Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ ލޯތްބަށް އެދެވޭތީ… 27

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
March 16, 2025 8 Mins Read
48 Comments

އިރުކޮޅެއް ފަހުން ތަންކޮޅެއް ހަމަޖެހުމާއި އެކު އަޒަލް ޔައިލްއާއި ދުރުވެލިއެވެ. ދެއަތުން މޫނު ފުހެލާފައި، ދެއަތް ދެއަތާ އުނގުޅައިލި އަޒަލްގެ މޫނަށް ޔައިލްގެ ނަޒަރު ހުއްޓުނެވެ. ޔައިލްގެ ތޫނު ނަޒަރު އޭނާއަށް ހުއްޓިފައިވާކަން އެނގުމުން އަޒަލްއަސް އިސްޖަހައިލެވުނީ ގަތް ލަދުންނެވެ. އެއާއެކު ޔައިލްގެ ނަޒަރު ދަތުރު ކުރީ ގަދަ ފިޔާތޮށި ކުލައިގެ ލިޕްގްލޮސް އަކުން ފަވައިލެވިފައިވީ އަޒަލްގެ ތުންފަތަށެވެ. ވަގުތުން ޔައިލްގެ ދެލޮލުގައިވީ ވިދުވަރު ބަދަލުވެލުމާއި އެކު، އެ ހިތުގެ އެދުމަށް އިޖާބަ ދިނުމަށް ހިތް ގޮވައިލިއެވެ. އިތުރަށް ކެތް ކުރަން އުނދަގޫ ވުމުން ޔައިލް އިހުނަށްވުރެވެސް ބޮޑަށް އަޒަލްއާއި ކައިރިވެލާފައި، ޝަހާދަތް އިނގިލިން އަޒަލްގެ ދަތްދޮޅީގައި ހިފައި، އޭނާއާ ހަތަރުކަޅި ހަމަކުރުވިއެވެ. އެއާއެކު އަޒަލްގެ ތުންފަތް ތުރުތުރު އަޅައިި މަންޒަރު ފެނި، ޔައިލްއަށް އަމިއްލަ ތުންފަތުގައި ދަތް އަޅައިލެވުނެވެ.

ލަސްލަހުން ޔައިލް އޭނާގެ މޫނު އަޒަލްގެ މޫނާ ކައިރިކޮށްލާފައި، އެ ހިތުގެ އެދުން ފުރިހަމަކޮށްލުމާއި އެކު، އަޒަލްގެ ދެލޯ ބޮޑުވިއެވެ. އެހެނަސް ނޭނގޭ ބާރަކުން ކުރުވި ފުން އިހުސާސަކުން، އަޒަލްއަށް ޔައިލްގެ އެދުމާ ދެކޮޅު ހަދާނެ ހިތްވަރެއް ނުކުރެވުނެވެ. ބަދަލުގައި އަޒަލް ވެސް ޔައިލްގެ އެ ހަރަކާތުގައި ފުރިހަމައަށް ބައިވެރިވީ އިރު، ޔައިލްގެ މޭމަތިން އެ ގަމީސް ވަނީ އަޒަލްގެ ދެއަތަށް ބޮނޑިކޮށްލެވިފައެވެ. އެ ވަގުތުކޮޅުގެ އުފަލާއި ފޮނިމީރުކަން އެންމެ ފުރިހަމައަށް ދެ ހިތަށް ވެސް އިހުސާސް ކުރެވެމުން ދިޔަ އިރު، އެ ވަގުތުކޮޅަށް ނިމުމެއް ނާދޭތޯ ދެމީހުންނަށް ވެސް ދުއާ ކޮށްލެވުނެވެ.

އިރުކޮޅެއްގެ ފަހުން އެކަކު އަނެކަކާ ދުރުވެލި ދެމީހުންގެ ނޭވާ ވެސް ވަނީ އަވަސްވެފައެވެ. އަވަސްވެފައިވީ ނޭވާ ހަމައަކަށް އަޅުވައިލަމުން، ޔައިލް އޭނާގެ ނިތްކުރި އަޒަލްގެ ނިތްކުރީގައި ޖައްސައިލިއެވެ.

“އައި ލަވް ޔޫ އަޒް..” ދެލޯ މަރައިލަމުން ޔައިލް ބުނެލީ ވައި އަޑުންނެވެ. ހީވީ ވައިރޯޅިއަށް ވެސް އެ ހިތުގައިވީ އެއްޗެއް އެނގެން ޔައިލް ބޭނުން ނުވާ ހެންނެވެ.

ޔައިލް ބުނެލި ވާހަކައަށް ދޭނެ ރައްދެއް ނޭނގިފައި، އަޒަލް އަނެއްކާވެސް އެ މޭތެރޭގައި ބޮނޑިވެލީއެވެ. ޔައިލް ގާތުގައި ހުންނަ އިރު އޭނާއަށް އެ އިހުސާސް ކުރެވޭ ގާތްކަމާއި ރައްކާތެރިކަން އޭނާ ސިފަކޮށްދޭނީ ކިހިނަކުން ހެއްޔެވެ؟ ޔައިލްގެ ސަބަބުން އެ ހިތުގައިވާ ހުރިހާ އުދާސްތަކެއް އެއްފަހަރާ ނެތިދެޔޭ އޭނާ ބުނާނީ ކޮން ދުލަކުން ހެއްޔެވެ؟ ކައިވެނި ކޮށްގެން އެވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައިވެސް ޔައިލް އެ ހިތުން ޖާގައެއް އަތުލައިފިއެވެ. އޭނާ ޔައިލްއާ ގަޔާވެއެވެ. ވަރަށް ގަޔާވެއެވެ. ޔައިލްއާ މެދުގައި އެކުވެރިއަކަށް ބޮޑަށް ދެކެވެން ފަށައިފިއެވެ. އެ ހިތުން ފިރިއެއްގެ ޖާގަ ކުޑަކޮށް ނަމަވެސް ދެވެން ފަށައިފިއެވެ. އެހެންނޫން ނަމަ އެހާ ފަސޭހައިން އަމިއްލަ ނަފްސު ޔައިލްއަށް ހަދިޔާ ނުކުރެވުނީހެވެ. އެހެނަސް މާޒީގައި ކަންތައް ވެދިޔަ ގޮތުން ލޯތްބޭ އެ ކިޔައި ޖަޒުބާތަށް ދެވަނަ ފުރުސަތެއް ދޭން އަޒަލް ބިރުގަންނަނީއެވެ. ލޯބިވާށާ، ލޯބި ދޭން އެ ހިތް ޖެހިލުން ވަނީއެވެ.

*** ** ***

އިރު އޮއްސުނު ހިތްގައިމު ވަގުތު ޔަލީން އާއި ޝަޔާމް ތިބީ ރަސްފަންނުގައެވެ. ހިލަތަކުގެ މަތީގައި ދެމީހުން އިށީނދެލައިގެން ތިބި އިރު، ޔަލީން އިނީ ޝަޔާމްގެ ކޮނޑުގައި ބޯއަޅާލައިގެންނެވެ. ޔަލީން އެކިއެކި ވާހަކަ ދައްކަމުން ދިޔަ އިރު ޝަޔާމް އިނީ ޝައުގުވެރިކަމާއި އެކު ޔަލީން ދައްކާ ވާހަކަތައް އަޑު އަހާށެވެ.

