Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ ލޯތްބަށް އެދެވޭތީ… 25

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
March 13, 2025 8 Mins Read
48 Comments

“ޗީޑި ބޮޑު ހަޑިގިއްލާ ގަނޑު.. ފެންނުވަރާ ދަތް ނޫނގުޅާ ހުރެގެން އަހަރެން ކައިރިޔަށް ނާންނާތި.. އައްޗީޑި..” ޔައިލްގެ އަތުގައި ނުޖެހެން ވެގެން މުޅި ކޮޓަރިތެރޭގައި ދުވަމުން ދިޔަ އަޒަލް އުޅުނު ގޮތުން ޔައިލްއަށް މަޖާވިއެވެ. އެންމެފަހުން އަޒަލް ކޮތަރިން ނުކުތުމުން ޔައިލް ހިނިތުންވަމުން ދެފަރާތަށް ބޯހޫރުވައިލިއެވެ. އަޒަލްގެ މައުސޫމު، ލޯބިވެތި ޙަރަކާތްތަކަށް އެ ހިތް އެދެން ފެށިއެވެ. އަޒަލްގެ ޚިޔާލުތަކުގައި ހުރެގެން ޔައިލް ތުވާލި ހިފައިގެން ފާހަނާއަށް ވަނީ، އޮފީހަށް ދާން ތައްޔާރު ވާށެވެ. ފާޚާނާއަށް ވަންނަމުން ސިއްރުސިއްރުން ސައިދްޓޭބަލް މަތީގައި ހުރި ކޮފީތަށި ނަގައި، ސިންކު ތެރެއަށް އަޅައިލިއެވެ. އަނެއްކާވެސް އަޒަލް އުޅުނު ގޮތް ހަނދާން ވުމުން ޔައިލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވި އިރު، ލޯބިވާ އަނބިމީހާއާއި މެދުގައި އެ ހިތް ލޯބިން ފުރިފައިވާ ކަން ދޭހަވާހައި ވެއެވެ.

ޔައިލް ފެންވަރައިގެން ނުކުތް އިރު އެނދުމަތީގައި ގަމީހާއި ފަޓުލޫނު ބާއްވާފައި އޮތުމުން އެއީ އަޒަލްގެ ކަމެއްކަން އެނގުނެވެ. ހިނިތުންވެލަމުން ޔައިލް އެ އެއްޗެހި ލައި، ތައްޔާރުވާން ފެށީ އޮފީހަށް ދާން ޖެހޭ ވަގުތު ކުޑަތަންވަމުން ދިޔައީތީއެވެ. ތައްޔާރުވެ ނިމިގެން ޔައިލް ތިރިއަށް ފޭބި އިރު މޭޒުދޮށުގައި އެންމެން ވެސް ތިއްބެވެ. ޔައިލް ގޮސް އިށީނުމާއި އެކު އަޒަލް ޔައިލްއަށް ސައިތައްޓެއް ގެނެސްދިނެވެ. ހިނިތުންވަމުން ޔައިލް އަޒަލްއަށް ޝުކުރު އަދާކޮށްލުމުން، އަޒަލް ރަކިވި މަންޒަރު ބަލަން މިލާންއާއި ޔައިނާ ތިބީ ހެވިފައެވެ.

“ދެން މިހާރު އަޒްތަ.. މި ބުނީ.. ދޮންބެދައްތަ ވެސް ހާދަ މުރާލި ވެއްޖެޔޭ ދޯ..؟ ދޮންބެ ކޮން ކަހަލަ ޖާދުލެއްތަ ތި ހެދީ..؟” ހުރިހައި މަންޒަރެއް ބަލަން އިން ޔަލީންއަށް އެދެމީހުންނާ ދިމާކޮށްނުލައި ނީނދެވުނެވެ.

“ސާބަހޭ ޔަލް.. އިރުކޮޅަކަށް ވެސް އަނގަ ލައްޕައިގެން ނީނދެވޭ ކުއްޖެކޭ ދޯ މީ..” ޔަލީން ބުނި ވާހަކައިން ޔައިނާ ކައިރިއަށް ހިނި އައެވެ. ހަގީގަތުގައި ވެސް މިއަދު އޭނާ ވެސް ހައިރާން ވިއެވެ. އަޒަލް ހޭލާ ގަޑި ލަސްވެގެން ޒާރާ ޔައިނާ ގާތު ޝަކުވާ ކުރި ވަރު އެނގޭނީ އޭނާއަކަށް ނޫން ހެއްޔެވެ؟ އެހެނަސް މިއަދު އިރު ނާރަނީސް ބަދިގެއަށް ވަދެ ޔައިނާއަށް އަތްގާތް ކޮށްދޭން އަޒަލް އުޅުނެވެ. ކައިވެނި ކުރުމުން ބޮލުގައި އެޅިގެންދާ މަސްއޫލިއްޔަތުތަކުގެ ސަބަބުން ހާދަހައި ހެޔޮ ބަދަލުތަކެއް މީހުންނަށް އާދެއެވެ. އެހެނަސް، އެ ބަދަލުތައް އަންނަނީ ޒިންމާ އުފުލަން އެނގޭ މީހުންނަށެވެ. އަޒަލްއަކީ އެއިން ކުއްޖަކަށް ވުމުން ޔައިނާއަށް ހިތާހިތުން ޙަމްދު ކުރެވުނެވެ.

“ޔައިލް.. ބައްޕަ މާދަމާއިން ފެށިގެން ދަރިފުޅަށް ދެ ހަފްތާގެ ޗުއްޓީއެއް ނަގައިދޭނަން.. ދަރިފުޅުމެން ދެކުދިން ހަނީމޫން ހަދާލަން ކޮންމެވެސް ތަނަކަށް ދާން ވާނެއެއްނު.. އަޒްގެ ކުޑޭ ދިން ވެޑިން ގިފްޓް ބޭނުން ނުކޮށްފިއްޔާ ކުޑޭ ދެރަވާނެ..” މިލާން ބުނެލީ އަޒަލްއާއި ޔައިލްގެ ކައިވެނީގެ ހަދިޔާއަކަށް އަޒާން ދިން ހަނީމޫން ދަތުރުގެ ވާހަކައެވެ. އަޒަލްއާއި ޔައިލް ބޭނުން ތަނެއްގައި، އަލަތު ކައިވެނީގެ ފޮނިމީރުކަން އިޙުސާސް ކޮށްލަން އަޒާން ފުރުސަތު ދިނީ، ދަތުރުގެ ހުރިހައި ޚަރަދެއް އަޒާން ކުރާ ގޮތަށެވެ.

ހަނީމޫންގެ ވާހަކަ އަފާން ބުނުމާއި އެކު ޔައިލްއަށް އަޒަލްއާ ދިމާއަށް ބަލައިލެވުނީ، ފަހަރުގައި އަޒަލް އެ ގޮތް ބޭނުން ނުވެދާނެތީއެވެ. އެހެނަސް ޔައިލް ބަލައިލުމުން ހިނިތުންވެފައި، އަވަސްއަވަހަށް އަޒަލް ބޯޖަހައިލި ގޮތުން ޔައިލްއަށް އަޒަލް ވެސް އެ ގޮތް ބޭނުންވާ ކަން އެނގުނެވެ.

