“ގޯ ޗެކް ޑައުން ދަ ބެލްކަނީ!” އިނގިރޭސި އަކުރުން ލިޔެފައިވީ އެ ޢިބާރާތްކޮޅުގެ ތިރީގައި ނަމެއް ނެތް ނަމަވެސް، ޔަލީނަށް ވަގުތުން އެއީ ކާކުގެ ކަމެއްކަން އެނގުނެވެ. ހަލުވި ފިޔަވަޅުތަކެއްގައި ދުވެލާފައި ޔަލީން ގޮސް ބެލްކަންޏަށް ނުކުތެވެ. ރެއިލިންގައި އަތް އަޅުވައިލަމުން، ތިރިއަށް ބަލައިލި ވަގުތު ފެނުނު މަންޒަރަކުން ޔަލީންގެ ދެލޮލަށް ވަގުތުން ކަރުނަތައް ބަރާވިއެވެ. އެ ދޮގު އެސްފިޔަތައް ޖަހައިލުމާއި އެކު، އެ ކަރުނަތައް އެސްފިޔަތައް ފޫއަޅުވައިލާފައި ކޯތާފަތް ތެންމާލައިފިއެވެ.
ތިރީގައި ބޮޑު ބޯޑެއް ހިފައިގެން ހުރި ޝަޔާމްގެ ދެލޮލުގައި ކަރުނައިގެ އަސަރު ވީ ނަމަވެސް، އެ ތުންފަތް މަތީގައި ވަނީ އުއްމީދީ ހިނިތުންވުމެކެވެ. އަތުގައި އޮތް ބޯޑުގައި ބޮޑުކޮށް ޖަހާފައި ވި ތިން ލަފްޒުން ޔަލީންގެ ހިތަށް ބަހާރު މޫސުން ގެނުވި ފަދައެވެ. ކަޅުކުލައިގެ ޓީޝާޓަކާއި ޖިންސެއްގައި ހުރި އިރު، ކޮންމެވެސް ވަރަކަށް ދިގުވެފައި ހުރި އިސްތަށިގަނޑު ވަޔާ އެކުގައި ނަށަމުން ދިޔަ އިރު، ޝަޔާމްގެ އެ ތަސްވީރު ބަލައިބަލައި، ފޫއްސެއް ނުވާނެޔޭ ޔަލީންގެ ހިތަށް އެރިއެވެ.
އިރުކޮޅަކު ޙަރަކާތެއް ގެންނަން ނޭނގިފައި ހުރި ޔަލީންއަށް ހަމަބިމަށް އާދެވުނީ ޝަޔާމް އޭނާގެ ދެއަތް ފުޅާކޮށްލުމުންނެވެ. އެ އަތުތެރެއަށް އަންނާށޭ ބުނާ ފަދައަކުން ޝަޔާމް ބޯޖަހައިލި އިރު، ޔަލީން ހުރީ އެފަދަ ޢިޝާރާތަކަށް މަޑުުކޮށްގެން ހެން ހީވެއެވެ. އިތުރު އެހެން އެއްވެސް ކަމަކާ ދޭތެރޭގައި ވިސްނުމެއް ނެތި ޔަލީން ފަސްއެނބުރި ދުވެލާފައި ގޮސް ގެއިން ނުކުތެވެ. ސިޑިން ފައިބަމުން ގޮސް، ގޯތިތެރެއިން ލާފައި ނުކުތް އިރު، އަދިވެސް ޝަޔާމް އެ ހުރި ގޮތަށް ހުރުމުން ޔަލީން އޭނާގެ ހަރަކާތްތައް އަވަސްކޮށްލިއެވެ. ފަޔަށް ލެވުނުހައި ބާރެއް ލާފައި، ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ޝަޔާމްގެ އަތުގެ ތެރެއަށް ވަނުމާއި އެކު، ޝަޔާމް ޔަލީންގެ ހަށިގަނޑުގައި އެ ވަރުގަދަ ދެއަތް ވަށައިލިއެވެ.
އެކަކު އަނެކަކުގެ އަތުތެރޭގައި ތިބި ޝަޔާމް އާއި ޔަލީންގެ ދެލޮލުން ވެސް ދިޔައީ ކަރުނައަކަށް ފަހު ކަރުނައެއް ފައިބަމުންނެވެ. އެތައް ދުވަހެއް ވާންދެން ކެނޑިނޭޅި ކުރި ދުޢާ އިޖާބަ ކުރެއްވުމާއި އެކު، ޔަލީންއަށް ރޮވެން ފެށުނެވެ. މަޑު ގިސލްުމެއްގެ އަޑު އެ ދެ ތުންފަތް ފޫއަޅުވައިލާފައި ނުކުތް އިރު، ޝަޔާމްގެ މެޔަށް ވާން ވެލައިގެން ދިޔައެވެ. ޔަލީންގެ ހަށިގަނޑުގައި ވަށައިލެވިފައިވީ ދެއަތް އިހުނަށްވުރެ ބާރު ކޮށްލި އިރު ދެން ނުރޯށޭ އެތައް ފަހަރަކު ޔަލީން ގާތު ބުނި އިރު، ޚުދު އޭނާއަށް ވެސް ހުރީ ރޮވިފައެވެ.
ހިނދުކޮޅެއްގެ ލޯބިވެތި ވަގުތުކޮޅަކަށް ފަހު ދެމީހުން އެކަކު އަނެކަކާ ދުރުވެލިއެވެ. ޔަލީންގެ މޫނުގައި ދެއަތުން ހިފަހައްޓައިލަމުން ޝަޔާމް އެ ކޯތާފަތުގައިވީ ކަރުނަތައް ފުހެލައިދީފައި، ނިތުގައި ބޮސް ދިނީ ނުހަނު ލޯބިންނެވެ. ޝަޔާމްގެ އެ ޢަމަލުން ޔަލީނަށް ހައްތަހައި ބޮޑަށް ރޮވުނީއެވެ.
“ދެން ހުއްޓައިލާ ޔަލް.. ޕްލީޒް..” އަދިވެސް ޔަލީން ރޯތީ ޝަޔާމް ކަންބޮޑުވިއެވެ. ޔަލީންއަށް މިވަރު ވާނޭކަން އެނގުނު ނަމަ އޭނާ އެގޮތަށް ކަންތަކެއް ނުކުރީހެވެ.
“ޝަޔާމް.. ކީއްވެ..؟” ހިތްވަރު ކޮށްލާފައި ޔަލީނަށް އަހައިލެވުނީ ހަމައެކަނި އެހެންނެވެ.
