Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ ލޯތްބަށް އެދެވޭތީ… 29

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
March 19, 2025 8 Mins Read
16 Comments

“ތުއްތޫ.. ތުއްތު ދައްތާ.. ދެން އެހާ ބޮޑަށް ނުވިސްނާ.. އާރޫއަށް މިކަން އެނގެން އޮތީމަ މިގޮތަށް މިކަން މި ވީ.. މިވަގުތު އާރޫ މާ ދެރަވެފަ ހުރީމަ އެކަނިވެލަން ބޭނުންވެގެން އެ ދިިޔައީ.. ފަހަރެއްގައިވެސް ތުއްތުމެން ދެކެ ރުޅިއައިސްގެންނެއް ނޫން.. ތުއްތުމެން އާރޫ ދެކެ ލޯބިވާ ވަރަށް ހަމަ އާރޫ ވެސް ތުއްތުމެން ދެކެ ލޯބިވާނެ..” އަފާންގެ ކޮނޑުމަތީގައި އަތް ބާއްވައިލަމުން ޒައުލް ބުނެލިއެވެ. އެއާއެކު އަފާން ގަދަ ކަމުން ހިނިތުން ވެލި އިރުވެސް، އެ ދެލޮލުގައިވީ ކަރުނަތައް ޒައުލް އަކަށް ސިއްރެއް ނުވިއެވެ. އަފާން އާއި ޒާރާއަށް ހަމްދަރުދީގެ ނަޒަރެއް ދިނުމަށް ފަހު، ޒައުލް މިސްރާބު ޖެހީ އާރާގެ ކޮޓަރިއަށެވެ. މިވަގުތު އާރާ އެކަނިކޮށްލަން އެ ހިތް އެއްގޮތަކަށްވެސް ނުރުހުނީއެވެ. އާރާގެ ހިތަށް މިވަގުތު ކުރާނޭ ފުން އަސަރާއި، އެ ނާޒުކު ކުއްޖާ ވާނޭ ދެރަ އަންދާޒާކޮށްލަން ވެސް ދައްޗެވެ.

“އާރޫ..” ލަސްލަހުން އާރާގެ ކޮޓަރީގެ ދޮރު ހުޅުވައިލަމުން ޒައުލް ގޮވައިލިއެވެ. އެއާއެކު އެ ކޮޓަރިތެރެއިން ޒައުލްއަށް މަރުޙަބާ ކީ އާރާގެ ވޭނީ ރުއިމުގެ އަޑެވެ. ވަގުތުން ޒައުލްގެ ހިތް ވިރިގެން ފޭބި އިރު، އާރާއަށް ޓަކައި އެ ހިތް ލޯތްބާއި ހަމްދަރުދީން ފުރިގެން އައެވެ. މުށިތަކުގެ މަތީގައި އިށީނދެ އިނދެ، ދެ ކަކޫ މޭގައި ޖައްސައިލައިގެން އިނދެ ގިސްލަގިސްލާފައި ރޮމުން ދިޔަ އާރާ ފެނިފައި ޒައުލްގެ ހިތުގައި ރިއްސައިލީ އިންތިހާއަށެވެ.

“އާރޫ..” އާރާގެ ކުރިމައްޗަށް ވާ ގޮތަށް އެއް ކަކޫ މައްޗަށް އިށީނދެފައި، ޒައުލް އާރާގެ ނަމުން ގޮވައިލި އިރު، އެ އަޑުގައި ވަނީ ހިތާމައިގެ ސާލެއް އޮޅިފައެވެ.

“ޒައުލް..” ކުރަކިވެފައިވީ އަޑުން ޒައުލްގެ ނަމުން ގޮވައިލާފައި، އާރާ އެ މޭގެ ތެރެއަށް ބޮނޑިވެގަތް އިރު، އެ ދެލޮލުން ފައިބަމުން ދިޔަ ހޫނު ކަރުނަތިކިތައް ޒައުލް ލައިގެން ހުރި ޓީޝާޓުގެ މޭމަތި ތެންމަމުން ދިޔައެވެ. އާރާގެ ގައިގައި ދެއަތް ވަށައިލަމުން، ޒައުލް ވެސް އިހުނަށް ވުރެ ބޮޑަށް އާރާ ގަޔާ ކައިރި ކޮށްލީ، މިވަގުތު އާރާގެ ހިތުގައި އަޅާނޭ ވޭން އިހުސާސް ކުރެވޭތީއެވެ.

“ޒައުލް.. އަހަ.. އަހަންނަކީ.. އަހަންނަކީ.. ނަހަލާލު ކުއްޖެއް.. ހާދަ.. ހާދަ ހަޑި ނަމެކޭ.. އަހަރެންގެ ބޮލުގަ އެޅުނީ.. އަހަރެން ލަދު ގަނޭ.. ޒައުލް.. އަހަރެން.. ދެރަވޭ.. އަހަރެން.. އަމިއްލަ ނަފްސަށް ވެސް.. ނަފް.. ނަފްރަތު ކުރަން..” ގިސްލެވެމުން ދިޔަ އާރާއަށް ވާހަކަ ދެއްކުނީ ވެސް ނުހަނު އުނދަގުލުންނެވެ. އަމިއްލަ ހަގީގަތް އެނގުމާއި އެކު، ދުވަހަކުވެސް ނުފިލާނޭ ކޫރެއް އާރާގެ ހިތުގައި އެޅިއްޖެއެވެ. އޭނާއަކީ ބަޔަކު ކުރި ފާފައެއްގެ ނަތީޖާއެކޭ ހިތަށް އަރާ، އަމިއްލަ ނަފްސު ދެކެ އިންތިހާއަށް ނަފްރަތު ކުރެވުނެވެ.