“ލައްބަ ބައްޕާ.. އަޅުގަނޑުމެން ދެމީހުން ވާހަކަ ދައްކައިގެން ދާނެ ތަނެއް ހަމަޖައްސާފަ ޓިކެޓު ނަގާނަން..” ޔައިލް ބުނީ ހަމަ އަޒަލް ވެސް ބޭނުންވި ގޮތަށެވެ.

ސައިބޮއެ ނިމިގެން މިލާންއާއި އެކުގައި ޔައިލް ގެއިން ނުކުތީ އޮފީހަށް ދާށެވެ. މިލާން އޭނާގެ ސައިކަލަށް އަރައި ދުއްވައިލުމުން، ޔައިލް އޭނާގެ ސައިކަލަށް އެރިއެވެ. ސައިކަލު ދުއްވައިލުމުގެ ކުރިން ޔައިލްއަށް ބެލްކަންޏަށް ބަލައިލެވުނީ މީހަކު އޭނާގެ ނަމުން ގޮވައިލިހެން ހީވުމުންނެވެ. އޭރު ބެލްކަނީގައި ހުރި އަޒަލް ހިނިތުންވެލާފައި ޔައިލްއަށް ހަނާއަޅަނީއެވެ. ބަދަލުގައި ޔައިލް ވެސް ހިތްގައިމު ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލަމުން، އަޒަލްއަށް “ފްލައިން ކިސް” އެއް ފޮނުވައިލިއެވެ. އެއާއެކު އަޒަލް ލަދުން އިސްޖަހައިލި މަންޒަރު ފެނުމުން ޔައިލްގެ ހިނިތުންވުން ފުޅާވިއެވެ. ދުވެފައި ގޮސް އަޒަލް ގޭތެރެއަށް ވަނުމުން ޔައިލް ލުއި ހުނުމަކާއި އެކު ދެފަރާތަށް ބޯހުރުވައިލާފައި، ސައިކަލު ދުއްވައިލިއެވެ.

*** ** ***

“ނަވީން ދެން އަހަންނަކަށް ނޭނގެ ހަދަންވީ ގޮތެއް.. ޔަލީން އަހަރެން ގުޅީމަ ފޯނެއް ނަގަނީކީ ނޫން.. މެސެޖު ކުރީމަ ރިޕްލައި ދެނީކީ ނޫން.. ދެން މަ ކިހިނެއްތަ ހަދަންވީ..؟” ޝަޔާމް ވާހަކަ ދައްކަމުން ދިޔައީ ކުރިމަތީގައި އިން ނަވީންއާއެވެ.

“ސާބަހޭ ޝަޔާމް.. އުމުރުން އެކާވީސް އަހަރުވީ އިރުވެސް އަންހެން ކުއްޖެއްގެ ކަމަކާ ނޫޅުނު މީހަކަށް ނޭނގެއެއްނު.. އަދިވެސް ބުނާތި ޔަލީން ދެކެ ލޯތްބެއް ނުވެޔޭ.. އެއްބަސް ނުވާން ހުންނާތި..” ކުރިމަތީގައި ހުރި ކޮފީތަށިން ކޯވަރެއް ބޯލަމުން ނަވީން ބުނެލިއެވެ.

“އާނ އަހަރެން ލޯބިވެޔޭ ނަވީން.. ވަރަށް ލޯބިވެޔޭ ޔަލީން ދެކެ.. ދެންވެސް ތަންކޮޅެއް ސީރިޔަސް ވެފަ އަހަންނަށް އެހީއެއް ވެދީބަލަ..” ނަވީންގެ ސަމާސާ މޫޑު ޝަޔާމަކަށް ކަމަކު ނުދިޔައެވެ. އެއާއެކު ނަވީން ވެސް ތަންކޮޅެއް ސީރިޔަސް ވިއެވެ.

“ހޫމް.. އޯކޭ.. މަ މި ބުނާ ގޮތަށް ކަންތައް ކުރަން ޝަޔާމްއަށް ކެރޭނެތަ..؟” ނަވީން ފުރަތަމަ ބޭނުންވީ ޝަޔާމްގެ ޔަގީން ކަމެވެ.

“ކުރަން ބުނާ ކަމެއްގެ ގޮތުން އެނގޭނީ.. ކަލޭ ބުނެފާނެ ވިއްޔަ މޭފަޅާފަ ހިތް ނަގާފަ ދޭށޭ ވެސް..” ނަވީންގެ ގޮތް ރަނގަޅަށް އެނގޭތީ ޝަޔާމް ބުނެލިއެވެ.

“ދެން ސާބަހޭ.. ހޫމް.. އަޑު އަހާބަލަ.. ޔަލީން އުޅޭ ގެ ހުންނަ ތަން ޝަޔާމްއަށް އެނގޭތަ..؟” ނަވީން އަހައިލުމާއެކު ޝަޔާމް ބޯޖަހައިލިއެވެ. އެއާއެކު ދެން ހަދަންވީ ގޮތް ނަވީން ކިޔައިދެމުން ދިޔަ އިރު ޝަޔާމް އަޑުއަހަމުން ދިޔައެވެ.

“އޭ ލާ.. މަށަކަށް ނުކެރޭނެ!” ނަވީންގެ ވާހަކަ ނިމުނު ތަނާ ޝަޔާމް ހަތަރެސްފައިން ނޫނެކޭ ކިޔަން ފެށިއެވެ. އޭނާ ފަދަ މަޑުމައިިތިރި، ސީރިޔަސް ޒުވާނަކަށް އެފަދަ ކަމެއް ކުރާކަށް ލާހިކެއް ނޫނެވެ.

“އާނ ދެން އެހެންވީރު ހަނދާން ނައްތައިލާ.. ތިހާ ފިނޑި މީހުންނަކަށް ނުވާނެ އެއްވެސް ކަމެއް..” ނަވީން އެހެން ބުނުމާއި އެކު ޝަޔާމްއަށް އަތް މުއްކުވައިލާފައި ނިތުގައި ޖަހައިލެވުނެވެ. ހަގީގަތުގައިވެސް ނަވީން އިރުޝާދުދޭ ގޮތަށް ކަންތައް ކުރަންވީ ބާވައޭ އޭނާގެ ހިތަށް އެރިއެވެ.

*** ** ***

“އަޒް ދާން ބޭނުންވާ ތަނެއް ޗޫޒް ކުރީމަ އޯކޭ ވާނެ..” ޔައިލްއާއި އަޒަލް މަޝްވަރާ ކުރަމުން ދިޔައީ ހަނީމޫނަށް ދާނެ ތަނަކާއި މެދުގައެވެ.