އިރުގަނޑެއް ވާންދެން ވާހަކަ ދައްކަދައްކާފައި ޔަލީން ޝަޔާމްއާ ދިމާއަށް ބަލައިލި އިރު، ޝަޔާމް ކަޅިވެސް ޖަހައިނުލާ ޔަލީންއަށް ބަލަހައްޓައިގެން އިނުމުން ޔަލީން ރަކިވިއެވެ. ވަގުތުން ޔަލީންގެ އަނގަ ބަންދުވި އިރު، އިސްދަށަށް ޖަހައިލި މަންޒަރު ފެނުމުން ޝަޔާމްގެ ލުއި ލުއި ހުނުމުގެ އަޑު މުޅި ތަނުގައި ގުގުމައިލިއެވެ.

“ދެން މި ޝަޔާމް ވެސް ވަރަށް ގޯސްވާނެ..” ލޯއަޅައިލަމުން ޔަލީން ޝަޔާމްގެ ގައިގައި މަޑުމަޑުން ޖަހައިލިއެވެ.

“އަހަރެން ކީއްތަ ކުރީ..؟ ރީތި އެއްޗެއްސަށް ބެލުމަކީ އިންސާނާގެ ޠަބީޢަތެއް ނޫންތަ..؟ ކުރިމަތީގަ ރިތި ހޫރުޕަރީއެއް އިން އިރު މަށަށް ވެސް ނުބަލަ ނީނދެވޭނެ ދޯ..” ލުއި ހުނުމަކާއި އެކު ޝަޔާމް ކޮށްލި ތަޢުރީފުން ޔަލީންއަށް މޫނުމަތީގައި އަތް އަޅައިލެވުނީ، ރަތްވެފައިވީ އެ މޫނު ޝަޔާމްއަށް ނުދެއްކުމަށެވެ.

“ދެން މޫނު ނުފޮރުވަބަލަ.. އަހަރެންގެ މީހަކާ ދިމާއަށް އަހަރެން ބޭނުން ވަރަކަށް ބެލުމުގެ ހައްގު އޮންނަން ވާނެ އެއްނު..” ޔަލީންގެ ދެއަތް މޫނުމަތިން ނައްޓުވައިލަމުން ޝަޔާމް ބުނުމާއި އެކު ޔަލީން އިތުރަށް ލަދުގަތުން ނޫން ކަމެއް ނުވިއެވެ.

“ޔަލް..” ފަހަތުން މީހަކު ގޮވައިލި އަޑަށް ޔަލީން ފަހަތް ބަލައިލިއެވެ. އެވަގުތު ޒައުލް އާއި އާރާ އަތުގުޅުވާލައިގެން އައިސް ޔަލީންގެ ގާތުގައި ހުއްޓުނެވެ.

“މީ ޝަޔާމްތަ..؟” އާރާ ފުރަތަމަވެސް އަހައިލީ އެހެންނެވެ. އެއާއެކު ޔަލީން އާއެކޭ ބުނުމުން ޝަޔާމް ހިނިތުންވެލިއެވެ.

“ޝަޔާމް.. މީ ޒައުލްއާ އާރާ.. ޔަލް ބުނީމެއްނު..” ޔަލީން ބުނުމާއި އެކު ޝަޔާމް ސަލާމަށް އަތްދިއްކޮށްލިއެވެ. ޒައުލް އާއި އާރާ ޝަޔާމްއާ ސަލާމް ކޮށްލަމުން ހިނިތުންވެލިއެވެ.

“ތި ދެމީހުން މިތާ ކީއްކުރަނީ..؟” އާރާ އާއި ޒައުލް ވެސް އެމީހުން ކައިރީގައި އިށީނުމުން ޔަލީން އަހައިލިއެވެ.

“އަޖައިބެއް.. ޔަލީނާ ދައިތަމެންނަށް އެކަނިތަ މިތަނަށް ޑޭޓުތަކަށް އާދެވެނީ..؟ އަހަރެމެން އައުން މަނާ..؟” ޒައުލްގެ އަނގަ ފެޅުމާއި އެކު ޔަލީން މޫނަށް ވައްތަރެއް ޖައްސައިލިއެވެ.

“އެހެންނެއް މީހަކު ނުބުނެ ދޯ..؟ ތި ކަންފަތް ދައްކަން އުޅޭށޭ ކިތައް ފަހަރު މަ ބުނެފިން މިހާރު..” ޔަލީން ވެސް ދޫކުރާކަށް ގަސްތެއް ނުކުރިއެވެ.

“އޭ ވާހަކަ ނުދައްކާ.. އަހަރުމެން ގާތު ނިމިފަ އޮތް ކަމެކޭ ކިޔާފަ ދޮގު ހަދާފަ ދެ ދުވަސް ނުވެ މިތާ މި ސޮރު ގައިގަ ތަތްވެގެން.. މަ މިހުރީ ފުރަތަމަ އާރޫ ޔަލްއޭ ބުނީމަ ނުވެސް އެނގިފަ.. އާނ އެހެންޏަ.. މީނާ ލަދުން ގޮސް އޮޅެނީ ވިއްޔަ.. އެކަމަކު ލަދެއް ހަޔާތެއް ވެސް ހުންނަ މީހެއް ނޫނޭ..” ޒައުލް އާއި ޔަލީންގެ ކޯޅުންގަނޑު އާރާ އާއި ޝަޔާމްއަށް ވީ މަޖާ ކަމަކަށެވެ.

“ދެން ދެމީހުން ނިންމާލަން ވީނު ދޯ..؟” ހިނިއައިސްފައި އިނދެ އާރާ ބުނެލީ އެދެމީހުން އެކަކު އަނެކަކު ގަޔަށް އަރަން ވެސް ފަސް ނުޖެހޭނެތީއެވެ.

“އޭ ޅިޔަނު އަބަދުވެސް ތިހާ މަޑުންތަ އިންނަނީ..؟ ނޫނީ ޔަލް ބުނީތަ އަހަރުމެންނާ ވާހަކަ ނުދައްކާށޭ..؟” ޝަޔާމް މާ މަޑުން އިނުމުން ޒައުލް އަހައިލިއެވެ.

“ނޫނޭ ދެން ޔަލް އެހެންނެއް ނުބުނާނެ އެއްނު.. އެއް އިރެއްގަވެސް އެހާ ވާހަކަ ދައްކައެއް ނޫޅެމޭ..” ޝަޔާމް ޖަވާބު ދިނީ ހިނިތުންވަމުންނެވެ.

“އެއީ ޒައުލް އެއް ނޫނޭ އަބަދު ބޭކާރު އަނގަ ތަޅާކަށް..” ޔަލީން އަނގަޔަށް ވައްތަރެއް ޖައްސައިލިއެވެ. އެއާއެކު ޒައުލް ވެސް ދޫ ނެރެލަމުން ޔަލީނަށް ރައްދެއް ދިނެވެ.

“ޔަލް ބުނީމެއްނު މިކަންތައް ނިމިއްޖެޔޭ.. އެކަމް އަހަރުން ކައިރި ނުވެސް ބުނޭ.. ބަލާބަ ގޯސްކަން..” އާރާ ޝަކުވާ ކޮށްލިއެވެ.