“ލޯބިވާތީ.. ޔަލީން ދެކެ ވަރަށް ވަރަށް ލޯބިވާތީ އަހަރެން ލޯބިވެޔޭ މިބުނީ..” އެއްވެސް ފަސްޖެހުމަކައި ނުލައި ޝަޔާމް އިއްވައިލީ އެ ހިތުގެ އަޑެވެ.
“ކިހިނެއް..؟ ކޮން އިރަކު..؟” ޔަލީނަށް އަދިވެސް ޤަބޫލު ކުރަން އުނދަގޫ ވަނީއެވެ.
“ކިހިނެއް ކޮންއިރަކު ކަމެއް ވެސް އަހަންނަކަށް ނޭނގެ.. އަހަންނަށް ޔަގީންވާ ހަމައެކަނި ކަމަކީ ޔަލީންއާ ނުލާ ދެން ނޫޅެވޭ ވަރަށް ޔަލީން ދެކެ ލޯބި ވެވިއްޖެ ކަން.. ގަބޫލު ކުރޭ.. އަހަރެން ހަމަ އަސްލުވެސް ލޯބިވާތީ ލޯބިވެޔޭ މި ބުނީ..” ޔަލީންގެ ހިތުގައިވީ އުދާސްތައް ޝަޔާމްއަށް އެނގުނު ފަދައެވެ.
“މިއޮށް ހުރިހާ ދުވަހަކު ޝަޔާމް އަހަރެން ދެކެ ނުވި ލޯތްބެއް މިއަދު ކުއްލިއަކަށް ވެގެން ތި އުޅެނީ ކީއްވެ..؟” ޔަލީންގެ ހިތުގައިވީ ސުވާލުތަކަށް ނިމުމެއް ނެތެވެ.
“މީހުން ބުނެއެއްނު އެއްޗެއްގެ މުހިއްމު އިިހުސާސް ވާނނީ އެ އެއްޗެއް އަތުން ބީވެގެން ދިޔައީމައޭ.. އަހަންނަށް ވެސް ވީ އެހެން.. ޔަލީން އަހަރެން ދެކެ އެހާ ލޯބިވީ އިރުވެސް.. އަހަރެން ދެކެ އެހާ ލޯބިވާ ކުއްޖަކު ކައިރީގަ ހުރި އިރުވެސް އަހަންނަކަށް ނޭނގުނު ވެލިއު ކުރާކަށް.. ޔަލީން އަހަރެން ދެކެ ވީ ލޯބި އިހުސާސް ކުރެވުނީ އަހަރެންގެ އަތުން ޔަލީން ބީވެގެން ދިޔުމުން.. އަހަރެން ގަބޫލު ކުރަން އޭރު އަހަންނަށް ކަންތައް ކުރެވުނީ އެއްވެސް ގޮތަކަށް ރަނގަޅަށް ނޫންކަން.. އެތައް ފަހަރަކު ޔަލީންގެ ހިތް ހަލާކުވާ ކަހަލަ އެތައް ބަހެއް ބުނިން.. އެކަމް ބުނެވުނު ކޮންމެ ބަހަކާ ކުރެވުނު ކޮންމެ އަމަލަކާ ދޭތެރޭ އަހަރެން ހިތާމަ ނުކުރާ އެންމެ ހިނދުކޮޅެއް ވެސް ނުދޭ.. އެވަރަށް އަހަރެން ރިގްރެޓް ކުރަން.. ޔަލީން.. ޔަލީން މިދޭތެރެއިން އަހަންނާ ދޭތެރޭ ބެހެއްޓި ދުރުކަމުން އަހަރެން ހާދަ ދެރައެއް ވިޔޭ.. އަހަންނަށް ކެވެނީކީ ނޫން.. ނިދެނީކީ ނޫން.. މަސައްކަތަށް ފޯކަސް ނުކުރެވޭތީ އެތަނުން ވެސް ޗުއްޓީއެއް ނަގައިގެން މި އުޅެނީ.. ޔަލީންއާ މެދު ނުވިސްނާ އެންމެ ސިކުންތެއް ވެސް ނުދޭ.. އަހަރެން ޔަލީން ދެކެ ވާ ލޯބި ކިހިނެއް ދެން އަހަރެން ސާބިތު ކޮށްދޭނީ..؟” ޝަޔާމްގެ ކޮންމެ ލަފްޒަކުން ޔަލީންގެ ހިތަށް ދިޔައީ އުފާވެރިކަން ގެނުވައިދެމުންނެވެ. އެ ހިތުގައި އުފާވެރިކަމުގެ ރާގެއް ކުޅެވެން ފެށުނީ ދުވަހަކު ޝަޔާމްގެ ކިބައިން ފެންނާނެ ކަމަށް ހީކުރެވިފައި ނުވާ އެތައް ކަމެއް ފެންނަމުން ދިޔައީތީއެވެ.
“ޔަލީން.. ޖަވާބެއް ދީބަލަ.. އަހަރެން ވަރަށް ލޯބިވެޔޭ ޔަލީން ދެކެ.. ދެން އިތުރަށް އަހަރެން ނުތަޅުވާ.. އަހަންނަކަށް ކެތެއް ނުކުރެވޭނެ..” ޔަލީންގެ ކޮނޑުގައި ދެއަތުން ހިފަހައްޓައިލަމުން ޝަޔާމް ބުނެލީ އާދޭހުގެ ރާގަކަށެވެ.
“ބުނީމެއްނު އަހަންނަކީ ޝަޔާމް ބޭނުންވާ އެއްވެސް ސިފައެއް ހުރި ކުއްޖެއް ނޫނޭ.. ދެން މާދަމާ ވެސް ޝަޔާމްއަށް އަހަރެންގެ ފަރާތުން ކަމުނުދާ ސިފައެއް ފެންނަ އިރަށް ތި ލޯބި ބަދަލު ނުވާނެތަ..؟” ޔަލީންއަށް އަދިވެސް އިތުބާރު ކުރަން އުނދަގޫ ވަނީއެވެ.