“ދެން ވެޑިންގެ ހުރިހާ ކަމެއް ވެސް ކުރީ އަހަރެން ބޭނުންވާ ގޮތަށް.. މިފަހަރު މިކަން ކުރަން ވާނީ ޔައިލް ބޭނުންވާ ގޮތަށް.. ޔައިލް ބޭނުން ތަނަކަށް ދާން ވާނީ..” އަޒަލް ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ.

“ހިނގާ ރާއްޖެތެރޭ ރަށަކަށް ދާން.. އަޒްއަށް ކަމަކުނުދޭނު އެހާ ބައިބޯ ވީމަ..” ޔައިލް ބުނެލިއެވެ.

“އަނެއްކާވެސް އަހަރެން.. އަހަންނަށް ފެންނަ ގޮތެއް ނޫނޭ.. ޔައިލްއަށް ފެންނަ ގޮތް..” އަޒަލް ދުލެއް ނުކުރިއެވެ.

“މީ އަހަރެން ވެސް ބޭނުން ވެގެން ބުނާ އެއްޗެކޭ.. އެހެންނޫނަސް އަބަދު ޗުއްޓީތަކުގަ ދަނީ ބޭރަކަށްނު.. އެންމެ ދެތިން ފަހަރު ރާއްޖެތެރެއަށް ދެވުނީ.. އެހެންވީމަ މިފަހަރު އަހަރެން ދާން ބޭނުމީ ހަމަ ރަށަކަށް.. އެތަންތަނުގަ މާ ބޯހަމަ ވެސް ޖެހޭނެ..” ޔައިލް އޭނާ ބޭނުންވާ ގޮތް ހާމަކޮށްލުމުން އަޒަލް ވެސް އުފާވެފައި ބޯޖަހައިލީ އެއީ އޭނާ ވެސް އެންމެ ބޭނުންވީ ގޮތް ކަމަށް ވީތީއެވެ. ދާނެ ރަށެއް ނިންމުމަށް ފަހު، ޔައިލް ޓިކެޓުގެ ކަންތައް ހަމަޖެއްސުމުގައި އުޅުނެވެ.

އޭގެ އަނެއް ދުވަހު ޔައިލް އާއި އަޒަލް ތޮއްޑޫއަށް ދާން ފުރީ ހަފްތާއެއް ވާންދެން އެކޮޅުގައި މަޑުކުރާ ގޮތަށެވެ. އަޒަލްއާއި ޔައިލް ފުރުމާއި އެކު މުޅި ގޭތެރެއަށް ފަޅުކަމެއް އައި ފަދައެވެ. މިލާންއާއި ޔައިނާ އަބަދު މަސައްކަތުގައި އުޅޭތީ ޔަލީން ގިނަ ވަގުތު ހޭދަކުރަމުން ދިޔައީ ނީލާއާއި އެކުގައެވެ. ސަރުކާރު ބަންދު ދުވަހަކާއި ދިމާކޮށް ކޮލެޖު ވެސް ދެތިން ދުވަހަށް ބަންދު ވުމުން ޔަލީން ގިނަ ވަގުތު ހޭދަކުރީ ގޭގައެވެ. އާރާއާއި ޒައުލްއަށް އެކަނި ވަގުތުކޮޅެއް ދިނުމުގެ ގޮތުން ޔަލީން މާ ވަރަކުން އެދެމީހުންނާ އެކީ ވެސް ބޭރަށް ދާކަށް ނޫޅެއެވެ.

އެހެނަސް އެގޮތަށް އެކަނި ގިނަ ވަގުތު ހުންނަން ވުމުން ޝަޔާމްގެ މަތިން ޔަލީން މާ ބޮޑަށް ހަނދާންވާން ފެށިއެވެ. އެކަނިވާ ކޮންމެ ވަގުތެއްގައި ޝަޔާމްގެ ޚިޔާލުތަކުން އެ ހިތް ފުރެމުން ދިޔުމާއި އެކު ޔަލީނަށް ކެތް ކުރަން އުނދަގޫވަމުން ދިޔައެވެ. އެހެނަސް އެ ހިތް ބިރު ގަންނަނީއެވެ. އޭނާ އަކީ ޝަޔާމް ބޭނުންވާ ކަހަލަ ބައިވެރިއެއް ނޫންކަން އެތައް ފަހަރަކު ޝަޔާމް ވަނީ ބުނެފައެވެ. ވީއިރު، މިއަދު ވަކި ޝަޔާމަށް އޭނާ ކަމުދާންވީ ކީއްވެހެއްޔެވެ؟ އަދި ޝަޔާމަށް އޭނާ ކަމުދިޔަ ކަމުގައި ވިޔަސް، މާދަމާ ވެސް އޭނާގެ ފަރާތުން ޝަޔާމް ހިތްހަމަނުޖެހޭ ފަދަ ސިފައެއް ފެނިއްޖެ ނަމަ، ޝަޔާމް އޭނާ ދޫކޮށް ނުލާނެ ކަމަށް އޮތީ ކޮން ޔަގީން ކަމެއް ހެއްޔެވެ؟ އެފަދަ ޚިޔާލުތަކުން ޔަލީންގެ ސިކުނޑި ތާ އަބަދު ފުރެމުން ދިޔައީ، އެ ހިތުގެ ގޮވުމަށް އިޖާބަދޭނެހައި ހިތްވަރެއް ނުކުރެވިއެވެ.

*** ** ***

އަފާންމެން ގޭގައި ތިބެ އަފާންގެ ޢާއިލާއާއި އަޒާންގެ ޢާއިލާ ކެއުމަށް އިންސާފު ކުރަމުން ދިޔަ އިރު، މުޅި މާހައުލުގައި ވަނީ ހުނުމުގެ އަޑު ހިފައިލާފައެވެ. އަޒަލް އެތަނުގައި ނެތުމުން ލިބިފައިވާ ފަޅުކަމުގެ ވާހަކަ އެންމެން ވެސް ދައްކަމުން ދިޔައެވެ. އެހެން އެންމެން އެކި ވާހަކަތަކުގައި މަސްއޫލު ވެގެން ތިބި އިރު، ޒައުލް އާއި އާރާގެ މެދުގައި ބަދަލު ކުރެވެމުން ދިޔަ ސިއްރު ނަޒަރުތަކާއި، ލޮބުވެތި ހިނިތުންވުންތައް އެއްވެސް މީހަކަށް ފާހަގަ ނުކުރެވުނުކަމީ އެދެކުދިންގެ ނަސީބެވެ.

“ލައު.. ލައުގެ އެއްކަލަ ފޮތް ވެއްޖެ އަހަރެން އަތުގަ.. އަދި ދޭން ހަނދާން ނެތިފަ މި ހުރީ..” ޒާރާ ބުނެލީ ކުރިން ދުވަހަކު ލައުރާގެ އަތުން ގެނައި ކައްކާ ފޮތުގެ ވާހަކައެވެ.