“އަޅޭ އަސްލުވެސް ވަރަށް އަވަހަށް ބުނަން ހުރީ.. އަދި އެންމެ ދެތިން ދުވަހޭ މިވީ..” ޔަލީން ބުނެލިއެވެ. ހަތަރު މީހުން ވެސް އެތަނުގައި ތިބެތިބެފައި، އިރު އޮއްސުމުން ކެފޭއަކަށް ވަދެ ކޮފީއެއް ބޯލަން މަޑުކޮށްލިއެވެ. އެކުގައި ހޭދަވީ ވަގުތުކޮޅުގެ ތެރޭގައި ޝަޔާމްއާއި ޒައުލް އާއި އާރާގެ މެދުގައި ވެސް އެކުވެރިކަން އުފެދުނެވެ. ވަކިން ޚާއްސަކޮށް ޝަޔާމް އާއި ޒައުލްގެ މެދުގައި އޮތް ގުޅުން ވަރުގަދަވިއެވެ. އެ ދެމީހުން އެކަކު އަނެކަކާ ވާހަކަ ދައްކަމުން ދިޔަ އިރު، ޔަލީން އާއި އާރާ ތިބިކަން ބައެއް ފަހަރު ހަނދާން ވެސް ނެތް ފަދައެވެ.

“ޒައުލް ދެން މިހާރު މަގޭ އަތުން ޝަޔާމް ޖަހައިގަންނަން އުޅޭހެން އެބަ ހީވޭ..” މޫނު ކުނިކޮށްލައިގެން އިނދެ ޔަލީން ބުނެލިއެވެ.

“ޔަގީނެއްނު.. ދުވަސްކޮޅަކުން ޔަލްއަށް ޝަޔާމް ނުވެސް ފެންނާނެ ދެން..” ޝަޔާމްއާ އަތާއަތް ޖަހައިލަމުން ޒައުލް ބުނެލުމާއި އެކު ޝަޔާމް ގާތަށް ވެސް ހިނި އައެވެ.

ހަތަރު މީހުން އެކުގައި މަޖާ ވަގުތުކޮޅެއް ހޭދަކޮށްލުމަށް ފަހު، ގެއަށް އާދެވުނު އިރު ހުރީ ހަތެއް ވެސް ޖަހާފައެވެ. ޒައުލް އާރާ ގެއަށް ލާން ދިޔުމުން ޝަޔާމް ވެސް ޔަލީން ގެއަށް ލާން ދިޔައެވެ.

ސައިކަލުން ފޭބި ޔަލީން ޝަޔާމްއަށް ހިނިތުންވުމެއް ދީފައި ދަނީއޭ ބުނެލިއެވެ. އެވަގުތު ޝަޔާމް ޔަލީންގެ އަތުގައި ހިފެހެއްޓުމުން ކިހިނެއް ވީ ހެއްޔޭ ޔަލީން އަހައިލިއެވެ.

“ވަރަށް ލޯބިވޭ..” ޔަލީންގެ އަތުގައި ހިފައި ދަމައިލާފައި، އެ ކޮލުގައި ތުންފަތް ޖައްސައިލަމުން ޝަޔާމް ބުނެލިއެވެ. ވަގުތުން ޔަލީންގެ ކޯތާފަތަށް ޖަންބުކުލަ އަރައިގެން ދިޔުމާއި އެކު އިސްދަށަށް ޖެހި މަންޒަރުން ޝަޔާމްގެ ހިތަށް އަނެއްކާވެސް އަސަރު ކުރުވައިފިއެވެ.

“އަހަރެންވެސް..” ކަށީގައި ނެތް ހިތްވަރު ލާފައި، ޔަލީން ވެސް ޝަޔާމްގެ ކޮލުގައި ތުންފަތް ޖައްސައިލާފައި، ޝަޔާމްއަށް އެއްޗެއް ބުނާނޭ ފުރުސަތު ނުދީ، ދުވެފައި ގޮސް ގޭތެރެއަށް ވަނެވެ. ޔަލީން ގެއަށް ވަނުމާއި އެކު ޝަޔާމް ވެސް ހިނިތުންވެލާފައި ސައިކަލު ދުއްވައިލިއެވެ.

ބެލްކަނީގައި ހުރި މިލާންއަށް އެ ހުރިހައި މަންޒަރެއް ފެނުނު ކަމެއް ޔަލީން ވެސް ޝަޔާމް ވެސް ނުދެނަހުއްޓެވެ. ރެއިލިންގައި އަތް އަޅުވާލައިގެން ހުރި މިލާން، ޝަޔާމް ސައިކަލު ދުއްވައިލުމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. ހިނިތުންވަމުން މިލާން ވެސް ގޭތެރެއަށް ވަނީ، މިހާރު ޔަލީން ވެސް ވަންނާނެހައި އިރު ވުމުންނެވެ.

މިލާން ސިޓިންރޫމަށް ނުކުތް އިރު ޔަލީން ސިޑިން މައްޗަށް އަރަނީއެވެ. ކޮޓަރިއާ ހަމައަށް ނުދެވެނީސް މިލާން ގޮވައިލުމުން ޔަލީން ފަސްއެނބުރި ބަލައިލިއެވެ.

“އާދެބަލަ މިތާ އިށީންނަން..” ސޯފާގައި އިށީންނަމުން، މިލާން ޔަލީންއަށް އައުމަށް އިޝާރާތް ކޮށްލިއެވެ.

“ކިހިނެއްވީ ބައްޕާ..؟” މިލާންގެ ގާތުގައި އިށީނދެފައި ޔަލީން އަހައިލީ ހިނިތުންވަމުންނެވެ.

“އެއީ ކޮން ކުއްޖެއްތަ..؟” މިލާން އަހައިލީ ހަމައެކަނި އެހެންނެވެ.

“ކޮން ކުއްޖެއްގެ ވާހަކައެއް ބައްޕަ ތި ދައްކަނީ..؟” އަނެއްކާ ބައްޕައަށް ދެންމެ ޝަޔާމް ފެނުނީބާވައޭ ޔަލީންގެ ހިތަށް އެރިއެވެ.

“ދެންމެ ދަރިފުޅު ގެއަށް ލާން އައެއްނު.. އެއީ ކޮން ކުއްޖެއްތަ..؟” މިލާން އަހައިލުމާއި އެކު ޔަލީންއަށް ދެލޯ މަރައިލެވުނެވެ. އެހެނަސް ދެން އެއްވެސް ކަމެއް ސިއްރު ކުރަންވީ ސަބަބެއް ނެތުމުން ޔަލީން ނިންމީ ހުރިހާ ވާހަކައެއް މިލާންއާ ހިއްސާ ކުރާށެވެ.

“އެއީ ޝަޔާމް.. ބައްޕާ.. އަސްލުވެސް ބައްޕަ ގާތު ބުނަން ހުރީ.. އެކަމަކު އަދި އަވަސް ކަމުން ނުކެރުނީ ބުނަން.. ބައްޕާ.. އަޅުގަނޑު ވަރަށް ލޯބިވޭ ޝަޔާމް ދެކެ.. ޝަޔާމް ވެސް އަޅުގަނޑު ދެކެ ވަރަށް ލޯބިވޭ..” މިލާންގެ އަތުގައި ހިފައިލަމުން ޔަލީން ބުނެލީ މިލާން އެ ގުޅުމަށް އާނބަސް ދޭނެ ކަމުގެ އުއްމީދާ އެކުގައެވެ.

