އަފާންއާއި މިލާންގެ އެދުމަށް އަޒަލްއާއި ޔައިލް ގެއަށް ދާން ނިންމީ އެހެން އެންމެނަށް ވުރެ ތަންކޮޅެއް ކުރިންނެވެ. ޕާޓީގައި ގިނަ ވަގުތު ކޮޅަށް ތިބުމުގެ ސަބަބުން އަޒަލްއާއި ޔައިލް ވެސް ތިބީ ވަރުބަލި ވެފައެވެ. އަޒަލްގެ ހާލު އަދި ޔައިލްއަށް ވުރެ ދެރައެވެ. އަރާފައި ހުރި ބޫޓަކުން ފައިތިލައިގައި ރިއްސަމުން ދިޔައީ އިންތިހާއަށެވެ. ގެއާ ހަމައަށް ދެވެންދެން ވެސް ކާރުތެރޭގައިވީ ހިމޭން ކަމެވެ. އަޒަލް ހަނުއިނީ ޔައިލް އިސްވެ އެއްޗެކޭ ބުނޭތޯއެވެ. ނަމަވެސް ކާރު ދުއްވަން އިން […]
“އަހަންނަށް ބުނެވުނު އެންމެ އިޝްގީކޮށް ބުނެވޭތޯ އަހަރެން ބަލާނަން.. އަޒަލް.. އަހަންނަށް ދެން އަޒަލްއާ ނުލާ ނޫޅެވޭނެ.. އަހަރެންގެ އަމިއްލަ ފުރާނައަށް ވުރެ ވެސް ބޮޑަށް އަހަންނަށް އަޒަލް މުހިއްމު.. ދުވަހަކުވެސް އަޒަލްގެ ހިތުގަ ނުޖައްސާނަމޭ، އަޒަލްގެ ނުރޮއްވާނަމެކޭ އަހަރެން ނުބުނާނަން.. އެއީ ކައިވެންޏެއް ކޮށްގެން އުޅެންޏާ މައްސަލަ ވެސް ޖެހޭނެ.. އަހަންނަށް ވެސް ކުށެއް ކުރެވިދާނެ.. ގޯހެއް ހެދިދާނެ.. އެކަމަކު އަހަރެން ބުނެލަން ބޭނުން ވަނީ އަޒަލް އުފަލުގަ ބަހައްޓަން، އަޒަލްގެ ހިތުގަ ނުޖައްސަވޭތޯ ބަލަން […]
“ޔަގީނެއްނު.. އަޒް ވިއްޔަ.. ޒަހަރު ދިނަސް އަހަރެން އަޒްގެ އަތުން އެއްވެސް ޝަކުވާއަކާ ނުލައި ކައިފާނަން..” ހިތްތައް ފިދާވާ ވަރުގެ ހިތްގައިމު ހިނިތުންވުމަކާ އެކު ޔައިލް ބުނެލި އިރު، އަޒަލްއަށް ވެސް ހިނިތުން ވެވުނީ ޒަވާޖީ ހަޔާތެއް ފެށެން މި އުޅެނީ ހަމަ އެންމެ އެކަށީގެންވާ މީހާއާ އެކުގައިކަން އެ ހިތަށް ޔަގީން ވުމުންނެވެ. ޔައިލްއާއި އެކުގައި ހުންނަ އިރު ލިބޭ ހިތްހަމަޖެހުމާއި އުފާވެރި ކަމުގެ ސަބަބުން، މިހާރު ވެސް އެ ހިތަށް އެނގުންވާން ފަށައިފިއެވެ. ފިރިއެއްގެ […]
“އަސްލު ވަރަށް އަވަހަށް މަންމަމެން ގާތު ބުނަން ތިބީ.. އެކަމް ނުކެރުނީ.. އަޅުގަނޑުމެން ވެސް ބޭނުމީ ވީ އެންމެ އަވަހަކަށް ކައިވެނި ކުރަން.. ދޯ ޔައިލް..؟” އަޒަލް ދޯ އެއްލުމުން ވެސް، ލިބުނު ސިހުމުގައި ބުނާނެ އެއްޗެއް ނޭނގިފައި އިން ޔައިލް އިން ގޮތަށް އިނީއެވެ. ޔައިލް އެއްޗެކޭ ނުބުނެ އިނުމުނން އަޒަލް މޭޒުދަށުން ޔައިލްގެ އަތުގައި ހިފައި ބާރުކޮށްލީ، އެއްބަސްވާށޭ ބުާ ފަދައަކުންނެވެ. އެއާއެކު ހަދާނެ އިތުރު ގޮތެއް ނުވިސްނިފައި އިން ޔައިލް، އަޒަލްގެ އިރުޝާދުތަކަށް […]