“މި ޒާ ތި ކިޔާ ފޮތެއް ބަލައިގެން ފާޑުފާޑުގެ މޮޅެތި ރެސިޕީތައް ހަދަމުން ގޮސް ހަފްތާއެއް ތެރޭ ދެތިން ގޭސްފުޅި ވެސް ހުސްކޮށްލައިފިއޭ.. އެވަރުން ވެސް އެއްޗެއްގަ ރަހައަކުން ރަހައެއް ލަނީ މަދު ފަހަރަކު..” އާދައިގެ މަތިން އަފާން ޒާރާއާ ދިމާކޮށްލިއެވެ. ވަގުތުން ޒާރާ އަފާނގެ ފުއްކިބައިގައި އެތިފަހަރެއް އަޅުވައިލިއެވެ. އެއާއެކު ފެށުނު ޒާރާއާއި އަފާން ކޯޅުން އެންމެންނަށް ވެސް ވީ މަޖާ ކަމަކަށެވެ.

“ދަރިފުޅާ އާރޫ ދޭބަ މަންމަ ކޮޓަރީގެ އަލަމާރި ތެރޭގަ ހުރި ވަތްގަނޑުގަ އޮންނާނެ އެ ފޮތް.. ހިފައިގެން އާދެބަލަ..” އާރާ ކައި ނިމިގެން ތެދުވުމާއި އެކު ޒާރާ އެދުނެވެ. އެއާއެކު އާރާ ތަށި ދޮވެލާފައި ގޮސް މައްޗަށް އެރިއެވެ. ވަގުތުގެ ބޭނުން ހިފަމުން ޒައުލް ވެސް ކައި ނިމިއްޖެޔޭ ކިޔާފައި ތެދުވެގެން އާރާގެ ފަހަތުން ދިޔައެވެ. މާ ބޮޑު ކަމަކަށް ނުހަދައި ޒާރާމެން ނިންމީ އެދެކުދިން އަމިއްލަ ވާހަކައެއް ދައްކައިލަން ބޭނުންވީ ކަމަށެވެ.

ޒާރާގެ ކޮޓަރީގެ އަލަމާރި ކައިރީގައި ހުއްޓުނު އާރާގެ ދެލޯ ބޮޑުވީ ފަހަތުން މީހަކު އޭނާގެ ލޯމަތީގައި އަތް އެޅުމުންނެވެ. ހަޅޭލަވައިގަންނަން ބޭނުންވި ނަމަވެސް، އެކަން ކުރެވުމުގެ ކުރިން އެމީހަކު އާރާގެ އަނގަމަތީގައި އަތް އެޅިއެވެ.

“ޝްޝް އާރޫ.. އަހަންނޭ މީ..” ޒައުލްގެ އަޑު އިވުމުން އާރާއަށް ވަގުތުން ހަމަޖެހިލެވުނެވެ. އެެއާއެކު ޒައުލް އާރާގެ މޫނުމަތިން އަތް ނެގުމުން އާރާ ޒައުލްއާ ވީ ފަރާތަށް އެނބުރުނެވެ.

“އަޅޭ ޒައުލް.. އަހަރެން ފަހަތުން ތިހެން އައީމަ މަންމަމެން ކީކޭތަ ހީކުރާނީ..؟” އާރާ ހުރީ ޒައުލް ކަންތައް ކުރި ގޮތުން ހާސް ވެފައެވެ.

“ޕިސް އާރޫ ތަންކޮޅެއް ހަމަޖެހިބަލަ.. މާ ބިރުންނޭ ތި އުޅެނީ.. މަންމަމެން އެއްޗެކޭ ހިއެއް ނުކުރާނެ..” އާރާގެ ދެފަރާތުން އަލަމާރީގައި އަތް ވިއްދައިލަމުން ޒައުލް ބުނެލިއެވެ. އެއާއެކު އާރާއަށް އަލަމާރީގައި ލެނގިލެވުނު އިރު, ޒައުލް ކައިރިވެލުމާއި އެކު އެ ހިތުގެ ހިނގުން އަވަސްވެގެން ދިޔައެވެ.

އޭނާ ކައިރިވެލުމާއި އެކު އާރާއަށް އަންނަމުން ދިޔަ ބަދަލުތައް ފެނި ޒައުލްއަށް އެއް މިޔަކަނިން ހީލެވުނެވެ. އާރާގެ ހިތުގެ ތެޅުން އެހިސާބުން ވެސް އިހުސާސް ކުރެވުމާއި އެކު، ޒައުލްގެ ހިތް ވެސް އެބާރުމިނުގައި ތެޅެން ފެށިއެވެ. ހީވަނީ ދެ ހިތް ވެސް އެއް ހަމައެއްގައި ވިންދު ޖަހަން މަސައްކަތް ކުރަމުން ދިޔަ ހެންނެވެ.

އެއް ފިޔަވަޅު ކުރިއަށް އަޅައިލުމަށްފަހު ޒައުލް އޭނާއާއި އާރާއާ ދޭތެރޭގައިވީ ދުރުމިން ނައްތައިލިއެވެ. އާރާގެ މޫނާ ޖެހޭނުޖެހޭ ހިސާބުގައި ހުއްޓިލައިފާ، ޒައުލްގެ ނަޒަރު ދަތުރު ކޮށްލީ އެ މަޑުފިޔާތޮށި ކުލައިގެ ރީތި ތުންފަތަށެވެ. އެއާއެކު އެ ތުންފަތް ތުރުތުރު އަޅައިލީ ޒައުލްގެ ކަތި ނަޒަރު އަމާޒުވީކަން އެނގުނު ފަދައިންނެވެ. ދެން ވާނެ ގޮތެއް ހިތަށް އަރުވައިލެވުމާއި އެކު އާރާއަށް ދެލޯ މަރައި ބާރުކޮށްލެވުނު އިރު، ދެއަތަށް ޒައުލް ލައިގެން ހުރި ކަޅު ކުލައިގެ ގަމީސް ކޮނޑާއި ދިމާލުން ބޮނޑިކޮށްލެވުނެވެ.

އާރާގެ މައުސޫމު ހަރަކާތްކަށް ބަލަން ހުރި ޒައުލްގެ ތުންފަތަށް ހިތްގައިމު ހިނިތުންވުމެއް ވެރިވިއެވެ. ދެފަރާތަށް ބޯހޫރުވައިލަމުން ޒައުލް އާރާގެ ދެ ކޯތާފަތުގަޔާއި ނިތުގައި ބޮސްދީފައި ދުރުވެލިއެވެ. އެއާއެކު އާރާ ލަސްލަހުން ދެލޯ ހުޅުވައިލި އިރު އެ މޫނަށް ވަނީ ޖަންބުކުލަ ފާއްދައިލާފައެވެ. ޒައުލް ދުރުވެލުމާއި އެކު އާރާ ޒައުލްގެ ކުރިމަތީގައި ހުންނަން ނުކެރުމުން ދުވެފައި ދިޔަ ގޮތަށް ގޮސް ކޮޓަރިން ނުކުތެވެ.