“ޔަލީން.. އޭރު އަހަރެން ބުނި އެއްވެސް އެއްޗަކާ ދޭތެރޭ މިހާރު ނުވިސްނަބަލަ.. ޕްލީޒް.. އަހަންނަށް ޔަލީން ދެކެ ލޯބި ވެވުނީ ތި ހުރިހާ ސިފަތަކާ އެކުގަ.. ތި ކުޑަކުޑަ އަނގައިން ބުނެލާ ބޮޑެތި ވާހަކަތަކާ، އަބަދު ހިނިތުންވެފައި ހުރުމާ، ލޯބިވާ އެންމެން އުފަލުގަ ބަހައްޓަން ޔަލީން ކުރާ މަސައްކަތްތަކާ، ހިނދުކޮޅަކަށް ވެސް މަޑުމަޑުން ބަސްއަހައިގެން ނުހުރެވުމާ، މި ހުރިހާ ކަމެއް ވެސް އަހަންނަށް ވަރަށް ވަރަށް ކަމުދޭ.. އަހަރެންގެ އަނތްބަކަށް ޔަލީން ނޫން އެހެން ކުއްޖަކު ދުވަހަކުވެސް ނުވާނެ.. އެއީ ޔަލީންގެ ކޮންމެ ސިފައެއް، ކޮންމެ އަދާއެއް ވެސް އަހަންނަށް ވަރަށް ވަރަށް ކަމުދާތީ.. ޔަލީން ދެކެ އިންތިހާއަށް ލޯބިވާތީ.. ޕްލީޒް.. އަހަންނަށް އަދި ހަމަ އެންމެ ފުރުސަތެއް ދީ.. ދުވަހަކު ޔަލީން ޝަކުވާއެއް ކުރާނެ ޖާގައެއް ނުދޭ ވަރަށް އަހަރެން ޔަލީންއަށް ލޯބި ދޭނަން..” ޔަލީންގެ މޫނުގައި ދެއަތުން ހިފަހައްޓައިލަމުން ޝަޔާމް ބުނެލީ ސީދާ އެ ދެލޮލަށް ނަޒަރު ހުއްޓާލައިގެން ހުރެއެވެ. އެއާއެކު ޔަލީންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވި މަންޒަރުން، ޝަޔާމްގެ ހިތަށް ވެސް ހަމަޖެހުން ގެނުވައިދީފިއެވެ.
“އައި ލަވް ޔޫ ޝަޔާމް.. އަހަރެން ވަރަށް ލޯބިވޭ ޝަޔާމް ދެކެ..” ޝަޔާމްގެ ކަނދުރާގައި އަތް ވަށައިލަމުން، އެ މޭތެރޭގައި ޔަލީން ބޮނޑިވެލިއެވެ. ޔަލީންގެ ދުލުން ބުނެލި ލަފްޒުތަކުން ޝަޔާމްގެ ހިތް އުފަލުން ފޮޅިގެން އައެވެ. ޔަލީންގެ ގައިގައި އަތް ވަށައިލަމުން، އެ ކަނދުރާގައި މޫނު ޝަޔާމް މޫނު ފޮރުވައިލީ މުޅި ޢުމުރަށް އެ ދެއަތުގެ ޙިމާޔަތް ޔަލީންއަށް ދޭނަމޭ ބުނާ ފަދައަކުންނެވެ. އިރުކޮޅަކު އެހެން ތިބެތިބެފައި ޝަޔާމް ކުއްލިއަކަށް ޔަލީންއާ ދުރުވެލީ ކަމެއް ހަނދާންވީ ފަދައަކުންނެވެ.
“އެއްކަލަ.. ޔަލީންގެ ދޮންބެގެ ވެޑިން އޮތް ރޭ.. އެރޭ ޔަލީން ގެއަށް ދިޔައީ ކާކާ އެކީތަ..؟” އެ ސުވާލު ނުކޮށް ޝަޔާމަށް ނުހުރެވުނީ އަދިވެސް އެ މަންޒަރުން އެ ހިތަށް އުނދަގޫ ވަމުން ދިޔައީތީއެވެ. ޝަޔާމް އަދިވެސް އެކަމާ ދޭތެރޭގައި ވިސްނާކަން އެނގުމުން ޔަލީންއަށް މަޖާވިއެވެ. ޝަޔާމްގެ އެ ފަރާތް އޭނާއަށް އެ ފެނުނީ އަދި އަލަށެވެ.
“ދެން ޝަޔާމް މާދަމާ ވެސް އަހަރެން ދޫކޮށްލަފާނެ ކަމަށް އަހަރެން ހުންނަން ވާނީ ރެޑީ ވެގެން-” ޔަލީންއަށް އެހިސާބަށް ބުނެވުނު ތަނާ ޝަޔާމް ޔަލީންގެ ތުންފަތުގައި އިނގިލި ޖައްސައިލާފައި، ޔަލީންގެ ބަސް ހުއްޓުވައިލިއެވެ.
“ދެން ދުވަހަކުވެސް، ދުވަހަކުވެސް ތިހެން ނުބުނައްޗޭ.. އެހެން ފިރިހެނަކު ޔަލީންއާ ދިމާއަށް ނުގޮތަކަށް ބަލައިލުމަކީ ވެސް އަހަންނަށް ބަރުުދާސްތު ކުރެވޭނެ ކަމެއް ނޫން.. ދުވަހަކުވެސް އަހަންނަށް ޔަލީން ދޫކޮށެއް ނުލެވޭނެ.. ދުވަހަކުވެސް..” ވައިރޯޅިއަކަށް ވެސް އެދެމެދަށް ނުވަދެވޭނެހައި ކައިރިވެލަމުން ޝަޔާމް ބުނެލީ އެހިތުގައި އޮތް ގޮތަށެވެ. އެއާއެކު ޔަލީން ހިސާބަކަށް ލަދުގަތުމާއި އެކު، އިސްދަށަށް ޖެހި މަންޒަރު ޝަޔާމްއަށް ނުހަނު ކަމުދިޔައެވެ. ޔަލީންދެ އެ ލަދުވެތިކަމުގެ ސިފަ އޭނާގެ ހިތުން ޚާއްސަ ޖާގައެއް އަތުލައިފިއެވެ.
“ދެން ބުނެބަލަ.. ކާކުތަ އެއީ..؟” އަދިވެސް އެއީ ކާކުކަން ނޭނގޭތީ ޝަޔާމްގެ ހިތުގައިވީ ނުތަނަވަސްކަން ފިލައި ނުދެއެވެ.
“ސާބަހޭ ޝަޔާމް.. ތިހާ ޖެލަސް ނުވިޔަސް ރަނގަޅު ވާނެ.. އެއީ ޒައުލް.. ހަނދާންވޭތަ އަހަރެން ބުނީމެއްނު އަހަރެންގެ ވަރަށް ގާތް ދެ އެކުވެރިން ރައްޓެހިވީ ވާހަކަ.. އެއީ އާރާއާ ޒައުލް.. ޒައުލް އަކީ އާރާގެ ބޯއިފްރެންޑް.. އެރޭ އާރާ ގެއަށް ލާފަ މާ ލަސްވެފަ ހުރީމަ ޒައުލް ދިޔައީ އަހަރެން ވެސް ގެއަށް ލާފަ.. އެންމެ ކުޑަ އިރުއްސުރެވެސް އަހަރުމެން ދެމީހުން އެކަކު އަނެކަކު ދުށީ އެއްބަނޑުއެއްބަފާ ދެމީހުންގެ ގޮތުގަ.. ޔޫ ހޭވް ނަތިން ޓު ވޮރީ އެބައުޓް ޝަޔާމް..” ޝަޔާމްގެ ކަނދުރާގައި އަތް އަޅުވައިލަމުން ޔަލީން ކިޔައިދިނެވެ. އެއާއެކު ޝަޔާމްއަށް ރަކިވެފައި ބޯކަހައިލެވުނީ އޭނާ ހީކުރި ފަދަ ގުޅުމެއް އެ ދެމެދުގައި ނެތް ކަން ޔަގީން ވުމުންނެވެ. ބޭކާރު ވިސްނުންތަކުން އަމިއްލައަށް ގޮތް ނިންމުނީތީ ޝަޔާމް “ކަޑަ” ވިއެވެ.
