**ހަތަރު އަހަރު ފަސް** ގޭތެރޭގައި ދުވަމުން ދިޔަ ހަތަރު އަހަރުގެ ކުޑަކުޑަ ޔަޒާލް އާއި ޔަޒާގެ ސަކަރާތުގެ އަޑު ހިނދުކޮޅަކަށް ވެސް ކެނޑިގެން ނުދެއެވެ. އެ ދެކުދީންގެ ފަހަތުން ދުވަމުން ދިޔަ އަޒަލް ހުރީ، ވަރުބަލިވެގެން ގޮސް ނޭވާ ހުސްވެފައިވާ ވަރު ވެފައެވެ. “ޒާލުު.. ޔަޒޫ.. ދެން ދެކުދިން އަވަހަށް އާދެބަ ތިއްތިވާން.. މިހާރު ޕާޓީއަށް ދާ ގަޑި ޖެހެނީއޭ..” ވަރުބަލިވެފައިވާ ޙާލު އަޒަލް އަރިކަށީގައި އަތް ވިއްދައިލަމުން ބުނެލިއެވެ. އެއާއެކު ޔަޒާލް ދުވެފައި އައިސް އަޒަލްގެ […]
ބޭރަށް ނުކުތް އަޒަލް ފެންކަޅިވެފައިވާ ދެލޮލުން ފަހަރަކު މީހެއްގެ މޫނަށް ބަލައިލީ ޖަވާބު ދޭށޭ ބުނާ ފަދަ ގޮތަކަށެވެ. އޭރު އެ އެންމެންގެ މޫނުމަތީގައި ވެސް ހިތާމައިގެ ސާލެއް އޮޅިފައިވީ އިރު، އަޒަލްއަށް ދޭނެ ޖަވާބެއް އެއިން އެކެއްގެ ދުލުގައި ވެސް ނެތީ ކަންނޭނގެއެވެ. “ދަރިފުޅާ އަޒް.. ހިތްވަރު ކުރަން ވާނެ.. ދަރިފުޅު ހިތްވަރެއް ކޮށްގެން މިކަމަށް ހައްލެއް ހޯދޭނީ ވެސް..” ކަށީގައި ނެތް ހިތްވަރު ލައިގެން އިސްނެގީ ޒާރާއެވެ. “މަންމަ މިއަދު ހެނދުނު ގުޅާފަ ވެސް […]
ޔައިލް ބަލައިލުމާއެކު ބެލްކަނީގައި ހުރި އަޒަލް ލަދުރަކި ހިނިތުންވުމަކާ އެކު ޔައިލްއަށް ހަނާއަޅައިލިއެވެ. ބަދަލުގައި ޔައިލް ވެސް ހިތްގައިމު ހިނިތުންވުމަކާއި އެކު އަޒަލްއަށް “ފްލައިން ކިސް” އެއް ފޮނުވައިލުމުން، އެންމެ ފުރަތަމަ ދުވަހެކޭ އެއްފަދައިން މިއަދު ވެސް އަޒަލް ލަދުން ވިރުނު ފަދައެވެ. އަޒަލްއަށް ވީ ގޮތުން ހިނި އައިސްފައި ހުރި ޔައިލް ދެފަރާތަށް ބޯހޫރުވައިލަމުން، ސައިކަލު ދުއްވައިލިއެވެ. ޔައިލް ދިޔަ މަންޒަރު ބަލަން ހުރި އަޒަލް ވެސް ހީލާފައި ދެފަރާތަށް ބޯހޫރުވައިލަމުން، ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. […]
ޝަޔާމް ދިޔުމާއި އެކު، އެންމެން އަނެއްކާވެސް ސިޓިންރޫމަށް ނުކުތެވެ. ޝަޔާމް ފެންނަން ނެތުމުން އެންމެން ވެސް ތިބީ އެދެމެދުގައި ދެކެވުނު ވާހަކަތައް އެނގެން ބޭނުން ވެފައެވެ. އަނެއްކާ ޝަޔާމް އެ ދިޔައީ އިތުރު މައްސަލައެއް ޖެހިގެން ބާވައޭ ވެސް އެމީހުންގެ ހިތަށް އެރިއެވެ. “ޝަޔާމް އަހަރެމެން ކިބައިން އެދުނީ ޝިޔަލްއަށް މަޢާފު ކޮށްދިނުމަށް.. އެއީ ބައްޕަގެ ފުރާނައަށް ދާއިމީ ހަމަޖެހުން ލިބެން ޝަޔާމް ބޭނުންވީތީ.. އެއްވެސް މީހެއްގެ މަޢާފަށް ދަރަނިވެރިވެގެން ސުވަރުގޭގެ ނިޢުމަތުން މަހުރޫމުވާ ފަރާތަކަށް ޝިޔަލް […]