“ޝްޝް އާރޫ.. ތިހެން ނުބުނޭ.. އެކަމުގަ އާރޫގެ އެއްވެސް ކުށެއް ނެތް.. ކުށް ކުރި ބަޔަކަށް ހައްގު ސަޒާ މާތްﷲ ދައްކަވާނެ.. އާރޫ ޕްލީޒް.. ހަމަޖެހޭ.. މިކަމާ ހަދާ އާރޫގެ ސެލްފް ވޯރތް އެއްވެސް ވަރަކަށް ދަށް ނުކުރައްޗޭ.. ޕްލީޒް..” ޒައުލް ބެލީ އެކަމުގައި އާރާގެ އެއްވެސް ކުށެއް ނެތް ކަމަށް ވިސްނައިދެމުންނެވެ. އެހެނަސް ހިތް ހަލާކުވެފައި އިން އާރާއަށް މިވަގުތު ޒައުލް ކީ އެއްވެސް އެއްޗެއް ވިސްނުނުހެންނެއް ހިޔެއް ނުވެއެވެ.

“އަހަރެން އަމިއްލަ ނަފްސަށް ވެސް.. ނަފްރަތު ކުރަން.. އަހަންނަކީ ފާފައެއްގެ ނަތީޖާ.. އަހަރެން.. އަހަންނަށް އެއްވެސް މީހެއްގެ ލޯތްބެއް ހައްގެއް ނުވޭ ޒައުލް.. ޒައުލް ވެސް ދޭ.. އަހަރެން އެކަކު ވެސް ބޭނުމެއް ނޫން.. އަހަރެންގެ އެކަކުވެސް ނުހުންނާނެ.. އަހަރެން ބޭނުމެއް ނޫން ދުނިޔޭގަވެސް ހުންނާކަށް..” ކުއްލިއަކަށް ޒައުލްއާ ދުރުވެލަމުން، އާރާ ބުނެލި ވާހަކައިން ޒައުލްގެ ހިތަށް ހީވީ މީހަކު ތޫނު ޚަންޖަރެއް ހަރައިލި ހެންނެވެ.

“އާރާ.. ތިހެން ބުނާ އިރު އަހަންނަށް ވާނެ ގޮތަކާ މެދު ވިސްނާވެސް ނުލަންތަ..؟ އަހަރެން ދެރަ ވާނެ ވަރާއި މެދު ވިސްނާ ނުލަންތަ..؟ އަހަރެން ކައިރި ދުރަށް ދާށޭ، އަހަރެން ބޭނުމެއް ނުވެޔޭ ބުނާ އިރު އަހަރެން އާރާ ދެކެ ވާ ލޯބި އާރާއަށް އިހުސާސް ނުކުރެވެނީތަ..؟ އާރާއާ ނުލައި އަހަންނަށް ނޫޅެވޭނެކަން އާރާއަށް ނޭނގެނީތަ..؟” އާރާގެ ކޮނޑުގައި ހިފަހައްޓައިލަމުން ޒައުލް ބުނެލީ ޝަކުވާގެ ރާގަކަށެވެ. އެއާއެކު ކުރިއަށް ވުރެ ބާރަށް ރޮވެން ފެށި އާރާ، ޒައުލްގެ އަތުގެ ތެރެއަށް އެ ނިކަމެތި ހަށިގަނޑު ދޫކޮށްލިއެވެ.

“އައިމް ސޮރީ ޒައުލް.. އައިމް ސޯ ސޮރީ..” ޒައުލްގެ މޭގައި ބޯއަޅާލައިގެން އޮވެ، އާރާ ތަކުރާރުކޮށް ބުނަމުން ދިޔައެވެ.

“ދެން ދުވަހަކުވެސް އެކަހަލަ އެއްޗެއް ނުބުނައްޗޭ އާރާ.. އެކަހަލަ އެއްޗެއް ހިތަށް ވެސް ނާރުވައްޗޭ.. އާރޫ އަށް އިނގޭތަ..؟ އާރޫ ދެކެ ލޯބިވާ ބައިވަރު މީހުން އެބަ ތިބި.. އަހަރެން ވެސް. އާރޫގެ މަންމަ އާއި ބައްޕަވެސް، އަހަރެންގެ މަންމަ އާއި ބައްޕަ ވެސް، އަޒް ދޮންތިއާ ޔައިބެ ވެސް.. ޔަލްއާ ޔަލްގެ ޕޭރެންޓްސް ވެސް.. މި އެންމެން އާރޫ ދެކެ އިންތިހާއަށް ލޯބިވޭ.. އާރޫގެ މަންމައާއި ބައްޕަ އާރޫ ދެކެ މި ހުރިހާ ދުވަހަކު ލޯބިވީ އަމިއްލަ ދަރިއެއް ފަދައިން.. މި ހުރިހާ ދުވަހު ވެސް ހަގީގަތް ހާމަނުކޮށް ތިބީ، އެ ހަގީގަތް ގަބޫލު ކުރަން ޚުދު އެމީހުން ވެސް ބޭނުން ނުވާތީ.. އާރޫ ދެކެ އާރޫގެ މަންމަ އާއި ބައްޕަ ވަރަށް ލޯބިވޭ.. ދުވަހަކުވެސް އާރޫ ގެއްލޭކަށް އެމީހުން ބޭނުމެއް ނުވާނެ..” އާރާގެ ބޮލުގައި ފިރުމަމުން ޒައުލް މަޑުމައިތިރިކަމާ އެކީ އާރާއަށް ވިސްނައިދެވޭތޯ ބެލިއެވެ.