“ދެން މިތާ ތިބެނީތަ..؟ އެތެރެއަށް ނުވަންނާނަން..؟” ޔަލީން އަހައިލިއެވެ.
“އޭރުން ޔަލްގެ މަންމަމެން އަހާނެ އަހަރެން މީ ކާކުހެއްޔޭ.. ކީކޭ ދެން ބުނާނީ..؟” ޔަލީންގެ ނޭފަތުގައި ހިފައިލަމުން ޝަޔާމް އެއްސެވެ.
“ތެދަށް ބުނާނީ.. އަހަރެންގެ މަންމަމެން ވަރަށް ކޫލް ވާނެ..” ޔަލީން ބުނެލީ މާ ބޮޑު ވިސްނުމެއް ނެތިއެވެ.
“ދެން އެކަމް އެހެން ފަހަރަކުން ދޯ.. މިރޭ މާ ލަސް ވެސް ވެއްޖެ އެއްނު.. އެހެން ފަހަރަކުން ތަންކޮޅެއް ހަމަޖެހިލައިގެން އަހަރެން ޔަލްގެ ޕޭރެންޓްސްއާ މީޓް ކުރަން އަންނާނަން.. މައިދައިތައާ ބަފައިބެގެ ރުހުން ހޯދަން މޮޅު ޓްރިކްކޮޅެއް ވެސް ދަސްކޮށްގެންނު އަންނަން ވާނީ.. އެހެންނޫނީ ވަލީ ވެސް ނުލިބިދާނެ ވިއްޔަ..” ލާނެތް ރާގެއްގައި ޝަޔާމް ސަމާސާ ކޮށްލިއެވެ. އެހެނަސް، އެ ކޮށްލި ސަމާސާ، ފަހުން ހިތި ޙަޤީޤަތަކަށް ވެދާނެ ކަމަކަށް އެ ހިތަށް ކުޑަކޮށް ވެސް ނާރައެވެ.
“އޯކޭ.. އެކަމް ތި ބޯޑު އަހަންނަށް ދީފަ ދައްޗޭ.. ތީތި އަހަރެން ހަމަ ކޮޓަރީގަ ފްރޭމް ކުރާނަން.. ހިއެއް ނުކުރަން ޝަޔާމް ހުންނަލެއް ސީރިޔަސް ކަމުން މިކަހަލަ ކަމެއް ކުރަން ކެރިދާނެއެކޭ ވެސް.. ދިސް ވޯޒް އަ ވެރީ އައިކޮނިކް ވޭ އޮފް ކޮންފެސިންގ..” ޔަލީން ވެސް ސަމާސާ ކޮށްލިއެވެ.
“މީ އަސްލު ނަވީންގެ އައިޑިޔާއެއް.. އަސްލު ހާދަ ނުކެރި ހުރެފައޭ ކުރީ.. އެކަމަކު ފުރާނަ ދީގެން ވެސް ޔަލީން ހޯދަން ޖެހޭތާ އެބަ..” ޝަޔާމްގެ ވާހަކައިން ޔަލީން އަނެއްކާވެސް ލަދުގަތެވެ. ލަދުގަތުމުން ޔަލީންގެ ކޯތާފަތަށް ޖަންބުކުލަ އަރައިގެން ދާގޮތާއި، އެ މޫނު އިސްދަށަށް ޖެހިގެންދާ ގޮތުގެ ތަސްވީރެއް ވަގުތުން ޝަޔާމްގެ ހިތުގައި ކުރެހިގެން ދިޔައެވެ.
“އަދި އެއް ވާހަކަ.. ބުރުގާ އެޅީމަ މިހާރު މާ ލޯބި.. މިހާރު އަހަރެން ބޭނުންވާ ހުރިހާ ސިފައެއް ވެސް ޔަލީންގެ ހަމަ ފުރިހަމަ!” އެއް ލޯ މަރައިލަމުން ޝަޔާމް ކޮށްލި ތަޢުރީފުން ޔަލީން އިތުރަށް ލަދުގަތުން ނޫން ކަމެއް ނުވިއެވެ.
“ލަދު ގަތީމަ އަދި ވަކިން ލޯބި.. އަހަރެން އަދި ނުދެކެން ޔަލީން ތިގޮތަށް ލަދު ގަންނަ ތަނެއް.. ތީ ހަމައެކަނި އަހަންނަށް ޚާއްސަ ސިފައެއް ދޯ..؟” ޝަޔާމްގެ ތަޢުރީފުގެ ބަސްތަކުން ޔަލީންގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. އިތުރަށް ޝަޔާމްގެ ކުރިމަތީގައި ހުންނަން ކުޅަދާނަ ނުވާނޭހެން ޔަލީނަށް ހީވިއެވެ.
“އަހަރެން ދެން ދަނީ.. ގުޑް ނައިޓް.. ލަވް ޔޫ!” އެހެން ބުނެލުމަށް ފަހު، އަވަސް ޙަރަކާތަކާ އެކީ ޝަޔާމްގެ އަތުގައި އޮތް ބޯޑު ޖަހައިގަނެފައި، އެ ކޮލުގައި ތުންފަތް ޖައްސައިލާފައި ޔަލީން ގޭތެރެއަށް ދުއްވައިގަތެވެ.
ޔަލީން ދިޔަ ދިމާއަށް ބަލަން ހުރި ޝަޔާމް، އަމިއްލަ ކޮލުގައި އަތް ޖައްސައިލާފައި، ހިނިތުންވެލިއެވެ. އެ ހިނިތުންވުން ފުޅާވެގެން ދިޔަ އިރު، ދެފަރާތަށް ބޯހޫރުވައިލާފައި، ޝަޔާމް ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ. އެގޮތުގައި އިރުކޮޅަކު ޔަލީން ދިޔަ ދިމާއަށް ބަލަން ހުރެފައި ޝަޔާމް ގޮސް ސައިކަލަށް އެރީ ގެއަށް ދިޔުމަށެވެ.