އާރާ ދުވެފައި ދިޔަ މަންޒަރު ބަލަން ހުރި ޒައުލް ހިނިތުންވެފައި، އިސްތަށިގަނޑުގެ ތެރޭގައި އަތް ހިންގައިލިއެވެ. ދެފަރާތަށް ބޯ ހޫރުވައިލަމުން ނުކުންނަން ދިޔަ ޒައުލްގެ ފިޔަވަޅުތައް މަޑުޖެހުނީ އާރާ އެ ކޮޓަރިއަށް އައި މަގްސަދު ހަނދާން ވުމުންނެވެ. ދެންމެ ހިނގައިދިޔަ ކަމަށް ފަހު އާރާ އެ ފޮތް ނަގަން ހަނދާން ނެތުނީތާއޭ ޒައުލްގެ ހިތަށް އެރިއެވެ. ފޮތް އޮންނާނީ އަލަމާރީގެ ވަތްގަނޑުގައޭ ޒާރާ ބުނި ހަނދާން ވުމުން ޒައުލް ނިންމީ އެ ފޮތް ހިފައިގެން ދާށެވެ. އެހެން ހިތަށް އަރާފައި، ޒައުލް އަލަމާރީގެ ދޮރު ހުޅުވައިލާފައި، އެތެރޭގައި ހުރި ވަތްގަނޑަށް ދަމައިލިއެވެ.

އެންމެ މަތީގައި “ނޯއާ’ސް ގުޑީސް” ޖަހާފައި އޮތް ފޮތް ފެނުމުން ޒައުލްއަށް ޒާރާ އެ ދައްކަނީ އެ ފޮތުގެ ވާހަކަ ކަން އެނގުނެވެ. އޭނާގެ މަންމަ ވެސް އެތައް ފަހަރެއްގެ މަތިން އެ ފޮތް ނަގައިގެން އުޅޭ މަންޒަރު އޭނާއަށް ވަނީ ފެނިފައެވެ.

ފޮތް ނަގާފައި، ވަތްގަނޑު ލައްޕައިލަން އުޅެނިކޮށް ޒައުލްގެ ލޮލުގައި އަޅައިގަތީ ވަތްގަނޑުގެ ތެރޭގައި އޮތް ފޮޓޯ ފްރޭމެކެވެ. އެއީ އަފާން އާއި ޒާރާގެ ކައިވެނީގައި އެދެމީހުން ނަގާފައިވާ ފޮޓޯގަނޑެކެވެ. ފޮޓޯގަނޑުގައި ދެމީހުން ތިބިލެއް ލޯބިކަމުން ޒައުލްއަށް އެ ފްރޭޭމް ނެގުނެވެ. އެ ފޮޓޯގައި ޒާރާ އާއި އަފާން އެކަކު އަނެކެއްގެ ލޮލަށް ގެއްލިފައި ތިބި އިރު، ޒާރާގެ އަތް ވަނީ އަފާންގެ މޭމަތީގައި ބާއްވައިލެވިފައެވެ. އަފާންގެ އަތް ޒާރާގެ އުނަގަނޑުގައި އަޅުވައިލެވިފައިވީ އިރު، ދެމީހުންގެ ލޮލުން ވެސް ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ އުފާވެރި ކަމެވެ. އެކަކު އަނެކަކު ދެކެ ވާ މާތް، މަތިވެރި ލޯތްބެވެ.

އިރުކޮޅަކު ހިނިތުންވުމަކާއި އެކު އެ ފޮޓޯގަނޑަށް ނަޒަރު ހުއްޓާލައިގެން ހުރުމަށްފަހު ޒައުލް އެ ފޮޓޯގަނޑު ބާއްވަން އުޅެނިކޮށް، އޭގެ ދަށުގައި އޮތް ކަޅުކުލައިގެ ބަނޑޭރިގަނޑެއް ލީ ފޮތެއް ޒައުލްގެ ލޮލުގައި އަޅައިގަތެވެ. ފޮތުގެ ބަނޑޭރިގަނޑު ފެންނަ ފެނުމަށް ބައު ވުމުން، ޒައުލްގެ ހިތުގައި އެ ފޮތާއި ދޭތެރޭގައި ޝައުގުވެރިކަމެއް އުފެދުނީ ކުއްލިއަކަށެވެ. ފޮޓޯފްރޭމް ފަތްގަނޑުތެރެއަށް ލާފައި، ޒައުލް ދެން ނެގީ އެ ފޮތެވެ. އެ ފޮތް ހުޅުވައިލުމާއި އެކު، އެ ފޮތުގެ ތެރެއިން ވެއްޓުނު ކަރުދާސްކޮޅަށް ޒައުލްގެ ނަޒަރު ދަތުރު ކުރިއެވެ. ގުދުވެލާފައި ފައި ކައިރިއަށް ވެއްޓިފައި އޮތް އެ ކަރުދާސްކޮޅު ނަގާފައި، ޒައުލް އެ ނިއުޅުވައިލިއެވެ.

މަޑު މުށިކުލައެއްގައި އޮތް އެ ކަރުދާސްކޮޅުގައި ކަޅުކުލައިގެ ދެލިން ލިޔެފައިވާ ޖުމުލަތަކުގެ ތަންތަންކޮޅު ވަނީ ފޭދިފައެވެ. ބަލާބެލުމަށް އެއަށް ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެހެން ހީވެއެވެ. ހިތުގައި އޮތް ޝައުގުވެރިކަމެއްގެ ސަބަބުން ޒައުލްގެ ތުންފަތް، އެ ކަރުދާސްކޮޅުގައި ލިޔެފައިވާ ކޮންމެ ލަފްޒަކާ އެއްވަރަށް ޙަރަކާތް ކުރަން ފެށިއެވެ.

އެ ކަރުދާސްކޮޅުގައި ލިޔެފައިވީ ޢިބާރާތްތައް ކިޔަމުން ދިޔަ ވަރަކަށް ޒައުލްގެ ދެލޯ ދިޔައީ ބޮޑުވަމުންނެވެ. ކިޔަމުން ދިޔަ ކޮންމެ ޖުމުލައަކާ އެކުގައި އެ ހިތުގެ ހިނގުން ދިޔައީ އަވަސް ވަމުންނެވެ. މުޅި މީހާ ފިނިވެ، ނޭވާ ކުރުވާން ފެށީ، އޭގައި ލިޔެފައިވީ އެއްޗެއް ޤަބޫލު ކުރަން ހިިތް ދެކޮޅު ހެދުމުންނެވެ. އެ ދެލޮލުގެ ތެރެއަށް ބޮނޑިވެގަތް ކަރުނަތައް، ކޯތާފަތް މައްޗަށް ލޫދިގެން ދިޔުމުގެން ކުރިން ޒައުލް އަވަސްއަވަހަށް އެސްފިޔަ ޖަހައިލިއެވެ. ހާމަވަގެން ދިޔަ އަނދިރި ޙަޤީގަތުން ޒައުލްގެ މުޅި ހަށީގައި ގޮތްނޭނގޭ ހަައިޖާނުގަނޑެއް އުފައްދައިފިއެވެ. ބާރުގަދަ ތޫފާނެއްގައި އެ ހިތް އޮޔާ ބެހިގެން ހިނގައްޖެއެވެ. ވަރުގަދަ ޒަލްޒަލާއެއް މުޅި ހިތަށް ގެނުވައިފިއެވެ. ދެން ގެންނަންވީ ޙަރަކާތެއް ނޭނގިފައި ޒައުލްއަށް ހުރެވުނީ ހުއްޓުން އަރާފައެވެ.