“އިއްޔެވެސް އެއީ އާރޫގެ އަސްލު މައިންބަފައިން.. ދެން މިއަދު ކީއްވެ އެކަން ބަދަލުވާންވީ..؟ އިއްޔެ އާއި މިއަދުގެ ތަފާތަކީ އިއްޔެ ހަގީގަތް ފޮރުވިފައި، މިއަދު ހަގީގަތް ހާމަވެފައިވާކަން އެކަނި.. އެހެން އެއްވެސް ތަފާތެއް ނެތް.. އާރޫގެ މަންމަ އާއި ބައްޕަ އާރޫ ދެކެ ވާ ލޯތްބަކަށް ވެސް އެއްވެސް ބަދަލެއް ނާދެ.. އެހެންވީމަ އާރޫ ވެސް އެމީހުން ދެކެ ވާ ލޯބި އެއްވެސް ވަރަކަށް އުނި ނުކުރައްޗޭ.. އެހެންނޫނީ އެދެމީހުންގެ ހިތް ހަލާކުވެދާނެ.. އެހައިވެސް ބޮޑަށް އެމީހުން އާރޫ ދެކެ ލޯބިވޭ..” ޒައުލް ބުނަމުން ދިޔަ ކޮންމެ ޖުމުލައެއް އާރާގެ ހިތަށް ވަންނަމުން ދިޔައީ، އެއިން ކޮންމެ ވާހަކައަކާއި މެދުގައި ވެސް ފުންކޮށް ވިސްނުމަށް އާރާއަށް މަޖުބޫރު ކުރުވަމުންނެވެ.

އިރުކޮޅަކު ޒައުލްގެ އަތުތެރޭގައި އޮވެއޮވެފައި، އާރާ ހިންދެމިލި އިރު، އާރާގެ ގިސްލުމުގެ އަޑު ވެސް މަޑުވެއްޖެއެވެ. ދެއަތުން މޫނު ފުހެލަމުން، ޒައުލްއާއި ދުރުވެލި އިރު އާރާ ވަނީ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިފައެވެ.

“އަހަރެން ބޭނުން މަންމައާ ބައްޕަ ކައިރިއަށް ދާން..” އާރާ އެދުމާއި އެކު، ޒައުލް ވަގުތުން އާރާއަށް ތެދުވަން އެހީވިއެވެ. ޒައުލްގެ އެހީއާއި އެކު، ބާރު ދޫވެފައިވާ މީހެއް ފަދައިން އާރާ ކޮޅަށް ތެދުވި އިރު، އެ ހަށިގަނޑުގައި މަޑު ތުރުތުރެއް އުފެދިފައި ވިއެވެ.

އާރާ ގޮވައިން ގޮސް ޒައުލް ސިޓިންރޫމަށް ނުކުތް އިރު ސޯފާގައި ޒާރާ އާއި އަފާން ތިއްބެވެ. އާރާ ފެނުމާއި އެކު ދެމީހުން ވަގުތުން ކޮޅަށް ތެދުވި އިރު، އަދިވެސް ދެމީހުންގެ ލޮލުގައިވީ ކަރުނައިގެ އަސަރު އާރާ އަކަށް ސިއްރެއް ނުކުރެވުނެވެ.

“ދަރިފުޅާ..” ކުރަކިވެފައިވާ އަޑަކުން ޒާރާ ގޮވައިލުމާއި އެކު އާރާ ޒައުލްގެ އަތުތެރެއިން ވީއްލިގެން ގޮސް، ޒާރާގެ އަތުތެރެއަށް ވަނެވެ. ޒާރާގެ ކޮނޑުގައި ބޯއަޅާލައިގެން އޮތް އިރު، އާރާއަށް އަނެއްކާވެސް ރޮވެން ފެށުނެވެ. ރޮވިފައި ހުރި އަފާން ވެސް އާރާގެ ބޮލުގައި ފިރުމައިލަމުން ދެން ނުރޯށޭ ބުނެލިއެވެ.

“ތީ އަބަދުވެސް އާރާގެ މަންމަ އާއި ބައްޕަ.. އާރާގެ އަސްލު މަންމަމެންނަކީ ވެސް ތިއީ.. މި ހުރިހާ ދުވަހު އާރާ ދެކެ ލޯބިވީ މަންމައާ ބައްޕަ.. އާރާ ކިހިނެއް ޝުކުރު އަދާކުރާނީ..؟” ޒާރާގެ ކޮނޑުމަތިން ބޯ ނަގަމުން އާރާ ބުނެލީ އަސަރާއި އެކީއެވެ.

“ދަރިފުޅު ނުޖެހޭނެ ދުވަހަކުވެސް މަންމަމެންނަށް ޝުކުރު އަދާކުރާކަށް.. ދަރިން ދެކެ ލޯބިވުމަކީ، ދަރިން ރަނގަޅު ގޮތުގަ ތަރުބިއްޔަތު ކުރުމަކީ މައިންބަފައިންގެ މައްޗަށް އޮތް ޒިންމާއެއް.. މަންމަމެން ވެސް ކުރީ އެކަން.. ދަރިފުޅު ދެކެ މަންމަމެން ވަރަށް ލޯބިވޭ..” އާރާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލައިދެމުން ޒާރާ ބުނެލީ ނުހަނު ލޯބިންނެވެ. ޒާރާގެ ގައިން ދޫކޮށްލަމުން އާރާ ދެން ބަލައިލީ އަފާން އަށެވެ.

“ލޭގެ އެއްވެސް ގުޅުމެއް ނެތް އިރުވެސް، އާރާއަށް އަދާކޮށްދޭން ޖެހޭ އެއްވެސް ހައްގެއް ނެތް އިރުވެސް، ބައްޕަ އާރާ ދެކެ އަމިއްލަ ދަރިއަކު ފަދައިން ލޯބިވީތީ ޝުކުރިއްޔާ..” އާރާ ބުނެލި ވާހަކައިން އުފަލަށް ވުރެ ބޮޑަށް އަފާން ވީ ދެރައެވެ.