“ހާދަ ބިރެއް ދަރިފުޅު ތި ގަތީ..؟ ދަރިފުޅު ހީކުރީ ބައްޕަ ވަގުތުން ދަރިފުޅު ގާތު އެ ކުއްޖާއާ ދުރުވާން އަންގާނެ ކަމަށްތަ..؟” މިލާންގެ މޫނުމަތިން ފެނުނު ހިނިތުންވަމުން ޔަލީންއަށް ހިނިތުންވެވުނެވެ. ބައްޕަ ދުވަހަކުވެސް އޭނާގެ އުފަލަށް ހުރަސް ނާޅާނޭކަން އޭނާއަށް އެނގެއެވެ.

“އެކަމަކު ބައްޕަ ބޭނުން ޝަޔާމްއާ ބައްދަލު ކުރުން.. ދަރިފުޅު ތިހާ ސީރިއަސްކޮށް ކުރާ ކަމެއް ވިއްޔާ ބައްޕަމެންނަށް ވެސް އެނގިގެންނު އުޅެން ވާނީ.. ބައްޕަމެންނާ ދިމާވާން ޝަޔާމް ރެޑީތަ..؟” މިލާން އަހައިލިއެވެ. އެއާއެކު ޔަލީން އަވަސްއަވަހަށް ބޯޖަހައިލީ އެއީ ޝަޔާމް ވެސް ބޭނުންވާ ގޮތްކަން ޔަގީން ވާތީއެވެ.

“އެހެންވީމަ ޝަޔާމް ފްރީވާ ދުވަހަކުން މިގެއަށް ކެއުމަށް އަންނަން ދައުވަތުދީ.. ބައްޕަ މަންމަ ގާތު ބުނާނަން.. އަދި އެއް ވާހަކަ.. ބައްޕަމެން ދަރިފުޅު ތިވަރު ކޮށްފަ ތިހުރީ ހެޔޮގޮތާ ނުބައި ގޮތް ދަސްކޮށްދީގެން.. ބައްޕަ ދަރިފުޅަށް ވަރަށް އިތުބާރު ކުރަން.. ރައްޓެހި ވެގެން އުޅުނަސް ތިބެން ވާނީ ވަކި ހައްދެއްގެ ތެރޭގަ.. އެ އިން ފަހަނައަޅައި ގޮސްގެން ނުވާނެ.. އިނގޭ..؟” މިލާންގެ ސުވާލަށް ޖަވާބު ދިނުމަށް ޔަލީން އަވަސްއަވަހަށް ބޯޖަހައިލި އިރު އެ ތުންފަތް މަތީގައި ވަނީ ފުޅާ ހިނިތުންވުމެކެވެ. ހުރި ހަމައެކަނި އަންހެން ދަރިފުޅުގެ މޫނުމަތީގައިވީ އުޖާލާކަމުން މިލާންގެ ހިތަށް ވެސް ހިތްހަމަޖެހުން ގެނުވައިދީފިއެވެ. ދުވަހަކުވެސް ފިރިހެން ކުއްޖަކުގެ ވާހަކަ ނުދައްކާ ޔަލީން މިއަދު ޝަޔާމްގެ ވާހަކަ އެ ދެއްކީ އެ ހިތުގައި ޝަޔާމްއާއި ދޭތެރޭ އޮތް ޚާއްސަ ކަމެއްގެ ސަބަބުން ކަން މިލާންއަށް ޔަގީން ވިއެވެ.

ޔަލީންގެ ބޮލުގައި ފިރުމައިލާފައި މިލާން ތެދުވެގެން ދިޔުމުން ޔަލީން އަވަސްއަވަހަށް ގޮސް ކޮޓަރިއަށް ވަނެވެ. ޝަޔާމްގެ ނަމްބަރަށް ޑައިލް ކޮށްލަމުން ޔަލީން ފޯނު ކަންފަތުގައި ޖަހައިލި އިރު އެ ތުންފަތް މަތީގައިވަނީ ނުފިލާ ފަދަ ހިނިތުންވުމެކެވެ.

“ޝަޔާމް.. ބައްޕައަށް ދެންމެ ޝަޔާމް ފެނިއްޖެ..” ޝަޔާމް ފޯނު ނެގުމާއި އެކު ޔަލީން ބުނެލިއެވެ.

“އޭނ..؟ އަސްލުތަ..؟ ކީކޭ ބައްޕަ ބުނީ..؟ ރުޅިއައިސްފަތަ ހުރީ..؟” ޝަޔާމްގެ އަޑުގައި ވީ ކަންބޮޑުވުމެވެ.

“ޕިސް ނޫނެކޭ.. ބައްޕަ ވަރަށް ކޫލް.. ބުނި ބައްޕަ ބޭނުމޯ ޝަޔާމްއާ މީޓް ކުރަން.. ޝަޔާމް ފްރީ ދުވަހެއް ބުނާށޯ..” ޔަލީންގެ ވާހަކައިން ޝަޔާމްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

“މި ވީކް އަހަރެން ޗުއްޓީގަ މިހުރީީ.. ޔަލްގެ ބައްޕަ ފްރީވާ އިރަކުން އަހަންނަށް ހަމަ އޯކޭ..” ޝަޔާމް ބުނެލިއެވެ.

“އޯކޭ އަހަރެން ބުނާނަން ބައްޕަ ގާތު.. ޝަޔާމް.. ދެން ކޮން އިރަކުންތަ ޝަޔާމްގެ ބައްޕަ ގާތު ބުނަނީ..؟” ޔަލީން އަހައިލިއެވެ،

“އަސްލުވެސް ދެން ހަމަ ބުނަންވީ.. އަހަންނަށް ޔަގީން އަހަރެންގެ ބައްޕަ އޯކޭވާނެކަން.. ޔަލްގެ ޕޭރެންޓްސްއާ މީޓް ކުރެވުނުހާ އަވަހަކަށް އަހަރެން ބައްޕަ ގާތު ބުނާނަން.. އޯކޭތަ..؟” ޝަޔާމް އަހައިލުމާއި އެކު ޔަލީން ވަގުތުން އާއެކޭ ބުނެލިއެވެ. އެ އަޑުގައިވީ އުފާވެރިކަމުން ޝަޔާމްގެ ހިތަށް ވެސް ހަމަޖެހުން ލިއްބައިދީފިއެވެ.

*** ** ***

ހަފްތާއެއް ވާންދެން ތޮއްޑޫގައި މަޑު ކުރުމަށް ފަހު އަޒަލްއާއި ޔައިލް މާލެ އަންނަން ހަމަޖެހިފައިވީ ދުވަސް އައިސް ޖެހިއްޖެއެވެ. ދެމީހުން ވެސް ފޮއްޓަށް އެއްޗެހި އަޅައި، ދަތުރަށް ތައްޔާރު ވުމުގައި އުޅުނީ އެއްގޮތަކަށްވެސް މާލެ ދާހިތަކުން ނޫނެވެ. އެހެނަސް ދެމީހުންގެވެސް ޗުއްޓީ ހަމަވެ، އޮފީހަށް ނުކުންނަން ޖެހޭ ދުވަސް އައިސް ޖެހުމުންނެވެ.