*** ** ***
ރާޅުޖަހާ ފަށުގައި އަތުގުޅުވާލައިގެން ހިނގަމުން ދިޔަ ޔައިލް އާއި އަޒަލްގެ ތުންފަތުގައި ވީ ހިތްހަމަޖެހުމުގެ ހިނިތުންވުމެކެވެ. ލުއިލުއި ރާޅުތައް އައިސް، މަޑުމަޑު ދޮންވެލިގަނޑުތެރޭގައި ވީ އެ ފައިތިލައިގައި ބޮސްދޭ ގޮތުން، އަޒަލްގެ ހިތަށް ހަމަޖެހުން ގެނުވައިދެމުން ދިޔައެވެ. ޖެހެމުން ދިޔަ ނަލަ ވައިރޯޅިތަކާއި އެއްވަރަށް ހެލެމުން ދިޔަ ގަސްތަކަށް އަޒަލްގެ ނަޒަރު އިރުއިރުކޮޅާ ހުއްޓެމުން ދިޔައެވެ.
“ހަނދާން ވޭތަ އަހަރެމެން ހުރަޔަށް ކުރި ޓްރިޕްގެ މަތިން..؟ އެދުވަހު އަޒް ކިޔާކިޔާ ކުރު ނުކޮށްގެން އަހަރެން ދިޔައީމެއްނު އަޒް ގޮވައިގެން ހިނގައިލަން.. އެދުވަހު އަތިރިމަތީގަ އަހަރުމެން ދެމީހުން ހޭދަކުރި ވަގުތުކޮޅުގެ ތެރޭގަ އަހަންނަށް އެންމެ ފުރަތަމަ ތަފާތު ގޮތަކަށް އަޒްއާ ދޭތެރޭ ދެކެވެން ފެށުނީ..” އެދެމެދުގައިވީ ހިމޭންކަން ފޫދުއްވައިލުމުން ޔައިލް ބުނެލިއެވެ.
“އެކަމަކު އެދުވަހު މާ ހާއްސަ ކަމެއް ވެސް ނުވޭނު.. ދެން ކިހިނެއް އެ ދުވަހު..؟” އަޒަލްއަށް ވިސްނައިލެވުނެވެ.
“ކުޑައިރުއްސުރެ އެއްކޮށް އުޅުނު އިރު އަޒް އެހާ ހިތްހަމަޖެހިފަ އެހާ މަޑުމަޑުން ހުރިތަން އަހަންނަށް ފެނުނީ އެދުވަހު.. އަޒް އެހާ މަޑުން ހުރީމަ އަހަންނަށް ފުރަތަމަ ފަހަރަށް ރީތިކޮށް އަޒްއަށް ބަލައިލެވުނީ ވެސް.. އަޒް ތިހާ ރީތިކަން ވެސް އަހަންނަށް ފާހަގަވީ އެދުވަހު…” ޔައިލް ކިޔައިދިނީ އެ ހިތުގައި އޮތް ގޮތަށެވެ.
“އެކަަކު ދެން ހަމަ އިރުކޮޅެއް ނުވެ ފެނުނީ ކަކުންޏެކޭ ކިޔައި އަޒް ހޭރިގަތް ތަން.. ދެން މަ ކައިރިޔަށް ހިނި އައީ.. ހިތަށް އެރި އަޒްއާ ދޭތެރޭ އެކުވެރިއެއް ނޫން ގޮތަކަށް ދުވަހަކުވެސް ނުދެކެވޭނެޔޭ ވެސް..” ދެން ޔައިލް ބުނެލި ވާހަކައިން ދެމީހުން ކައިރިޔަށް ވެސް ހިނި އައެވެ.
“އެކަަކުވެސް ތި އޮތީ އެކަން އެގޮތަށް ވެފައެއްނު.. ދެން ޖެހޭނީ ހަމަ އަހަރެން ޓޮލަރޭޓް ކުރަން!” އަޒަލް ވެސް ޔައިލްގެ ސަމާސާގައި ބައިވެރި ވެލިއެވެ.
“ދެން އާނ އެނޫން ގޮތެއް މިހާރު ނެތެއްނު.. އަހަރެންގެ މި ބަސްނާހާ ހިތްވެސް އެންމެ ފަހުން ދެވުނީ ހަމަ ވިޔަރި ދައިތައަށް ވިއްޔަ..” ލުއި ހުނުމަކާއި އެކު ޔައިލް ބުނެލިއެވެ. އެކަހަލަ މަޖާ ވާހަކަތަކުގައި ތިބެތިބެފައި، ދެމީހުން އަނބުރައި ގެސްޓްހައުސްއަށް ދިޔައީ އައީ މެންދުރުވެސް ވީ ފަހުންނެވެ.
*** ** ***
ކޮޓަރީގައި އިން ޒައުލް ވިސްނަމުން ދިޔައީ އެރޭ ޒާރާގެ އަލަމާރި ތެރެއިން ފެނުނު ކަރުދާސްކޮޅާއި މެދުގައެވެ. އެރޭ އޭނާއަށް އެ ނުފެނުނުނަމައޭ ޒައުލްގެ ހިތަށް ހާސް ފަހަރު އަރަމުން ދިޔައެވެ. އެތައް އަހަރެން ވާންދެން ލޯތަކުގެ މައްޗަށް ފަރުދާ ކުރެވިފައިވީ މުޅި ޢާއިލާގެ ބޮޑު ސިއްރު އޭނާއަށް ކަޝްފުވެގެން ދިިޔުމުން ޒައުލްގެ ހިތުގައިވަނީ އިންތިހާ ދަރަޖައިގެ އުނދަގޫ ކަމެވެ.
އެހެނަސް، އޭނާއަށް އެކަން ފަޅާއެރުމުގައި ކޮންމެވެސް ސަބަބުތަކެއް ވާނެއެވެ. ހަގީގަތް އެނގުން އާރާއަށް ހައްގެވެ. އެހެންނަމަވެސް ހަގީގަތް އާރާއަށް ކިޔައިދޭން ޖެހޭނީ ޒައުލްއެއް ނޫނެވެ. އެ ސިއްރު ހިތުތެރޭގައި ފޮރުވައިގެން، އެއްވެސް ކަމެއް ނުވާ ކަމަށް ހަދައިގެން އުޅެވޭނީ ކިހައި ދުވަހެއް ވާންދެން ކަމެއް ޒައުލް އަކަށް ނޭނގެއެވެ.