“ދަރިފުޅު ދެން ދުވަހަކުވެސް ތިހެން ނުބުނައްޗޭ.. ތީ ބައްޕަގެ ދަރިއެއް.. އަބަދުވެސް އާރާ ވާނީ ބައްޕަގެ ދަރިއަކަށް.. ފަހަރެއްގައިވެސް، ދުވަހަކުވެސް ބައްޕަ ހިތަކަށް ނާރަ ތީ ބައްޕަގެ އުފަން ދަރިއެއް ނޫނެކޭ.. އެހެންވީމަ އާރާވެސް ދުވަހަކުވެސް އެހެން ހިތަށް ނާރުވައްޗޭ.. ބައްޕައަކަށް ކެތެއް ނުވާނެ…” އާރާގެ މޫނުގައި ދެއަތުން ހިފަހައްޓައިލަމުން އަފާން ބުނެލީ، ރޮވިފައި ހުރެއެވެ. ހިތަށް ކުރި ފުން އަސަރަކުން އާރާ ވަގުތުން އަފާންގެ މޭތެރޭގައި ބޮނޑިވެލީ އިއްޔެވެސް އެއީ ބައްޕަ ކަމުގައި ދެކުނު ފަދައިންނެވެ.

ޒައުލް ބުނީ ތެދެކެވެ. އިއްޔެއާއި މިއަދުގެ ހުރި ހަމައެކަނި ތަފާތަކީ، އިއްޔެ ހަގީގަތް ފޮރުވިފައި ވުމާއި، މިއަދު ހަގީގަތް ހާމަވެފައި ވުމެވެ. އެހެނަސް އެ ހަގީގަތުން އާރާގެ ދިރިއުޅުމަށް އެއްވެސް އަސަރެއް ކުރާކަށް ނެތެވެ. އިއްޔެވެސް، މިއަދުވެސް އަފާން އާއި ޒާރާ އޭނާ ދެކެ އުފަން ދަރިއަކު ފަދައިން ލޯބިވެއެވެ. އޭނާ ވެސް އެދެމީހުން ދެކެ ލޯބިވަނީ އުފަން މައިންބަފައިން ފަދައިންނެވެ.

“މީ ކޮން ކަމެއް..؟” އެވަގުތު ދޮރުމަތިން އިވުނު އަޒަލްގެ އަޑުން އެންމެންގެ ނަޒަރު ވެސް އެދިމާއަށް ދަތުރު ކުރިއެވެ. އޭރު ދޮރުމަތީގައި ތިބި އަޒަލް އާއި ޔައިލް ތިބީ ސުވާލުގެ ނަޒަރަކުން އެންމެންނަށް ނަޒަރު ހުއްޓާލައިގެންނެވެ.

“އަޒްދޮންތިއާ ޔައިބެ ހިނގާބަ ޒައުލްއާ އެކީ.. ޒައުލް ކިޔައިދޭނަން..” ޒައުލް ވަގުތުން އަޒަލް އާއި ޔައިލްގެ އަތުގައި ހިފައިގެން ގޮސް އާރާގެ ކޮޓަރިއަށް ވަދެފައި ދޮރު ޖެހީ، ޒާރާއަށާއި އަފާންއަށް އާރާއާއި އެކުގައި އެކަނި ވަގުތުކޮޅެއް ދިނުމަށެވެ.

“ވަޓް؟!” ޒައުލް ހުރިހައި ވާހަކައެއް ކިޔައިދީ ނިމުމާއި އެކު އަޒަލް އާއި ޔައިލްއަށް އެއްފަހަރާ ބުނެވުނީ ޤަބޫލު ނުކުރެވިފައެވެ. ވަކިން ޚާއްސަކޮށް އަޒަލްއަށް އެ ވާހަކައިން އަސަރު ކުރިއެވެ. އެއް ރަހިމަކުން އުފަންވި ކޮއްކޮ އެއްގެ ގޮތުގައި ދެކިގެން، ނަވާރަ އަހަރު ވާންދެން އުޅުނު އާރާ އަކީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮއެއް ނޫން ކަމާއި، ދެބެންގެދެދަރި ކޮއްކޮއެއް ކަން އެހައި ދުވަސް ވާންދެން ނޭނގި އޮތުމުން އަޒަލްގެ ހިތުގައި ރިއްސައިލިއެވެ. އެހެނަސް އެކަން އަފާން އާއި ޒާރާ މި ހުރިހައި ދުވަހު ސިއްރެއްގެ ގޮތުގައި ބޭއްވީ އޭނާއަށް ވެސް އަދި އާރާއަށް ވެސް ރަނގަޅަކަށް ކަމުގައި އަޒަލް ޤަބޫލު ކުރިއެވެ.

“އާރޫ ހުރީ ވަރަށް ދެރަ ވެފަ ދޯ..؟” އަޒަލް އެންމެ ދެރަވީ އާރާގެ ޙާލާއި މެދުގައި ވިސްނާފައެވެ. ޔައިލްވެސް އަޒަލްގެ އަތުގައި ހިފަހައްޓާލައިގެން އިނީ އާރާއާއި ދޭތެރޭގައި ކަންބޮޑުވެފައެވެ.

“އާނ.. ފުރަތަމަ ވަރަށް ދެރަވެފަ ހުރީ.. ޝަކުވާ ވެސް ކުރި.. އެކަމަކު އަހަރެން ވަރަށް ވިސްނައިދީގެން މިހާރު ހަމައަކަށް އެޅިފަ ހުރީ.. ދުވަސްކޮޅެއް ވީމަ މުޅިން އޯކޭ ވެދާނެ..” ޒައުލްގެ ޖަވާބުން އަޒަލްއަށް ހިސާބެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. އެއަށްފަހު އެތަނުގައި ހަމަހިމޭން ކަމުގެ ސުކޫތެއް ހިނގި ފަދައެވެ.

“މީ.. އަނޭ.. އެބަ އޮތް ވަރަށް ބޮޑު ވާހަކައެއް ބުނަން ވެފަ.. ދޮންތިއާ ދޮންތަބެ ކައިރި..” ނުކެރި ހުރެފައިވެސް، ޒައުލް އެންމެ ފަހުން ނިންމީ އޭނާ އާއި އާރާގެ ވާހަކަ ޔައިލް އާއި އަޒަލްގެ ގާތުގައި ބުނާށެވެ.