“ނިމުނީތަ..؟” ޔައިލް ފާޚާނާއިން ނުކުތް އިރު އަޒަލް ފޮށީގެ ޒިބު އަޅުވައިތަން ފެނުމުން އަހައިލިއެވެ. އެއާއެކު އަޒަލް ހިނިތުންވަމުން ބޯ ޖަހައިލީ ހުރިހާ އެއްޗެއް ވެސް ހަމަވާނެޔޭ ބުނަމުންނެވެ.

“އަހަރެން ބޭނުމެއް ނޫން މާލެ ދާކަށް..” އެނދުމައްޗަށް ވެއްޓިގަންނަމުން ޔައިލް ބުނެލިއެވެ.

“އަހަރެން ވެސް ބޭނުމެއް ނޫނޭ.. ބަޓް ވީ ޑޯންޓް ހޭވް އަ ޗޮއިސް..” ޔައިލްގެ ގާތުގައި އޮށޯވެލަމުން އަޒަލް ބުނެލިއެވެ.

“އަޒް އަހަންނާ އެކީ ހެޕީތަ..؟” އިރުކޮޅެއްގެ ހަމަހިމޭންކަމަކަށް ފަހު ޔައިލް އަހައިލިއެވެ.

“ތީ ކީއްވެ އެހި އެއްޗެއް..؟” ޔައިލްގެ މޭގައި ބޯ އަޅައިލަމުން އަޒަލް ވެސް ކޮށްލީ ސުވާލެކެވެ.

“ހަމަ އަހައިލީ.. އަހަރެން ބޭނުމެއް ނޫން އެއްވެސް ކަމެއް ވެގެން އަޒް ހިތްހަމަނުޖެހި ހުންނާކަށް..” އަޒަލްގެ އިސްތަށިގަނޑާ ކުޅެލަމުން ޔައިލް ބުނެލިއެވެ.

“ޔައިލް.. ތެދަށް މި ބުނަނީ.. އަހަރެން އަސްލުވެސް ޔައިލް ދެކެ ވަރަށް ލައިކްވޭ.. ޔައިލްއާ އެކުގަ މި ހޭދަވީ ދުވަސްކޮޅުގެ ތެރޭގަ ވަރަށް ވަރަށް ގަޔާވެވިއްޖެ ޔައިލްއާ.. ދެން އަހަންނަށް ޔައިލްއާ ނުލައި އުޅެން ހަމަ ގައިމުވެސް ފަސޭހައެއް ނުވާނެ.. އެކަމަކު.. އެކަމަކު އަހަރެން ބިރު ގަންނަނީ.. ދެވަނަ ފަހަރަށް ލޯބިވާން ޖެހިލުންވަނީ.. އެނގޭ މިހެން ބުނީމަ ޔައިލް ދެރަވާނެކަން ވެސް.. އެކަމަކު..” އަޒަލްގެ ދެލޮލުން ފޭބި ކަރުނަތައް ޔައިލްގެ ގަމީހުގެ މޭމަތި ތެންމަމުން ދިޔުމާއި އެކު ޔައިލް ދެރަވިއެވެ. ހީވީ އަޒަލްގެ އެ ހޫނު ކަރުނަތިކިތަކުން އެ ހިތް ވިރުވައިލެވުނު ހެންނެވެ.

“އަޒް.. ނުރޮއެބަލަ.. އަޒް އަހަރެން ދެކެ ލޯބި ނުވާތީއޭ ކިޔާފަ އަހަރެން ދުވަހަކުވެސް ޝަކުވާއެއް ކުރިންތަ..؟ އަހަންނަށް އެނހޭ ކަންތައް ވީ ގޮތުން އަޒްއަށް ލޯބިވާން އުނދަގު ވާނެކަން.. ޓްރަސްޓް ކުރަން ވެސް އުނދަގު ވާނެކަން.. އެކަމަކު އަޒްއަށް އެ ހުރިހާ ކަމަކުން އަރައިގަންނަން އެހީވެދޭން އަހަރެން މިހުރީނު.. އަހަރެން ހެލްޕް ވާނަމޭ އަޒް.. އަހަންނަށް އެނގޭ އަދި އަހަންނަށް އަޒްގެ ލޯބި ކާމިޔާބު ކުރެވޭނެކަން..” އަޒަލްގެ ބޮލުގައި ތުންފަތް ޖައްސައިލަމުން، އެ ނިތުގައި ޔައިލް ބޮސްދިނެވެ. އެއާއެކު އަޒަލްވެސް އިހުނަށް ވުރެ ބޮޑަށް ޔައިލްގެ މޭތެރޭގައި ބޮނޑިވެލިއެވެ.

އެދުވަހުގެ ހަވީރު ވީ އިރު އަޒަލް އާއި ޔައިލް ފުރައިފިއެވެ. އެމީހުންނަށް މާލެ ދެވުނު އިރު ރޭވެސް ވެއްޖެއެވެ. ދަތުރު ވަރުބަލިވެފައި ހުރުމުން އެރޭ ދެމީހުން ވެސް ބޭނުންވީ އަވަހަށް ނިދައިލާށެވެ. އޭގެ އަނެއް ދުވަހު ދެމީހުން ވެސް އޮފީހަށް ނުކުންނަން ވެސް ޖެހޭތީއެވެ.

*** ** ***

ލޯގަނޑު ކުރިމަތީގައި ހުރެ ޝަޔާމް ތައްޔާރު ވަމުން ދިޔައީ ޔަލީންގެ މައިންބަފައިންނާއި ބައްދަލު ކުރަން ދިޔުމަށެވެ. ހުދުކުލައިގެ ގަމީހެއްގަޔާއި ނޫ ޖިންސެއްގައި ހުރި އިރު ޝަޔާމް ނުހަނު ސްމާޓް ކަމަށް ދައްކަމުން ދިިޔައެވެ. ސިފައިންގެއިން ދެ ހަފްތާގެ ޗުއްޓީއެއް ނަގައިގެން އުޅޭތީ، ދޮޅުހަފްތާ ވީ އިރު އެ އިސްތަށިގަނޑު ވެސް ވަނީ ކޮންމެވެސް ވަރަކަށް ދިގުވެފައެވެ. ރީތި ގޮތަކަށް އިސްތަށިގަނޑު ސްޓައިލް ކޮށްލާފައި، ތުނބުޅިމަތިމަސް ވެސް ތުނިކޮށްލާފައި ހުރުމުން ޝަޔާމްގެ ރީތިކަން ދެގުނަވެފައިވާ ފަދައެވެ. އެންމެ ފަހު ކަމަކަށް އަތުކުރީ ގަޑި އަޅައިލަމުން، ގަޔަށް ސެންޓުކޮޅެއް ބުރުވައިލާފައި ޝަޔާމް ކޮޓަރިން ނުކުތެވެ. ސިޓިންރޫމުގައި އިން އޭނާގެ ބައްޕަ ގާތު ބޭރަށް ގޮޮޮސްލާފައި އެބަ އަންނަމޭ ބުނެފައި ޝަޔާމް ނުކުތެވެ.

ސައިކަލަށް އެރި ޝަޔާމްގެ މަންޒިލަކަށްވީ ޔަލީންމެން ގެއެވެ. ދުއްވައިލުމުގެ ކުރިން ޔަލީންއަށް މެސެޖު ކޮށްފައި ނައްޓައިލަނީ ކަމުގައި ބުނުމުން، ޔަލީން މި ނުކުންނަނީ ކަމުގައި ބުނެލިއެވެ.