*** ** ***
އުޑުމަތީގައި ޝާހީކަމާއި އެކު ބަބުޅަމުން ދިޔަ ހަނދުގެ އަލިކަމުން މުޅި ފަޒާ އަލިކޮށްދީފައި ވެއެވެ. ޖެހެމުން ދިޔަ ލުއިލުއި ވައިރޯޅިތަކާ އެކުވެގެން ގަސްގަހުގެ ފަތްތައް އިއްވަމުން ދިޔަ ހިމޭން ނާނާއިން މަސްތުކުރުވާހައި ވެއެވެ. ގޮނޑުދޮށުގެ ހުދު ދޮންވެލިގަނޑަށް ބީއްސަމުން ދިޔަ ކުދިކުދި ރާޅުތަކުގެ އަޑުން އެ މާހައުލަށް އިތުރު ފުރިހަމަކަމެއް ގެނުވައިދެއެވެ.
އެ ހިތްގައިމު ރޭ، އަތިރިމަތީގައި އަޒަލް އާއި ޔައިލް ތިބީ އެކި ވާހަކަ ދެއްކުމުގައެވެ. ޔައިލްގެ އަތުގައި ގިޓާ އޮތް އިރު، ދެމީހުން އިށީނދެގެން ތިބީ ހޭޅިފަށުގައި ހުރި ހިރުނދު ގަހެއްގައި އެލުވާފައި ހުރި ބޮޑު އުނދޯއްޔެއްގައެވެ.
“ޔައިލް ވެސް މިހާރު ގިޓާ ކުޅެން ހާދަ މޮޅުވެއްޖެޔޭ ދޯ.. އަހަންނަށް ލަވައެއް ކިޔައިދީބަ..” އުނދޯލީގެ ވާފަށުގައި ދެއަތުން ހިފައިލަމުން، ވާފަށުގައި މޫނު ޖައްސައިލަމުން އަޒަލް އެދުނެވެ.
“ކޮން ލަވައެއް ކިޔައިދޭންވީ..؟ އަޒް ބުނި ލަވައެއް ކިޔައިދޭނަން..” އަތަށް ގިޓާ ހެޔޮވަރު ކޮށްލަމުން ޔައިލް ބުނެލީ، ދުވަހަކުވެސް އަޒަލް އެދެފި ކަމަކަށް އިންކާރެއް ނުކުރާނަމޭ ބުނާ ފަދައިންނެވެ.
“ޔައިލް ބޭނުން ލަވައެއް.. އަހަންނަށް ހާއްސަކޮށް..” ހިނިތުންވެލަމުން އަޒަލް ބުނެލި ގޮތުން އެއީ އޭނާ ވަރަށް ބޭނުންވާ ކަމެއްކަން ހާމަވާހައި ވެއެވެ. އެެއާއެކު ޔައިލް އިރުކޮޅަކު ވިސްނަން އިނދެލުމަށް ފަހު ގިޓާގެ ނަރުތަކުގައި މަޑުމަޑުން ކޮށްޓައިލިއެވެ. މާހައުލަށް ވެރިވެގެން ދިޔަ ހިމޭން މިޔުޒިކީ ރާގުގެ އަޑުން އަޒަލްއަށް ދެލޯ މަރައިލެވުނެވެ.
އަބަދުވެސް ފެނެޔޭ ކަލާ، ސާހިބާ ހިތުގައި ވެޔޭ
ޚިޔާލުގައި ނެތް ނަމަ ތިބާ، ހިނދުކޮޅެއް ނުދެޔޭ ހިނގާ
ލާ މަގޭ ނޭވާގަ ވެސް، އެކުވަނީ ތިޔަ މީރު ވަސް
ލޯބިވާ ވާށޭ މަށާ، ޖިސްމުގާ ރޫހާ އެކީ
ހޭ ހެހެ ހެހޭ، ހާދަހާވޭ ބޭނުން ކަލާ
ހޭ ހެހެ ހެހޭ، ލޯބިވާއޭ ތިޔައީ މަގޭ
ނޭވައެެއް ވެސް ލެވޭނީ، ނަން މަތީގައި ތި ޔާރާ
ބުނެދެންހެ މިތަނުގައި އަދު، ތިޔައީއެ ހިތުގެ ޕްޔާރާ
ދިރިއުޅުން ލިބިފަ މި ވަނީ، ލޯބިވާ ހިތުގަ ވާތީ
ޔާރު ލިބުމަށް ދުޢާ ކޮށް، އަތް އުފުލިގެން މި ދާތީ
މީ ކަލާ ހިތެކޭ ބުނަން، އޭ މަގޭ މޭގައި ވަނީ
ދިރިހުރީ ޔާރަށް ޓަކައި، ހިތުގެ ތެޅުމޭ ބުނެލަނީ
ހޭ ހެހެ ހެހޭ، ހާދަހާ ވޭ ބޭނުން ކަލާ
ހޭ ހެހެ ހެހޭ، ލޯބިވާއޭ ތިޔައީ މަގޭ
ހިތް އެދޭހާ ކުލައިން ވެސް، ހިތް ފުރައިދީ ހަދާނަން
ލޯބި ފަހެ ވަރު ދަރަޖައަށް، ލޯބި ދީވެސް ހަދާނަން
ހިތި ހިތާމައިން ނަޖާކޮށް، ހާއުފާ ހޯދަދޭނަން
ދުރު ނުވާށޭ މަށާ ދެން، އެކުއެކީ ދިރިއުޅޭނަން
ޖާނު މާ އަގުބޮޑު ކަލާ، މަގެ މި ޖާން ހިބައިން ދެމޭ
ޖާނު ދީފާ ދާން އެކީ، އެދި ނިކަން ބުނެލާ ބަލާ
އަބަދުވެސް ފެނެޔޭ ކަލާ، ސާހިބާ ހިތުގައި ވެޔޭ
ޚިޔާލުގައި ނެތް ނަމަ ތިބާ، ހިނދުކޮޅެއް ނުދެޔޭ ހިނގާ
ލާ މަގޭ ނޭވާގަ ވެސް، އެކުވަނީ ތިޔަ މީރު ވަސް
ލޯބިވާ ވާށޭ މަށާ، ޖިސްމުގާ ރޫހާ އެކީ
ހޭ ހެހެ ހެހޭ، ލޯބިވާއޭ ތިޔައީ މަގޭ
ޔައިލް ލަވަކިޔައި ނިންމައިލި އިރު، އެ ލަވައިގެ ކޮންމެ ކަޑިއަކާ ދޭތެރޭގައި އަޒަލްއަށް ވަކިވަކިން ވިސްނެމުން ދިޔައެވެ. ޔައިލް އޭނާ ދެކެ އެ ވާ މާތް މަތިވެރި ލޯބީގެ ބަދަލު އޭނާ ޔައިލްއަށް ދޭނީ ކިހިނަކުން ހެއްޔެވެ؟ އެ ހިތުން ޔައިލްއަށް ޖާގައެއް ދެވޭނީ ކޮން އިރަކުން ބާވައެވެ؟
“އަޒް.. ދާކަށް ނުވޭތަ..؟ ވަރަށް ލަސްވެއްޖެއެއްނު..” އަޒަލް އެ އިން ގޮތަށް އެއް ދިމާއަކަށް ބަލަހައްޓައިގެން އިނުމުން ޔައިލް ގޮވައިލިއެވެ. ނަމަވެސް ދެންވެސް އަޒަލްއަށް އެ އަޑު އިވުނުހެން ހިޔެއް ނުވެއެވެ. އެއާއެކު ޔައިލް އަޒަލްގެ ކައިރިޔަށް ޖެހިލާފައި، އަޒަލްގެ ކޮނޑުގައި އަތް ޖައްސައިލަމުން އަނެއްކާވެސް އަޒަލްއަށް ގޮވައިލިއެވެ.