“އަހަންނާ އާރޫއާ މި އުޅެނީ ރައްޓެހި ވެގެން.. މިހާރު ދެމަސް ވަނީ..” ޒައުލް ބުނެލި ވާހަކައިން އަޒަލް އާއި ޔައިލްގެ ދެލޯ ބޮޑުވެގެން ދިޔަ އިރު އެކަކު އަނެކަކާ ދިމާއަށް ބަލައިލެވުނެވެ.

“އައި ނޯ އައި ނޯ.. އަހަންނަށް އެނގޭ ވަރަށް ސަޕްރައިޒް ވާނެކަން.. އެންމެ ފުރަތަމަ އަހަރުމެން ދެމީހުން ވެސް ބިރުގަތް ގުޅެން.. ‘ކަޒިންސް’ އަށް ވީމަ.. އެކަމަކު އަސްލު އޭގަ މައްސަލައެއް ނެތް ކަން އަހަރެމެންނަށް ވިސްނައިދިނީ ޔަލް.. ދެން.. މިހާރު އަނެއްކާ މި އެނގުނީ އާއިލީ އެއްވެސް ގުޅުމެއް އަހަންނާ އާރޫގެ މެދުގައި ނެތް ކަން.. އެހެންވީމަ އަހަރުމެންގެ ފެމިލީވެސް ނެތް ކަންނޭނގެ މިކަމާ އެއްބަސް ނުވާންވީ ސަބަބެއް..” ޒައުލްގެ ވާހަކަ ނިމުނު އިރުވެސް އަޒަލް އާއި ޔައިލް ބުނާނެ އެއްޗެއް ނޭނގިފައި ތިބި ގޮތަށް ހަނުތިބީއެވެ.

“ކީއްވެ ކުރިން ނުބުނީ..؟” ޔައިލްއަށް ޝަކުވާ ކޮށްްލެވުނީ އެމީހުން ކުރިން އެ ވާހަކަ ނުބުނީތީއެވެ.

“ނުކެރުނީ.. އަޒް ދޮންތި.. ރުޅިއައިސްފަތަ..؟” ޒައުލް އަހައިލީ އަޒަލް ހިތްހަމަނުޖެހިފައި އިންހެން ހީވުމުންނެވެ.

“ނޫނޭ.. ކޮން ކަމަކާ ރުޅި އަންނަންވީ..؟ ދެކުދިން ވެސް ވަރަށް ގުޅޭ.. ދޮންތިއަށް ޔަގީން ޒައުލް ދުވަހަކުވެސް އާރޫއަށް ދެރަ ގޮތެއް ނުހަދާނެކަން..” ޒައުލްގެ ބޮލުގައި ފިރުމައިލަމުން އަޒަލް ބުނެލިއެވެ. އެއާއެކު ޒައުލް އަޒަލް އާއި ޔައިލްގެ ގައިގައި އެއްފަހަރާ ބައްދައިލީ، ޙިކުރި ގޮތާ ޚިލާފަށް އަޒަލްމެން އެ ގުޅުމަށް މަރުޙަބާ ކީތީ، އުފާ ކުރަމުންނެވެ.

އިރުކޮޅެއް ފަހުން ޒައުލްމެން ސިޓިންރޫމަށް ނުކުތް އިރު، އާރާ އާއި އަފާންގެ އިތުރުން ޒާރާ އަދިވެސް އެތަނުގައި ތިއްބެވެ. އާރާ ފެނުމާއި އެކު ލަސް ފިޔަވަޅުތަކެއްގައި އަޒަލް ގޮސް އާރާގެ ކައިރީގައި ހުއްޓިލިއެވެ. ރުއިމުގެ ސަބަަބުން ރަތްވެ، ދުޅަވެފައިވީ އާރާގެ ދެލޯ ފެނުމުން އަޒަލްގެ ހިތަށް ވާން ވެލިއެވެ. އިތުރަށް ކެތް ނުވުމުން ބާރަށް އާރާގެ ގައިގައި ބައްދައިލި އިރު، އަޒަލް އަށް ވެސް ރޮވިއްޖެއެވެ.

“ތީ އަދިވެސް ދޮންތިގެ އެއްބަނޑު އެއްބަފާ ކޮއްކޮ.. ދުނިޔޭގަވާ އެއްވެސް ބާރަކަށް އެކަން ބަދަލެއް ނުކުރެވޭނެ.. އެކަން އާރޫ އަބަދުވެސް ހަނދާން ކުރައްޗޭ..” އަޒަލްގެ ބަސްތަކުން އުފާވީ ވަރުން، އާރާގެ ދެލޮލުން އަނެއްކައިވެސް ކަރުނަ ނީރައިލިއެވެ. އުފަން މައިންބަފައިންނާއި، އެއްބަނޑުއެއްބަފާ ދައްތައެއް ހުރި ނަމަވެސް، އެވަރަށް އޭނާ ދެކެ ލޯބި ނުވާނޭ ކަން އާރާއަށް ޔަގީނެވެ. ހިތާހިތުން އެތައް ފަހަރަކު ﷲއަށް ޙަމްދު ކުރެވުނީ އެހެންވެއެވެ.

