަށް ވަގުތުން ކަރުނަތައް ބަރާވިއެވެ. އެ ދޮގު އެސްފިޔަތައް ޖަހައިލުމާއި އެކު، އެ ކަރުނަތައް އެސްފިޔަތައް ފޫއަޅުވައިލާފައި ކޯތާފަތް ތެންމާލައިފިއެވެ. ތިރީގައި ބޮޑު ބޯޑެއް ހިފައިގެން […]
“ޗީޑި ބޮޑު ހަޑިގިއްލާ ގަނޑު.. ފެންނުވަރާ ދަތް ނޫނގުޅާ ހުރެގެން އަހަރެން ކައިރިޔަށް ނާންނާތި.. އައްޗީޑި..” ޔައިލްގެ އަތުގައި ނުޖެހެން ވެގެން މުޅި ކޮޓަރިތެރޭގައި ދުވަމުން ދިޔަ އަޒަލް އުޅުނު ގޮތުން ޔައިލްއަށް މަޖާވިއެވެ. އެންމެފަހުން އަޒަލް ކޮތަރިން ނުކުތުމުން ޔައިލް ހިނިތުންވަމުން ދެފަރާތަށް ބޯހޫރުވައިލިއެވެ. އަޒަލްގެ މައުސޫމު، ލޯބިވެތި ޙަރަކާތްތަކަށް އެ ހިތް އެދެން ފެށިއެވެ. އަޒަލްގެ ޚިޔާލުތަކުގައި ހުރެގެން ޔައިލް ތުވާލި ހިފައިގެން ފާހަނާއަށް ވަނީ، އޮފީހަށް ދާން ތައްޔާރު ވާށެވެ. ފާޚާނާއަށް ވަންނަމުން […]