“ޒައުލް..” އެވަގުތު އިވުނު އާރާގެ އަޑުން ޒައުލްއަށް ހަމަބިމަށް އާދެވުނު ފަދައެވެ. އަވަސް ޙަރަކާތަކާއި އެކު އެ ގަނޑުކޮޅު ފޮތުގެ ތެރެއަށް ލުމަށް ފަހު، އެ ފޮތް ކަބަޑުތެރެއަށް ލިއެވެ. އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލުމަށް ދެތިން ނޭވާ ބޭރުކޮށްލުމަށް ފަހު، ޒައުލް ކަބަޑުގެ ދޮރު ލައްޕައިލީ، އާރާއާ ކުރިމަތިލުމަށް ތައްޔާރު ވަމުންނެވެ.

“އަހަރެން ތިރީގަ މިހުރީ ޒައުލް ފޮތް ހިފައިގެން އަންނާނެ ކަމަށް.. އެކަމް ޒައުލް ނައިސް ގިނަ އިރު ވެގެން މަންމަމެން ޒައުލް ކޮބައިތޯ ބަލައިލަން ދާށޭ ބުނީމަ އަހަރެން މި އައީ.. ކީއްވެތަ އެހާ ގިނަ އިރުވީ..؟” އާރާ ކުރި ސުވާލަށް ދޭނެ ޖަވާބަކާއި ދޭތެރޭގައި ޒައުލް ޖެހުނީ އިހަށް ވިސްނައިލާށެވެ.

“މީ.. ފާޚަނާއަށް ދާން ޖެހުނީ..” އެންމެ އަވަހަށް ހިތަށް އައި އެތި ޒައުލް ބުނެލިއެވެ.

“ކީއްވެ މާ ހާސްވެފަ.. މީހާ އެއްކޮށް ދާހިތްލާފަ އެއްނު ތިހުރީ..” ޒައުލް ހުރި ހާލުން އާރާ ހައިރާންވިއެވެ. ދާދިދ ެންމެއަކު ހަމަ ރަނގަޅަށް ހުރެފައި މިހާރު ޒައުލްއަށް އެވީ ކިހިނެއް ހެއްޔެވެ؟

“އާނ އެއީ.. މީ.. މާ ބޮޑަށް ހޫނުވީމަ ދާހިތްލީ.. މިއޮތީ ފޮތް.. ހިނގަ ދާން ތިރިޔަށް.. މަންމަމެން އުޅޭނެ މިހާރު އަހަރެމެން ނައިސްގެން..” އަތގައި އޮތް ފޮތް އާރާއަށް ދައްކައިލާފައި ޒައުލް ގޮސް ކޮޓަރިން ނުކުތީ އާރާ އިތުރު ސުވާލެއް ކޮށްފާނެތީއެވެ. އާރާއަށް ދޮގު ހަދާނެހައި ހިތްވަރެއް އޭނާގެ ބަލިކަށި ހިތަކު ނެތެވެ.

ޒައުލް ކޮޓަރިން ނުކުތުމާއި އެކު އާރާއަށް ބަލައިލެވުނީ ސޯޅަޔަށް ލާފައި ހުރި އޭސީއަށެވެ. އެހައި ފިނިކޮށް ކޮޓަރިތެރެ އޮތް އިރުވެސް ޒައުލްއަށް ހޫނުވެގެން އެ އުޅެނީ ކީއްވެގެންބާވައޭ އާރާގެ ހިތަށް އެރިއެވެ. ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި ޒައުލްއަށް އެ އައި ބަދަލު ދެނެގަންނަން އާރާއަށް އުނދަގޫވިއެވެ. އެހެންނަމަވެސް އެކަމާއި ދޭތެރޭގައި މާ ބޮޑަށް ވިސްނުމެއް ނެތި އާރާ ކޮޓަރިން ނުކުތެވެ.

ތިރިޔަށް ފައިބާފައި އަތުގައި އޮތް ފޮތް ޒާރާއަށް ދިއްކޮށްލި އިރު، އެ އަތުގައި މަޑު ތުރުތުރެއް ހުރިކަން ޒައުލް އަމިއްލައަށް ވެސް ފާހަގަ ކުރެވުނެވެ. ވަކިވަކިން ޒާރާ އާއި އަފާންގެ މޫނަށް ފުންކޮށް ބަލައިލި އިރު، ޒައުލްގެ މޫނުމަތީގައިވީ ދެގެންނަން އުނދަގޫ ކުލަވަރުތަކެކެވެ. އެހެނަސް، ހިތުގައިވީީ އުދާސްތައް ފަރުދާކޮށްލުމަށް ފަހު ޒައުލް ވެސް އެމީހުންގެ ވާހަކައިގައި ބައިވެރިވެވޭތޯ ބެލިއެވެ.

*** ** ***

ޢިޝާ ނަމާދު ކޮށްލައިގެން ކޮލެޖުގެ އެސައިންމެންޓެއް ނިންމަން އިން ޔަލީންގެ ނަޒަރު ލެޕްޓޮޕުން ދުރުކޮށްލެވުނީ ގޭގެ މައި ދޮރުގައި މީހަކު ބެލް އެޅުމުންނެވެ. ޔައިނާއާއި މިލާން ބޭރަށް ގޮސްފައި އައީއޭ ހިތަށް އަރާފައި ޔަލީން އެނދުން ތެދުވިއެވެ. އާދައިގެ ވަށް ބުރުގާކޮޅެއް ބޮލަށް މަހައިލަމުން ޔަލީން ގޮސް ގޭގެ ދޮރު ހުޅުވައިލިއެވެ. ދޮރު މަތީގައި އެއްވެސް މީހަކު ނެތުމުން ޔަލީނަށް ދެކޮޅު ބަލައިލެވުނެވެ. އެކަކުވެސް ފެންނަން ނެތުމުން ދޮރު ލައްޕަން އުޅުނު ޔަލީންގެ ހަރަކާތްތައް މަޑުޖެހުނީ ފައިވާން ހަރުގަނޑުގެ މަތީގައި ބާއްވާފައި އޮތް ރަތްކުލައިގެ ފިނިފެންމާ ބޮނޑި ފެނުމުންނެވެ. އަނެއްކާވެސް މީހެއްގެ ހިލަމެއް ވޭތޯ ދެކޮޅު ހޯދައި ބަލައިލި ޔަލީނަށް މިފަހަރުވެސް މީހަކު ނުފެނުނެވެ. އެހެންކަމުން އެ މާބޮނޑި ހިފައިގެން ޔަލީން އެތެރެއަށް ވަދެ ދޮރު ލައްޕައިލިއެވެ.