އެންމެންގެ ޙަރަކާތްތަކަށް ބަލަން ހުރި ޒައުލްއަށް ހިނިތުންވެވުނީ އޭނާ ހީކުރި ގޮތާ ޚިލާފަށް ހުރިހާ ކަމެއް ވެސް ރަނގަޅަށް ވަމުން ދިޔައީތީއެވެ. އާރާގެ ތުންފަތް މަތީގައިވީ ހިނިތުން ވުމުން ޒައުލްގެ ހިތަށް ހަމަޖެހުން ލިއްބައިދީފިއެވެ. ހުރިހާ ކަމެއް ވެސް މި ދަނީ މަޑުމަޑުން ހަމައަކަށް އެޅެމުންނެވެ. ދެން އޮތީ އޭނާ އާއި އާރާގެ ގުޅުމުގެ ވާހަކަ ދެފަރާތުގެ ޢާއިލާއާ ހިއްސާ ކުރުމެވެ. ކުރިން އެ ވާހަކަ ސިއްރެއްގެ ގޮތުގައި ބާއްވަން ޖެހުނު ސަބަބު ވެސް މިއަދު ނެތިގެން ހިނގައްޖެއެވެ. މިއަދު ދެން އެ ގުޅުން ސިއްރު ކުރަންވީ އެއްވެސް ސަބަބެއް ނެތެވެ. އޭނާ އާއި އާރާއަށް އޮމާންކަމާއި އެކީ އެކުގައި އުޅެވޭނޭ މަގު އެ ވަނީ ފަހިވެފައެވެ.

*** ** ***

ދެ ހަފްތާއެއްހައި ދުވަސް ވެގެން ދިޔަ އިރު ހުރިހާ ކަމެއް ވެސް ދިޔައީ އޮމާންކަމާ އެކީގައެވެ. ޔައިލް އާއި އަޒަލްގެ ގުޅުން ވެސް އެއް ހަރުފަތަށް ފަހު އަނެއް ހަރުފަތް ގިރާ ކުރަމުން ދިޔަ އިރު، އެ ގުޅުން ދިޔައީ ދުވަހަކަށް ވުރެ ދުވަހެއް ވަރުގަދަ ވަމުންނެވެ.

ޝަޔާމް އާއި ޔަލީން ވެސް ލޯބީގެ ބަގީޗާގައި ކުރިލައި ހެދެމުން ދިޔަ އިރު، ދެފަރާތުގެ ޢާއިލާ ބައްދަލު ކުރާނޭ ތާރީޚެއް ވެސް ކަނޑައެޅިއްޖެއެވެ.

ހަފްތާއެއް ވެއަތުވެގެން ދިޔަ އިރު އާރާ ވެސް މަޑުމަޑުން ހަމައަކަށް އެޅުނު އިރު، ޒައުލް އާއި ދެމީހުން ވެސް ތިބީ ވީހާވެސް އަވަހަކަށް އެ ގުޅުން މައިންބަފައިންނާއި ހަމައަށް ގެންދަން ބޭނުން ވެފައެވެ.

*** ** ***

ޒައުލް އާއި އާރާ އެ ދެމީހުންގެ ގުޅުމުގެ ވާހަކަ ބުނަން ނިންމީ ތިން ޢާއިލާ އެއްތަންވި ވަގުތެއްގައެވެ. އެ ރެއަކީ ތިން ޢާއިލާ އެކުގައި ކާން ބޭރަށް ދިޔަ ރެއެކެވެ. ޒައުލް އާއި އާރާ އެރޭ ދިޔައީ އެ ވާހަކަ ބުނަން ވަރަށް ތައްޔާރު ވެގެންނެވެ.

“މީ.. ޒައުލްއާ އާރޫ އެބަ އޮތް ވަރަށް ބޮޑު ވާހަކައެއް ބުނަން ވެފަ..” ކެއުމުގެ ތެރެއިން އާރާ ބުނެލުމާއި އެކު އެންމެންގެ ސަމާލުކަން އާރާއަށް ހުއްޓުނެވެ. އެންމެން އެއްފަހަރާ ބަލަން ފެށުމުން އާރާ ވަގުތުން އިސްދަށަށް ޖެހުމާއި އެކު، ޒައުލް އިސްނެގިއެވެ.

“އިތުރަށް ދިޔުޅި ދިގު ކުރާކަށް ބޭނުމެއް ނޫން.. ޒައުލްއާ އާރޫ މި އުޅެނީ ރައްޓެހި ވެގެން.. މިހާރު ދެމަސް ވެއްޖެ..” ޒައުލް ދިޔައީ ސީދާ ނުކުތާއަށެވެ. އިތުރު ވާހަކަތަކެއް ދައްކައި، އެ ވާހަކަ ދިގުދަންމަން ޒައުލް ބޭނުން ނުވީއެވެ.

“އަސްލު ފުރަތަމަކޮޅު ބުނަން ނުކެރުނީ.. މަންމަމެން ހިތްހަމަނުޖެހި ދާނެތީ.. ބޮޑުވަމުން އައި ގޮތުން ނަމަ ވީ ވަރ ކަޒިންސް ދޯ.. އެކަމަކު އަސްލު ޒައުލްއާ އާރޫ ނެތެއްނު އެއްވެސް އާއިލީ ގުޅުމެއް ވެސް..” އެއްވެސް މީހަކު އެއްޗެކޭ ނުބުނުމުން ޒައުލް ބުނެލިއެވެ. އެއްވެސް މީހަކު އެއްޗެކޭ ނުބުނެ ތިބެން ފެށުމުން ޒައުލް އާއި އާރާގެ ހިތުގައި ބިރުވެރި ކަމުގެ ވިންދެއް ޖަހައިލިއެވެ. އެއާއެކު އެންމެން އެއް އަޑަކުން ހޭން ފެށުމުން، ދެމީހުން ހައިރާން ވިއެވެ.