“އަސްލު ހުރިހާ ޝުކުރެއް ޔައިލްއަށް.. އަހަރެން އެންމެ ބަލިކަށިވީ ދުވަސްކޮޅު ޔައިލް އަހަރެންގެ ގާތުގަ ނެތް ނަމަ އަހަންނަށް މިއިން އެއްވެސް ކަމެއް ކުރާނެ ހިތްވަރެއް ނުލިބުނީސް.. ތެންކްސް ޔައިލް.. އަބަދުވެސް އަހަރެންގެ ކޮންމެ ކަމެއްގަ އަހަންނަށް ތިހާ ސަޕޯރޓިވް ވާތީ އަހަރެން ވަރަށް އުފާވޭ.. ތިކަހަލަ އެކުވެރިއެއް އަހަރެން ކޮންތާކުން ދެން ހޯދާނީ..؟” ޔައިލްގެ ގައިގައި ބައްދައިލަމުން އަޒަލް ބުނެލިއެވެ. އެކުވެރިއެއްގެ ގޮތުގައި އަޒަލް އޭނަ ލޭބަލް ކުރީތީ މިފަހަރުވެސް އެ ހިތަށް ތަދުވިއެވެ. ހަޔާތުގެ […]
“ޔަލީން ޖެއްސި ކަހަލަ ސްޓަންޓެއް ޝަޔާމް ވެސް ޖައްސާ.. އޭނަގެ ފަހަތުން ދުވެގެން ވިޔަސް ލޯބި ހޯދާ.. ދެން ނުބުނާތި މަށަކަށް ނުކެރޭނެޔޭ.. ލޯބި ހޯދޭނީ ކެރިގެން ކުރިމަތި ލައިގެން.. މަސައްކަތް ވެސް ކޮށްގެން.. ކަލޭގެ މޮޔަ ކަމުން އެއް ފަހަރު ނަސީބު އަތުގަ ހިފާފަ އޮއްވާ ވެސް ދޫކޮށްލީ.. ދެވަނަ ފަހަރަށް އެކަހަލަ ޅަ އެއްޗެއް ނާޅާތި.. ދެންވެސް މަ މި ބުނި ގޮތަށް ކަންތައް ކުރޭ..” ނަވީން އެހެން ބުނުމަށް ފަހު، ޝަޔާމަށް އެއްވެސް […]
“އިހަށް ޕްރޮފެޝަނަލް ގޮތްގަނޑު ދޫކޮށްލަން އަހަރެން ބޭނުމީ.. އަހަރެން ލިއުޝާ މިތަނަށް މި ގެނައީ ތަންކޮޅެއް ޕަރސަނަލް ވާހަކައެއް ދައްކަން ވެގެން. އަހަރެމެންނަށް ދެ އެކުވެރިން ގޮތަށް ވާހަކަ ދެއްކިދާނެތަ..؟” އަޒަލް އަހައިލުމާއެކު ލިއުޝާ ހިތްހެޔޮ ހިނިތުންވުމަކާ އެކީ ބޯ ޖަހައިލިއެވެ. އެއާއެކު އަޒަލް ފުންކޮށް ދެތިން ނޭވާ ދޫކޮށްލީ އަމިއްލަ ނަފްސު ތައްޔާރު ކޮށްލުމަށެވެ. ދައްކަން އުޅޭ ވާހަކަ ފަށާނެ ގޮތެއް ނޭނގުމުން އަޒަލް އެންމެ ފަހުން އޭނާގެ ފޯނު ނަގާފައި، ގެލަރީ ހާވައިލީ ރިއާންއާއި […]
ޔަލީން ލޮލުކޮޅަށް ގޮސް އޮބައިލުމުން ޝަޔާމަށް އަމިއްލަ ނަފްސަށް އިވޭ ވަރަށް ދެތިން ހުތުރުބަސް އަނގައިން ބޭރުކޮށްލެވުނީ ޚުދު އޭނާއަށް ވެސް އޭނާއަށް ވަމުންދާ ގޮތްތައް ދެނެގަންނަން ނޭނގޭތީއެވެ. ކުރިން ޔަލީންގެ ކިބައިން ސަލާމަތް ނުވެވިގެން އުޅޭ އިރު، މިއަދު ޔަލީނަށް ކަމެއް ވެދާނެތީ އެ ހިތް ބިރުގަތީ އިންތިހާއަށެވެ. ކުރިން ޔަލީންގެ އަޑު އިވުނަސް ފޫހިވާ އިރު، މިއަދު ޔަލީން ވާހަކަ ނުދެއްކުމުން އެ ހިތަށް ތަދުވެއްޖެއެވެ. އޭނާއަށްޓަކައި އެ އަންހެން ކުއްޖާގެ ހިތުގައިވާ މައުސޫމުކަމާއި […]
ލޯގަނޑު ކުރިމަތީގައި ހުރި އާރާ ފަހު ފަހަރަށް އޭނާގެ ސޫރައަށް ބަލައިލިއެވެ. މަޑު ފިޔާތޮށި ކުލައެއްގެ ލިޕްސްޓިކަކުން ތުންފަތް ފަވައިލުން ފިޔަވައި، މޫނުގައި އެއްވެސް މޭކަޕެއް ކޮށްފައި ނެތް ނަމަވެސް އާރާގެ ރީތިކަމަށް އެއްވެސް އުނިކަމެއް ނާދެއެވެ. އަބަދުވެސް ވޫލްކޮޅަކުން ހައްޔަރު ކޮށްލާފައި އޮންނަ ފަން ދިގު އިސްތަށިގަނޑު މިނިވަންކަމާ އެކު ދޫކޮށްލާފައި އޮތް އިރު، އާރާގެ ރީތިކަން ދެގުނަ ވެފައި ވާހެން ހީވެއެވެ. “ޔޫ ގޮޓް ދިސް އާރާ..” ލޯގަނޑު ކުރިމަތީ ހުއްޓި ހުރެ އަމިއްލަ […]