“އާރޫ މިގެއަށް އައިސް ޔަލް ގެންދިޔައީ.. އަފާން ދެންމެ އަހަންނަށް ގުޅާފަ ބުނީ.. މަށަށް ޔަގީން މި ޚަބަރު ލިބޭ އިރަށް ޔައިލްއާ އަޒް ވެސް ދާނެކަން..” މިލާން ހީވީ ޔައިނާގެ ހިތުގައި އޮތް ސުވާލު އެނގިގެން ޖަވާބު ދިންހެންނެވެ. “އަހަރެން ވެސް ބޭނުން ދާން..” ހިނދުކޮޅެއްގެ ހިމޭން ކަމަކަށް ފަހު ޔައިނާ ބުނެލުމުން މިލާންއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ޝިޔަލްގެ މޫނު ދެކެން ވެސް ޔައިނާ ބޭނުން ނުވާނެޔޭ އޭނާ ހީކުރުމަށް ފަހު، ކަންތައް ވަމުން މި […]
އެވަގުތު ކައިރިން މީހަކު ޒާރާގެ ނަމުން ގޮވައިލި އަޑަށް ފަހަތް ބަލައިލެވުނު އިރު، އަފާން ހިނގާފައި އަންނަ ތަން ފެނުމާއި އެކު، ޒާރާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ޝަޔާމްއަށް ނަޒަރެއް ދެމުން އަފާން ވީ ގޮތް އަހައިލުމާއި އެކު، ޒާރާ ގޮނޑިން ތެދުވެފައި، އަފާން ގޮވައިގެން ދިޔައީ ތަންކޮޅެއް ދުރަށެވެ. ވީ ހުރިހައި ކަމެއް ޒާރާ އަފާންއަށް ކިޔައިދިނުމުން، ޝަޔާމްގެ ހާލަތާއި މެދުގައި އަފާން ވެސް ދެރަވިއެވެ. “އަހަންނަކަށް ނޭނގެ އެ ކުއްޖާ ހިތްހަމަޖައްސައިދޭން ބުނާނެ އެއްޗެއް […]
“ޝަޔާމްއަށް ވެސް ޝަޔާމްގެ ބައްޕަގެ އަނދިރި މާޒީ އެނގުނީ އެމީހުން މިގެއަށް އައި ރޭ.. އެރޭ އޭނާގެ ބައްޕަ އޭނާއަށް ހުރިހާ ކަމެއް ކިޔައިދިނީ.. ޝަޔާމްގެ ބައްޕަ އަކީ އަހަރެންގެ މަންމައާ ބައްޕަގެ އެހައި ބޮޑު ކުށްވެރިއަކަށް ވުމަކީ، ޝަޔާމްއަށް އަހަރެމެންގެ އާއިލާގެ ހިއްސާދާރަކަށް ނުވެވޭނޭ ސަބަބެއް ކަމުގައި ބުނީ ވެސް ޚުދު ޝަޔާމް.. ޝަޔާމް އަހަރެން ގާތު ބުނި ބައްޕަ އެކަހަލަ ކަމެއް ކޮށްފައި އޮވެދާނެ ކަމަށް ހީކުރެވިފައި ވެސް ނެތް ކަމަށް.. އެކަމަކު ޝަޔާމްގެ […]
“މިލާން އުޅޭތަ..؟” ޝިޔަލްގެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގިފައި އަޒަލް ހުއްޓައި، ފަހަތުން މިލާންގެ އަޑު އިވުމުން ދެމީހުންނަށް އެއްފަހަރާ އެދިމާއަށް ބަލައިލެވުނެވެ. “ދަރިފުޅާ އަޒް.. ކާކު-” މިލާންގެ ޖުމުލަ މެދުކެނޑުނީ ކުރިމަތީގައި ހުރި ޝިޔަލް ފެނިފައެވެ. ވަގުތުން މިލާންގެ ދެބުމަ ގޮށް ޖެހިގެން ދިޔަ އިރު، އަތް މުއްކެވިގެން ދިޔައެވެ. މިލާން ރުޅި އައިކން އެނގުމާއި އެކު އަޒަލް ވެސް ބިރުން ހުރެފައި، ދޮރު ކުރިމަތިން އެއްފަރާތް ވެލިއެވެ. އެއާއެކު ޝިޔަލްގެ ނަޒަރާ ބައްދަލު ވެގެން […]
އެނދާ ހަމައަށް ގޮސްފައި ޔައިލް އަޒަލް އެނދުމަތީގައި ބާއްވައިލިއެވެ. އެއަށްފަހު އަޒަލްއާ ދިމާއަށް ގުދުވެލަމުން ޔައިލް އެ މޫނަށް ފުންކޮށް ނަޒަރު ހިންގައިލިއެވެ. ޝަބްނަމްގެ ތިކިތައް ފަދަ ވާރޭގެ ފެންތިކިތައް ވިދައި ބަބުޅަމުން ދިޔަ އެ މޫނުގެ އެތަން މިތަނުގައި ޔައިލް ބޮސްދޭން ފެށީ ދީވާނާއެއް ފަދައިންނެވެ. ޔައިލްގެ ކޮންމެ ޢަމަލެއްގައި ފުރިހަމައަށް ބައިވެރި ވަމުން ދިޔަ އަޒަލް ދެލޯ މަރައިލަމުން، ޔައިލްގެ އިސްތަށިގަނޑުގެ ތެރެއަށް އަތްތިލަ މަހައިލިއެވެ. ޔައިލްގެ ކޮންމެ ޢަމަލަކުން ދައްކުވައިދެމުން ދިޔައީ އޭނާ […]