ދިހަވަރަކަށް މިނެޓުގެ ކުރު ދަތުރަކަށް ފަހު ޝަޔާމް ޔަލީންގެ ގޭ ދޮރުމައްޗަށް މަޑުކޮށްލި އިރު، ޔަލީން ނުކުމެ ހުއްޓެވެ. ސައިކަލު ޕާކް ކޮށްލާފައި ޝަޔާމް އައުމާއި އެކު ޔަލީން އެ އަތުގައި ހިފައިފިއެވެ.

“ނަރވަސް..؟” ޝަޔާމް ހުރި ގޮތުން ޔަލީންއަށް އެހެން ހީވުމުން އަހައިލިއެވެ.

“ކޮންމެސް ވަރަކަށް..” ފުން ނޭވާއެއް ދޫކޮށްލަމުން ޝަޔާމް އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލަން މަސައްކަތް ކޮށްލިއެވެ.

“އޯކޭ ވާނެ.. ޖަސްޓް ބީ ޔުއަރސެލްފް.. ޔަލްގެ ފެމިލީ އެންމެން ވެސް ވަރަށް ކޫލް ވާނެ..” ޝަޔާމް އަތްތިލައިގައި ބޮޑުވާ އިނގިލިން ފިރުމައިލަމުން ޔަލީން ބުނެލިއެވެ. ޔަލީންގެ ބަސްތަކުން ހިތްވަރު ލިބުނު ޝަޔާމް ޔަލީންއާއި އެކުގައި ގޭތެރެއަށް ވަންނަން ހިނގައިގަތެވެ.

ޝަޔާމް ވަނުމާއި އެކު ސޯފާގައި ތިބި މިލާން އާއި ޔައިލް ތެދުވިއެވެ. ބަދިގޭގައި އުޅުނު ޔައިނާ އާއި އަޒަލް ވެސް ސިޓިންރޫމަށް ބޯދިއްކޮށްލިއެވެ.

“ޝަޔާމް ދޯ.. އާދޭ އަވަހަށް..” ހިނިތުންވަމުން މިލާން ޝަޔާމްއަށް މަރުޙަބާ ކިޔައިލުމާއި އެކު ޝަޔާމްގެ ހިތަށް ފިނިކަން ލިބުނެވެ. ހިނިތުންވެލަމުން އޭނާ މިލާން އާއި ޔައިލްއާ ސަލާމް ކޮށްލިއެވެ. އެންމެންނަށް ކާން ދައުވަތު ދީފައި ޔައިނާ ބަދިގެއަށް ވަނުމުން ޔައިނާގެ ފަހަތުން އެންމެން ވަނެވެ. މުޅި އާއިލާ އެކުގައި ކެއުމަށް އިންސާފު ކުރަމުން ދިޔަ އިރު، އެންމެންގެ ފަރާތުން އިހުސާސް ކުރެވެމުން ދިޔަ ގާތްކަމަށް ޝަޔާމް ހިތާހިތުން ޝުކުރުވެރި ވިއެވެ.

“ކޮބާ ޝަޔާމްގެ މައިންބަފައިން..؟” މިލާން ހީވީ ޝަޔާމްގެ ފަތިފުށް އެކީ ދަސްކޮށްލަން އުޅުނު ހެންނެވެ.

“އަޅުގަނޑުގެ ވިހެއުމުގެ ތެރޭގައި މަންމަ ނިޔާވި… އޭގެ ފަހުން އަޅުގަނޑު ބެލީ ބައްޕަ އެކަނިމައި އެކަނި.. އެކަމަކު ބައްޕަ އަކީ ހާޓްޕޭޝަންޓެއް.. މިހާރުވެސް ދޭތެރެދޭތެރެއިން ވަރަށް ބަލިވޭ.. ދެން އާއިލާގަ ހުންނާނީ ބައްޕަގެ އެއްބަނޑުއެއްބަފާ ދައްތައެއް.. އިތުރު މީހަކު އާއިލާގަ ހުންނަ ކަމެއް އެނގިފަކާ ނެތް..” ޝަޔާމް ކިޔައިދިނެވެ.

“ކޮން މަސައްކަތެއްތަ ޝަޔާމް ކުރަނީ..؟” މިފަހަރު އެހީ ޔައިނާއެވެ.

“ސިފައިންގޭގަ އުޅެނީ.. ލާންސް ކޯޕްރަލްއެއް މިހާރު.. ދެން އެތަނުގަ އުޅެމުން މިހާރު ކިޔަވަނީ މި.. މި އަހަރު ޑިގްރީ ނިމުނީ.. އަންނަ އަހަރު ފެށޭ ކޮޅު މާސްޓަރސް ފަށާނަން..” ޝަޔާމް ދިޔައީ އެންމެންގެ ސުވާލުތަކަށް ވެސް ޖަވާބު ދެމުންނެވެ.

“ކޮން ދާއިރާ އަކުންތަ ތި ކިޔަވަނީ..؟” ޔައިލް އަހައިލިއެވެ.

“އައިޓީ..” ޝަޔާމް ބުނެލިއެވެ.

“ޝަޔާމް ހާދަ ބަސްމަދޭ ދޯ.. މި ޔަލް ވަރަށް އަނގަ ގަދަ ވާނެ..” އަޒަލް ޔަލީން އާއި ދިމާކޮށްލުމުން ޔަލީން ވަގުތުން ލޯ އަޅައިލިއެވެ.

“އެއީ ތެދެއް.. ޝަޔާމްއަށް ކެތް ވަންޏާ ހަމަ ގެންދަންވީ..” ޔައިލް ވެސް އަޒަލްގެ ސަމާސާގައި ބައިވެރި ވުމުން ޔަލީން ތުން ދަމައިލިއެވެ.

“ބުނެއެއްނު އޮޕޮސިޓްސް އެޓްރެކްޓް އޭ.. އެހެން ކަންނޭނގެ އެއްނު މިވީ..” ޝަޔާމް ވެސް އެ ސަމާސާގައި ބައިވެރި ވެލިއެވެ. ކުދިވެރިންގެ ސަކަރާތް ބޮޑު ކަމުން ޔައިނާ އާއި މިލާން ވެސް ތިބީ ހެވިފައެވެ.