ކައިރި ހިސާބަކުން ދެ ދެބުޅާ ކޯޅިލި އަޑު އިވުނީ ހަމަ އެވަގުތެވެ. އެ އަޑު ޖެހުމާއި އެކު ސިއްސައިގެން ދިޔަ އަޒަލް ބިރުން ޔައިލްގެ މޭތެރޭގައި ފޮރުވިގަތެވެ. އަޒަލްގެ އެ ކުއްލި ޙަރަކާތުން ސިހުން ލިބުނު ޔައިލްގެ ހަނދާނަށް އައީ މީގެ ނުވަވަރަކަށް މަސް ކުރިން ހުރަޔަށް ކުރި ދަތުރުގެ ތެރޭގައި ވެސް އަޒަލް ބިރުގަތުމުން އެގޮތަށް އެ އަތުތެރެޔަށް ވަން ހަނދާނެވެ. އެރޭ އަޒަލްގެ އެ ގާތްވެލުމުން ހިތުގައި ޖެހި ވިންދު، މިއަދުވެސް ދެގޮތެއް ނުވެ ޖަހަމުން ދިޔައެވެ. ހިނިތުންވަމުން ޔައިލް ވެސް އަޒަލްގެ ގައިގައި އަތް ވަށައިލީ އެ ދެއަތުގެ ޙިމާޔަތް މުޅި ޢުމުރަށް ވެސް އަޒަލްއަށް ދޭނަމޭ ބުނާ ފަދައަކުންނެވެ.
އިރުކޮޅެއް ފަހުން ތަންކޮޅެއް ހަމަޖެހުމާއި އެކު އަޒަލް ޔައިލްއާއި ދުރުވެލިއެވެ. ދެއަތުން މޫނު ފުހެލާފައި، ދެއަތް ދެއަތާ އުނގުޅައިލި އަޒަލްގެ މޫނަށް ޔައިލްގެ ނަޒަރު ހުއްޓުނެވެ. ޔައިލްގެ ތޫނު ނަޒަރު އޭނާއަށް ހުއްޓިފައިވާކަން އެނގުމުން އަޒަލްއަސް އިސްޖަހައިލެވުނީ ގަތް ލަދުންނެވެ. އެއާއެކު ޔައިލްގެ ނަޒަރު ދަތުރު ކުރީ ގަދަ ފިޔާތޮށި ކުލައިގެ ލިޕްގްލޮސް އަކުން ފަވައިލެވިފައިވީ އަޒަލްގެ ތުންފަތަށެވެ. ވަގުތުން ޔައިލްގެ ދެލޮލުގައިވީ ވިދުވަރު ބަދަލުވެލުމާއި އެކު، އެ ހިތުގެ އެދުމަށް އިޖާބަ ދިނުމަށް ހިތް ގޮވައިލިއެވެ. އިތުރަށް ކެތް ކުރަން އުނދަގޫ ވުމުން ޔައިލް އިހުނަށްވުރެވެސް ބޮޑަށް އަޒަލްއާއި ކައިރިވެލާފައި، ޝަހާދަތް އިނގިލިން އަޒަލްގެ ދަތްދޮޅީގައި ހިފައި، އޭނާއާ ހަތަރުކަޅި ހަމަކުރުވިއެވެ. އެއާއެކު އަޒަލްގެ ތުންފަތް ތުރުތުރު އަޅައިި މަންޒަރު ފެނި، ޔައިލްއަށް އަމިއްލަ ތުންފަތުގައި ދަތް އަޅައިލެވުނެވެ.
ލަސްލަހުން ޔައިލް އޭނާގެ މޫނު އަޒަލްގެ މޫނާ ކައިރިކޮށްލާފައި، އެ ހިތުގެ އެދުން ފުރިހަމަކޮށްލުމާއި އެކު، އަޒަލްގެ ދެލޯ ބޮޑުވިއެވެ. އެހެނަސް ނޭނގޭ ބާރަކުން ކުރުވި ފުން އިހުސާސަކުން، އަޒަލްއަށް ޔައިލްގެ އެދުމާ ދެކޮޅު ހަދާނެ ހިތްވަރެއް ނުކުރެވުނެވެ. ބަދަލުގައި އަޒަލް ވެސް ޔައިލްގެ އެ ހަރަކާތުގައި ފުރިހަމައަށް ބައިވެރިވީ އިރު، ޔައިލްގެ މޭމަތިން އެ ގަމީސް ވަނީ އަޒަލްގެ ދެއަތަށް ބޮނޑިކޮށްލެވިފައެވެ. އެ ވަގުތުކޮޅުގެ އުފަލާއި ފޮނިމީރުކަން އެންމެ ފުރިހަމައަށް ދެ ހިތަށް ވެސް އިހުސާސް ކުރެވެމުން ދިޔަ އިރު، އެ ވަގުތުކޮޅަށް ނިމުމެއް ނާދޭތޯ ދެމީހުންނަށް ވެސް ދުއާ ކޮށްލެވުނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
36 Comments!
Comments are closed.







Masha Allah mi part vx vrh reethi ❤️
When’s next part??
Thank you ❤️
Today submitted kohlaanan
Mi part vess varah reethi.. Very curious about what’s gonna happen next!! The best story I’m reading from this site rn
Thank youu ❤️
Aww means a lot ❤️
Heyyy nayaaaaaa
Kihineh tha haalu?? Unmeedhu kuran rangalhu vaane kamah
Vrh miss vi ingey
Haadha kuri akah jahsaalaifi ey. Ekm adhi lily ah comment eh ves nukohlevey dhww
Vrh bodah sorry ingey lily vrh busykoh midhany mi dhuvas kolhu.