“ޒައުލް ހީކުރީ މަންމަމެންނަށް ނޭނގޭ ކަމަށްތަ..؟” ހުނުން ހިންދައިލަން މަސައްކަތް ކުރަމުން ލައުރާ ބުނެލިއެވެ. އެއާއެކު ޒައުލް އާއި އާރާ ދިޔައީ ސިއްސައިގެންނެވެ. އެހައި ސިއްރުން އުޅުނު އިރު މަންމަ މެންނަށް އެނގުނީ ކިހިނެއް ބާވައެވެ؟ އެމީހުންނަށް އެނގުނު އިރުވެސް، އެއްވެސް އެއްޗެކޭ ނުބުނެ ތިބީ ކީއްވެގެން ބާވައެވެ؟

“ދޮންތިއާ ދޮންތިބެ ބުނީ.. މީގެ ހަފްތާއެއް ވަރު ކުރިން.. ބުނި ޒައުލްއާ އާރޫ އުޅެނީ ބުނަން ނުކެރިގެންނޭ.. އެހެންވެ.. ދޮންތިމެން ވެސް ހީކުރީ ބައްޕަމެން ނުގަބޫލުވާނެ ކަމަށް.. އެހެންވެ ޒައުލްމެން އެ ވާހަކަ ބުނުމުގެ ކުރިން ދޮންތިމެން ބައްޕަމެންނާ ވާހަކަ ދެއްކީ..” އަފާން ކިޔައިދިނުމާއި އެކު ޒައުލް އާއި އާރާއަށް ޔައިލް އާއި އަޒަލްއަށް ބަލައިލެވުނެވެ. އެ ދެމީހުންގެ ތުންފަތް މަތީގައިވި ލާނެތް ހިނިތުންވުމުން ޒައުލް އާއި އާރާއަށް އެއީ ތެދެއްކަން އެނގުނެވެ.

“އެކަމަކު ތިދެކުދިންގެ ގުޅުމާ ދޭތެރޭ މަންމަމެން ހިތްހަމަނުޖެހެންވީ ކީއްވެ..؟ މަންމަގެ އާރޫއަށް ޒައުލްހާ ރަނގަޅު ކުއްޖަކު ނުލިބޭނެ.. މަންމަ ވަރަށް އުފާވޭ އާރޫއާ ޒައުލް ގުޅުނީމަ..” އާރާގެ ބޮލުގައި ފިރުމައިލަމުން ޒާރާ ބުނެލީ ހިތުގެ އަޑިން އުފާވެފައި އިނދެއެވެ.

“އަނެއްކާ އޭރުން އާރޫ ވެސް ކުރިއަށްވުރެ ބޮޑަށް އަހަރެމެންނާ ގާތްވީނު.. އަހަރެންގެ ދަރިއަކަށް ވިއްޔަ ވަނީ އޭރުން.. މީގަ ހިތްހަމަނުޖެހެންވީ އެއްވެސް ސަބަބެއް އަހަންނަކަށް ނުފެނޭ.. ބައްޕަމެން އެންމެން ވެސް ތި ގުޅުމާ ހަމަ ރުހިގަބޫލު..” އަޒާން ވެސް ބުނެލީ ހިތުގައި އޮތް ގޮތަށެވެ. އެއާއެކު ޒައުލް އާއި އާރާ އަޒަލް އާއި ޔައިލްއަށް ބަލައިލީ ޝުކުރުވެރި ކަމުގެ ނަޒަރަކުންނެވެ. އެދެމީހުން އެހައި ވަރަށް ޒައުލް އާއި އާރާއާ މެދުގައި ވިސްނީތީ، ހިތުގެ އަޑިން އުފާވިއެވެ.

“ދެން ޔަލް ރައްޓެހިވެގެން އުޅޭ ކުއްޖާ ކޮން އިރަކުންތަ ޒާއްތަމެންނަށް ދައްކައިލާނީ..؟ މީ ވަރަށް ސިއްރުން އުޅޭ ކުއްޖެކޭ ދޯ..؟” ޒާރާ ޔަލީން ކުރެން އަހައިލީ، ޔައިނާގެ ފަރާތުން ޝަޔާމްގެ ވާހަކަ އިވިފައި އޮތީތީއެވެ.

“ފޮރުވައިގެން އުޅެނީކީ ނޫނޭ.. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އެންމެންނާ މީޓް ކޮށްދޭނަން.. ވަރަށް އަވަހަށް ޝަޔާމްގެ ބައްޕަ އަންނާނެ މަންމަމެންނާ މީޓް ކުރަން.. އޭގެ ފަހުން ޒާއްތަމެންނާ ވެސް މީޓް ކޮށްދޭނަން..” ޔަލީން ހުރީ އެ އެންމެންނަށް ޝަޔާމް ދައްކައިލުމަށް ކެތް މަދުވެފައެވެ. ތަކުރާރުކޮށް ޝަޔާމްގެ އެކި ވާހަކަތައް ކިޔައިދެމުން ދިޔަ އިރު، އެންމެންނަށް ވެސް ޝަޔާމް ނުހަނު ކަމުދާނޭ ކަމުގެ ޔަގީންކަން، އެތައް ފަހަރަކު ޔަލީން ދެމުން ދިޔައެވެ. ދޭތެރެއަކުން ޔައިނާ އާއި މިލާންގެ އިތުރުން ޔައިލް އާއި އަޒަލް ވެސް ޝަޔާމްގެ ވާހަކަ ދައްކާފައި، ޝަޔާމްއަށް ތައުރީފު ކޮށްލަނީ، ޔަލީންގެ ހޮވުމާއި މެދު ފަޚުރުވެރި ވެލާފައެވެ.