ސިޓިންރޫމު ސޯފާގައި އިށީނދެފައި ޔަލީން އެ މާ ބޮނޑިން ވަސްބަލައިލިއެވެ. ފިނިފެންމަލުގެ މަޑުމަޑު، ފޮނިފޮނި މީރު ވަހުން އެ ނޭފަތުގެ ހިނދުރި ފުރިގެން ދިޔުމާއި އެކު، ޔަލީނަށް ހިނިތުންވެފައި ދެލޯ މަރައިލެވުނެވެ. މާބޮނޑި ތިރިކޮށްލި ވަގުތު އޭގެ ތެރެއިން ވެއްޓުނު ނޯޓްކޮޅަށް ޔަލީންގެ ނަޒަރު ހުއްޓުނީ ދެނެވެ. ގުދުވެލަމުން، އެ ނޯޓުކޮޅު ނަގައި ކިޔައިލި ޔަލީންއަށް އަނގަމަތީގައި އަތް އަޅައިލެވުނީ ހައިރާންވީ ވަރުންނެވެ.

“ގޯ ޗެކް ޑައުން ދަ ބެލްކަނީ!” އިނގިރޭސި އަކުރުން ލިޔެފައިވީ އެ ޢިބާރާތްކޮޅުގެ ތިރީގައި ނަމެއް ނެތް ނަމަވެސް، ޔަލީނަށް ވަގުތުން އެއީ ކާކުގެ ކަމެއްކަން އެނގުނެވެ. ހަލުވި ފިޔަވަޅުތަކެއްގައި ދުވެލާފައި ޔަލީން ގޮސް ބެލްކަންޏަށް ނުކުތެވެ. ރެއިލިންގައި އަތް އަޅުވައިލަމުން، ތިރިއަށް ބަލައިލި ވަގުތު ފެނުނު މަންޒަރަކުން ޔަލީންގެ ދެލޮލަށް ވަގުތުން ކަރުނަތައް ބަރާވިއެވެ. އެ ދޮގު އެސްފިޔަތައް ޖަހައިލުމާއި އެކު، އެ ކަރުނަތައް އެސްފިޔަތައް ފޫއަޅުވައިލާފައި ކޯތާފަތް ތެންމާލައިފިއެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

ޝަކުވާ-2

Next

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…72

Next
March 13, 2025

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…72

Previews
March 13, 2025

ޝަކުވާ-2

48 Comments!

  1. baby girl 🙈 says:
    March 13, 2025 at 12:10 pm

    omg when next??
    can’t wait!
    lyssssm ❤️

    1. Nayaa Nayaa says:
      March 13, 2025 at 12:55 pm

      next part miadhu submit kohlaanan
      lym ❤️

  2. Nadhoo says:
    March 13, 2025 at 12:20 pm

    Alhey haadha curious kohlaafa ey thi nimaali anehkaa aara ei zaul mom ge kujje noon baa…. Noon ehen nahadhahchey

    1. Nayaa Nayaa says:
      March 13, 2025 at 12:55 pm

      Hehe let’s see dhen

  3. Gurll says:
    March 13, 2025 at 12:24 pm

    Awww so cute .yail and az ves yeleen and shayaam vx hama best the part was also amazing when next?

    1. Nayaa Nayaa says:
      March 13, 2025 at 12:56 pm

      Thank you ❤️

  4. Yaiii says:
    March 13, 2025 at 12:47 pm

    Omg did shayaam propose her, that’s lovely, like his harukashikan
    Make azz fall for yail soon
    I g aara is not their daughter still dont let her drift,think it as a chance for them to forget the distractions

    1. Nayaa Nayaa says:
      March 13, 2025 at 12:57 pm

      Thank you ❤️
      Hehe let’s see vaa goiy dho dhen

  5. Mar Yam says:
    March 13, 2025 at 1:54 pm

    Dhn nayu Haadha curious kollaafa ey thi nimmaalyy 😭
    Whens next? Avahah up kolladheeba
    Cant wait hama
    Lysm nayuu ❤️ ❤️

    1. Nayaa Nayaa says:
      March 13, 2025 at 7:02 pm

      next part dhenme submit kohlaifin
      lym <333

  6. UNKNOWN GURLL says:
    March 13, 2025 at 2:07 pm

    OMG!! Woww mi part ves vrh vrh reethi
    Btw I think shayaam proposed her wow
    I think aaraa is adopted oh noo!!!!
    Lysm

    1. Nayaa Nayaa says:
      March 13, 2025 at 7:03 pm

      thank you dear <3
      hehe lets see dhww
      lym <3

  7. gurrrrl says:
    March 13, 2025 at 2:36 pm

    vrh reethi mi part ves next part

    1. Nayaa Nayaa says:
      March 13, 2025 at 7:04 pm

      thank you <3
      dhenme submit kohlaifin

  8. Naberr🤍 says:
    March 13, 2025 at 3:32 pm

    OH MY GOD naayu love aadha curious kohlafa eyy dhw thi nihmaaly
    Roadha veehlan ehchehi ready kuram ulhefa vhk upload vikan eguneerah mi kiyaaliy vhk hama 100 in 100 shayaam dhw ulhwy goiy vrh curious
    When is next part frnduu
    Can’t wait inge ILYSM 💗💗
    Back to badhige ah midhani🤣😭vhk upload vaarah hama kiyaalaanan IA

    1. Nayaa Nayaa says:
      March 13, 2025 at 7:05 pm

      aww tysm <3
      alhey haadha busy koh ulhemunney dhw thi story kiyaalanii.. ehenveema hama vrh ufaa vejje
      next part dhenme submit kohlaifin
      ilym <333

  9. Leen says:
    March 13, 2025 at 3:47 pm

    Alhey mi part vx varah varah reethi… maasha Allah ❤️
    Naayaa kn rasheii thr?? & how older you????
    Hama ahaalee…
    Can’t wait for next……
    Tc

    1. Nayaa Nayaa says:
      March 13, 2025 at 7:07 pm

      thank you leen <333
      rah ihah secret eh gothuga baavvaany dhww..hehe..im gonna be 18 this year
      hehe its cool <3

  10. Azz says:
    March 13, 2025 at 4:35 pm

    Omg 😳 Nayuu, Vrh curious kollaafa thi nimmaali. Yail is sooo cute, He’s so my type. This is my first comment on a story in esfiya, but I read stories on this site, and the two people who can make me cry after reading there story is “Nayu and Annora” you both are fantastic writers.
    Can’t wait for next part.
    Lysm<33

    1. Nayaa Nayaa says:
      March 13, 2025 at 7:08 pm

      thank youu azz <33
      hehe yail aky hama hurihaa kudhinge ves ideal type ey dhww.. but too bad yail is already married to azz hehe.. mee anekkaa e azz tha? hehe
      aww alheyy hehe
      yesss annora is a really talented writer too masha allah <3
      lym <333

  11. ... says:
    March 13, 2025 at 4:40 pm

    OMG.. DID HE PROPOSED TO HER??..✨️ SO CURIOUS!… ANYWAY MI PART VX HAMA VVV REETHI MASHA’ALLAH… KEEP IT UP..✨️.. WAITING FOR THE NEXT PART!!