Mi part ves vrh reeeethiii Masha Allah. Mi part ekani eh noon dhen huri part thah ves hama vrh vrh furihama vrh reethi Masha Allah
Nayaa ge kurin vaahaka thakaa balaafa mi vaahaka vrh vrh bodah thafaathu kan alhugandah faahagavey
Vrh bodu thanun sis ge liyuntherikan kuri araifi Masha Allah
Keep it up <3
Alhugandu ge support abadhu ves libeyne Insha Allah
omggg hii lilyyyy!!
missed you moreee :((
nayaa hama baraabaru alhamdhulillah lily kihineh tha
it’s okayy eyy hurihaa part akah comment nukuriyas okay vaane..comment nukuriyya nayaa ah ingey lily kiyaane kan..ehenma hama okay..hehe
alheyyy thank youu so muchh darling..asluves varah varah ufaavey thihaa supportive veema❤️
Wowwww….. Maasha allah mi part haadha reehchey
Alheyy finally shayaam n yal gulhuny dho
Yail n azz ves haadha romantic eyyy🙈
Keep up the gud work
Nayaa ge stories akee abadhu ves vrh kiyaa hithun kiyaa stories
I luv it…….
Btw when next????
I can’t wait to read the next part
Thank you ishu ❤️
Yess finally dhww hehe
Next part today submit kohlaanan
Naayu naayu vrh fahkaaa hama alhe shayaam dhww wooww vrh reethi mibai vs vrh happyy naayu vhk knmme dhuvahaku vs kiyaalan libeythy
BTW nabaa vs vhk up kohlaafa ihnaani now
IlYSM:))
hehe thank youu nabaa ❤️
omg ehen tha kiyaalaafa comment eh kohlaanan ingeyy
ilym ❤️
vrh reethi mi part ves
alheyyy so romm pls next part avas koh submit kohladheeeba
vrh curious cant wait hama vrh kiyaalaa hithun mi huhnani
ahaa thank you darl ❤️
Miadhu submit kohlaanan
omggggg …. wowww vrh reethi mi part ves
finally shayaam aa yaleen gulhuny ey dhwww
shayaam haadha rom vehjje ey dhw hehe … azal aa yail ves wowww
can’t wait for the next part …
keep up the gud work siss
you are so talented masha allah <3
Thank youu dearr ❤️
Means a lottt ❤️
hello Nayaa, mi vaahaka varah rythi. mi vaahakaige furathama 2 o 3 parts kiyaafa azal menge parents ge vaahaka kiyaaly, thats also teally nice, my fav was yaina and milan. mi vaahakaiga i like yail and azal. kuriah dhaa goiy v rythi. waiting to read more. great job, keep going. lots of love ❤️
omgggg marsha im a huge huge hugeeeee fan of youuu!!!!!🥹❤️ alheyy varah varah ufaa vejje masha ge comment eh libuneema..🥹
Abadhuves masha ge hurihaa story eh ves baraabarah kiyan..hurihaa story eh ves hama varah varah reethi Masha Allah! Masha ge vaahaka thanun libunu inspirations aky nayaa ge hurihaa vaahaka ehge ves varah bodu hissaa eh..you are one of my favourite authors in this site hama.. varah kamudhey masha ge hurihaa vaahaka thakeh ves.. my fav one was nadhaa and ayaaz ge vaahaka..masha ge vaahaka thah kiyaa iru hama asluves rovey.. ehaaves salhi! don’t mind this is just me fangirling over you 😭😭
your comment means soo muchh to mee!! ❤️
more and more lovee to youu!!❤️
waiting for a new story of yoursss!!
vrh reethi
thank you
Masha Allah vrh reethi curiously waiting for the next part keep it up ❤️
thank you dear ❤️
Mi part ves v reethi masha Allah
Curiously waiting for next part
Keep it up
Aww azal and yail romantic ey dhw😍
Finally shayaam and yaleen ves gulhunee
So happy for both congratulations 🎉
Zaul and aara ves dhuru nukurachey
Haadha curious kohlaafa thi nimaaly
Kon hageegatheh baa
I appreciate your hard work
Tc ❤️😘
Thihaa busy koh ulhemen ves vaahaka kiyaalan libeythee v ufaavey
Ly naayoo ❤️😚
Thank youu dear ❤️
Next part miadhu submit kohlaanan
Azz is falling for him dhw
Argh yail is making me blush
Vrh reethi what does that mean, is shayaam not gonna get valy
Can’t wait to hear aaras truth
Vrh reethi story when next
Hehe dhen kaaku tha yail ah fall nuvaany? Mithaa mi ulheny hurihaa kudhin ves ulheny yail ah fall vegen mihaaru ves 🤭
Thank youu ❤️
Next part miadhu submit kohlaanan
Vrh vrh reethi vhk
Masha allah ❤️
When is the next episode?
And I have a question?
Nayaa sis amilla ah tha lava liyany?
Js curious ingey
thank youu dear ❤️
next part miadhu submit kohlaanan
hehe nooney eii nayaa liyefa eh noon.. YouTube ga search kohlaba “abadhuves feneyey kalaa”..it’s a really nice song ❤️
Ohhh okay 🫶
thank u Nayaa, vv happy marsha ge stories in ehen kudhinn inspire vaathy, also i love the title of this story, marsha ah enme undhagu vaa kamaky story ah nan dhinun. InshaAllah roadha ninmaafa marsha ge aa vaahaka “ma’aaf edhemun” kiyaaleveyne. anyways this story is great, waiting for new eps
Wooww vrh loabi mi part vx❤️
Zaul ah kon hageegatheh baa e iguny?!
And yal aa shayaam ge relationship ah parents gabool nuvanya kanne dhw?! Oh no 😭😭
Uhhh i want yaill 😭
Cant wait to read the next parts
I Appreciate ur hard working nayuu ❤️
Thank you dear ❤️
Hehe dhen let’s see dhwww
Hahaaa everyone wants yail 🤭
Next part submit kohlaifin miadhu
How old r u nayoo
17 rn gonna be 18 this year
Love this part when’s next part curiously waiting
Thank you ❤️
Submit kohlaifin
Esfiya ge admin team aadheys kohfa bunan mi vaahaka ge next episode vrh avahah upload kohdhyba….
And nayaa reeshaa corona ge thiey handhakee kiyaalan libeynee kn iraku thw reesha corona kairy ahaala dhevidhaane thr???
You two are friends??? Right…
Mi part vx varah varah reethi… maashaa Allah…
Curiously waiting for the next part…
Esfiya admin team plzzz fast…
Mihaaru eba oiy upload vefa 🫶🏽
Yess we are really close friends.. i just sent her a screenshot of this comment and when she replies I’ll lyk 😊