އެންމެން ވެސް މަޖާ ވާހަކަތަކުގައި ތިބެގެން ކައި ނިންމައިލި އިރު އުފާވެރިކަން ވެރިނުވާ އެއްވެސް ހިތެއް ނެތެވެ. ޝަޔާމް އެހައި އަވަހަށް އެ ޢާއިލާގެ އެންމެންގެ ހިތުން ވެސް ޖާގައެއް އަތުލައިފިއެވެ. އެ ހަރުދަނާ ޝަޚުސިއްޔަތާއި، މަޑުމައިތިރި މިޒާޖުގެ ސަބަބުން ޔައިނާ އާއި މިލާނަށް ވެސް ޝަޔާމް ނުހަނު ކަމުދިޔައެވެ. ޝަޔާމް ޔަލީންއާ ދޭތެރޭގައި ކަންތައް ކޮށްދޭ ގޮތާއި، ޔަލީންއާ ދިމާއަށް ބަލައިލާ ގޮތުން އެކަނިވެސް، ޔައިނާއާއި މިލާނަށް ޝަޔާމް ޔަލީން ދެކެ ވާ ލޯބި ދޭހަވިއެވެ. ޝަޔާމް އެމީހުންގެ ދަރިފުޅު ރަނގަޅަށް ބަލައިދޭނެ ކަމާއި މެދުގައި، އެ ހިތްތަކުގައި އޮތް ޔަގީންކަން އިތުރުވިއެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

ފުރާނައިގެ ދިރުމޭތިއީ 12

Next

1-ލިބިދޭތޯ އިންނާނަން ލޯބިން

Next
March 16, 2025

1-ލިބިދޭތޯ އިންނާނަން ލޯބިން

Previews
March 15, 2025

ފުރާނައިގެ ދިރުމޭތިއީ 12

48 Comments!

  1. Vampire girl says:
    March 16, 2025 at 12:46 pm

    Maashaa Allah mi part vx varah varah reethi….
    Opposite attract ey bunyma handhaan v magnet mathin 😂😂😂😅
    Azal vx yail ah fall vany dhw e mihaaru….
    Aaraa and zaul dhuru nukurahchey ….
    Shayaam ge dad akee kaaku???
    Curiously waiting for the next part…
    Whn next???

    1. leeshaa says:
      March 16, 2025 at 2:25 pm

      ey aslu vx Vampire girl…
      ma vx handhaan v north pole and south pole attract vaa mathin 😂😂
      keeh kuraanee shayaam and yal are magnets haha 😭😂

    2. Anonymous says:
      March 16, 2025 at 8:04 pm

      Same 😂

    3. Nayaa Nayaa says:
      March 16, 2025 at 8:25 pm

      thank youu <3
      ahaha magnets mathin dho hurihaa kudhin ves mi handhaan v
      lets see dho dhen
      next part miadhu submit kohlaifin

  2. Gurll says:
    March 16, 2025 at 1:03 pm

    maasha allah mi part ves hma varah best thikahla heyolafaa kudhin mihaaru varah noolheyne so i want thant one insha llah thikuraa masahkathuga barakaai lahvaashi
    keep it up nayaa

    1. Nayaa Nayaa says:
      March 16, 2025 at 8:26 pm

      thank you dear

  3. Anonymous says:
    March 16, 2025 at 1:16 pm

    Mi part vx varah reethi Masha Allah<33
    I think Milaan is not gonna be ok with there wedding 😭. Is it because Shayaam's dad is Shiyal or something??
    Curiously waiting for next part.
    Lysm Nayu <333

    1. Nayaa Nayaa says:
      March 16, 2025 at 8:27 pm

      thank you darl <33
      hehe lets see dho..ekam milaan mi othy okay vefa ennu
      lym <3

  4. UNKNOWN GURLL says:
    March 16, 2025 at 1:56 pm

    Mi part ves vrh reethi
    When next part ?
    Waiting for the next part

    1. Nayaa Nayaa says:
      March 16, 2025 at 8:27 pm

      thank you <3
      next part miadhu submit kohlaifin

  5. naura naura says:
    March 16, 2025 at 2:30 pm

    nayaa dhahthi mi part vx vrh reethi Masha Allah ❤️
    alhugandu vx vhk liyan fashaafa liyaane ehcheh neynguneema give up kohffin…
    lysssm ❤️❤️❤️

  6. Mar Yam says:
    March 16, 2025 at 2:30 pm

    Mi part vx vrh loabi masha Allah ❤️
    Milan ok dhw shayaam and yal ge gulhumah. Ekm kurin in dhw hinteh parents ok nuvaa kamah so maybe its coming adhi.?! 😭 im very curious. Whens next part?!? Cant wait hama
    Lysm nayuu ❤️

    1. Nayaa Nayaa says:
      March 16, 2025 at 8:28 pm

      thank you <3
      yeah milaan ok vefa dho mi othy.. dhen neynge dho adhi.. we have to wait and see hama hehe
      lym <3

  7. na.ell says:
    March 16, 2025 at 3:08 pm

    woww mi part ves vrh reethi masha allah
    azal and yail are soooo cute
    shayaam ge family ge ehn meehun kobaa baa??
    avahah dhn aara aa zaul ge vhk family ah angaaalaa ekm dhuru nukurahchey plss
    omggg i can’t wait for the next part
    keep up the good work nayuu siss

    1. Nayaa Nayaa says:
      March 16, 2025 at 8:29 pm

      thank you darla <3
      thi hurihaa kamakah ves hama inthizaaru kohlan jeheynii hehe
      next part miadhu submit kohlaifin

  8. gurrrrl says:
    March 16, 2025 at 3:10 pm

    mashallah vrh reethi mi part ves
    i heekureee yal ge parents okii nuvaane kamah e meehunge gulhumah
    ekm ehn neh noon dhw mi v btw when next cant wait for next
    keep it upp
    love yoy nayaaa

    1. Nayaa Nayaa says:
      March 16, 2025 at 8:30 pm

      thanks muchh <33
      hehe yeah ehenneh noon dho mi vee
      lym <3

  9. Cutie girl says:
    March 16, 2025 at 4:19 pm

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Azal is falling for yail now
    Alhamdhulilah finally shayaam and yaleen gulhunee
    Aaraa and zaul ves dhuru nukurachey
    They all are made for each other
    Shayaam bappa gaboolu vaane baa
    I appreciate your hard work ☺️
    Mee v kiyaala hithun kiyaa vaahaka eh
    Thihaa busy koh ulhemen ves vaahaka kiyaalan libeythee v ufaavey
    Tc ❤️😘
    Ly naayoo ❤️😙

    1. Nayaa Nayaa says:
      March 16, 2025 at 8:31 pm

      tysm for this lovely comment love <3
      lym dear <3

  10. Ghost girl 👻 says:
    March 16, 2025 at 6:46 pm

    Masha Allah 😍 vrh reethi when’s next curiously waiting for the next part keep it up ❤️ LYSM nayaa 🫶

    1. Nayaa Nayaa says:
      March 16, 2025 at 8:32 pm

      thankss dear <3
      next part miadhu submit kohlaifin
      lym <333

  11. Ryn says:
    March 16, 2025 at 8:10 pm

    Heyy I gotta question
    You said yo turning 18 this year but you finished your A level the same year
    I mean like everyone I know who did A level it’s turning 20 this year
    Anyways story vrh reethi
    When next

    1. Nayaa Nayaa says:
      March 16, 2025 at 8:24 pm

      yess i am turning 18 this year
      nooney i havent finished my alevel yet.. i said i completed my olevel.. i’ve started alevel last year september ga.. currently doing grade 11 and one semester finished adhi
      hope this cleared everything out
      thank you <3
      next part miadhu sibmit kohlaifin

  12. Ishu says:
    March 16, 2025 at 11:53 pm

    Maasha allah mi part ves varah reethi
    When next???
    Curiously waiting for the next part……

    1. Nayaa says:
      March 18, 2025 at 1:03 am

      Thank u dear <3
      Next part submit kollaifin iyye

  13. 🍉 says:
    March 17, 2025 at 12:00 am

    Shayaam ge bappa fenna irah kanne yaleen ge parents gaboolu nuvaany
    Can’t wait for next part
    Vrh habeys mi part vc
    Keep it up!! ❤