ކެއުމުގެ ބާކީ އޮތް ބައި އެކިއެކި މަޖާ ވާހަކަތަކުގައި ހޭދަވީ އިރު، އުފާވެރިކަން ވެރިނުވާ އެއްވެސް ހިތެއް ނެތެވެ. ޒައުލް އާއި އާރާ ވެސް ތިބީ ހުރިހައި ކަމެއް ވެސް އެދެމީހުން ބޭނުންވާ ގޮތަށް ވަމުން ދިޔައީތީ ނުހަނު އުފަލުންނެވެ. އަޒަލް އާއި ޔައިލް ވެސް ދޭތެރެއަކުން އެކަކު އަނެކަކަށް ހިނިތުންވުންތައް ރައްދު ކުރަމުން ދިޔަ އިރު، ދެ ހިތުގައިވެސް ދިޔައީ އެއް ރާގެއް ކުޅެވެމުންނެވެ. ޔަލީން ވެސް ޝަޔާމްގެ ޚިޔާލުތަކުގައި އިން އިރު، އެ ހިތުގައި ވެސް ވަނީ އިންތިހާ ދަރަޖައިގެ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ. ލޯބި ޙާސިލް ކުރެވުނީތީ ހުރިހައި ހިތްތަކެއްގައި ވެސް އެއް ރާގެއް ކުޅެވެމުން ދިޔަ އިރު، އުފަލާއި ހިތްހަމަޖެހުމުން މުޅި މާހައުލުގައި ވަނީ ކުލަޖެހިފައެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

ހާސިލްވުމަށް އެދެނީ 2

Next

މި ވާވަރު ބުނެދޭހިތްވޭ

Next
March 19, 2025

މި ވާވަރު ބުނެދޭހިތްވޭ

Previews
March 19, 2025

ހާސިލްވުމަށް އެދެނީ 2

16 Comments!

  1. leeshaa says:
    March 19, 2025 at 12:34 pm

    nayu mi part vx vrh reethi Masha Allah 🖤
    rovey varun rangalhah kiyeneekee vx noon…
    mamma vx bunee vhk kiyakas bodu varo thee..
    thimanna men vx vhk kiyan viyyayo.. ekam thivareh nuveyo…
    keeh kuraanee mamma abadhu dhn alhun bitu ketee ey kiyaigen dhimaa kuranee..
    when next part??
    lyssm nayu 💗

    1. kokila modi says:
      March 19, 2025 at 1:05 pm

      same i was also crying in my office all colegues were looking at me like what happen?

  2. gurrrrl says:
    March 19, 2025 at 12:54 pm

    Mi part ves vrh reethi
    Awwwww so cute
    When next part
    Can’t wait for next

  3. Gurll says:
    March 19, 2025 at 1:40 pm

    Awww so cute… maasha allah
    mi part ves varah salhi
    keep going nayoo lysm always
    And one day i aslo want meet you nayoo

  4. pumpkin says:
    March 19, 2025 at 1:49 pm

    masha allah mi part vs vrh reethi
    hama rovihje mi part kiyaafa
    enme inthizaar kureveny yail n azz ge bayakah
    kihineh tha vaany yal ge parents ah shayaam ge dad fenunyma
    vrh vrh curious
    bashuhtihje kiyaafa
    ur so talented
    n i appreciate ur hard work nayoo
    ahuganduge spt abadhuvs nayoo ah libeyne
    suriously waiting fr the next part
    when next?
    tc ly nayoo❤

  5. UNKNOWN GURLL says:
    March 19, 2025 at 2:13 pm

    Mi part ves vrh reethi next part kon irakun can’t wait

  6. Reem says:
    March 19, 2025 at 2:17 pm

    Hey nayaa! Varah dhuvas fahun dho comment eh mi kollevuny. Comment nukurevunas baraabarah nayaa ge story kiyan. Varan unexpected kanthahthah dho mi vany. But varah varah reethi mi part. Aara ge bai kiyaafa hama rovijje. Next part ah varah wait kurevey.
    Your works really inspire me. Lots of love 💗

  7. Aalerrr says:
    March 19, 2025 at 2:35 pm

    Masha Allah mi part vx vrh reethi ❤️
    When’s next part??
    Curiously waiting for the next part 🙂✨

  8. Na.ell says:
    March 19, 2025 at 3:30 pm

    Masha allah mi part ves vrh reethi 🤩
    Mi part kiyaafa hama rovihjje
    Shayaam aa yaleen alhe dhuru nukurahchry😭
    Aaroo part e dhiyaee haadha unexpected kohnneh dhw .. ekm ves vhk hama vrh reethi
    Can’t wait for the next part
    Keep up the good work nayu siss 😊❤️

  9. Mar Yam says:
    March 19, 2025 at 4:00 pm

    Masha Allah Vrh furihama ❤️ 👍🏼
    This is one of the best story in this site hama
    Vhk kiyaalaa irah hama sifavry vaagoi.
    Nayu hama molhee ey dhw ❤️
    Keep it up nayu
    Alhugadu ge spprt nayu ah abadhuves libeyne
    Lysm nayuu 💋❤️

  10. Cutie girl says:
    March 19, 2025 at 4:11 pm

    Hey naayoo ❤️
    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Aww azal and yail haadha Rom ey dhw
    Zaul and aaroo dhuru nukurachey
    Shayaam and yaleen ves
    I appreciate your hard work
    Miyee varah interesting kamaa eku kiyaa hithun kiyaala vaahaka eh
    Thihaa busy koh ulhemen ves vaahaka kiyaalan libeythee v ufaavey
    Tc ❤️ 😘
    Your my fav author ❤️
    Lysm naayoo ❤️😗

  11. Miyaa says:
    March 19, 2025 at 6:13 pm

    When next???
    Mi part vx varah varah reethi…

  12. Tabassum says:
    March 19, 2025 at 10:09 pm

    Dhen alhe shayam ge kanthah gandu bossunlaa hisaabah genesdhiiba! Eba kiyaa hithun hama hureveniikii noon!!
    Ekm my poor yaleen … Ekujjage hyyhama kudhi kudhi vaane… 💔 But still i am really curious…

  13. Ishu says:
    March 20, 2025 at 1:29 am

    Vrh furihama mi part ves
    When next???
    can’t wait to read the next part
    Lysm tc

  14. Yaa says:
    March 20, 2025 at 1:34 am

    Hey mi part vx vrh reethi when next part

  15. Minko says:
    March 20, 2025 at 1:00 pm

    Naayu when next???

Comments are closed.

Next Episodeތިޔަ ލޯތްބަށް އެދެވޭތީ… 30←


All Right Reserved!