    1. Nayaa Nayaa says:
      March 13, 2025 at 7:09 pm

      maybe he diddd!! lets wait and see next part ga dhww..hehe
      thank youu <33

  12. Aalerrr says:
    March 13, 2025 at 5:33 pm

    Masha Allah mi part vx vrh reethi ❤️
    When’s next part??
    Curiously waiting for the next part 🙂
    Keep it up 👏

    1. Nayaa Nayaa says:
      March 13, 2025 at 7:09 pm

      thank you aalaa <333
      next part dhenme submit kohlaifin

  13. Anonymous says:
    March 13, 2025 at 6:51 pm

    Ma Sha Allah mi part vx v reethi 😍 haadha curious kohllaafa eyh thi nimmaalee 😅 finallyy shayaam yaleen ah propose kuran dhw e ulhenee 🤭🤭 waiting for the next part ♥️

    1. Nayaa Nayaa says:
      March 13, 2025 at 7:10 pm

      thank youuu dear <333
      hehe lets see dhw

  14. na.ell says:
    March 13, 2025 at 7:10 pm

    Masha allah mi part ves vrh reethi … Ekm thi nimmaaly viyya ehaa kiyaa hithun indha … can’t wait for the next part … Shayaam AA yaleen AA gulhen dhw eulheny alheyyyyy 😍♥️ keep up the good work nayaaa sisss♥️

    1. Nayaa Nayaa says:
      March 13, 2025 at 8:53 pm

      thank youu dear ❤️
      Hehe dhen konme feshumakah nimumeh onnaane dhwww
      next part dhenme submit kohlifin ❤️

  15. Maash Maash says:
    March 13, 2025 at 10:58 pm

    Heyy nayaa..
    Mi part vx vrh reethi masha allah.. I’m really curious about Aara’s secret.. Zaul ah vx eythi kanneyge inguny e.. Yail ulhey goii dhwww.. Sooo cutee… Every girl need a yail in thier life for sure😭😭.. And shayams jealousy is funny ehenve ey bunany veheythaa fennagaashey dhww nayaaa.. Yaleen shayaam aa ulhun iru shayaam ah enguny dhuru kuran viyya.. Shayaam thalhuvaane varakah thalhuvaafa yaleen aa gulhuvaathi lol..😭😭.. Waiting for next part.. Lyssm darling

  16. Ishu says:
    March 13, 2025 at 11:21 pm

    Maasha allah mi part ves varah varah reethi
    I think shayaam yaleen ah propose kurykanne🤔
    I’m sooo curious to knowwwww
    Mi story haadha reehchey
    Keep up the gud work nayaa siss
    Waiting for the next part………………

    1. Nayaa Nayaa says:
      March 14, 2025 at 12:00 am

      Thank you ishuu❤️
      Hehe dhen let’s wait for the next part to know dhwww..submit kohlaifin miadhu mendhuru

  17. Tabassum says:
    March 13, 2025 at 11:43 pm

    Vaahaka dhaa gothaun hama kulli kulli ah hiivanii yail ah kameh vaan ulhey hn.. cyc dhuvvaali ey buniima hiivi accident eh vaan ulhun hn. Dhn hiivanii kommes thaneh falhaafa ehkkala jalah lii kujja Annan ulhey hn..
    Alhey plx dont tell me zaul n aara ee siblings ey… Nooni may b i think aaroo ee Shayam family kujjeh hn… Ekm neinge hehe

  18. Nayaa Nayaa says:
    March 14, 2025 at 1:04 am

    In reply to @Tabassum’s pending comment

    Hehe thikahka twist eh ves hama aisdhaane dheythere akun who knows dhww
    Dhen aaroo ge secret balaalan hingaa dho next part ah wait kohlamaa ❤️

  19. Nayaa Nayaa says:
    March 14, 2025 at 1:06 am

    In reply to @Maash’s pending comment

    Thank youu Maash loveee!! ❤️
    Hehe asluves every girl needs a yail hama..he’s soo loabi dhwww
    Aaraa ge secret dhen ingeynee hama kuriyah huri baithab kiyaaleema
    Aan dhen shayaam ah yes bunuvan vaany kudakoh thalhuvaalaafa ennu dhwww..hehe
    Lym nd moreee ❤️❤️❤️

  20. Anonymous says:
    March 14, 2025 at 10:51 am

    When next part

    1. Nayaa Nayaa says:
      March 14, 2025 at 11:57 am

      Iyye submit kohlaifin..admin uploads kohdhinhaa avahakah kiyaalan libeyne

  21. Cutie girl says:
    March 14, 2025 at 12:19 pm

    Mi part ves v reethi masha Allah Allah
    Curiously waiting for next part
    Keep it up
    Anehkaa zaul and kon hageegatheh baa e iguni
    Yail and azal dhuru nukurachey
    Aaroo and zaul ves
    Shayaam and yaleen ves gulhuvachey
    They all are made for each other
    I appreciate your hard work
    Tc ❤️😘
    Thihaa busy koh ulhemen ves vaahaka kiyaalan libeythee v ufaavey
    Ly naayoo ❤️😚

  22. Anonymous says:
    March 14, 2025 at 1:35 pm

    When’s next part

    1. Anonymous says:
      March 14, 2025 at 1:37 pm

      yess whenn next?

  23. You says:
    March 14, 2025 at 1:50 pm

    Amin plsss next part laadheeba

  24. Gurll says:
    March 14, 2025 at 2:10 pm

    plss up kodheba avahah ekm ehnn vaahakaeh ebainn up kohffa dhnnme aku

  25. bulbul says:
    March 14, 2025 at 2:12 pm

    plss

    1. a gurll says:
      March 14, 2025 at 2:13 pm

      yhh

  26. Nayaa Nayaa says:
    March 14, 2025 at 2:42 pm

    hey everyone i have submitted the 26th part YESTERDAY.. so dhen hama admin team upload kohdhinhaa avaheh othy.. I did my part 🫶🏽

  27. 🦭 says:
    March 14, 2025 at 3:37 pm

    Alheyyy kn irakun tha next part … Hama keh nukurevigen miulheny ebai kiyaafa hithun

    1. Anonymous says:
      March 14, 2025 at 4:03 pm

      Yes when next

    2. Nayaa Nayaa says:
      March 14, 2025 at 6:12 pm

      admin team upload kohdhineema libeynee kiyaalan.. alhugandu iyye submit kohlaifin 😊

  28. 🧕🏼🧕🏼🧕🏼 says:
    March 14, 2025 at 7:54 pm

    Maashaa Allah mi part vx varah varah reethi…
    Kiyaahithun hureveneekee noon…
    Alhey esfiya admin next avahah upload koh dhyba…..
    Please…..

Comments are closed.

Next Episodeތިޔަ ލޯތްބަށް އެދެވޭތީ… 26←


All Right Reserved!