    1. Nayaa says:
      March 18, 2025 at 1:04 am

      Let’s c dhw dhn hehe
      Thanks dear <3

  14. Admin says:
    March 17, 2025 at 1:38 am

    Alhey admin plsss avahah next part laadheeba 😭 😭 😭 😭 😭 😭 😭 😭😭 😭 😭 😭 😭 😭 😭 😭 😭 😭 😭 😭 😭 😭 😭 😭 😭 😭 😭 😭 😭 😭 😭 😭 😭 😭 😭 😭 😭 😭 😭 😭 😭 😭 😭 😭 😭 😭 😭 😭 😭 😭

  15. pumpkin says:
    March 17, 2025 at 4:39 am

    heyy nayoo dhuvaskolheh vehje dhww comment eh nukohleveythaa
    hama balikamun nuvany vrh missvi nayoo mathin😭😭😭
    ekm hama hurihaa parteh vs kiyan baraabarah
    alhe yal ge parents gabool vehje dhww
    shayaam opposite attracts ey bunyma hama magnet mathin hadhaanvy😂
    ekm heevany shayaam eii shiyal ge kuhjeh hen n yal ge parents ah ekan egunyma vaany kihineh
    n zaul ah e enguny dhw family foruvaafa oi hageegai
    anehkaaeii kon hageegathe
    yal mnvs aara mnvs dhurunukurahchey
    haadhdha curious ey
    azz n yail cute kamun hama blush vs vey kiyan hurefa vs
    masha allah mi part vs hama vrh reethi❤
    ur so talented ❤
    hama bashuhtihje mi part kiyaafa❤
    nayoo ge vhk thah kiyaafa hithah araa haadha bura masahkathekey mee
    n alhugandu vs vrh kuraahihvaa kmh mee
    ekm vaagothaky plan kohfa ihna gothakah vhk continueeh nukurevey alhugandakah😭😭
    maasha allah hama vrh vrh molhu nayoo
    aana ge namuga mi site ga ihnaane alhugandu vhk eh liyan fashaafa ekm balihaalath huri gothun continue nukurevifa mi huhnany
    once again ur so talented n i appreciate ur hard work
    mihaa dhigu commenteh mikurevuny vs dhuvasklheh fahun comment kurevunyma😭
    alhuganduge support abadhuvs nayoo ah libeyne
    curiously waiting for thh next part
    when next?
    tc ly nayoo❤

    1. Nayaa says:
      March 18, 2025 at 1:08 am

      Alhey haadha loabi comment Ekey..thank u sm dear<3 Gws ❤️ vrh ufaavejje vhk kiyaalaa kan iguneema. Hehe lets see dhw dhn vaagotheh. Aana ge vhk bx kiyaalaanan adhi. Thank u so much for your support dear <3
      Lyt❤️

  16. Anonymous says:
    March 17, 2025 at 3:53 pm

    Admin please next part varah avahah upload kohdhyba…. please🙏🙏🙏🙏🙏🙏🙏🙏🙏

  17. Anonymous says:
    March 17, 2025 at 11:51 pm

    Admin please upload next part fastly…

  18. Isha says:
    March 18, 2025 at 12:04 am

    Mi part ves varah reethi. When is next part?

    1. Nayaa says:
      March 18, 2025 at 1:09 am

      Thank u dear <3
      Next part submit kollaifin iyyega
      Admin in up kolleema dhn libeynee

  19. naberr naberr says:
    March 18, 2025 at 1:36 am

    Awww vrh fahkka mibai
    Awww Azz n yail
    aarooo n zaul dhru nukurahchey
    curiously waiting for nxt part
    Ilysm💓

  20. Bbygirl says:
    March 18, 2025 at 8:06 am

    I love this story
    Keep it up🫶🏻

  21. Anonymous says:
    March 18, 2025 at 1:20 pm

    E keehve thw ehen vaahaka thah upload vaairu mi vaahaka upload nuvanee….. liyuntheriyaa e bunanee submit kohlaifeemey…. plzzz avahah upload koh dhyba…

    1. Hehe says:
      March 18, 2025 at 1:26 pm

      Yeah ekeehve ehn e vanii

    2. Nayaa Nayaa says:
      March 18, 2025 at 1:32 pm

      Thihen alhugandu ves mi hithah aranii..submit kuri fahun mihaaru mee 3 vana dhuvas..ehen vaahaka thah upload vaa iruves alhugandu ge vaahaka adhives upload nuvey

  22. .... says:
    March 18, 2025 at 2:06 pm

    hama alhuganduves mi hinthah arany mihen gaimu admin ah fehnaane dhw submit kohffa huhna storys tah. mi story ves submit kohffa inihyaa fehnan vaane ehnun dhww.ekm adhives next part upload nuvey.cant wait. but the most important thing is patience

  23. Gurll says:
    March 18, 2025 at 2:07 pm

    hama alhuganduves mi hinthah arany mihen gaimu admin ah fehnaane dhw submit kohffa huhna storys tah. mi story ves submit kohffa inihyaa fehnan vaane ehnun dhww.ekm adhives next part upload nuvey.cant wait. but the most important thing is patience

  24. meeheh says:
    March 18, 2025 at 2:12 pm

    hama alhugandu ves mi hithah arany mi vaahaka. admin ah fehnaane dhww sbmit kohffa huhna vaahakthah. mi story ves submit kohffa inee vihyya fehnann vaane ehnun ekm adhives upoad nuvey ehnn vaahaka thah upload vaairuves. cant wait for tye next part but the most important things is partience

  25. leeshaa says:
    March 18, 2025 at 2:19 pm

    nayu where is next part??
    admin ah ingenee ehn story thah upload kuran ekani tha?
    admin huree knthaaku tha?
    thi meeheh vx hoadhan dhaan vehjje 😠

    1. Admin says:
      March 18, 2025 at 11:49 pm

      😂😂😂

  26. leeshaa says:
    March 18, 2025 at 2:27 pm

    nayu mi esfiya ppl alhunge cmmnt pending ga baindhaafi..
    nubai bayeh fisaari

    1. Cutie pie says:
      March 18, 2025 at 2:34 pm

      Asluvx… ehn meehunge vaahaka up vaane bunaa dhuvahah liyuntheriyaa submit kohfeemey bunaairah…
      Heevanee baeii liyuntherin favor kuraahen…… baeii liyuntherin ge vaahaka up nuvaane liyuntheriyaa submit kohfeemey bunaathaa hafthaa vaairu vx… mihen kanthah kuranyaa kiyuntherin hithah araane liyuntheriyaa dhogu hadhanee ey….. dhn kiyuntherin liyuntheriyaa ah kuraa ithubaaru dhw gehleynee….. meee esfiya ge admin team in rangalhu kohlan jehey varah muhinmu kameii….. kuri ah oii thaaga mi kan rangalhu kohlaane kamah ummeedhu kuran….. please upload next part fastly….

    2. Nayaa Nayaa says:
      March 18, 2025 at 3:07 pm

      hehe e vaany ebeyfulhun ge technical issue akah

  27. Nayaa Nayaa says:
    March 18, 2025 at 3:06 pm

    Hello everyone!
    I just contacted the admin team and turns out it was a technical issue. Hopefully the story gets uploaded soon. Let’s all wait and see! 😊

Comments are closed.

Next Episodeތިޔަ ލޯތްބަށް އެދެވޭތީ… 28←


All Right Reserved!